Skip to content
އެސްފިޔަ

ނާމާނޭ…5

“ނޫނޭ، ފްލޯރާ މަރުވީ ނޭވާ ހާސްވެގެންނު؟ އެގޭ ލިފްޓު ހުއްޓުނީކަމަށް ވާނީ. މަގޭ މިހިތަށް މިއަރަނީ ކީއްވެބާއޭ އެމީހުން ފުލުހުންނަށް ރިޕޯޓުނުކުރީ.” އެޑެމް މާޔޫސްވެފައިވާ ރާގެއްގައި ބުންޏެވެ. $$$$
“އޭނަ މަންމަ ދުނިޔެއިން މޮޔަވާ ހިސާބަށް ދިޔައީމަ އެމީހުންނަށް ޑާނާގެ ކަންތަކުގައެއްނު އުޅެވުނީ؟” ތޯމަސް ބުންޏެވެ. އެޑެމްގެ ޖަވާބެއް ނައުމުން އޭނައާ ދިމާލަށް ބަލާލިއިރު އޭނާ މޫނުގައި ކަނާއަތް އަޅައިގެން ހުރެ ވޭނީގޮތަކަށް ރޮނީއެވެ. ތޯމަސް އޭނާގެ އެކުވެރިޔާގެ ކޮނޑުގައި އަތް ބާއްވާލިއެވެ. ނޮރޯށޭ ބުނާ ކަހަލަ ގޮތަކަށެވެ.

ޖެސިކާގެ ޖަނާޒާގެ ކަންތައް ނިންމާލުމަށްފަހު އެޑެމާ ތޯމަސް މިސްރާބުޖެހީ ސްކޫލާ ދިމާއަށެވެ. އޭރު ހަވީރު ހަތަރުގަޑި ބައިވެއްޖެއެވެ. ސްކޫލުގެ އެންމެ މަތީބުރި ބަންދުކޮށްފައިވީ ނަމަވެސް ޖެސިކާ އެންމެ ފުރަތަމަ ފެނިފައިވަނީ ތޯމަސަށް ކަމުންނާއި އެޑެމަކީ ސްކޫލުގެ ކެޕްޓަނަށްވުމުން އެދެމީހުން ވަންނަން ހުއްދަލިބުނެވެ.
އެމީހުންގެ ނަސީބު ރަނގަޅީ ކަންނޭނގެއެވެ. އެވަގުތު އެކޮޓަރިގަނޑު ތެރޭގައި އިތުރު ބަޔަކު ނޫޅެއެވެ. ޖެސިކާގެ ގައިން އޮހޮރުނު ލޭތައް ހިކިފައި ހުއްޓެވެ. އެޑެމް، މަޑު ހިނގުމެއްގައި ގޮސް އެދިމާގައި ހުއްޓިލިއެވެ. އޭނާގެ ނޫކުލައިގެ ލޮލުން ވެއްޓުނު ކަރުނަތިކި އެލޭތައް މައްޗަށް ވެއްޓުނެވެ.
“އެޑެމް، ތިތާ ނެތްތަ ނޯޓެއް ކަހަލަ އެއްޗެއް؟” ފަހަތުގައި ހުރި ތޯމަސް އެއްސެވެ.
“ކިހިނެއް ތިމާނަކުރަނީ؟ މަގޭ ޖެސިކާ އަމިއްލައަށް މަރެއް ނުވާނެ. އޭނަ ކީއްކުރަން ޑެތް ނޯޓު ދޭންވީކީ؟” އެޑެމް އެނބުރިލަމުން ބުންޏެވެ.
“އެޑެމް، އަހަރެން ނުބުނަމޭ އޭނަ އަމިއްލައަށް މަރުވީއޭ.” ތޯމަސް ބުންޏެވެ.
“ތޯމަސް، އިތުރަށް އަހަރެން ރުޅިއަރުވަން ނޫޅޭ. ރަނގަޅައްވިއްޔާ ޖެސިކާގެ މަރުގެ ފަހަތުގަ ކަލޭގެ އަތެއްވެސް އޮންނާނެ.” އަޑަށް ބާރުލާފައި އެޑެމް ބުންޏެވެ.
“އަހަ.. އަހަރެން..” ތޯމަސް ވާހަކަދެއްކޭތޯ އުޅުނެވެ.
“އިތުރު ވާހަކަތަކެއް ދައްކާނެ ކަމެއް ނެތް. ތޯމަސް ފުލުސް ސްޓޭޝަނަށް ގެންދަންޖެހޭނެ ސަބަބެއްވެސް އޮންނާނެ.” މިހެން ބުނެފައި އެޑެމް އެތަނުން ނިކުމެގެން ދިޔައީއެވެ.

