“ހެހެހެ….ހަމަރަގަޅަށް ވެސް ބުއްދި ގޯސްވެފަ ތިއަންހެނާ ތިހުރީ މޮޔައިންގެ މަރުކަޒަކަށް ދޯ ފޮނުވަންވީ، ..ކަލެއަށް އިތުބާރު ކުރާނެ އެއްވެސް ނަފްސެއް މިބިމަކު ނުވާނެ..އެހެންވީމަ މިއަނގަ މަޑުން ލައިގެން އިނދޭ..މަ ޝާނިމްއަށް ހެދި ކޮންގޮތެއް އެގިގެންތަ ތިތެޅެނީ…ކަލޭވެސް ތީ މަގޭ އަތްދަށުން ބޭރު ނުވެވޭނެ މީހެއް..” އަލްތާފްގެ ރުޅި ކޮންޓްރޯލް ނުވެވޭނޭ ހީވުމުން ސިމަން ދޫކޮށްލުމަށް ފަހު ދާން އެނބުރުނު ވަގުތު ހަޅޭލަވައިގަތް ސިމަން ބުނި އެއްޗަކުން އަލްތާފްގެ ފިޔަވަޅުތައް ގަނޑުވިއިރު ދަމާފައިވާ ފަރުދާގެ ފަހަތުން މީހެއްގެ ހިލަންވެގެން […]
“އައި ލަވް ޔޫ…” ބުނާނެ އިތުރު އެއްޗެއް ނޭނގުމުން ލިއުޒާއަށް ބުނެވުނީ މިހެންނެވެ. “ޑޯންޓް… ލިއު މިހާރު ތި ލަފްޒުގެ އަގު ވަނީ ވައްޓާލާފަ… އިޓް މީންސް ނަތިންގ…” އަހުނަފް މިހެން ބުނުމާއެކު ލިއުޒާގެ ހިތް ފަޅައިގެން ދިޔަ ފަދައެވެ. އޭނާއަށް ރޮއެ ގަނެވުނީ އަޑުން އަޑު ނަގާއެވެ. “ނުބުނޭ ތިހެން! ލިއު ހާދަ ލޯބި ވެޔޭ….” އަހުނަފްގެ އަތުގައި އެލިގަންނަމުން ލިއުޒާ ވާހަކަ ދެއްކިއެވެ. އޭނާގެ ރުއިމަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ލިއުޒާ މިހެން ބުނުމާއެކު […]
އޮފީސްތެރެއަށް ވަދެގެންދިޔަ އިންހާގެ މޫނުމަތީގައި ވަނީ ފުޅާ ހިނިތުންވުމެކެވެ. އިންހާ އޮފީސް ތެރެއަށް ވަދެގެންދިޔައިރު ބައެއް ސުޓާފުން އޭނައާއި ދިމާލަށް ބަލަންތިބީ ހައިރާންވެތިބެއެވެ. މީގެ ކުރިން ދުވަހަކުވެސް އެހާވަރަށް އިންހާ ހިނިތުންވެފައި ހުއްޓައި ނުފެނެއެވެ. ކެބިންއަށް ވަދެގެންއައި އިންހާ ފެނުމުން މުސައިފާވެސް އިންހާއަށް ބަލަހައްޓައިގެންއިނީއެވެ. މުސައިފާ ބަލަހައްޓައިގެން އިންކަން އިންހާއަށް އެނގުނީ އިރުކޮޅެއްވި ފަހުންނެވެ. މުސައިފާއަށް ބަލާލަމުން އިންހާ ނިތްއަރުވާލީ ކިހިނެއްވީހޭ އަހާލަކަހަލަ ގޮތަކަށެވެ. ” އިންހާއަކަށް ނޭގޭތަ ރޭ ބޮސްގެ ގައިގައި ވަޅިއަޅައިގެން އައި.ސީ.ޔޫގައި އޮތްކަމެއް…؟ […]
