Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ލޯތްބައް އެދެމޭ 10

✨ IFAA ✨
✨ IFAA ✨ Level 110 Stories
September 11, 2022 5 Mins Read
0 Comments

 

“އޭތް ޒައިކް ކައެ އަތުގަ ބިޑި އެއް އެބަ އޮތް ތަ؟” ޒައިކާން ކައިރީގައި ހުރި ވިޝާން ބުނެލިއެވެ. “އަން މީއްތީ” ޒައިކާން ސިންގިރޭޓު ފޮށި ދިއްކޮށްލަމުން ބުނެލިއެވެ. “އޭތް މަށަށް ވެސް ދީ ބަލަ” ނަވާން ބުނެލިއެވެ. “އޭއްތީ އޭ ނަގާށޭ” ޒައިކާން މިހެން ބުނެފައި އެތާ މަގުގެ އެއްފަރާތުން ހިނަގާފައި ދިޔަ އަލްމާ އާއި ހަނާ ދެކުނެވެ. “ކުޑޫ ތުތީ ވަޓްސް އަޕް”  ޒައިކާން އަލްމާ އާއި ހަނާ އަށް ގޮވައިލަމުން ބުނެލިއެވެ. “ވަޓްސް އަޕް އޭ؟ ބަލަ އަހަރުން މިދަނީ ސުކޫލަށް ދާންށޭ” ހަނާ މިހެން ބުނުމުން ޒައިކާން “އޯހް” އެއް ލައްވައިލިއެވެ. “ހޭވް ފަން” ޒައިކާން ބުނެލިއެވެ. “ޔޯ ލަވްލީ ކިހިނެތް؟” ނަވާން ޒައިކާން ކޮނޑުގައި އަތް އަޅާލުމަށްފަހު އަލްމާ އާއި ދިމާލަށް ބުނެލިއެވެ. “ލަވްލީ؟ މަށާ ދިމާލަށް ދެން އެހެން ކިޔާފިއްޔާ ކަ މިބުނީ ކަލޭގެ ކުޑަ ދޫ ނަގާނަން” އަލްމާ މިހެން ބުނެފައި އަލްމާ މަސައްކަތް ކުރަމުން ދާ ޝައިން ލާނާސް ޕްރީސްކޫލް އަށް ދާން ހިންގައިގަތެވެ. ހަނާ ވެސް ހިން ގައިގަތީ އަމީނިއްޔާ ސްކުލަ އަށް ދިޔުމަށްށެވެ.

 

———

މައިލާ ގޮސް އޮފީހަށް ވަތް ތަނަހެން މީހެއްގެ ގައިގައި ވެއްޓެން ދިޔައެވެ. ދެން މައިލާ އަށް އިޙްސާސް ވީ ވަރުގަދައަތަކުން މީހަކު އޭނަ ހިފި ކަމެވެ. މައިލާ ލޯ ހުޅުވައި ބަލައިލީ އިރު އެއީ ވައިޖީ ކޮމްޕެނީގެ ޗެއާރމެން  ކައި އެވެ. “އައިމް ސޯ ސޮރީ ސަރ” މައިލާ މިހެން ބުނުމަށްފަހު ކައިއާއި ދިމާލަށް ބަލައިލިއެވެ. އެވަގުތު ދެމީހުންގެ ހަތަރު ކަޅި ހަމަ ވެ ދެމީހުން އެކަކު އަނެކަކުގެ ކަޅީގެ ތެރެއަށް ގެނބިގެން ދިޔައެވެ. މައިލާ އަށް މަޑުމަޑުން ކައި އާއި ކައިރި ވަމުން ދިޔައެވެ. “ވަޓް އިޒް ދިސް ބިހޭވިއަ” ވައިޖީ ކޮމްޕެނީގެ ސީ.އީ.އޯ އަދި މައިލާގެ ކުޑަ ދޮންބެ މާހިލް އައިސް މިހެން ބުނުމުން ދެމިހުން ވެސް ސިހިފައި އެކަކު އަނެކަކާއި ދުރަށް ޖެހުނެވެ. އަދި މައިލާ އެތެރެއަށް ވަންނަން ހިންގައިގަތެވެ. “ކައި ކައެ އަހަރެން ގެ ކޮއްކޮ މައިލާ ދެކޭ ލޯބި ވެވުނީތަ؟ ހާދަ ވަރަކަށް އޭނަ އާއި ދިމާލަށް ތިބަލަނީ” މާހިލް މިހެން ބުނުމުން ކައި ލައިގެން ހުރި ފަޓުލޫނުގެ ޖީބައް އަތް ޖަހާލާފައި ދުރު ބަލައިލިއެވެ. “އާނ މަ މައިލާ ދެކެ ލޯބި ވެވިއްޖެ” ކައި މިހެން ބުނުމުން މާހިލް ކައި ގެ ކޮނޑު ގައި އަތް އަޅާލާފައި ބުނެލިއެވެ. “އަދި މީގެން ދުވަހަކު މައި ވެސް ކައި ދެކެ ލޯބިވާނެ” މިހެން ބުނުމަށްފަހު މާހިލް ކޮމްޕެނީ އެތެރެއަށް ވަނެވެ.

