Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޝުކުރިއްޔާ ***** (2)

DESTINY2020 Level 210 Stories
August 10, 2015 5 Mins Read
9 Comments

” މައްސަލައެއް ނޯންނާނެ. އެކަމަކު، އޭރުން ޑަބަލް ޕިއްޒާ. އޯކޭތަ؟” އަދުހަމް ލާނެތް ރާގަކަށް ބުނެލިއެވެ.

” މައްސަލައެއްނެތް.” ޕިއްޒާ ދީގެން ނަމަވެސް، މަންމައާއި ހަމައަށް އެކަން ދިއުމަށް އަހަރެން ބޭނުމެއްނޫނެވެ.

ކައިނިމިގެން އަހަރެން ވަނީ ކޮޓަރިއަށެވެ.

” އޭ. ކޮން ދުވަހަކުންތަ އޮފީހަށް ނިކުންނަނީ؟ ޗުއްޓީ ހަމަނުވަނީތަ އަދިވެސް؟” ނަޖާ އަހަންނަށް ގުޅީ އެވަގުތު ގައެވެ.

” މީހުންނަށް ގުޅާލާއިރު ސަލާމް ގޮވާލުމެއްވެސް ނޯވޭތަ؟” އަހަރެން ބުނީމެވެ.

” އޭ. ހަނދާން ނެތުނީ؟” ނަޖާ އަވަސް އަވަހަށް ބުނެލިއެވެ.

” ދެން އަޅާނުލާ. އާނ. ޗުއްޓި ހަމަވިނަމަ، ހީވޭތަ އަހަރެން މިހެން ގޭގަ އޮންނާނެހެން. ނޯންނާނެއްނު. ކިހިނެއްތަ އޮފީސް ކުދިންތައް؟” ޗުއްޓީ ނެގިފަހުން އަހަރެން އޮފީހަކަށް ނުދަމެވެ.

” ވަރަށް ރަނގަޅު. ވަރަށް ރީތި އަންހެން ކުއްޖަކު އަނެއްކާވެސް ވައްދައިފި. ހުރިހާ މީހުން އުޅެނީ އޭނަގެ ފަހަތުން. އަހަންނަށް ހީވަނީ އަޙްޞަންއަށްވެސް ވަރަށް ކަމުދާނެހެން. އަންނަންވީނު އޭނަ ބަލާލަން.” ނަޖާމެންގެ ޚިޔާލާއި އަހަރެންގެ ޚިޔާލު ތަފާތުވާ ކަންތައްތަކީ އެއީއެވެ.

” ނޫނޭ. މިއަދަކު ނޫންދޯ. އަހަރެން އޮފީހަށް ނުކުތުމުން ތިބުނާ ކުއްޖަކުވެސް ދިމާވާނެއްނުދޯ. އެވަރަށް އަންހެނުންނާއިހެދި މޮޔަވާކަށް ނުވާނެ. ފަހުން ހިތުގެ ބަލީގެ ޝިކާރަކަށްވީމާ ޙަޔާން އޮންނާނީ ބަރުބާދުވެފަ. އަހަންނަށް އެހެން ނުވޭތޯ އަހަރެން އަބަދުވެސް ދުޢާކުރަން.” ކޮމްޕިއުޓަ ކައިރީގައި އިށީންނަމުން އަހަރެން ބުނީމެވެ.

” އެހެންދޯ. އޭ ދެން ފަހުން ގުޅާލާނަން އިނގޭ. އިހަށް ބާއްވަނީ.” ފޯން ބާއްވަމުން ނާޖީ ބުނެލިއެވެ.

” ވަޢަލައިކުމުއް ސަލާމް.” ފޯން ބާއްވަމުން އަހަރެން ބުނީމެވެ.

