Skip to content
އެސްފިޔަ

ހަތަރު އުދަރެސް (12)

*އައި ހޯޕް ސޯ ޓޫ… ލިއު ހާދަ ބިރެއް ގަތޭ މިއަދު.. ޔާއްކޮ އަތުގައި ހިފިއިރު ހީވީ ހަމަ އަލިފާނުގަ އަތްލެވުންހެން* ލިއުޒާ މެސެޖު ފޮނުވާލި ވަގުތު ދޮރުގައި ޓަކި ޖަހާލުމަށްފަހު ކޮޓަރިއަށް ވަދެގެން އައީ އަރީފެވެ.

“ނިދިފަ ދޯ..” ލުޔާ އޮތް އެނދާއި ޖެހިގެން އިން ގޮނޑީގައި އިށީންނަމުން އަރީފު ވާހަކަ ދެއްކީ ލިއުޒާ އާއި އެވެ.

“ހްމމމ.. ” އަތް ދަބަހަށް ފޯނު ކުމަށް ފަހު ލިއުޒާ ބުންޏެވެ.

އަރީފު ބްރޭކް ނިމުމުން އޮފީހަށް ދާން ނިކުތް އިރު ވެސް ލުޔާ ނުހޭލައެވެ. އޭނާއަށް ހޭލެވުނު އިރު ހައުފާ އާއި ނަސީރުވެސް އޭނަ ގާތުގައި ވެއެވެ. ލުޔާ ލޯ ހުޅުވުމާ އެކު ހައުފާ އޭނާ ގައިގައި އޮޅުހައިގަތެވެ. އަދި ރޮވިފައިވާ އަޑަކުން ވާހަކަ ދެއްކިއެވެ.

“މަންމަގެ ދޫންޏާ… ހާދަ ބިރެއްގަތޭ މަންމަ.. ދަރިފުޅު ނުކައި އުޅޭތީ ވާގޮތޭ ތީ! ދެންވެސް ކަމެއްވީމަ ކައިގެން ބޭސް ބޮއެގެން ހުންނާނީ! ހާދަ ހުން ގަދަ ވެފައޭ ދަރިފުޅު އޮތީ… އެވަރުންވެސް އޮފީހަށް ނުދެވިގެން… އޭރު ލިއުޒާ ނުވަތް ނަމަ…” ހައުފާ އެއް ނޭވާ އަކުން އަމުނާލިއެވެ.

“ހައުފާ ދެން ތި ވާހަކަ ނުދައްކާ.. މިހާރު ހުންވެސް ވަރަށް ތިރި ވެއްޖެއެންނު.. ދެން މާގިނަ އިރެއް ނުވެ ދޫކޮއްލާނެ” ލުޔާގެ ބޮލުގައި ފިރުމަމުން ނަސީރު ވާހަކަ ދެއްކިއެވެ.

****

ހޮސްޕިޓަލުން ލުޔާ ގެއަށް ދޫކޮއްލީ މުޅިން ހުން ރަނގަޅުވެ ގައިގައި ވަރު ޖެހުމުންނެވެ. އެހެނަސް ގެއަށް އައުމާއެކު އޭނާ އޮށޯތީ ނިދާށެވެ. ބޭސް ކައިގެން ހުރުމުން ބޮލަށް ބަރުވެފައި ވާތީއެވެ. ލުޔާ އަށް ސިއްސައިގެން ގޮސް ހޭލެވުނީ ގޭތެރޭގެ އަޑުފައްގަނޑު މާ ބޮޑަށް ގަދަ ވުމުންނެވެ. ފުންމައިގެން ތެދުވެ އޭނާގޮސް ދޮރު ހުޅުވާލިއެވެ. ސިޓިންގރޫމުގައި ތިބީ ލިއުޒާ އާއި އަރީފެވެ. ތަންކޮޅެއް ދުރުގައި ހައުފާވެސް ހުއްޓެވެ.

