މާޔާ ތެދުވެފައި އެކުވެރިންނާ ދިމާ ބަލައިލިއިރު ތިން މީހުންގެ މޫނު މަތިން ފެންނަން ހުރީ ލާނެތްކަމެވެ. މާޔާ އެއްޗެކޭ ބުނުމުގެ ކުރިން ހަމްނާ އެދެމީހުންނާ ވާހަކަ ދައްކަން ފަށައިފިއެވެ. “ހޭއި މީހަމްނާ ދެން މީ މާޔާ ދެން މިތިބީ ޒޫނާ އާ މަރީ” “މީއަޔާން ދެން މިހިރީ ފާރިޝް..” ހަމްނާ އެމީހުންގެ ތައާރަފެއް ދިނުމުން އަޔާން ވެސް ތައާރަފްވެލިއެވެ. އަޔާންމެން އެތަނުން ދިއުމުން ހަމްނާމެނަން ހީވީ ދެއީދު އެއްފަހަރާ ލައިގެން ހެންނެވެ. މާޔާ ވަށާލައިގެންތިބެ ދިމާކުރާވަރުން ލަދުން […]
” އޯކޭ. އަވަސް ކުރާތި؟” ކުޑަކޮށް އަމުރުވެރި ރާގެއްގައި ރޯޒީ ބުނެލިއެވެ. ” މައްސަލައެއްނޯންނާނެ.” އަހަރެން އަވަސް އަވަހަށް ފޯން ބޭއްވީމެވެ. ރޯޒީމީ އާދައިގެ ކުއްޖެއްނޫނެވެ. އަދިވެސް ހަމަ ކުޑައިރުގެ އުޅުމެވެ. ކަމަކާއި ހިފަންފަށައި ފިއްޔާ އެނިމުނީއެވެ. ދެން އެކަމެއް ނުނިމެނީސް ނުހުއްޓާނެއެވެ. އެހާ އަވަހަށް އެކަމެއްވާން ބޭނުންވާނެއެވެ. ރޯޒީ ބޭނުންވާކަމެއް ބޭނުންވާ ގަޑީގައިވާންޖެހޭނެއެވެ. ރޯޒީގެ ހިތް އަވަސް ކަމުން އަހަރެން ހައިރާންވެއެވެ. އެހާ ހިތް އަވަސް މީހުން އުޅޭކަން އަހަންނަށް އިނގުނީ ރޯޒީއާއި ދިމާވި ފަހުންނެވެ. […]
” ހެޕީތަ؟ ވަރަށް އުފާވެރި ޚަބަރެއްދޭން ވެގެން މިގެނައީ؟” ބޮސް އެހެން ބުނުމުން އަހަންނަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. ” އަޅުގަނޑު އުފާވާންޖެހޭ ކަމެއް ނޭނގެ. މިދުވަސްވަރު މިދަނީ މުޅިން ހިތާމަވެރި ޚަބަރު ލިބެމުން. އަޅުގަނޑަށް އޮތީ ކެތްކުރުން.” މަޑުމޮޅިކަން އެކުލެވިގެންވާ ރާގެއްގައި އަހަރެން ބުނީމެވެ. ” ތީ ވަރަށް ބޮޑު ތެދެއް. އަހަންނަށް މިވިޔަފާރީގައި މިހިސާބަށްވެސް އާދެވުނީ ތިބުނާ ކެތްތެރިކަން އިސްކޮށްގެން. ސަލާމް ތިބުނީ ދޮގެއްނޫން.” ބޮސްވެސް އަހަރެންގެ ވާހަކަޔާއި އެއްބަހެވެ. ” ޙަޤީޤަތުގައި ބޮސްމެންނަކަށް […]
ސިއްސައިގެން ގޮސް ބަލާލެވުނީ މޫނަށެވެ. ވަރަށް އަޅައިގަންނަ ގޮތެއް ހުއްޓެވެ. ކަޅި ޖަހާނުލާ އަހަރެން ބަލަހައްޓައިގެން ހުރީމެވެ. ބޮޑު ދެލޮލެވެ. ތޫނުފިލި ކަޅިރަވައެކެވެ. ލުއި ހިނިތުންވުމެކެވެ. ފަންކަމަށް ދެއްކިޔަސް، ލޯބި ބުޅި ގޮތެއް ހުންނަ އިސްތަށި ކޮޅެކެވެ. އެއަރޕޯރޓްގެ ޗެކިން ހޯލުގައި، އެހުރިހާ މީހުންގެ ތެރޭގައި އަހަރެން ހުރި އިރުވެސް، އަހަރެންގެ ކަޅި ސީދާ އަމާޒުވެފައި ހުރީ އޭނާއަށެވެ. މޫނުމަތިން ގެވެހިގޮތެއް ފެންނަން ހުރި އެ އަންހެންކުއްޖާ އަކީ އަހަންނަށް މިހާތަނަށް ފެނުނު އެންމެ ފުރިހަމަ […]