މަޑުމަޑުން އަހަރެން ނެޓް ސާޗް ކުރަމުން ދިޔައީމެވެ. ރާއްޖެއާއި ރާއްޖޭގެ ޚަބަރުތައް އަހަރެން ކިޔަން ފެށީމެވެ. ހަވީރުގައި އިން ޚަބަރަކުން އަހަރެން ދިޔައީ ތަރިބުރައިގެންނެވެ. ” އަނިޔާވެރި ގޮތަކަށް މަންމައަކު އޭނާގެ 03 އަހަރަށްދާ ދަރިފުޅު މަރާލި” ތައްޔިބުގެ މިޚަބަރު ކިޔަމުން ދިޔައިރު، ލިބުނު ޝޮކަށްވުރެ، ވީ ދެރަ އަހަންނަށް ބަޔާން ކުރަންވެސް ނޭނގެއެވެ. މީ ހަމަ ޙަޤީޤަތެއްބާވައެވެ؟ އެހެން ކަމަށްވާނަމަ، އޭނަގެ ހިތުގައި ވާ މައިވަންތަ ކަމުގެ ލޯބި ބާވައެވެ؟ ދަރިން ހޯދަނީ އަމިއްލަ އަތުން އެދަރިން މަރަން ހެއްޔެވެ؟ އެދަރި މަރާލުމުގެ ބަދަލުގައި، އެދަރި ބަލާނެ އެހެން މީހަކަށް ދިނުން ކީއްހެއްޔެވެ؟ ކައިވެނިކޮށްގެން އުޅޭތާ އެތަށް އަހަރެއް ވެފައިވާ، ދަރިންގެ ނިޢުމަތުން މަޙްރޫމުވެފައިވާ ކިތައް މީހުން މިތާގައި އެބައުޅޭބާވައެވެ؟ އަހަރެންގެ ހިތުގައި ކުއްލިއަކަށް ތަފާތު ޚިޔާލުތައް ދައުރުވަމުން ދިޔައެވެ. އެއާއި އެއްވަރަށް ދެރަވެސް ވިއެވެ.

ދެން އެކަމާއި އަހަރެން ވިސްނުމުގެ ބޭނުމެއްނެތެވެ. މީ މިދުނިޔެއެވެ. ބޭނުން ގޮތަކަށް އުޅެވިދާނެއެވެ. ކޮމްޕިއުޓަރުގައި އިން ގަޑިއަށް ބަލާލެވުމުން، އަޞްރު ނަމާދު ވަގުތުވަނީކަން އަހަންނަށް އިނގުނެވެ. އަވަސް އަވަހަށް ފާޚާނާއަށްވަދެ ވުޟޫކޮށްލީމެވެ. ދެން މަޑުމަޑުން މިސްކިތާއި ދިމާލަށް މިސްރާބު ޖެހީމެވެ. ބަންގި ގޮވުމުން ފުރަތަމަ އެންމެ އިސްވާޖިބަކަށްވާންޖެހޭނީ ނަމާދުކުރުމެވެ. އެހިސާބުން ދުނިޔޭގެ ދިރިއުޅުމުގެ ކަންތައްތައް މަޑުޖައްސާލަން އެބަޖެހެއެވެ. ކުޑަކުޑަ ހިނދުކޮޅަކަށް އެކަން ނުވެވޭނެ އިންސާނަކު ހުންނާނެ ހެނެއް ހީއެއްނުވެއެވެ. މާތް ﷲ ގެ މަތިން ހަނދުމަކުރުމަށް ފަނަރަ މިނިޓް ހުސްކޮށްނުލެވޭ އިންސާނަކީ، ކިހާ އަމިއްލަ އެދުން ބޮޑު އިންސާނެއް ހެއްޔެވެ؟

” އަސްލު އަހަރެން ވަރަށް ހިތްހަމަ ނުޖެހޭކަމެއް މީހުން ނެތް ތާނގައި އެމީހުންގެ ވާހަކަ ދެއްކުން.” އަޞްރު ނަމާދުން ފޭބި ތަނާ އަނެއްކާވެސް އަހަންނާއި އިލްހާމު އާއި ދިމާވިއެވެ.