“އާނ! އަހަރެން ހައްތަހާވެސް ގޯސް ވާނީ! މިހާރު އަހަންނަކަށް ނުކުރެވެއެއްނު ރަނގަޅު އެއް ކަމެއްވެސް!؟” ލިއުޒާ ވާހަކަ ދައްކަމުން ދިޔައިރު ހީވަނީ އަވަށު އެންމެން އެއްކުރަން އުޅޭ ހެންނެވެ.

“ލިއު އަޑު އަހާބަ.. އަހަން-” ކިތަންމެ މަޑުމަޑުން އަރީފު ވާހަކަ ދެއްކިޔަސް ލިއުޒާ އެ ވާހަކައަކަށް ސަމާލުކަމެއް ނުދެއެވެ.

“އަޑު އަހާށޭ؟! އަދިވެސް އަހަރެންތަ އަޑު އަހަން ވީ؟!” ލިއުޒާ ލަކި ޖެހުމުން ކޮޓަރި ދޮރުމަތީގައި ހުރި ލުޔާވެސް ދިޔައީ ސިއްސައިގެންނެވެ.

“ލިއުޒާ ރުޅި މަޑުކޮއްފަ ރީއްޗައް ވާހަކަ ދައްކަބަލަ.. މައްސަލަ ހައްލުވާނީ ވާހަކަ ދައްކައިގެންނޭ..” ހައުފާ އަކީ ދަރިންގެ ކަންކަމުގައި ފާޑު ކިޔާ އުޅޭ މީހެއް ނޫނެވެ. އެހެނަސް ލިއުޒާގެ އަޑު އިހުނައްވުރެ ގަދަވަމުން ދާތީ އޭނާ މަސައްކަތް ކުރީ އަމިއްލަ ދަރިފުޅަށް ވިސްނައި ދެވޭތޯއެވެ.

“އާނ! މަންމައަށްވެސް އަރީފު ވަރެއް ނޯންނާނެ! ވަރުގަދަ ދަނބި ދަރިއެއްނު ލިބުނީ..! އަމިއްލަ ދަރިފުޅަށްވުރެ އޭނާއަށް އިތުބާރު ކުރޭވިއްޔަ!” ލިއުޒާ އަކި ދުވަހަކުވެސް މައިންބަފައިންގެ ކުރިމަތީގައި ޒުވާބު ކުރާ ކުއްޖެއް ނޫނެވެ. ރުޅިއައުމުން ވާހަކަ ނުދައްކާ ހުއްޓަސް އަޑު ހަރުކޮށް ޗުއްޕުއޭވެސް މީގެ ކުރިން ބުނެފައެއް ނުވެއެވެ. އެހެންކަމުން ހައުފާ އާއި ދިމާލަށް ހަޅޭއްލަވައިގަތުމުން ލުޔާއަށް ހުރެވުނީ އަނގަ ހުޅުވައިގެންނެވެ. ހައުފާގެވެސް ދެ ލޯ ވަނީ ބޮޑުވެފައެވެ. ލިއުޒާ އަށް އޭނާއަށް ކުރެވުނު ކަންތައް އިހުސާސްވީ އޭނާގެ މަންމަގެ މޫނު ފެނުމުންނެވެ. އެމީހުންގެ ކުރިމަތީގައި ރޯން ނޭދޭތީ އޭނާ ހިނގައިގަތީ ގެއިން ނިކުންނާށެވެ. ލިއުޒާގެ ފަހަތުން ދިއުމަށް އަރީފުވެސް ހިނގައިގަތެވެ.

“ނާންނާތި… ޖަސްޓް ލީވް މީ އެލޯން..” މިފަހަރު ލިއުޒާ ވާހަކަ ދެއްކިއިރު އޭނާގެ އަޑުގައި ތުރުތުރެއް ވެއެވެ. އަރީފު އެ އެދުމަށް އިޚުތިރާމުކޮށް ލިއުޒާގެ ފަހަތަކުންނުދެއެވެ. ހުރި ފިޔަވަޅުމަތީގައި ހުއްޓި ހުރީ ލިއުޒާ ނިކުމެގެން ދާތަން ބަލާށެވެ.

