ފަތިހުގެ ހިތްގައިމު ފިނި ވަގުތެވެ. އަހަރެން ހުރީ ރަށުގެ ޖެޓީ ކައިރީގައި ހުރި އުނދޯލިތަކާއި ދިމާލުގައި އިށީންދެލައިގެން އެވެ. އެއިރު އަހަރެންގެ ގާތް އެކުވެރިން ކަމަށްވާ ޖެނީ އާއި ރައިލީވެސް އަހަރެންގެ ގާތުގައި ތިއބެވެ. ރައިލީ ދިޔައީ އޭނާ ރައްޓެހިވެގެން އުޅޭ މީހާ ނިއުޝާން ގެ ވާހަކަ ދައްކަމުން އެވެ. “ހޫން ހާދަ ވަރަކަށް ތި ނިއުޝާން ގެ ވާހަކަ ތި ދައްކަނީ… ބަލަ އޭނަ އެއީ ރ.ދުވާފުށި މީހެކޭ ރައި ތީ މ.މުލަކް މީހެން ސީ ދަ ޑިސްޓެންސް” އެންމެ ފަހުން ޖެނީ އަށް ނުހުރެވިގެން ބުނެލިއެވެ. “ޔާ އެކަމު އައި ރިއަލީ ލަވް ހިމް އޭނަގެ އެ ރީތި ފަން ސިލްކީ އިސްތަށިގަނޑު ފިރިހެން ވަންތަ ހިނިތުން ވުމެއް ބައިމަތި ފުޅާ ހަށިގަނޑެއް ހިތް ގައިމު ނަޒަރުން މަށާ ދިމާލަށް ބަލާލާ އިރު މަގޭ ހިތް ހީވަނީ ހަމަ އެ ހުރި ތަނުން ފަޅައި ލައިފައި ނިކުމެދާނެހެން” ރައިލީ ނިއުޝާން އާއި ބެހޭގޮތުން އޭނަ އަށް އެންމެ ކަމުދާ އެއްޗިސް ކިޔަމުން ދިޔައެވެ. “އޯ ހެލޯ އަހަރުން ސިންގަލް ކުދިން އާ ދެމެދުގަވެސް ވިސްނާތި” އަހަރެން ވެސް ޖެނީ އާއި އެއްބަސްވެ ބުނެލީމެވެ. “އޯ ތިމީހުން ވެސް ވެއްޖެއްނު ބީ އެފް އެއް ހޯދަން” ރައިލީ އަހަރުމެން ގާތު މިހެން ބުނުމުން އަހަންނާއި ޖެނީ ރައިލީ އާއި ދިމަލަށް ލޯ އަޅައިލީމެވެ. “އޯހް އައި ފޮގޯޓް ޔޫ ގައިޒް ޑޯންޓް ލައިކް އެނީ ބޯއިސް އިން ދިސް އައިލެންޑް” “އޮފް ކޯޒް” ރައިލީ ބުނި އެއްޗައް ޖަވާބު ދީފައި އަހަރެން ބަލައިލީ ފަޅުތެރެއާއި ދިމަލަށް ށެވެ. އެއިރު ލޯންޗެއް އައިސް ޖެޓީ އާއި ކައިރި ކުރަނީއެވެ.
“އޭ ހިންގާ ދެން ގެއަށް ދާން އެހެން ނޫނީ މަންމަ މެން އަހަރުން ގައިން މަސްކާނެ” އަހަރެން މިހެން ބުނެ އުދޯއްޔުން ތެދުވެ ގެއާއި ދިމާލަށް ދާން ހިންގައިގަތީމެވެ. އަހަރެންގެ ފަހަތުން ޖެނީ އާއި ރައިލީވެސް ހިންގައިގަތެވެ. ދެމީހުން އަހަންނާއި އެއްވަރު ކުރިއެވެ. “އޯއެ ހިންގާ ފުރަތަމަ ޖެޓީ މަތީގަ ރޭހެއްޖަހަން ދާން” ޖެނީ މިހެން ބުނެ ރައިލީ ގޮވައިގެން ދުއްވައިގަތެވެ. އަހަރެން ވެސް ފާވަން އަތައް ނަގާފައި ދުއްވައިގަތީމެވެ.
