Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

މަދަދުވެރިޔާ (7)

lamhus Level 910 Stories100 Login500 Login100 Stories100 Comments
September 15, 2022 3 Mins Read
0 Comments

ކިތަންމެވަރަކަށް އާނިމްެގެ ނަންބަރަށް ގުޅިއަސް އޭނާ ފޯނެއް ނުނަގާނެކަން ޚަދީޖާއަށް އެނގެއެވެ.އަދިވެސް އާނިމް ޚަދީޖާދެކެ އައިސްފައިވާ ރުޅިގަނޑު މަތަނުވަނިތާއޭ އެވަގުތު ޚަދީޖާގެ ހިތަށް އެރިއެވެ.ހަދާނެގޮތެއްނެތުމުން އާނިމް އަންނަންދެން އޭނާގެ އިންތިޒާރުގައި ޚަދީޖާ ސޯފާގައި އިނެވެ.ކޮޓަރިއަށް ވަތް އަންހެންކުއްޖާގެ އެއްވެސް އަޑެއްބަޑެއް ނީވޭތީ އޭނާ އެތާ އެތެރޭގައި ކުރަނީކީއްަބާވައޭ ޚަދީޖާގެ ހިތަށްއަރަމުންދިޔައެވެ. އާނިމަށް އެކުއްޖާ އައިކަން އެނގެނީބާވައޭވެސް ޚަދީޖާގެ ހިތަށްއަރަމުންދިޔައެވެ.އާނިމަށް އެކުއްޖާ އައިކަން އެނގުނު ނަމަވެސް، އަންހެންކުއްޖާ އެހާ ރުޅިއައިސްގެން އެއުޅެނީ  ކޮންކަމަކާ ކީއްވެބާވައޭ ޚަދީޖާގެ ހިތަށްއަރަމުންދިޔައެވެ.ޖަވާބު ނޭނގޭ މިފަދަ އެތައް ސުވާލުތަކެއް ޚަދީޖާގެ ހިތަށް އަރާ ފައިބަމުންެ ދިޔައެވެ.

ޚަދީޖާ ، އާނިމްގެ އިންތިޒާރުގައި އިންނަތާ ތިރީހަކަށް މިނެޓު ފާއިތުވިފަހުން އާނިމް ގެއަށް ވަނެވެ.. ެްް”ދަރިފުޅު ތި އައީ ދޯ؟” އާނިމް ފެނުމާއެކު ސޯފާގައި އިން ޚަދީޖާ ތެދުވަމުން ބުނެލިއެވެ.ރުޅިހަދާފައި ގެއިން ނިކުމެގެން ދިޔަ އާނިމް  މިހާރު ހުރީ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިފައެވެ.އެހެންނަމަވެސް އަދިވެސްް އޭނާ އެހުރީ ހިތްހަމަ ނުޖެހިފައިކަން އޭނާގެ މޫނުމަތިން ދޭހަވެއެވެ. “މަންމަ ހާދަވަރަކަށް ގުޅާފީމޭ..ދަރިފުޅު ކޮޓަރިއަށް ފާޑެއްގެ އަންހެންކުއްޖެެއް ވަދެގެން…އެކުއްޖާ އަދިވެސް ދަރިފުޅު ކޮޓަރީގަވީ” ޚަދީޖާ ބުނެލިއެވެ. “ބޮޑު ވަބާއެއް ” ޚަދީޖާ އެހެންބުުނުމާއެކުުުާ އާނިމް އަަަވަސް ހިނގުމުގައި ކޮޓަރިއާ ދިމާާލަށް ދަމުން ބުނެލީ ހިތްހަމަނުޖެހިފައިވާ ރާގަަކަށެވެ.  އާނިމް ރުޅިއައި ސަބަބު ނޭނގިހުރެ އާނިމާ ދިމާލަށް ބަލަން ޚަދީޖާ ހުއްޓާ، އާނިިމް ދިޔަގޮތަށްގޮސް ތަޅުލާފައިހުރި ދޮރުގެ ތަޅުގައި ހިފާ އަނބުރަން ފެށިއެވެ..”.ތަޅުދަނޑިވެސް ބާއްވާފައޭ ދެވުނީ” ޖީބުގައި އަތްޖަހާލަމުން އާނިމް ރުޅިވެރިކަމާއެކު ބުނެލިއެވެ. އާނިމަށް ބަލަން ހުރި ޚަދީޖާއަށް، އާނިމް ވަރަށް ރުޅިއައިސްފިކަން އޭނާގެ ހަރަކާތްތަކުން އެނގުނެވެ.