“މަންމަ ދެކެނީ އަރީފުވެސް ތީ މިގޭ ކުއްޖެއް ކަމަށް.. މަންމަގެ ދަރިއެއް ކަމަށް.. ލިއުޒާ އަށް ވަގުތު ދީ… ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަން މަސައްކަތް ކުރޭ..” އަރީފުގެ ގާތުން ލާފައި ގޮސް ކޮޓަރިއަށް ވަންނަމުން ހައުފާ ވާހަކަ ދެއްކިއެވެ. ލިއުޒާ އެގޮތަށް ހަޅޭއްލަވާފައި ނިކުމެގެން ދިޔުމުން ހައުފާ ހުރީ ވަރަށް ކަންބޮޑު ވެފައެވެ.

****

ގެއިން ނިކުތުމާއެކު ލިއުޒާ ދިޔައީ ފަޅައިގެންނެވެ. މަންމަ ކުރިމަތީގައި ވާހަކަ ދެއްކުނު ގޮތުން އޭނާ ހުރީ ލަދުގަނެފައެވެ. ކުޑަ ކުޑަ ކަމެއް ބޮޑު ކޮއްގެން އެވަރަށް ރުޅި އާދެވުނީތީވެސް އޭނާ ވަރަށް ދެރަވިއެވެ. އަމިއްލަ ނަފްސު ދެކެ ރުޅިވެސް އާދެވުނެވެ. ގޭގެ މައި ދޮރާށީގައި ލެނގިގެން ހުރެ އޭނާ ހިތް ފުރެންދެން ރުޔެވެ. އެންމެ ފަހުން މަގުމަތިން ކާރެއް ހުއްޓުވައި އެއަށް އެރިއެވެ. އޭރުވެސް ލޮލުން ކަރުނަ ފައިބައެވެ.

“މ.ޒޭވަރު..” ކާރުގައި އިށީނދެ ހަމަޖެހިލަމުން ލިއުޒާ ޑްރައިވަރު ގާތުގައި ބުންޏެވެ. ކާރު ދުއްވަމުން ދިޔަވަރަކަސް ލިއުޒާގެ ރުޅިގަނޑުވެސް ދިޔައީ ކެކެމުންނެވެ. މަންމަ ކުރިމަތީގައި އެގޮތަށް ވާހަކަ ދެއްކުނީވެސް އަރީފުގެ ސަބަބުންކަމަށް ލިއުޒާއަށް ގަބޫލުކުރެވުނެވެ. މި ހުރިހާކަމަކީވެސް އަރީފުގެ ސަބަބުން ކުރިމަތިވާ ކަންތަކެވެ. މިފަދަ ޚިޔާލުތައް ވިސްނޭވަރަކަށް ލިއުޒާގެ ދެބުމަ ދިޔައީ ގޮށް ޖެހެމުންނެވެ.

ގޭގެ ދޮރުމަތީގައި ކާރު ޕާރކު ކުރުމުން ފައިސާ ދިނުމަށްފަހު ލުޔާ ފޭބިއެވެ. އަދި ފޯނު ނެގުމަށްފަހު މެސެޖެއް ފޮނުވާލިއެވެ.

*ކޭން ޔޫ ކަމް އައުޓް…. ނީޑް ޓު ޓޯކް…*

ގާތް ގަނޑަކަށް ފަނަރަ ވަރަކަށް މިނިޓުވަންދެން ލިއުޒާ އެ ގޭގެ ދޮރާށި ދޮށުގައި ހުއްޓެވެ. އެންމެފަހުން އަނބުރާ ގެއަށް ދިޔުމަށް އޭނާ ހިގއިގަތެވެ. ހަމަ އެވަގުތު އަހުނަފް ސައިކަލުގައި އައިސް އެގޭ ދޮރުމަތީގައި ޕާރކުކުރި އެވެ.