އަހަރެން ދުވަމުން ދިޔައިރު ދެންމެ ލޯންޗް އިން ފޭބި ދެ ފިރިހެން ކުދިން އެތާންގައި ތިއްބެވެ. ނަމަވެސް އެކަކު ހުރީ އަހަރެން ދުވަމުން ދިޔަ ދިމާލުގައެވެ. އަހަރެން ޖެނީ އާއި ރައިލީ އަތުލުމަށްޓަކައި އޭނާ ފަޅުތެރެއަށް ކޮށްޕައިލީމެވެ. އެއާއި އެކު އޭނާ މޫދަށް ވެއްޓުނެވެ. އަހަރެން އަޅައެއް ކަހައެއް ނުލާ ގޮސް ރައިލީ އާއި ޖެނީ އަތުލާފައި ގެއަށް ދާން ހިންގައިގަތެވެ.
“ލޮލް ބްރޯ ކައެ އެއްކޮށްތެމިފައެއްނު ތިހުރީ” ދެންމެ ލޯންޗްއިން ފޭބި ކުއްޖަކު ބުނެލިއެވެ. “ބަލާއެއްނު ދެންވެސް މަ މިތަނުން ނަގައި ދޭން އުޅެބަލަ” މޫދުތެރޭގައި ހުރި މީހާ ބުނެލިއެވެ. އޭނާ މޫދުން އެރުމަށްފަހު ބޮލުގައި ހުރި ފެންތަށް ހިއްކުމަށް އިސްޖަހައިލި ވަރުތު އަހަރެންގެ އަތުގައި އަޅައި ފައި އޮތް ކެވެލި ކޮޅު އޭނާގެ ގަމީހުގައި ހަރުލާ އޮތެވެ. އެ ކެވެލިކޮޅު ގަމީހުގެ ގޮށުން ނައްޓައިލުމަށްފަހު އޭގަ ލިޔެފައި އޮތް އެތި އޭނާ ބަލައިލިއެވެ. އޭގެ ލިޔެފަ ވަނީ އަހަރެންގެ ނަމެވެ. “އިފާ؟ މި ވާނީ މަ ކޮއްޕާލި މީހާގެ ނަމަށް” ތެމިފައި ހުރި ފިރިހެން މީހާ ބުނެލިއެވެ. “އޯއެ ޝަމައިލް މިއަދު މީ ކައެގެ ލަކީ ޑޭ” ކައިރީގައި ހެވި ދިލިފައި ހުރި ފިރިހެން މީހަ ބުނެލިއެވެ. އެއާއި އެކު ޝަމައިލް އޭނާގެ ކޮއްކޮ ޝަމީލް އާއި ދިމާލަށް ބިރުވެރި ނަޒަރުން ބަލައިލިއެވެ. ޝަމީލް އަނގަ މަތީގައި ޒިޕްއެއް އަޅުވައިލިހެން އަނގަ ބަންދުކޮށްލިއެވެ. އެއަށްފަހު ދަބަސް ތައް ހިފައިގެން ގެއަށްދާން ހިންގައިގަތެވެ.
އަހަރެން ގޮސް ގެއަށް ވަތް ތަނާހެން މަންމަ އައިސް އަހަރެން ކުރިމަތީގައި ހުއްޓުނެވެ. “ފަތިހު ފަތިހާގެން ކޮންތާކަށް ގޮސްފަ ތިއައީ؟” މަންމަ ރުޅި ވެރި އަޑަކުން ބުނެލިއެވެ. “ހިންގާލަން ގޮސްފަ” އަހަރެން ހިނިތުން ވެލާފައި ބުނެލީމެވެ. “ދައްތާ އޭނަ އެ ހަދަނީ ހުސް ދޮގު މަ ދެނެހުރިން އިފާ އެއައީ ފިރިހެން ކުދިން ކައިރިއަށް ގޮސްސަ ކަން” އަހަރެން ރުޅިއަންނަ މީހުންގެ ތެރެއިން އެންމެ ރުޅިއަންނަ މީހާ އާތިކް އައިސް އަހަރެންގެ މަންމަ ކައިރީގައި ހެދީ ހަޤީގަތުން ވެސް ދޮގެކެވެ. “ދެނެ ހުރިންތަ؟ ޕްރޫފް އެބަ އޮތްތަ؟” އަހަރެން އާތިކް އާއި ދިމާލަށް ލޯއަޅައިލައިފައި މިހެން ބުނެލީމެވެ. އެއަށްފަހު އާތިކް އެއްޗެއް ބުނުމުގެކުރިން އޭނާގެ މޫނު މައްޗައް ދޮރު ޖެހީމެވެ. އެވަރުން ވެސް އާތިކް ނުދިޔައެވެ. ދެން އަހަރެން ދިޔައީ އިލޯށިފަތި ހިފައިގެން ގޯތިތެރެ ކުނިކަހާށެވެ. އާތިކް ފެނުމާއި އެކު އަހަރެން އޭނަ ގައިގައި ވަރުގަދަ ބޮނޑިއެއް އަޅައިލީމެވެ. އެއާއި އެކު އޭނާ އަވަސް އަވަހަށް އަހަރެންގެ ގެއިން ނިކުމެގެން ދިޔައެވެ.
