އިންތިޒާރު 40
“ދައްތަ މިވަގުތު ބޭނުންވަނީ އެކަނިވެލަން….” އެނދުގައި އިށިއިނދެލަމުން ޔާނާއަށް ސަލްމާ ބުނެލިއެވެ. ކޮޓަރީގެ އެއްދިމާއަކަށް ބަލަހައްޓައިގެން އޭނައިނެވެ. ކޮޓަރިން ނުކުންނަން ހިނގައިގަނެފައިވެސް ދެފަހަރަކު ހުއްޓިފައި ޔާނާއަށް ފަހަތްބަލައިލެވުނެނެވެ.
ޔާނާ ސަލްމާގެ ކޮޓަރިންނުތް އިރު ޒަޔާންވެސް ކުރިން ހުރި ކޮޓަރިން ނުކުމެގެން ތިރިއަށްދާތަން ފެނުނެވެ. އެހެންވެ އޭނަގެ މިސްރާބުވެސް ބަދަލުކޮށްލީ އެދިމާއަށެވެ. ޕާޓތެރެއަށް ނުކުތްއިރު މާގިނަ މެހެމާނުންނެއް ނެތެވެ. އާއިލާގެ ގިނަބަޔަކު ފޮޓޯނެގުމުގައި އުޅުނެވެ. ކަންތައް ވާނެގޮތް ކުރިން ޒަޔާންއަށް އަންދާޒާކޮށްލެވިފައި އޮތުމުން އެމީހުން ވަނީ މާކުރިން ފޮޓޯވެސް ނަގާ ނިންމާފައެވެ. ޒަޔާންގޮސް މަޑުކޮށްލީ ޝާންމެންގާތުއެވެ. އޭރު އެމީހުންތިބީ ކަންތައް ހިނގާދިޔަގޮތް އެނގެން ބޭނުންވެފައެވެ. ކަންތައްވީގޮތް ކިޔާދިނުމުން ދެންތިބި މީހުންގެ ފަރާތުންވެސް ފެނުނީ ޒަޔާންގެ މޫނުމަތިން ފެންނަމުން ދިޔަ މާޔޫސްކަމެވެ. ޔާނާ މަޑުކޮށްލައިގެން ހުރީ ތަންކޮޅެއްދުރުގައެވެ. ޒަޔާން އޭނަގެ ބައްޕައާ ވާހަކަ ދެއްކޮގޮތާ ދޭތެރޭ ވިސްނުން އޭނަ ކުޑަވަގުތުކޮޅަކަށްވެސް ހުއްޓައެއް ނުލެވުނެވެ.
ކުޑައިރުކޮޅެއްގެ ތެރޭގައި ޕާޓީނިމިގެން އެމީހަކު އެމީހެއްގެ މަންޒިލަށް ދަތުރު ފައްޓައިފިއެވެ. ތަންސާފުކުރުމުގައި އެކަމުގެ މީހުން ހަރަކާތްތެރިވާން ފެށިއެވެ. ސަލްމާ ފެންނަން ނެތިގެން ޔާސިރުއަހާލީ ޔަޝްރާގާތުގައެވެ. ތަންކޮޅެއްކުރިން ގޭތެރެއަށް ދާތަން ފެނުނުވާހަކަ ބުނުމުން ޔާސިރު ހިނގައިގަތީ ގޭތެރެއަށެވެ. ޔާނާގެ ބައްޕަ ދެއްކިވާހަކައަކުން އެވާހަކަވެސް ސަލްމާއާ ދައްކަން އޭނަ ހުރީ ބޭނުންވެފައެވެ.