” މިހާރު ތިހެން ބުނެވޭނެ ކަންވެސް އިނގޭ. ނުފެންނަފަށުގައި ހިނގާ، ހިނގި ގިނަ ކަންތައްތަކަކީ އިންސާނީ ހިތަށް ޤަބޫލު ކުރެވޭނެ ކަންތައްތަކެއްނޫން.” އިލްހާމްގެ ވާހަކައަކީ އަރަތެއް ހެއްޔެވެ؟

” ތިހެން ވާހަކަ ދެއްކުމަށްވުރެން ބުނަން އުޅޭ އެއްޗެއް ފުރިހަމަޔަށް ބުނުން މާ ރަނގަޅުވާނެ.” ދެމާނަ ނެނގޭގޮތަށް ވާހަކަ ދެއްކުމަކީ އަހަރެން މާ ގަޔާވާ ކަމެއް ނޫނެވެ.

” އެހެން ވިއްޔާ އަޑުއަނހަންކެރޭނެބާ؟” އަހަންނަށް އަޑުއަނހަން ނުކެރޭވަރުގެ ވާހަކައެއް އިލްހާމް ބުނާނީ ކިހިނެއްހެއްޔެވެ؟

” އަނެއްކާ ބޭ އަދަބީ ގޮތަކަށް މުޢާމަލާތް ކުރަންބާ ތިއުޅެނީ. ތިހެން ވިއްޔާ އަހަންނަށް އަޑުއަނހާކަށް ނުކެރޭނެ.” އެފަދަ ޢިބާރާތުން ވާހަކަ ދެއްކުމަކީ އަހަރެންގެ އާދައެއް ނޫނެވެ.

” ނޫނޭ. މިއުޅެނީ ނީނާގެ ވާހަކަ ދައްކަން ވެގެން. އެކަމަކު، އަޙްޞަންއަށް އެވާހަކަތައް އަޑުއަނހަން ކެތެއް ނުވާނެހެން ހީވަނީ؟” އިލްހާމް ބުނަން އުޅޭ އެއްޗެއް ނުބުނެވިގެން މިއުޅެނީ ކީއްވެގެން ބާވައެވެ؟

” ދެން ހެޔޮ ނީނާ އެއް ނޫން. އެއްވެސް މީހެއްގެ ވާހަކަ އަހަރެންގެ ގާތުގައި ދައްކާނެ ކަމެއްނެތް. އަހަރެން މިދަނީ.” އިލްހާމް ދައްކަން އުޅޭ ވާހަކަ ދިގު ދަންމަންފެށުމުން އަހަރެން ވަރަށް ހިތްހަމަނުޖެހުނެވެ.

” ފަހުން އަޙްޞަން ރޯނެ. އަހަރެން އަދި މިއުޅެނީ ހޫނު އަލިފާން ގަނޑެއްގެ ތެރެއިން އަޙްޞަން ނެރެންވެގެން. އެކަމަކު، ހީވަނީ އަޙްޞަން ބޭނުންވަނީ އެ އަލިފާންގަނޑުން ފިހެންހެން.” ހަރުކަށި ގޮތަކަށް އިލްހާމް ބުނެލިއެވެ.

” ތީ އަހަރެން އެހާ ބޮޑަށް ހާސްވާ ކަމެއްނޫން. އަހަރެން އާދައިގެ އިންސާނެއްގެ ކިބައިން މިވަގުތު ބޭނުންވާ އެއްވެސް ކަމެއްނެތް. އަހަރެން ހައްދަވާ ބޮޑުކުރައްވާ މާތް ﷲ އަބަދުވެސް އަހަންނަށް ފުދިގެންވޭ. ދެން ދަނީ.” ބޭކާރު ވާހަކަ ގިނައިން ދެއްކުމަކީ ފާފައަށް މަގު ފަހިވާކަމެކެވެ.

