ހަމައެކަނި ދަރިފުޅަށްޓަކައެވެ.
ކައިވެންޏަށް ދެއަހަރުވިއިރު، އަހަރެމެންނަށް ފިރިހެން ކުއްޖަކު ލިބިއްޖެއެވެ. ދެފަރާތުގެ ޢާއިލާގެ ލޯބި ލިބިގެން ދަރިފުޅު ބޮޑުވަމުން ދިޔައެވެ. ވަރަށް އުފާކުރީމެވެ. ދިރިއުޅުމުގައި ސާނާ ފަދަ އަންހެނަކާއި ލޯބި ދަރިއަކު ލިބުމުންނެވެ. ސާނާގެ ވަފާތެރިކަމާއި އިޙްލާސްތެރިކަން ފެނިފައި އަހަރެން ޙައިރާންވެސް ވެއެވެ. އެފަދަ ރީތި އަންހެނަކު، އަހަރެންފަދަ މީހަކާއިއެކީ އުޅޭތީ ލޯއަޅާނެ އެތަށް ބަޔަކު ވާނެކަން އަހަންނަށްވެސް އިނގެއެވެ. އެހެނަސް ދިރިއުޅުމުގައި އެއްވެސް ލަފެއް ލަކުނެއް ނުޖެހި ކުރިއަށް ދެވޭތީ ވަރަށް ޝުކުރުވެސް ކުރަމެވެ.
ކުޑަދުވަސްކޮޅެއް ފަހުން އަމިއްލަކަމެއްގައި ރަށުން ބޭރަށްދާން އަހަންނަށް ޖެހުނެވެ. ދިރިއުޅުމުގެ ކަންތައް ހުންނަގޮތުން، އަމިއްލަ މަސައްކަތް ކޮންމެހެންވެސް ކުރަންޖެހެއެވެ. ސާނާ އެކަމާއި ދެކޮޅެއް ނަހަދައެވެ. އަނެއްކޮޅުން އެދަތުރުގައި އެހާ ގިނަ ދުވަހެއްވެސް ނުވާނެއެވެ. ދިރިއުޅުމުގެ ކުރިއެރުމަށްކުރާ އެއްވެސް ކަމެއްގައި ސާނާ ދެކޮޅެއް ނަހަދާނެއެވެ. ދެވޭ ހުރިހާ އެއްބާރުލުމެއް ދޭނެއެވެ. އެފަދަ ހެޔޮވިސްނޭ އަންހެނެއް ލިބުމަކީ އަހަރެންގެ ނަސީބޭވެސް ހިތަށް އަރައެވެ.
އަހަންނަށް މާލެ އާދެވުނީ ދަންވަރުގެ ވަގުތެއްގައެވެ. އައިސް ކޮޓަރިއަށް ވަންއިރު، އަންހެނުންނާއި ދަރިފުޅު އޮތީ ނިދާފައެވެ. އެހެންވެ އަންހެނުންނަށް އުދަނގޫނުކޮށް އެއްޗެހި ބަދަލުކޮށްލީމެވެ. ދެން ނިދަން އެނދުގައި ޖައްސާލީމެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ކޮޓަރީގެ ފޯން ރިންގްވާން ފެށިއެވެ. އޭގެ ކުޑަ އިރުކޮޅެއްފަހުން، އަންހެނުންގެ ފޯން ރިންގްވާން ފެށިއެވެ.
” ހަލޯ؟ ކީއްކުރަންތަ މިވަގުތު ތިގުޅަނީ؟” ސާނާ ފޯން ނެގިއެވެ.
” ނޫން. މިރެއަކު ނޫން. އެހެން ރެއަކުން؟” ނިދާކަމަށް ހެދިގެން ސާނާ ދައްކަމުންދިޔަ ވާހަކަ އަޑުއަހަން އަހަރެން އޮތީމެވެ.