އަހަރެން ގޭގެ ބަނބުކެޔޮ ގަސް ދޮށް ކުނިކަހާ ނިންމާފައި ބޭރަށް ނިކުމެ މަގުމަތި ކުނިކަހަން ފެށީމެވެ. ކުނިކަހަން ވެގެން ބިންމައްޗައް ތިރި ވެލިތަނާހެން އަހަންނަށް ފެނުނީ އަހަރެންގެ އަތުގައި ކެވެލިކޮޅު ނެތްކަމެވެ. އެއާއި އެކު އަހަރެނެ އިތުރަށް ހާސްވިއެވެ. އަހަރެން އޭތި ހޯދަން މަސެއްކަތް ކުރަމުން ދިޔައީމެވެ. “އެކްސްކިޔުޒްމީ؟” ދެން އިވުނީ ފިރިހެން ވަންތައަޑެކެވެ. އަހަރެން ކޮޅަށް ތެދުވެލީމެވެ. “ޔެސް މޭއައި ހެލްޕް ޔޫ؟” އަހަރެން އެމީހުން ގާތުގައި އަހައިލީމެވެ. “މީ އަހަރުން މިހޯދަނީ ވައިޓް ރޯސް ނަން ކިޔާ ގެއެއް އިންގޭތަ އެގެ ހުރިތަން؟” އެތަނުން އެކަކު އަހައިލިއެވެ. “ވައިޓް ރޯސް؟ އެއީ އަހަރެން އުޅޭގެ… ރައިޓް ދިސް ވޭ” އަހަރެން މިހެން ބުނެފައި އެތެރެއަށް ވަދެލީމެވެ. އެއާއި އެކު އެ ދެ ފިރިހެން ކުދިން ވެސް އެތެރެއަށް ވަނެވެ.
“މަންމާ!!” އަހަރެން މަންމަ އަށް ގޮވައިލީމެވެ. “އޯއި ކިހިނެތް ވީ؟” މަންމަ މިހެން ބުނެ ބަދިގެއިން ނިކުމެލިއެވެ. “މަންމަ ގެ ގެސްޓްސް އައިސްފި” އަހަރެން މިހެން ބުނެ އިލޯށިފަތި ބަދިގޭގައި ބަހައްޓާފައި މަންމަ ކައިރިއަށް ނިކުމެލީމެވެ. “ތީ ދޯ ޝާޒާގެ ދެ ދަރިން” އަހަރެންގެ މަންމަ އެ ފިރިހެނުން ކައިރީގައި އަހައިލިއެވެ. “ލައްބަ އަހަންނަށް ކިޔަނީ ޝަމައިލް ދެން މީ އަހަރެންގެ ކޮއްކޮ ޝަމީލް” ޝަމައިލް އަމިއްލަ މީހާ ތައާރަފް ކޮށްދިނެވެ. “އަހަރެން މީ ތި ދެކުދިންގެ މަންމަގެ އެކުވެރިއެއް އަހަންނަށް ކިޔައީ އީނާ ދެން މީ އަހަރެންގެ ދަރިފުޅު އިފާ” މަންމަ މިހެން ބުނުމުން ދަތް ކުނޑި ވިކާލީމެވެ. “ހާއި އިފާ ނައިސް ޓު މީޓް ޔޫ” ޝަމީލް ބުނެލިއެވެ. “ޔާ ސޭމް ޓު ޔޫ” އަހަރެން ރައްދުގައި ބުނެލީމެވެ. “އަމް ތީ ދޯ ޝަމައިލް އަކީ ކީއްވެ ތެމިފަ ތިހުރީ؟” އަހަރެން ޝަމައިލް އާއި ދިމާލަށް ބަލައިލައިފައި ބުނެލީމެވެ. “އެއީ އަހަރެން ލޯންޗް އިން ފޭބި ގަޑީގައި މީހަކު އައިސް އަހަރެން މޫދާދިމާލަށް ކޮއްޕައިލީ ” ޝަމައިލް މިހެން ބުނުމުން އަހަންނަށް ހަނދާނަށް އައީ ދެންމެ ރައިލީ އާއި ޖެނީ އަތުލަންވެގެން ކުރިމަތީގައި ހުރި މީހާ ކޮށްފައިލި ކަމެވެ. “ތިމީހުންގެ ރޫމް ދައްކަފާނަން” އަހަރެން މައުލޫ އޮޅުވާލަން ބުނެލީމެވެ.
