Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 40

darkangel Level 110 Stories
July 26, 2015 6 Mins Read
32 Comments

ޔާނާ ހައިރާންވީ އޭނައަށްނުވެސް އެނގި އެޕާޓީގައި އޭނަގެ ބައްޕަވެސް ބައިވެރިވުމުންނެވެ. ކިހިނެތްވެގެން ވީކަމެއްތޯ ސުވާލުކުރުމުގެ ކުރިން ސަލްމާ އެތަނަށް އައިސްފިއެވެ. ޔާނާގެ ބައްޕައަށް ހޫނު މަރުޙަބާއެއް ކިޔިއެވެ. ސަލްމާގެ ވާހަކަތަކުން އޭނަގެ ބައްޕައަށް އެޕާޓީއަށް އިންވައިޓްކުރީ އޭނަކަން ޔާނާއަށް އެނގުނެވެ. ނަމަވެސް ދެން އެމީހުން ބުނެލިވާހަކައަކުން ޔާނާގެ ބޯ އަނބުރައިނުގަތީ ކިރިޔާއެވެ. އެހެން އެކަންތައް ވެއްޖެނަމަ ދެންކަންތައް ވާނީ ކިހިނެތްހެއްޔެވެ؟ އިރުކޮޅަކުން އެތަނަށް އައި ޔާސިރުއަށްވެސް ސަލްމާ އެކަންތައް ހަނދާންކޮށްދީފިއެވެ. ކުރީދުވަހު ވީކަންތަކާ ގުޅިގެން އޭނަ ހުރީ އެކަންތައް މުޅިން ހަނދާންނެތިފައެވެ. ހާސްވެފައި އޭނައަށް ބަލާލެވުނީ ރާއިންއާ ދިމާއަށެވެ. ހަދާނެގޮތެއް މިވަގުތު އޭނަގެ ހިޔާލަކަށްނައެވެ. ވަގުތާއި ތަނަކީ އެވާހަކަ ސަލްމާގާތުގައި ދެއްކުން އެންމެ ބުއްދިވެރި ގޮތްނޫންކަން ހިތުގެ އެއްކަނަކުން ވިސްނައިދިނެވެ.

ޔާނާއަށް ހަދާނެގޮތް ނޭނގިފައި އެތަނުން ދުރަށްދެވުނެވެ. ސަލްމާމެން ވާހަކައިގައި ތިބުމުން ޔާނާ ދިއުމުން އެހާ އަޅައިނުލިއެވެ. ޔާނާއަށް އަޅައިގަތީ ދުރުގައި ހުރި ޒަޔާންއެވެ. މިވަގުތު އެހީއަކަށް އެދިގެން ދާންވީ އޭނަ ކައިރިއަށް ހެއްޔެވެ؟ ނަމަވެސް އެކަންތައް ނުހުއްޓުވައިފިނަމަ ހުރިހާކަމަކަށް ބުރޫއަރާނެއެވެ. ޒަޔާންއަށްވެސް ޔާނާ ކަމަކާ ހާސްވެފައި ހުރިކަން އެނގުނީކަންނޭގެއެވެ. އޭނަ ގާތަށް އާދެވުނީ އެހެންވެގެނެވެ.

“ކަމެއް ގޯސްވީތަ…..” ޔާނާގާތަށް އައުމަށްފަހު ޒަޔާން ސުވާލުކުރިއެވެ. ޔާނާ ހުރީ ވާހަކަ ދައްކަންވެސް އުނދަގޫވެފައެވެ. ޔާނާގެ އަތުގައި ހިފައިގެން ދުރަށް ގޮސްފައި ޒަޔާން ވީގޮތް އޮޅުން ފިލުވައިދިނުމަށް އެދުނެވެ.

“ޒަޔާން އަހަރެންގެ ބައްޕަވެސް އައިސް އެބަހުރި ޕާޓީއަށް، ރާއިންގެ މަންމައާ ބައްޕަ….. އެމީހުން އެއުޅެނީ މިޕާޓީތެރެއިން އަހަރެންނާއި ރާއިންގެ ކައިވެނީގެ ވާހަކަ ބުނަން… އެހެންވެއްޖިއްޔާ އަނެއްކާ އަނެއް ޕްރޮބްލެމް ކްރިއޭޓްވާނީ، ޒާޔާއާ ރާއިން އަނެއްކާ ގުޅޭފަހުން އެގޮތަށް ވެއްޖެއްޔާ…. އަހަންނަކަށް ނޭނގެ.. ވީ ނީޑްޓް ސްޓޮޕްއިޓް ރައިޓް ނައު، ޓައިމް އެއްނެތް، އިރުކޮޅަކުން ޒާޔާ އެން ރާއިން….” ޔާނާއަށް ކިޔާލެވުނީ އެއްނޭވާއިންނެވެ.

“ޔޫއާރ ރައިޓް… ވީ ނީޑްޓް ސްޓޮޕްއިޓް….”

“އެކަމް ކިހިނެތް”

“ޔާނާގެ ބައްޕައަށް ހަގީގަތަށް ހުރިހާ އެއްޗެއް ކިޔާދީ، ބުނޭ ރާއިންއާ ރަށްޓެހިވެގެނެއް ނޫނޭ އުޅެނީ، ބުނޭ މިކައިވެނި ކުރެވޭކަށް ނެތޭ، ބުނޭ ކައިވެނި އެނައުންސް ނުކުރާށޭ….” ޒަޔާން ވިސްނަން ނުހުރެ ބުނެލިއެވެ.

“އެކަމް…. ކިހިނެތް… ބައްޕަ ރުޅިވެސް އަތުވެދާނެ، ރީޒަން އަހައިފިއްޔާ…” ޔާނާ އިތުރަށް ހާސްވަނީއެވެ.

