Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އުމުރަށް އެކުގައި 2

Evelyn Level 1
September 10, 2022 5 Mins Read
0 Comments

*”ވާވް އަހަރެމެންގެ މައިރާ ވެސް ބޮޑުވެއްޖެޔޭ ދޯ.. ތި ޖެހުނީ ތި ޝައިލްއެއް ހޯދާކަށްނު” ސަނާ ވަރަށް ވެލާފައި އެހެން ބުނެލިއެވެ.” އޭ ކަލޭމެން އަނެއްކާ ޝައިލް ކައިރި ނުބުނާތި” މައިރާ އަނެއްކާ ސީރިއެސް ވެލާފައި ބުންޏެވެ. “ވައި ނޮޓް”ޝިއާ އާއި ސަނާއަށް އެއްފަހަރާ ބުނެވުނެވެ.*

“އަދި ނޭންގޭ އެންނު ޝައިލްގެ ލައިފްގައި އެހެން ކުއްޖެއް ނެއްކަމެއް، އޭ ޝިއާ އިއްޗެއް ހިތައް ނާރުވަ ކަމެއް ކޮށްދިބަލަ” މައިރާ ސީރިއެސްކޮށް ވާހަކަ ދައްކަން ފަށާފައިވެސް ވާހަކަ ނިމުނުއިރު މައިރާ ހުރީ ހިނިއައިސްފައެވެ. “އެނީތިން ފޯ މައި ފަހަރި” ޝިއާ ވަރަށް ފުޅާ ހިނިތުންވުނެއް މައިރާއަށް ހަދިޔާކޮށްލަމުން ބުނެލިއެވެ. ” ޝައިލް އާ ދެމީހުން އެކަނިވާ ވަގުތެއްގައި ވަރަށް ނޫން ކަމަށް ހަދާލާފައި އަހާ ބަލަ ޝައިލްގެ ލައިފް ގަ އަހަރެން ނޫން އެހެން އަންހެން ކުއްޖެއް އުޅޭތޯ” މައިރާ އެހެން ބުނެލިއިރު ސަނާ އިނީ އަންތަރީސް ވެފައެވެ. އެއީ މައިރާ ދުވަހަކު ވެސް އެގޮތަށް ފިރިހެން ކުއްޖެއްގެ ވާހަކަ ނުދައްކާ ތީއެވެ.” އޭ މަގޭ މައިރާ ހާދަ ފިލްމީ ވަނީތި” ސަނާއަށް ނީނދެވިގެން އަހާލިއެވެ. ސަކަރާތް ޖަހަން ތިބެފައި ތިން މީހުން ގެއާ ދިމާއަށް މިސްރާބު ޖެހީ އިރުއޮއްސި އަނދިރިވެސް ވީފަހުންނެވެ.
*********
“ދަރިފުޅާ މައިރާ މިއަދު ހާދަ ލަހުން ތި އައީ” ފައިޒާ ނަމާދުކޮށް ނިމިގެން އައިސް ސޯފާގައި އިށީނެވެ.” މަ..މަންމާ އަޅުގަނޑު މިއަދު ޝި..ޝިއާ އާ ސަނާ އާއި އެއްކޮށް ރަސްފަންނަށް ދިޔައީމަ ލަސްވީ.” މައިރާ ބިރުން ހުރެ އެހެން ބުނީ ފައިޒާ އަށް ޝައިލް ވާހަކަ އެނގިދާނެތީއެވެ. “ޝިއާ އެއީ ކާކު؟” ފައިޒާ ވިސްނަން ހުރެފައި ސުވާލުކޮށްލިއެވެ. އަދި ދުވަހަކު ވެސް މައިރާ ޝިއާ ނަމަކަށް ކިޔާ އެކުވެރިއެއްގެ ވާހަކަ ނުދައްކާ ތީއެވެ.”