Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އުމުރަށް އެކުގައި 3

Evelyn Level 1
September 11, 2022 5 Mins Read
0 Comments

*”ދޮންބެ.. ފޯނުނަގާބަލަ” “ކީތް ވި” މައިރާ ފަހަތުން އައި ޝިއާ ސުވާލުކޮށްލިއެވެ. ދޮންބެ ފޯނެއް ނުނެގި” މައިރާ މިހެން ބުނީ ވަރަށް މާޔޫސްވެފައެވެ. އެއީ އޭނާ ހިނގާފައި ގެއައްދާން ޖެހޭތީއެވެ.”ލިފްޓެއް ބޭނުން ތަ” ދުރުން އިވުނު ފިރިހެން އަޑުން މައިރާ އިސްޖަހާލިއެވެ.  އެމީހަކާއި އެކު ކިތަންމެ މަދު ވަގުތެއް ހޭދަވިޔަސް މައިރާއަށް އެ އަޑެއް ނޯޅޭނެއެވެ.*

 

އެ އަޑަކީ ޝައިލް ނޫން އިތުރު މީހެއްގެ އަޑެއް ނޫނެވެ.” ދޮންބެ ދޭބަ މައިރާ ގެއަށް ލައިދޭން” ޝިއާ އެހެން ބުނެލާފައި އެތެރެއަށް ވަނެވެ.”އާދެ އަރަން” ޝައިލް ގޮސް ސައިކަލު ކައިރީ މަޑުކުރަން ބުނެފައި ޝައިލް ސައިކަލަށް އަރާ ހަމަ ޖެހިލި އެވެ. މައިރާ ވެސް މަޑު ހިނގުމެއްގައި ގޮސް ޝައިލް ފަހަތައް އަރާ ހަމަ ޖެހިލި އެވެ.ޝައިލް މައިރާއާއި މާ ކައިރީގައި އިނުމުން މައިރާ އިނީ އަތް ފައި ފިނިވެފައެވެ. ދެ މީހުންގެވެސް ވިންދު އަވަސް ވެލިއެވެ. އެކަކަށް ވެސް ވާހަކަ ދައްކާކަށް ނުކެރުނެވެ. ނަމަވެސް ޝައިލްއިނީ ލޯގަނޑުގެ އެހީގައި މައިރާއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. މައިރާ ލަދުގަނެފައި އިންނައިރު ކިތަންމެހާވެސް ރީއްޗެވެ. ގެއާ ހަމައަށް ދެވެންދެން ވެސް އެއްވެސް މީހަކަށް އިސްނަގާ ވާހަކަ ދައްކާކަށް ނުކެރުނެވެ.” މާދަން ކިހާއިރަކު ދަނީ” މައިރާ ސައިކަލުން ފޭބުމުން ޝައިލް އިސްވެ ވާހަކަ ދެއްކި އެވެ.” އަށްގަޑި ބައިގަ ދަނީ” މައިރާ އިސްޖަހާލައިގެން ހުރެ ވާހަކަ ދެއްކި އެވެ. ބެލްކަނީގައި ހުރި މާއިން ދިޔައީ އެމީހުން ދައްކާ ވާހަކަ އަޑުއަހަމުން ނެވެ. “ނަމްބަރު ދެވިދާނެތަ” އަހަން