“ލިއު.. މިގަޑީގަ މިތާ ކީތް ތި ކުރަނީ..” ސައިލަކުން ފައިބަމުން އަހުނަފް ވާހަކަ ދެއްކިއެވެ.

“ފޯނު އޮންނަނީ ރީއްޗަކަށް ދޯ؟!” ލިއުޒާގެ ރުޅިގަނޑު އަދިވެސް މަތަ ނުވާތީ އޭނާއަށް އަހުނަފް އާއި ވެސް ވާހަކަ ދެއްކުނީ ވަރަށް ހަރުކަށިކޮށެވެ.

“ހަމަޖެހިބަލަ.. ފޯނު ޗާރޖައް ޖަހާފަ މި ދިޔައީ ފިހާރަ ތަޅުލާށޭ.. ކިހިނެތްތަ ވީ؟” ލިއުޒާ ވާހަކަ ދެއްކި ރާގުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އަހުނަފް އަށް އެނގުނެވެ. އޭނާ ސުވަލު ކުރުމާއެކު އަނެއްކާވެސް ލިއުޒާއަށް ރޮވުނެވެ.

“ނޭނގެ! ހަމަ ރުޅި ގަދަވަނީ! އަރީފު އާ ހެދި…. ހުސް ރުޅިއަންނަ ކަންތައްތައް!” ލިއުޒާގެ ވާހަކަ މިހިސާބަށް ދިޔައިރު އަހުނަފް ހުރީ ލިއުޒާގެ ގާތުގައެވެ. އޭނާ އަތުލަފިކޮއްގެން ގެއަށް ވަނެވެ.

“ވެއިޓް.. މައްޗަށް ގޮއްސަ ހުރިހާ އެއްޗެއް ކިޔައިދޭނީ..” ލިފްޓަށް އަރައި ނުވައެއް ލިޔެފައިވާ ފިތަށް އޮއްބާލަމުން އަހުނަފް ބުންޏެވެ. އޭރުވެސް ލިއުޒާގެ ގަޔަކުން އޭނާގެ އަތް ދުލެއް ނުކުރެއެވެ.

އެ އެޕާރޓްމެންޓަކީ އަހުނަފްގެ އެޕާރޓްމެންޓެވެ. މަންމަމެންގެ ބައިގައި އަހުނަފް އުޅޭތީ އެތަން ހުންނަނީ ފަޅަށެވެ. އަހުނަފް ފިޔަވައި އެ ބަޔަށް އަރާނީ އޭނާގެ މަންމައެވެ. އެއީ އެތަނުގެ ހިރަފުސް ފޮޅައި ސާފު ކުރުމަށް ހަފްތާއަކު އެއް ދުވަހުއެވެ. ދޭތެރެ ދޭތެރެއިން އިފާޝާ އެބަޔަށް އާދެއެވެ. އެހެނަސް އެއީ އަހުނަފް ގެ ހުއްދަ ހޯދުމަށް ފަހުއެވެ. ބަލާބެލުމަށް އެޕާރޓްމެންޓު ފެންނަނީ ވަރަސް ސާދާ ގޮތަކަށެވެ. މާގިނަ ފަރުނީޗަރު ތަކެއް ނުވާއިރު ޒީނަތްތެރި ކުރާ ޒާތް ޒާތުގެ ވަށިގަނޑުތަކެއްވެސް ފެންނާކަށް ނެތެވެ. އެހެނަސް ފާރުގައި ހަރުކޮއްފައިވާ ބޮޑު ސްކްރީނުން އާއިލާގެ ފުދުންތެރިކަން ދައްކުވައި ދެއެވެ.