ލިބުނު ހައިރާންކަމާ އެއްވަރަށް ތޯމަސް ހިތުގައިވެސް ޖެހުނެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާ އޭނާގެ ބޮލުގައި އެޑެމްގެ ލޯބިވެރިޔާގެ މަރުގެ އިލްޒާމް އަޅުވަންވީ ކީއްވެހެއްޔެވެ؟ ހާސްވެ ހުރެ ތޯމަސަށް ބޮލުގައި އަތް އަޅާލެވުނެވެ. ނޫނެކެވެ. އޭނާ ޖެސިކާގެ މަރުގެ ހަޤީޤަތް ހޯދާނެއެވެ.

“ހޭއި މޭރީ” ތޯމަސް ރިސެޕްޝަނުގައި އިން މޭރީއާ ބައްދަލުކުރިއެވެ.
“އާނ ކީކޭ؟” މޭރީގެ މިލާފައިވާ މޫނު ފެނިފައި ތޯމަސް ސިހުނެވެ. އެމޫނަށް ބަލާލުމުންވެސް އެހެރީ ވަރަށް ގަދަޔަށް ރޮއެފައިކަން އެނގެއެވެ.
“މޭރީ، މިއައީ ސުވާލެއް ކޮށްލަންވެގެން. ރޭ އައިންތަ ސްކޫލަށް؟ ޖެސް މިތަނަށް އައިތަ؟” ތޯމަސް އެއްސެވެ.
“އާނ، ޖެސް އައި. އޭނަ އައިސް އެހި އެޑެމްމެން ނާދޭހޭ.” ކުރެހިފައިވާ އަޑަކުން މޭރީ ޖަވާބުދިނެވެ.
“އިތުރު ވާހަކައެއް ދެއްކިތަ؟” ތޯމަސް ސުވާލުކުރިއެވެ.
“ނޫން، އަހަރެން ވާހަކަދައްކަ ދައްކާ ހުއްޓާ މިތަނުން ނިކުމެގެން ދިޔައީ. ދެން އަހަރެން މިތާ އިންދާ ނިދުނީ. ހޭލެވުނުއިރު ދިހަގަޑި ބައިވެސް ވެއްޖެ. ދެން އަހަރެން ހީކުރީ ރޭ އެޑެމްމެންވެސް ނާންނާތީ އޭނަ ސްކޫލުގަ އެހާ ގިނައިރު މަޑުނޮކޮށް ދާނެކަމަށް. އަހަންނަށް ހީވަނީ އޭނަ އެރީ މައްޗަށްހެން. އޮފީހަށް ދާނީހެން ބޮޑަށް ހީވަނީ. ދިހަގަޑި ބައިވެ ބޮޑުވިއިރުވެސް ވާރޭ ވެހޭ. އެކަމަކު އޭނަ އައީވެސް ތެމިގެން. ދާނީވެސް ތެމިގެންނު. އެކަމަކު ތިމީހުން ތިބުނަނީ އޭނަ ސްކޫލަށް އައުމަށްފަހު ގެއަކަށްވެސް ނުދެއޭ. އޭނަ ފެނުނީވެސް މަތީބައިން ނޫންތަ؟ އަހަންނަކަށް ނޭނގެ. އަހަރެން ސްކޫލުން ނިކުތްއިރު އިން އެންތޯނީވެސް. އެކަމަކު އޭނަ އިނީ ނިދި ޖެހިފަ. އޭނަ ހޭލާތޯ ބޮލުގަވެސް ކޮށްޓިން. ނުހޭލި. އެތާ އެންތޯނީ އިނީމަ ޖެސިކާ ކޮބާތޯ ބަލާނުލާ ދިޔައީ.” މޭރީ ތަފްސީލުކޮށް ކިޔައިދިނެވެ.
“އޯކޭ. މައްސަލައެއް ނެތް. އެކަމަކު އެބައޮތް ކަމަކަށް އެދެންވެފަ. ޖެސިކާގެ މަރުގެ ހަޤީޤަތް ހޯދަން މަށަށް އެއްބާރުލުން ދެވިދާނެތަ؟” ތޯމަސް މިހެން އެހިއިރުވެސް ޖަވާބަކަށް އަންނާނީ އާނއެކޭކަން އޭނައަށް އެނގެއެވެ.
“އާނ، އަހަރެން ފުރިހަމަ އެއްބަރުލުން ދޭނަން. އެއީ އަހަރެން ވަރަށް ލޯބިވާ ކުއްޖެއް.” މޭރީ ބުންޏެވެ.