ނާހާން ހުރެފައި ވެސް ޝައިލް އެހީ މައިރާ ނަމްބަރު ދޭނެ ކަމުގެ ޔަގީންކަން އޮތުމުންނެވެ. މައިރާ ޝައިލް އަށް ނަމްބަރު ދީފައި  މަޑުމަޑުން ހިނގާފައި ގޮސް ގެއަށް ވަދެ ދޮރު ލެއްޕިއެވެ. ނޭންގުމެއްގެތެރޭގައި މައިރާއަށް ހިނިތުންވެވުނެވެ.  މައިރާ ކޮޓަރއާއި ދިމާލަށް ހިނގައިގަން ވަގުތު ބެލްކަނީގައި ހުރި މާއިން ގޮވާލުމުން މައިރާ ފުރަތަމަ ގޮސް ވަނީ ބެލްކަންޏަށެވެ. މުޅި އެ ބެލްކަނީގައި ވެސް ވަނީ ޒާތްޒާތުގެ ގަސްތަކެވެ. އެތަނުގެ މެދުގައި ހުރި ވަށް މޭޒުގެ ދެ ފަރާތުގައި ދެ ގޮނޑި ޖަހާފައި ވާއިރު މާއިން އިނީ އެތަނުން އެއް ގޮނޑީގައި އިށީންދެގެންނެވެ.”ކޮން ބައެއް މިހާރު ދަނީ”މާއިން ސުވާލުކޮށްލުމުން މައިރާ ގޮސް އެތާހުރި އަނެއް ގޮނޑީގައި އިށީނެވެ.”އަހަރެން، ޝިއާ، ސަނާ، ދޮންބެ،ޝައިލް ދެން މާއިޝް” މައިރާ ވެސް ގޮނޑީގައި ހަމަޖެހިލައިގެން އިނދެ ވާހަކަ ދެއްކި އެވެ. “މާއިޝް؟” މާއިން އެއީ ކާކުތޯ ސުވާލު ކޮށްލިއެވެ. “އެއީ ޝިއާ ބީއެފް”މައިރާ އެހެން ބުނީ ވަރަށް ހަމަޖެހި ލައިގެން ހުރެއެވެ. “ދެން ޝައިލް ދަނީ ކީއްވެ؟ ޔަގީނޭ ދައިތަ ގަނޑު ކިއާ ވަރުން  އެ ސޮރު ފަކީރު ދަނީ.”” ދެން ދޮންބެ ވެސް ދޯ، އަހަރެން އަހާލީމަ ބުނީ ކީއްކުރާ ދަތުރެއް ހޭ، ދެން އަހަރެންވެސް ބުނީ ދޮންބެ ސަނާ ޕްރޮޕޯސް ކުރަންށޭ.” މައިރާ އެތާ ތިބެގެން ދެއްކި ވާހަކަ ތައް ކުރުކޮށް ކިޔައިދިނެވެ.”އެހެންވެ ދޯ ނަމްބަރު ދިނީ”މާއިން މައިރާ ލަދު ގަންނަވާ ލުމުގެ ނިޔަތުގައި ބުނެލިއެވެ.”ދޮންބެ ނުވާނެ ދޯ އަހަރެމެން ދެމީހުން ދައްކާ ވާހަކަތައް އަޑުއަހާކަށް، ހްމްމް ދެން މާދަން ފަތިހު އަށްގަޑި ބަޔަށް ރެޑީ ވާތި”މައިރާ އެހެން ބުނެލާފައި ހިނގައިގަތީ އެތަނުން ނުކުންނާށެވެ. މާއިން ކައިރިން ސަލާމަތްވުމަކީ މައިރާއަށް ވާނެ ކަމެއްނޫނެވެ.