“އަހަރެން ދުވަހަކުވެސް މި ފްލޯ އަކަށް ނާންނަން…” ސިޓިންގރޫމުގައި އިން ކުޑަ ކުޑަ ސޯފާގައި އިށީންނަމުން ލިއުޒާ ވާހަކަ ދެއްކިއެވެ. އޭރުވެސް އޭނާއަށް ގިސްލެވެއެވެ.

“އައި އޭމް ނޮޓް ސަޕްރައިޒްޑް… މިއީ އަހަރެން ވިސްނަން އަންނަ ތަނެއް… ކުރިން އެއް ގޮތަކަށްވެސް ނާންނަމޭ ބުންޏަސް ދޮގަކަށް ނުވާނެ.. އެކަމަކު މިހާރު އަބަދުމެ މި އުޅެވެނީ މިތަނުގައި..” އަހުނަފް މިހެން ބުނީ ހަމަ ސީދަ ލިއުޒާގެ ލޮލަށް ބަލަހައްޓައިގެން ހުރެއެވެ. އެ އަމަލުން ލިއުޒާއަށް އުނދަގޫވިއެވެ. އޭނާ އިސްދަށަށް ޖެހީ އެހެންވެއެވެ.

“ކިހިނެތްތަ އަސްލު ވީ؟” އިސްދަށަށް ޖަހާލުމުން މޫނުމައްޗަށް ވެއްޓުނު އިސްތަށިކޮޅު އެއްފަރާތް ކޮއްދެމުން އަހުނަފް އަހާލިއެވެ. ވަރަށް މަޑު މަޑުންނެވެ.

“ނޭނގެ ލިއު އަކަށް! ހަމަ ރުޅި އާދެވެނީ.. އަރީ ކިތަންމެ ކުޑަ ކަމެއް ކުރިޔަސް ހަމަ ރުޅި ގަދަވަނީ…މަންމަ އާ ދިމާލަށްވެސް މިއަދު ހަޅޭއްލެވިއްޖެ..” އަނެއްކާވެސް ލިއުޒާގެ ލޯ ފެންކަޅިވިއެވެ. މިފަހަރު އޭނާގެ ކޯތާފަތްމައްޗަށް ވެއްޓުނު ކަރުނަ ތިކި ފޮހެ ދިނީ އަހުނަފްއެވެ.

ލިއުޒާގެ މޫނުގައި އަހުނަފްގެ އަތް ބީހިލުމާއެކު އޭނާއަށް އިސްއުފުލައި ބަލާލެވުނެވެ. އަހުނަފްގެ ދެލޮލުން ލިއުޒާއަށް އެދި ގޮވާކަހަލައެވެ. ލިއުޒާ އަހުންފް އާއި ގާތްވެލިއެވެ.

“ލިއު.. ނޯ! ވީ ކާންޓް..” އަހުނަފްގެ އެ ލަފްޒުތަކަކީ އޭނާގެ ހިތާ ދެކޮޅަށް ބުނި ލަފްޒުތަކެކެވެ.

“ބަޓް… އައި ތޯޓް…. އަހުނަފް…” ލިއުޒާއަށް ވާހަކަ ދެއްކުނީ އެވަރަށެވެ. އަހުނަފް ފަހަތަށް ޖެހުމުން ލިއުޒާގެ ހިތަށް ތަދުވިއެވެ. އޭނާ ހީކުރީ އަހުނަފް ލިއުޒާއާއި މެދު އެގޮތަށް ނުދެކެނީ ކަމަށެވެ. ލިއުޒާގެ ވާހަކަ ހުރިގޮތުން އޭނާ ބުނަން އުޅުނު އެއްޗެއް އަހުނަފް އަށް ދޭހަ ވިއެވެ.