ފަސްވަރަކަށް މިނިޓްވަންދެން ސާނާ ވާހަކަދައްކަމުން ދިޔައެވެ. ހިތަށް އެރިއެވެ. ދަންވަރުގެ މިވަގުތުގައި ސާނާއަށް ގުޅަނީ ކާކުހެއްޔެވެ؟ އެވަރު މީހަކު، އަހަރެން ނޫނީ ސާނާގެ އެބަހުރިހެއްޔެވެ؟ އަނެއްކާ ސާނާ ކަމެއް ފެއްޓީބާވައެވެ؟ މިރެއަކު ނޫނޭ ސާނާ އެބުނީ ކީއްވެގެން ހެއްޔެވެ؟ އަހަރެން އައުމުން ބާވައެވެ؟ ވީއިރު، އަހަރެން ކޮޓަރިއަށް ވަންއިރު، ސާނާ އަދި ނުނިދަނީ ކަން ނޭނގެއެވެ. ކޮންމެ ގޮތެއް ވިޔަސް އެފޯންކޯލުން އަހަރެންގެ ބޮލުގައި ވަރަށް ރިއްސާލިއެވެ. ހިތުގައި ނޭދެވޭ ވަރަށް ގިނަ ޚިޔާލްތައް ދައުރުވަމުން ދިޔައެވެ. އަންހެނުންގެ ބޭވަފާތެރިކަމެވެ. ކެހިވެރިކަމާއި މަކަރުވެރިކަމެވެ. ރީތި ވިއްޔާ، ބޭވަފާތެރިވާލެއް ބޮޑުވާނޭ މީހުން ބުނާކަމެވެ. ކިތަންމެ ރަނގަޅަށް އުޅުނަސް، ލަފެއްޖެހިއްޖެއްޔާ އެވަރަށް ބޮޑުވާނެއެވެ. ވަރަށް ދުރަށް ފެންނަންވެސް ފެންނާނެއެވެ. ޙަޤީޤަށް ނުފެނުނަސް، ހިތުގައި ވަސްވާސްތަކެއް ދައުރުވާންފެށިއެވެ.
އިރުއެރި އިރުވެސް އަހަރެންގެ ޚިޔާލްތައް ހުރީ އެހެންނެވެ. އެހެންވެ ސާނާ އާއި މާގިނަ ވާހަކަ ތަކެއް ނުދައްކާ އަހަރެން ދިޔައީ ބޭރަށެވެ. ގެއަށް އައީ އެދުވަހުގެ ހަވީރުގައެވެ.
” ކުއްލިއަކަށް މިރޭ ފުރަންޖެހިގެން މިއުޅެނީ. އާދެވޭނީ މަހެއްފަހުންހެން ހީވަނީ.” އަހަރެން ބުނީމެވެ.
” ހާދަ އަވަހަކަށް. ދެން ނުދޭ އަހަރެން ހާދަ ފޫހިވާނޭ.” ސާނާ އަހަންނާއި ގައިގޯޅިވެލަމުން ބުނެލިއެވެ.
ދަބަހަށް އެއްޗެހި އަޅައިގެން ގެއިން އަހަރެން ނުކުތީ ރޭގަނޑުގައެވެ.
ސާނާއަށް އަހަރެން ކުރަން އުޅޭކަމެއް ނޭގޭނެއެވެ. އަންގާކަށް ބޭނުމެއްވެސް ނޫނެވެ. އަހަރެން ދިޔަގޮތަށް ކޮޓަރިއެއް ހިފައިގެން އެތަނުގައި ޖައްސާލީމެވެ. ދެން އަންހެނުންގެ ފޯނަށް ގުޅާލީމެވެ. ފޯން އޮތީ ނިއްވާލާފައެވެ. ދެން ކޮޓަރީގެ ނަމްބަރަށް ގުޅާލީމެވެ. ނަމްބަރު އެންގޭޖެވެ. އެގޮތަށް ބައިގަޑިއިރު ވަންދެން ކޮޓަރީގެ ފޯން ހުރީ އެންގޭޖްވެފައެވެ. ހިތަށް އެރިއެވެ. އަންހެނުން ކުރާކަމެއް މިރޭ ބަލަންވާނެއެވެ. ސާނާގެ މޫނުގައިވާ ފުރިހަމަކަމާއި އެއްވަރަށް އަޚްލާޤް ހުރިތޯވެސް ޔަޤީންކޮށްލަން ވާނެއެވެ.
އަހަރެން ގެއަށްދާން ނިކުތީ ދަންވަރުގައެވެ. މަޑުމަޑުން ގެއަށްގޮސް ކޮޓަރީގެ ދޮރުހުޅުވާލީމެވެ. އަހަންނަށް ފެނުނީ ދުވަހަކުވެސް ބަލަން ބޭނުންވި މަންޒަރެއް ނޫނެވެ. އަހަރެންގެ އަންހެނުން އޮތީ އެނދުގައެވެ. ގާތުގައި ހިލޭ ފިރިހެނަކު ހުއްޓެވެ. އޭރު ދެމީހުން ހީވަނީ އެކެއް ހެންނެވެ. ބަލާމީހަކަށް ހީވަނީ އެއީ ދެމަފިރިންހެންނެވެ. އެދެމީހުން ގައިގޯޅިވެފައިވަނީ އެހާވެސް ބޮޑަށެވެ. އަހަރެން ހަމައިން ނުނެއްޓީ ކިރިޔާއެވެ. ވަރަށް ދެރަވިއެވެ. އެއަށްވުރެން ބޮޑަށް ރުޅިވެސް އެރިއެވެ.
” ހަމަ މިހާރު ނިކުމޭ.” ފިރިހެން މީހާއަށް އަހަރެން ބުނީމެވެ.