ދުރުގައި މަޑުކޮށްލައިގެން ހުރި ޔާނާގާތަށް ޒަޔާން ހިނގައިގަތެވެ. “އެނގޭ ވާހަކަ ދައްކަން ބޭނުން ވެފައިހުރިކަން…. އެތެރެއަށް އަންނަންވީނުން، މިހާރުތިހުރީ މާބޮޑަށްފިނިވެސް ވެފަ” ޔާނާގާތަށް އައިސް ހުއްޓިފައި އިރުކޮޅަކު އެމޫނަށް ބަލަހައްޓައިގެން ހުރެ ޒަޔާން ބުނެލަމުން އަތް ދިއްކޮށްލިއެވެ. ޔާނާ ހުރީ ޒަޔާންގެ މިއަމަލުން ހައިރާންވެފައެވެ. އެއަތުގައި ހިފަންވީކަމެއް ނުހިފަންވީކަމެއް ނޭނގިފައެވެ. ޔާނާ ބަލަހައްޓައިގެން ހުރިގޮތަށްހުރުމުން އޭނަގެ އަތުގައި ހިފާލަމުން ޒަޔާން ގޭތެރެއަށް ވަނެވެ. ޒަޔާން ޔާނާ ގޮވައިގެން ވަނީ އޭނަގެ ކޮޓަރިއަށެވެ. ޔާނާ ހުރީ ލަދުވެސް ގަނެފައެވެ. އެހުރިހާއިރުވެސް ޒަޔާން ހުރީ އޭނަގެ އަތުގައި ހިފާލައިގެން ކަމަށްވާތީއެވެ. އަދި އެމީހުން އަންނަނިކޮށް އެހެންމީހުންނަށް ފެންނަންވެސް ފެނުނީމައެވެ. ނަމަވެސް ޒަޔާން އެއިން އެއްވެސް ކަމަކަށް ވިސްނާހެނެއް ހިޔެއްނުވެއެވެ.
ކޮޓަރީގެ ދޮރު ލައްޕާލުމަށްފަހު ޒަޔާން ޔާނާގޮވައިގެން ގޮސް ހުއްޓިލީ އެނދުކައިރީގައެވެ. އެތާގައި މަޑުކުރުމަށްފަހު ޔާނާގެ އަތުން ދޫކޮށްލިއެވެ. ޔާނާގެ އަތް ފިނިވެފައިވާކަންވެސް އޭނައަށް އެނގެއެވެ. ޔާނާގެ ހިތަށް އަރާ ފައިބަމުންދާ އެއްޗެހިވެސް އޭނައަށް އިހުސާސްވާކަހަލައެވެ. ޔާނާގެ ދެކޮނޑުގައި ހިފާލަމުން އިށިއިންނަން އިޝާރާތްކުރިއެވެ. ޔާނާ ނޭވާވެސް ލަނީ ބަލައިގެން ކަހަލައެވެ. ޒަޔާން އަށް އެއަޑުވެސް އިވިދާނެތީއެވެ. ޒަޔާން ކަންތައް ކުރިގޮތުން އޭނަހުރީ ހިތްހަމަނުޖެހިފައި ކަމުގައިވިނަމަވެސް އެކަމެއް އޭނައަކަށް ފާޅެއް ނުކުރެވުނެވެ. ޔާނާއަށް ބަލަން އިރުކޮޅަކު ހުރުމަށްފަހު ޒަޔާންވެސް އެނދުގައި އިށިއިނެވެ.
“ސޮރީ، އެނގޭ އެހެން ކަންތައް ކޮށްގެން ނުވާނެކަން…. އެގަޑީގަ ޖަސް އެހެން މައިންޑަށް އައީ….” ޒަޔާންގެ ވާހަކަ އެހާހިސާބައް ދިޔަތަނާ ޔާނާ އިންތަނުން ތެދުވެއްޖެއެވެ. ޒަޔާން އެއީ ހަމަ އެހެން ބުނެލި އެއްޗެއް ހެއްޔެވެ؟ ހިތަށް އެރި އެއްޗަކުން ދެލޯފެންކަޅިވިއެވެ.
“ޒަޔާން އަހަރެން ބޭނުމެއް ނޫން އަނެއްކާ އަޅެއް އޮޅުވާލުންގަނޑު އޮޅުވާލާކަށް، މިހާރު ރާއިންގެ މަމްއަށްވެސް ހަގީގަތް އެއެނގުނީ، ދެން ކޮންމެހެން ޒަޔާން އަހަންނާ އިންނަން އުޅެނީއޭ ކިޔައިގެން މިކަމެއް ކުރުމުގެ ބޭނުމަކީކޮބާ؟ އަހަރެން ބޭނުމެއް ނޫން އަނެއްކާ އަނެއްދޮގު އަހަރެންގެ ބައްޕައަށް ހަދާކަށް….” ހިތާމައިގެ މައްޗަށް ރުޅިވެރިކަން ގެންނަމުން ޔާނާ ވާހަކަ ދެއްކީ ޒަޔާންއާ ފުރަގަސްދީގެން ހުރެއެވެ. ޔާނާގެ ވާހަކަތަކަށް ޒަޔާން އެއްވެސް ޖަވާބެއް ނުދެއެވެ. އިންގޮތަށް އިނީއެވެ. މިކަމުގެ ސަބަބުން ޔާނާގެ މޫޑު އިތުރަށް ގޯސްވުން ނޫންކަމެއް ނުވިއެވެ.