“އައި ލަވް ޔޫ.. އަބަދުވެސް ލިއު ދެކެ އަހަރެން ލޯބިވަން… އަރީފުއާއި ލިއު އާ ދިމާވުމުގެވެސް މާ ކުރިން… އަދިވެސް ވަރަށް ލޯބިވޭ…” ލިއުޒާގެ ދަތްދޮޅީގައި ހިފާ އިސް އުފުލުވަމުން އަހުނަފް ވާހަކަ ދެއްކިއެވެ. “އެއްކަލަ ރޭ ލިއު ސޯފާގައި ނިދިފަ އޮތް އިރުވެސް އަހަރެން ބޭނުންވީ ލިއު ގާތުގައި އޮންނަން.. އެރޭ ތި ލޯބި ލޯބި މުނަށް ބަލަން ހާދަ އިރެއް ވަންދެން އިނީމޭ… ބެސްޓް ނައިޓް އޮފް މައި އެންޓަޔާ ލައިފް.. އެކަމަކު ލިއު ރިގްރެޓް ކުރާނެ ވަރުގެ ކަމެއް މި ދެމެދުގައި ހިނގާކަށް އަހަރެން ބޭނުމެއް ނޫން.. ބަޓް ހީ ނުކުރާތި އަހަރެން ލިއު ރިޖެކްޓް ކުރަނީއޭ…” އަހުނަފް ގެ ވާހަކަ ނިމުނުއިރު ލިއުޒާގެ ނޭވާ ވަނީ އަވަސްވެފައެވެ. ދެމީހުން ކިތަންމެ ވަރަކަށް ދުރުދުރުން އެ ވާހަކަ ދެއްކިނަމަވެސް ސީދާ ސީދާ ލޯބި ވާ ވާހަކަ އަދި ދުވަހަކުވެސް ނުބުނެއެވެ. އަހުނަފް އެހެން ބުނުމާއެކު އޭނާގެ ކުރިމަތިން ލިއުޒާއަށް ސިފަވީ އަރީފެވެ. ހަމަ އެއާއެކު ދެލޯ މަރައި ބާރު ކޮއްލެވުނެވެ.

“ޕްލީސް އަހުނަފް… ލިއު ބޭނުންވަނީ މިރޭ ވި ހުރިހާކަމެއް ފޮހެލަން… ހެލްޕް މީ ފޮރގެޓް…” އަހުންފް ގެ ކަނދުރާގައި ހިފާ ގާތްވެލަމުން ލިއުޒާ އާދޭސް ކުރިއެވެ. އަދިވެސް އޭނާ ލޮލެއް ނުހުޅުވައެވެ.

އަހުނަފްއަކަށް ލިއުޒާގެ އާދޭސް އަޑުއަހާކަށް މާގިނައިރެއް ވަންދެނެއް ނުހުރެވުނެވެ. ތިމާ ލޯބިވާ މީހާ ކުރިމަތީގައި ހުރެ އާދޭސް ކުރާއިރު ފަސް އެނބުރި ދާން ކެރޭނީ ވަކި ކާކަށް ހެއްޔެވެ؟ އެރެއަކީވެސް ވިއްސާރަ ރެއެކެވެ. ކުރީ ރެއެކޭވެސް އެއްފަދައިން ވިދާ ގުގުރިއެވެ. ވާރޭވެސް ވެހުނީ އަމަށަކު ވަރަކަށް ނޫނެވެ. ހީވާކަހަލައެވެ. މިރޭ ވާރޭ ވެހެނީ ދެ ފުރާނައަކަށްޓަކައެވެ. އެ ދެ ނަފްސު މުޅި ދުނިޔެއަށް ވަންހަނާ ކުރުމަށްޓަކައެވެ.

