Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ލޯތްބައް އެދެމޭ 11

✨ IFAA ✨
✨ IFAA ✨ Level 110 Stories
September 22, 2022 3 Mins Read
0 Comments

 

 

ގެއްލިގެން އުޅޭ ކުއްޖާ ހޯދުމަށް ޔާޒަން ދިޔައީ ފުން ކޮށް ވިސްނަމުން އެވެ. ކޭސް ފައިލްސް ތައް ބަލާފައި ކޭސް އަންޑަސްޓޭން ކޮށްށެވެ. މިހެން ހުއްޓާ ކުއްލިއަކަށް އިވިގެން ދިޔައީ އަންހެނެއް ހަޅޭއް ލެއްވި އަޑެވެ. “ބަލަ ކަލޭ އަކާ ނުޖެހޭއްނު މަ ފަހަތުން ހިންގާކަށް… މަ މީ ދޯ ކަލޭ ގެ އަންހެނުން؟” އިވިގެން ދިޔަ އަޑުން ޔާޒަންގެ ހިތް ހުއްޓުނެވެ. ވަރަށް ދުވަސް ކޮށްލާފައި އެ އަށުއިވުމުން ޔާޒަން އެދިމާލަށް ހިންގައިގަތެވެ.

 

“މިހާތު މިތާން ގަ ކިހިނެތް ވީ؟” ޔާޒަން ނިކުންނަމުން ބުނެލިއެވެ. “ވީކިހިނެތް ހޭ؟ މިހިރަ ހަޑި މުޑުދާރު މީހާ މަ ފުލުން ހިންގަނީއްނު” އެ އަންހެން މީހާ ގެ އަޑުންވެސް ރުޅުވެރިކަން ފާހަގަ ކޮށްލެވުނެވެ. މިހެން ކަމުން ޔާޒަން އެ އަންހެން މީހާ ގާތުގައި ޔާޒަން ގެ ކެބިން އަށް އައުމަށް އެދުނެވެ.

 

އެ އަންހެން މީހާ ބަހެއް ނުބުނެ ކެބިން އެރެތެއަށް ވަދެގެން އައެވެ. “ދެން ތި ހަމަ ޖެހިބަލަ…މައިޝާ މަށަށް ވެސް އިންގޭ މައިޝާ ތިހުރީ ރަތުގަ ކަން” ޔާޒަން އެ އަންހެން މީހާ އަށް ނަމުން ގޮވައިލުމުން ހައިރާން ކަމާއިއެކު މައިޝާ ޔާޒަން އާއި ދިމާލަށް ބަލައިލިއެވެ. ޔާޒަން ފެނުމުން ހައިރާން ވިއެވެ. “ޔާޒަން؟!” މައިޝާ އަށް ބުނެވުނީ ހަމަ މިހިސާބައްށެވެ.

———–

“ހަލޯ ބިއުޓިފުލް… ހާލަތާ ވިންދު ކިހިނެތް؟” ވިޝާން މިހެން ބުނުމުން ހަނާ ފަސް އެނބުރި ބަލައިލިއެވެ. ފަހަތުގައި ވިޝާން ހުރުމުން ކުނި މޫނުހަދާލާފައި ކުރިއަށް ހިންގައިގަތެވެ. އެއްފަރާތެއްގައި ހުރި ގޯޅިއިން ނިކުމެގެން އައި ލޮރީ ފެނުމުން ވިޝާން ހަނާ އާއި ދިމާލަށް ދުއްވައިގަތެވެ. އަދި ހަނާ ގެ އަތުގައި ހިފިއެވެ. އަދި ވިޝާން އާއި ގާތް ކޮށްލިއެވެ. ހަނާ ސިހިފައި ވިޝާން ގެ މޫނަށް ބަލައިލިއެވެ. ވިޝާން ވެސް ހަނާ ގެ މޫނަށް ބަލައިލިއެވެ. މިއީ ހަނާ އައި ވިޝާން ގެ ހަތަރުކަޅި ހަމަ ވި އެންމެ ފުރަތަމަ ފަހަރެވެ. އެތަކެއް އިރެއް ވާދެކަށް ވިޝާން ގެ މޫނަށް ބަލަން ހުރި ހަނާ ސިހުނީ ކާރުގެ ބަރުގަން އަޅާ އަޑު އިވުމުން އެވެ. “ތެންކްސް” ހަނާ މިހެން ބުނުމަށްފަހު މަގު ހުރަސް ކޮށްލިއެވެ. “ހަނާ؟! މަ ދޫކޮށްފަ ނުދޭ” ހަނާ ލޯ މަތިން ގެއްލުމުން ވިޝާން މަޑުމަޑުން ބުނެލިއެވެ.

 

“އޭތް ކޮން ދުނިޔެއެއްގަ؟” ފަހަތުން އައި ނަވާން އާއި ޒައިކާން އަހައިލުމުން ވިޝާން އެމީހުން އާއި ދިމާލަށް ބަލައިލިއެވެ. “ގާއިސް އައި ތިންކް އައިމް އިން ލަވް” ޖެހިލުމަކާނުލައި ވިޝާން ބުނެލިއެވެ.