“އިތުރުގޮތެއް ނެތް، އެވްރީތިންގް އިޒް ނައު ޑިޕެންޑް އޮން ޔޫ” މާޔޫސީ ގޮތަކަށް ޒަޔާން ބުނެލިއެވެ.

“އަހަންނަކަށް އެކަނި ނުކެރޭނެ….” ޔާނާ އެންމެ ފަހުން ބުނެލިއެވެ. ޒަޔާން ޔާނާއާއި އެކުދާން ބުނުމުން ކުޑަކޮށް ހިތްހަމަޖެހުނު ނަމަވެސް އަދިވެސް ހުރީ ކުރިއެކޭ އެއްވަރަށް ހާސްވެފައެވެ. ޔާނާގެ ބައްޕަގާތަށް އައިސް ވާހަކައެއް ދައްކާލަން ބޭނުންވާކަމަށް ބުނެ މީހުންނާ ތަންކޮޅެއް ދުރަށް ތިންމީހުން ޖެހިލިއެވެ. ނަމަވެސް ޔާނާ ހުރީ ވާހަކަ ކުރިއަށް ގެންދާނެ ގޮތެއް ނޭނގިފައެވެ. ޒަޔާން ކިހާދޭން އެދުމުން އެންމެފަހުން ހިތްވަރު ކޮށްލާފަ ރާއިންއާ ކައިވެނި ކުރެވެން ނެތްވާހަކަ ބުނެލިއެވެ. އަދި ރާއިންއާ ރުޅިވެގެން އުޅޭވާހަކަ ބުނެލިއެވެ.

ޔާނާގެ ބައްޕަ ހިތްހަމަނުޖެހިފައި އެއީ ކީއްވެގެންތޯ ސުވާލުކުރަންފެށިއެވެ. ޔާސިރުއާ ސަލްމާގާތުގައި ބުނާނީ ކީކޭތޯ ސުވާލުކުރިއެވެ. ނަމަވެސް ޔާނާއަށް އެއްވެސް އެއްޗެކޭ ނުބުނެވުނެވެ. އޭރު އޭނައަށް ހުރީ ރޮވެން ކައިރިވެފައެވެ. ދުވަހަކުވެސް ހިތްހަމަނުޖެހިގެން އޭނަގެ ބައްޕަ އެއްޗެކޭ ބުނަން ޖެހިފައެއްނުވެއެވެ. ނަމަވެސް މިއަދު އޭނަގެ ސަބަބުން އޭނަގެ ބައްޕައެވަނީ މީހުންގެ ކުރިމަތީގައި ލަދުގަންނަންޖެހިފައެވެ.

“އަންކަލް ޔާނާއަށް މާފްކުރޭ، ރާއިންއާ ޔާނާ ރުޅިވިފަހުން ވަރަށް ދުވަސްވެއްޖެ، މިގޮތަށް ކައިވެނި އިއުލާން ކުރާނެކަން އެނގިފައެއް ނެތް، ރާއިންއާ ރުޅިވިފަހުން އަޅުގަނޑު ޔާނާއާ ރަށްޓެހިވީ، އަޅުގަނޑު ހުރީ މިކައިވެނީގެ ކަންތައް ނިންމާފައި ޔާނާގޮވައިގެން ގޮސް އަންކަލް ކައިރީގައި ޔާނާގެ ކައިވެންޏަށް އެދެން، އަޅުގަނޑަށް މިކަން ކުރިން އެންގިފައި އޮތްނަމަ މިހެން ކަންތައް ނުވިސް، ރާއިންވެސް ހީވާގޮތުން ނުބުނަނީ ޔާނާއާ ރުޅިވިވާހަކަ، އެހެންވެ ކަންނޭނގެ މިހެންމިވީ، އަޅުގަނޑުއެދެނީ މިވަގުތު ހަމައެކަނި ޔާސިރުއަންކަލް ގާތު މިވާހަކަބުނެދިނުން، ބޭބެއަށް އަންޑަސްޓޭންޑްވާނެކަން ޔަގީން، އަޅުގަނޑު ބޭނުން ވީހާވެސް އަވަހަކާ ޔާނާއާ ކައިވެނި ކުރަން….” ކުއްލިއަކަށް ޔާނާގެ އަތުގައި ހިފާލުމަށްފަހު ޒަޔާން  ދެއްކިވާހަކައިން ޔާނާހުރީ އަނގަހުޅުވިފައެވެ. ޒަޔާން މިއުޅެނީ އަނެއްކާ ކީއްކުރަން ހެއްޔެވެ؟ އޭނަ އިތުރަށް އޭނަގެ ބައްޕައަށް އޮޅުވާލާކަށް ނޭދެއެވެ. އެކަމަކު އެގަޑީގައި ބައްޕަގެ ރުޅި ފިނިވިތަން ފެނިފައި އެއްޗެކޭ ބުނާނެ ހިތްވަރެއް ނުލިބުނެވެ. ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހިފައި ހުރިކަމުގައިވިނަމަވެސް ޒަޔާން ބޭނުންވިގޮތަށް ޔާސިރުގާތުގައި އެވާހަކަ ދައްކަން ދަނީކަމުގައި ބުނަމުން އެތަނުން ހިނގައިގަތެވެ.

