ލިވިޔާ އަށް ހުރެވުނީ އަނދިރި ކަމުން ފުރިގެން ވާ މާހައުލެއް ގައެވެ. މި ހުރެވުނީ ކޮންތަނެއްކަން ނޭންގުމުން ލިވިޔާ ފަރާތް ފަރާތަށް އެނބުރި ބަލައިލިއެވެ. އެއްލި ކަޅިއަކުން ލިވިޔާ އަށް ނޫކުލައިގެ ޖިންސް ސޯޓަކާއި ހުދުކުލައިގެ ޓީށާޓް އެއް ލައިގެން ހުރި ފިރިހެން ކުއްޖެއް ފެނުނެވެ. އެ ކުއްޖާ ފުރަގަސް ދީގެން އިނުމުން ލިވިޔާ އަށް އެ ކުއްޖާގެ މޫނު ފެންނަ ގޮތެއް ނުވިއެވެ. އެހެން ނަމަވެސް އެކުއްޖާ ގެ ކަޅުކަން ގަދަ އިސްތަށިގަނޑު ލިވިޔާ އަށް ފާހަގަ ވިއެވެ.
” އީކް ”
ކުއްލިއަކަށް ކުޑަކުއްޖެ ގެ އަޑު އިވުމުން ލިވިޔާ ފަހަތަށް ބަލާލިއެވެ. އެއީ އަންހެން ކުއްޖެކެވެ. އެ އަންހެން ކުއްޖާ ލައިގެން އިނީ ހުދުކުލައިގެ ފްރޮކް އެކެވެ. ނަމަވެސް އެ ކުއްޖާ ގެ މޫނު ފެންނަނީ ފުސްކޮށްށެވެ. އެކުއްޖާ އަނެއްކާވެސް ގޮވާލިއެވެ.
” އީކް ”
އެއާއެކު އެ ފިރިހެން ކުއްޖާ އެނބުރި ބަލައިލިއެވެ. ފިރިހެން ކުއްޖާ ގެ މޫނު ވެސް ހުރީ ފުސްކޮށްށެވެ. އެހެން ކަމުން ލިވިޔާ އަށް އެ ދެކުދިންނަކީ ކޮން ބައެއް ކަން ވަކި ކުރާކަށް ނޭނގުނެވެ. އެ ފިރިހެން ކުއްޖާ ދުވެފައި ގޮސް އެ އަންހެން ކުއްޖާ ކައިރީ މަޑުކޮއްލި އެވެ. އަދި ޖީބުން ފަށެއް ނެގިއެވެ. އެއީ ވެސް ހަމަ ލިވިޔާގެ ކަރުގައި އޮތް ކަހަލަ ފަށެކެވެ. އެހެން ކަމުން އިޙްތިޔާރަކާ ނުލައި ލިވިޔާ އަށް ކަރުގައި އޮތް ފަށުގަ އަތް ޖައްސާލެވުނެވެ. އެ ފިރިހެން ކުއްޖާ ވަރަށް ލޯބިން އެ އަންހެން ކުއްޖާގެ ކަރުގައި އެ ފަށް އަޅުވައިދިނެވެ. ބަލާބެލުމުން އެ ދެކުދިން ވައްތަރީ 13 ނުވަތަ 14 އަހަރު ގެ ދެކުދިން ނެއެވެ. ދެން ލިވިޔާ ގެ ލޮލުގައި އަޅައިގަތީ އަނެއްކާވެސް އެ ފިރިހެން ކުއްޖާ ޖީބުން ނެގި ފަށަށް ށެވެ. އެ ފަށު ފުލަކަށް އިނީ ރަން ކުލައިގެ ތަޅުދަނޑި އެކެވެ. އެ ފިރިހެން ކުއްޖާ އެ ފަށް އަންހެން ކުއްޖާ އަށް ދިނުމުން އެ އަންހެން ކުއްޖާ އެ ފަށް ފިރިހެން ކުއްޖާގެ ކަރުގައި އެޅުވިއެވެ. ލިވިޔާ އެ ދެ ކުދިންނާއި ދިމާއަށް ދާނ ވެގެން ފިޔަވަޅު އެޅީ އިރަށް އެ ދެކުދިން ގެއްލުނެވެ. އެހެން ކަމުން ލިވިޔާ އަށް ސިހިފައި ފަހަތަށް ޖެހެވުނެވެ.