އަހަރެން ގެއަށް އައިސް ވަނީ ކުޑަ އިރުކޮޅެއް ފަހުންނެވެ. އަހަރެން ހުރީ ކުޑަކޮށް ނުތަނަވަސްވެފައެވެ. ނީނާ އާއި ހެދިއެވެ. އަހަންނަށް ނީނާއާއި ދިމާވީ ރޭގައެވެ. ދެން މިއަދު ހެނދުނު އެވެ. ދެން އިލްހާމަށް އަހަރެން ނީނާއާއިއެކު ފެނުނީ ކޮންތާކުން ހެއްޔެވެ؟ އިލްހާމަށް ނީނާގެ އިނގެނީ ކޮން އެއްޗެއް ހެއްޔެވެ؟

ހިތަށް އެރިއެވެ. އެކަމާއި އެހާ ބޮޑަށް ނުވިސްނަންވީއެވެ. މީ އާދައިގެ ޒަމާނެއް ނޫނެވެ. ހަޤީޤަތް ނޭނގޭ މީހަކު އެހެން އައިސް އެއްޗެކޭ ބުނުމުން، އަހަރެންގެ ހިތުގައި ސުވާލު މާރކެއްޖެހޭކަން ނުޖެހޭނެއެވެ. މީހުންގެ އަގު ވައްޓާލަން މީހަކު ކޮންމެ ވާހަކައެއްވެސް ދައްކަފާނެއެވެ. އެކަން މިދަނީ މިހާރުވެސް ވަރަށް ރަނގަޅަށް ފެންނަމުންނެވެ. އާދައިގެ މީހަކާއި ބެހޭގޮތުން ކޮންމެފަދަ ވާހަކައެއްވެސް ހަދާލައިގެން ދައްކާކަށް ބައެއް މީހުން އެއްވެސް ވަރަކަށް ފަހެއް ނުޖެހޭނެއެވެ.

ތެދެކެވެ. އެންމެ ރަނގަޅުގޮތް އެބައޮތެވެ. ނީނާ އާއި ދިމާކުރުމެވެ. ނީނާގެ އަނގައިން ނީނާގެ ވާހަކަތައް އަޑުއެހުމެވެ. އެންމެ ރަނގަޅުވާނީ އޭރުންނެވެ. މީހުން ދައްކާ ވާހަކަތަކަށް ވިސްނަން ހަދައިފިއްޔާ، ވިސްނުން ކަށިޔާރުވެދާނެއެވެ. އެހިސާބުން ކުށެއްނެތް މަޢުޞޫމް އިންސާނަކު، ބޮޑު މުޖުރިމަކަށްވެސް ހަދާލެވިދާނެއެވެ. އިންސާނީ ޚިޔާލަކީ އެފަދަ އެއްޗެކެވެ. ވިސްނައިގެން ނެތިއްޔާ، ދެން ހުންނަ މީހާ ދައްކާ ވާހަކަތަކަށް ހެއްލިގެންގޮސް، ޙަޔާތަށް ތަފާތު ގެއްލުން ވެފަ އެބަހުއްޓެވެ. މީހުން ދައްކާ ވާހަކަތަކުގެ ޙަޤީޤަތްބެލުމަށްފަހުގައި މެނުވީ ފިޔަވަޅު ނާޅަންޖެހެނީވެސް މިހެން ވެގެންނެވެ.

” ބޭބެ. މިރޭ އަންނާ ނަންތަ ނިދަން؟” އެގާރަ ޖަހަން ކައިރިވެފަ ހުއްޓާ އަހަރެން ބޭރަށްދާން ތައްޔާރުވުމުން އަދުހަމް އަނހާލިއެވެ.

” އިރާދަ ކުރެއްވިއްޔާ އަންނާނަން.” އަހަރެން ބުނީމެވެ.

” މިޝަން އިމްޕޮސިލް ކުޅެނީތަ ބޭބެ؟” އަދުހަމް ދިމާކޮށްލިއެވެ.

