5-ސޯލްމޭޓްސް
އާޔަތުގެ ފައި މޭޒުފައިގައި އަޅައިގެންފައި އިދިފުށަށްގޮސް ޖެހުނީ އަޒާންގެ ގައިމައްޗައްށެވެ. ހިނިއައިސްފައި އިން އަޒާންވެސް ދިޔައީ ސިއްސައިގެނެވެ. އަދިވެސް އާޔަތަށް ވާނުވާ ރޭކާނުލައެވެ. ދެކަންފަތްމަތީ އަތްއަޅައިގެން އޮވެ ކުރުސި ކިޔަވަނީއެވެ. ޔަލްވީއާއި ޔުވާން ގާތަށް އައީ ހިނންޏެވެ. އާޔަތު އިންގޮތުން ނުހޭން ހުންނަ މީހާއަށްވެސް ހިނިގަނޑު ނުހިފެހެއްޓޭނެއެވެ. ”ބަލަ އާޔޫ، އެއީ އެވަރު ކަމެއްނޫނޭ! ޓީވީ ފަޅާފަ އޭތި ނުނުކުމެއޭ”. ހިނިގަނޑު މައިތިރިކޮށްލަމުން ޔަލްވީގޮސް އާޔަތު ނެގގިއެވެ. ”ދެން ދޮންބެގަނޑާ! ވަރަށް ފޫހިވޭ” ލޯހުޅުވާލަމުން އާޔަތު މޫނުކުނިކޮށްލިއެވެ. ”އެހެންނޭވާނީ ބިރުން މޮޔަވާއިރުވެސް ބަލަންވާނެ ބިރުވެރި އެއްޗެހި” ހިނިގަނޑެއް ޖަހާލަމުން ޔުވާން އާޔަތު ކައިރިކޮށްލިއެވެ.
އާޔަތުގެ މޫޑު ގޯސްވުމުން އެންމެންވެސް ނިންމީ ދެން އިތުރަށް ފިލްމް ބެލުން ހުއްޓާލުމަށްށެވެ. ރޭގަނޑުގެ ކެއުމަށް އަޒާންވެސް ބައިވެރިވިއެވެ. ކައިނިމިގެން ޔުވާންގެ އެދުމުގެ މަތިން އަޒާން ޔުވާންގެ ކޮޓަރީގައި އެރޭ މަޑުކުރިއެވެ. ފުދޭވަރަކަށް ބޯކޮށް ވާރޭވެހޭތީއާއި އެކު ޔުވާންގެ އެދުމަށް އަޒާން މަޑުކުރަން އެއްބަސްވީއެވެ. އާޔަތާއި ޔަލްވީވެސް ގުގުރާ ވިދާވަރުން އެކަނި އޮންނަން ނުކެރިގެން އެއްކޮޓަރިއެއްގައި ނިދީއެވެ.
މޯޅިއަކަށް ދެމިލާފައި ޔަލްވީ ތެދުވެ ގަޑި ބަލާލިއިރު 7ޖެހީއެވެ. އޭރު އާޔަތު ގަދަ ނނިދީގައި އޮތެވެ. ފާހާނާއަށްވަދެ މޫނު ދޮވެލައިގެން ޔަލްވީ ނުކުތީ ސައި ހަދާށެވެ. އޭރު އާޔަތު ތެދުވެ ލޯގަނޑު ކުރިމަތީ ހުއްޓެވެ. ތުވާލިން މޫނު ހިއްކާލައި އިސްތަށިގަނޑުގައި ހުޅިއެއް ޖަހަމުން އާޔަތު ކައިރީ ސައިހަދަން އައުމަށް ބުނެ ޔަލްވީ ނުކުތީ ބަދިގެ ފަރާތަށްށެވެ. އާޔަތުވެސް އަވަސްކޮށްލައިގެން ކޮޓަރިން ނުކުތްއިރު ޔަލްވީ ބަދިގޭގައި އުޅެއެވެ. ދެބެންވެގެން ސައި ތައްޔާރުކޮށް ނިންމާލެވުނުއިރު 08:30 ވަނީއެވެ. ”ޔައްލު! ކިހާއިރަކު އިންޓަރވިއު؟” މޭޒުމައްޗަށް ސައި އަރުވަމުން އާޔަތު ޔަލްވީ ގާތު އެހިއެވެ. ” 10 ޖަހާއިރު އޮތީ، އމް ސޯ ނާރވަސް” ޔަލްވީ އަތްމަތި އަވަސްކޮށްލަމުން އާޔަތަށް ބަލާލިއެވެ. ”ހޫން އެނގޭ ނާރވަސްވަރު، ތިއޮއް އަނގަގަދަ މީހާ މިހުރިހާއިރުވީއިރު އަނގައިން ނުބުނެ ހިޔާލަކަށް ގެއްލިފަ ތިހުންނަނީ، އަނެއްކާ ތިއުޅެނީ ދެފަޔަށް ހިނި އަރައިގެން އުޅޭހެން އެއްތާކު