އެއީ ޝައިލް ކޮއްކޮ” ބޭރުން އައި މާއިން ބުނެލި ވާހަކައިން މައިރާ ހުރީ ބިރުން ތުރުތުރު އަޅައަޅަ އެވެ. ” ޢަލީ ހަގު ދަރި ޝިއާ ދޯ” މާއިން އާ އެއްކޮށް ވަން އަޙުމަދު ވެސް އެ ވާހަކައިގައި ބައިވެރި ވިއެވެ. ” ބައްޕަ އަށް ޝައިލް އާ ޝިއާ އިނގުނީ ކިހިނެތް” މައިރާއަށް ނުހުރެވިގެން އަޙުމަދު ކައިރީގައި އެހިއެވެ. “ޝައިލްގެ ބައްޕަ ޢަލީއަކީ ބައްޕަގެ ވަރަށް ދުވަސްވި އެކުވެރިއެއް.” އަޙުމަދު އެހެން ބުނެލުމުން މައިރާއަށް ލިބުނީ ބަޔާންކުރަން ދަތި ހިންހަމަޖެހުމެކެވެ. “މަންމާ އަހަރެން އެބަ އަންނަން ނަމާދު ކޮށްގެން” މައިރާ އެހެން ބުނެފައި ކޮޓަރިއަށް ވަނެވެ. ނަމާދުކޮށް ޤުރުއާން ކިޔަވައިގެން މައިރާ ސަނާ އަދި ޝިއާއަށް ގުޅާފައި އަޙުމަދު އަދި ޢަލީ ގެ ގުޅުމުގެ ވާހަކަ ކިޔައިދިނެވެ. ރޭގަނޑުގެ ކެއުން ނިންމާލާފައި ފައިޒާ އަދި އަޙުމަދު ނިދަން ދިޔުމުން މައިރާ އަދި މާއިން އިނީ ޓީވީ ބަލާށެވެ. “ދޮންބޭ.. އަހަރެން ކޮށްލަންތަ ސުވާލެއް” މައިރާ ވާހަކައިގަ ތެރެއިން މާއިންއާ ސުވާލު ކޮށްލިއެވެ. “ޝައިލްގެ ސުވާލެއްތަ، ކޮށްބަލަ” މާއިންވެސް ވާހަކައިގަ ތެރެއަށް ވަނެވެ.” ދޮންބެއަށް ސަނާ ކަމުދޭތަ.” މައިރާ އެންމެ ފަހުން ކުރަން އޮތް ސުވާލުކޮށްލިއެވެ.”ކީއްވީ؟” މާއިން ވެސް ވީ ކީތްކަން ނޭންގޭ ހާލު ސުވާލު ކޮށްލިއެވެ. “ދެން ބުނެބަލަ ޑޫ ޔޫ ލައިކް ހާ” “ހްމްމް” މައިރާ ކުރި ސުވާލަށް ޖަވާބު ދިން އިރު މާއިން އިނީ އިސް ޖަހައިގެންނެވެ. ” އޯހޯ .. ދެން ސަނާ ޕްރޮޕޯސް ކުރަގަ.”މައިރާ ވަރަށް ވެލާފައި ބުނެލިއެވެ.”ސަނާ ނޯ ބުނެފިއްޔާ” މާއިން އޭނާގެ އެންމެ ބޮޑު ކަންބޮޑުވުން ފާޅުކުރިއެވެ.”ޑޯންޓް ވޮރީ ސަނާ ބުނާނެ ޔެސް.މީ އެންޑް ޝިއާ އިޒް ވިތް ޔޫ.” މައިރާ މާއިން އަށް އެއްބާރުލުން ދިނެވެ. “މިހާރު އަބަދު އުޅެނީ ޝައިލް ކޮއްކޮއާ އެއްކޮށް ދޯ. ބައި ދަ ވޭ ޝައިލް އާ ދައިތަ ގަނޑު މިހާރު ކިހާ ހިސާބެއްގައި އުޅެނީ” ވަރަށް ސިޔާސާވެލާފައި މާއިން ސުވާލު ކޮށްލިއެވެ.” މާދަމާ ރަން ކިޔަންވީ” އެހިސާބުން ދަށް ނުވާންވެގެން މައިރާ އެހެން ބުނެފައި ކޮޓަރިއާއި ދިމާއަށް ދުއްވައިގަތެވެ.ކޮޓަރިއަށް ވަދެ މައިރާ ޝިއާ އަށް ގުޅާފައި ސަނާ އަދި މާއިން ގެ ވާހަކަ ކިޔައިދިނެވެ. މައިރާ ނިދިއިރު ދަންވަރުން އަލިވެ ދޭއް ޖަހައިފި އެވެ.
