ފަސްއަހަރު ދުވަހު އެއްކޮށް އުޅުނު ލޯބިވެރިޔާ ބޭވަފާތެރި ވުމުން އަސަރު ނުކުރާނީ ކޮން ހިތަކަށް ހެއްޔެވެ؟ ނަމަވެސް، މިއަދުވެސް އޭނާ ބޭނުންވަނީ ޔައިނާގެ އެ ކުށް ފޮރުވާށެވެ. އެހެން މީހުންގެ ކުރިމަތީގައި ޔައިނާގެ އެ ޙަޤީގަތް ނިއުޅުވާލާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެއީ ޔައިނާ ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. ޔައިނާ އޭނާއާއި ދޭތެރޭގައި ކޮންމެ ފަދަ ގޮތަކަށް ކަންތައް ކުރި ކަމުގައި ވީ ނަމަވެސްއެވެ. ޔައިނާ ދެކެ ނަފްރަތު ކުރަން ކިތަންމެ ބޭނުންވީ ނަމަވެސް، އެކަމެއްވެސް އޭނާއަކަށް ނުވެއެވެ. އޭނާއަށް ހަދާނެ ގޮތް ހުސްވެއްޖެއެވެ. ހަތަރު އުދަރެސް ފެނުޖެހުނު ކަހަލައެވެ. ދިރިއުޅުމުގައި ދާނޭ މިސޞްރާބެއް ނޭނގި، މަގު އޮޅިފައިވާ މުސާފިރަކަށް ވީ ފަދައެވެ. ދެމީހުން އެކީގައި ކަޑައްތު ކުރި ފަސް އަހަރު ދުވަހުގެ ލޯބީގެ ދަތުރު ކަފުންކޮށް ވަޅުލާން މި ޖެހުނީ ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ. ޔައިނާގެ ސަބަބުން އެ ހިތުގައި އެޅުނު ކޫރު ދުވަހަކުވެސް ފިލައިގެން ދާނެ ކަމެއް ނޭނގެއެވެ. އެ ނޫން މީހަކާއި ދިމާލަށް އެ ނަޒަރުން ބަލައިލެވޭނެ ހެންވެސް ހިޔެއް ނުވެއެވެ. ތަޤުދީރު އޭނައާއި މި ކުރަނީ ކޮންކަހަލަ ސަމާސާއެއް ހެއްޔެވެ؟
*** ** ***
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސި ފްލައިޓުން ފޭބި މިލާންގެ މޫނުމަތީގައި އެއްވެސް ދިރުމެއް ނެތެވެ. އެހެންޏާ ހުންނަ ރީތި ހިނިތުންވުން ފެންނަން ނެތުމުން މިލާންގެ މޫނު ވަނީ މޯޅިވެފައެވެ. އެއަރޕޯޓުން ނުކުތް އިރު، އަފާން ކާރުގައި އައިސް، އެތަނަށް ހުއްޓެނީއެވެ. ދިގު ދަތުރެއް ކޮށްފައި އައުމުން ވަރުބަލި ވެފައި ހުރި މިލާން އަވަސްއަވަހަށް ކާރަށް އަރާ، ހަމަޖެހިލިއެވެ. ސީޓްބެލްޓު އަޅުވައިލުމަށްފަހު، ސީޓުގައި ބޯ ޖައްސައިލާ، ދެލޯ މަރައިލީ އަފާންގެ ސުވާލުތައް އޭނާއާއި ކުރިމަތިވާނެކަން އެނގި ހުރެއެވެ.
“ކޮބާ ކިހިނެތް ވަނީ..؟ ދެން ސައި ލިބޭކަށް ނޯންނާނެތާ ދޯ މާ ގިނަ ދުވަހެއް..” ލާނެތް ހިނިތުންވުމެއް ވެރިކުރުވައިގެން އިނދެ، އަފާން ބުނެލީ މިލާންއާއި ޔައިނާއާއި ދޭތެރޭގައި ހިނގާ ދިޔަ އެއްވެސް ކަމެއް ނޭނގޭ ޙާލުގައެވެ. “މިލާން..؟ މިލާން..؟” މިލާންގެ ފަރާތުން ޖަވާބެއް ނައުމުން އަފާންއަށް ދެތިން ފަހަރު ގޮވައިލެވުނެވެ. “މިލާން އޭއި.. އަހަރެން އެބަ ވާހަކަ ދައްކަމޭ މިލާންއާ.. ކިހިނެތް ހެއްޔޭ ވީ..؟” ދެންވެސް މިލާންގެ ފަރާތުން ޖަވާބެއް ނައިތާ، ކަހާތަން ހިރުވައިވެސް ނުލިއެވެ. “މިލާން-”
“ވީ ބްރޯކް އަޕް..” އަފާންގެ ޖުމުލަ މެދުކަނޑައިލަމުން މިލާން ބުނެލި ވާހަކައިން އަފާންއަށް ކުއްލިއަކަށް ކާރު ހުއްޓައިލެވުނެވެ. “ވަޓް..؟” ލިބުނު ސިހުމުގައި ދެލޯ ބޮޑުކޮށްލަމުން އަފާން މިލާންއާއި ދިމާއަށް ބަލައިލިއެވެ. އޭރުވެސް މިލާން އޮތީ އޮތް ގޮތަށް ދެލޯ މަރާލައިގެންނެވެ. އޭރު އަފާންމެން މަޑުކޮށް ތިބުމުން މީހުންތައް ފަހަތުން ބަރުގޮނު އޅަމުން ދިޔައެވެ. އެހެންކަމުން އަފާން އަވސް އަވަހަށް ކާރު ދުއްވައިލި އިރު، އެ ބޮލުގައި އަދިވެސް ވީ ސުވާލުމާކެއް އެޅިފައެވެ. “މިލާން ކައެ ހަމަތަ..؟” އަފާން އެހީ އަދިވެސް މިލާން ބުނި ބަސް ޤަބޫލު ނުކުރެވޭތީއެވެ. “އާނއެކޭ..” މިލާން އަދިވެސް އޮތީ އޮތް ގޮތަށެވެ. އެ އަޑުގައި އެއްވެސް އިޙުސާށެއް ނުވެއެވެ. އެ މޫނުމަތީގައި އެއްވެސް ދިރުމެއް ނުވެއެވެ. “ކައެ ސަމާސާ ކުރަނީ ދޯ..؟” އަފާން ދުޢާ ކުރަމުން ދިޔައީ އެކަން ދޮގަކަށް ވޭތޯއެވެ. “ނޫނޭ..” މިލާން ދެކޮޅު ހެދުމާއި އެކު އަފާންއަށް މިލާންގެ ލޮލުގެ ހިމަކޮޅުން ވެއްޓުނު ކަރުނަ ތިކި ނުފެނި ނުދިޔައެވެ. އެއާއެކު އަފާންއަށް މިލާން އެ ހަދަނީ ތެދުކަން ޔަޤީން ވިއެވެ. ގެއަށް ގޮސް އެ ވާހަކަ ދައްކަން ނިންމަމުން އަފާންވެސް އިތުރަށް ވާހަކައެއް ނުދައްކައެވެ.