” ލިވް!!!!!!!!!”
ކުއްލިއަކަށް ވަރަށް ބާރަށް މީހަކު އެހެން ގޮވައިލުމުން ލިވިޔާ ފަހަތަށް އެނބުރި ބަލާލިއެވެ. އެއީ އެއްކަލަ ފިރިހެން ކުއްޖާއެވެ. އެ ކުއްޖާ މިހާރު ލައިގެން އިނީ އައިސް ބްލޫ ކުލައިގެ ޖިންސް އަކާއި ހުދު ކުލައިގެ ހުޑީ އެކެވެ. އެ ކުއްޖާ ގެ އަޑު ގައި ބިރުވެރިކަން ވާކަން ލިވިޔާ އަށް އިޙްސާސް ކުރެވުނެވެ. ދެން ފެނުނީ އެ ފިރިހެން ކުއްޖާ އެ އަންހެން ކުއްޖާ އާއި ދިމާއަށް ދުވެފައި ދިޔަ ތަނެވެ. އެ އަންހެން ކުއްޖާ ހުރީ ހުދުކުލައިގެ ޓީށާޓް އަކާއި އައިސް ބްލޫ ކުލައިގެ ސްކިނީ އެއް ލައިގެންނެވެ. އެ ފިރިހެން ކުއްޖާ ދުވެފައި ގޮސް އެ އަންހެން ކުއްޖާ ދުރަށް ކޮއްޕާލިއެވެ. އެ އާއެކު އައި ނައި ތަނެއް ނޭނގި ކާރެއް އައިސް އެ ފިރިހެން ކުއްޖާ ގެ ގައިގަ ޖެހުނެވެ. އެހެންކަމުން އެ ފިރިހެން ކުއްޖާ ދުރަށް ވިއްސައިގެން ދިޔައެވެ. އެއްފަރާތަށް ވެއްޓިފައި އޮތް އަންހެން ކުއްޖާ އަށް މި މަންޒަރު ފެނި ހީވީ ފައިދަށުން ބިންގަނޑު ކަނޑައިގެން ދިޔަ ހެންނެވެ. އަވަހަށް ތެދުވަމުން އެއަންހެން ކުއްޖާ އެ ފިރިހެން ކުއްޖާ އާއި ދިމާއަށް ދުއްވައިގަތެވެ.
” އީކް….. އީކް….. ”
އެ އަންހެން ކުއްޖާ ގޮސް ލެއިން ކަޅުވެފަ އޮތް ފިރިހެން ކުއްޖާ ކައިރީ އިށީނަމުން އެ ކުއްޖާ އަށް ގޮވަން ފެށިއެވެ. އިސާހިތަކުން އެ އަންހެން ކުއްޖާ ލައިގެން ހުރީ އަންނައުން ލެއިން ފުރުނެވެ. އެތަށް އިރެއް ވަންދެން އެއަންހެން ކުއްޖާ ފިރިހެން ކުއްޖާ ކައިރީ އިނުމަށްފަހު ތެދުވިއެވެ. އަދި އެހީ އަށް އެދި ގޮވަން ފެށިއެވެ. ނަމަވެސް އެހެން ދިމާއަކުން އައި ކާރެއް އައިސް އެއަންހެން ކުއްޖާ ގައި ޖެހުމާއެކު އެ އަންހެން ކުއްޖާ ދުރަށް ވިއްސައިގެން ދިޔައެވެ. މިތަން ފެނި ލިވިޔާ އެ ދެކުދިންނަށް އެހީތެރިވާން ދާނ ބޭނުންވިއެވެ. ނަމަވެސް ކުއްލިއަކަށް ލިވިޔާގެ ބޮލަށް ތަދުވަން ފެށި އެވެ. އެ ތަދު ދިޔައީ ހިނދު ކޮޅަކަށް ވުރެ ހިނދުކޮޅެއް ބޮޑުވަމުން ނެވެ. އެންމެ ފަހުން ލިވިޔާ އަށް ކެއް ނުކުރެވުމުން ބޮލުގެ އިސްތަށިގަނޑު ހިފާ ބާރު ކޮއްލަމުން އަޑު ނެތް ތަނަށް ހަޅޭލައްވައި ގަތެވެ.