މިއަދުވެސް މައިރާ ފަތިސް ނަމާދަށް ހޭލީ ބަންގީގެ އަޑަށެވެ. ނަމާދުކޮށް ތާޒާވެލައިގެން ނިކުމެ ގޭގެ މަސައްކަތްތައް ނިމުނު އިރު ހުރީ އަށެއް ޖަހާ ބޮޑުވެފައެވެ. ” ކޮބާ ދޮންބެ” ގޭދޮށް ކުނިކަހާ ފައި ވަން ފައިޒާ ސުވާލުކުރީ ބަދިގޭގައި ސައިހަދަން ހުރި މައިރާއަށެވެ. “އަދި ނުހޭލަ، އެބަ އަންނަން ގޮވާފައި” މައިރާ އެހެން ބުނެފައި ހިނގައިގަތީ މާއިންގެ ކޮޓަރިއާ ދިމާލަށެވެ.” ދޮންބޭ..” މާއިންގެ ކޮޓަރީގައި ޓަކި ޖަހަމުން މައިރާ މަޑުމަޑުން ގޮވާލި އެވެ. ” ހްމްމް” މާއިން ދޮރުހުޅުވާލާފައި ހޫން އަޅުވާލިއެވެ. މާއިން ހުރީ ފިޔާތޮށި ކުލައިގެ ސޯޓެއްލައިގެންނެވެ. މުޅިން ހޭވިފައި ހުރި އިސްތަށިގަނޑަށް ބަލައިލާފައި ކޮންމެމީހަކުވެސް ބުނާނީ އެއައީ ދެ ދުވަހަށް ވާވަރަށް ނިދާފައެވެ.”އާދެ ސައިބޯން، ސައިބޮއެގެން އަހަރެން ޝިއާމެން ގެއަށް ލައިދީބަލަ” މައިރާ އެހެން ބުނެފައި ދިއުމުން މާއިން އަށް ރޭގަ މައިރާ ސަނާ އާއި މާއިން އާއި ބެހޭ ގޮތުން ދެއްކި ވާހަކަތައް ހަނދާން ވިއެވެ. އެ ވާހަކަ ތައް ހިތަށް އަރާފައި މާއިން އަށް ހީލެވުނީ ނޭންގުމެއްގެ ތެރޭގައެވެ.
މާއިން އައި އިރު އޭނަ ނޫން އެންމެން ކާ މޭޒު ދޮށުގައި ހަމައެވެ. ސައިބޮއެ އަވަދިވެގެން ފައިޒާ ދިޔައީ މައިރާގެ ލީވިން ސެޓްފިކެޓު ބަލާ ސުކޫލަށެވެ. އަޙްމަދު ވެސް އަބަދެކޭވެސް އެއްގޮތައް ނުވައެއްޖަހާއިރު އޮފީހަށް ދިޔައެވެ. “ދޮންބެ ހިނގާ އަހަރެން ޝިއާމެން ގެއަށް ލައިދޭން” ހްމްމް ހިނގާ” މާއިން ގޮސް މައިރާ ޝިއާމެން ގޭ ދޮށަށް ލައިފައި ދިޔައެވެ. މައިރާ ފުރަތަމަވެސް ބަލައިލީ ގެއަށް ވަންނަން އޮތް ބޮޑު ގޭޓާ ދިމާލަށެވެ. ގޭޓުގައި ހަރުކޮށްފައި ހުރި ބޯޑެއްގައި ބޮޑު އަކުރުން ‘ބްލޫބެލް’ ޖަހާފައިވެއެވެ. ދަގަނޑުން ހަދާފައި ހުރި އެ ބޮޑު ގޭޓުން އެތެރެ ވަރަށް ރީތިކޮށް ފެނެއެވެ. މައިރާ ލޯހިންގާލީ އެތެރެއަށެވެ. ކުރިމަތީގައި ހުރި ބޮޑު ގެ ފެނިފައި އަންތަރީސްވިއެވެ. ދެބުރިއަށް ނަގާފައިވާ އެ ބޮޑު ގޭގެ ވަށައިގެން ފެހިކަން ގަދަ ވިނަ ހައްދާފައި ހުއްޓެވެ. އަދި އޭގެ އިތުރުން މުޅި