ކޮޓަރިއަށް ވަން ގޮތަށް މިލާން އެނދުމައްޗަށް ވެއްޓިގަތެވެ. އުއްޑުން އޮށޮވެގެން އޮވެ، ނިތްކުރީގައި އަތް ހިންގައިލީ ބޮލަށް އަރާފައި ހުރި ތޫނު ތަދަކުންނެވެ. މިލާންގެ ފަހަތުން ވަން އަފާން މިލާންއަށް ފުން ނަޒަރެއް ދިނެވެ. މިލާންގެ ކައިރީގައި ދެފައި ވަށްކޮށްލައިގެން އަފާން އިށީނީ ވާހަކަ ފަށާނެ ގޮތެއް ނޭނގިފައެވެ. “މިލާން.. ކާކު ބްރޭކަޕްވީ..؟” ހުރިހާ ސުވާލެއް އެއްފަހަރާ ކުރުމުގެ ބަދަލުގައި އަފާން ދިޔައީ ވަކިވަކިން ކުރަމުންނެވެ. “އަހަރެން.. އައި ބްރޯކްއަޕް ވިތް ހަރ..” އެއްވެސް އަސަރެއް ނެތް ގޮތަކަށް މިލާން ބުނެލިއެވެ. “އެކަމް ކީއްވެ..؟” އަފާން އެއްސެވެ. “އަހަރެން ޔައިނާއާއި އެކީގައި އުޅެން ބޭނުން ނުވާތީ..” އަފާންގެ ހިތުގައި ޔައިނާއާއި ދޭތެރޭގައި ނަފްރަތު އުފެދެން ބޭނުން ނުވާތީ މިލާންހެދީ ދޮގެވެ. “މަށަށް އެނގޭ ތީ ދޮގެއްކަން.. ޔައިނާއާއި އެކީގައި އުޅެން ބޭނުން ނުވާ ނަމަ ކަލޭ އެކަން ކުރާނީ އިއްޔެއަކު މިއަދަކު ނޫނެއްނު.. ފަސް އަހަރު ވީއޭ ކަލޭމެން އެއްކޮށް އުޅޭތާ.. ދެން ކުއްލިއަކަށް ހުރެފަ ބްރޭކަޕް ވޭތަ..؟ މަށަށް ދޯ ފެންނާނީ ކަލޭ ޔައިނާއަށް ޕްރޮޕޯޒް ކުރަން ތައްޔާރުވި ވަރު..؟ ދެން ގޮއްސަ ޕްރޮޕޯޒް ކުރުމުގެ ބަދަލުގަ ބްރޭކަޕް ވީމަ އެވީ ކޯއްޗަކަށް..؟” އަފާން ހުރީ ހިސާބަކަށް ހިތްހަމަ ނުޖެހިފައެވެ. .”ދެން ހެވޭ.. މަ މި ބުނީނު މަށެއް ޔައިނާއާއި އެކީގައި އުޅޭކަށް ބޭނުމެއް ނޫނޭ..” މިލާން ބުނެލިއެވެ
ވާއު މިލާން.. ތީ މިލާންގެ ނިންމުން.. އެކަމް މަ ބުނަންތަ ވާހަކައެއް.. ކޮންމެ ގޮތެއް ވިޔަސް މިލާންއަށް ތި ގެއްލުނީ ރަންގަނޑެއް.. ޔައިނާހާ ރަނގަޅު ކުއްޖެއް މިލާންއަކަށް ދުވަހަކުވެސް ނުލިބޭނެ.. މިލާން ތިހެން ބުންޏަސް އަދިވެސް އަހަރެންގެ ހިތް ބުނަނީ މިލާންގެ ތި ނިންމުމުގެ ފަހަތުގައި ސަބަބެއް އޮންނާނެޔޭ..” އަފާން ބޭނުންވީ ކޮންމެ ގޮތެއް ހަދާފައި ވިޔަސް މިލާންގެ އަނގައިން ތެދު ބުނުވާށެވެ. “އަހަރެން މި ބުނީނު އަހަރެން އެގޮތަށް ކަންތައް ކުރީ ޔައިނާއާއި އެކީ އުޅެން ބޭނުން ނުވާތީއޭ..! އިޓް ވޯޒް ނޮޓް ވޯރކިން އައުޓް ބިޓްވީން އަސް އެނީމޯރ..! އެކަން އެންމެ ރަނގަޅަށްވެސް އެނގޭނީ އަފާންއަށް.. އެކުގައި ފަސްއަހަރު ވަންދެން އުޅެވިއްޖެޔޭ ކިޔާފަ ކީއްކުރަން ކޮންމެހެން ހީނަރުވަމުންދާ ގުޅުމެއްގަ ހިފަހައްޓަންވީ..؟! މިއީ މަވެސް އަދި ޔައިނާވެސް ބޭނުންވާ ގޮތް.. ޔައިނާ މިހާރު ދެރަވިޔަސް ފަހުން ހަމައަކަށް އެޅިދާނެ.. އަހަރެންގެ މި ނިންމުން އަފާންއަށް ކަމުނުދިޔަސް ކުރާނެ ކަމެއް ނެތް.. އަހަރެން މިގޮތަށް ނިންމައިފިން.. ދިސް އިޒް މައި ލައިފް، މައި ޑިޒިޝަންސް..!” މިފަހަރު އަފާންގެ އަނގަ ބަންދު ކޮށްލުމުގެ ގޮތުން މިލާން ބުނީ ބާރަށެވެ. މިލާންގެ ވާހަކައިން އަފާން ހުރީ ބުނަންވީ އެއްޗެއްވެސް ނޭނގިފައެވެ. “އެންމެ ރަނގަޅު.. ބަޓް މާރކް މައި ވޯރޑްސް މިލާން.. ޔޫ ވިލް ރިގްރެޓް ދިސް..” ހަމައެކަނި އެހެން ބުނެލުމަށްފަހު، އަފާން މިލާންގެ ކޮޓަރިން ނުކުމެގެން ދިޔައެވެ.