އެއީކާކުތަ ދަރިފުޅާ؟”  ޚަދީޖާ އަހާލިއެވެ. “ކީއްކުރަންތަ އަހަރެންނެތިސް އަހަރެންގެ ކޮޓަރިއަށް މީހުންވައްދަނީ؟…އަހަރެން ހޯދަން އަޔަސް އަހަރެންގެ ކޮޓަރިއަށް . އެކަކުވެސް .ނުވައްދައްޗޭ  މީގެފަހުުން”  ޚަދީޖާއާ ދިމާލަށްބަލައިލުމަށްފަހު ވަރަށް ރުޅިއައިސްފައިހުރެ އާނިމް ބުނެލިއެވެ. “މަންމަ ވެއްދީކީ ނޫނޭ އެކުއްޖާ އަމިއްލައަށް ވަދުނީ ނިކުންނާށޭ ބުނީމަ އާނިމް އައީމައޯ ނިކުންނާނީ ބުނީ” ޚަދީޖާ ބުނެލިއެވެ. ޚަދީޖާ އެހެންބުނުމުން ރުޅިއައިސްފައިހުރި އާނިމް ދޮރުގައި ތަޅައިގަތީ “ޔުމްނާ ހަމަމިހާރު މިދޮރުހުޅުވާ” މިހެންބުނަމުންނެވެ.އާނިމް ދޮރުގައި ތަޅައިގަތުމުން،ރުޅިމޫނު ހަދައިގެންހުރެ ޔުމްނާ ކުއްލިއަކަށް ދޮރުހުޅުވާލިއެވެ.

ޔުމްނާ ފެނުމާއެކު  އަރައިފައިވާ ރުޅިގަނޑުން އޭނާގެ އިސްތަށިގަނޑު ހިފާ އާނިމް ބާރުކޮށްލިއެވެ.އެވަގުތު ޔުމްނާއަށް ތަދުވެގެން އައްދިއްޔޯއޭ ވަރަށް ބާރަށް ބުނެލިއެވެ .”ކަލޭ ކިހިނެއްވެގެންތަ ތިއުޅެނީ…އަހަރެން ފޯނު ނުނެގުމުން..ކޮންމެހެން މަހޯދަން ގެއަށް އަންނަންޖެހޭތަާަް؟…ވާހަަކަދައްކަން ބޭނުންނުވާތީދޯ ފޯނު ނުނަގާނީ…ކަލޭ މިގެއަށް އަހަރެން ނުގެންނަނީ މަބޭނުންނުވާތީދޯ…އެހެންވީމަ ކަލޭ ނުޖުހޭނެ މިތަނަށް އަންނާކަށް” ޔުމްނާގެ އިސްތަށިގަނޑުގައި ހިފައިގެންހުރެ އާނިމް ބުނެލީ ރުޅިއައިސް ތުރުތުރުއަޅާ ހާލު އެއްނޭވައިންނެވެ.

އާނިމް ޔުމްނާގެ އިސްތަށިގަނޑުގައި ހިފުމުން އޭނާ ދުރުކުރެވޭތޯ  އެދެެމެދަށް ޚަދީޖާ  ވަނެވެ. “ދަރިފުޅާ  އޭނަގެ އިސްތަށިގަނޑުން ދޫކޮށްލާ…ގަޔަށް އަތްލާކަށް ނުވާނެއެއްނުި” އާނިމްގެ އަތުގައި ހިފާ ހުއްޓުވަން މަސައްކަތްކުރަމުން ޚަދީޖާ ބުނެލިއެވެ..ރުޅިއައިސްފައި ހުރިވަރުން އާނިމް ޚަދީޖާގެ އަތް ފޮޅުވާލިއެވެ. “މިދޭތެރެއަށް މަންމަ ނުވަދެހުރެބަލަ” އެހެންބުނެ ޚަދީޖާ ކޮޓަރިން ބޭރަށް ނެރުމަށްފަހު އާނިމް ކޮޓަރި ލައްޕާތަޅުލިއެވެ.