ގޭދޮށުގައި ވެސް ހުރީ އެކި ޒާތްޒާތުގެ ގަސް ހައްދާފައެވެ. ގޭޓުން ގެއާއި ހިސާބަށް ގަލުން ކުޑަމަގެއް ހަދާފައި ހުރި އިރު މަގުގެ އެއް ފަރާތުގައި ކުޑަ ހަޓެއް ހުއްޓެވެ. މުޅި އެ ތަނުން ވެސް ފެނިގެންދަނީ ޝާހީ ކަމެވެ. “އެހެމް އެހެމް” ވަރަށް ކައިރިން މީހަކު ކަރު ކެހެލި އަޑަށް މައިރާ ސިއްސައިގެން ގޮސް އެތާ އޮތް ގާ ގަނޑެއްގައި އަޅައިގަނެގައި ވެއްޓުނީ އެ މީހަކު ގައި މައްޗަށެވެ. “އާހް” ވެއްޓުނުލެއް ބާރުކަމުން މައިރާގެ އަނގައިން މަޑު އަހެއް ބޭރުވިއެވެ. މައިރާގެ އިސްތަށިގަނޑު މޫނުމައްޗަށް ވެއްޓިފައި އޮތުމުން މައިރާއަށް ކުރިމަތީގައި ހުރި މީހަކު ނުފެނެއެވެ. ނަމަވެސް ޝައިލްއަށް ޝައިލްގެ ގައި މަތީގައި އޮތީ މައިރާ ކަން އިނގުމުން އޭނާ އޮތީ ނު ތެދުވާން ހިތުލައި ގެންނެވެ. “އޯހޯ… ގާއިސް މީ ޕަބްލިކް ރޯޑެކޭ” ޝިއާގެ އަޑަށް ދެމީހުންނަށް ތެދުވެވުނީ އެއްފަހަރާ އެވެ. އޭރު ގިނަ މީހުންގެ ލޯތައް ހުރީ މައިރާ މެންނާއި ދިމާލަށް އަމާޒުވެފައެވެ. މައިރާއަށް ވެސް އޮވެވުނީ ޝައިލްގެ ގައިމަތީގައި ކަން އިނގުމުން ލަދުން އިސްޖަހާލެވުނެވެ. އެހެނަސް ޝައިލްއަށް ހުރެވުނީ މައިރާއަށް ބަލަހައްޓައިގެންނެވެ. މައިރާ ލައިގެން ހުރީދަނބު ކުލައިގެ ކަކުލާއި ހަމައަށް އަރާ ހެދުމެކެވެ.ހެދުން މަތިން ލައިގެން ހުރި ކަޅުކުލައިގެ ޖެކެޓުން އެ ހެދުމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. ލައިގެން ހުރި ކަޅު ކުލައިގެ ޖިންސާއި ކޮށްފައިހުރި ލުއި މޭކަޕުން މައިރާ ނުހަނު ފުރިހަމައެވެ. މައިރާވެސް އިސްވެ ޝައިލްއަށް ބަލައިލި އެވެ. ޝައިލް ވެސް ހުރީ ގަދަ ނޫކުލައިގެ ހުޑީއަކާ އައިސް ބްލޫ ކުލައިގެ ޖީންސެއް ލައިގެންނެވެ. “ޝިއާ ހިނގާބަލަ ދެން އެތެރެއަށް” މައިރާއަށް ޝައިލް ކައިރީގައި ހުންނަން ނުކެރިގެން ޝިއާ އަތުގައި ހިފައިގެން ހިނގައިގަތެވެ. ދެ މީހުން ގޮސް ހަޓުގައި ހަމަޖެހިލުމުން މައިރާ ވާހަކަ ދައްކަން ފެށިއެވެ.” އަހަރެމެން މި ވިސްނަނީ ރިސޯޓް އަކަށް ދާން، ދޮންބެވެސް ބުނީ ރިސޯޓް އެއްގަ ނުހުންނާނެ ޔޯ ޑިސްޓަރބް ކުރާނެ މީހަކު” “އާން ތިވެސް ތެދެއް، ދެން ކޮން