ތޯމަސް ރިސެޕްޝަނުން ނިކުމެގެން ގޮސް އެންތޯނީއާވެސް ސުވާލުކުރިއެވެ. އެންތޯނީ ބުނިގޮތުގައި އޭނާއަށް ޖެސިކާ ސްކޫލަށް އައިކަމެއް ނޭނގެއެވެ. އޭނާ ލަފާކުރަނީ އޭނަ ފާހަނައިގަ ހުރި ވަގުތު، ޖެސިކާ ސްކޫލަށް އައީ ކަމަށެވެ. އޭނާއަށް ޖެސިކާ ސްކޫލުން ނިކުމެގެން ދިޔަ ތަނެއްވެސް ނުފެނެއެވެ. އޭނަ ބުނިގޮތުގައި ފާހަނައިން އައިސް ހިޔާކޮށްފައިހުރި ބައިގައި ހުރި ގޮނޑިއެއްގައި ޖައްސާލިތަނާހެން ނިދުނީއެވެ.
ތޯމަސް މާޔޫސްކަމާއެކީ ސްކޫލުން ނިކުތެވެ. ނަމަވެސް އޭނާ ޢަޒުމް އާކުރިއެވެ. އޭނާ ﷲއަށް އީމާންވެއެވެ. ﷲ މިކަމުގައި އޭނާ ގެއްލެނިނުކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން އޭނާއަށް އޮތެވެ.
އޭނާ ޑާނާއާ ބައްދަލުކުރިއެވެ. ޑާނާވެސް އޭނާގެ ދަރިފުޅުގެ ޤާތިލް ހޯދަން ފުރިހަމަ އެއްބާރުލުން ދޭނެކަމަށް ބުންޏެވެ.
ދެން އޭނާ ބައްދަލުކުރީ އޭނާގެ އެކުވެރިން ކަމަށްވާ އޭނާގެ ލޯބިވެރިޔާ މާރލިއާއާ، ވެލެންޓީނާ އަދި ޖޭޑެނާއެވެ. އެމީހުންވެސް ތިބީ ބުނި ކޮންމެ ކަމަކަށް އާނބަސް ބުނާގޮތަށެވެ.