މަޑުން ނުހުރެވިގެން ވިއްޔަ” ޔަލްވީގެ ހަރަކާތްތަކަށް ބަލަން އާޔަތު ހުއްޓެވެ. ”ވާވް! ސައި ހަދާ ނިންމާލީތަ ދެކުދިން! ހާދަ އަވަހޭ ދޯ؟” ޔުވާން ކޮޓަރިން ނުކުމެ މޭޒުކައިރީ އިށީނެވެ.. ފަހަތުން އަޒާންވެސް އައިސް ޖެހިގެން އިން ގޮނޑީ އިށީނެވެ. ހުރިހާ އެންމެންވެސް ކެއި ވަގުތު މާގިނަ ވާހަކަތަކެއް ނުދައްކައެވެ. ޔަލްވީ ނުތަނަވަސްވެފައި ހުރިވަރުން އަނގައިން އެއްޗެއް ބުނެވޭ ވަރަށް ވުރެ ހާލު ދެރައެވެ. އާޔަތުވެސް އަނގަ ބަންދުވެފައި އިނީ ކުރިމަތީ އިން އަޒާން މާ ވަރަކަށް ބަލާކަން ފާހަގަވެގެންނެވެ. ހަމަހިމޭންކަންމަތީ ތިބެ 4 މީހުން ސައިބޮއި ނިންމާލިއެވެ. ”ދޮންބެމެން މިދަނީ އޮފީހަށް އިނގޭ! ޔައްލުދޫނި އޯލް ދަ ބެސްޓް އިނގޭ! އެންޑް އެހާ ބިރުން ނުހުންނާތި ބީ ބްރޭވް، އާޔޫވެސް ޓޭކްކެއަރ އިނގޭ!” ބޫޓަށް އަރަމުން ޔުވާން ދެކޮއްކޮއަށް ބަލާފައި ހީލިއެވެ. ޔުވާން އާއި އަޒާން ދިޔުމުން ޔަލްވީ ތަށިތަށް ނަގަންފެށިއެވެ. އާޔަތުވެސް ޔަލްވީއަށް އެހީވިއއެވެ. ބަދިގެ ސާފުކޮށްލުމަށްފަހު ޔަލްވީ ގޮސް އެނދުގައި ޖައްސާލީ އިންޓަރވިއުއަށް ދިޔުމުގެ ކުރިން ހަމަޖެހިލާށެވެ. އާޔަތުވެސް ގޮސް އޮށޯވެލީ ކޮލީން ހޫވާރގެ ‘ރިމައިންޑަރސް އޮފް ހިމް’ ވާހަކަ ފޮތް ކިޔާށެވެ.
ފާހާނައިން ނުކުމެ އިސްތަށިގަނޑު ހިއްކަމުން ޔަލްވީ ގަޑި ބަލައިލީ ތައްޔާރުވާވަރަށް ގަޑިއޮތްތޯއެވެ. ހެއަރ ޑްރައިއާއިން އިސްތަށިގަނޑު ހިއްކާލުމަށްފަހު ޔަލްވީ ލީ އަޅިކުލައިގެ އޮފީސް ޕޭންޓްސް އަކާއި ބްލަޝް ޕިންކް އަތްދިގު ޓޮޕެކެވެ. އިސްތަށިގަނޑު ފަހަތަށް ދޫކޮށްލެވިފައި އޮތްއިރު ވަރަށް ރަސްމީ ގޮތެއް ހުއްޓެވެ. ހެދުމާއި ގުޅޭގޮތަށް ތުންފަތުގައި މަޑު ފިޔާތޮށި ކުލައިގެ ލިޕް ގްލޮސްއެއް ހާކާލިއެވެ. ޔަލްވީ ތައްޔާރުވެ ނިމުންއިރު 9:45 ވީއެވެ. ހުދުކުލައިގެ އޮފީސް ދަބަހެއް ކޮނޑުގައި އަޅުވާލަމުން ދަބަހާ ގުޅޭހެން ހުދުކުލައިގެ ކުޑަ ހީލްއަކަށް އެރިއެވެ. ގަޑީގެ ކުރިޔަށް ދިޔުމަށް ޔަލްވީ އަވަހަށް ޓެކްސީއެއް ލިބޭތޯ ނުކުތެވެ. ޔަލްވީ ގޭދޮރުމައްޗަށް ނުކުތްއިރު ކަޅުކުލައިގެ ކާރެއް ދޮރުމަތީ އޮތެވެ. ”ހެލޯ ޔަލްވީ މޭމް! މީ އަޒާން ސަރގެ ސެކްރެޓަރީ،އަޅުގަނޑު މިއައީ ޔުވާން ސަރ ބުނެގެން ޔަލްވީ މޭމް ޑްރޮޕްކޮށްލަދެން” ކާރުން ނުކުތް ކަޅު ސޫޓްގަ ހުރި ފިރިހެން މީހާ ތައާރަފްވެލިއެވެ. ޔަލްވީ ކުޑަކޮށް ހީލާފައި ކާރުގެ ފަހަތު ސީޓަށް އަރައި ހަމަޖެހިލިއެވެ.