 

—————

ޕޭޕާރ ވޯކް ތައް ހަދަން ހުރި މާހިލް އަށް ވިސްނެމުން ދިޔައީ އިއްޔެ ވީރާ އާއި ދިމާލަށް ބުނެވުނު ބަސްތަކެވެ. މާފައް އެދެން ކިތަންމެ ވަރަކަށް ހިތް ރުއިއަސް ސިކުނޑި ބުނަނީ މަސައްކަތާގެން ކުރިއަށް ދިއުމަށްށެވެ. ހެނދުނު ވަގުރުގައި ކޮފީއެއް ނުބޮއެ އޮފީހައް އާދެވުމުން ހުރީ ކުޑަކޮށް ނިދި އައިސްފައެވެ. މިހެން ކަމުން ވީރާ ގާތުގައި ކޮފީ އެއް އެރެދިނުމަށް ބުނެގޮސް އެތާންގައި ހުރި ސޯފާ ގައި އޮށޯށްވެލިއެވެ.

 

ވީރާ ކޮފީތަށި ހިފައިގެން އައިސް އެތާންގައި ހުރި ކޮފީޓޭބަލްގައި ބެހެއްޓުމަށްފަހު އަވަހަށް ނިކުންނަން ދިޔައެވެ. ނަމަވެސް މިކަން ވީރާ އަށް ކާމިޔާބުނުވީ މާހިލް ވީރާގެ އަތުގައި ހިފުމުން އެވެ. އަދި މާހިލް ދިޔަގޮތައް ގޮސް ވީރާ ފާރުގައި ޖެއްސިއެވެ. “މިއަދު މާސްކު އަޅައިގެން ތިއުޅޭ ސްބަބެއް ބުނޭ” މާހިލް މިހެން ބުނުމުން ވީރާ އިސް ޖަހައިލިއެވެ. “މާ ބޮޑުކަމެއް ނުވޭ މީ މިއުޅޭ ރޯގާ ގަނޑު ޖެހި…” ވީރާގެ ބަސްތައް ފުރިހަމަ ނުވަނީސް މާހިލް ވީރާގެ އަނގަ މަތީގައި އަޅާފައި އޮތް މާސްކު ނެގިއެވެ. އަދި ވީރާގެ ތުންފާތާއި ދިމާލަށް ބަލައިލިއެވެ. ވީރާގެ ތުންފަތެ ކައިރި ވަނީ ފަޅައިގެން ގޮސްފައެވެ. އެއާއި އެކު ވީރާގެ ދަތް ދޮޅި ކައިރި ވަނީ ދުޅަ ވެފައެވެ. ވީރާ އަށް ލިބިފައިވާ އަނިޔާތައް ފެނި މާހިލް ހިރުގަ ޖެހުނެވެ. އެއީ ވީރާ މާހިލް ގެ ސެކްރެޓަރީ އަށް ވީ ފަހުން މާހިލް އަބަދުވެސް ވީރާ ހިތުގަ ޖައްސާފައި ފޮނުވާލާތީއެވެ. މާހިލް އަށް ނުވިސްނުނު އެއްޗަކީ މި ނާޒިކު ކުއްޖާ އަށް މިފަދަ އަނިޔާތައް ލިބޭ ކަމެވެ.

 

“މީ ފޮރުވައިގެން ތިއުޅޭ އެއްޗަކީ؟” މާހިލް އިހްސާސް އެއް ނެތް ގޮތަކަށް ބުނެލިއެވެ. “އާނ މިހާތު އިންގިއްޖެއެއްނު ދެން މަށަށް މިކަމާ ޖެއްސޭނީކީއެއްނޫން… ސަރ ހެން މަމީ މުއްސަންޖެއް ނޫން އަހަންނަކީ މަންމަ އަކާ ބައްޕަ އެއް ނެތް ކުއްޖެއް އަހަރެން ގާތުގަ ހުރިއަސް ހުންނަނީ އަހަރެންގެ ދޮންބެ އޭނާ އަހަންނައް މިކަހަލަ އެތަކެއް އަނިޔާއެއް ކޮށްފި ދުނިޔެމަތީގައި އެންމެން އަކީ މުއްސަނދިން އެއްނޫން އަހަންނައް ކާ އެއްޗަކަށްލިބެނީ ވަރަށްވެސް ކުޑަ މިންވަރެއް” ވީރާ ގެ މި ބަސް ތަކުން މާހިލް އަށް ކުޑަ މިން ވަރެއް ވެސް ވިސްނުނެވެ. ވީރާ މާހިލް އަތުގައި އޮތް މާސްކު އަތުލައިގެން މާހިލް ގެ އޮފީހުން ނިކުމެލިއެވެ. އެ ކިކުމެގެން ދިޔަގޮތައް ގޮސް ވީރާ ގޮސް ކައިގެ އޮފިސް ދޮރުގައި ޓަކި ޖެހިއެވެ. “ކަމް އިން” ކައި އެހެން ބުނުމުން ވީރާ އެތެރެއަށް ވަނެވެ. “ސަރ އައި ވޯންޓް އަ ލީވިން” ވީރާ މިހެން ބުނުމުން އެވަގުތު ކައިގެ އޮފީހުގައި ހުރި މައިލާ ހައިރާން ވިއެވެ. އަދި ކައި ވެސް މައިލާ އެކޭ އެއްފަދައިން ހައިރާން ވިއެވެ. “އަހަރެން ތިކަމާ ވިސްނާނަން” ކައި މިހެން ބުނުމުން ވީރާ ކައިގެ އޮފީހުން ނިކުމެލއެވެ.

