Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޝުދޫ******* (6) ވަނަ ބައި

DESTINY2020 Level 210 Stories
July 27, 2015 4 Mins Read
11 Comments

” ހަމަ ބާއްވަންވީތަ ފޯން؟” ޔަޤީންކޮށްލުމުގެ ގޮތުން ޝުދޫ އަނހާލިއެވެ.
” އާނ. މިބު ނީ ފޯން ބާއްވާށޭ. އަސްލު ދިވެހި ބަހުން މިބުނީވެސް. ޝުދޫގެ ކަންފަތުގަ ހަމަ އަސްލުވެސް މައްސަލަ ހުރޭދޯ މިހާރު.” އަހަރެން ބުނީމެވެ.
” ވަރަށް ދެރަވެއްޖެ ޢާޒިމް ތިހެން ބުނުމުން. އަހަރެން މިގުޅަނީ ޢާޒިމްއަށް ވަރަށް އުފާވެރި ޚަބަރެއް ދޭންވެގެން.” ޝުދޫ ހެމުން ބުނެލިއެވެ.
” ބޭނުމެއްނޫން ޝުދޫދޭ އުފާވެރި ޚަބަރެއް އަޑުއަނހާކަށް! ތިއުފާވެރި ޚަބަރުތައް އަޑުއަނހާ މިހާރު އަހަރެންގެ ހިތް އުފަލުން ފުރިއްޖެ. ދެން އިތުރަކަށް އަޑުއަނހާކަށް ބޭނުމެއްނޫން.” އަހަރެންގެ ކޮޅު ގަދަކޮށްލުމުގެ ގޮތުން ބުނީމެވެ.
” ނޫނޭ. ޢާޒިމްޖެހޭނެ އަޑުއަހަން. ތިހެން ނަހަދާ. ޢާޒިމް ތިހެން ހެދުމުން އަހަރެން ވަރަށް ދެރަވާނެ. އަހަރެން ބުނީމެއްނު މާލެއަންނަ ވާހަކަ. ހަމަ ދެންމެ ހުޅުލެއަށް ފްލައިޓް އެޖެއްސީ. މިހާރު މިއިނީ ހުޅުލޭގަ. އެންމެ ފުރަތަމަވެސް އަހަރެން މިގުޅީ ޢާޒިމްއަށް. ދެންވެސް ބުނެލަބަލަ ޝުދޫ ވަރަށް ރަނގަޅޭ.” ޝުދޫ ބުނެލިއެވެ.
” ޝުދޫކަހަލަ ރަނގަޅު އަންހެން ކުއްޖަކާއި ދެން ދުވަހަކުވެސް ދިމާނުވޭތޯ އަހަރެން ދުޢާވެސް ކުރާނަން. އެކަމަކު، ޝުދޫ ރަނގަޅޭ ބުނެވޭނީ އަހަންނަށް ފެނުނީމަ.” އެހެން ބުނެފަ އަހަރެން ފޯނަށް ބަލާލީމެވެ.

ތެދެކެވެ. ޝުދޫ ގުޅައިގެން އުޅެނީ ވަތަނިއްޔާ ނަންބަރަކުންނެވެ.

” ދެން ތިކަމާއި ޢާޒިމް ހާސްނުވޭ. ވަރަށް އަވަހަށް ޢާޒިމްއަށް ފެންނާނެ. ފަނަރަ ވަރަކަށް މިނިޓްގެ ތެރޭގައި ދޭ ނަސަންދުރަ ޕެލަސްހޮޓެލު ކުރިމައްޗަށް. އަހަރެން މިކޮޅުން ފެރީއަށް އަރަމުން ގުޅާނަން. މިއަދު އެއްކަމެއް ނުކުރިޔަސް، ޢާޒިމްއާއި ދިމާކުރާނަން. ހެޕީތަ؟” ޝުދޫގެ އަޑުގައިވަނީ އުފާވެރިކަމެވެ.
” އާނ. މިހާރު ކުޑަކޮށް ހެޕީ.” އަހަރެން ބުނީމެވެ.
” ދެން ޢާޒިމް ހެޕީވާނެ. އަހަންނަށް އެނގޭ ޢާޒިމް ހެޕީކޮށް ބަހައްޓަން. ދެން ފޯން ބާއްވަނީ. ހަނދާންކޮށް ނަސަންދުރަ ކައިރިއަށް ދައްޗޭ.” ޝުދޫ ފޯން ބޭއްވީ އެހެން ބުނުމަށްފަހުގައެވެ.