“މިހާރަކު ނޫން، ފަހުންތިވާހަކަ ދައްކާނީ، އިޓްސް ޓައިމް، ޒާ އެބަހުރި ކޮޓަރީގަ، މިއަންނަނީ، އަހަންނަށް ފެންނަހިސާބުގަ ހުންނާތި” ޔާނާ އެއްޗެކޭ ބުނަން އުޅުމުން އެކަމަށް ފުރުސަތުނުދީ ޒަޔާން ހިނގައިގަތީ ގޭތެރެއަށެވެ. ޒާޔާގެ ކޮޓަރީގައި ޓަކިޖަހާލަމުން ޒަޔާންވަނެވެ. އޭރުޒާޔާއިނީ އެނދުގައި އިށިއިނދެލައިގެނެވެ. މޫނަށް ބަލައިލުމުން ރޮއިފައިކަން އެނގެއެވެ. ޒާޔާގާތަށް އައިސްފައި ރޮނީ ކީއްވެގެންތޯ ސުވާލުކޮށްލިއެވެ.

“ޒަޔާން އަހަންނަކަށް ނުވާނެ، އަހަންނަކަށް ނުކެރޭނެ ރާއިންއާ ވާހަކަ ދައްކާކަށް، އަހަންނަށް އެނގެއެންނު އޭނަ ކީއްވެގެންކަން އެހެން އެކަންތައް ކުރަނީ ދެން…..”

“ޝްޝްޝް…، ޒާ ބުނީމެންނު އަހަރެން ބުނި ގޮތަށް ކަންތައް ކޮށްދޭނަމޭ، ރާއިންގާތު ބުނެދީ ޒާޔާ ލޯބިވާވަރު، ޕްލީޒް ބޭބީ، އޯކޭ ޒާއަށް ހުރިހާ ކަމެއް އެނގޭކަން އޭނައަށް އެންގިޔަސް، ޖަސް ޓެލްހިމް ޓްކަމްބެކް….” ޒާޔާގެ މޫނުގައި ދެއަތުން ހިފާލަމުން ޒަޔާން ނުހަނު ލޯބިން ބުނެލިއެވެ. އަދި ޒާޔާގެ މޫނު ފޮހެލަދިނެވެ.

“އެބައަންނަން ރާއިން ގޮވައިގެން… މިތާ މަޑުކުރޭ، އިނގޭ” ޒަޔާން އެހެން ބުނެފައި އެކޮޓަރިން ނުކުތެވެ.

ޒަޔާން ބޭރަށް ނުކުމެފައި ޔާނާއަށް ގުޅާލީ އޭނަ ފެންނަން ނެތުމުންނެވެ. ޔާނާއަށް ގުޅާލުމުން ކުޑައިރުކޮޅެއްގެ ތެރޭގައި އޭނަހުރިތަނަށް އައިސްފިއެވެ. އޭނައައުމުން ޒަޔާން އެންމެ ފުރަތަމަވެސް ސުވާލުކުރީ ރާއިން ކޮބާތޯއެވެ. “މިދަނީ ރާއިން ގޮވައިގެން، އިރުކޮޅަކުން އާދޭ އާންޓް ގޮވައިގެން…. އެކޮޓަރީ ބެލްކަނި ހުންނާނީ ހުޅުވާފަ، އެތާކައިރީގަ މަޑުކުރާނީ، އަނެއްރޫމް ލައިޓް ނުދިއްލާ ބަހައްޓަތި” ކަންތައް ކުރަންވީގޮތް ޔާނާއަށް ކިޔާދީފަ އޭނަ ހިނގައިގަތީ ރާއިންއާ ދިމާއަށެވެ. ޔާނާ ސަލްމާގާތަށް ހިނގައިގަތްއިރު ޒަޔާން ދިޔައީ ރާއިންއާ ދިމާއަށެވެ. ރާއިން ކައިރިއަށް އަރާހަމަވެފައި ވާހަކަ ދައްކާލަން ބޭނުން ކަމަށްބުންޏެވެ. ޒަޔާންގެ މޫނުމަތިން ފެންނަންހުރި ސީރިއަސް ކަމުން އިތުރު ސުވާލެއްނުކޮށް އާއެކޭ ބުނެލިއެވެ. ނަމަވެސް ޒަޔާން އެދުނީ އޭނައާއިއެކު ގޭތެރެއަށް ދިއުމަށެވެ. ޒަޔާން ރާއިން ގޮވައިގެން އެތެރެއަށް ވަންނަން ހިނގައިގަތުމުން ޔާނާވެސް ސަލްމާގާތުގައި އެއްޗެކޭ ކިޔައިގެން ސަލްމާއާއިއެކު އެތެރެއަށް ހިނގައިގަތެވެ. ރާއިންމެން ގޭތެރެއަށް ވަތް މަންޒަރު ސަލްމާއަށްވެސް ފެނުނެވެ. އެމީހުންގެ ފަސްފަހަތުން ދާހެން ހީވެގެން ސަލްމާ ސުވާލުވެސް ކުރިއެވެ. ނަމަވެސް ޔާނާ އެދުނީ އޭނައާއިއެކު އައިސްދިނުމަށެވެ.

 ޒާޔާގެ ކޮޓަރީގެ ދޮރުހުޅުވާލަމުން ޒަޔާން އެތެރެއަށް ވަތްހިނދު ރާއިން ނުވަންނަން ހުއްޓެވެ. އެވަގުތު ތަންކޮޅެއްދުރުގައި އެމީހުންނަށް ނުފެންނާނެހެން ޔާނާއާއި ސަލްމާ މަޑުކޮށްގެން ތިއްބެވެ. “ރާއިން ޒާޔާ ބޭނުންވޭ ވާހަކަ ދައްކާލަން…. އޭނައަށް އެހައްގުވެސް ނުދޭނަންތަ؟ އެންމެފަހަރަކު އޭނަ ދައްކަންއެއުޅޭ ވާހަކަ އަޑުއަހާލަބަލަ، ޕްލީޒް” އާދޭހުގެ ރާގެއްގައި ޒަޔާން ބުނެލިއެވެ. އިތުރު އެއްޗެކޭ ނުބުނެ ޒަޔާން ކޮޓަރިތެރެއަށް ވަނުމުން ރާއިންވެސް އޭނަފަހަތުންވަނެވެ. އޭރު އޭނަވިސްނަމުން ދިޔައީ ޒާޔާ ދައްކަން އެއުޅޭ ވާހަކައަކާމެދުގައެވެ. ކޮޓަރިއަށްވަތްއިރު ޒާޔާ އެނދުގައި އިށިއިނދެގެން އިނެވެ. ޒަޔާން ކޮންމެވެސް އެއްޗެކޭ ބުނިނަމަވެސް ރާއިންއަކަށް އެއަޑެއް ނީވުނެވެ.