ރޭގަނޑުގެ ކެއުމަށް އިންސާފު ކުރަން ކާ މޭޒުދޮށުގައި އެންމެން އިށީންދެގެން އިނެވެ. ހުރިހައި އެންމެންވެސް ކާން ފެށުމުން ޝިއާ ވެސް ކާންފެށިއެވެ.” މަންމާ އަޅުގަނޑުމެން މިއުޅެނީ މާދަމާ ރިސޯޓަކަށް ދާން، އެންމެ ރަނގަޅުތަ އަޅުގަނޑާ ދޮންބެއާ ދިޔަޔަސް” ޝިއާ ކާންފަށާފައި ސުވާލު ކުރީ ތައްޓަށް ބަތް އަޅަން ހުރި ޝަޒިއްޔާ އާއެވެ.” ދެ ކުދިން ނުތޮޅޭ މަތިން މަންމަ އަށް އެންމެ ރަނގަޅު ދިޔަޔަސް… އެއްތަން ވެއްޖިއްޔާ ދެ ކުދިންގެ ކަމަކީ ތޮޅުން ވިއްޔަ” ޝަޒިއްޔާ ކުސްތަޅާލިއެވެ. ކައިނިންމައިގެން ޝަޒިއްޔާ އާއި ޢަލީ ސޯފާގައި ޚަބަރު ބަލަން ތިބުމުން ޝައިލް އާއި ޝިއާ ދިޔައީ ބޭރު ހަޓުތެރެއަށެވެ. “ދޮންބެ ދީބަލަ ފޯނު މައިރާއަށް ގުޅަން،އަހަރެން ފޯނު ވި ކޮޓަރީގަ، ނުދެވޭނެ ބަލައެއް.” ޝިއާ ކަންނެތް ގޮތަކަށް ބެންޗުގައި އިށީންނަމުން ބުނެލިއެވެ.ޝައިލް ވެސް ބެންޗުގައި ހަމަޖެހިފައި ފޯނުނަގާ ޝިއާ އަތައް ދިނެވެ.”އޯހ ނޯ” ޝިއާ ހަޅޭއްލަވައި ގަތެވެ.” ކީއްވީ؟” ޝައިލް ހިތްހަމަ ނުޖެހިފައި ސުވާލުކުރީ ޝިއާ ހަޅޭއްލަވައި ގަތީމައެވެ.” މައިރާ ނަމްބަރު ހަނދާނެއް ނެތް، އެ ޖެހުނީ އަނެއްކާ ފޯނު ބަލާދާން” ޝިއާ މިފަހަރު ވާހަކަ ދެއްކީ ތަންކޮޅެއް މަޑުންނެވެ. ޝައިލް ހިންހަމަ ނުޖެހިފައި ހުރުމުން ޝިއާއަށް ބާރަށް ވާހަކަ ދައްކަން ނުކެރުނީއެވެ. އާންމުކޮށް ޝައިލްއަކީ ކުދި ކުދި ކަންކަމާ ރުޅިއައިސް އުޅޭ ކުއްޖެއް ނޫނެވެ. ނަމަވެސް ޝިއާ ބިރުގަންނުވަން ޝައިލް ރުޅި އަންނަ ކަމަށް ހެދުނީއެވެ. ” ޝިއާ ވެސް ދެން ތިވަރު ކުޑަކުޑަ ކަމަކަށް ތި ހަޅޭއްލަވަނީ، ތި ފޯނުގެ އިންނާނެ މައީ ނަމްބަރު” ޝައިލް ބުނެލީ ވަރަށް ހަމަޖެހިލައިގެންނެވެ.” ދޮންބެއަށް ކިހިނެއް މައީ ނަމްބަރު ލިބުނީ، އަނެއްކާ މައީއޭ ދޯ ކިޔަނީވެސް” ޝިއާ ވާހަކަ ދެއްކީ ލާނެއް ހިނިތުން ވުމަކާއެއްކޮށެވެ. “އަނެއްކާ ދޮންބެއާ މައިރާ ކަމަކީތަ، އާ ޔޫ އިން ލަވް ވިތް ހާ”މަޖާ ކުރަން ފަށާފައިވާ ސުވާލަކުން ނިންމާލީ ކުރިން ދުވަހު ރަސްފަންނުގައި ދެއްކި ވާހަކަތައް ހަނދާން ކުރަމުންނެވެ.”ކިކޭ؟”ޝައިލް ޝިއާއަށް ލޯ އަޅާލާފައި ސުވާލުކޮށްލިއެވެ.”މައީ ދެކެ ލައިކް ވޭހޭ” ޝިއާ ޝައިލް މޫނުމައްޗަށް އަރާ ކުލަވަރު ބަލަމުން ސުވާލު ތަކުރާރު ކޮށްލިއެވެ.”ތިހުރީ ޝިއާ ކުރާ ސުވާލު” ޝައިލް ކަޑަވެފައިވެސް ބުނެލި ހަމައެކަނި އެހެންނެވެ. “ދެން ބުނެބަލަ، އަހަރެން ނުބުނާނަމޭ މައީ ކައިރިއަކު” ޝިއާ ކުޑަކުއްޖެއްހެން ބޮޑާހާކާލިއެވެ.” އޯކޭ، އައި ލައިކް ހާ، ނޯ އައި ލަވް ހާ” ޝައިލް އެހެން ބުނީ ޝިއާ ދިމާކޮށްލާނެ ވަރު ހިތަށް އަރުވާލާފައެވެ.” އޯހހ، ސޯ މައި ފަހަރި އިޒް މައީ ދޯ” ޝިއާ އެހެން ބުނުމަށްފަހު ފޯނުން މައިރާއަށް ގުޅިއެވެ.