 

 “ކުއްލިއަކަށް ހުރެލާފަ ވީރާ އަށް އެވީ ކީއް؟” ކައި އަމިއްލަ ނަފްސައް ސުވާލުކޮށްލިއެވެ. “ވީރާގެ ދޮންބެ ވިރާޒް ވީރާ މި ކޮމްޕެނީ އަށް ޖޮއިން ވީ ފަހުން ވަރަށް އަކިޔާ ކުރޭ” މައިލާ  މިހެން ބުނުމުން ކައި މައިލާ އާއި ދިމާލަށް ބަލައިލިއެވެ. “ޖެންޑާ މިނިސްޓްރީ އަށް ގުޅަން ވީ އެއްނު…” “ނޯ ވީރާ އަކީ މައިންބަފައިން ނެތް ކުއްޖެއް ވީރާގެ ހުރީ ހަމަ އެކަނި އޭނާގެ ދޮންބެ އޭނާގެ ހުރި ހަމަ އެކަނި އާއިލާ ވަކި ކުރީމަ ވީރާ އަށް ވާނެ އިހްސާސް އިންގޭތަ؟” ކައިގެ ބަސްތައް ނުނިމެނީސް މައިރާ ބުނެލިއެވެ. ކައި އިހްތިޔަރަކާނުލައި މައިލާ ގާތައް ދިޔައެވެ. އަދި މައިލާގެ ގައިގައި އޮޅާލިއެވެ. “ސަރ؟!” މައިލާ ވާނުވާގައި ހުރެ ބުނެލިއެވެ. “ދެ މިނެޓު” ކައި މިހެން ބުނުމުން މައިލާ ވެސް މިކަމުގައި ބައިވެރި ވެލިއެވެ.  

————–

މާހިލް ގެއަށް ގޮސް އޭނާގެ ކޮޓަރިއަށް ވަދެ އެނދުމައްޗައް ވެއްޓިގަތެވެ. އަދި މޫނުމަތީގައި އަތް އަޅާފައި ވީރާގެ ބަސްތައް ހިޔާލައް ގެނައެވެ. މިހެން ވިސްނަން ހުއްޓާކުއްލިއަކަށް މީހަކު އައިސް މާހިލް ގެ ކޮޓަރީ ދޮރުގައި ޓަކި ޖެހިއެވެ. “ވަދޭ” މާހިލް ވައި އަޑަކުން ބުނެލިއެވެ. “ކުޑަދޮންބޭ ކޭން ވީ ޓޯކް” މައިލާ އެތެރެއަށް ވަންނަމުން ބުނެލިއެވެ. “މައި ކިހިނެތް ވީ  ހާދަ ސީރިއަސް ކޮށް” މާހިލް އެނދުން ތެދުވަމުން ބުނެލިއެވެ. “ކުޑަދޮންބޭ މިއަދު ވީރާ ކައި ގާތުގަ ލީވިން އަކަށް އެދިއްޖެ ކައި ބުނީ އެކަމާ ވިސްނާލާނަމޭ… ދޮންބެ އަށް ވީރާ އާދިމާލަށް އޭނަ ނުރުހޭ އެއްޗެކޭ ބުނެވުނުތަ؟ ބުނެވިއްޖިޔާމު އަވަހަށް ވީ…” މައިލާގެ ބަސްތައް ނުނިމެނީސް އޭނާގެ ފޯނު ރިންގުވާން ފެށިއެވެ. “ހަލޯ؟” މައިލާ ފޯނުނަގާ ވާހަކަދައްކަން ފެށިއެވެ. “މައި ހެލްޕް… އަހަރެންގެ ދޮންބެ އަހަރެން ހެލޭ ފިރިހެނަކާ އެކު ޒިނޭ ކުރުވާން އެއުޅެނީ…… އާހް!!!!!” ވީރާގެ މިބަސްތަކުން ލައިން ކަނޑައިގެން ދިޔައެވެ.

 

—ނުނިމޭ—

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

✨ IFAA ✨
Follow Me Written By

✨ IFAA ✨

Level 110 Stories

I enjoy reading stories and I enjoy writing stories to all the people who reads my stories thank you for your support I appreciate it 🤗😊

Other Articles

Previous

ތީ އޭ ހަނދަކީ 21

Next

އެ ހުވަފެން-10

Next
September 22, 2022

އެ ހުވަފެން-10

Previews
September 22, 2022

ތީ އޭ ހަނދަކީ 21



All Right Reserved!