ރާއިންމެން އެކޮޓަރިއަށް ވަނުމުން ޔާނާ ހިނގައިގަންނަން އުޅުނެވެ. ނަމަވެސް ސަލްމާ ދެވަނަފަހަރަށް ސުވާލުކުރުމުން ކޮންމެވެސް ޖަވާބެއް ދޭން މުހިންމުވިއެވެ. އަދި މިއުޅެނީ ސަލްމާއަށް ކޮންމެހެން އެނގެންޖެހޭ ހަގީގަތެއް ހާމަކުރުމަށްކަމަށް ބުންޏެވެ. ޒަޔާން އެކޮޓަރިން ނުކުތްއިރުވެސް ޔާނާހުންނަންޖެހުނީ ދާންވީތަނަށް ނުދެވިއެވެ. ޒަޔާންއަށް އެމީހުން ފެނުމުން ބާރަށް ހިނގާފައި އައެވެ. ޔާނާގެ ވާހަކަތަކުން ވީގޮތް އެނގުނެވެ.

“އާންޓް، އަޅުގަނޑުއެދެނީ ހަމައެންމެފަހަރަކު އަޅުގަނޑަށް އިތުބާރު ކޮށްފައި އަޅުގަނޑާއި އެކުއައުން، މިއީ އާންޓްއަށް ކޮންމެހެން އެނގެންޖެހޭ ކަމަކަށްވާތީ، އޭގެ ފަހުގަ އަޅުގަނޑު ހުރިހާ އެއްޗެއް ކިޔާދޭނަން، ޕްލީޒް.” ޒަޔާން އެދުމުން އެންމެފަހުން ސަލްމާދާން އެއްބަސްވިއެވެ. ޒާޔާގެ ކޮޓަރިއާ ޖެހިގެން ހުރި ކޮޓަރިއަށް ތިންމީހުން ވަނެވެ. ބެލްކަނީގެ ދޮރުހުރީ ހުޅުވާފައިކަމުން ކުޑަކޮށް ކޮޓަރިތެރެއަށް އަލިވެފައިއޮތެވެ. ޒަޔާން އެދުނީ އެއްވެސް އެއްޗެކޭ ނުބުނެ އެމީހުންގެ ވާހަކަ އަޑުއެހުމަށެވެ. ދެކޮޓަރީގެ ބެލްކަނި ހުންނަނީ ޖެހިފައިކަމުން އެއްކޮޓަރީގެ ބެލްކަނީ ދޮރު ހުޅުވާފައިހުރެއްޖެނަމަ ޖެހިގެން ހުންނަ ބެލްކަންޏަށްވެސް އަނެއް ކޮޓަރީގައި ދައްކާ ވާހަކަ އަޑުއިވެއެވެ. ޒަޔާން ބޭނުންވީ ރާއިންއާއި ޒާޔާގެ ވާހަކަތައް ސަލްމާއަށް އަޑުއިއްވުމަށެވެ. އެދެމީހުން އެކަކު އަނެކަކުދެކެ ވާލޯބި އެންމެރަނގަޅަށް އަޑުއިއްވަދެވޭނީ އޭރުން ކަމަށްވާތީއެވެ.

ބެލްކަންޏަށް ނުކުމެ ތިންމީހުން އަނެއްކޮޓަރީގެ ބެލްކަންޏާއި ކައިރިއަށް ޖެހިލިއެވެ. އެތަނަށް ޒާޔާ ދައްކަމުން ދިޔަ ވާހަކަ ކިތަންމެ ރިއްޗަކަށްވެސް އަޑުއިވެމުން ދިޔައެވެ.

ޒާޔާހުރީ ރާއިންގެ ގައިގައި ފަހަތުން ބައްދާލައިގެނެވެ. ރާއިން ދާން އުޅުމުން އިތުރަށް އޭނައަށް ކެތްނުވީއެވެ. “ރާއިން ޕްލީޒް އެންމެފަހަރަކު ޖަސްއެންމެފަހަރަކު ތިދުލުން ބުނެދީ ޒާދެކެ ލޯބިވެޔޭ…. ޒާއަށް އެނގޭ ރެން ލޯބިވާކަން… ޕްލީޒް” ރުއިމުގެ ތެރެއިން ޒާޔާބުނެލިއެވެ. ޒާޔާގެ ޖުމްލައިން ހައިރާންކަމާއެކު ސަލްމާއަށް ޒަޔާންއައި ޔާނާގެ މޫނަށް ބަލާލެވުނެވެ. ޒަޔާންއިސް ޖަހާލީ އެއީ ތެދުކަން އަންގައި ދިނުމަށްކަންނޭނގެއެވެ.

