Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

މަދަދުވެރިޔާ (9)

lamhus Level 910 Stories100 Login500 Login100 Stories100 Comments
September 22, 2022 3 Mins Read
0 Comments

ޚަދީޖާ ދޮރު ހުޅުވާލުމުން ޝައިނާ ސިޓީއުރަ ދިއްކޮށްލީ ކުއްޔޭ ބުނަމުންނެވެ.އެވަގުތު ލުއި ހިނިތުންވުމަކާއި އެކު އެސިޓީ އުރައިގައި ޚަދީޖާ ހިފިއެވެ.ޚަދީޖާގެ މޫނުމަތިން މިއަދު މާޔޫސްކަން ފެންނަމުންދިޔައެވެ.އެދެލޮލުން އޭނާ އެހުރީ ވަރަށް ބޮޑަށް ރޮއެފައިކަން ޝައިނާއަށް ފާހަގަވިއެވެ.ނަމަވެސް ޚަދީޖާއާ އެހާ ގާތްނުވާތީ ވީކީއްތޯ އަހާކަށް ޝައިނާއަކަށް ނުކެރުނެވެ. ސިޓީއުރަ ޚަދީޖާއަށް ދިނުމަށްފަހު ޝައިނާ މަޑުމަޑުން ސިޑިންތިރިއަށް ފައިބަން ހިނގައިގަތެވެ.ސިޑިން ފައިބަމުންދިޔަ ޝައިނާގެ ބޮލުތެރޭގައި ވަނީ ޚަދީޖާއެވެ.އުމުރުން އެހާ ދުވަސްވެފައިވާ މީހަކު އެހާ ދެރަވެފައި ހުރުމުން ޝައިނާގެ ހިތަށް ކޮންމެވެސް ވަރަކަށް އަސަރުކުރިއެެވެ.

***************

ދުވަސްތައް ފާއިތުވަމުންދިޔައެވެ.އާނިމް އޭނާގެ ވިޔާނުދާ އުޅުމައިގެން ކުރިއަށް ދިޔައެވެ..އާމްދަނީއެއް ހޯދަން މަސައްކަތެެއް ނުކުރާއިރު، އާނިމް ކައިބޮއެ އުޅެނީ ޚަދީޖާ ދިނީމައެވެ.ފައިސާ އަތުލަނީވެސް ޚަދީޖާގެ އަތުންނެވެ.ކޮްންމެދުވަހަކުވެސް ރުފިޔާ ދިނުމަށް ޚަދީޖާ ގާތު އާނިމް ބުނެއެވެ.ޚަދީޖާ އާނިމަށް ރުފިޔާ ނުދީފިނަމަ ޚަދީޖާއާ ދިމާލަށް އެއްޗެހިކިޔާ ގޭތެރެގައި ހުުންނަ  ސާމާނުތައް ހަލާކުކޮށް ހެދުމަކީި އާނިމްގެ އާދައަކަށް ހެދިއެވެ.ގޭގެ ކުލީގެ އަސްލު ވެރިއަކީ އޭނާގެ ބައްޕަ ކަމުގައިވާތީ އެކުލި އޭނާއަށްވެސް ލިބެންޖެހޭނެކަމަށް އާނިމް ބުނެއެވެ.

ޚަދީޖާއަކީ  ގައިބާރު ދެރަވެ މުސްކުޅިވެފައި ހުރި މީހެއްކަމުން،  އާނިމާ ދެކޮޅަށް ތެދުވެވޭނެހާ ހިތްވަރެއް މިހާރަކު އޭނާގެ ނެތެވެ.އެހެންކަމުން ހިތް ކިތަންމެ ނުރުހުނަސް އާނިމަށް ޚަދީޖާ ރުފިޔާ ދެމުންދިޔައެވެ.އެގޮތުގައި އަހަރެއް ފާއިތުވެގެންދިޔައެވެ.އާނިމްގެ އުޅުމަކަށް ކުޑަނަމަވެސް ބަދަލެއް ނައެވެ.ޚަދީޖާ އޭނާއަށް ރުފިޔާ ދޭހާ ދުވަހަކު އާނިމް އެކަމެއް ނުހުއްޓާނެކަން އޭނާއަށް އެނގެއެވެ.އެހެންކަމުން ކޮންމެގޮތެއްވިއަސް މިފަހަރު އާނިމަށް  އެއްގޮތަކަށްވެސް ރުފިޔާ ނުދޭން ޚަދީޖާ ނިންމިއެވެ