” ދެން އެކަހަލަ ކަމެއް ކަމަށް ވިސްނާ. ކޮއްކޮ ނިދަމުން ކޮމްޕިއުޓަރ ނިއްވާލައްޗޭ އިނގޭ.” އަދުހަމް ކޮމްޕިއުޓަރ ކައިރީގައި ހުރުމުން އަހަރެން ބުނީމެވެ.

” ރަނގަޅު މިޝަނެއްވިއްޔާ، ކޮއްކޮވެސް ދުޢާކުރާނަން ކާމިޔާބުވޭތޯ. އޯ.ކޭ” އެއް ބުމަ ހިއްލާލަމުން އަދުހަމް ބުނެލިއެވެ.

” ތިހެން ވިއްޔާ މިކަން މިކާމިޔާބުވީ. ދެން ބޭބެދަނީ.” އަހަރެން ކޮޓަރިން ނިކުތީ އެހެން ބުނުމަށްފަހުގައެވެ.

ގެއިން ނިކުމެ ގަޑިއަށް ބަލާލީމެވެ. އެގާރަޖަހާ ބޮޑުވެއްޖެއެވެ. މަޑުމަޑުން ސައިކަލުގައި އާރޓިޕިޝަލް ބީޗާއި ދިމާލަށް މިސްރާބް ޖަހާލީމެވެ. މަގުމަތީގެ ކާރުބާރު ބޮޑެވެ. ބަންދު ރެއެއްކަމުން، މީހުން މަގުމައްޗަށް ނިކުމެ އުޅެނީ، ތިބުނާ ހެނެއް ނޫނެވެ. މީހުންނަށްވުރެ، ދުއްވާ އެއްޗެހި ގިނަކަމަށް ދައްކައެވެ. މިއޮތްކުޑަ މާލޭގައި މިހާ ވެހިކަލު ގިނައެވެ. އެކަން އެންމެނަށްވެސް އިނގެއެވެ. އެކަމަކު، އަދިވެސް ހަމަ ގެންނަ ވަރުން ގެންނަނީއެވެ. އަހަރެންގެ ހިތަށް އެރިއެވެ. މާލޭގައި ހުރި ހުރިހާ ވެހިކަލެއް އެއްފަހަރާ ދުއްވަންފަށައިފިއްޔާ، ހުރިހާ މަގެއް ތޮއްޖެހޭނެއެވެ. އޭރުން ވާނީ ކިހިނެއްހެއްޔެވެ؟ މިފަދަ ޚިޔާލުތަކެއްގެ ތެރޭގައި ދުއްވަމުން ގޮސް، އާރޓިފިޝަލް ބީޗާއި ހަމައަށް ދެވުނު އިރު އެގާރަގަޑި ބައިވަނީއެވެ.

ވަރަށް މަސައްކަތުން ސައިކަލް ޒޯންގައި ޕާކްކޮށްލީމެވެ. މަޑުމަޑުން ހިނގައިގަތީމެވެ. މީހުން އޮތީ ފުރި ބާރުވެފައެވެ. ސައިކަލް ޕާކްކުރަން ތަން ލިބުނުކަންވެސް އެއީ ނަޞީބެކެވެ. މީހުން ގިނަވެގެން އުޅެނީ ކީއްވެގެންކަން އިނގުނީ އެހިސާބުގެ އަޑުގަދަ ކުރާ އިން ދެއްކި ވާހަކަ އަކުންނެވެ. ކޮންވެމެސް މުޒާހަރާއެކެވެ. މީވެސް ދެން ބައެއްފަހަރު ބޮޑުވެއްޖެކަމެކެވެ. އެކަމަކު، އެންމެ ރަނގަޅުވާނީ އަހަރެން އެކަމާއި ނުބެހުނިއްޔާއެވެ. އަހަރެންގެ މަންމަ ބުނާތީ އަޑުއަހަމެވެ. އަންހެނުންނާއި މުދަލާއި ވެރިަކމާއި ހުރި ތަޅާ ފޮޅުމަކީ ދުނިޔޭގައި ދުވަހަކުވެސް ނިމޭނެކަންތައްތަކެއް ނޫނެވެ.