އަފާން ހަމަ ނުކުތުމާއި އެކުހެން މިލާން މިއޮށް ހުރިހާ އިރަކު ހިފަހައްޓައިގެން ހުރި ކަރުނަތައް އޭގެ މަޤާމު ދޫކޮށް ފައިބައިގަތެވެ. “ކީއްވެތަ..؟ ކީއްވެތަ އަހަންނަށް އަދިވެސް ޔައިނާއާއި ދޭތެރޭ މިވަރަށް މި ވިސްނެނީ..؟ ކީއްވެތަ..؟ އަފާންމެންވެސް ޔައިނާ ދެކެ ރުޅި އަންނަން ބޭނުން ނުވާތީ އަހަންނަށް މި ކަންތައް ކުރެވެނީ މިހެން.. އެކަމަކު މިއަދު އަފާންވެސް އެ ހުރީ އަހަރެން ދެކެ ރުޅި އައިސްފަ.. ކީއްވެތަ..؟ މިލާން.. ޔައިނާއަށް ހައްގު ވެގެން ވަނީ ހަމައެކަނި ކަލޭގެ ނަފްރަތު.. ހަމައެކަނި ނަފްރަތު.. އެކަން ހަނދާން ކުރޭ..” އަމިއްލަ ނަފްސަށް ވިސްނައިދޭން މަސައްކަތް ކުރަމުން ދިޔަ މިލާންގެ ހިތް ދިޔައީ އެކަމާއި ދެކޮޅު ހަދަމުންނެވެ. މި ވޭނުން އަރައިގަންނާނެ ގޮތެއް ނޭނގިފައި ހުރި މިލާން ފޯނު ނަގައި މީހަކަށް ގުޅައިިލީ މިވަގުތު މީހެއްގެ އަޅާލުމާއި އޯގާތެރިކަމަށް އެދި އެ ހިތް ގޮވަމުން ދާތީއެވެ.
“ހަލޯ.. ލައު..” ލައުރާ ފޯނު ނެގުމުން މިލާންއަށް ގޮވައިލެވުނެވެ. “ކީކޭ މިއްލު..؟ ޒާރާ ބުނި ރާއްޖެ އައިއްސިއޭ.. ޕްރްޕޯޒަލް ކިހިނެތް ވަނީ..؟” ލައުރާ އެއްސެވެ. އެއާއެކު މިލާންގެ ދެލޮލަށް އަނެއްކާވެސް ކަރުނަތައް ބޮނޑިވާން ފެށީ، އެ ހިތި ހަނދާންތައް އާވާން ފެށުމުންނެވެ. “ލައޫ.. ވީ ބްރޯކްއަޕް..” މަޑުމަޑުން މިލާން ބުނެލިއެވެ. އެއާއެކު، އެފަރާތުން އެއްޗެއް ވެއްޓުނު އަޑެއް ކަހަލަ އަޑެއް އިވުނެވެ. “ވަޓް..؟ ޔޫ ސީރިޔަސް..؟” ވެއްޓނު ފައިލް ނަގަމުން ލައުރާ އެއްސެވެ. “ހޫމްމް..”މިލާންގެ ލޮލުން ދިޔައީ ކަރުނައަކަށްފަހު ކަރުނައެއް ފައިބަމުންނެވެ. “ވައި..؟ އެހާ ދުވަސް ފަހުން..؟ ކީއްވެ ކުއްލިއަކަށް..؟” ލައުރާގެ އަޑުގައި ވީ ހާސްކަމެވެ. “ޝީ.. ޝީ ޗީޓެޑް އޮން މީ ލައޫ.. އެހާ ގިނަ ދުވަހަށްފަހު..” އެހާ ހިސާބަށް ބުނެވުނުތަނާހެން މިލާންގެ ބަޑި ފަޅައިގެން ދިޔައެވެ. “ވަޓް.. ނޯވޭ.. އާރ ޔޫ ޝުއަރ..؟ ދެއަރ މަސްޓް ބީ ސަމް މިސްއަންޑަރސްޓޭންޑިންގްސް..” ލައުރާއަކަށް ޤަބޫލެއް ނުކުރެވުނެވެ. “ލައޫ އަހަންނަށްވެސް ޤަބޫލު ކުރަން އުނދަގުލޭ.. އެކަމަކު އަހަރެންގެ މި ދެލޮޮލުންނޭ ދެކުނީ އެދެމީހުން… އެދެމީހުން… އެކީ ތިބި ތަން..” ފެނުނު މަންޒަރު ފެނުނު ގޮތަށް ބުނެގެން ޔައިނާގެ އަގު އިތުރަށް ވައްޓާލަން ބޭނުން ނުވާތީ، މިލާން ބުނެލީ ހަމައެކަނި އެހެންނެވެ. “މިއްލޫ.. ލިސެން.. އަހަރެން އެބަ ދަން އިނގޭ މާލެއަށް.. މާދަމާ ފަތިހު އަހަރެން ހުންނާނަން މާލޭގަ.. ހަމަ މިހާރު މިވަގުތު އަހަރެން އެބަ ބަލަން ފުރޭނެ ގޮތެއް ހޯދޭތޯ..” ލައުރާ ބުނެލިއެވެ. “އެކަމް އޭރުން ލައުގެ ވޯރކްއޯ..؟ މީ ވަރަށް މުހިއްމު ޑީލްއެއްނު..” މިލާން ހާސްވީ ލައުރާގެ މަސައްކަތާއި ދޭތެރޭގައެވެ. “ކޮން ޑީލްއެއްތަ މަށަށް މުހިއްމު ނޫނީ..؟ ހުރިހާ ޑީލްތަކެއްވެސް މުހިއްމެއްނު.. ފިޔުޗަރގަވެސް މިކަހަލަ ޑީލްތައް ލިބިދާނު.. އެކަމް މިވަގުތު އަހަންނަށް މުހިއްމީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާގެ ކައިރީގަ ހުރުން..” ލައުރާގެ އަޑުގައިވީ އޯގާތެރިކަމެވެ. އަޅާލުމާއި، ހިތްހެޔޮ ކަމެވެ. ދެރައީ، އެ އަޑުގައިވާ ލޯބި، މިލާންއަށް ފާހަގަ ނުކުރެވޭތީއެވެ. “ތެންކްސް ލައު.. ލައު ނެތް ނަމަ އަހަރެން ކިހިނެތް ހަދާނީ..” މިލާންއަށް އެތައް ފަހަރަކު ލައުރާއަށް ޝުކުރު އަދާކުރެވުނެވެ. “ޝްޝް.. ތިހެން ނުބުނޭ.. އިރާދަކުރެއްވިއްޔާ އަހަރެން އަބަދުވެސް ހުންނާނީ މިއްލުގެ ކައިރީގަ އިނގޭ.. އޯކޭ އިހަށް ބާއްވަނީއޭ.. ބާއި.. ޓޭކް ކެއަރ..” ލައުރާ ފޯނު ކުރުކޮށްލުމުން މިލާން ގޮސް ވަނީ ފާޚާނާއަށެވެ. ދަތުރު ވަރުބަލިވެފައި ހުރުމުން ކުޑަކޮށް ތާޒާވެލަން މިލާން ބޭނުން ވިއެވެ.
*** ** ***
ފޯނު ކަނޑައިލި ގޮތަށް ލައުރާ އަވަސްވެގަތީ ވީހާވެސް އަވަހަކަށް މާލެ ދެވޭނެ ގޮތެއް ހޯދުމަށެވެ. އެގޮތުން އޭނާގެ ޕީއޭ ޝާހާއަށް ގުޅުމަށްފަހު، ވަރަށް އަވަހަށް އޭނާ ހުރި ކޮޓަރިއަށް އައިސްދިނުމަށް އެދުނެވެ. ދެތިން މިނެޓު ތެރޭގައި ޝާހާ އައި އިރު ލައުރާ ހުރީ ދަބަސް ޕެކް ކުރާށެވެ.
“ޝާހާ.. ވީ ނީޑް ޓު ގޯ.. މާދަމާ ފަތިހު ފަހެއް ޖަހާ އިރަށް އަހަރެމެން ފުރާނަން.. ރެޑީވޭ..” ލައުރާގެ ވާހަކައިން ޝާހާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. “މޭމް.. އޭރުން މި ޑީލްއޯ..؟ މިއީ އަޅުގަނޑުމެންގެ ކޮމްޕެނީއަށް މިހާތަނަށް ލިބުނު އެންމެ ބޮޑު އެއް ޑީލް.. އެންމެ ބޮޑު އަގެއް ލިބި، ސްޕޮންސަރވެސް ލިބުން އެކަށީގެން ވަނީ މި ޑީލްއިން.. މި ޑީލްގެ ސަބަބުން އަޅުގަނޑުމެންގެ ކޮމްޕެނީ އެތައް ގޮތަކުން ކުރިއަރާނެ..” ޝާހާ ހުރީ ހައިރާންވެފައެވެ. “އަހަންނަށްވެސް އެނގޭ ތި ހުރިހާ ކަމެއް.. އެކަމަކު މި ޑީލްއަށްވުރެ މާ މުހިއްމު ކަމެއް އަހަންނަށް އެބަ އޮތް.. ކްލައިންޓުންނަށް އަންގާ އަހަރެމެން މި ޑީލް ދޫކޮށްލާ ވާހަކަ..” ލައުރާގެ ވާހަކައިން ޝާހާ ހުރީ ހަމަ ރަނގަޅަށްވެސް ބުނާނެ އެއްޗެއް ނޭނގިފައެވެ. “އެކަމަކު މޭމް.. ވެޑިން މިހާ ކައިރިވެފަ އޮއްވާ އެމީހުން ދެން ކިހިނެތްތޯ އިތުރު ޕްލޭނަރސް ހޯދާނީ..؟ ތިގޮތަށް ކަންތައް ކުރީމަ ކޮމްޕެނީއަށްވެސް އެ ލިބެނީ ވަރަށް ބޮޑު ލޮސްއެއް.. އަނެއްކާ އެމީހުންވެސް ކިހާ ރުޅި އަންނާނެތޯ ފަހު ވަގުތު އަޅުގަނޑުމެން އިންކާރު ކުރީމަ..” ޝާހާ ބެލީ ލައުރާގެ ވިސްނުން އަނބުރައިލެވޭތޯއެވެ. “ލުކް ޝާހާ.. ދިސް އިޒް މައި ކޮމްޕެނީ.. ކަންތައް ކުރަން ޖެހޭނެ ގޮތް އެނގޭނީ އަހަންނަށް.. އަހަރެންގެވެސް ޕަރސަނަލް ލައިފެއް އޮވޭ.. ސޯ ޕްލީޒް.. އަހަރެން މި ބުނި ގޮތަށް ކަންތައް ކުރޭ..” ހާސްވެފައި ހުރުމުގެ ސަބަބުން ލައުރާއަށް ވާހަކަވެސް ދެއްކުނީ ފުދޭވަރަށް ހަރުކަށިކޮށެވެ. އެކަމާ އޭނަ ދެރަވެސް ވިއެވެ. އޭނައަކީ ދުވަހަކުވެސް އެކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި މިގޮތަށް މުޚާތަބު ކުރާ ބައެއް ނޫނެވެ. ނަމަވެސް، މިއަދު، މާ ބޮޑު ހާސްކަމެއްގެ ތެރޭގައި ހުރުމުން އެގޮތަށް ކަންތައް ކުރެވުނީއެވެ.
