ހިތްތައް މޮޔަކުރުވާފަދަ ޖާދުވީ ހިނިތުންވުމެއް ވެރިކުރުވައިގެން އަހަރެންގެ ކުރިމަތީގައި ހުއްޓި އެހުރީ އަހަރެންގެ ދެލޯ އެދި ހޯދަމުން ދިޔަ ރީތި ހުސްކުރި ޒުވާނާއެވެ.އަހަރެންގެ އާރިންއެވެ.ގަދަ އަޅި ކުލައިގެ ގަމީހަކާއި ކަޅު ކުލައިގެ ޖިންސެއްގައި އޭނާ ފެންނަލެއް ފިރިހެންވަންތަކަމާއި ފުރިހަމަކަމުން އާޝޯޚުވެފައި، ކަޅި ޖަހާލަން ވެސް ހަނދާން ނެތިފައި، ބަލަހައްޓައިގެން އަހަންނަށް ހުރެވުނީއެވެ. **** ’އަނހާ…އާރިން… އަވަހަށް ވަދޭ…‘ އަހަރެން ހުއްޓުން އަރާފައި ހުއްޓާ ބައްޕަ އައިސް އަހަރެންގެ ކޮނޑުމަތީގައި އަތް ބާއްވާލަމުން ފަހަތުން ބޯ ދިއްކޮށްލާފައި ބުނެލިއެވެ.ސިހިފައި […]
މޯޅި އަކަށް ދެމިލާފައި ތެދުވި މިޒިޔަލް ސިހުނީ ހަށިގަނޑުގައި އެއްވެސް ފޭރާމެއް ނެތުމުންނެވެ. އެނދުމަތިވެސް ހީވަނީ ބޮޑު ތޫފާނެއް އަހިސްފައި އޮތް ހެންނެވެ. ހަމަ އެވަގުތު ފާހާނާ ތަޅު ހުޅުވި އަޑު އިވުނެވެ. ދޮރު ހުޅުވި މަންޒަރު ފެނުމާއި އެކު މިޒިޔަލްއަށް ފޮތިގަނޑުން ހަށިގަނޑު ނިވާ ކޮއްލެވުނެވެ. އެވަގުތު ފެނުނު މަންޒަރު މިޒިޔަލްގެ ދެލޯ ބޮޑުވިޔެވެ. (12 ވަނަ ބައި) “މިލީން!!!!” މިޒިޔަލްއަށް އަޑަށް ލެވުނުހާ ބާރެއް ލާފައި ހަޅޭ ލަވައިގަނެވުނެވެ. އަދި އިސްޖަހާލިއެވެ. ހަމަ އެކަނި […]
ރެސްޓޯރެންޓްގައި ތިބި އަލްޔާ އާއި އާނިޝް މެން ތިބީ އެމީހުން ކުރި އޯޑަރ އަންނާނެ ވަގުތަކަށެވެ. ” އާނިޝް ޔައިގެ ހަބަރެއް ވިތަ…؟” އޯޑަރ ގެނެސްދިނުމުން އަލްޔާ ބުނެލިއެވެ. އާނިޝް ވެސް ހަމަ އެކަނި ހޫމް އަކުން ފުއްދާލިއެވެ. ” ކިހިނެތްވީ އަނެއްކާ” އާނިޝްއަށް ވެގެން އުޅޭ ގޮތް އެނގި ހުރެ ވެސް ނޭނގޭ ކަމަށް ހެދުނެވެ. ” އަލް ހީކުރީ ތިދެމިހުން މައްސަލައެއް ޖެހުނީ ކަމަށް….. ޔައި މިހާރު ވަަރަށް ދުރު ނުދައްކާ ވާހަކައެއް ވެސް” […]
(ދިވެހި ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާއާއެކު ކިޔުންތެރިންނަށް ހަދިޔާއެއްގެ ގޮތުގައި އަޕްލޯޑް ކޮށްލި އިތުރު އެޕިސޯޑްއެއް) އެ ކައިވެނި އެ ގޮތުގައި ކުރިއަށް ނުގެންދެވޭނެ ކަން އެ ވަގުތު އާރިޝްގެ ހިތާ ސިކުނޑިން އެއް އަޑަކުން ބުނަމުން ދިޔައެވެ. ކުށެއް ނެތި ރީވާއަށް އަނިޔާ ލިބެމުން ދިޔުމަކީ އިންސާފެއް ނޫނެވެ. އެ ގޮތުގައި އެ ކައިވެނި ދެމެހެއްޓުމަށް ވުރެ އާރިޝްއާ ވަކިވުން ރީވާއަށް ރަނގަޅު ވާނެ ކަމުގައި އާރިޝްއަށް ގަބޫލު ކުރެވުނެވެ. އެހެން ނަމަވެސް […]