އެފަދަ ޚިޔާލުތަކުގައި އަހަރެން އާޓީފިޝަލް ބީޗްގެ ތެރެއަށް ވަދެގެން ހިނގަމުން ކުރިޔަށް ދިޔައީމެވެ. ދެން ގޮސް، ކުރީރޭ ނީނާ އާއި ދިމާވި ގޮނޑިއާއި އަރާ ހަމަވުމުގެ ކުރިން އެގޮޑިއަށް ބަލާލީމެވެ. އެގޮނޑީގައި ދެމީހުން ތިއްބެވެ. ކޮން ބައެއްކަން ވަކިވާ ހިސާބަށް ކައިރިވިތަނާހެން އެދެމީހުން ގޮނޑިން ތެދުވެގެން ގޮސްފިއެވެ. ހީވަނީ، އެމީހުން ތިބިގޮތް އަހަންނަށް ފެނުމުން ލަދުގަތީކަމަށެވެ. ނޫނީ، އެފަދަ ހިތްފަސޭހަ ވަގުތެއްގައި އެފަދަ މާހައުލެއް ދޫކޮށްދާނެ މީހަކު ނުހުންނާނެއެވެ.

އަހަރެން ގޮސް ގޮނޑީގައި އިށީނީމެވެ. ވަށައިގެންވާ މާހައުލަށް ބަލާލީމެވެ. އުޑުމަތި ސާފެވެ. ހަނދުވަރުގެ އަލިން ތަނަށް ގެނެސްދީފައިވާ ޒީނަތްތެރިކަމަށް، ވަށައިގެން ދިއްލާފައިވާ ބައްތީގެ އަލިން ހުރަސްއަޅާ ކަހަލައެވެ. އުޑުމަތީގައި އެންމެ ވިލާ ރޮއްޖެއްވެސް ނެތެވެ. ކަނޑުވެސް މަޑެވެ. އެއީ އަހަރެން ހުރި ގޮނޑިން ކުރިމަތިން ފެންނަމުން ދިޔަ ބައެއް މަންޒަރު ތަކެވެ. ދެން ފެނުނު މަންޒަރުތައް ލިޔަން ހެޔޮވެސް ނުވާނެއެވެ. އަންހެން ކުދިންނާއި ފިރިހެން ކުދިންގެ ގައިގޯޅިވުމެވެ. މިކަންވެސް ކޮންމެވެސް ވަރަކަށް މިހިސާބުގައި ހިނގާކަން ކޮންމެވެސް ބަޔަކަށް ކުރިންވެސް ހަމަ އިނގޭނެކަން ނޭނގެއެވެ. ދެން ބަލާލެވުނީ ގަޑިއަށެވެ. ބާރަ ޖަހަނީއެވެ.

އަހަރެންގެ ހިތަށް އެރިއެވެ. ރޭގަނޑުގެ އަރާމް ނިދި ދޫކޮށްލުމަށް ފަހު އަހަރެން މިތާ މިއިންނަނީ ކީއްކުރަން ހެއްޔެވެ؟ މީ އަހަންނަށް ވާޖިބެއް ބާވައެވެ؟ ފަރުޟެއް ބާވައެވެ؟ ނީނާއެއީ މާ މުޙިއްމު މީހެއް ހެއްޔެވެ؟

” އަޙުޞަން. ބިޒީ ނޫނިއްޔާ އާދެ ކޮފީއެއް ބޯލަން.” ނަޖާ އަހަންނަށް ގުޅީ އެހިސާބުންނެވެ.

” ނޫނޭ. މިވަގުތަކު ނޫން ދޯ.” އަހަރެން އެހެން ބުނުމަށް ފަހު ފޯން ބޭއްވީ، ނަޖާވެސް އަޅާ ނުލުމުންނެވެ.