ބައެއް ދަނީ” ޝިއާ އަހާލިއެވެ. ” ސަނާ، ދޮންބެ އަހަރެން، ޝިއާ ދެން. ޝައިލް ދާނެތަ” މައިރާ ދެފަރާތް ބަލައިލާފައި އެހެން ބުނީ ވަރަށް މަޑުންނެވެ. ” މަޑުކުރައްޗޭ.. ދޮންބޭ އާދެބަލަ” ޝިއާ ގޭޓު ކައިރީގައި ހުރި ޝައިލް އަށް ގޮވުމުން ޝައިލް ފިރިހެންވަންތަ ހިނގުމެއްގައި އައިސް ހަޓުތެރެއަށް ވަދެފައި ފުރަތަމަވެސް ބަލައިލީ މައިރާއާއި ދިމާލަށެވެ. “މައިރާ އެއް ނޫން އަހަރެން ގޮވީ، ބައި ދަ ވޭ މާދަމަ އަހަރެމެން މި އުޅެނީ ރިސޯޓް އަކަށް ދާން ދޮންބެ ދާނަން ތަ؟” ޝިއާ ސުވާލު ކޮށްލިއެވެ. ” ކޮންބައެއް ދަނީ ފިރިހެން ކުދިންނަށް” ޝައިލް ވެސް ކޮށްލީ ސުވާލެކެވެ.” ދޮންބެ”މައިރާ ވެސް ނުހުރެވިގެން ބުންޏެވެ.” މާއިޝް ދާނެ” ޝިއާވެސް ބުނެލިއެވެ.” އެއީ ކާކު؟” މިފަހަރު ސުވާލު ކުރީ މައިރާ އެވެ. ” އެއީ މި ޝިއާގެ ބީއެފް” ޝައިލް ބުނެލި ވާހަކައިން ޝިއާއަށް ލަދުން އިސްޖަހާލެވުނެވެ. އެއާއި އެކު ޝައިލް އާއި މައިރާ އެއްފަހަރާ ހިނިގަނޑު ޖަހާލިއެވެ.”ދެން ހެވޭ، ދޮންބެ މިތާ އިނދެބަލަ” ޝިއާ ޝައިލް އަށް ދައުވަތު ދިނެވެ. ހަތަރެސްކަން އެ މޭޒުގެ ދެ ފަރާތުގައި ބެންޗު ހުއްޓެވެ. ޝިއާ އިނީ ދެފައި ދަމާލައިގެން ކަމުން ޝައިލް ގޮސް އިނީ މައިރާ އިން ބެންޗުގައެވެ. ހަގީގަތުގައި ޝައިލް ބޭނުންވީ މައިރާ ކައިރީގައި އިންނާށެވެ.”މި ކީތްކުރަން ހެދި ދަތުރެއް” މައިރާ ކައިރީގައި އިށީނުމަށްފަހު ޝައިލް ސުވާލު ކޮށްލިއެވެ.”މީ ދޮންބެ ސަނާ ޕް..ޕްރޮޕޯސް ކު..ކުރަންވެގެން ހެދި ދަތުރެއް” މައިރާ ވާހަކަ ދައްކަން ފެށުމުން ޝައިލް އެދިމާއަށް ބަލައިލި އެވެ. މައިރާ ޝައިލްއާ މާ ކައިރީގައި އިނުމުން މައިރާއަށް ވާހަކަ ދައްކަން އުނދަގޫވިއެވެ. ނަމަވެސް މެދުތެރޭން ނުހުއްޓަން ވެގެން މައިރާ ވާހަކަ ނިންމިއެވެ.”ދެން ކީއްކުރަން ރިސޯޓް އަކަށް ދަނީ، ހަމަ މި ތާނގަވެސް ޕްރޮޕޯސް ކުރެވޭނެ އެންނު.” ދެ ކޮނޑު އަރުވާލަމުން ޝައިލް ބުންޏެވެ. “އަހަރެންގެ މޮޔަ ދޮންބޭ، ރިސޯޓްގަ ނުހުންނާނެއެންނު މީހަކު ޑިސްޓަރބް ކުރާކަށް” ޝިއާ ޝައިލްގެ ބޮލުގައި ޖަހާފައި ބުންޔެވެ.” “އެން ޕްލީޒް ސަނާ ކައިރީ މި ވާހަކަ ނުބުނާތި” މައިރާ ވަރަށް ސީރިއެސް ވެލާފައި ބުންޏެވެ. ” ޑޯންޓް ވޮރީ ވީ ވިލް ނޮޓް ޓެލް ހާ އެނީތިން” ޝައިލް ވަރަށް އެކުވެރި ގޮތަކަށް ބުންޏެވެ.”