އަހަރެން ވަރަށް އުފާވިއެވެ. ހިތަށް އެރިއެވެ. އެންމެ ފަހުން ޝުދޫ އަހަންނާއި ބައްދަލުކުރަނީތާއެވެ. ޝުދޫވެސް އަހަރެންދެކެ ލޯބީވީ ކަންނޭނގެއެވެ. އެހެންވުން ގާތެވެ. މިވީ ހުރިހާ ދުވަސްތަކުގައި ޝުދޫއާއި ހާދަ ވަރަކަށް ލޯބީގެ ވާހަކަ ދެކެވިއްޖެއެވެ. އަހަރެން، އަންހެން ކުއްޖަކާއި އެވަރަށް ދުވަހަކުވެސް ވާހަކައެއް ނުދައްކަމެވެ. އެންމެ ފަހުން ޝުދޫވެސް އަހަރެންގެ މޮޅު ވާހަކައިގައި ޖެހި، އަހަރެންގެ ކޮޅަށް ދީލާލީ ކަން ނޭނގެއެވެ.

ތެދެކެވެ. އިންޞާނީ ތަބީޢަތަކީ އެއީއެވެ. މީހަކު މާގިނައިން އެއް ވާހަކައެއް ދައްކަމުންދާނަމަ، ކޮންމެވެސް ދުވަހަކުން އެވާހަކައެއް ޤަބޫލުކުރެވޭގޮތްވެސް ވެއެވެ. ޝުދޫއަށްވެސް އެހެން ވެދާނެއެވެ. މިވީ ހުރިހާ ދުވަހު ޝުދޫގެ ހިތުގައި އަހަންނަށް އޮތް ލޯބި ސިއްރުކުރީކަން ނޭނގެއެވެ. ޝުދޫ ބޭނުންވަނީ އަހަރެން ޝުދޫދެކެ ލޯބިވާވަރު ބަލަންކަން ނޭނގެއެވެ. ޝުދޫ ބޭނުންވީ، ޝުދޫ ދެކެ ޙަޤީޤީ ލޯބިވާ މީހެއްކަށް ވެދާނެއެވެ. ޙަޤީޤީ ލޯބިވާ މީހުން އަބަދުވެސް ގުޅާނެއެވެ. ލޯބިވާ ވާހަލަ ހާމަކުރާނެއެވެ. ހަމަ ގައިމުވެސް އަހަރެން އެކަންތައްތައް ކުރީމެވެ. މިހުރިހާ ދުވަހު، ޝުދޫ އަހަރެން އިމްތިޙާންކުރީ ކަން ނޭނގެއެވެ. އަހަރެން ދެކޭ ގޮތުގައި ޝުދޫގެ ޓެސްޓުން އަހަރެން މިހާރު ފާސްވާން ވަރަށް ކައިރިވެއްޖެއެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި އަހަންނަށް ޝުދޫގެ އަތުން ރިޕޯރޓް ލިބޭނެއެވެ. އެހިނދުކޮޅުވާނީ، ދިރިއުޅުމުގައި އަންނަ އެންމެ ފުރިހަމަ ވަގުތުކޮޅަށެވެ. އަހަރެންގެ ހިތް ނުހުއްޓުނިއްޔާވެސް ނަޞީބެކެވެ. ޝުދޫއާއި ބައްދަލުވުމުން އަހަންނަށްވާނީ ކިހިނެއްބާވައެވެ؟