 

————

 

މާހިލް ދިޔަގޮތައް ދިޔައީ އޭނާގެ އޮފީހައްށެވެ. އޭނާގެ އޮފީސް މޭޒުމަތީގައި ހުރި ފައިލް ތައް ބަލާފައި މާހިލް އޭނާގެ ސެކެޓްރީ އަށް ގޮވައިލިއެވެ. “ޔެސް ސަރ…. އަހަންނައް ގޮވާލިންތަ؟” އެތެރެއަށް ވަދެގެން އައި މާހިލް ގެ ސެކެޓްރީ ކަމަށްވާ ވީރާ ބުނެލިއެވެ. “ކީއްވެހޭ މި ޕްލޭން ފެއިލް ވީ؟” އެތާންގައި ހުރި ފައިލް އެއް އަތައް ނަގާފައި ބުނެލިއެވެ. “ސަރ އައި ޓްރައިޑް މައި ބެސްޓް އެކަމަކު މީހުން ބުނަނީ މި ވައްތަރުގެ ބޫޓު އެކަކުވެސް ނުގަންނާނޭ އެންޑް…” “މީހުން ބުނާހާ އެއްޗެއް އަޑުއަހަން ޖެހޭތަ؟! އެ މީހުން އެއީ އަހަރުމެން ކައިރީގަ ފެދާ ޕިލޯސް ވޯކް ނުކުރާނޭ ބުނި މީހުން އެކަމު މާކެޓިން އަށް ނުލައިގެން ލަސް ވެފަ ހުރީ… އައި ރެކޮމެން ޔޫ ޓު ޓްރައި އަގެއިން!!” މާހިލް މިހެން ބުނެފައި މޭޒު މައްޗައް ފައިލް އެއްލައިލިއެވެ. އެއަށް ފަހު ކުޑަ ދޮރު ކައިރީގައި ހުއްޓިލިއެވެ. ވީރާ ގެ ދެލޮލުން ކަރުނަ ތިކި ވެރެން ފެށިއެވެ. “ކަރުން ބޭލިއެކޭ ކިޔާފަ މަސެއް ކަތެއް ނުވާނެ” މާހިލް މިހެން ބުނުމުން ވީރާ ފައިލް ތައް ހިފައިގެން މާހިލް ގެ އޮފީހުން ނިކުތެވެ.

 

————-

 

މޭޒު މަތީގައި ބޯ އަޅައިގެން އޮތް އަޔާން އަށް އެންމެ ފަހުން ތެދުވާން ޖެހުނީ އޭނާގެ ކްލާސް ޓީޗަރު އައިސް ވާހަކަދައްކަން ފެށުމުން އެވެ. “އައްސަލާމް އަލައިކުމް… ތިކުދިން އާއެކު މިއަދުންސުރެ ފެށިގެން އާކުއްޖެއް މި ކްލާހަށް ޖޮއިން ވާނެ… އަވަހާށް އެތެރެއަށް ވަދޭ” ކްލާސް ޓީޗަރު މިހެން ބުނުމުން އަންހެން ކުއްޖަކު ކްލާސް ތެރެއަށް ވަނެވެ.