“ޒާއަށް އެނގެއޭ ރާއިން ލޯބިވާކަން، އެނގޭ ކީއްވެގެންކަން ނުބުނަންތިހުރީ، ރާއިންގެ މަޖުބޫރީ އެނގޭތީނުން ޒާ މާލެ ދޫކޮށްފަވެސް ދިޔައީ، ރާއިން ބުނެފިނަމަ އަދިވެސް އިންތިޒާރުކޮށްފާނަމޭ، 7 އަހަރެއްނޫން މުޅިއުމުރުވެސް، ރާއިންގެ މަންމައަށް ހަގީގަތް އެނގިގެން ޒާ އެކްސެޕްޓް ކުރިދުވަހަކުން ރާއިން ޒާ ބަލާއަންނަންދަކަށްވެސް ޒާ އިންތިޒާރުކުރާނަމޭ…” ޒާޔާ ވާހަކަދައްކަމުން ދިޔައީ ހުއްޓަހުއްޓާފައެވެ. އޭނަގެ ވާހަކައިން ޒާޔާއަށް ހަގީގަތް އެނގޭކަން ރާއިންއަށް ޔަގީންވެއްޖެއެވެ. ދެލޯމަރާ ބާރުކޮށްލައިގެން ހުރީ ވީދެރައަކުންނެވެ.

“ޒާދުވަހަކުވެސް ހަގީގަތެއް ހާމާއެއްނުކުރާނަމޭ އެކަކަށްވެސް، ޒާއަށް ހަގީގަތް އެނގޭކަންވެސް ނާންގާނަން، މުޅިއުމުރަށް ދުރުގަވެސް ހުރެދާނަން، ރާއިން ނުފެންނަ ހިސާބު ދުރުގަވެސް ހުރެދާނަން، ދުވަހަކު މާލެވެސް ނާންނާނަން، ދައްތަ ކިތަންމެ ރުޅިއަޔަސް ޒާ ރުޅިއެއްނާންނަމޭ ދައްތަ ދެކެއެއް، މުޅިއުމުރަށްވެސް ދައްތަ ރުޅިއަންނަ މީހަކަށްވެގެންހުރެދާނަން އެހަގީގަތް އެކަމުން ފޮރުވެންޏާ…އެންމެފަހަރަކު ބުނެދީ ޒާދެކެ އަދިވެސް ލޯބިވެޔޭ…. ޕްލީޒް ޕްލީޒް، ޒާ ދިއުމުގެ ކުރިން އެންމެފަހަރަކު ތިދުލުން އެހެންބުނެލަދީ، އެންމެފަހަރަކު ޒާއަށް ތިދުލުން އިއްވާލަދީ…. ޒާޔާއަށް ގިސްލެވެމުން ދިޔަނަމަވެސް އޭނަ އެދެމުން ދިޔައީ އެންމެފަހަރަކު އޭނަދެކެ ލޯބިވާކަމަށް ބުނެދިނުމަށެވެ. ރާއިންގެ ލޮލުން ކަރުނަ ފައިބަމުން ދިޔަނަމަވެސް އޭނަގެ ދުލުގައި ތަޅެއް ލެވިގެންވާފަދައެވެ. ދުވަހެއްގެ ކޮޅުންވެސް އޭނަގެ ދުލުން ދެވަނަފަހަރަށް ޒާޔާދެކެ ލޯބިވަމޭ ނުބުނަން އަޒުމް ކަނޑައަޅައިގެން ހުރިކަހަލައެވެ. އެއަތުގެ ތެރެއަށް ޒާޔާގެނެސް ނުރޯށޭ ބުނަން ކިތަންމެހައިވެސް އޭނަ ބޭނުމެވެ. ޒާޔާދެކެ ލޯބިވާވާހަކަވެސް ބުނަން ބޭނުމެވެ. ނަމަވެސް އޭނަ ހުރިގޮތުގައި ހުރީއެވެ.

“ޒަޔާން ނުބުނަންތަ ޒާ ގާތުގަ ރާއިންގާތުގައި އަނބުރާ އަންނާށޭ ބުނާށެކޭ…. އެގޮތަށް ވާހަކަ ނުދައްކަންތަ؟” ޒާޔާ ދައްކާ ވާހަކައިން އެމީހުން ޕްލޭންކުރި އެއްވެސް ވާހަކައެއް ނުދައްކާތީ ޔާނާއަށް ނުހުރެވިގެން ސިއްރުން ސުވާލުކުރިއެވެ.

“ޒާ ދުވަހަކުވެސް ނުބުނާނެ ރާއިންގާތު އަނބުރާ އަންނާށެކޭ،” ޒަޔާންގެ ޖަވާބުކުރެވެ. އެލޮލުގައިވެސް އޭރު ކަރުނައިގެ އަސަރު ފާޅުވެފައި ހުއްޓެވެ.

ޒާޔާ އަދިވެސް ރާއިންގެ ގައިގައި ބައްދައިގެން ހުރެ ރޮނީއެވެ. ރާއިން އަތްއުފުލާފައި އޭނަގެ ބަނޑާދިމާލުގައި ހިފަހައްޓާލެވިފައިވާ ޒާޔާގެ ދެއަތް ނައްޓަވާލިއެވެ. އަދި ކުރިއަށްފިޔަވަޅެއް އަޅާލިއެވެ.