އެރޭވީ ކަޅުފޮއެ ރެއަކަށެވެ. އުޑުމަތީގައި ވިދާ ބަބުޅާ ތަރިތަކެއް ނެތެވެ. ކަފަތަކެއްފަދަ ވިލާތަކުން ވޮށެއްފަދަ ހަނދު ފޮރުވާލާފައިވެއެވެ. ހަތަރު ބައިވެރިން “ނަމްބަރ ސެވަންޓީން ހައި ސްކޫލް” އަށް އައީ އެމީހުންގެ އެކުވެރިޔާގެ މަރާ ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށެވެ. ވެލެންޓީނާ އައީ ފުލުސް ސްޓޭޝަންގައި އުޅޭ އޭނާގެ ދެބެއިންގެ ދެދަރި ބޭބެއެއް ކަމަށްވާ އީވާންވެސް ގޮވައިގެންނެވެ.
އެފަސް މީހުން މައްޗަށް އަރަމުން ދިޔައީ ސިޑިންނެވެ. އެރޭގެ އަނދިރިކަން ސްކޫލަށްވެސް އެޅިފައިވެއެވެ. ސިޑިމަތިވެސް އަނދިރިކޮށް އޮތުމުން ފެންނަނީ ނާމާންކޮށެވެ. އެމީހުން ބޮކިދިއްލަން އުޅުމުން އީވާން އެކަން މަނާކުރީއެވެ. އީވާން ލަފާކުރާ ގޮތުގައި ޖެސިކާގެ ޤާތިލް މިވަގުތުވެސް ސްކޫލުގައި އުޅެދާނެއެވެ. އެހެންވެ، އެމީހުން ސިޑިން އަރަމުން ދިޔައީވެސް ވަރަށް މަޑުންނެވެ.
“ހެހަހަހަހް” އީވާން ގާތަށް ހިނިއައެވެ.
“ކިހިނެއްވީ؟” ވެލެންޓީނާ އެއްސެވެ.
އީވާން އަނެއްކާވެސް ހީގަތެވެ. ވެލެންޓީނާމެން ތިބީ ވާނުވާގައެވެ.
“ކިހިނެއްހޭވީ؟ މާ މަޖާ ކަމެއް ވެއްޖެތަ؟” ދެވަނަ ފަހަރަށް ވެލެންޓީނާ އެއްސެވެ.
“ހެހެހެހެ، އެހެރީ އެހެރީ” އީވާން ލަސްލަހުން ޖަވާބުދިނީ އެތާހުރި ލިފްޓަށް އިޝާރާތްކުރަމުންނެވެ.
“ކޯއްޗެއްތަ؟” ޖޭޑެން އެއްސެވެ.
“އެހެރީއޭ. ބަލަ ކަލޭމެންނަށް ނުފެނޭތަ؟” އީވާންގެ އަޑު ބާރުވިއެވެ.
“އީވްބޭ މޮޔަވީތަ؟ އެތާކު ނެތޭ އެކައްޗެއްވެސް.” ވެލެންޓީނާ ބުންޏެވެ.
“ނޫނެކޭ އެހެރީއޭ.” އީވާން ހަޅޭއްލަވައިގަތެވެ.
މާރލިއާ ގޮސް ލިފްޓު އެބުރިއަށް ހުއްޓުވިއެވެ. އެތާ އެތެރޭ އެކައްޗެއްވެސް ނެތެވެ.
“އީވްބޭ ކިހިނެއްތަ ތިވަނީ؟” ހާސްވެ ހުރެ ވެލެންޓީނާ ބުންޏެވެ.
|”އޭ އާދެބަލާ. ހާދަ ރީތި ކުއްޖެކޭ. ކޮންނަމެއްތަ ކިޔަނީ؟ އޭނ؟ ފްލޯރާއޭ.” އީވާން މޮޔައެއް ފަދައިން ވާހަކަދެއްކިއެވެ.
ފްލޯރާގެ ނަން އިވުމުން އެހަތަރު ބައިވެރިންނަށް ލިބުނީ ސިހުމެކެވެ. އަމުދުން ވެލެންޓީނާ ހުރީ ކަންބޮޑުވެ ހާސްވެފައެވެ. އޭނަ އީވާން ގާތު ކިޔައިދިނީ ޖެސިކާގެ ވާހަކައެވެ. ޖެސިކާގެ އެއްމާބަނޑު ކުއްޖެއް ހުންނަކަމެއް އޭނާ ގާތު ވެލެންޓީނާ ކިޔައެއްނުދެއެވެ. ވީއިރު އީވާނަށް ފްލޯރާ އެނގުނީ ކިހިނެއްބާއޭ އޭނާ ހިތަށްއެރިއެވެ.
“އާނ، އެހެންތަ؟ ޖެސިކާތަ ފްލޯރާ މަރާލީ؟” އީވާން ވާހަކަދައްކަމުންދިޔައީ ލިފްޓަށް ބަލަހައްޓައިގެން ހުރެއެވެ.
“އީވްބޭ..” ވެލެންޓީނާއަށް ރޮއެގަނެވުނެވެ.
“އީވާން ކާކާތަ ތިވާހަކަދައްކަނީ؟ އެތާކު ނެތޭ މީހެއް.” ތޯމަސަށްވެސް ނުހުރެވިގެން ބުނެވުނެވެ.
“އޭނަ މޮޔަގޮވަނީ ކަންނޭނގެ.” ޖޭޑެން ބުނެލިއެވެ.
“މަޑުކޮށްބަލަ، ފަހަރެއްގަ އަހަރެމެންނަށް ނުފެންނަ އެއްޗެއް އޭނައަށް ފެންނަނީ ކަމަށް ވެދާނެއެއްނު.” މާރލިއާ އޭނައަށް ފެންނަ ގޮތް ބުންޏެވެ.
“އޭ ދެން މާރލީ މިހާރު ކޮން ވާހަކައެއް ތިދައްކަނީ؟ ތިބުނަނީ މީ ރޫޙާނީ ކަމެކޭތަ؟” ޖޭޑެން ޗޮކެއް ކަނޑައިލިއެވެ.