 

އެ އަންހެން ކުއަޖާ އަށް ލިބިފައި ވަނީ ފަން މުށިކުލައިގެ އުނަގަނޑާއި ހަމައަށް ދާ ވަރުގެ އިސްތަށި ގަނޑެކެވެ. އަޅިކުލައިގެ ކަޅިއެކެވެ. ފިޔާތޮށި ކުލައިގެ ތުންފަތެކެވެ. ފިރިހެން ކުދިން ގެ ހިތްތައް ކަތިލާ ފަދަ ސިފައެއް ލިބި ފާ ވެއެވެ. “އަހަރެން ގެ ނަމަކީ ރައިލީ ބިންތް އިބްރާހިމް ރާހިލް، އަހަރެންގެ ބައްޕަ އަކީ މިހާރު ޖޭއާރް ކޮމްޕެނީ ގެ ސީ.އީ.އޯ އަހަރެން ބޭނުން ހުރިހާ އެންމެން ވެސް އަހަރެން އަށް އެއްބާރުލުން ދީ އަހަރެންގެ އެކުވެރިއަކަށް ވާނެކަމަށް އުންމީދުކުރަން” ރައިލީ މިހެން ބުނުމަށް ފަހު އަޔާން ކައިރީގައު ހުރި ޑެސްކް އަށް ދިޔައެވެ. ރައިލީ އިށީންނަން ހަދާލިތަނާހެން އަޔާން އޭނާގެ ގޮނޑި ފަހަތައް ޖައްސާލިއެވެ. “އުޕްސް އައިމް ސޯ ކްލަމްޒީ… ވެއިޓް އައި ކުޑުންޓް ކެއާރ ލެސް އަހަރެން މީ ކުޑަ މިނަކަށް ވެސް ފީލް ބޭޑް ވާ މީހެއް ނޫން” އަޔާން އަޗަރެއް ނެތް ގޮތަކަށް ބުނެލިއެވެ. އެއާއި އެކު އެއިރު ކުލާހުގައި ހުރި ޓީޗަރު ގޮސް އަޔާން ކަންފަތުތައި ހިފިއެވެ. “އައްދޯތް ތުތީ މަށަށް ވެސް ތަދުވެޔޭ” އަޔާން ހަނާ އާއި ދިމާލަށް ބުނެލިއެވެ. “އެހެންތަ ނިކަން ވިސްނާލަބަލަ ރައިލީ އަށް ވެސް ތަދުވާނެއްނު އަޔާން މިހާރަކަށް އައިސް ކީއްވެގެން ތަ ތި އުޅެނީ ހަމަ މިހާރު ބޭރަށް ނިކުންނާން ވީ” ހަނާ މިހެން ބުނުމުން އަޔާން ނިކުމެގެން ދިޔައެވެ.

 

———–

 

އާލިޔާ އަށް ކޮމްޕެނީ އަށް ވަދެ ފިންގާ ޖެހުނީ ހަމަ ކިރިޔާއެވެ. އާލިޔާ ދިޔަގޮތައް ދިޔައީ އޭނާގެ ކެބިން އަށް ށެވެ. ކެބިން އަށް ދިޔަތާ މާ ގިނަ އިރެއް ނުވޭ ކުއްލިއަކަށް މީހަކު އައިސް އޭނާގެ ކެބިން ދޮރުގައި ޓަކި ޖަހަން ފެށިއެވެ. “ކަމް އިން” އާލިޔާ މިހެން ބުނުމުން އެތެރެއަށް ވަދެގެން އައީ ކޮމްޕެނީ ގެ ސީ.އީ.އޯ އަދި އާލިޔާ ގެ ހިތު ތެރޭގައި ރަސްކަން އަދާކުރަމުން ދާ އާލިޝް އެވެ. “އެލީ ކީއްވެ އެހާ ލަސް ވީ؟” އާލިޝް މިހެން ބުނުމުން އާލިޔާ އޯވާ ސްލެޕްޓް ވީ ކަމަށް ބުނެ މަސެއްކަތާއިގެން ކުރިއަށް ދިޔައެވެ.