ޒަޔާން ކާރު މަޑުކޮށްލީ ގޭގޭ ދޮރުމައްޗަށެވެ. އޭރު އެންބިއުލާންސްވެސް އެތާގައި މަޑުކޮށްފައި އޮތެވެ. ކާރު މަޑުކޮށްލުމަށްފަހު ޔާނާ ފައިބަންދެން މަޑުވެސް ކޮށްނުލާ އޭނަ އެތެރެއަށް ދުއްވައިގެތެވެ. ޔާނާއަށް ހީވީ ޒަޔާންގެ މަންމައަށް ކަމެއްވީކަމަށެވެ. ނަމަވެސް ކާރުން ފޭބުމާއިއެކުހެން އޭނައަށް ފެނުނީ އެންބިއުލޭންސްއަށް އެރުވި ސަލްމާއެވެ. ވަގުތުން ވީކިހިނެތްކަން އޭނައަށް ނަގައިގަނެވުނެވެ. ޔާނާއަށް އަވަސްއަވަހަށް ދެވުނީ ޒަޔާންގެ މަންމަ ޔަޝްރާގާތަށެވެ. “ބޭބެ ގޮވާފަ ބުނީ ދައްތަ ފެއިންޓްވިވާހަކަ، އިތުރުއެއްޗެކޭ ނުބުނޭ، ޝީހޭވް ހާރޓް ޕްރޮބްލެމްސް، ނޯވަން ނޯސްއިޓް އެކްސެޕްޓް […]
” ހާދަ ރީތި ކުދިން ކޮޅެކޭދޯ އެދިޔައީ.” ގޮނޑީގައި އިށީނުމަށްފަހު ފުރަތަމަވެސް އިމާން ބުނީ އެހެންނެވެ. ” ރީތި މީހުން އުޅޭ ޤައުމެކޭ މީ. މައްސަލައަކީ ރީތިކަމާ އެއްވަރަށް އަޚްލާޤް ނުހުންނާތީ.” އަހަރެން މަޑުމަޑުން ބުނީމެވެ. ވޭޓަރު އައުމުން އަހަރެމެން ކެއުމަށް އޯޑަރު ދިނީ ދެނެވެ. ” ދެން ތިކަމާ ނުވިސްނާ. ހިނގާ އަވަހަށް ކައިގެން އޮފީހަށްދާން.” އިމާން ބުނެލިއެވެ. ” އިނގޭތަ އެކުދިންގެ ތެރޭގަ އިނީ ޝުދޫވެސް.” އަހަރެން ކުޑަކޮށް ހީނލަމުން ބުނީމެވެ. ” ދެން […]
” ކޮން އެއްޗެއް؟ މަށަށް ވެސް ދައްކަންވީނު؟” ނާއީ އަވަސް އަވަހަށް ބުނެލިއެވެ. ” ހަމަ އަސްލުވެސް ދައްކަން ވީތަ؟” އަހަރެން ސަމާސާ ރާގެއްގައި ބުނީމެވެ. ” ދެއްކީމަދޯ ފެންނާނީ؟” ނާއީ ކުރުކޮށް ބުނެލިއެވެ. ” ފަހުންދޯ.” އަަހަރެން ބުނީމެވެ. ” ފަހުން ހެޔޮ ނުދެއްކިޔަސް. ދެން މަޑުން ހުރޭ. ވާހަކަ ކިޔަނީ.” ނާއީ އަކީ ވާހަކަ ކިޔުމަށް މަރުދޭކުއްޖެކެވެ. ” ތިހާ ވަރަށް ވާހަކަ ކިޔާކަށް ނުވާނެ. މީހާ މޮޔަވެދާނެ.” މަޑުން ހުންނާކަށް އަހަރެން ބޭނުމެއްނޫނެވެ. […]
އަފްރީން ހޭލެވުނީ އޭނަގެ ބާލީސް ކައިރީގައި އޮތް ފޯނު ރިންގުވާ އަޑަށެވެ. އޭނަ ގަދަކަމުން ކަހަލަ ގޮތަކަށް ދެލޯ ހުޅުވާލިއެވެ. ފޯނު ނެގުމުގެ ކުރިން ކުރިމަތީގައި ހުރި ފާރުގައި ހުރި ގަޑި އަފްރީންއަށް ފެނުނެވެ. ގަޑިން 6:15 ވެފައިވިތަން ފެނިފައި އަފްރީންއަށް ކުއްލިއަކަށް އޭނަގެ ވާތްފަރާތުގައިވި ކުޑަދޮރު ބަރިއާއި ދިމާލަށް ބަލާލެވުނެވެ. ފަރުދާ ދަމާލެވިފައިވިޔަސް އަލިވެއްޖެކަން ފެންލައިޓުން އަފްރީންއަށް ނަގައިގަނެވުނެވެ. އެއާއެކު އޭނައަށް ފަތިސް ނަމާދަށް ނޭރޭކަން ހަނދާންވުމުން އަފްރީން ފޫހިވިއެވެ. ދެންޖެހޭނީ އޭނަގެ މެންދުރުގެ ވަގުތުން […]
އަހަރެންނަކީ ކިހާ ބަދުނަސީބު މީހެއް ހެއްޔެވެ؟. ދުނިޔެއިން އަހަރެން އެންމެ ބޭނުންވީ ލޯތްބެވެ. އަޅާލުމާއި އޯގާތެރިކަމެވެ. އެކަމަކު އަހަރެން ވަނީ މިކަންކަމުން މަހުރޫމްވެފައެވެ.އެއީ ކީއްވެ ހެއްޔެވެ؟. އަހަރެންނަށް ލިބިފައިވާ ސިފަތަކުން ހެއްޔެވެ؟.އަހަރެންނަކީ ގޭތެރޭގައި އުޅޭއިރު ވަރަށް ވާހަކަ ދައްކާ ކުއްޖަކީ މެވެ. އެކަމަކު ބޭރަށް ނިކުމެއްޖިއްޔާ އަހަރެން ވާހަކަ ދައްކައެއް ނަހަދަމެވެ.އަހަރެން ވެސް އެހެން ކުދިންހެން އުޅެން ބޭނުން ވެއެވެ.އެކަމަކު އަހަރެންގެ ރައްޓެހިންނެއް ނުތި ބެއެވެ.ހޯދަން ބޭނުން ނުވަނީ އެއް ނޫނެވެ. ނުލިބެނީ އެވެ.އަހަންނަކީ އެހާ ރީތި […]