“އާނ ފަހަރެއްގަ ހަމަ ވެދާނެ.” ތޯމަސް ތާއީދުކުރިއެވެ.
އޭރު އީވާން ތެޅިފޮޅިއަރުވާ ވަރުން ވެލެންޓީނާ އޭނަގެ ގައިގައި ހިފައިގަނެގެން ހުއްޓެވެ.
“މަށަށް އެނގިއްޖެ. ރުޤްޔާ ކިޔަވަންވީ.” ތޯމަސް ބުނެލިއެވެ.
“ރުޤްޔާއޭ؟؟” އެންމެންނަށް އެއްފަހަރާ އަހާލެވުނެވެ.
“އާނ ކަލޭމެންނަށް އެއީ ކޯއްޗެއްކަން ދައްކާނަން. ޖޭޑެން އާދޭ އީވާން ހިފަހައްޓަން” ތޯމަސް މިހެން ބުނެފައި ޖޭޑެނާ އޭނައާ ވެގެން އީވާން ހިފެހެއްޓިއެވެ. އަދި އެމީހުން ގޮސް ލިފްޓަށް އެރިއެވެ. އުމުރުން ވިހި އަހަރަސް، އީވާންގެ ހަށިގަޑަކީ ބޮޑު ހަށިގަނޑެކެވެ. އެހެންކަމުން އެމީހުންނަށްވެސް އީވާން ހިފަހައްޓާލެވެނީ ކިރިޔާއެވެ.
އެމީހުން މިސްރާބުޖެހީ ތޯމަސްމެން ގެއަށެވެ. ތޯމަސްގެ އެދުމަށް ޖޭޑެން އެޑެމަށް މެސެޖުކޮށް އެމީހުން އެގޭގައި ތިބި ވާހަކައާއި އީވާނަށް ވެގެން އުޅޭ ގޮތް ލިޔެފައި ފޮނުވުމުންވެސް އެޑެމްގެ ޖަވާބެއް ނައެވެ. މިކަމާ ތޯމަސް ހުރީ ވަރަށް ދެރަވެފައެވެ. އޭނާގެ އެކުވެރިޔާ އޭނައާ ރުޅިވާކަށް އޭނާ ބޭނުމެއްނޫނެވެ. އޭނާ ފުލުސް ސްޓޭޝަނަށް ހާޒިރުކުރީ ޖެސިކާ މަރުވެފައި އޮއްވާ އެންމެ ފުރަތަމަ ފެނުނު ފަރާތްކަމަށް ވާތީއެވެ. ވީއިރު އެޑެމް އޭނައަށް ޝައްކުކުރަންވީ ކީއްވެހެއްޔެވެ؟ އެފަދަ ގޮތަކަށް ދުވަހަކުވެސް އެޑެމް އޭނައާ ވާހަކަދައްކާފައެއް ނުވެއެވެ.
ތޯމަސް ދިރިއުޅޭ ގެ ވަރަށް ތާހިރެވެ. އޭނާގެ މަންމަ، ސާރާ އެމީހުންނަށް މަރުޙަބާ ކިޔެވެ. އަދި ހިތްހެޔޮކަމާއެކީ ގޭތެރެއަށް ވެއްދިއެވެ. ތޯމަސްގެ ކޮޓަރި އެހާ ބޮޑެއް ނޫނެވެ. އެކަމަކު އެކޮޓަރިއަށް ވަނުމުން އެމީހުންނަށް އާދަޔާ ޚިލާފު އަމާންކަމެއް އިޙްސާސް ކުރެވުނެވެ. ކޮޓަރީގެ އެއްފަރާތުގައި ހުރި ފޮތް ހަރުގަނޑު ފުރާލާފައިވަނީ އެކި ވަރުވަރުގެ އެކި ޑިޒައިންތަކުގެ ޚަތިމްތަކާއި ޤުރުއާނުގެ އިނގިރޭސި ތަރުޖަމާތަކުންނެވެ.
ވެލެންޓީނާ ގޮސް އެފޮތް ހަރުގަނޑު ކައިރީ ހުއްޓިލިއެވެ. ޤުރުއާނުގެ ތަރުޖަމާއަކީ އޭނާ ވަރަށް ކިޔާ ހިތްވާ ފޮތެކެވެ. ޤުރުއާން ކިޔަވަން ނޭނގޭތީ އޭނާ ބޭނުންވަނީ ޤުރުއާނުގެ ތަރުޖަމާއިން އޭގެ މާނަ ބަލާށެވެ. އެހެންކަމުން ތޯމަސް ގާތު އަހާފައި ޚަތިމުގެ ތަރުޖަމާއެއް ގެންދަން އޭނާ ނިންމިއެވެ.
އީވާން އޮތީ ތޯމަސްގެ އެނދުގައި ބާއްވާފައެވެ. ވުޟޫކޮށްލައިގެން އައިސް ޚަތިމެއް ނެގިއެވެ. އެއަށްފަހު އީވާން ގާތު އިނދެގެން ޤުރުއާން ކިޔަވަން ފަށައިފިއެވެ. ހަމަ އެއާއެކު އީވާން ގަޔަށް ހީލިގަނޑެއް އަރައިގެންދިޔަ ކަހަލައެވެ. އޭނާގެ ކަޅި ގޮސް ހުއްޓުނީ ސީލިންގަށެވެ. އެހެން އޮވެފައި ތެޅިފޮޅެން ފަށައިފިއެވެ.
ބައިގަޑިއިރު ކިޔެވުމަށްފަހު، އީވާން މައިތިރިވެއްޖެއެވެ. އޭރު އީވާން އާދައިގެ ގޮތަށް ބަދަލުވެއްޖެއެވެ. ވެލެންޓީނާމެން ތޯމަސަށް ޝުކުރު އަދާ ކުރުމަށްފަހު އެގެއިން ނުކުތެވެ.
“ކޮބާ ވެލެންޓީނާ؟” އެގެއިން ނިކުމެގެން ވަކި ހިސާބަކަށް ގޮސްފައި ފަހަތް ބަލައިލިއިރު ވެލެންޓީނާ ނެތުމުން ޖޭޑެން ހާސްވެފައި އެއްސެވެ.
“ކޮބާ އޭނަ؟” މާރލިއާއަށްވެސް އަހާލެވުނެވެ.