“އަހަންނަށް އެނގޭ ޒަޔާން ބޭނުންވަނީ ރާއިންއާ ޒާޔާ ގުޅުވަންކަން، އަދި އެކަމުގަ މިހާރު އެހެންމީހުންގެ ނަޒަރުގަ ހުރަހަކީ އަހަރެންކަމުގަ ވާނަމަ ޒަޔާން މިކައިވެނި ކުރަންވެސް ފަހަކަށް ނުޖެހޭނެކަން، އެކަމް އެއީ ގޮތެއްނޫން ދޯ، މިހުރިހާދުވަހުވެސް ރާއިންގެ ޖީއެފްގެ ގޮތުގަ އޮޅުވާލައިގެން މިއުޅެނީ، ދެން އަހަރެންވީ ޒަޔާންގެ އަންބެއްގެ ރޯލު ކުޅެންތަ؟ އަހަރެންވެސް ބޭނުމޭ ހަމަޖެހިގެން ރީތި ދިރިއުޅުމެއް އުޅެން، ދޮގެއްގެ ތެރޭގައެއް ނޫނޭއަހަރެން އުޅެން ބޭނުންވަނީ، އަހަރެންގެވެސް ހުވަފެންތަކެއް ވެއޭ، އުންމީދުތަކެއްވެއޭ….” ޔާނާ ވާހަކަ ދައްކަމުން ޒަޔާންއާ ވީފަރާތަށް އެނބުރުނެވެ. އޭރު ޒަޔާންވެސް އިނީ އޭނައަށް ބަލަހައްޓައިގެނެވެ. ހަތަރުކަޅި ބައްދަލުވިހިނދު ޒަޔާންއަށް ޔާނާގެ ލޮލުގައި ލޯތްބައްޓަކައިވި ބޭގަރާރުކަން އިހުސާސްވިއެވެ. އެއަންހެންކުއްޖާ އޭނަދެކެ ލޯބިވީ ބަދަލުގައި އެއްވެސް ކަމަކަށް އުންމީދުކުރުމެއް ނެތިއެވެ. ސާފުސީދާ ހިތަކުންނެވެ. އެއްވެސް ހަސަދަވެރިކަމެއްވެސް ނެތިއެވެ. ހުރިހާ ހަގީގަތެއް އެނގިހުރެއެވެ. އޭނަގެ ދިރިއުޅުމަށް އަންނަން އެއަށްވުރެ ފުރިހަމަ އަންހެންކުއްޖެއް ހުރެދާނެ ހެއްޔެވެ؟
އެނދުން ތެދުވެ ޒަޔާން ޔާނާގެ ކުރިމައްޗަށް ހުއްޓުނެވެ. ޔާނާގެ ލޮލުން ފޭދިފައިވިކަރުނަ ފޮހެލަދިނެވެ.