****

އަރީފުއަށް ލިއުޒާގެ ނަންބަރަށް ގުޅުނު ވަރުގެ އަދަދެއްވެސް ނޭނގެއެވެ. އެންމެ ފަހުން ހުއްޓާލީ ލިއުޒާގެ ފޯނު އޮފް ވުމުންނެވެ. މިއޮތް ފަދަ ބޯ ވިއްސާރާގައި އޭނާ ވީތަނެއް ނޭނގޭތީ އަރީފު ހާސްވަނީއެވެ. އަނެއްކާވެސް ޔިވާމްއަށް ގުޅިއެވެ. ހަބަރެއް ވެއްޖެނަމަ އަންގާލާށޭ ބުނުމަށެވެ. އެހެނަސް ޔިވާމްވެސް ފޯނެއް ނުނަގައެވެ. އަހުނަފްއަށް ގުޅިއިރު އޭނާގެ ފޯނުވެސް އޮތީ ނިވިފައެވެ. އައި ރުޅީގައި އަރީފު އަތް މަޅާލީ ފޯނު ހޫރާލުމައްޓަކައެވެ. އެހެނަސް އެއަތުގައި ލުޔާ ހިފުމާއެކު އަރީފުގެ ހަރަކާތްތައް ހުއްޓުނެވެ.

“ދޮންތަ އަށް ނުގުޅިގެން އަދި ފޯނު އެއްލާލާ ވަރެއް ނުވޭ..” ދޮރާށީގައި ލެނގިލަމުން ލުޔާ ވާހަކަ ދެއްކިއެވެ. “ކީއް ތިކުރަނީ ދޮރުމަތީގަ.. ތިއޮތްގެން ތެމެނީއެއްނު؟”

“ލުޔާ ވަކި މިތާ ކީތް ތިކުރަނީ.. އާރންޓް ޔޫ ސަޕޯޒްޑް ޓު ރެސްޓް..؟” އަރީފު ވާހަކަ ދެއްކީ އޭނާގެ ފޯނަށް ބަލަހައްޓައިގެން ހުރެއެވެ. އަނެއްކާވެސް ޔިވާމަށް ގުޅޭތޯ މަސައްކަތް ކުރިއެވެ.

“ޝީ އިޒް ފައިން..” ލުޔާ މިހެން ބުނުމާއެކު އަރީފު އިސް އުފުލާލިއެވެ.

“މިއޮތީ މެސެޖުކޮއްފަ.. ސީ… ތިހާ ވޮރީ ވާވަރުގެ ކަމެއް ނޫނޭ…” އަރީފަށް މެސެޖެއް ދައްކާލަމުން ލުޔާ ވާހަކަ ދެއްކިއެވެ. މިރޭ ގެއަށް ނާންނާނެ ވާހަކަ ބުނުމަށް ލިއުޒާ މެސެޖު ކުރީ ލުޔާއަށެވެ. މަންމަވެސް ހާސް ވާނެ ކަން އެނގޭތީވެ އޭނާ ރައްޓެއްސެއްގެ ގޭގައި މަޑުކުރާ ވާހަކަ އެ މެސެޖުގައި ވެއެވެ. އަރީފަށް ހީވީ އޭނާގެ ބޮލުން ބޮޑު ބަރެއް އުފުލިގެން ދިޔަ ހެންނެވެ. ފުންނޭވާ އެއް ދޫކޮއްލުމަށްފަހު ލުޔާއަށް ބަލާލިއެވެ.

ހުދުކުލައިގެ ދިގު ކުރުތާއެއް ލައިގެން ހުރިއިރު ޖެހެމުންދާ ފެން ތިކިތަކާއެކު އެ ހެދުން ދިޔައީ ލުޔާގެ ގައިގައި ތަތް ވަމުންނެވެ. ލުޔާއަށް ނޭނގުނު ނަމަވެސް އޭނާގެ ހަށިގަނޑު މުޅިން ކަޝްފުވެފައި ވާ ފަދައެވެ. އަރީފު ކަރުކެހިލުމުން ލުޔާ އަރީފަށް ބަލާލިއެވެ. އޭރު އަރީފު ދިޔައީ ގަސްތުގައި ލުޔާއަށް ނުބަލަން މަސައްކަތް ކުރަމުންނެވެ. އަރީފުގެ މިހަރަކާތް ފެނިފައި ލުޔާ އޭނާގެ ހެދުމަށް ބަލާލީ އެއްޗެއް ހޭކިފައި ހުރިތޯ ބެލުމަށެވެ. އެހެނަސް ތިމާ ހުރި ހާލު ފެނުމާއެކު އޭނާ ގޭތެރެއަށް ދުއްވައިގަތެވެ. ގަތް ލަދުން އެންމެ ހިނދުކޮޅެއްވެސް އެތަނުގައި ހުންނާކަށް އޭނާއަކަށް ނުކެރުނެވެ. ލުޔާ އޭނާގެ ކޮޓަރިއަށް ވަތް މަންޒަރު ބަލަން އަރީފު އޭރުވެސް ހުރީ ގޭގެ ދޮރުމަތީގައެވެ.