” ވަރަށް ބިޒީތަ؟” ޝިފާ އަހަންނަށް ގުޅީ ކެކްޓަސް އަށް މަލެއް ގަންނަން ވަދެ ހުއްޓައެވެ.
” ވަރަށް ވަރަށް ބިޒީ. ކިހިނެއްތަވީ؟” އަހަރެން އަނހާލީމެވެ.
” ތިހާ ބިޒީވީއްޔާ ދެން ކުރެވޭނެ ކަމެއް ނެތްތާ ދޯ؟” ޝިފާ އާދައިގެ ރާގަކަށް ބުނެލިއެވެ.
” އެކަމަކުވެސް ބުނެބަލަ. ކޮށްދެވޭވަރުގެ ކަމެއްވިއްޔާ ކޮށްދެވޭތޯ ބަލާނަން.” އަހަރެން ބުނީމެވެ.
” މިއުޅެނީ ލަންކާގައި ހުރި ރައްޓެއްސަކަށް ކުއްލިއަކަށް ގުޅާލަންޖެހިގެން. ކްރެޑިޓެއް ފޮނުވިދާނެތަ މަގޭ ފޯނަށް. ވަރަށް ދެރަވޭ މިހެން ބުނަންވެސް. އެކަމަކު، އެހެން ގޮތެއްނެތީމަ މިހެން މިބުނީ. އެއްޗެކޭ ހީނުކުރައްޗޭ.” ޝިފާ މަޑުމަޑުން ބުނެލިއެވެ.
” އޯ.ކޭ މައްސަލައެއްނެތް. ކުޑައިރުކޮޅަކުން މިފޮނުވަނީ.” އަހަރެން ބުނީމެވެ.
” ވަރަށް ބޮޑަށް ޝުކުރިއްޔާ.” ޝިފާ ފޯން ބޭއްވީ އެހެން ބުނުމަށްފަހުގައެވެ.

އަހަރެންގެ ހިތަށް އެރިއެވެ. މިހާރު މިއުޅޭ އަންހެން ކުދިންނަކީ ހާދަ ފާޑެއްގެ ބައެއްތާދޯއެވެ. ހުރިހާ އަންހެން ކުދިންނެއް ނޫނެވެ. ބައެއް އަންހެން ކުދިންނެވެ. ދެން މިފަހަރު ޝިފާ ބުނީތީ އެކަންތައްތައް ކޮށްދޭނީއެވެ. ޝިފާއަކީ ރީތި ކުއްޖެކެވެ. އެވަރުގެ ކުއްޖެއްގެ ފޯނަށް، މިހެން ދިމާވާ މަދު ފަހަރެއްގައި ވިހި ރުފިޔާ ފޮނުވާލުން އެއީ މައްސަލައެއްނޫންތާއެވެ. ފަހުން، އޭގެ ކޮންމެވެސް ފައިދާއެއް އަހަންނަށްވެސް ކޮށްފާނެނޫންހެއްޔެވެ؟ ނުކުރިޔަސް ހެވެވެ. އެކަން، ޢާއްމުކަމަކަށް ނުވާނެތާއެވެ. ޢާއްމުކަމަކަށްވުމުން ހަދަންޖެހޭ ގޮތް އަހަންނަށްވެސް އެނގެއެވެ.

އަވަސް އަވަހަށް ކެކްޓަސް އިން ފިނިފެންމާ ބޮނޑިއެއްގަނެގެން ޕެކްކޮށްގެން ނިކުތްއިރު ހަޔެއް ޖަހަން ކައިރިވަނީއެވެ. ނަސަންދުރާއަށް ދިޔަ މަގުމަތީގައި ޝިފާއަށް ވިހި ރުފިޔާ ފޮނުވީމެވެ. އެވަރުން ޝިފާޔަށް ލަންކާޔަށް ގުޅެންޖެހޭނެއެވެ. މިހާރުގެ ކޯލްރޭޓްތައް އަގުހެޔޮކަމުން އެވަރުން ވަރަށް ވާހަކަ ދެއްކޭނެއެވެ. ދެން ނުދެއްކުނަސް އަހަންނަށް ހެވެވެ. ވާހަކަ ނުދެއްކުނިއްޔާ ފްރީ އެސް.އެމް.އެސްވެސް ހުންނާނެތާއެވެ. އޭގެ ބޭނުންވެސް ޝިފާޔަށްކުރޭވޭނެއެވެ.

އަހަރެން ގޮސް ސައިކަލް ޕާކްކޮށްލުމަށް ފަހު ސައިކަލުން ފޭބީމެވެ. ދެން ވަށިގަނޑުގައި އޮތް ފިނިފެން މާބޮނޑި ހިފައިގެން ދެކޮޅަށް ހިނގާލަ ހިނގާލަ ހުރީމެވެ. އިރޮއޮއްސެމުން ދިޔަ ވަގުތު ކަމުން، މަގުމަތީގައ ވެހިކަލު ދުއްވާ މީހުން ގިނައެވެ. ނަސަންދުރާގެ ކުރިމަތީގައި ޓެކްސީ ކިއުގައި ދެތިން ކާރު އޮތެވެ. ތަންކޮޅެއް ދުރުގައިވާ ހުޅުމާލެ ފެރީޓާމިލުގެ ކާރުބާރު ބޮޑެވެ. ބައެއް މީހުން، ފިނިފެންމާ ބޮޑި ހިފައިގެން އަހަރެން ހުރިގޮތުން ބަލަމުންވެސް ދިޔައެވެ. އެއީ މައްސަލައެއްނޫނެވެ. ބަލާނެ ބަޔަކު ބަލަންވީއެވެ. އަހަރެންގެ އަތުގައި މިވާ ފިނިފެންމާ ބޮޑިޔަކީ އަހަރެން ޝުދޫ ދެކެވާ ލޯބީގެ ފުރިހަމަ ނިޝާނެވެ.