“އަހަރެން ބޭނުންވަނީ އަހަރެންގެ ހުރިހާ ހަގީގަތެއް އެނގިހުރެވެސް އަހަރެންދެކެ ލޯބިވާނެ ކުއްޖެއް، އަހަރެންގެ ހިތުން ޖާގަދެވިފަވަނީ އެހެން ކުއްޖަކަށްކަން އެނގިހުރެވެސް އަހަރެންދެކެ ލޯބިވާނެ ކުއްޖެއް، އެލޯބިން އަހަރެންގެ އަނދިރިވެފަ މިވާ ހަޔާތް އަލިކޮށްދޭނެ ކުއްޖެއް…. އަހަރެން ހުރީ މިހުރިހާކަމެއް ހަމަޖެހުނީމަ ކައިވެނީގެ ވާހަކަ ދައްކަން، ބަޓް މިރޭ ކޮންމެހެންޖެހުނީ ޔާނާގެ ބައްޕައާ އެވާހަކަ ދައްކަން، ސިޓުއޭޝަން ހޭންޑަލް ކުރާނެ އިތުރުގޮތެއް އަހަންނަކަށް އެވަގުތު ނުވިސްނުނު، އަހަންނަށް އެނގޭ ޔާނާ އަހަންނާ ގަޔާވާކަން……” ޒަޔާންގެ ވާހަކައިން ޔާނާ އިސްޖެހުނެވެ. ޒަޔާން އަށް އެކަން އެނގުނީ ކިހިނެތްހެއްޔެވެ؟ މީހަކު ބުނީހެއްޔެވެ؟ ތުންފަތުގައި ދަތްއެޅުނީ ޒަޔާންއަށް އެކަން އެނގޭތާ އެތަށް ދުވަހެއް ވެދާނެއޭ ހިތާ ލަދުގަތުމުންނެވެ.
“އިފްޔޫ ޑޯންޓް ލައިކްމީ މިހާރު ބުނޭ، ކަންތައްތައް އަދިވެސް އޯކޭ ކުރެވިދާނެ، ޔާނާގެ ބައްޕައާ އަހަރެންވާހަކަ ދައްކަފާނަން، ހުރިހާ ހަގީގަތެއް ހިޔާދިނީމަ އެނގޭނެ އޭރު އެހެން ބުނަންޖެހުނީ މަޖުބޫރު ވެގެންކަން، މިގުޅުން އިތުރަށް ކުރިއަށް ގެންދަންބޭނުންވާނަމަވެސް އެވާހަކަ އިތުރަށް ދައްކަން އެނގޭނީވެސް އޭރުން” ޔާނާއަށްވީގޮތްފެނިފައި ޒަޔާން ބުނެލިއެވެ. އަދި ޔާނާ ބޭނުންވާގޮތެއް ބުނެދިނުމަށް އެދުނެވެ.
“އަހަރެން ކިހިނެތް ޒަޔާން އަށް އިތުބާރު ކުރަނީ، ކިހިނެތް ޔަގީންކުރަނީ މިއީ ހަމައެކަނި ޒަޔާން ޕްލޭންގެ ބައެއް ނޫންކަމެއް” ޔާނާ ހުރީ ޒަޔާންއަށް އިތުބާރުކުރަން ޖެހިލުންވެފައިވާފަދައަކުންނެވެ.
“އަހަރެން ޔަގީންކަންދެން އަހަރެން ޔާނާ އުފަލުގަ ގެންގުޅޭނަން، މިހިތުން ޔާނާއަށް ޖާގައެއް ދޭނަންކަން، އަހަރެން ލޯބިވީ ޒާޔާދެކެކަމުގައި ވިނަމަވެސް ޔާނާއަށް ލޯބިދޭނަންކަން، ޔާނާ ދެރަވާވަރުގެ އެއްވެސް ކަމެއް އަހަރެން ނުކުރާނަން، އެއްވެސް ކަމަކަށް ޔާނާއަކަށް އުންޏެއްނުވާނެ، ޒާޔާއަކީ އަހަރެންގެ މާޒީ، ޒާޔާލޯބިވަނީ ރާއިންދެކެކަން އެނގުނު ދުވަހުއްސުރެ ރާއިންގެ ހައްގެއްގެ ގޮތުގަ ނޫނީ ޒާޔާއާ ދިމާ ބަލާވެސް އަހަރެން ނުލަން… އަހަރެންބޭނުން އަހަރެންދެކެ ލޯބިވާނެފަރާތެއް، އަހަރެން ދިރިއުޅުން ހިއްސާކުރާނެ ބައިވެރިއެއް، އަހަރެންބޭނުން ލޯބިލޯބި ކުޑައާއިލާއެއް…….” ޒަޔާން ވާހަކަދައްކަމުން ޔާނާގެ މޫނުގައި ދެފަރާތުން ހިފާލިއެވެ. އޭނަ ވާހަކަ ދައްކަމުން ދިޔައީ އެދެލޮލަށް ބަލަހައްޓައިގެން ހުރެއެވެ. އޭނަގެ ވާހަކަ ޔާނާ ގަބޫލުނުކޮށްފާނެތީ ދެރަވެފައި ހުރެއެވެ. ޒާޔާގެ ހިޔާލުތަކުން އެހިތް ދުރުކުރަމުންނެވެ. ޒަޔާންގެ ލޮލުގައިވި ތެތްކަން ޔާނާއަށްވެސް ފާހަގަވިއެވެ.