ތެންކިއު” މައިރާ ވަރަށް ރީތި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. މައިރާގެ މި ހަރަކާތުން ޝައިލްގެ ހިތުގެ ވިންދު އަވަސްވެލި ކަހަލައެވެ. ޝައިލްއަށް ހީވީ މުޅި ދުނިޔޭގެ ރާނީ ޝައިލް ކުރިމައްޗަށް އެރި ހެންނެވެ.” ދޮންބެ ދެން ދަނީ” ޝައިލް އެހެން ބުނެފައި އެތަނުން ނުކުމެގެން ދިޔައެވެ. ” ސޯ އާރ ޔޫ ހެޕީ ދޮންބެވެސް މިހާރު ދެއެންނު” ޝިއާ ބުނެލީ ޝައިލްއާއި ދިމާލަށް ގެއްލި ހުސްވެފައިން މައިރާއާއި ދިމާއަށެވެ.”ޔާ، ތޭންކްސް ޝިއާ”މައިރާ ރަކި ވެފައި ބުނެލެއިވެ. ދެ މީހުން ގެންދާނެ އެއްޗެހި ހަމަކޮށް ހުރިހައި ކަމެއްގައި އަވަދިނެތި އުޅުމުން ގަޑިން ވީވަރެއް އެކަކަށް ވެސް ނޭންގުނެވެ “ވަޓް ދަ… އަހަރެން މީ ނުވަގަޑި ފަނަރައިގައި އައި މީހެއް މިހާރު އެއޮށް ދެ ގަޑި ބައި ވަނީ، ވަރަށް ލަސްވެއްޖެ، ޝިއާ އަހަރެން ދަނީ.. އަހަރެން އަންނަ އިރަށް ޝައިލް ވެއްޖެ ވިއްޔަ ގައިމައްޗަށް ވެއްޓެން.. ހާދަ ވަގުތެކޭ ދިޔައީ” މައިރާ އެހެން ބުނެފައި ނިކުންނަން ހިނގައިގަތެވެ. ޝިއާ މަޑު ހިނިގަނޑެއް ޖަހާލާފައި މައިރާގެ ފަހަތުން ހިނގައިގަތެވެ.”ދޮންބެ.. ފޯނުނަގާބަލަ” “ކީތް ވި” މައިރާ ފަހަތުން އައި ޝިއާ ސުވާލުކޮށްލިއެވެ. ދޮންބެ ފޯނެއް ނުނެގި” މައިރާ މިހެން ބުނީ ވަރަށް މާޔޫސްވެފައެވެ. އެއީ އޭނާ ހިނގާފައި ގެއައްދާން ޖެހޭތީއެވެ.”ލިފްޓެއް ބޭނުން ތަ” ދުރުން އިވުނު ފިރިހެން އަޑުން މައިރާ އިސްޖަހާލިއެވެ. އެމީހަކާއި އެކު ކިތަންމެ މަދު ވަގުތެއް ހޭދަވިޔަސް މައިރާއަށް އެ އަޑެއް ނޯޅޭނެއެވެ. އެ ރީތި ސޫރަ މައިރާއަށް ސިފަކޮށްލެވުނެވެ.

ނުނިމޭ..

Share Article

Follow Me Written By

Evelyn

Level 1

Other Articles

Previous

ހިތުގައި ވޭ ތިޔަ ނަން…5

Next

އުމުރަށް އެކުގައި 3

Next
September 11, 2022

އުމުރަށް އެކުގައި 3

Previews
September 10, 2022

ހިތުގައި ވޭ ތިޔަ ނަން…5



All Right Reserved!