“ތިއަށް އިހާނާތްތެރިކޮށް ނުހިތައްޗޭ. ތީ ﷲގެ ކަލާމްފުޅު. އެކަލާނގެ ބާވާލެއްވި ބަސްތައް ތީގަ ތިވަނީ. ވެލެންޓީނާއަށް މިދެނީ ތީގެ ތަރުޖަމާއެއް. މި ކިޔާ. ކިޔާފަ އޮޅުން ނުފިލާ އެއްޗެއް ހުރިނަމަ އަހަރެން ގާތު އަހާ.” ތޯމަސް ކީރިތި ޤުރުއާނުގެ ތަރުޖަމާއެއް ދިއްކޮށްލަމުން ބުންޏެވެ.
“މައްސަލައެއް ނޯންނާނެ. މީގައިވާ އެއްޗެއް ކިޔުމަށް މިހިރީ ކެތްމަދުވެފަ. ދެން ދަނީ އިނގޭ.” ވެލެންޓީނާ މިހެން ބުނެފައި އެކޮޓަރިން ނިކުމެގެން ދިޔައެވެ.
ސިޓިންގް ރޫމުގައި ސާރާ ޚަތިމެއް ހިފައިގެން ކިޔަވަން ސޯފާގައި އިނެވެ. އޭނާ ހިޖާބު ހެދުމުގައި އިންއިރު ވެލެންޓީނާއަށް އެހެދުން ވަރަށް ކަމުދިޔައެވެ. އޭނާވެސް އިސްލާމްވެގެން ހިޖާބު ހެދުން ލުމަށް ހިތުލިއެވެ.
**********************************************************************************