 

———-

 

އިރު އޮއްސެން ކައިރި ވުމުން މައިލާ ކޮމްޕެނީ ގެ ދޮރު މައްޗައް ދިޔައެވެ. އަދި އަވަސް އަވަހަށް ގެއަށް ދެވޭ ތޯ ބެލިއެވެ. ތަންކޮޅެއް އަނދިރި މަގަކަސް ވުމުން މައިލާ ބިރުން ހުރެ ހިންގަމުން ދިޔައެވެ. ކުއްލިއަކަށް މީހަކު އައިސް މައިލާގެ ކޮނޑުގައި އަތް ޖަހައިލުމުން މައިލާ ސިހިފައި ފަހަތައް ބަލައިލިއެވެ. “ހާދަ ބިރަކުން؟” ފަހަތުގައި ހުރި ކައި ފެނި މައިލާ ކައި ގައިގައި އޮޅާލިއެވެ. “މައިލާ ކީއްވެ ތި ރޮނީ؟” ދެން ވެސް ކައި ކުރީ ސުވާލެކެވެ. “މި…މިމަގަކީ ގޭންގް ބޯއިޒް ގެ މަގު ކޮންމެ ދުވަހަކު އިރު އޮއްސޭއިރަށް އެމީހުން އެކަނި މާއެކަނި މި މަގައް ވަންނަ އަންހެން ކުދިން ޒިނޭ ކުރާނެ އައިމް ސްކެއާރޑް” މައިލަ މިހެން ބުނުމުން ކައި މައިލާ ގެ އަތުގައި ހިފާފައި އެމަގުގައި ހިންގަން ފެށިއެވެ. “ކައި؟” “މައިލާ ގެއަށް ދާން ބޭނުން ތަ؟ ހިންގާ” އިހްސާސް އެއް ނެތް ގޮތައް ކައި ބުނެލިއެވެ. މައިލާ އިސްޖަހައިގެން ކައި އާއި އެކު ދިޔައެވެ.

 

“ކުޑަ ދޮންބޭ ކޮމާ މައި؟” އާލިޔާ ހާސް ވެފައި ހުރެ ބުނެލިއެވެ. “މައި ގެއަކަށް ނާދޭތަ؟ އެކަމު މިއަދު 4:00 އިރު ޑިއުޓީ އޮފް ވެއްޖެ” މާހިލް މިހެން ބުނުމުން އާލިޔާ އިތުރަށް ހާސް ވިއެވެ. “ތިއްތާ ކީއްވެ އެހާ ހާސް ވެފަ ތިހުރީ؟” ޔާޒަން އައިސް އަހައިލުމުން އާލިޔާ އާޒަން އާއި ދިމާލަށް ބަލައިލިއެވެ. “ޔާޒް މައި ހޭޒް ގޯން މިސިންގް…ކުޑަބޭ ހިންގާ އަވަހަށް މައި ހޯދަން ދާން” ޔާޒަން ގެ އަތުގައި ދަމަމުން އާލިޔާ ބުނެލިއެވެ. ޔާޒަން ވެސް ހާސްވެފައި ހުރި ވަރުން އާލިޔާ ގޮވައިގެން ގޭގެ ގޭޓުން ނިކުތެވެ. ކުއްލިއަކަށް ކުރިމައްޗައް އެރި މައިލާ ފެނި ޔާޒަން ފުން ނޭވާ އެއް ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ. އަދި އާލިޔާ ދިޔަގޮތައް ގޮސް މައިލާ ގައިގައި ބައްދާލިއެވެ. “ދޮންތާ އައިމް އޯކޭ މަށަކަށް އެއްވެސް ކަމެއް ނުވޭ ހަމަ ހުވާ” މައިލާ މިހެން ބުނުމުން އާލިޔާ ދެން ބަލައިލީ މައިލާ ފަހަތުގައި ހުރި ކައި އާއި ދިމާލަށް ށެވެ. “މައި” އާލިޔާ މައިލާ އާއި ދިމާލަށް ވިހަ ހިނިތުން ވުމަކުން ބަލައިލަމުން ބުނެލިއެވެ. “ދޮންތާ އިޓްސް ނޮޓް ލައިކް ޔޫ ތިންކް” މައިލާ މިހެން ބުނެފައި އާލިޔާ ފަހަތުން ދުއްވައިގަތެވެ.