ނުދަންނަ ނަމްބަރަކުން ގުޅާތީ ފޯނު ނުނަގަން ހުރެފައި ވެސް މައިރާ ފޯނުނަގާ ކަންފަތުގައި ޖަހާފައި ހެލޯއޭ ބުނެލިއެވެ.

“ހެލޯ” މައިރާ ގެ ރީތި އަޑު ޝައިލްގެ ކަންފަތުގައި ޖެހުމުން ޝައިލް ކުއްލިއަކަށް ފޯނާ ދިމާލަށް ބަލައިލިއެވެ. ޝިއާ އިނީ ފޯނު ސްޕީކަރަށް ލައިގެންނެވެ.”ހޭ މައީ މީ ޝިއާ އިނގޭ”ޝައިލް އިނީ ދެމީހުން ދައްކާ ވާހަކަ އަޑުއަހާށެވެ. ހަގީގަތުގައި ޝައިލް ބޭނުންވީ މައިރާގެ ރީތި އަޑު އަހާށެވެ. ” ޝިއާ ތީ ކޮން ނަންބަރެއް؟” މައިރާ ކޮށްލީ ސުވާލެކެވެ.” މީ ދޮންބެ ފޯނު، އަހަރެން ފޯނު ވީ ކޮޓަރީގަ”ޝިއާ ބުނެލިއެވެ. ” އޯކޭ، ކީއްކުރަން ތި ގުޅީ” މާ ލަސްވެފައި ހުރުމުން މައިރާ އެހިއެވެ. ” މަންމަ ބުނީ އެންމެރަނގަޅޯ އަހަރެންނާ ދޮންބެއާ ދިޔަސް، މައީ މަންމަ އޯކޭތަ” ޝިއާ ބުނަން އޮތް ވާހަކަ ބުނެފައި ސުވާލުކޮށްލިއެވެ. ” އަހަރެން މަންމަ އޯކޭ، ދެން މާއިޝް ދޭ ތަ”  ޝިއާ ލަދުން އިސްޖަހާލި ޝައިލް ވެސް އިންދަ މައިރާ އެ ވާހަކަ ފެއްޓީމައެވެ.” އެބުނާހެން އަހަރެން ވެސް ހަނދާނެއް ނެތް ޅިޔަނު މަތިންނެއް” ޝައިލް ވެސް އެންމެފަހުން ވާހަކައިގައި ބައިވެރި ވިއެވެ. ” ޝައިލް ވެސް އެބައިން ތަ” މައިރާ މިފަހަރު ވާހަކަ ދެއްކި އިރު އަޑުގައި ލަދުވެތިގޮތެއް ހުއްޓެވެ.” ލައްބަ އަހަރެން ވެސް އެބައިނިން” މައިރާ ކުރި ސުވާލަށް ޝައިލް ޖަވާބު ދިނުމުން މައިރާއަށް ދެން ވާހަކަ ދައްކާކަށް ނުކެރުނެވެ.” ކަލޭމެން ލަވް ބާޑްސް ވާހަކަ ދައްކާ ނިމުނިއްޔާ އަހަރެން ވާހަކަ ދައްކަން ތަ” ޝިއާ ލާނެއްކަމާއި އެކު ބުންޔެވެ. ޝައިލް ޝިއާގެ އަސްތަށިގަނޑަށް ދަމާލިއެވެ.” މާއިޝް ބުނި ދާނަމޭ،ދެން މައީ ސަނާ ކައިރި އަހައިފިން ތަ” ޝިއާ ވާހަކަ ފެށުމުން ޝައިލް ޝިއާގެ އިސްތަށިގަނޑުން ދޫ ކޮށްލިއެވެ.” އޯހ ނޯ، އަހަރެން ހަނދާނެއް ނެތް ސަނާ މަތިންނެއް.” މައިރާ ބޮލުގައި އަތްއަޅާލިއެވެ. ” ތީ މައީ އަށް ވާވަރު ދެން އަހަރެމެން މި ދަތުރު ރޭވުމުގެ ބޭނުމެއް ނެތެންނު.”ޝިއާ ބުނެލިއެވެ.” އޭ އަހަރެން ވެއްޖެ ސަނާއަށް ގުޅަން ދެން ބާއްވަނީ ބާއި.” މައިރާ އެހެން ބުނެފައި ފޯނު ކަނޑާލުމުން ޝިއާ ޝައިލް އަތައް ފޯނު ދީފައި ދެމީހުން އެއްކޮށް މިސްރާބުޖެހީ އެމީހެއްގެ ކޮޓަރިއަށް ނިދަންށެވެ.