އަހަރެން ޔާނާއާ މިސުވާލުކުރަނީ، ޔާނާއަށް ހުރިހާ ހަގީގަތެއް އެނގިހުރެ، އަހަންނާ ކައިވެނި ކޮށްފާނަންތަ، ތިލޯބިން މިހަޔާތަށް ދިރުން ގެނެސްދީފާނަންތަ؟ ޒާޔާއަށް ދިނީ އަހަރެންގެ ހިތް، ޔާނާއަށް އަހަރެން މިދެނީ އަހަރެންގެ ދިރިއުޅުން.” ޒަޔާން ޖުމްލަތައް އަތުރާލީ ލަސްލަހުންނެވެ. “ވިލްޔޫ މެރީ މީ…..” އެއްއަތް ޔާނާގެ މޫނުން ވަކިކޮށްލުމަށްފަހު އެއަތް ހުޅުވާލަމުން ޔާނާއަށް ދިއްކޮށްލަމުން ޒަޔާން ސުވާލުކޮށްލިއެވެ. ޔާނާއަށް އެއަތަށް ބަލާލެވުނެވެ. ޒަޔާންގެ އަންބަކަށްވުމަކީ މިދުނިޔެމަތިން އެންމެބޮޑަށް އޭނަ އެދޭނެ އެއްކަމެވެ. އޭނަގެ އެންމެ ބަހަކުން އެއެދުން ފުރިހަމަވާނެއެވެ. ޒަޔާން އެހުރީ އޭނަ ކައިރިއަށް އައިހެވެ. އޭނައަށް ނަގަންޖެހޭނީ ހަމައެންމެ ފިޔަވެޅެކެވެ. އަތް އުފުލާލެވުނީ ޒަޔާންގެ އަތުގަ ހިފުމަށެވެ.
“ޒަޔާން…..” ދެމީހުންނަށްވެސް ފަހަތަށް ޖެހެވުނީ ކޮޓަރީގެ ދޮރުހުޅުވާލުމަށްފަހު ޒާޔާ ގޮވާލުމުންނެވެ. ދޮރުވެސް އެހުރިގޮތަށް ބަހަށްޓާފައި ޒާޔާ ޒަޔާންއާ ދިމާއަށް ހިނގައިގަތެވެ. އޭރުވެސް އޭނައަށް ގިސްޖެހެއެވެ. ޒަޔާންގާތަށް އައިސް ހުއްޓުމަށްފަހު ސިކުންތަކަށްވެސް މަޑުނުކޮށް ޒާޔާ އެހަށިގަނޑުގައި ބައްދާލިއެވެ. ޒަޔާންއަށް ބަލާލެވުނީ ކައިރީގައި ހުރި ޔާނާއަށެވެ.
*******************
ކޮޓަރީގެ ދޮރުހުޅުވާލުމަށްފަހު ޔާސިރު އެތެރެއަށްވަނެވެ. ފުރަތަމަވެސް އަޅައިގަތީ އެނދުމަތީގައި އޮށުއޮވެލައިގެން ސަލްމާ އޮތްތަނެވެ. ފައި ކުރުކޮށްލައިގެން ބަންޑުން ކަހަލަގޮތަކަށް އޮތުމުން އޭނައަށް ހީކުރެވުނީ ތަނަކަށް ތަދުވާތީ އޮތީކަމަށެވެ. ޕާޓީވެސް ނުނިމެނީސް އެގޮތަށްއައިސް އޮންނާނީ ޔަގީނުންވެސް ކޮންމެވެސް ކަމެއްވީމައެވެ. އެނދުގައި އިށިއިނުމަށްފަހު ކޮނޑުގައި ފިރުމާލުމުން ޔާސިރު ސަލްމާއަށް ގޮވާލިއެވެ. ނަމަވެސް އޭނައަށް ހައިރާންކަން ލިބުނީ ސަލްމާ އެއަތް ފޮޅުވަލުމުންނެވެ. ކިހިނެތްވީތޯ ޔާސިރު ސުވާލުކޮށްލިއެވެ.