އަހަރެން މަޑުމަޑުން އެގޮނޑިން ތެދުވީމެވެ. ދެން ކޮޅަށް ހުރެ، މޫދާއި ދިމާލަށް ބަލާލީމެވެ. މަޑުމަޑުން އަހަރެން ހިނގައިގަންނަން ފުރަތަމަ ފިޔަވަޅު އެޅީމެވެ. އަހަންނަށް އެބުރިލެވުނީ ނީނާގެ ކުރިމައްޗަށެވެ.

” އިންތިޒާރުކުރުމަކީ ހަމަ އުދަނގޫ ކަމެއްދޯ.؟” ނީނާ އެހެން ބުނުމުން އަހަރެން ހުރި ފިޔަވަޅު މައްޗަށް ހުއްޓުނީމެވެ.

” ނޫނޭ. ކަމެއްވާނެގޮތް، ނޭނގޭއިރު ހަދާނެގޮތެއްވެސް ނޯންނާނެދޯ.” އަހަރެންވެސް ބުނީމެވެ.

” ތިބުނި އެއްޗެއް ދޭހައެއްނުވި.”ނީނާ ޙައިރާންކަމާއިއެކު، އަހަރެންގެ މޫނަށް ބަލާލިއެވެ.

” ބައެއް ފަހަރު، ބުނާ އެއްޗެއް ދޭހަ ނުވުންވެސް އެއީ ނަޞީބެއްކަން ނޭނގެދޯ.” އަހަރެން ބޭނުންވީ ނީނާ ތަޅުވާލާށެވެ.

” ތީހަމަ ހަޤީޤަތް. އެކަމަކު، ހިތާމަޔަކީ، ދިރިއުޅުމުގައި ގިނަ މީހުންނަށް ޙަޤީޤަތާއި ކުރިމަތިލާން ނުކެރޭކަން. އެއީ އެމީހުން ފިނޑީމަދޯ.” ނީނާ އަހަންނަށް ދޯ ދިނެވެ.

” ވެދާނެ ތިހެން ވެސް.. އެކަމަކު، އަހަރެން ވަރަށް ދެރަވެފަ މިހުންނަނީ! ކީއްވެތަ މިއަދު ހެނދުނު އެހާ ހުތުރު ގޮތަކަށް އަހަންނާއި މުޢާމަލާތްކުރީ.. އަހަންނަކީ ދުވަހަކުވެސް އެހެން މުޢާމަލާތް ކުރާ މީހެއްނޫން. ނަޞީބެއްނު މަގުމައްޗަށް މީހުން އެއް ނުވިކަން.. ނޫންނަމަ، ދެން އިތުރަށް އަހަރެން މިމާލޭގަ އުޅޭނެ ކަމެއްނެތް.” އަހަންނޭ ކިޔައިގެން އެއްވެސް ނުރަނގަޅު ވާހަކައެއް ފެތުރިއްޖެނަމަ، މުޅި ޢާއިލާ ބަދުނާމުވެދާނެއެވެ.

” ތިކުރި ސުވާލުގެ ޖަވާބު އަހަރެން ނުދީފިއްޔާ ދެން އަޙްޞަން ހަދާނީ ކިހިނެއްތަ؟” ޖަވާބު ދިނުމުގެ ބަދަލުގައި ނީނާ ކޮށްލީ ސުވާލެކެވެ.

” އަހަންނަކީ އެއްވެސް މީހަކަށް އެއްވެސް ގޮތެއް ހެދި މީހެއްނޫން. ވީއިރު، ނީނާއަށްވެސް އެއްވެސް ގޮތެއް ނަހަދާނަން. އެކަމަކު، ވަރަށް ދެރަވޭ. އަހަންނަކީ ގިނަ ފަހަރަށް އަހަރެން ބޭނުންވާ ވަރަށް ގިނަ ކަންތައްތައް ޙާޞިލުކޮށްފައިވާ މީހެއް. އެކަމަކު، ނީނާގެ ފަރާތުން އެއްވެސް ކަމެއްގައި އެއްބާރުލުމެއް ނުލިބޭ.. އެއީ ކީއްވެގެންވާ؟” ނީނާއަށް ބަލާލަމުން އަހަރެން ބުނީމެވެ.