ފޯނު ބާއްވާފައި މައިރާ ފުރަތަމަވެސް އެ ނަމްބަރު ޝައިލްގެ ނަމުން ސޭވް ކުރިއެވެ. އަދި ފޯނަށް ބަލަހައްޓައިގެން ހިނިތުން ވެފައި އިނެވެ. އިރުކޮޅެއް ފަހުން މައިރާ ސަނާއަށް ގުޅާފައި ސަނާ އެއްބަސް ކޮށްފައި މައިރާ ނިދިއިރު އެގާރަ ގަޑި ބައިވަނީއެވެ.

ފަތިހު ހޭލައިގެން އެންމެންވެސް ތައްޔާރު ވަމުން ދިޔައީ ދަތުރު ދާށެވެ. އަށްގަޑި ބައިވި  އިރު އެންމެން ތިބީ ބަނދަރުގަ އެވެ. “އެންމެން ހަމަވެއްޖެތަ” މާއިޝްގެ އަތުގައި ހިފައިގެން ހުރި ޝިއާ އަހާލީ އެއްމެނަށް އަމާޒުކޮށެވެ.” އާން ހަމަވެއްޖެ ހިނގާ ދާން، އެއޮށް އައީ ލޯންޗް” މައިރާ ޖަވާބު ދިނުމުން އެންމެން ލޯންޗައް އަރާ ހަމަޖެހިލިއެވެ. ޝިއާ އިނީ މާއިޝް އާ ޖެހިފިތިގެންނެވެ. މައިރާ ސަނާ ކައިރީ އިނދެފައި ވެސް މާއިންއަށް ސަނާ ކައިރި ދޭންވެގެން މައިރާ އިނީ ވަކިން އިން ސީޓެއްގައެވެ. މައިރާ ނުބަލައިލަ ގޮސް އިށީނީ ޝައިލް ކުރިމަތީގައި ހުރި ސީޓުގައެވެ. ލޯންޗު ނައްޓާލުމުން މައިރާއަށް އެތަނުން ތެދުވަން ނުކެރުމުން އެތާ ހަމަޖެހިލައިގެން ހެޑް ސެޓް ޖަހާ ލަވަ ޖަހާލިއެވެ. މައިރާއަށް ރިސޯޓަށް ދެވުނުކަން އިނގުނީ ކައިރީގައި އިން ޝައިލް ބުނުމުންނެވެ. ރިސޯޓަށް ދެވުނުއިރު ހުރީ ދިހައެއް ޖަހަން ގާތްވެފައެވެ. އެމީހުން ނެގި ރިސޯޓަކީ ތަންކޮޅެއް ދުރުގައި އޮންނަ ރިޒޯޓެކެވެ. އެއީ އަލީ ޝައިލްގެ ނަމަށް ރެޖިސްޓަރ ކޮށްފައި އޮތް ރިޒޯޓެކެވެ.