*******************
ލިވިޔާ އަށް ހޭލެވުނީ ކުއްލިއަކަށް ށެވެ. އެއިރު އޭސީގެ ފިނިކަމުގެ ތެރެއިން ވެސް ލިވިޔާގެ ނިއްކުރީގައި ދާތިކި ބަބުޅަމުން ދިޔަ އެވެ. އެނދުން ތެދުވިގޮތަށް ލިވިޔާ އަށް އެންމެ ފުރަތަމަ ވެސް އަތް ޖަހާލެވުނީ ކަރުގައި އޮތް ލޮކެޓް ގައެވެ. ދެންމެ މި ފެނުނީ ޙަޤީޤަތެއް ކަމެއް ނުވަތަ ހުވަފެނެއް ކަމެއް ލިވިޔާ އަކަށް ވަކި ކުރާކަށް ނޭނގުނެވެ. ލިވިޔާ އަށް ބޮލުގައި އަތް އަޅާލެވުނީ ބޮލަށް ތަދުވަން ފެށުމުން ނެވެ. އެހެން ކަމުން ލިވިޔާ އިތުރަށް ނުވިސްނާ އަވަހަށް ފާހާނާއަށް ވަދެ މޫނު ދޮވެ ލިއެވެ. އަދި ލޯގަނޑުން އަމިއްލަ ސޫރަ ބަލާލިއެވެ. ލިވިޔާ ގެ ހިތުތެރޭގައި އެތަކެއް ސުވާލެއް އުފެދެމުން ދިޔައެވެ. އެއީ ކޮން ދެކުދިންނެ ހެއްޔެވެ. ދެންމެ މި ފެނުނީ ކޮންކަހަލަ މަންޒަރެއް ހެއްޔެވެ. އެ ކަޅުކަން ގަދަ އިސްތަށިގަނޑު ކޮންމެވެސް ތާކުން ފެނިފަ ވާހެން ހީވަނީ ކީއްވެ ހެއްޔެވެ. ނަމަވެސް އިތުރަށް ވިސްނަން ފެށުމުން ބޮލުގައި ރިހުން ނޫން ކަމަށް ނުވިއެވެ. އެހެން ކަމުން ލިވިޔާ ފާހާނާއިން ނިކުމެގެން ގޮސް ލަގެޖް ހުޅުވާލިއެވެ. އަދި ބަށި ކުލައިގެ ސްވެޓާ އަކާއި ކަޅުކުލައިގެ ސްކްނީ އެއް ނެގުމަށްފަހު އެ ހިފައިގެން ފާހާނާއަށް ދިޔައެވެ.
އިރުކޮޅެއް ފަހުން ލިވިޔާ ފާހާނާއިން ނިކުތީ އެ ސްވެޓާ އާއި ސްކިނީ ލައިގެންނެވެ. ލިވިޔާ އިސްތަށިގަނޑު އައްސަމުން ގޮސް ލޯގަނޑު ކުރިމަތީގައި ހުއްޓުނެވެ. އަދި ބޮލުގައި ހުޅިއެއް ޖަހާލިއެވެ. އެއަށްފަހު ލިވިޔާ ލޯގަނޑު ފެންނަމުން ދިޔަ އަމިއްލަ ސޫރަ އަށް ބަލައިލިއެވެ. އެހެން ހުއްޓާ ކުއްލިއަކަށް މީހަކު ދޮރުގައި ޓަކި ޖަހާ އަޑު އިވުމުން ލިވިޔާ ދިޔައީ ސިއްސައިގެން ނެވެ. ލިވިޔާ ގޮސް ދޮރުހުޅުވާލި އިރު ކުރިމަތީގައި ހުރީ އަލްޔާން އެވެ.