“ކީއްވެގެން ޔާސިރުއަށް އެއްވެސް ކަމެއް އަހަންނަށް ނޭންގުނީ” ޖަވާބުވެސް އައީ ސުވާލަކުންނެވެ. ޔާސިރުއަށް އަނެއްކާވެސް ކުރިން ކުރި ސުވާލު ކުރެވުނެވެ. ސަލްމާ ކިޔާ އެއްޗެއް ނޭނގުމުންނެވެ.
“ކީއްވެގެންހޭ ޔާސިރުއަށް އެއްވެސް ކަމެއް އަހަންނަށް ނޭނގުނީ، ކީއްވެގެންހޭ އަހަރެންގާތު ނުބުނެވުނީ އަހަރެން ބަނޑުއަޅާވިހޭ ދަރިފުޅު މިދުނިޔެއަކު ނެތޭ….” އޮތްގޮތަށް އޮވެ ކުރިއަށްވުރެ ބާރަށް ސަލްމާ ސުވާލުކޮށްލިއެވެ. ސަލްމާގެ ޖަވާބުން ކީކޭހޭ ކިޔައި ޔާސިރުއަށް ސުވާލުކުރެވުނެވެ.
“ތީކާކު ދައްކައިގެން އުޅޭވާހަކައެއް؟….” ހާސްކަން ފޮރުވަމުން ޔާސިރު އަވަސްއަވަހަށް ސުވާލުކުރިއެވެ.
“އަހަންނަށް ހުރިހާ ކަމެއް އެނގުނީމަވެސް އަދިވެސް އިތުރަށް ފޮރުވަންތަ ތިމަސައްކަތް ކުރަނީ، އަހަންނަށް އެނގޭ ހުރިހާ ހަގީގަތެއްވެސް، އެނގޭ ރާއިންކަން އެއީ ޔާސިރުއާ ނީލާގެ ދަރިއަކީ، އެގޭ ޒާޔާއެއީ މިއާއިލާއާ އެއްވެސް ގޮތަކުން ގުޅުންހުރި ކުއްޖެއް ނޫންކަން، ކީއްވެގެންހޭ ޔާސިޔު އެހާބޮޑު އޮޅުވާލުމެއް އަހަންނަށް އޮޅުވާލީ، އެހާބޮޑު ދޮގެއް އަހަންނަށްހެދީ….. އަހަރެން ބޭނުންވަނީ ހަގީގަތް އެނގެން ހަމަމިހާހު…” ސަލްމާ ވާހަކަ ދެއްކީ ރޮމުންނެވެ. ޔާސިރު އެއްޗެކޭ ނުބުނެ އިނުމުން އަނެއްކާވެސް ސަލްމާއަށް ހަޅޭލަވައިގަނެވުނެވެ. މިހުރިހާއިރު ހިފަހައްޓައިގެން އޮތް ރުޅިއާ ހިތާމަ ފާޅުވީ އަދި ކިރިޔާ ކަންނޭނގެއެވެ. އެންމެފަހުން އެނދުންވެސް އޭނަ ތެދުވެއްޖެއެވެ.
“ޔާސިރުއަށް ކީއްވެގެންހޭ އެއްވެސް ހަގީގަތެއް ދުވަހަކުވެސް އަހަންނަށް ކިޔާނުދެވެނީ، އެނގޭތަ ތިހަގީގަތެއް ފޮރުވުމަށް ޔާސިރުގެ ދަރިފުޅު އުޅުނުގޮތެއް…” ސަލްމާގެ ދުލުން ޔާސިރުގެ ދަރިއޭ ބުނުމުން އޭނަ ކިތަންމެހާވެސް ދެރަވިއެވެ.