އާނިމްގެ ކޮޓަރި ދޮރުމަތީގައި ހުރި ޚަދީޖާއަށް އާނިމްމެން ކުރާ ޒުވާބުގެ އަޑު ސާފުކޮށްއިވެމުންދިޔައެވެ.އެމީހުންގެ އެޒުވާބުން އެދެމީހުންނަކީ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދެމީހުންކަން ޅަދީޖާއަށް އެނގުނެވެ. “އަހަރެންމީ އާނިމްެގެ ބިޓޭ އަހަރެން ގުޅީމަ ފޯނުނުނަގާ އެހެން އަންހެނުންނާއެކު މަޖާނަގަމުންތިދުވަނީ..”ރުޅިވެރިކަމާއެކު ޔުމްނާ ބުނެލިއެވެ. “އަހަރެން ފޯނު ނުނެގިއަސް ކަލޭ ނުޖެހޭނެ މިގެއަށް އަންނާކަށް…މަ ކައޭ މަތިން ވައި ވެއްޖެ…ކޮންމެވެސް އެހެންމީހެއް ހޯދާ…އަހަރެން ކަލެޔާ ރައްޓެހިވީ މުޅިއުމުރު އުޅޭކަށްނޫން…އެހެންނޫނަސް އަހަންނަށް ޭޭެަމާގިނަދުވަހު އެކަކާއެކު ނޫޅެވޭނެ” އާނިމް ރުޅިވެރިކަމާއެކު ބުނެލިއެވެ. ހުތުރުބަސްތައް ބޭނުންކުރަމުން އެމީހުން ޒުވާބުކުރަމުންދިޔައިރު ޚަދީޖާއަށް ހުރެވުނީ ކަންފަތް ހުޅުވާލަންވެސް ނުކެރިފައެވެ.ދުވަހަކުވެސް ޚަދީޖާއާ އޭނާގެ ފިރިމީހާއަކީ ހުތުރުބަސްތައް ބޭނުންކޮށް އަދި ޒުވާބުވެސް ކުރިބަޔަކަށް ނުވާތީ އާނިމް އެގޮތް ދަސްކުރީ ކޮންތާކުންބާވައޭ ޚަދީޖާގެ ހިތަށް އެރިއެެވެ

އެހެންވީމަ ތިބުނީ ކަލޭ އަހަންނާ އެކު އުޅުނީ ލޯބިންނެއްނޫނެތަ؟” ޔުމްނާ ރުޅިވެރިކަމާއެކު އަހާލިއެވެ .””ލޯތްބެއް؟ހަހަހ…ކޮން ލޯތްބެއް…އަހަރެން ކަލޭދެކެ އެއްވެސް ލޮްތްބެއްނުވޭ…އަހަރެން ކަލޭ  ގެންގުޅުނީ ކަލޭ ފަރާތުން އުފާ ހޯދަން…އެހެންނޫނަސް ތީ އަހަންނާ ދިމާވުމުގެ ކުރިން  ކިތައް ފިރިހެނުންގެ ފަހަތުންދުވި މީހެއް…ކިތައް ފިރިހެނުން ކަލޭގެ ބޭނުންވެސްކުރި…ހަމައެހެން ދެންވެސް އެހެންމީހަކު ހޯދައިގެން އެމީހަކާއެކު އުޅެބަލަ” އަރައިފައިވާ ރުޅިން އާނިމް އެއްނޭވާއިން ބުނެލިއެވެ.އާނިމްގެ އެބަސްތަކުން ޔުމްނާގެ ރުޅިގަނޑު އިތުރުވިއެެވެ.އެރި ރުޅިން ގަޔަށް ލެވުނުހާ ބާރެއްލާފައި އާނިމްގެ ކަންފަތްމަތީގައި ޔުމްނާ ޖެހިއެވެ.ކަންފަތްމަތީގައި ޔުމްނާ ޖެހުމުން އާނިމް ވަރަށް ރުޅިއައެވެ.އަރައިގެން ރުޅިން ޔުމްނާގެ ގައިގައި އާނިމް ތަޅައިގަތީ އެޔެއްމިޔެއް ބަލައިލުމެއް ނެތިއެެވެ.