އަނެއް ދުވަހެވެ. އިންޓަވަލް ގަޑީގައި ސްކޫލުގެ މުދީރު ކްރިސްޓޮފަރ، އެޑެމާ ބައްދަލުކުރެއްވިއެވެ. ޖެސިކާ މަރާލުމުން ސްކޫލުގެ އަންހެންކުދިންގެ ކެޕްޓަނަކަށް ލާން އެންމެ ރަނގަޅު އަންހެންކުއްޖަކީ ކާކުތޯ އެއްސެވިއެވެ.
“އަޅުގަނޑަށް ރަނގަޅު ކޮންމެ ކުއްޖެއް ލިއަސް.” އެޑެމް އިސްޖަހާލަމުން ބުންޏެވެ. ރޭ ޖެސިކާގެ ހަނދާނުގައި އޭނާ ވަނީ ނިދިވެސް ޤުރުބާން ކޮށްފައެވެ.
“ނޫން، ލާރާ ކިހިނެއްވާނެ؟” ކްރިސްޓޮފަރ އެއްސެވިއެވެ.
“އޭނ، ލާރާއޭ ތޯ؟” ބޭއިޚްތިޔާރުގައި އެޑެމަށް އަހާލެވުނެވެ. އޭނާއަށް ލާރާއާއެކީ މަސައްކަތްކުރަން ލާހިކެއް ނުވާނެއެވެ. ލާރާއަކީ އޭނާ ނުލާހިކު ފޫހިވާ ކުއްޖެކެވެ. ތުއިދެއްކުމުގައިވެސް އެވަރެއް ނޯންނާއެވެ. ސްކޫލަށްވެސް އަންނާނީ މޭކަޕުކޮށްގެންނެވެ. އަންހެންކުއްޖެއްގެ ކިބައިގައި ހުރުން ލާޒިމްވާ ލަދުވެތިކަމުގެ ކަންފުޅެއްވެސް ނެތް ކުއްޖެކެވެ. އެކަހަލަ ކުއްޖަކާއެކީ މަސައްކަތްކުރަން ވެއްޖެނަމަ އޭނާ ލަދުން ވިރޭނެކަން ޔަޤީނެވެ.
“ކިހިނެއްވީ؟ އާނ ލާރާއޭ މިބުނީ. ކަންކަމުގަ އިސްނަގަން ކެރޭ ކުއްޖެއްނު ރަނގަޅުވާނީ ކެޕްޓަންކަމަށް.” ކްރިސްޓޮފަރ ވިދާޅުވިއެވެ.
ތިދެންނެވީ ނުބައި ކަންކަމުގައި އެންމެ އަވަހަށް އިސްނަގާ ކުއްޖާފުޅުގެ ވާހަކަތޯއެވެ؟ ސްކޫލަށް އަންނައިރު އެކުއްޖާފުޅު ހުންނަ ގޮތް މުދީރަށް ހަމަ ފެނިވަޑައިނުގަންނަވަނީތޯއެވެ؟ މޭކަޕްކޮށްގެން އަންނައިރު އެކުއްޖާފުޅު ހީވާނީ ފުށްއެއްޗަކަށް އެރިފައި އަންނަހެންނެވެ. އެހެން ކުއްޖަކު ހަމަ ކަމުނުދާނެތޯއެވެ؟ އެޑެމްގެ ހިތުގައި ސުވާލުތައް ފުނިޖެހުނެވެ. އެއާއެކު ބޮލުގެ ރިހުމަކަށް އެކަން ބަދަލުވެއްޖެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (23)