“ލުކް ޝާހާ.. އައިމް ވެރީ ސޮރީ.. އެކަމް މިވަގުތު އަހަރެން ވަރަށް ލޯބިވާ ފަރާތަކަށް އަހަރެން ބޭނުންވޭ.. އަހަރެންގެ މަސައްކަތަށްވުރެ އެ ފަރާތް އަހަންނަށް މާ މުހިއްމު..” ލައުރާގެ ވާހަކައަށް ޝާހާ ހަމައެކަނި ބޯ ޖަހައިލީއެވެ. ދެން ދިޔަޔަސް އެންމެ ރަނގަޅު ކަމުގައި ލައުރާ ބުނުމުން ޝާހާ އެ ކޮޓަރިން ނުކުތެވެ. “މީ މޭމް ދުވަހަކުވެސް ކުރި ކަމެއް ނޫން.. ދެން މިއަދު ކީއްވެބާ…؟” ޝާހާއަށް އަމިއްލަ ހިތާއި ސުވާލު ކުރެވުނީ މިއީ ލައުރާގެ ފަރާތުން މިފަދަ ޢަަމަލެއް ފެނުނު ފުރަތަމަ ފަހަރު ކަމަށް ވީތީއެވެ. ލައުރާ އޭނާގެ މަސައްކަތަށް ސަމާލުކަންދޭ ވަު އެންމެ ގާތުން ފެނިފައި ހުރި މީހަކަށް ޝާހާ ވާނެއެވެ. ކިތަންމެ ކުޑަ ކަމެއް ވިޔަސް، ލައުރާ ހީވާނީ ހާސްވެގެން އެހެން ފަދަ ކަމެއް ހެންނެވެ. އެއްފަހަރު ޑީލްއެއް ގެއްލުމުން ލައުރާ އެކަމާއި ދެރަވެފައި ހުރި ވަރުވެސް ފެންނާނީ ހަމަ ޝާހާއަށެވެ. ނަަވެސް މިއަދު، ލައުރާ އެ ވަނީ މިހާތަނަށް ކޮމްޕެނީއަށް ލިބުނު އެންމެ މުހިއްމު ޑީލް ދޫކޮށްލާފައެވެ. ހައިރާން ނުވާނީ ކާކު ހެއްޔެވެ؟ ކޮންމެއަކަސް، ލައުރާ އެ ބުނާ ލޯބިވާ ފަރާތް ވާނީ ހާދަ ޚާއްސަ ފަރާތަކަށޭ ޝާހާގެ ހިތަށް އެރިއެވެ.
*** ** ***
“ވާޓްޓްޓް؟!!!” އަފާން ބުނި ވާހަކައިން ޒާރާއަށް ގާތްގަނޑަކަށް ހަޅޭލަވައިގަނެވުނީއެވެ. “ޝްޝްޝް.. މަޑުން.. އެންމެން އެއްކުރަންތަ ތި އުޅެނީ..” ޝަހާދަތް އިނގި ތުންފަތުގައި ޖައްސައިލަމުން އަފާން ޒާރާ ކައިރި އަޑު މަޑު ކުރުމަށް ބުންޏެވެ. އެދެމީހުން މިވަގުތު ތިބީ އަފާންގެ އޮފީހުގައެވެ. މިއަދަކީ އަފާން ވަޒީފާއަށް ނުކުތް ފުރަތަމަ ދުވަހެވެ. އެންމެ ފުރަތަމަވެސް، އަފާން ޒާރާގެ ޑިޔުޓީ އޮތް ވަގުތު ބަލާ. އެގަޑިއަށް ތައްޔާރު ވިއެވެ. ޒާރާ ހޮސްޕިޓަލަށް ވަންނަންވާ އިރަށް އަފާން އެތަނުގައި ހުއްޓެވެ. ވަރަށް މުހިއްމު ވާހަކައެއް ބުނަން އެބައޮތް ކަމުގައި ބުނަމުން އަފާން ޒާރާ ގޮވައިގެން ދިޔައީ އޭނާގެ އޮފީހަށެވެ.
“ހަމަ އަސްލަށްވެސް..؟” ޒާރާއަށް ހުރީ ޤަބޫލުވެސް ނުކުރެވިފައެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ އެހާ ގިނަ ދުވަހު އެކީގައި އުޅުނު ދެމީހުން ކައިވެންޏާއި ހިސާބަށް ދާން ވިސްނާފައި، ކުއްލިއަކަށް ވަކިވުމުން ސުވާލު އުފެދޭނެ ނޫން ހެއްޔެވެ؟ “އާއެކޭ.. މިލާން ބުނީ ހަމަ އެހެން..” އަފާން ޔަޤީންކަން ދިނެވެ. “އެކަމް އެއީ ކީއްވެތަ..؟ ކާކުތަ ޔައިއާ އެއްކޮށް އުޅެން ބޭނުން ނުވާނީ..؟ މިލާން ކީކޭ ހިތަށް އަރައިގެންތަ އެ އުޅެނީ..؟ އޭނނ..؟” ޒާރާއަށް ރުޅި އާދެވުނީ މިލާން ދެކެއެވެ. “ޒާރާ ޒާރާ ޒާރާ.. ޝްޝް.. ތަންކޮޅެއް މަޑުން.. ތި ރުޅި މަޑުކޮށްބަލަ..” އަފާން ބުނެލިއެވެ. “ކިހިނެތްތަ ރުޅި މަޑު ކުރާނީ.. މިލާން އެ ކަންތައް ކުރި ގޮތުންވެސް މީހަކަށް ރުޅި ނައިސް ހުރެވޭނެތަ..؟” ޒާރާ ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ. “ހަމަ ވެދާނު މިލާންއަށްވެސް ކޮންމެސް ކަމެއް ވެގެން ކަމަށް އެގޮތަށް ކަންތައް ކުރަން ޖެހުނީ.. ދެން އަހަރުންނަށް އޮތް ގޮތަކީ އެދެމީހުންނަށް ސަޕޯޓު ކުރުން..” އަފާން ބެލީ ޒާރާއަށް ވިސްނައިދެވޭތޯއެވެ. “އެހެންވެ ދޯ ޔައި މަ ގުޅިމަ އެ ފޯނު ނުނަގަނީ.. ޕިސް ޕިސް.. ރޭއްސުރެ މަ މި ގުޅަނީ ޔައި ފޯނު ނަގާތޯ..” ޒާރާ ބުނެލިއެވެ. “ވެދާނެ އެއްނު ޔައިއަށް ޓައިމް ބޭނުންވަނީ ކަމަށް.. ޒާރާއަށްވެސް އެނގޭނެ ޔައިއަކީ ކުޑަ އިރުވެސް ކަންތައްތަކާއި ދެރަވީމަ އެކަނިވާން ބޭނުންވާ ކުއްޖެއްކަން.. އިހަށް ހިނގާ ޔައިއަށްވެސް މިލާންއަށްވެސް ޓައިމްކޮޅެއް ދެމާ..” އަފާންގެ ބުނުމަށް ތާއީދު ކުރުމުގެ ގޮތުން ޒާރާ ބޯ ޖަހައިލީއެވެ. އެއަށްފަހު، ދައްކާނެ ވާހަކައެއް ނޭނގި ދެމީހުންނަށްވެސް ތިބެވުނެވެ.