” ތީ ހިލޭ ފިރިހެނެއް. މީ ހިލޭ އަންހެނެއް. މިދެމެދުގައި އެއްބާރުލުން ދީގެން ފާފަޔަށް މަގުފަހިވެއްޖެއްޔާ ޒިންމާ ނަގާނީ ކާކުބާ؟” ނީނާ ހަނދާންކޮށްދިނީ އަހަރެންގެ ހިތުގައި އަބަދުވެސް އޮންނަ ކަމެކެވެ.

” އިރާދަ ކުރެއްވިއްޔާ އަހަރެންގެ ޢަމަލުތަކުން އެފަދަ އެއްވެސް ކަމަކަށް މަގުފަހިކުރާކަށް އަހަރެން ނޫޅޭނަން. އަދި މަސައްކަތެއްވެސް ނުކުރާނަން.” އަހަރެން ބުނީ ވަރަށް ބޮޑު ޙަޤީޤަތެކެވެ.

” އެހެން ވިއްޔާ.. އަޑު އަނހާ.. އަހަންނަކީ އަޙްޞަން ހީކުރާ ކަހަލަ ކުއްޖެއްނޫން.. އަހަރެންގެ މޫނުމަތިން ރީތިކަމާއި އުޖާލާކަން އިންތިހާޔަށް ފެނުނަސް……….” ނީނާއަށް ޖުމްލަ ފުރިހަމަޔެއްނުކުރެވުނެވެ. ނީނާއަށް ގިސްލާ ރޮވެންފެށުނީ އެހިސާބުންނެވެ.

=ނުނިމޭ=

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

DESTINY2020

Level 210 Stories

Other Articles

Previous

ހިޖުރަ (ތޭރަވަނަ ބައި)

Next

އަލްމާޝޤ 10

Next
August 10, 2015

އަލްމާޝޤ 10

Previews
August 10, 2015

ހިޖުރަ (ތޭރަވަނަ ބައި)

9 Comments!

  1. AR says:
    August 10, 2015 at 7:55 pm

    V reeti

  2. Eeen says:
    August 10, 2015 at 8:20 pm

    Vvvvv reeethi waiting for the next part…

  3. naxx says:
    August 10, 2015 at 8:41 pm

    v v v v v v reethi..upload the next part..

  4. emiliya says:
    August 10, 2015 at 8:46 pm

    nice waiting for the next part…………………

  5. Shabee says:
    August 10, 2015 at 8:52 pm

    Dhen maa kuru …kurukh gennanyaa rulhi !!!

  6. Meekail says:
    August 10, 2015 at 9:30 pm

    vaahaka ekey kiyaafa thanfukakah vure thankolheh kuru koh. dhen mee kon kameh. mashah engeyey amaaz mihaaru nan badhal kohgen baeh story thah liyaakan. dhen mee vaahaka ekey kiyaafa koacheh.. hadi kamaaeve.. ma ge boa is spinning.. any one .. no idiots i dont need ur help

  7. Aishaa says:
    August 10, 2015 at 10:40 pm

    Mi bai varah kuru….mi vaahakaige furathama bai v v dhigukon genehsa huri….hama ehaa dhigukon mibaivs gena nama….unmeedhu kuran dhen genna bai varah varah varah dhigukoh genesdheyne kamah…

    Anyways….mi bai vs dhen konmes varakah salhi 🙂

  8. ken? says:
    August 11, 2015 at 12:37 am

    Dn ilhaam bunan ulhey ethives ahaabala…v fooohivey adu naahaa dhaaathyve…

  9. shahu says:
    August 11, 2015 at 4:14 pm

    amaaz keeve eki nan namuga liyanee?? eha intrstn eh noon sorry

Comments are closed.

Next Episodeޝުކުރިއްޔާ ***** (3)←


All Right Reserved!