“އަހަރެންގެ ކައިވެނި ވަނީ ޔާނާއާ ހަމަޖެހިފަ، މިރޭ ޕާޓީގައި އިއުލާން ކުރެވޭނެ، އެއްމަސްދުވަސްތެރޭގަ ކައިވެނި ކުރެވޭނެ” ފަސް އެނބުރި ބެލުމެއްނެތި ރާއިން އިއްވާލިއެވެ. ޒާޔާހުރީ ހައިރާންވެފައެވެ. އޭނަ ރާއިންއާ ވާހަކަ އަހަރެއްހާދުވަސް ފަހުންނެވެ. ނަމަވެސް ރާއިންގެ ހިތަށް އެކައްޗެއްވެސް ނޭރީހެއްޔެވެ؟ ނޫނީ މިހާރު އެހިތުގަ އޭނައަށް ލޯބި ނުވަނީހެއްޔެވެ؟ ރާއިން ބުނަން ބޭނުންވި ޖުމްލަތައް އިއްވާލުމަށްފަހު ދޮރާދިމާއަށް ހިނގައިގަތެވެ. ޒާޔާއަށް ހުރިދިމާއަށް ތިރިވެވުނީއެވެ. ލޯބިވެޔޭ ބުނަން އޮތްކިބާގައި ރާއިން އެދިޔައީ އެންމެފަހަރަކު އޭނައަށް ބަލާވެސް ނުލައެވެ. އިންސާނެއްގެ ހިތްހިލަ ވެއްޖެއްޔާ ވާނީ އެހާވަރަކަށް ކަންނޭނގެއެވެ. ރާއިން ދޮރުލެއްޕިއަޑުއިވިފައި ޒާޔާއަށް ގިސްލާފައި ރޯންފެށުނެވެ. އެއަޑުގައި އެތަށް ވޭނެއް އެކުލެވިގެންވިއެވެ.

ސަލްމާހުރީ ކަންފަތަށް އަޑުއިވުނުވާހަކަތައް ގަބޫލުކުރަން ދަތިވެފައެވެ. އޭނަގެ ނަޒަރުގައި އެއީ އެއްބަޕާ ދެބެންނެވެ. އެދެއްކީ ކޮންހަގީގަތެއްގެ ވާހަކައެއް ހެއްޔެވެ؟ ޒާޔާ ރޯއަޑުއަހަން އިތުރަށް ކެތްނުވުމުން ޒަޔާން ކޮޓަރި ތެރެއަށް ހިނގައިގެތެވެ. އަދި ކޮޓަރީގެ ލައިޓްތައް ޖައްސާލިއެވެ. އޭރު ސަލްމާގެ ފަހަތުގައި ހުރެގެން ޔާނާވެސް ކޮޓަރިތެރެއަށް ވަނެވެ. ޔާނާގާތުގައި ބެލްކަނީގެ ދޮރު ލައްޕާލުމަށް ބުނެލިއެވެ. އަދި ސަލްމަގާތުގައި ސޯފާގައި އިށިއިނުމަށް ބުނެލިއެވެ. މޫނުގައި ދެއަތް ކާއްތާލަމުން ފުންނޭވައެއް ދޫކޮށްލިއެވެ. އެއަށްފަހު ސަލްމާގެ ފައިކައިރީގައި ބިންމަތީ ކަކޫޖަހާލައިގެން އިނެވެ. ޔާނާ ސަލްމާގެ ކަނާއަތްފަރާތުގައި ސޯފާގައި އިށިއިނެވެ. ސަލްމާގެ ދެއަތުގަ ހިފާލަމުން ފުންނޭވައެއް ދޫކޮށްލާފައި ވާހަކަ ދައްކަންފެށިއެވެ.

އާންޓް، ޒާޔާއެއީ އަންކަލްގެ ދަރިއެއްނޫން، ރާއިން އެއީ އަންކަލަގެ ހުރި ހަމައެކަނި ދަރިއަކީ، ރެން އާއި ޒާޔާއީ އެއްބަފާ ދެބެންނެއް ނޫން، އާންޓް މިހުރިހާ ދުވަހު އެކުއްޖެއްދެކެ ރުޅިއައިދަރިފުޅަކީ ރާއިން، ޒާޔާއެއްނޫން،ރާއިން އެއީ އަންކަލް އެހެން ބަނޑަކަށް ލިބުނުދަރިއަކީ، އާންޓްގެ އަސްލުދަރިފުޅުމަރުވީ، އެކަން ސިއްރުކޮށްފައި މާމަމެން ރާއިންގެއަށް ގެންނާށޭ އަންކަލްގާތުބުނީ، އޭރު ރާއިންގެ އަސްލު މަންމަވެސް ވީމަރުވެފަ، އެކަން އާންޓް އަށް ނާންގަންވެގެން ރެން އެހުރިހާ ކަމެއް ކުރީ، އޭނަ ބޭނުމެއް ނުވޭ އޭނަގެ މަންމަ އޭނަދެކެ ނަފްރަތު ކުރާކަށް، އޭނަބޭނުމެއް ނުވޭ އެހަގީގަތް އާންޓް އަށް އެނގޭކަށް، އާންޓް ދެރަކުރާކަށް، އަހަންނަށް ޔަގީން އާންޓް ރާއިންގާތު އޭނަގެ ފުރާނަ ގުރުބާންކުރަން ބުންޏަސް އެކަންވެސް ހެވިފައި ހުރެގެން އޭނަގެ މަންމައަށްޓަކާ ކުރާނެކަން، އޭނަގެ މުޅިދިރިއުޅުންވެސް އެގުރުބާންކޮށްލީ އެއްވެސް ޝަކުވާއެއްނެތި، މުޅިއުމުރުގައިވެސް ލޯބިވިހަމައެކަނި ކުއްޖާވެސް އެދުރުކޮށްލީ އެއްވެސް ޝަކުވާއެއްނެތި، އޭނަގާތު ނުވެސް ބުނޭ ކަންތައްވީގޮތެއް، ޒާޔާއަށް ހަގީގަތް އެނގުނީފަހުން، އޭނަގެ ދުލުން އެއްވެސް އެއްޗެކޭ ނުބުނާނެ މިއަދުވެސް، އަދި ޒާޔާ ދުވަހަކުވެސް ނާންނާނެ ރާއިންގެ ދިރިއުޅުމަކަށް، އެއަށްވުރެ ކިޔަމަންތެރި، ލޯބިވާދަރިއެއް އަހަންނަކަށް ހިޔެއްނުވޭ މީހަކަށް ވަކި ލިބިދާނެހެނެއް،ދަރިއަކަށްވާނީކީ ހަމައެކަނި ތިމާގެ ބަނޑުން އުފަންކުރީމައެއްނޫނެންނު، ރެން އާންޓްއަށްޓަކާ އެހާވަރުގެ ގުރުބާނީއެއްވާއިރު އާންޓް އަށް އެންމެފަހަރަކުވެސް ރެންއަށްޓަކާ އެހަގީގަތް ގަބޫލެއްނުކުރެވޭނެތަ، ޕްލީޒް” ޒަޔާން ވާހަކަ ދެއްކިއިރު އެއަޑުގައި ތުރުތުރު ލުމެއްވެސް އެކުލެވިގެން ވިޔެވެ. ވާހަކަ ދެއްކީ އިސްޖަހައިގެން އިނދެއެވެ. ކުއްވެރިއެއްފަދައިންނެވެ. އެހަގީގަތަކީ 27 އަހަރުވަންދެން ފޮރުވިފައިވާ ސިއްރެކެވެ. ޒަޔާން ވާހަކަ ދެއްކީ ސަލްމާގެ ހިތުގައި ޝައްކު އުފެދިފައިވާ ގޮތަށެވެ. އޭނައަށް ޝޮކެއް ނުލިބުނީ އެހެންވެގެން ކަންނޭނގެއެވެ. ނަމަވެސް އެދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އަންނަމުން ދިޔައެވެ.