“އަމްމް.. އަހަރެން ދަނީ އިނގޭ.. ޑިޔުޓީ ގަޑި މީ..” ޒާރާ ހިނގައިގަތީ އެތަނުން ނުކުތުމަށެވެ. ނަމަވެސް، އެކަން ކާމިޔާބު ނުވީ އަފާން އައިސް، އޭނާގެ އަތުގައި ހިފައި، އަފާންއާއި ވީ ފަރާތަށް އަނބުރައިލުމުންނެވެ. “އަ.. އަފާން..” ސިހިފައި، ޒާރާއަށް އަފާންއަށް ގޮވައިލެވުނެވެ. “ގައިމު އަހަރެންގެ ބައްޕައާ ވާހަކަ ދައްކާ އިރު ސަރ އަޅުގަނޑު ނޫން ގޮތަކަށް ޒާރާއަކަށް ވާހަކައެއް ނުދެއްކޭ.. އެކަމް މަށާ ވާހަކަ ދައްކާ އިރު ތި ހުންނަ ގޮތް ދޯ..” ދެޖީބަށް އަތް ޖަހައިލައިގެން ހުރެ، އަފާން ދިޔައީ ފިޔަވަޅަކަށްފަހު ފިޔަވަޅެއް ޒާރާއާއި ގާތަށް އަޅަމުންނެވެ. އަފާން ކުރިއަށް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކާއި އެކީ ޒާރާވެސް ދިޔައީ ފަހަތަށް ފިޔަވަޅެއް އަޅަމުންނެވެ. “ސޮ.. ސޮރީ..” ޒާރާގެ އަނގައިން ނުކުތީ ހަމައެކަނި އެ ބަހެވެ.
ފަހަތަށް ފިޔަވަޅު އަޅަމުން ގޮސް ޒާރާ އެންމެ ފަހުން ތަތްވީ ދޮރުގައެވެ. ވަގުތުން އަފާން ޒާރާއަށް ނުދެވޭނެހެން ދެފަރާތުގައި އަތް އަޅުވާލާފައި ޒާރާއާއި ހަތަރު ކަޅި ހަމަ ކުރިއެވެ. އެވަގުތު ޒާރާގެ ފުން ދެލޮލަށް ބަލަހައްޓައިގެން ހުރި އަފާންގެ ނަޒަރު ދަތުރު ކުރީ އެ މަޑު ފިޔާތޮށި ކުލައިގެ ތުނި ތުންފަތަށެވެ. ވަގުތުން އަފާންގެ ޙިއްސުތައް ގަނޑުވި ކަހަލައެވެ. “އަފާން..” އަފާން ބަލަމުން ދިޔަ ގޮތުން މުޅި މީހާ އެކީ ފިނިވެފައި ހުރެ ޒާރާ ގޮވައިލި އިރު، އެ އަޑުގައި ވި ތުރުތުރުލުން އަފާންއަށްވެސް ފާހަގަ ވިއެވެ. “ޝްޝްޝް..” ހަމަ އެ ހުރި ގޮތަށް ޒާރާގެ ތުންފަތުން ނަޒަރުވެސް ވަކިކޮށްނުލައި ހުރެ، އަފާން ބުނެލީ ހަމައެކަނި އެހެންނެވެ. އަފާންގެ އަޑާއި، މޫނުމަތީގެ އަސަރުތައް ހުރި ގޮތުން ޒާރާއަށް އިތުރަށް އެއްޗެއް ބުނާކަށްވެސް ނުކެރުނެވެ. އޭނާއަށްވެސް އެންމެ ފަހުން އަފާންގެ ދެލޮލުގެ ތެރެއަށް ފީނައިގަނެވުނީއެވެ. “ހަނދާންވޭތަ ޒާރާ އަހަރެންގެ ގައިގަ ޖެހުނު ދުވަސް..؟ އެ ދުވަހު އަހަރެން ބުނީމެއްނު އަހަރެން ކޮއްޕާލި ކަމަށްޓަކައި އަދަބު އޮންނާނޭ..” އިތުރަށް ކެތް ނުވުމުން އަފާން އޭނާގެ މޫނު އިހަށްވުރެވެސް ޒާރާއާއި ކައިރި ކޮށްލީ ކޮންމެ ގޮތެއް ވިޔަސް ހެޔޮ ކަމަށް ނިންމާފައެވެ. އަފާންގެ ތުންފަތުގެ އިޙުސާސް ކުރެވުމުން ޒާރާގެ ޙިއްސުތައް އެކީ ގަނޑުވި ކަހަލައެވެ. ވަގުތުން ދެލޯ ބޮޑުކޮށްލެވުނު އިރު، މުޅި ހަށިގަނޑު އެކީ ފިނިވެގެން ދިޔަ ކަހަލަ އިޙުސާސެއް ކުރެވުނެވެ. ނަމަވެސް، އަފާން ދުރަށް ޖައްސައިލެވޭނެހާ ވަރުވެސް ޒާރާގެ ގައިގައި ނެތް ފަދައެވެ. އެއަށްވުރެ ބޮޑަށް ޒާރާގެ ހިތް އަފާންގެ އެ ގާތްކަމަށް އެދެމުން ދިޔައެވެ. ދެލޯ މަރައިލަމުން ޒާރާއަށްވެސް އަފާންގެ އެ ޢަމަލުގައި ފުރިހަމައަށް ބައިވެރި ވެވުނު އިރު، އަފާން ލައިގެން ހުރި ރަތް ކުލައިގެ ގަމީސް ދެ އަތަށް ބޮނޑިކޮށްލެވުނެވެ.