އަހަރެން ޝަމައިލް އާއި ޝަމީލް އަށް އެ މީހުންގެ ކޮޓަރި ދެއްކުމަށްޓަކައި ގޭގައި ހުރި ދެވަނަ ފްލޯރ އަށް އެރީމެވެ. އެއަށްފަހު އެންމެ ފުރަތަމަ ޖެހުނު ކޮޓަރި ޝަމައިލް އަށް ދެއްކީމެވެ. ދެން އެއާއި ޖެހިގެން ހުރި ކޮޓަރި ޝަމީލް އަށް ދެއްކީމެވެ. އެއަށްފަހު އަހަރެން ބެލްކަނި ކައިރީގައި ހުރި އަހަރެންގެ ކޮޓަރި އަށް ގޮސް ބުރުގާ ނަގާ އެނދުމަތީގައި ބޭއްނުމަށްފަހު ތުވާލިހިފައިގެން ފާޚާނާއަށް ވަދެ ފްރެޝް ވެލައިގެން ނިކުމެ އަލަމާރިން އައިސިން ބްލޫ ކުލައިގެ ފިޓަ ޖިންސްއަކާއި ފެހިކުލައިގެ އަތް ދިގު ސްވެޓާ އެއްލުމަށްފަހު އިސްތަށިގަނޑު ހިއްކާލާފައި ހުޅިއެއްޖަހައި ލުމަށްފަހު އެނދުމަތީގައި އޮތް ބުރުގާ ބޮލަށް މަހާލާގެން އަހަރެން ނިކުމެލީ ބެލްކަންޏާއި ދިމާލަށްށެވެ.
އެދުވަހު ހަވީރުގެ ވަގުތު ކަމަށްވުމުން ޖެނީ އާއި ރައިލީ އަހަރެން ހޯދުމަށްޓަކައި އަހަރެންގެ ގެއަށް އައެވެ. އަހަރެން ކަޅުކުލައިގެ ސްކިނީ އަކާއި ރަތް ކުލައިގެ ފަލަމަސްގަނޑާއި ހަމައަށްދާވަރުގެ ބޯފޮތިން ފަހާފައިވާ ވަށްތިރި ހެދުން ލުމަށްފަހު ކަޅުކުލައިގެ ޝޯލް އެއް މިހާރުގެ ފެޝަން އެކޭ އެއްގޮތައް އަޅައި ލައިގެން ނިކުމެލީ ޖެނީ އާއި ރައިލީ އާ އެކު ހިންގާލަން ދިއުމަށްށެވެ.
އަހަރުން ތިން މީހުން އެއްކޮށް ހިންގަމުން ގޮސް އަތިރިއާއި ހިސާބައް ދެވުނެވެ. އެއިރު އަތިރި މަތީގައި މުސްކުޅިން އާއި ކުޑަކުދިން ގިނަވަމުން ދިޔައެވެ. އަހަރެން އަދި އަހަރެންގެ ދެ އެކުވެތިން މިސްރާބު ޖެހީ ތުނޑިއާއި ދިމާލަށްށެވެ. ތުނޑިއަށް އެރުމަށްފަހު އަހަރުން ދޮން ވެލިގަނޑުމަތީގައި އިށީންދެލީ އޮލަ ވާހަކައިގައި ޖެހިގެން އެވެ. މިހެން ވާހަކަ ދައްކަން ހުއްޓާ ފަހަތުން މީހަކު އައިސް ރައިލީގެ މެދުހަށީގައި ހިފާފައި އުރާލިއެވެ. ރައިލީ އެއީ ކާކުތޯ ބެލުމަށްޓަކައި ފަހަތައް އެނބުރީލިއެވެ. ކޮނޑުގައި ބޮޑު ދަބަހެއް އަޅުވައިފައި ހުރި ނިއުޝާން ފެނި ރައިލީ ނިއުޝާން ގައިގައި ވަރަށް ބާރަށް ބައްދައިލިއެވެ.
…ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Maasha allah vvvvvvvv rythi mi part❤❤❤❤❤
next part kon irakun…..
Masha Allah.its so good ☺???