ހެދުން ބަދަލު ކޮއްގެން ލުޔާ ނިކުތް އިރު އަރީފު އިނީ ސޯފާގައެވެ. ދެންމެ ހިނގާދިޔަ ހާދިސާއާމެދު ލުޔާ ހުރީ އަދިވެސް ލަދު ގަނެފައެވެ. އެހެނަސް އަރީފަށް އެ މަންޒަރު ނުފެންނަ ކަމަށް ނިންމައި ލުޔާ ހިނގައިގަތެވެ. އޭނާ ގޮސް އިށީނީ އަރީފު އިށީނދެގެން އިން ސޯފާއާއި ގެހިގެން އިން ގޮނޑީގައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (20)

  1. athi

    yey me first… vrh salhi..ekm kuru.. thankolheh dhigukoh liyela dhyba pls…. waitin for nxt prt..

  2. Smile

    When next part?

  3. reysham

    wowow…mi pert vrh reeethi..ekm thankolheh kuru…next part thankolheh dhigu koh up koh dheyne kamah umeeedhu kuran….gud luck

  4. Sheeby

    Varah nice stry eh… avahah nxt part genesdhehchey plx.. 🙂

  5. nathoo

    Avahah nxt prt up kohba. Pls can’t wait any more

  6. nahuza

    V reethi mi part vx..

  7. nukko

    V reethi story eh
    …………. watin 4 the nxt part
    Mi part vs hama habeyx

  8. Sweet girl

    Think areef n luya hen fahun gulhey nee
    Anyway the story is really nice
    Waiting for the next part

  9. kitty

    Areef and luya dhw by the way the story is v v nice

  10. liu

    habeeeeeeeeeeeeeeeeeeeeeeeeeeyyyyyyyyyyyyyssssssssssssssss storyyyyyyyyyeh

  11. ifaasha

    Hey… my real name is also ifaasha.. . Bodu ihthifaageh dhw.. btw story is awesome….. 🙂

  12. Shabee

    Fahun liuza baakee vaanee thiache… luaa n areef gulheynee hen heevanee…mi prt thankolheh kuru…nxt prt avahah up khdjehchey…. nd dhigu khdhehchey… v reethi mibaivex… love it.. 😉

  13. Crazi

    Vrh shalhi ahvaha dhemyhun gulhu vabah

  14. nihaa

    Nice dhen gennan part mi part ah vure dhigukoh genes dheyne kamah uhmeedhu kurann….

  15. LOVENA

    Lavna ah v kamudhey mi vaahaka.. MAASHAM thankolheh avahah n dhigukoh genes dhehhchey.. this is a awsome story eh.. HAMA HABEYYYYYYS

  16. xaaxaa

    Maashamuuuu story a awax koh laba swyty dhn I think ahunaf and liu luya n aryf yuwaam ekani waany dhw…… By the way this is A wonderful story luw yah

  17. nazi

    plz plz plz avaha upkolladheebala vahaka hama habeys

  18. kayaani

    maasham kobaa tha stwry

  19. maasham

    guys im really sorry, but my wifi has been messed up for a few days.. mihaaruves mi ulheny up nukurevigen.. in sha allah next part will be up very soon…
    Cheers!

  20. vaahaka kiyaa hivva

    varah reethi hama super

Comments are closed.