އަހަރެން ގަޑިއަށް ބަލަމުން ގެންދިޔައީމެވެ. އިރޮއޮއްސިއްޖެއެވެ. ޝުދޫއެއް ނުގުޅިއެވެ. އަހަރެންގެ ހިތަށް އެރިއެވެ. އަދި ޗެކިން ނުނިމެނީއެވެ. ޗެކިން ނިމިގެން ފެރީއަށް އަރަމުން ޝުދޫ ގުޅާނެތާއެވެ. ޝުދޫވެސް އަހަންނަށް އެހާ ދޮގެއް ނަހަދާނެއެވެ. އަނެއްކޮޅުން، ޗެކިން ނިމިގެން ނިކުންނަންވެސް ވަރަށް ވަގުތު ނަގާނެއެވެ. ފްލައިޓުން އަންނާނީ ހަމަ އެކަނި ޝުދޫއެއް ނޫނެވެ. އެތައް ބަޔަކު އަންނާނެއެވެ.

އަހަރެން ކެތްތެރިކަމާއިއެކު، ސައިކަލުމަތީގައި އިށީނދެގެން އިނީމެވެ. ގަޑިއަށް ބަލާލިއިރު، ރޭ ގަނޑު ހަތެއްޖަހަން ކައިރިވަނީއެވެ. އަހަރެން ނަސަންދުރާކައިރިއަށް އައިފަހުން، މިހާރު ފަސް ފެރީ ނަސަންދުރާއަށް ލަފައިފިއެވެ. އެކަމަކު، އަދިވެސް ޝުދޫއެއް ނާދެއެވެ. ނުވިތާކަށް ޝުދޫ އަހަންނަށް ގުޅާވެސް ނުލިއެވެ. ޝުދޫއަށް ވީ ކިހިނެއްހެއްޔެވެ؟ ޝުދޫ އަހަންނަށް ނުގުޅީ ކީއްވެގެން ހެއްޔެވެ؟

އަހަރެންގެ ފޯން ކުއްލިއަކަށް ރިންގްވާން ފެށިއެވެ. އަވަސް އަވަހަށް އުފަލުން ފޯނު ނަގާ ބަލާލީމެވެ. އަހަރެން ހީކުރީ ލަސްވީމަ، އެވާހަކަ ބުނަން ޝުދޫ ގުޅަނީކަމަށެވެ. ވީ އެހެނެއްނޫނެވެ. އަހަންނަށް ގުޅަނީ އިމާންއެވެ. އިމާން ގުޅުމުން އަހަރެން ފޯން ބިޒީކޮށްލީމެވެ. ފޯން ނަގަން ބޭނުންނުވީއެވެ. މިހާރު އަހަރެން އިންތިޒާރު ކުރަމުން މިގެންދަނީ ޝުދޫގެ ފޯންކޯލަށެވެ. ޝުދޫގެ ފޯންކޯލަށް ހުރަސްއެޅޭކަހަލަ އެއްވެސް ކަމެއް އެއްވެސް މީހަކު، މިވަގުތު ކޮށްގެން ނުވާނެއެވެ.

ގަޑިން އަށެއް ޖެހި އިރުވެސް، ޝުދޫ އަހަންނަކަށް ނުގުޅިއެވެ. ހަމަ ގައިމުވެސް، ހަވީރު ޖެއްސި ފްލައިޓުގެ ހުރިހާ މީހުންވާނީ މިހާރު މާލެ އައިސްފައެވެ. ޝުދޫ އެދިޔައީ ކޮން ތަކަނަށް ހެއްޔެވެ؟ ޝުދޫގެ ފަރާތުން ޚަބަރެއް ނުވުމުން އަހަރެން ޝުދޫގެ ނަންބަރަށް ގުޅާލީމެވެ. ޝުދޫގެ ފޯން އޮތީ ނިވާލާފައެވެ. ދެން އަވަސް އަވަހަށް ޝުދޫގެ މެލޭޝިޔާ ފޯނަށް ގުޅާލީމެވެ. އެފޯންވެސް އޮތީ ނިވާލާފައެވެ.