 

“ތެންކް ޔޫ… މައި ގެއްލިއްގެ ނަމަ ދޮންދައްތަ އާ ކުރިމަތި ލާކަށް މަށަކަށް ނުކެރޭނެ” ޔާޒަން މިހެން ބުނުމުން ކައި އިޓްސް ނަތިން މަޗް އޭ ބުނެފައި ދާން ހިންގައިގަތެވެ. “ކައި އެތެރެއަށް ވަންނަން ވީއްނު” މާހިލް އައިސް ކައި އަށް ދައުވަތު އެރުވިއެވެ. ކައި ގޮސް ވަތް ތަނާ ހެން ފެނުނީ ފޯނައް ގެއްލިފައި ހުރި ޒައިކާން އާއި އަޔާން އެވެ. “ޔާން އާދޭ ހަމަމިހާރު މި ފިލާވަޅުހަދަން” އިވެމުން ދިޔައީ އަލްމާ ހަޅޭއް ލައްވާ އަޑެވެ. “ހާން ބޮޑުކަމެކޭ މީ ވެސް މި ދޮންތި އަކާ ހެދިވެސް” އަޔާން ކުދި ކިޔަމުން އެތެރެއަށް ވަނެވެ. “މާހިލް މީ ހުސް ކައެ ގެ ސިބްލިންގްސް” ކައި ވާނުވާގަ ހުރެފައި އަހައިލިއެވެ. “ނޫން… އެހުރީ އެއްމނު ފޯނަށް ގެއްލިގެން ހުރި ފިރިހެނެއް އެއީ އަހަރެން ގެ ސިބްލިންގް އަކީ ދެން އެހުރީ އެއްނު މޭޒު ކައިރީގައި 2 މީހުން އެއީ ތުއްތައްތަ ގެ ދެ ކުދިން ހަނާ އާއި ޔާޒަން… ދެން އެހުތީ ތިއްތި ގެ ދެކުދިން އަޔާން އާއި އަލްމާ… ދެން އެހުރީ ދޮންދައްތަގެ ދެކުދިން މައިލާ އާއި އާލިޔާ” މާހިލް މިހެން ބުނުމުން ކައި މައިލާ އާއި ދިމާލަށް ބަލައިލިއެވެ.

 

“މައި އަހަރެން މައި އަހަރެން ގެ ހައްގަކަށް ހަދާފަ ނޫނިއްޔާ ދުލެއްނުކުރާނަން ނޫން ދުވަހަކުވެސް ދުލެއް ކުކުރާނަން އަހަރެން މައި ދެކެ ވާ ލޯބި އެއަށް ވުރެ ބޮޑު” ކައި ހިތާ ހިތުން ބުނެލިއެވެ.

 

—ނުނިމޭ—   

Share Article

✨ IFAA ✨
Follow Me Written By

✨ IFAA ✨

Level 110 Stories

I enjoy reading stories and I enjoy writing stories to all the people who reads my stories thank you for your support I appreciate it 🤗😊

Other Articles

Previous

އުމުރަށް އެކުގައި 3

Next

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 20

Next
September 13, 2022

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 20

Previews
September 11, 2022

އުމުރަށް އެކުގައި 3


All Right Reserved!