“ސަލްމާ ތިހެންނުބުނޭ، އެއީ ސަލްމާގެވެސް ދަރިއެއް…”
“ނުވާނެ އެއީއަހަރެންގެ ދަރިއަކަށް، އަހަރެންގެ ދަރިފުޅުމަރުވީމަ، އަހަންނަށް އިތުރު ދަރިއަކު ނުލިބޭނެކަން އެނގުނީމަ ޔާސިރު އޮޅުވާލީ އެންމެންނަށް، އަހަންނަށް ކުއްޖަކު ނުދެވޭނެކަން އެނގޭތީ ޔާސިރު އޭނަގެ ދަރިގެނެސް އަހަރެންގެ އުނގަށްލީ، އަހަރެންގެ ދަރިފުޅު…. އަހަރެންގެ ދަރިފުޅު… ޔާސިރު އަހަންނަށް އޮޅުވާލީ….” ދެކޮޅަށް ހިނގަމުން ބޮލުގައި ހިފަހައްޓައިގެން ހުރެ ސަލްމާ ވާހަކަ ދެއްކިއެވެ.
“ސަލްމާ ހުއްޓާލަބަ، ހަމަޖެހިބަލަ” ޔާސިރުއަށް ނުހުރެވުމުން އެންމެފަހުން ސަލްމާގެ ގައިގައި ހިފަހައްޓައިގެން ހުރެ ވާހަކަ ދެއްކިއެވެ.
******************
ރޮމުންދިޔަ ޒާޔާގެ ބޮލުގައި ފިރުމާލަމުން ޒަޔާންއަށް ބަލާލެވުނީ ކައިރީގައި ހުރި ޔާނާއަށެވެ. ޔާނާ ހީކުރާނީ ކީކޭ ކަމެއް ނޭނގޭތީއެވެ. ޔާނާވެސް ހުރީ ދެރަވެފައެވެ. އޭނަ އުޅުނީ އާއެކޭ ބުނާށެވެ. ނަމަވެސް އޭނައަށް އާއެކޭ ބުނެވުމުގެ ކުރިން އެތަނަށް ޒާޔާއެއައީއެވެ. އަނެއްކާ ކަންތައްވާން މިއުޅެނީ ކިހިނެތްބާއެވެ. ޒާޔާ ޒަޔާންގެ ދިރިއުޅުމަށް އަންނަން ހުރިހާހިނދަކު ޒަޔާން ޔާނާއާ ނުގުޅޭނެކަން ޔާނާއަށް އަމިއްލައަށްވެސް އެނގެއެވެ.
“ޒަޔާން އަހަރެން މިތަނުން ގެންދޭ، މިހާރު މިވަގުތު އަހަރެން މިތަނުން ގެންދޭ ޕްލީޒް، އިތުރަކަށް އަހަންނަކަށް ކެތެއްނުވާނެ، ރާއިން….. ރާއިން ގާތު އަހަރެން އެދުނީ ހަމައެކަނި އަހަރެންދެކެ އެންމެ ފަހަރަކު ލޯބިވެޔޭ ބުނެދިނުމަށް، އެކަމް އޭނަ ނުބުނި، އައި ބެގްޑް ހިމް، ބަޓް ހީ ޑިޑިންޓް… އޯލް ހީސެޑްވޯޒް ހީއިޒް ގޮއިންގ ޓްމެރީހާ، ޒަޔާން ބުނީމެއްނު އޭނަ އަންނާނޭ، އޭނައަށް ނުބުނެވުނު އަހަރެންދެކެ ލޯބިވެޔޭވެސް…. ޕްލީޒް އަހަރެން މިތަނުން ގެންދޭ، އައި ބެގް ޔޫ، ޒަޔާން ބުނީމެއްނު އަހަރެން ބުނާ ކޮންމެ ކަމެއް ކޮށްދޭނަމޭ…” ޒަޔާންގެ ގައިގައި ބައްދައިގެން ހުރެ ޒާޔާ ވާހަކަ ދައްކަމުންދިޔައީ ރޮމުންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
47 Comments!
Comments are closed.