” އާނ ހަނދާންވެއްޖެ… އެކަމު ބުނަންތަ ވާހަކައެއް؟ ދެބަހުން ވާހަކަ ނުދައްކާ ދިވެހިން ވާހަކަ ދެއްކިއްޔާ ރަނގަޅީ؟” އަހަރެން ބުނީމެވެ. ” އޯކޭ. އެކަމު ޕްރޮމިސްކުރޭ މިރޭ ދިމާކުރާނެކަމަށް…. ޕްލީޒް.. ޕްލީޒް.. ޕްލީޒް..” ޝާނާ އާދޭސްކުރަންފެށިއެވެ. ” ޕްރޮމިސްއެއް ނުކުރެވޭނެ.” އަހަރެން ގިނަ ވާހަކަދައްކާކަށް ބޭނުމެއްނޫނެވެ. ” ވަރަށް މުހިއްމުވީމަ ޢާޒިމްއާއި ބައްދަލުކުރަން މިބުނީ. ޕްރޮމިސް ނުކުރިޔަސް ދެންބުނެބަލަ މިރޭ ބައްދަލުކޮށްލާނަމޭ. ޕްލީޒް.” ޝާނާ ތުއި އަޑަކުން ބޮޑާ ހާކާންފެށިއެވެ. ” އޯކޭ. ބަލާނަން.” އަހަރެން […]
” އެހެން މީހަކާއި ހަވާލު ނުކުރާތި! ސީދާ ނާއީ އަތަށް ދޭނީ!” އަހަރެން ބުނީމެވެ. ” މައްސަލައެއްނޯންނާނެ.” މަހުފޫޒާ ހެމުން ބުނެލިއެވެ. ” ވަރަށް ރަނގަޅު.” އަހަރެން ބުނީމެވެ. ” ދީފަ ކީކޭ ބުނަންވީ؟ ނާއީ ނުހިފައިފިއްޔާޔޯ؟” މަހުފޫޒާ ކުރީ ރަނގަޅު ސުވާލެކެވެ. ” ބުނޭ ނާބިލް ދިން އެއްޗެކޭ. ދެން ނުހިފައިފިއްޔާ މަހުފޫޒާ ކާލާނީ. އެވެސް ގޮތެއްނުދޯ.” އަަހަރެން އެހެން ބުނުމުން މަހުފޫޒާ ހިނިގަނޑެއް ޖަހާލިއެވެ. އަހަރެން މަޑުމަޑުން ގެއަށްދާން ނިކުތީ ދެނެވެ. އަހަރެން ނިކުންނަން […]
” ބައްޕަމެން މިތިބީ އެމަޖެންސީ ރޫމްކައިރީގައި…! ” އާމިރުގެ އަޑުގައި އެކުލެވިގެންވީ އަސަރުން ފާޒިންއަށް ވަރަށް ބޮޑު ވަރު ވެއްޖެކަން މައިޝާއަށް އެނގުނެވެ. އާމިރުވެސް ފޯނުކަނޑާލާފައި ކައިރީގައި ހުރި ގޮނޑީގައި އިށީނީ ކޮޅަށް ހުންނާނެ ވަރުނެތިގެންކަންނޭގެއެވެ. ” އާމިރު…! ފާޒިންއަށް ވަރަށް ބޮޑުވަރުވެފައިތަ އޮތީ..؟ ” ވަދީފާއައިސް އާމިރުގެ އަތުގައި ހިފާ ތަޅުވައިގަންނަމުން އަނެއްކާވެސް ބުނެލިއެވެ. އާމިރު ހަމަ އެކަނި ބޯޖަހާލީއެވެ. ލޯބިވާ ދަރިފުޅަށް ވެފައޮތްވަރު އޭނަގެ ދުލުން ބަޔާންކޮއްދޭނެހާ ހިތްވަރެއް އާމިރުގެ ގަޔަކު ނެތެވެ. މައިޝާއާއި […]