“މިކަމުގެ ޑީޓެއިލްސް ކިޔާދޭން އެނގޭނީ އަންކަލްއަށް، ރެންއަށް އެހަގީގަތް އެނގުނީ ޒާޔާއާ ރައްޓެހިވިފަހުން، އެދުވަހުއްސުރެ އޭނަ މާލެ ނާންނަން ހުރީވެސް، ހަދާނެގޮތް ނޭނގޭތީ، ޒާޔާއާ އެއްވެސް ގުޅުމެއް ނުބާއްވާހުރެ ދެން ޒާޔާ ކުރިމައްޗަށް ފަސްއަހަރުފަހުން އައީ ޔާނާގޮވައިގެން، އެހުރިހާދުވަހެއް ވަންދެންވެސް ޒާޔާހުރީ ރާއިންގެ އިންތިޒާރުގަ، އާދޭސްކޮށްފަ އާންޓްގާތު މިބުނަނީ، އެދެމީހުން ދުރުނުކުރޭ، ރާއިންގާތުބުނެދީ އިތުރަށް ޒާޔާގެ ހިތުގަ ނުޖައްސާށޭ، ޒާޔާ މާލެ ދޫކޮށްދިޔައީ އެހަގީގަތް އެނގުމަށްފަހު، އާންޓްއަށް މިއަދުވެސް ފެންނާނެ ޒާޔާ އާދޭސްކުރިއިރުވެސް ރާއިން އެންމެފަހަރަކު ލޯބިވާވާހަކަވެސް ބުނެނުލާ އެދިޔައީ….” ޒަޔާންގެ ވާހަކަ ހުއްޓާލީ ސަލްމާ ކުއްލިއަކަށް ތެދުވުމުންނެވެ. ޔާނާއާއި ޒަޔާން އެކަކު އަނެކަކަށް ބަލާލުމަށްފަހު ތެދުވިއެވެ. ސަލްމާއަށް ގޮތެއްވެދާނެތީވެސް އެމީހުން ތިބީ ބިރުގަނެފައެވެ. އޭނަ ކުރިއަށް ހިނގައިގަތުމުން ޔާނާ ފަހަތުން ހިނގައިގަތެވެ. ސަލްމާގެ ކޮނޑުގައި އަތްލުމުން ސަލްމާ އެއަތް ދުރުކޮށްލީ މީހެއްގެ އެހީ އޭނައަށް ބޭނުން ނުވާކަން ބުނެލުމަށެވެ. ނަމަވެސް ސަލްމާ އެކަނި ދާން ދޫކޮށްލާކަށް އޭނައަކަށް ނުކެރުނެވެ. ޒަޔާންއާ ދިމާ ބަލާލުމަށްފަހު ސަލްމާފަހަތުން ހިނގައިގަތެވެ. ޒަޔާން ހުރީ ހަދަންވީގޮތް ނޭނގިފައެވެ. ސަލްމާ މަޑުކުރުވައިފައި އިތުރަށް ވާހަކަ ދައްކާކަށް އޭނައަކަށް ނުކެރުނެވެ.

އެކޮޓަރިން ނުކުތުމަށްފަހު ސަލްމާގެ މިޝްރާބުހުރީ އޭނަގެ ކޮޓަރިއާދިމާއަށެވެ. ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނުމުން ޔާނާވެސް ވަނެވެ. ކޮޓަރިއަށްވަދެ ލައިޓްތައް ޔާނާ ޖައްސާލަދިނެވެ.

“ދައްތަ މިވަގުތު ބޭނުންވަނީ އެކަނިވެލަން….” އެނދުގައި އިށިއިނދެލަމުން ޔާނާއަށް ސަލްމާ ބުނެލިއެވެ. ކޮޓަރީގެ އެއްދިމާއަކަށް ބަލަހައްޓައިގެން އޭނައިނެވެ. ކޮޓަރިން ނުކުންނަން ހިނގައިގަނެފައިވެސް ދެފަހަރަކު ހުއްޓިފައި ޔާނާއަށް ފަހަތްބަލައިލެވުނެނެވެ.