އެގޮތުގައި ދެމީހުންނަށްވެސް އިރުކޮޅަކު ތިބެވުނެވެ. ނަމަވސް، ކުއްލިއަކަށް ޒާރާއަށް ހަމަބިމަށް އާދެވުނީ އޭނާގެ ފޯނު ރިންގުވާން ފެށުމުންނެވެ. ތިބެވުނު ގޮތް އިޙުސާސް ކުރެވުމާއި އެކު، ޒާރާއަށް ދެއަތުން އަފާންގެ މޭގައި އަޅާ، ކޮއްޕައިލެވުނެވެ. އެއަށްފަހު، އަފާންއަށް ބަލައިލުމެއްވެސް ނެތި ޒާރާ ނުކުމެގެން ދިޔައީ މިވަގުތު އަފާންއާއި ހަތަރުކަޅި ހަމަކޮށްލާނެހާ ހިތްވަރެއްވެސް ނެތީމައެވެ.
ޒާރާ ނުކުމެގެން ދިޔަ އިރުވެސް، އަފާންއަށް ހުރެވުނީ ހުރި ގޮތަށް ހުއްޓުން އަރާފައެވެ. ދެންމެގައި އެވީ ކިހިނެތް ބާވައޭ އަފާންގެ ހިތަށް އަރަމުން ދިޔައެވެ. އެއާއެކު، އަފާންއަށް އޭނާގެ ތުންފަތުގައި އަތް ޖައްސައިލެވުނެވެ. “މައި ފަރސްޓް…” ވަގުތުން އަފާންގެ މޫނު ރަތްވެގެން ދިޔަ އިރު، އަތް މުއްކުވާފައި، ފާރުގައި ޖެހުނެވެ. “އާހްގްގް..” އަފާންއަށް އަމިއްލަ ނަފްސު ދެކެ ރުޅި އާދެވުނީ އެފަދަ ގޮތަކަށް އެކަން ކުރެވުމުންނެވެ. މި ދެތިން ދުވަހު އޭނާއާއި ޒާރާގެ ގުޅުން ކުރިއަށްވުރެ ރަނގަޅުވެފައިވީ އިރު، ދެންމެ މި ކުރެވުނު ކަމަކުން އަނެއްކާވެސް ދެމީހުންގެ މެދުގައި ބޯމިން ނޭނގޭ ފާރެއް ލެވިދާނެކަމުގެ ބިރު ހީވާން ފެށިއެވެ. “އެކަމަކު ޒާރާވެސް… އެހެންވީމަ…” ޒާރާގެ ފަރާތުން ނުރުހުމުގެ ކުޑަވެސް ޢިޝާރާތެއް ނުވުމުން އަފާންއަށް ވިސްނައިލެވުނެވެ. އެއާއެކު، ސިކުނޑިއަށް ވެރިވި ޚިޔާލަކުން އެ ތުންފަތުގައި ހިނިތުންވުމެއް ކުޅެލި ނަމަވެސް، ދެވަނަ ސިކުންތުގައި އެ ހިނިތުންވުން ފޭދުނީ ޒާރާ އޭނާ ކޮއްޕާލި ގޮތް ހަނދާން ވުމުންނެވެ. “އާހްގްގް އަޅޭ ކޮންކަހަލަ ކުއްޖެއްތަ ޒާރާ އެއީ..؟ ދުވަހަކުވެސް އަރާ އެއް ގަލަކު މަޑުވެގެންނެއް ނުހުންނާނެ.. އަބަދުވެސް އަހަރެން ޖެހޭނީ ވިސްނުން ބަދަލު ކުރަން.. ޒާރާވެސް ބޭނުންވަންޏާ ކިޔާ އެކައްޗެއް ކިޔަންވީނު.. އެއްފަހަރު އައިސް އަހަންނާ ބައިވެރި ވެލާފަ ދެވަނަ ފަހަރަށް އަަރެން ދުރަށް ކޮއްޕައިލީމަޔޯ..؟” ޒާރާގެ ޢަމަލުތަކުން ނަގަންވީ މާނައެއް ނޭނގިފައި ހުރެ، އަފާން ދިޔައީ ކުދި ކިޔަމުންނެވެ. “ވަޓްއެވަރ.. އައިލް ޖަސްޓް އެޕޮލޮޖައިޒް ލޭޓަރ..” ފަހުން ޒާރާ ކުރެން މަޢާފަށް އެދުމަށް ނިންމަމުން އަފާން ބެލީ މިވަގުތު ކުރަން ހުރި މަސައްކަތްތަކަށް ސަމާލުކަން ދެވޭތޯއެވެ.
*** ** ***
ލިފްޓުން ފޭބުމަށްފަހު، ޒާރާ ގޮސް ވަނީ ސްޓާފުންނަށް ޚާއްސަ ކުރެވިފައިވީ ވޮޝްރޫމަށެވެ. ދޮރުގައި ލެނގިލުމަށްފަހު ޒާރާއަށް ފުންކޮށް ދެތިން ނޭވާ ދޫކޮށްލެވުނެވެ. އަނެއްކާވެސް، ދެންމެގައި އަފާންއާއި އެކީ ހޭދަވީ ވަގުތުކޮޅު ހިތަށް ސިފަވުމުން ތުންފަތުގައި އަތް ޖައްސައިލެވުނީ އިޚްތިޔާރަކާ ނުލައެވެ. “އާހްގްގް.. ޒާރާ މޮޔަވީތަ..؟” އަފާންގެ އެ ޢަަލުގައި ބައިވެރި ވެވުނު ގޮތް ހިތަށް އަރުވައިލެވުމުން ޒާރާ ގާތަށް ރުޅި އާދެވުނެވެ. ދެން އަފާން ހީކުރާނެ އެއްޗެއްވެސް ނޭނގެއެވެ. މުޅި މޫނުގައި އަތް ހިންގައިލެވުނީ ވާންވީ އުފާކަމެއް، އަންނަންވީ ރުޅި ކަމެއް ނޭނގިފައެވެ. “އަޅޭ އަހަންނަށް ކިހިނެތްތަ މި ވަނީ..؟!! ދެއަށް މުއްކަވާލަމުން ޒާރާ ބުނެލީ އަމިއްލަ ނަފްސަށް އަޑުލަމުންނެވެ.