އިފްރާހުގެ އެދުން ގަބޫލުކޮށް އަހަރެން ބޮޑުދައިތައާއި ބައްދަލުކުރަން އެގެއަށް ދާން އެއްބަސްވީމެވެ. އަހަރެން އާނބަސް ބުނުމުން އޭނާ ހުރީ ނިކަން އުފަލުންނެވެ.އަހަރެން މީ ކާކުކަން އެނގުމުން ބޮޑުދައިތަ ވަރަށް އުފާވާނޭ ބުނީ މާނަވީ ހިނިތުންވުމަކާއި އެކުގައެވެ. **** އިފްރާހުއާއި އެކުގައި އޭނާގެ ގެއަށް ދާން އަހަރެން މިސްރާބު ޖެހިއިރު މުޅި ޖައްވުގައި ހިފާލައިފައިވީ ކަށިތައް ތޮރުފައިލާ ފަދަ ފިނިކަމެކެވެ.ވިއްސާރަވާން އުޅޭކަމުގެ ސިގްނަލް ދެމުން ޖެހެމުން ދިޔަ ފިނި ފިނި ވައިރޯޅިތައް ފަހަރަކަށްވުރެ ފަހަރެއް ބާރު […]
“ދެން މީގަ މިހުރީ ބައިވަރު އާފަލާ، އޮރެންޖާ، މޭބިސްކަދުރާ، ދޮންކޭލާ އެއްޗެހި. ޒިވީ ކައްޗޭ އިނގޭ؟ އޭރުން އަވަހަށް ރަނގަޅުވާނީ. މިހާރުވެސް މަންމި އޭނީ ދެރަވެފަ ޒިވީ ބަލިވީމަ” ހިޔާން ވަރަށް ލޯބިން ބުންޏެވެ. ޒިވިއާ ބޯޖަހާލިއެވެ. ކަމަކު ބޭނުން ވެއްޖެ ނަމަ ގޮވާލުމަށް ބުނެފައި ހިޔާން ނިކުމެގެން ދިޔައީ ޑިއުޓީ އިތުރު ޕޭޝަންޓްއެއް އަހިސް ގެންނެވެ. ހިޔާން ނިކުމެގެން ދިޔަތަނާހެން ނިމްރާ، ކަޔާން، އާކިން އަދި މާޝާ އައެވެ. އައިލީންވެސް މެއެވެ. “ބަލަ ޒިވީ ބަލިވީމަ […]
“މިއީ އޭ އެއްކަލަ ދުވަހު އާހިލްގެ މަންމަ ހޮސްޕިޓަލަށް ގެންގޮސްދިން ކުއްޖަކީ” ބޮއްތަ ބުންޏެވެ. އެހިސާބުން އަހަރެން ހަނދާންވީ އެދުވަހު ހޮސްޕިޓަލުން ބޮއްތަ އާއި ދިމާވި ހަނދާނެވެ. އަދި ނިކުންނަން ދަނިކޮށް އާހިލް އާއި ދިމާވި ހަނދާނެވެ. އެދުވަހު އޭނާ ހޮސްޕިޓަލަށް އެ ދިޔައީ އެހެންވެތާއެވެ. އަހަރެން އާހިލްގެ މޫނަށް ބަލައިލީމެވެ. އޭނާ އަހަންނަށް ޝުކުރު އަދާކުރާނެ ކަމަށް ހީކޮށެވެ. ނަމަވެސް ބަދަލުގައި އޭނާ ބުންޏެވެ. “އީޝާ ދޭބަލަ މަސައްކަތު މީހާއަށް ގޮވަން. ބުނޭ މިތަން ސާފު […]
އަހަރެންގެ ހުރިހާ އިހުސާސް ތަކެއް ވަޅުލެވިފައި ވަނީ މިރަށުގައެވެ. އަހަރެންގެ އުފަން ރަށެވެ. ކުޑައިރު އުޅެ ބޮޑޫވި ތަނެވެ. ހދ. ކުޅުދުއްފުއްޓެވެ. ************** އޭރު އަހަރެންގެ އުމުރުން 20 އަހަރެވެ. ޑިގުރީ ހަދާ މާސްޓާރސް ފައްޓަން ބާކީ އެއް ހަފްތާއެވެ. ކުއްލި އަކަށް އިވުނީ އަހަން ދަތި ވާހަކަ އެކެވެ. އަހަރެން އަށް ނޭންގޭ ގޮތަށް އަހަރެންގެ ކައިވެނި މަންމަމެން ހަމަ ޖެއްސި ވާހަކައެވެ. ރަށު ރައީސްގެ ދަރި ކަމަށްވާ ނާއިން އާއެވެ. ފުރަތަމަ ކޮޅު އަހަރެން […]
އާރިން ފަސްދީ ދާތަން ބަލަން ހުރި އިރު އަހަރެންގެ ހިތުގެ ތެޅުން އަވަސްވަމުން ދިޔައީ އެހެން މިހެންނަކުން ނޫނެވެ.އާރިން އެ އުޅެނީ ކީއްކުރަން ބާއެވެ؟ **** ’ކޮންގްރާ މިހޫ!‘ ގިނަ ބަޔަކު އެއްފަހަރާ ބާރަށް ބުނެލި އަޑު އިވިފައި އަހަރެން ދިޔައީ ސިއްސައިގެންނެވެ.އޭރު އަހަންނަށް އެއްކޮށް ސިޑިން މައްޗަށްވެސް ނޭރެއެވެ. **** އަހަރެންގެ ކާމިޔާބީ އާއިލާއިން މިހާ ކުލަގަދަކޮށް ފާހަގަ ކޮށްފާނެ ކަމަކަށް އަހަރެން ހިއެއްވެސް ނުކުރަމެވެ.ކެއުމަކަށޭ ކިޔާފައި އަހަރެން ގެންދިޔައީ އަހަންނަށްޓަކައި ތައްޔާރުކުރެވިފައިވާ ސަޕްރައިޒް ޕާޓީއަކަށެވެ.ރެސްޓޯރަންޓެއްގެ […]