  1. naxx

    yeah I’m the first.mipart ves varah reethi..next part kiyaalaahithun kehmadhuvefa ….waiting waiting waiting..:-):-)

  2. nuxu

    haddddddiiiiiiiiiiiiiii

  3. yaan

    Waiting waiting

  4. PluviophileNyctophilia

    Shukuriyya!

  5. ifaasha

    V nice

  6. Na

    Liyuntheriyaage thioh Nameh dho… hahaha

  7. neel

    Reethi

  8. Aifa

    Nt nice christian name thah dheefa. V mashuni vaahaka eh. No interest

  9. Shabee

    Ey v habeys ingey… 😉 v salhi but jesica maraaleema koanchakahtha vaanee?? Eyna maru v ma mulhin kada… ane gothah dimple ge idea v molhu… 😀 nxt prt avahah up khdhehchey…..

  10. nathoo

    Thafaathu vaahaka eh, varah salhi

  11. shabee

    Bodu foohi gandakah vehje mi vahaka gandu

  12. sikko

    Jesikaa meryma kada…

  13. Shabee

    Kaaku shanee namun comment kuree…keehve shabee namun ekahala comment eh kuree…shabee innaane kurin comment khfa…dhen kommehen.nujehey thi gothah shabee namun comment kuraakah…. shabee abadhuvex mi name use kuranee…so u btr change ur name…

    1. Shabee
      Shabee

      Shabee shabee shabee shabeee pakaaas

  14. nukko

    Nyc

  15. ken

    Story reethi…..ekam names thakun v confuse vey…i mean some of them r muslims bt name thakun v olhey…dn mikamuge thereyga maa kanthah bodu nukoh storyga turning point genesbrr..i think eyrun vvv interesting vaanehen…good luck..☺

  16. flora

    hahahahaha…haaaaddddiiiii vaahaka eh.. olhun bolhun araafa.. aslu mi story miulheny cpy eh.. thafaathukohlan thiulheny.. ehnve liyaane nuliyaane ehcheh neyngigen thiulheny.. n shabee.. dimple ge idea v molhehnu.. hadi viyya hadi vaahaka bunan jeheyni.. reechey kiyaafa dhogu hadhany kykuran

    1. Shabee
      flora

      Flora shabee reehchey bunee shabee ah dimple ge idea reethi v ma ingey…ekam ehen meehaku maa fuppaigen shabee namun comment kuree…

  17. flora

    mashah fennany thi vaahaka baindhaafa ehn vaahakaeh liyan. english lifestyle neyngenya mikahala vaahaka nuliyaany.. thi liyan ulhey kahala vaahaka liyeveyni emyhunnah.. dhivehin liyey dhivehinge lifestyle.. grow up..!!

  18. Nuzha

    SALHI.. avahah up kurey

  19. PluviophileNyctophilia

    Hehe, hadiyaa hadi ey ves bunan jeheyne. abadhaku reehhchey kiyaafa comments ves naanaane. ekuhjehge khiyaal ekuhjaku faalhu kureema hama baraabaru vaane. Hehe. Kuriah huri baithah kiyaalamaa dhoa.. hurihaa vaahaka eh ehgotheh nuvaane.. Hehe

  20. Shabee

    Sweet heart meehunnah mistake vex hedheyne…but eyee balaa ah govaa varuge kameh noon…no one is perfect… Sweet heart ge vex hageegaeh beleema ingeynee thee kihineh ulhey meehehkan… shabee bunantha vaahaka eh nugelhey eh noon ingey nugulhey…ingijje but shabee noolhen balaa ah govaakah… thiahvure thankolheh reehchahvex vaahaka dhehkkidhaane kanneynge dhw… shabee ehfaharu reehchey kiyaafa comment khffa anekka hadiey.kiyaafa nujehey dhw comment kuraakah… visnain vaahaka dhahkan v nun…mihaaru eba heevey mi thaa fithuna fasaadha uffahdhan bayaku ulhey henvex n sweet heart theehen shabee namun comment kuri meehaa hen vrx eba heevey…. admin comment khffa inna meehehge namun dhen comment nukuran alhe hurihaa readers kairee bunedhee…. plx kurin dhuvahehga Zaahee namuga vrx nuzha story ga kommes meeheh comment kuri… hama ehen egothah last night shabee namuga meeheh comment kuree…. dhen heyo emeheh kurakameh onnaanee emeehakah….i.dnt care…

  21. jailam

    Adhi mihaa thanah varah rangalhu…….v salhi

Comments are closed.