ރިސޯޓަށް ގޮސް ފުރަތަމަވެސް ހުރިހައި އެންމެން ދިޔައީ ދަބަސްތައް ލާން ކޮޓަރިއަށެވެ. ދެ ކޮޓަރި ހިފާފައި ވާއިރު އެއް ކޮޓަރި ތިން ފިރިހެން ކުދިންނަށް އަނެއް ކޮޓަރި ތިން އަންހެން ކުދިން އުޅެން ހަމަޖެއްސިއެވެ. ދަބަސްތައް ލާފައި ތާޒާވެލައިގެން ހަ މީހުން އެއްކޮށް އަތިރިމައްޗަށް ދިޔައެވެ. ތިން އަންހެން ކުދިން ތިބީ އެއްކަހަލަ ޖާރޒީ ލައިގެންނެވެ. ޖާރޒީ ފަހަތުގައި ބޮޑު އަކުރުން ބީ.އެފް.އެފް ޖަހާފައި އިނެވެ. ތިން ފިރިހެން ކުދިން ތިބީ އާދައިގެ ޓީޝާޓަކާއި ސޯޓު ލައިގެންނެވެ. ތިން އަންހެން ކުދިން ވެލިގަނޑުގައި ވާހަކައިގައި ތިބިއިރު ތިން ފިރިހެން ކުދިން ތިބީ މޫދުގައި ބޯޅައެއް ހިފައިގެން ކުޅޭށެވެ. ގަޑިއިރެއް ވަރު ފަހުން އެންމެން ކޮޓަރިއަށް ދިޔައީ ތަޒާ ވުމުގެ ނިޔަތުގައެވެ.ސަނާ ނިދާފައި އޮތުމުން ފަސް މީހުން ވެގެން ދިޔައީ އެ މީހުން ބުކް ކޮށްފައި އޮތް ހޯލް ތައްޔާރު ކުރާށެވެ. ހޯލް ތައްޔާރުކޮށް ނިމުނުއިރު ހުރީ ހަވީރުވާން ގާތްވެފައެވެ. ހުރިހައި އެންމެންނަށް ރީތިވެގެން ނުކުމެ ވުނީ އެއްކޮށް ކަހަލަ ގޮތަކަށެވެ. ޝައިލް ލައިގެންހުރި ޕްލޭން ކަޅު ގަމީހަކާއި އައިސް ބްލޫ ކުލައިގެ ޖިންސެކެވެ. މުޅިން ނުހިކި ހުރި ބޮލުން ދިޔައީ ފެން ތިކި ޖަހަމުންނެވެ. މައިރާއަށް ޝައިލްއާއަ ދިމާލަށް ނޫން އެހެން ދިމާލަކަށް ނުވެސް ބަލައިލެވުނެވެ. ޝައިލާއަށް ވެސް މައިރާއަށް ބަލައިލެވުނީ މައިރާގެ ރީތިކަން ފެނިފައިވެ. ކަކުލާ ހަމައަށް އަރާ އައިސް ބްލޫ ކުލައިގެ ހެދުމުގެ މަތިން ގަދަ ނޫކުލައިގެ ޖެކެޓާއިއެކު ލައިގެން ހުރި އައިސް ބްލޫ ކުލައިގެ ޖިންސުން މައިރާ ވައްތަރީހަމަ ރަނިކަމަނާ އަކާއެވެ. ކޮށްފައި ހުރި ލުއި މޭކަޕުންނާއި ހާވާލާފައި ހުރި އިސްތަށިގަނޑުން މައިރާއަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. ދެމީހުންގެ ހަތަރު ކަޅި ހަމަވެފައި ހުރި އިރު އެކަމަށް ނިމުމެއް އައީ އެތާ ހުރި ރޫމްގާލް އެއް ޝައިލްއަށް ގޮވާލުމުންނެވެ.

 

ނުނިމޭ..

1

Share Article

Follow Me Written By

Evelyn

Level 1

Other Articles

Previous

އުމުރަށް އެކުގައި 2

Next

ލޯތްބައް އެދެމޭ 10

Next
September 11, 2022

ލޯތްބައް އެދެމޭ 10

Previews
September 10, 2022

އުމުރަށް އެކުގައި 2



All Right Reserved!