“މަމް ބުނެގެން މި އައީ ”
އަލްޔާން އެހެން ބުނުމުން ލިވިޔާ އަވަހަށް ކޮޓަރިން ނިކުތެވެ. އަދި އަލްޔާން ގެ ފަހަތުން ހިނގައިގަތެވެ. ލިވިޔާ ގޮސް ސިޑިން ފޭބި އިރުގަ ސިޓިން ރޫމް ގަ ޒޯއީ އާއި ކޮންމެވެސް އެހެން ފިރިހެން ކުއްޖެއް ޒުވާބު ކުރަމުން ދިޔައެވެ.
“އެޓްލީސްޓް އައި ކޭން ފައިންޑް ޖީއެފްސް އަމް ނޮޓް ލައިކް ޔޫ ޑްރީމިން އޯލް ޑޭ ”
އެ ފިރިހެން ކުއްޖާ އެހެން ބުނުމުން ޒޯއީ ވެސް ދެރަނުވާން ވެގެން ބުނެލިއެވެ.
” އިވެން އައި ކޭން ގެޓް ބީއެފްސް އޭސް މެނީ އޭސް އައި ވޯންޓް ބަޓް އަމް ނޮޓް ލައިކް ޔޫ ”
ޒޯއީ މިހެން ބުނުމުން އެ ފިރިހެން ކުއްޖާ ޒޯއީ ގެ ގައިގާ ސޯފާ މަތީގަ އޮތް ކުށަން އިން ޖެހިއެވެ. ނަމަވެސް ޒޯއީ އެންމެ ތަންކޮޅެއް ވެސް ދެރަވާނެ ހެއްޔެވެ. ޒޯއީ އެ ފިރިހެން ކުއްޖާ ގެ އެތަށި ގަނޑު ގައި ހިފާ ދަމައިގަތެވެ.
” އިނަފް ޔޫ ޓޫ ”
އަލްޔާން މިހެން ބުނުމުން ޒޯއީ އެ ފިރިހެން ކުއްޖާގެ އިސްތަށިގަނޑުން ދޫކޮއްލިއެވެ. އަދި އަލްޔާން އާއި ދިމާއަށް ބަލައިލިއެވެ. އަލްޔާން ކައިރީ ހުރި ލިވިޔާ ފެން ޒޯއީ ދުވެފައި އެ ދިމާއަށް ދިޔައެވެ.
” ލިވީ އާދެބަލަ އަހަރެން ފްރެންޑްސް އަށް އިންޓްރޮޑިޔުސްޔޫ ކޮއްދޭނަން…… ދޭ އާރް އެޓް ދަ ޓެރެސް ”
ޒޯއީ މިހެން ބުނުމުން ލިވިޔާ ހީލިއެވެ. އަދި ބުނެލިއެވެ.
” އޯކޭއި ބަޓް އިހަށް ކުޑައިރުކޮޅެއް ވަންދެން މަޑުކޮށްލާ ”
ލިވިޔާ އެހެން ބުނުމަށް ފަހު ބަދިގެ ތެރޭގައި ހުރި ފަރީޝާ ކައިރިއަށް ދިޔައެވެ. ލިވިޔާ ގޮސް ބަދިގެއަށް ވަންނަމުން ފަރީޝާ އަށް ގޮވާލި އެވެ.
” އަލްޔާން ބުނި ދައްތަ އަހަރެން ހޯދާން އުޅުނޭ ”
ލިވިޔާ މިހެން ބުނުމުން ފަރީޝާ ގޮސް އެއްފަރާތެއްގައި ހުރި ޑަބަލް ޑޯރް ފްރިޖް ހުޅުވާލަމުން ހޮޓް ޗޮކްލެޓް ތައްޓަކާއި ޕޭންކޭކްސް ތަށި ނެގިއެވެ. އަދި އެ ހިފައިގެން ކާގެ އަށް ދަމުން ލިވިޔާ ކައިރީ އައުމަށް އިޝާރާތް ކޮއްލިއެވެ. ލިވިޔާ ފަރީޝާ ގެ ފަހަތުން ގޮސް ކާގެ އަށް ވަނެވެ.