މާދަމާ އަހަރެން ދަންޖައްސާނެއެވެ. ޙުކުމް ތަންފީޒް ކުރާނެއެވެ. މިހާރު އަހަރެން ގުނަމުން މިގެންދަނީ ޙަޔާތުގެ އެންމެ ފަހު ސިކުންތުކޮޅެވެ. މިއީ ދެން އަހަރެން މިފަނާވަނިވި ދުނިޔެއަށް ލާނެ އެންމެ ފަހުނޭވާތައްކަން ނޭނގެއެވެ. ތެދެކެވެ. އަހަރެން ކުރި ކުށަށް މާދަމާ އިންސާފް ލިބޭނެއެވެ. އެކަމާއި އަހަރެން ޝަކުވާއެއް ޝިކާޔަތެއް ނުކުރާނަމެވެ. ކުޑަމިނުން އެއްވެސް މީހަކަށް ހިތްބަރެއްވެސް ނުކުރާނަމެވެ. އެއްވެސް މީހެއްގެ ފައިބުޑަށް ވެއްޓި ސަލާމަތްކުރުމަކަށް އާދޭހެއްވެސް ނުދަންނަވާނަމެވެ. އަހަރެން ދަންނަވަންޖެހޭ ފަރާތުގައި އޮންނާނީ ދަންނާވައެވެ. އަހަރެން ހުންނާނީ އަހަރެންގެ […]
ސައިކަލު އޭގެ އެންމެ ބާރުމިނުގައި ދުއްވާފައި ދެވޭ ތަނެއް ނިމާންއަށް ނޭނގެއެވެ. ގަމީހުގެ މަތީ ތިން ގޮށް ނެއްޓިފައި ވާތީ ދެފަރާތުން ގަމީހުގެ ދެބައި އެލިފައި އޮތެވެ. އެބާރުމިނުގައި ނިމާން މަޑުކޮށްލީ ކާނިވާ ސަރަހައްދަށެވެ. ޕާރކިން ޒޯނުގައި ސައިކަލު ޕާރކް ކޮށްލާފައި ގޮސް ޑޮލްފިްއަށް އަރާ އެތަނަށް އައުމަށް ޖިނާން އަށް މެސެޖްއެއް ކޮށްލިއެވެ. “ހާދަ ގޮތެއް ނެތް އަންހެނެކޭ އެއީ…އަންހެނަކަށްވެހުރެ އެހާ ހަޑި ވާހަކަވެސް ދައްކައޭ….” އައި ރުޅި ކޮންޓްރޯލްނުވެ އަނެއްކާވެސް ނިމާންއަށް މުށްކަވާލާފައި ޖެހުނީ […]
” މައްސަލައެއް ނޯންނާނެ. އެކަމަކު، އޭރުން ޑަބަލް ޕިއްޒާ. އޯކޭތަ؟” އަދުހަމް ލާނެތް ރާގަކަށް ބުނެލިއެވެ. ” މައްސަލައެއްނެތް.” ޕިއްޒާ ދީގެން ނަމަވެސް، މަންމައާއި ހަމައަށް އެކަން ދިއުމަށް އަހަރެން ބޭނުމެއްނޫނެވެ. ކައިނިމިގެން އަހަރެން ވަނީ ކޮޓަރިއަށެވެ. ” އޭ. ކޮން ދުވަހަކުންތަ އޮފީހަށް ނިކުންނަނީ؟ ޗުއްޓީ ހަމަނުވަނީތަ އަދިވެސް؟” ނަޖާ އަހަންނަށް ގުޅީ އެވަގުތު ގައެވެ. ” މީހުންނަށް ގުޅާލާއިރު ސަލާމް ގޮވާލުމެއްވެސް ނޯވޭތަ؟” އަހަރެން ބުނީމެވެ. ” އޭ. ހަނދާން ނެތުނީ؟” ނަޖާ އަވަސް […]