i appreciate everyones comments, positive n negative both. plx guys dnt fight its just a story, m not perfect neither is the story. ur comments improve my writing. enjoy reading. thknx
Varah reethi
Varah salhi.
maakuryyyyyyyyyyyyyyy,ekamaku vaahaka hama habeys……dhen vaahaka ninmaaliyaa rythi vaaneee
nice…
I like da sentence, ‘ yaana neyvavx lany balaigen kahalae’
(y)
Vvvv nice
Rovihje hama……. Varah asarugadha vaahaka eh…… Varah touching story eh….. Vvvvvvvvvv reethi…….. When next part up vanee??? I beg you darkangle avahah up kohdehchey…… Plx plx plx plx plx….. Waiting waiting waiting……….♥♥♥♡.♡♡.♡
v reethi
Vvv rythi. Kihinehbaa dhen vaan miulheny
Very interesting
Konirakun aneh bai???????v salhi mi part vess 🙂 thanks
awwn vrah reethi
waiting for next part
.♥♥♥♡.♡♡.♡
Wow thigotha avaha up kohdhyba. Nice keep it up.
raain nd zaa avahah gulhuvabala…….
raain nd zaa avahah gulhuvabala…….
v nice..as always. btw mee 41 vana part dhw
Yey. This is 41
v rethi vaahaka eh
Dhn reethi vaany zayan n zaaya gulhunyma ehnnu…i want the two of them to become one
i want xaaya and raain to be together
Vvvv reethi… aneh bayah inthixaaru kuramun…..miha avahah upkoh dhineema thanx… nw….can’t wait to read what will happen next…
.. stwry is awsome as always.. hope you will upload the next part soon.. this is part number 41 atually you have written 40..
vvvvv reethi mivarey ney dhen anna part ves avaha up kolla dheychey plz
Thankolheh avahah up khdhineema hama bst vaane….ehen hurihaa kameh baraabaru hama….adhi eh kanthah thankolheh kutu inhey…. nxt prt avahah dhigu kh up khdheyn v ingey…. 😛 eyrun hama ehvana…
Ey dark angle mi vaahaka nimmaakah noolhentha?? Haadha dhigu veyey dhw eba…nw 40th prt.. 😉
gud hama…..nimaanulaathi….adhi dhigu kohlaa eyrun hama habeys vaane…mi part hama vrh vrh vrh reethi…waiting for next
Mi part vx v nice… wen nxt part darkangle… waitinggg ❤???????????
Waiting for the next par!!! I just love it…
VVVV reethi…. Thanks for writing such a beautiful story and keep up the good work!!! Plx try to upload the next part sooner. Gud night darkangle.
I have read this part more than 10 times ?? so beautiful
Waiting for the next part. 🙂 thanks
Dhen vaahaka niman hingaabala…
Khiyaalah thi noon nameh naadhe eve…
Kiyaalan mi noon vaahaka akah hiyy neydhe eve…. ??
Juss simply, m Luvin dis stry ??
Make yaana say yes as awahah..dnt make zaaya spoil it.
varah reethi.
Kobaa next part???? Waiting waiting still waiting
I’ve been noticing dark angle not replying to our +ve comments also.. let the negative comments be there but answer all our questions please.. n get us out of confusion… thank you I hope to see a better darkangle
mi vaahaka kiyaahithun konmedhuvahaku kithanme faharaku beley vaahaka up vefatho alhe thihaadhigu inthizaaru kuruvaaka nuvaane
Just wooooow kurinnn nukiyan mi storyy ehhh frndkujjeh reehcheybunyma mi fesheee vvvv nyc keep it up
When is the next partt?????
Darkangle mihaaru 26 ge kulhivaru thaves nimunyvehnu den vaahaka up koh dhyba.pleeeees.
Dear alhe please vaahaka up koddhybala. Please 🙂
Pis pis meevaa vaahakaeh Garunakun ehfaharu up kurany. Vaahaka reechey bunaathy foniboduvany kanneenge
Darkanjel please story up kohbala!!!! Please please can’t wait !!!!
its darkangel not angel
Dhen alhe story upkohdheeba.
Vaahakaige name ga inthizarugaa jahaafa enyves komes ka mega ehenvyma hurihaakudhinves hamma inthizaru kuran mijeheny…Dhw….
Dear… Tooooooo late… ??????? please… do not make readers to wait 4 ur stry like as Zaaya..
.whose waiting for her first love Raain.