އަހަރެން ވަރަށް ދެރަވިއެވެ. ޝުދޫ އަހަންނަށް އޮޅުވާލުމުންނެވެ. ޝުދޫ އަހަންނާއި ދޭތޭރޭ އެގޮތަށް ކަންތައްތައް ކުރާކަށް ނުޖެހޭނެއެވެ. ސައިކަލުން ތެދުވެގެން މަޑުމަޑުން އަހަރެން ހިނގައިގަތީ، ފެރީ ލަފާތަނަށެވެ. އޭރު ފެރީއެއް އައިސް ފާލަމަށް ލަފަނީއެވެ. ފިނިފެންމާ ބޮނޑި ހިފައިގެން ފެރީން މީހުން ފައިބާ ތަނުގައި އަހަރެން މަޑުކުރީމެވެ. ކުއްލިއަކަށް އަހަރެންގެ ނަޒަރުގޮސް ހުއްޓުނީ ފެރީގެ ތެރޭގައި އިން ރީތި އަންހެން ކުއްޖަކަށެވެ. އަހަރެންގެ ހިތަށް އެރިއެވެ. އެއީ ޝުދޫއަށް ވެދާނެއެވެ.

އެއަންހެން ކުއްޖާ މަޑުމަޑުން ފެރީން ފައިބައިގެން އައެވެ. އަހަރެން ގޮސް އޭނާގެ ކުރިމައްޗަށް ހުއްޓުނީމެވެ.

” ތީ ޝުދޫތަ؟” އަހަރެން މަޑުމަޑުން އަނހާލީމެވެ.
” އޭ.ކީކޭ؟” އޭނާއަށް ލިބުނީ ކުއްލި ސިހުމެކެވެ.
(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

DESTINY2020

Level 210 Stories

Other Articles

Previous

ހިޖުރަ (ހަވަނަ ބައި)

Next

އިންތިޒާރު 40

Next
July 27, 2015

އިންތިޒާރު 40

Previews
July 27, 2015

ހިޖުރަ (ހަވަނަ ބައި)

11 Comments!

  1. maako says:
    July 27, 2015 at 1:26 pm

    v reethi… next part avahah up kohdhehcheyy… 🙂

  2. ram says:
    July 27, 2015 at 1:35 pm

    v reeti

  3. arsy says:
    July 27, 2015 at 1:38 pm

    Nice… next part konirakun… ?

  4. nukko says:
    July 27, 2015 at 3:10 pm

    Nice v beykaaru vaahaka thah hurikan faahaga kurevey.. misaalakah shifa ah 20 rf fonuvaidhyfa ein vaahaka dhekkeyne yey call rate agu heyo vaahaka yaa dhen ein nuviyyaa free sms hunnaaney e use kureveyneyy. Mikahala ehchis avoid kohllaafa thigukoh genesdhinyma furihama vaane…. nukko ge hiyaalu miee. Hope nxt parts thakuga miah vure furihama vaane… gud lukk… 🙂

  5. Fathun says:
    July 27, 2015 at 3:42 pm

    Interesting waiting for the next part

  6. nazi says:
    July 27, 2015 at 3:55 pm

    vara reethi aney part plz plz plz avas kolladhinuma edhen

  7. Muxx says:
    July 27, 2015 at 8:35 pm

    Nice… Waiting for next part

  8. Shabee says:
    July 27, 2015 at 8:42 pm

    Interesting….v v interesting….. 😛

  9. Shamana says:
    July 27, 2015 at 11:06 pm

    This part is awesome…. Waiting 4 next part…

  10. shaisha says:
    July 27, 2015 at 11:14 pm

    Inthizaaru kuraa kudhinah bunelan othy dhivehi VAAHAKA site ga hunnaney mi vaahakaige eight aa hamama ah!adhi amaaz jpkairy ahan beynun keevehey continue nukury e site ga?

  11. Muxx says:
    July 28, 2015 at 10:08 am

    Nice. Waiting 4 tha next episode.

Comments are closed.

Next Episodeޝުދޫ******* (7) ވަނަ ބައި←


All Right Reserved!