*****************

ގޭތެރޭގެ މަސައްކަތް މަޑުމަޑުން ކޮށް ނިންމާލުމަށްފަހު، ތަސްބީހަ ހިފައިގެން ޚަދީޖާ ސޯފައިގައި އިށީނދެލިއެވެ.އޭނާއަށް ލިބޭ ހުސްވަގުތު ތަކުގައި ޚަދީޖާގެ ކަމަކީ ޛިކުރުކުރުމާއި، ޤުރުޢާން ކިޔެވުމެވެ.ނޫނީ އާނިމް އިސްލާހުވޭތޯ ދުޢާކުރުމެވެ.ޚަދީޖާ ޛިކުރުކުރަން އިންދާ އާނިމް އާދައިގެމަތިން ބޭރުގައި އުޅެފައި ގެއަށްވަނެވެ.އާނިމް ވަނުމުން އޭނާއާ ދިމާލަށް ބަލައިލުމަށްފަހު، ޛިކުރު ކުރުމައިގެން ޚަދީޖާ ކުރިއަށްދިޔައެވެ..އާނިމް ގެއަށް ވަތްގޮތަށް ކޮޓަރިއަށްވަދެ ދަބަހެއް ނަގާ ތިންދުވަހަށް ވާ ވަރަށް އަންނައުނުކޮޅެއް ދަބަހަށް އަޅާ ޕެކުކުރިއެެވެ.މިއަދު އޭނާއާ އޭނާގެ ރަހުމަތްތެރިން ރާވާފައިވަނީ ރަށުންބޭރަށް މަޖާކޮށްލުމަށް ތިންދުވަހުގެ ދަތުރެއް ދިއުމަށެވެ

އަންނައުނާއި ބޭނުންވާނެ އެހެނިހެން ސާމާނުތައް ހަމަކުރެވުމުން، ދަބަސް ކޮނޑުގައި އަޅާލުމަށްފަހު އާނިމް ސިޓިންރޫމަށް ނިކުތެވެ. “ދީބަ ފަސްހާސް ރުފިޔާ” ކޮޓަރިން ނިކުތް އާނިމް، ސޯފާގައި އިން ޚަދީޖާއަށް ބުނެލިއެވެ. “ކީއްކުރާ ބައިވަރު ރުފިޔާތަކެއް؟” އެހާ ބައިވަރު އަދަދެއް ބުނުމުންނާއި އާނިމް ދަބަސް އަޅުވައިގެން ހުރުމުން ޚަދީޖާ ހައިރާންވެފައި އަހާލިއެވެ. “ހާދަ ބައިވަރު ސުވާލެކޭ ދޯ މަންމަ ތިކުރަނީ..އެއީ އަހަރެން ރައްޓެހިންނާއެކު ތިންދުވަހަށް މިތާ ކައިރި ރަށަކަށް މަޖާކޮށްލަން ދާންވެގެންނޭ” ނުރުހުންތެރިކަމާއެކު އާނިމް ބުނެލިއެވެ. “އެކަމަކު ދަރިފުޅާ ރުފިޔާއަށް  ބަލައިލާގެން އުޅެބަލަ! ކިތަންމެ ގިނަ ފައިސާއެއް ލިބުނަސް ދަރިފުޅު ތިހެން ކޮންމެދުވަހަކު ރުފިޔާ ގެންދާތީ މިހާރު މަސް ނިމެންވާއިރަށް ހުންނަނީ އަތްމަތި ދަތިވެފަ” ޚަދީޖާ ވިސްނައިދިނުމުގެ ގޮތުން ބުނެލިއެވެ

“”އަނެއްކާ އެއްކަލަ އަނގަތަޅަން ފެށީ…މަންމަ އަޅެ ފޫއްސެއް ނުވޭތަ އަބަދު އެކައްޗެއް އުމުރުދުވަހު ކިޔަން….އެހެންނޫނަސް އަހަރެން މިއަދު ފަސްހާސް ގެންދިއަސް ދައްޗެއްނުވާނެެ   . އާނިމް ބުނެލިއެވެ. “އެހެންވީއިރު މަންމަ ލައްވާ އަބަދު އެކައްޗެއް ބުނުވަން ނަހަދަބަލަ…ހެޔޮނުވާނެ ތިއުޅުން ކޮްންއިރަކުތަ ދަރިފުޅާ ހުއްޓާނީ؟” ޚަދީޖާ ފެންކަޅިވެފައި ބުނެލިއެވެ.އެވަގުތު އާނިމްގެ ރަހުމަތްތެރިން އޭނާ ލަސްވެގެން ގުޅަނީއެވެ. “ރުފިޔާ ނަގައިގެން މިފައިބަނީ” ކޯލަށް ޖަވާބުދެމުން އާނިމް ބުނެލިއެވެ

ދަރިފުޅު ކޮްންމެ ފަހަރަު ތިހެންނޭ ތިހަދަނީ…ކޮންމެފަހަރަކު މަންމަ އަތުން ރުފިޔާ ތިގެންދަނީ..ދަރިފުޅު ތިކުރާ ފާފައިގަ މަންމަވެސް ބައިވެރި ތިކުރަނީ؛”  ޚަދީޖާ އެހެން ބުނެލިއިރު އޭނާގެ ކޯތާފަތްމަތިން ކަރުނަތައް ފައިބަމުންދިޔައެވެ.އެހެންނަމަވެސް އެކަމުން އާނިމްގެ ހިތަށް ކުޑަނަމަވެސް އަސަރެއް ނުކުރިއެވެ. ރުފިޔާ ނުދީ ދާކޮްންމެ ވަގުތެއް އާނިމް ޚަދީޖާދެކެ ރުޅިއަންނަމުން ދިޔައެވެ. “ދީބަލަ ރުފިޔާ އެމީހުން މިހާރު ލަސްވެގެނޭ އެގުޅަނީ” އާނިމް މިފަހަރުބުނީ އަޑަށް ތަންކޮޅެއް ބާރުލައިފައެވެ