” ލިވީ އާދޭ މިތާގަ އިށީނަން ”
ފަރީޝާ މިހެން ބުނުމުން ލިވިޔާ ގޮސް ފަރީޝާ ދެއްކި ގޮނޑީގައި އިށީނިއެވެ. އެއާއެކު ފަރީޝާ ހޮޓް ޗޮކްލެޓް އާއި ޕޭންކޭކްސް ތަށި ލިވިޔާ އާ ގާތް ކޮއްލަމުން ބުނެލިއެވެ.
” ލިވީ ވަރަށް ބަނޑުހައި ވެފައެއްނު ދޯ ތިހުރީ އަވަހަށް ކާން ފަށާ ”
ފަރީޝާ މިހެން ބުނުމުން ލިވިޔާ އަވަހަށް ކާން ފެށިއެވެ. ފަސްމިނެޓް ތެރެއިން ލިވިޔާ ކައި ނިންމާލުމަށްފަހު ބުނެލިއެވެ.
” އޫމް ވަރަށް މީރު ”
ލިވިޔާ މިހެން ބުނުމުން ފަރީޝާ ހީލިއެވެ. އަދި ލިވިޔާގެ ބޮލުގައި ފިރުމާލުމަށްފަހު ލިވިޔާ ކޭ ތަށި ހިފައިގެން ދިޔައެވެ. އެހެން ކަމުން ލިވިޔާ މިސްރާބު ޖެހީ ގޭގެ ޓެރިސް އާއި ދިމާއަށް ށެވެ. ލިވިޔާ ގޮސް ޓެރެސް އަށް ވަންނަން ހަދާލި ތަނާ އެއްފަރާތެއްގަ ހުރި ކޮޓަރިން ކުއްޖަކު ފެންނަ ހުއްޓެވެ. އޭގެ އިތުރުން އަލްޔާން ވެސް ހުއްޓެވެ. އެކުއްޖާ އަލްޔާން ގެ ކަރުގައި އަތްވަށާލަގެން ހުރިއިރު އަލްޔާން އިނީ އެ ކުއްޖާގެ މެދުހަށީގައި އަތް ވަށާލަގެން ނެވެ. ދެމީހުން ތިބީ އެކަކު އަނެކަކަށް ގެއްލިފައޭ ބުނިއަސް ދޮގަކަށް ނުވާނެއެވެ. އެއަންހެން ކުއްޖާ ގެ މޫނު ނުފެނުނަސް އެ ކުއްޖާ ގެ ބުރަކައްޓާ ހަމައަށް ދާން ލައިޓް ބްރައުން ކުލައިގެ ފަން އިސްތަށިގަނޑު ފެނި ލިވިޔާ ގާތަށް އައީ ނުލަފާ ހިންޏެކެވެ. ލިވިޔާ ގޮސް އެ ދޮރު ކުރިމަތީ ހުއްޓިލުމަށްފަހު ހަށަން ބަނދެލިއެވެ. އަދި ކަރު ކެހީލިއެވެ. އެއާއެކު އަލްޔާން އާއި އެ އަންހެން ކުއްޖާ ސިއްސައިގެން ދިޔައެވެ. މިތަން ފެނި ލިވިޔާ ހިނިގަނޑު ކޮންޓްރޯލް ކުރެވުނީ ހަމަ ކިރިޔާ އެވެ. އެ އަންހެން ކުއްޖާ ލިވިޔާ ފެނުމުން އަވަހަށް އިސްޖަހާލިއެވެ. އަދި އަވަހަށް އެތަނުން ނިކުމެގެން ދިޔައެވެ. ދެން ލިވިޔާ ބަލާލީ އަލްޔާން އަށްށެވެ. އެއިރު އަލްޔާން ހުރީ އިސްތަށިގަނޑަށް އެއް އަތް ލައިގެންނެވެ. އަލްޔާން ގެ މޫނުމަތީގައި ރަކި ހިނިތުން ވުމެއް ވާއިރު ލިވިޔާ އިނީ އަލްޔާން އަށް ޖެއްސުން ކުރާ ގޮތަކަށް ބަލައިގެންނެވެ.