ކާރުގޮސް މަޑުކޮށްލީ ‘އެލްޖޭ މެޑް ކްލިނިކް’ ކުރިމަތީގައެވެ. ޔަލްވީ ކާރުން ފައިބައިގެން ގޮސް ކްލިނިކަށް ވަތްއިރު އިތުރު ދެމީހަކު ތިއްބެވެ. ރިޝެޕްޞަންގައި އިން ކުއްޖާ ޔަލްވީ ގާތު މަޑުކޮށްލުމަށް އެދުނެވެ. ޔަލްވީގޮސް އިންޓަރވިއުއަށް އައިސް ތިބި އިތުރު ދެމީހުން ކައިރީ އިށީނެވެ. ”ހާއި އަމް ޔަލްވީ” ޔަލްވީ ހީލާފައި ސަލާމަށް އަތްދިއްކޮށްލިއެވެ. ”ހާއި އަމް މަނާލލް” ޖެހިގެން އިން ކުއްޖާވެސް ހިތްހެޔޮ ހިނިތުންވުމަކާއެކު ޔަލްވީ އާ ސަލާމްކޮށްލިއެވެ. މަނާލްގެ އިތުރުން އިން ކުއްޖާވެސް ތުއި ހިނިތުންވުމެއް ދިނެވެ. ”މީ މެހެކް” ބޮޑާގޮތަކަށް އެކުއްޖާ ތައާރަފްވެލިއެވެ. އިންޓަރވިއު އަށް އައިސުރެން އެކުއްޖާ ދިޔައީ ޔަލްވީ ދިމާއަށް ހަސަދަވެރިކަމުގެ ނަޒަރެއް ދެމުންނެވެ. އެކަމާ ޔަލްވީ މާބޮޑަށް އަޅައެއް ނުލައެވެ. ޔަލްވީ ބެލީ ހަމަޖެހިގެން އިނދެވޭތޯއެވެ. އެވީ ކުޑަ ވަގުތުކޮޅުތެރޭ އެދެކުދިންނާ ކޮންމެވެސް ވަރަކަށް ޔަލްވީ ވާހަކަ ދައްކާލިއެވެ. މެހެކް ހާލަކުން ބަހެއް ބުނެލައެވެ. ”ޔަލްވީ ޔާސިރު” ރިސެޕްޝަންގައި އިން ކުއްޖާ ޔަލްވީއަށް އިންޓަރވިއު ރޫމްއަށް ވަނުމަށް އިޝާރާތް ކޮށްލިއެވެ. ޔަލްވީ މަޑުމަޑުން ހިނގާފައި ގޮސް އިންޓަރވިއު ރޫމަށް ވަނެވެ. ބޮޑު މޭޒެއް ކުރިމަތީގައި 3 ފިރިހެނުން ތިއްބެވެ. ކަނާތްފަޅީގައި އިން މީހާ ކުރިމަތީ ހުރި ގޮނޑިއަށް އިޝާރާތްކޮށް ޔަލްވީ ގާތު އިށީންނަން ބުންޏެވެ. ތުރުތުރު އަޅާހާލު ޔަލްވީ ގޮސް އެގޮނޑީގައި އިށީނެވެ. ”ސޯ މިސް ޔަލްވީ! ރައިޓް؟” މެދުގައި އިން މީހާ ސުވާލުކޮށްލިއެވެ. ސިހިފައި ޔަލްވީ ބަލައިލީ ދަންނަ އަޑަކާ ވައްތަރުވީމައެވެ. އެތާތިބި އެންމެންގެ މޫނަށް ޔަލްވީ އަށް ބަލާލެވުނީ އަދި ކިރިޔާއެވެ. ދެފަޅީގައި ތިބީ ދެޑޮކްޓަރުންކަން އެނގުނީ އެދެމީހުންގެ މޭމަތީ ޑޮކްޓަރގެ ޓެގް ޖަހާފައި އިނުމުންނެވެ. ނަމަވެސް މެދުގައި އޭނީ ދެވަނަ މީހެއް ނޫނެވެ. ލިއަމް ޖުނޭދެވެ. ޖިމް އިންސްޓްރަކްޓަރ އެއް ގޮތުގައި ފުރަތަމަ ފެނުންއިރާއި ބަލާފައި މިހާރު ފެންނަލެއް ހާސްގުނަ ތަފާތެވެ. ކަޅުކުލައިގެ ސޫޓްއަކާއި އަޅިކުލައިގެ ޓައީއެއްގައި ލިއަމް ފެންނަލެއް ވަރަށްވެސް ހުވަފެނީއެވެ. ލިއަމްގެ ސްމާޓްކަމާއި ރީތިކަމަށް ހިތްނުލެބޭނެ އަންހެން ކުއްޖެއް މުޅި ރާއްޖޭގައިވެސް ހުންނާނެހެން ހިއެއްނުވެއެވެ.