އާނިމް އޭނާގެ ގޮތުގައި ހިފަހައްޓާލުމުން ޚަދީޖާވެސް އޭނާގެ ގޮތުގައި ހިފަހައްޓާލިއެވެ. “މީ ފަހު އެތިފަހަރު އަބަދު އާނިމަށް މަށަކަށް ބޭނުންގޮތެއް ނުހެދޭނެ މަމީ އާނިމްގެ މަންމައޭ…ރުފިޔާ ނުލިބޭނެ..އާނިމް ތިއުޅުން  އިސްލާހުވީ ދުވަހަކުން ދެން ރުފިޔާ ލިބޭނީ..އާނިމް ބޭނުންވާ އެއްޗެއް ބުނޭ މަންމަ ގަނެދޭަނަން..މިގެއިން ކާންލިބޭ ބޯންލިބޭ ދެން ކީއްކުރާހާާ ރުފިޔާތަކެއްތަ ޮކޮންމެ ދުވަހަކު؟…ހަމަ މަސްތުވާތަކެތި ގަންނަން ހޯދާހާ ރުފިޔާތެކޭ…އަހަންނަށް އިނގޭ ތިދަނީ ފާފަކުރަންކަން..ރައިބޮއެ ޒިނޭކުރަންކަން” އެހެންފަހަރުތަކާ ޚިލާފަށް މިފަހަރު ރުޅިއައިސްފައި ޚަދީޖާ ބުނެލިއެވެ.ޚަދީޖާގެ އެވާހަކަތަކުން އާނިމްގެ ރުޅިގަނޑު ކެކުނެވެ

“ބުނަން މިހާރު މާ މައްޗަށް މަންމަގެ ކަންތައްތައް ތިދަނީ..މިހާރު އަހަރެންގެ މިނިވަންކަމާ ތިބެހެވެނީ..އަހަރެންމީ ކުޑަކުއްޖެއްނޫނޭ މަންމަ ބުނާހާގޮތެއް ހަދައިގެން ހުންނަން…ރުފިޔާ ދީ އެހެންނޫނަސް އެއީ މަންމަގެ އެއްޗެއްނޫން..އެއީ އަހަރެންގެ ބައްޕަގެ ރުފިޔާތަކެއް މިގެއަކީ ބައްޕަގެ ތަނެއް އެހެންވީމަ އޭގެން އަހަންނަށްވެސް ހައްގު އޮންނާނެ” އާނިމް އަބަދުވެސް ގޮވާ ގޮވެލިފަތި ރުޅިވެރިކަމާއެކު ގޮވައިގަތެވެ. “ތިޔަބުނާ ބައްޕައެއް މިހާރު ދުނިޔެއަކު ނެތް އެހެންވީމަ މިހާރު މިގެއާ މިފައިސާތަކުގެ ވެރިއަކީ އަހަރެން…އަަހަރެން މިބުނަނީ އާނިމް ތިއުޅުން އިސްލާހުނުކުރަނީހެން އަހަރެންގެ އަތުން ދެން ލޯލާރި ފޮއްޗެއްވެސް އާނިމަކަށް ނުލިބޭނޭ” ޚަދީޖާ އަޑަށް ބާރުލައިފައި ބުނެލިއެވެ.ޚަދީޖާގެ ވާހަކަތަކުން އާނިމްގެ ރުޅި ދިޔައީ ހައްތަހާ ގަދަވަމުންނެވެ. “ބޮޑު ވަބާއެއްނު މަންމާ” އެހެންބުނެ މޭޒުމަތީގައި އިން ބިއްލޫޜިފުޅި އަތުން ޖަހާ ވައްޓާ އާނިމް ތަޅާލިއެވެ. .އެވަގުތު ޚަދީޖާ ސިހިގެންދިޔަނަމަވެސް މިއަދު އޭނާ އޭނާގެ ގޮތުގައި ހުންނަން ނިންމިއެވެ

ފުޅި ވައްޓާ ތަޅާލުމަށްފަހު ރުޅިވެރި ނަޒަރަކުން ޚަދީޖާއާ ދިމާލަށް އާނިމް ބަލައިލި ވަގުތު، އޭނާގެ ރަހުމަތްތެެރިން އޭނާ ލަސްވެގެން އަނެއްކާވެސް ގުޅަންފެށިއެވެ.އެއާއެކު އާނިމްގެ ރުޅިގަނޑު އަނެއްކާވެސް ގަދަވެގެންދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ތިޔަ ލޯބީގައި…14

Next

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 22

Next
September 22, 2022

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 22

Previews
September 19, 2022

ތިޔަ ލޯބީގައި…14



All Right Reserved!