” އަލްޔާންންންންންން ”
ލިވިޔާ މިހެން ބުނުމާއެކު އަލްޔާން އަވަހަށް އެތަނުން ނިކުމެގެން ދިޔައެވެ. އެހެން ކަމުން ލިވިޔާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ނަމަވެސް ލިވިޔާ ހިނިގަނޑު ކޮންޓްރޯލް ކޮއްލަމުން ޓެރިސް އަށް ދިޔައެވެ. އެއިރު ޒޯއީ އާއި އެއްކަލަ އަންހެން ކުއްޖާ އާއި އަދި އިތުރު އެހެން އަންހެން ކުއްޖަކު އައުޓް ޑޯރް ސޯފާ ގައި އިށީނދެގެން ތިއްބެވެ. ލިވިޔާ ފެނުމައެކު ޒޯއީ އައިސް ލިވިޔާ ގެ އަތުގައި ހިފަމުން ގޮސް ލިވިޔާ ސޯފާގައި ބޭނދިއެވެ.
“ގާއިޒް މީ ލިވިޔާ… ދަ ގާލް އަ މެންށަންޑް އޮން ދަ ފޯން ”
ޒޯއީ މިހެން ބުނުމުން އެއްކަލަ އަންހެން ކުއްޖާ ތަޢާރަފް ވެލިއެވެ.
” ހެއި ލިވިޔާ ނައިސް ޓު މީޓް ޔޫ އަމް އެލައިނާ… އެންޑް ޔާ ޔޫ ކޭން ކޯލް މީ އެލީ ”
އެލައިނާ ތަޢާރަފް ވެލުމާއެކު ލިވިޔާ އެލައިނާ އަށް ހިނިތުންވުމެއް ހަދިޔާ ކޮއްލިއެވެ.
” އަމް ތޫގާ ނައިސް ޓު މީޓް ޔޫ ލިވިޔާ…. ޔޫ ކޭން ކޯލް މީ ތޫ”
ތޫގާ އެހެން ބުނުމުން ލިވިޔާ ވެސް ތައާރަފް ވެލިއެވެ.
” ނައިސް ޓު މީޓް ޔޫ ގާއިޒް ޓޫ އެންޑް ސިންސް ޔޫ ނޯ މައި ނޭމް ޔޫ ގައިޒް ކޭން ކޯލް މީ ލިވީ ”
ލިވިޔާ އެހެން ބުނުމުން ތޫގާ އާއި އެލައިނާ އެންމެ ރަނގަޅޭ ބުނެލިއެވެ. ދެން އެ 4 މީހުންގެ ތެރޭގައި އެކި ވާހަކަ ދެކެވެން ފެށުނެވެ. އެއިން ކޮންމެ ވާހަކައަކުން ވެސް އެކަކު އަނެކަކާ ބެހޭގޮތުން އެނގެމުން ދިޔައެވެ. އެހެން ވާހަކައިގަ ތިއްބާ ކުއްލިއަކަށް އެލައިނާ ގެ ފޯނު ރިނގް ވާނ ފެށިއެވެ. އެލައިނާ އެ ފޯން ކޯލް އަށް ޖަވާބު ދިނުމަށްފަހު ތެދުވިއެވެ. އަދި ބުނެލިއެވެ.
” ގާއިޒް އައި ނީޑް ޓު ގޯ ދޮންބެ އެބަހުރި މަ ބަލާ އައިސް ”
އެލައިނާ އެހެން ބުނުމުން ތޫގާ އާއި ޒޯއީ ދެލޯ ބޮޑުކޮށްލިއެވެ. އަދި އެއްފަހަރާ ބުނެލިއެވެ.
” އެ ނަޓް ހެޑް އައީ ކޮންއިރަކު ”
ދެމީހުން މިހެން ބުނުމާއެކު އެލައިނާ ބުނެލިއެވެ.
” މިއަދު ހެނދުނު ޒޯ ދޮންބެ ނުބުނޭތަ ޒޯ ކައިރިއަކު ”
އެލައިނާ މިހެން ބުނުމުން ޒޯއީ ދެފަރާތަށް ބޯ ހޫރުވާލިއެވެ.
(ނުނިމޭ)