*** ** ***
“ލައު.. އަހަރެން ދެން ކިހިނެއް ހަދާނީ..؟” ލައުރާގެ ކޮނޑުގައި ބޯ އަޅާލައިގެން އޮވެ މިލާން ޝަކުވާކުރަމުން ދިޔައީ ކުޑަ ކުއްޖެއް ފަދައިންނެވެ. “ފަސް އަހަރު… ފަސް އަހަރު ދުވަސް.. މި ފަސް އަހަރު ދުވަހު ވެ ނިމިދިޔަ ހުރިހާ ކަންތައްތަކަކީ އިނާއަށް އެއްވެސް އެއްޗެއް ނޫން ދޯ..” މިލާންގެ ވާހަކަތަކުން ލައުރާގެ ހިތަށް ދިޔައީ އިންތިހާއަށް ތަދުވަމުންނެވެ. ކުޑަ އިރުއްސުރެ އޭނާ އެންމެ ލޯބިވީ ފަރާތް މި ޙާލުގައި ވާތަން ބަލަން ކެތްވާނީ ކިހިނެއް ހެއްޔެވެ؟ އޭނާ މިލާން ދެކެ ލޯބިވެއެވެ. ވަރަށް ބޮޑަށެވެ. މިލާންއާއި ޔައިނާގެ ގުޅުމުން އޭނާގެ ހިތް ކުދިކުދިވީ ނަމަވެސް، އޭނާ ކެތް ކުރިއެވެ. ލޯބިވާ މިލާނަށްޓަކައެވެ. އޭގެ ފަހުން ފަސް އަހަރު ވަންދެންވެސް އޭނާ މިލާންގެ އެންމެ ގާތް އެކުވެރިޔާގެ މަޤާމުގައި އެ ހުރީ ދެގޮތެއް ނުވެއެވެ. މިލާން ދެކެ ކިތަންމެ ލޯބިވީ ނަމަވެސް، އެ ލޯބި ވަޅުލާ، ކަފުން ކޮށްގެންނެވެ. “މިއްލޫ.. އިޓްސް އޯކޭ.. ޕްލީޒް.. ރުއިން ހުއްޓާލަބަލަ.. މިއްލުއަށް ދެން އޮތީ ޔައިގެ މަތިން ހަނދާން ނައްތާލުން އެކަނި.. އޭގެ ބަދަލުގަ މިއްލު ދެކެ ޙަޤީޤީ ލޯބިވާ މީހަކާ ގުޅުން.. ޓްރައި ޓު މޫވް އޮން..” ލައުރާ މިލާންގެ ބުރަކަށީގައި ފިރުމައިލިއެވެ. “ނޫން.. ޔައިނާއަކީ އަހަރެންގެ ފުރަތަމަ ލޯބި.. އަހަރެން ހަމަ އެކަނި ލޯބިވި ފަރާތް.. އެ ނޫން އެހެން މީހެއް ދެކެ އަހަންނަށް ދުވަހަކުވެސް ލޯތްބެއް ނުވެވޭނެ.. ދުވަހަކުވެސް ނުވެވޭނެ..” މިލާންގެ އެ ޖުމުލައިން ލައުރާގެ ހިތުގައި ހީވީ މީހަކު ވަޅި އަޅައި ކޮށައިލި ހެންނެވެ. އެހާވެސް ތަދުވިއެވެ.
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.







OMG!!!!!! 🤭🤭afaaan and zaaraa woahhhh 😆blush vehje☺️😳but sooo damn cuteee😍 naayuu I hadhaan v anekaku mathin🤣🤣😌😳
Anyway the stry is amajin Hama beautiful❤️
Alheyy yainaa and milaan ge breakup dhww🥺😔 I wonder what will happen next soo curious🧐😆😁
Waitting for the next❤️
Miss uuuuuuu🥺❤️
Take care ❤️
In reply to @YEOJA
Ahahaha nayoo vs liyan in iru blush vey😆😆😆.. Lol
Hmm hmm ingey ingey dhn enoon meehaku mathin ril sis handhaan nuvaanekan😉😂😂
Aww tysm sisyy 🖤🖤🖤..
Yeah it’s so sad dhw.. Insha Allah rangalhu vaane adhi 🖤..
Insha Allah maa lasthakeh nuve next episode kiyaalan libidhaane 🖤..
Alheyy miss u moreeeee 🖤🖤🖤.. Hama bxy kamun msg kuraane vaguthu vs nuvany aslu.. Ingey sis vs hama ehaa bxy vaabekan..grd 9 ah ai fahun my mind is literally blasting lol😂
Will do.. U also take care darling 🖤🖤🖤
Hey nayaa vrh reethi ingey mi story, same grad 9 ah ai fahun busy veema vhk kiyaalaafa comment ehves nukurevey, ekam kiyan regular koh, lots of Love :-)
In reply to @Rain lover
Heyy.. Thankiu vrh bodah inge🖤.. Yeah Asluvx 9 ah ai fahun vrh bxy.. Extra classes feshi fahun adhi maa bxy.. Anekkolhun extra curriculum activities vs evarah ovey.. Filaavalhu thah ninmaafa hus vagutheh vejjeyyaa abadhu ulhen jeheny past papers hadhan.. Mivarun kihineh ehn kamakah vaguthu hoadhaany.. Hehe.. Once again thank you dear.. Really appreciate your love and support 🖤