” އަހަންނަށް މާފްކުރޭ؟” އޭނާ ބުނެލިއެވެ.
” ކަލޭގެ މައްސަލައެއް ނެތް. މައްސަލައަކީ އަހަރެންގެ އަންހެނުން. ސާނާ ނުޖެހޭނެ ކަލޭއަށް ތިފުރުޞަތުދޭކަށް.” ނުރުހުމުގެ ރާގަކަށް އަހަރެން ބުނީމެވެ.
އޭނާ ނިކުމެގެން ދިއުމުން އަހަރެން ބޮލުގައި ފިރުމާލީމެވެ. ސާނާގެ މޫނުމަތީގައި އެތިފަހަރެއް ޖެހުމަށް އަތްވެސް މަޅާލީމެވެ. އެކަމަކު، އަންހެނުންނަށް އަނިޔާކުރުމަކީ ފިނޑިކަމެވެ. އަނެއްކޮޅުން ސާނާވެސް އެކުރީ މަޢާފްކުރެވޭ ވަރުގެ ކުށެއްނޫނެވެ. އެއީ މަޢާފްނުކުރެވޭނެ ވަރުގެ ކުށެވެ. އަހަރެންގެ އަންބަކަށް ހުރެ އެހެން ފިރިހެނަކަށް ހުރިހާ އުފަލެއް ދިނުމަކީ ކިހާ ބޭއިންސާފްކަމެއް ހެއްޔެވެ؟ އެކަން ޙުއްދަކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. ސާނާގެ ރީތިކަން ހުއްޓަސް އަގެއް ނެތެއް ނޫންހެއްޔެވެ؟ މީ މިކަން ހިނގި ފުރަތަމަ ރޭކަމަށް އަހަރެން ޤަބޫލުކުރަންވީހެއްޔެވެ؟ ސާނާ އެހެން ހަދަންވީ، އަހަރެންގެ ފަރާތުން ކޮންކަމެއް ނުވެގެން ހެއްޔެވެ؟ ކޮން އުފަލެއް ނުލިބިގެން ހެއްޔެވެ؟
“ވަފާތެރިކަމުގެ ބަދަލު ތިދިނީ ހާދަ ރީއްޗަކަށޭދޯ! މިއޮތް ހުރިހާ ދުވަހު މާވަފާތެރިކަމަށް ހެދިގެން ތިއުޅުނީ ތިކަން ކުރަންދޯ! ސާނާތީ އަހަރެންގެ އަންހެނުން. އެކަމަކު މިއަދަށްފަހު، އެއީވެސް ނަމަކަށް.” އަހަރެން މަލާމާތްކޮށްލީމެވެ. ވަރަށް އެއްޗެހި ކިޔާހިތްވެސް ވިއެވެ. އެކަމަކު ދަރިފުޅު ހޭލަފާނެތީ އެއްޗެހި ނުކީއެވެ. އަހަރެންގެ ހިތުގައި ސާނާއަށް ދެން ލޯބީގެ އެއްވެސް މިންވަރެއް ނޯންނާނެއެވެ. ލޯތްބެއް ނުވެސްދެވޭނެއެވެ. ނުވެސްވެވޭނެއެވެ. އެހެނަސް ސާނާއާއިއެކު ދިރިއުޅެން އަހަންނަށް މަޖުބޫރެވެ. އެއީ ހަމަ އެކަނި އަހަރެންގެ ކުޑަ ދަރިފުޅަށްޓަކައެވެ.
15 Comments!
Comments are closed.


Rythi dhn salhi vaahaka ei
Hmm salhi
Vrh shalhi but darin nah takaa novey diri ulhun halaak kohlaakah dho…
Mee kurin kiyaafa inn story eh… Keeve tha repeat kuranee story thah… Bt nice story
v reethi.. keep it up.. 🙂
yeah i remember knmmevex thaakun mi vaahaka kyin … but mee v rythi vaahaka eh.. amaaz kyvve copy kurany???????????//
V reethi but shabee dhekey gothuga dharifulhashey kiyaafa ekahala goeh kuda viyaanudhaa meehaka indhegen ulhumee rangalhu kameh noon kanneynge…. eahvure dhonmammaehvex rangalhu vaane….hama rangalhu meehun thibeyne dhw dhon mamma menvexx… dhen ithurakah shabee akah neynge shabee ge ehaa experience ehneh adhi thikahala an kamugaeh 😉 anehhen v reethi….
This is not a copy..amaaz published this story on other story sites..again with a request of some one he did it. Ok. Readera
Vara shalhi
V reethi
V salhi bt thankolheh kurey..
V nice
nimuneetha alhe..
vvv nice.. keep it up….
Den nimunyta hama