Share Article

Follow Me Written By

darkangel

Level 110 Stories

Other Articles

Previous

ހިތް ވިންދާނުލައި… (30)

Next

ހަތަރު އުދަރެސް (12)

Next
July 26, 2015

ހަތަރު އުދަރެސް (12)

Previews
July 25, 2015

ހިތް ވިންދާނުލައި… (30)

32 Comments!

  1. darkangle says:
    July 26, 2015 at 1:03 am

    here is the 40th ep of the story, i guess i can upload sooner if i dnt tell when m not telling when i ll b uploading next ep. n v v v sorry for not being regular updating story. n ya i knw names r verrrrrrrrrry similar. will tell you guys the reason behind it later. gudnyt. enjoy reading. thankyou.

  2. mai says:
    July 26, 2015 at 1:16 am

    Vvvvvreethi

  3. sithu says:
    July 26, 2015 at 1:21 am

    V salhi ….

  4. nishy says:
    July 26, 2015 at 1:23 am

    Zaaya, zayaan, raain, yaana, naaya, sanaa, salma, shaan, yasir, noora, abdulla, aayan, yashra, balgis, etc etc…
    Darkangle adhi mivaahakaiga ithuru character eh ulhenyaves angaalaathi
    Boahalaaku

    1. fairy says:
      July 26, 2015 at 2:06 am

      u should’t be so rude dho, anyone cant be perfect, kithanme reethi vaahaka ehgga ves aibeh huredhaane, aren’t u suppose to encourage new writers. mi iy mi site ga liya enme kamu nudha story eh nun viyya thiha varu kuraakah, darkangel nubuney dhw thivarah ehchehi kiya iruves ekahcheh ves. u r just too much. others have feeling too. mi ahvvure kithanme fenvaru dhah stroy ebahuri mi site ga liyefa. bunan beynun ehcheh thiyavvure reethi koh ves buneveyne dhw. this is one of the best story in this site. nubunan perfect ekey. even moon is not perfect. r u so perfect NISHY

    2. emiliya says:
      July 26, 2015 at 12:05 pm

      If u find it that horrible then don’t read the story………,

    3. awa says:
      July 26, 2015 at 12:08 pm

      How old are you? If you cannot differentiate between some names and read and understand a story, maybe you are not old enough to read a story. Its not a problem even if the story has characters with similar names. This actually is the best story in this website right now. Cant you see everyone begging the writer to upload the story sooner? It is not without reason. So if you cant handle it, stop reading it.

  5. nukko says:
    July 26, 2015 at 1:25 am

    V reethi story.. mi part vs hama habeyx …. avahah up kohdhdhyyy. PLx darkangel….. waiting waiting

  6. nisha says:
    July 26, 2015 at 1:50 am

    mee aslu varah reethi vaahaka eh .keeep it up.. hama ekani prob akee maa evahtharu names hureema

  7. suray says:
    July 26, 2015 at 2:05 am

    Full of characts in similar names. Bodah undagoo……..

  8. shai says:
    July 26, 2015 at 2:25 am

    V asaru gadha?

  9. sur says:
    July 26, 2015 at 2:39 am

    Mi part ga ves ma bodhu kameh vefa nei kan faahaga kuran. Ma bodah haasaru demumuge beynumei neh. Den ninmaalan ulhey

  10. Sweet girl says:
    July 26, 2015 at 2:47 am

    Zaayaa n zayaan gulhunyma ennu dhn reethi vaany

  11. nishy says:
    July 26, 2015 at 2:55 am

    V reeethi Mi vaaahaka

  12. fairy says:
    July 26, 2015 at 4:04 am

    Sorry nishy! Aslu mashahves engey hama mi story ga characters thah ginavefa names thah ehgoiy kan, mashahves gina faharah hama vaanuva neygey

  13. Raahy says:
    July 26, 2015 at 4:19 am

    Vvv nyc!!! Keep up the good work and plx try to upload sooner!!!

  14. shy irey says:
    July 26, 2015 at 9:27 am

    V v v v v reethi

  15. nazi says:
    July 26, 2015 at 9:51 am

    vvv reethi unmeedhukuran aney part ves avaha up kohlladheynekama

  16. huwey says:
    July 26, 2015 at 10:03 am

    Darkangle ren n zaa gulhuvahchey

    1. zee says:
      July 26, 2015 at 10:22 am

      i hope so

  17. liu says:
    July 26, 2015 at 10:56 am

    vvvvvv reethiiiiiii❤??????????❤?????????❤???

  18. swyt says:
    July 26, 2015 at 11:50 am

    varah reethi

  19. emiliya says:
    July 26, 2015 at 12:04 pm

    Love this story ……..I think fairy is right this story is not that horrible…… emiliya thinks u should encourage new writers. ?…………….<3 <3

  20. shaan says:
    July 26, 2015 at 4:11 pm

    Nice story

  21. Shabee says:
    July 26, 2015 at 8:43 pm

    Good v nice..

  22. yaan says:
    July 26, 2015 at 9:50 pm

    v v rethi

  23. shadow says:
    July 26, 2015 at 11:25 pm

    nice…. <3

  24. Shax says:
    July 27, 2015 at 1:13 am

    Who is that saying moon is not perfect…moon is perfect n hw can u compare this human creations n gods creations…tsk tsk tsk

  25. Shax says:
    July 27, 2015 at 1:17 am

    N seriously y r u all scoldin her..she neva said the story was horrible. “Hiyaalu faalhu kurumuge minivankan dheebala” n dnt just judge a book by its cover…” Aslu maana ohnaany lhenveriyaage banduga” she only knws wat she meant by that…

  26. naxaa says:
    July 27, 2015 at 10:28 am

    Next part next year ga dhw…..

  27. faathun says:
    July 27, 2015 at 1:17 pm

    Vvvvvv reethi.keep it up.

  28. IMEE says:
    July 27, 2015 at 2:51 pm

    waitin waitin fr the next part

Comments are closed.


All Right Reserved!