ކުއްލިއަކަށް އާނިމްމެން ތަޅައިގަތް އަޑުއިވިގެން ޚަދީޖާ އެމީހުން ދުރުކުރެވޭތޯ ދޮރުގައި ޓަކިޖަަހަންފެށިއެވެ.ކޮޓަރިތެރެއިން އެއްޗެހިތައް ތަޅާ ސުންނާފަތިކުރާ އަޑާއި ދެމީހުން ހަޅޭއްލަވާ އަޑާއި ޔުމްނާގެ ރުއިމުގެ އަޑުން މުޅިއެތަން އަޑުގަދަކޮށްލިއެވެ. “އާނިމް އާނިމް މިދޮރު ހުޅުވަބަލަ…އާނިމް” ދޮރުގައި ތަޅަމުން ޚަދީޖާ އާނިމަށް ގޮވަންފެށިއެވެ.ނަމަވެސް އެދޮރެއް އެތަނުން އެކަކުވެސް ނުހުޅުވިއެވެ.ދޮރުނުހުޅުވާދާ ކޮންމެފަހަރެއް ޚަދީޖާ ހާސްކޮށްލައެވެ.އަޑުފަށްގަނޑު ގަދަވެގެންދިޔަ އެކޮޓަރިތެރެއިން ކުއްލިއަކަށް އަޑުކެނޑުނެވެ.ކުއްލިއަކަށް އަޑުކެނޑުމުން ޚަދީޖާ ބިރުގަތެވެ.އެކިކަހަލަ ނުބައި ޚިޔާލުތައް ކުރެވެންފެށިއެވެ.”އާނިމް ޔުމްނާ މަރާލީބާ؟…ނޫނީ ޔުމްނާ އާނިމް މަރާލީބާ؟” މިފަދަ އެކިކަހަލަ ވަހުމުތައް ޚަދީޖާއަށް ވާންފެށިއެވެ.އެއާއެކު ކުރިއަށްވުރެ ބާރަށް ޚަދީޖާ އެދޮރުގައި ތަޅައިގަތެވެ

މިފަހަރު ޚަދީޖާ އެދޮރުގައި ތަޅައިގަތުމުން އާނިމް ހުޅުވިއެވެ.އެވަގުތު ޔުމްނާ ރޮމުން އެތަނުން ނިކުތެވެ.ޔުމްނާ ގެއިން ނިކުމެގެން ދާތަންބަލަން ޚަދީޖާ ހުރުމަށްފަހު، އާނިމާ ދިމާލަށް އެނބުރުނެވެ.އެވަގުތު މާނޭވާލެވިލެވި ހުރި އާނިމާއި އެއްޗެހިތައް ތަޅާ ސުންނާފަތިކޮށްލާފައިވާ އެކޮޓަރިތެރެ ފެނުނެވެ. “ދަރިފުޅު ގައިގައި ތިހުރީ ކާކުގެ ސިފައެއްތަ؟…ތީ މަންމަވެސް އަދި ” ބައްޕަވެސް އުޅުނުގޮތެއްނޫން….ިލޯބިނުވާއިރު ލޯބިވެޔޭ ބުނެ މީހުންނަށް ގެއްލުންދީ މަކަރުހަދާކަށްނުވާނެ…އެކުއްޖާ ކިހާދެރަވެފަ އެދިޔައީ ޚަދީޖާ ނުރުހުންވެފައި ހުރެ ބުނެލިއެވެ. “އަހަންނަކަށް ނެތް މަންމަ ލެކްޗަރުވެސް އަޑުއަހާނެ ހިތްވަރެއް މިތަން ސާފުކޮށްދެންޏާ ކޮްށްދީފަދޭ…މިހުރީ ވަރަށް ބޮލަށް ތަދުވެފަ” އާނިމް ރުޅިވެރިކަމާއެކު ބުނެލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

5-ސޯލްމޭޓްސް

Next

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 21

Next
September 15, 2022

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 21

Previews
September 15, 2022

5-ސޯލްމޭޓްސް



All Right Reserved!