ޔަލްވީ ސިހުނީ ލިއަމް ކަރުކެހިލުމުންނެވެ. ނުވާ ކަމަށް ހަދާފައި ޔަލްވީ އިސްޖަހާލިއެވެ. ފުރަތަމަ ޔަލްވީއާއި ސުވާލުކުރީ ދެ ޑޮކްޓަރުންނެވެ. އެއަށްފަހު ލިއަމް ސުވާލުކުރަން ފެށިއެވެ. ލިއަމްގެ ސުވާލުތަކުން ހީވަނީ ޔަލްވީއަށް ޖެއްސުމަށް އުޅޭހެންނެވެ. އިންޓަރވިއު އިން ފެއިލްކޮށްލަން އުޅޭ ކަހަލައެވެ. ނަމަވެސް ޔަލްވީ މާ ހުޝިޔާރެވެ. ލިއަމްގެ ހުރިހާ ސުވާލަކަށްވެސް ވަރަށް ފފުރިހަމައަށް ޖަވާބު ދެމުން ގެންދިޔައެވެ. ނަމަވެސް ޔަލްވީގެ ހިތް ދިޔައީ ބާރަށް ތެޅެމުންނެވެ. ”އޯކޭ ޔަލްވީ ޔާސިރު! ޔުއަރ ހަޔަރޑް” ގޮނޑީގައި ހަމަޖެހިލަމުން ލިއަމް ޔަލްވީއާއި ހަތަރު ކަޅި ހަމަކޮށްލިއެވެ. ކައިރީ ތިބި ދެ ޑޮކްޓަރުންނާ އެއްވަރަށް ޔަލްވީވެސް ހައިރާންވިއެވެ. އިންޓަރވިއު ރޫމްތެރޭގައި އިންދާ އެހާ އަވަހަށް ހަޔަރ ކޮށްލުމުން ކޮންމެ މީހަކުވެސް ހައިރާންވާނެއެވެ. ”ސޯ ޔޫ ކޭން ޖޮއިން ފްރޮމް ޓޮމޯރޯ” އަނެއްކާވެސް ގެއްލިފައި އިން ޔަލްވީ އަށް ބަލާލަމުން ލިއަމް ބުނެލިއެވެ. ”ޔެސް ތެންކިއު” ލުއި ހިނިތުންވުމެއް ދެމުން ޔަލްވީ ތެދުވެގެން ހިނގައިގަތެވެ. ރިސެޕްޝަންގައި އިން ކުއްޖާ ކައިރިން ބައެއް މައުލޫމާތު ސާފުކޮށް ހެދުމަށްފަހު ޔަލްވީ ގެއަށް ދިއުމަށް ނުކުންނަން ދިޔައީ އާޔަތަށް މެސެޖް ކުރަމުންނެވެ. ފޯނަށް ބަލަމުން ދިޔަ ޔަލްވީ ވެއްޓެން ދިޔައީ މީހެއްގައިގަ އަޅާފައެވެ. އެމީހަކު ޔަލްވީގެ ބަނޑުގައި އަތްނޭޅުވިނަމަ ޔަލްވީ ބަނޑުވަތަށް ގޮސް ވެއްޓޭނެއެވެ. ވާނުވާ ރޭކކާލުމުން އިސްއުފުލާ ބަލާލި ޔަލްވީއަށް ހުއްޓުން އެރުނެވެ. ޔަލްވީއަށް ބަލަން ހުރެވުނީ އާޝޯހުވެފައެވެ.
