ޝުދޫ ***** (17) ވަނަ ބައި
” އާނ ހަނދާންވެއްޖެ… އެކަމު ބުނަންތަ ވާހަކައެއް؟ ދެބަހުން ވާހަކަ ނުދައްކާ ދިވެހިން ވާހަކަ ދެއްކިއްޔާ ރަނގަޅީ؟” އަހަރެން ބުނީމެވެ.
” އޯކޭ. އެކަމު ޕްރޮމިސްކުރޭ މިރޭ ދިމާކުރާނެކަމަށް…. ޕްލީޒް.. ޕްލީޒް.. ޕްލީޒް..” ޝާނާ އާދޭސްކުރަންފެށިއެވެ.
” ޕްރޮމިސްއެއް ނުކުރެވޭނެ.” އަހަރެން ގިނަ ވާހަކަދައްކާކަށް ބޭނުމެއްނޫނެވެ.
” ވަރަށް މުހިއްމުވީމަ ޢާޒިމްއާއި ބައްދަލުކުރަން މިބުނީ. ޕްރޮމިސް ނުކުރިޔަސް ދެންބުނެބަލަ މިރޭ ބައްދަލުކޮށްލާނަމޭ. ޕްލީޒް.” ޝާނާ ތުއި އަޑަކުން ބޮޑާ ހާކާންފެށިއެވެ.
” އޯކޭ. ބަލާނަން.” އަހަރެން ފޯންކަނޑާލީމެވެ.
ތޭންކްސް ޖަހާފައި ޝާނާ އަހަންނަށް މެސެޖެއް ފޮނުވާލިއެވެ. އަހަރެން ސަމާލުކަމެއް ނުދެމެވެ. އަނެއްކާ މީކާކުހެއްޔެވެ؟ މިޝާމާ މީ އަދި ކިހާވަރެއްގެ އަންހެންކުއްޖެއް ހެއްޔެވެ؟ ތަންކޮޅެއް ކުރިން ނަސަންދުރާކައިރިން ދިމާވިޔޭ ކިޔާފައި އަހަންނާއި ދިމާކުރަން ޖެހޭބާވައެެވެ؟ އަނެއްކާ މިޝާނާ މިއުޅެނީ ކޮންކަމެއް ހިންގަން ބާވައެވެ؟ ނޫނިއްޔާ މީ އަނެއްކާ ޝުދޫ އަހަންނަށް ކުރާޖެއްސުމެއް ހެއްޔެވެ؟ ދެން ހެވެވެ. ވާންހުރި ގޮތެއްވެދާނެތާއެވެ،. އިމާން ބުނިހެން އެއީ އަންހެން ކުއްޖެކެވެ. ހަނދާން ބަލިނޫންކަމުގައިވާނަމަ، ޝާނާއަކީވެސް ހުތުރުކުއްޖަކަށް ނުކިޔާނެއެވެ.
އަހަރެން އޮފީހުން ނިކުންނަަން ދިމާކޮށްލި ތަނާހެން އިމާން އައިސް އޮފީހަށްވަނެވެ.
” ކޮބާ ޝާނާ؟ ދިމާކުރަންތަ ތިވިސްނަނީ؟” އިމާން މީ ހަމަ ފިރިހެނެކެވެ.
” ދެން އެނޫން ގޮތެއްނެތް. އެހެންނޫނީ އަހަރެން ޖެހޭނީ އަބަދު ފޯން ނިވާލައިގެން އުޅެން.” އަހަރެން ބުނީމެވެ.
” ތީދަނީ މިހާރު ރަނގަޅަށް. އަހަރުން ކައިރިން ދަސްކޮށްބަލަ ދުނިޔެ އުޅެން. އޭރަށް ނުވާނެ ގެއްލުމެއް. ކީއްކުރަންތަ އަބަދު ތިޝުދޫއަކާއިގެން ތިބޯގާނަނީ. އެއީ ދުވަހަކުވެސް ފެންނާނެ މީހެއްނޫންކަން ނޭނގެ. އަނެއްކޮޅުން ޝާނާ އިސްވެ އެގުޅަނީ ބައްދަލުކޮށްލަން. ގޮއްސަ ބައްދަލުކުރީމަދޯ އެނގޭނީ އެމަލުގެ ހުރި ވަރެއްވެސް.” އިމާން ވާހަކަދައްކަމުން ދިޔައެވެ.
” އޯކޭ. އަހަރެން ދިމާކުރާނަމޭ. އަހަރެން ނޫޅެންދިމާ ނުކުރާކަށް. ދިމާކުރާނަމޭ. ދެން އިތުރު ވާހަކަ ނުދައްކާ. ކޮބާ ދިޔަ ކަންތައްތައްވިތަ؟” އޮފީސް މަސައްކަތާ ބެހޭ ސުވާލެއް އަހަރެން ކޮށްލީދެނެވެ.
” ހުރިހާ ކަމެއް ބަރާބަރު. މާދަމާ ލިބޭނެ ހުރިހާ ޑޮކިއުމަންޓްސް. އޯކޭތަ؟”އިމާން ބުނެލިއެވެ.
” ވަރަށް ބަރާބަރު. އިމާން ކަހަލަ އިތުރު މީހަކު ލިބިއްޖެއްޔާ ދެން އެނިމުނީ. އަހަރެން ދެން ދަނީ. މިހާރު އެއޮތް ހައެއް ޖަހަނީ.” އެހެން ބުނެފައި އަހަރެން އޮފީހުން ނިކުންނަން ހިނގައިގަތީމެވެ.
” ބެސްޓް އޮފް ލަކް ބްރޯ.” އިމާން ހެމުން ބުނެލިއެވެ.
ގެއަށް ދިއުމުގެ ކުރިން ކޮފީއެއް ބޯލުމަށްޓަކައި އަހަރެން ދިޔައީ ލިލީޒް އަށެވެ. ގޮސް ކޮފީއަކަށް އޯޑަރ ދިން ތަނާހެން ޝިފާ ގުޅާލިއެވެ. އަހަރެން ފޯނެއް ނުނަގަމަވެ. އެކަމަކު ތަކުރާރުކޮށް ޝިފާ ގުޅަންފެށުމުން އަހަރެން ފޯނު ނެގީމެވެ.
” ކޮބާ ކޮންތާކު؟” ޝިފާ ސުވާލުކޮށްލިއެވެ.
” ލިލީޒްގަ ކޮފީބޮނީ؟” އަހަރެން ބުނީމެވެ.
” ވަރަށް ގޯސް. ކޮފީ ބޮނީތަ އަހަންނަށް ނުދީ؟” ސިފާ ހެމުން ބުނެލިއެވެ.
” ނޫނޭ. ރޭގަ ޝިފާ ދެއްކިވާހަކަޔަކުން ޝިފާއަށް ނުގުޅީ.” އަހަރެން ބުނީމެވެ.
” އަހަންނަށް ދެއްކުނީތަ އަނެއްކާ ގޯސް ވާހަކައެއްރޭގެ؟” ޝިފާ އަނހާލިއެވެ.
” ނޫނޭ. ޝިފާ ތީ ވަރަށް ރަނގަޅަށް އުޅެން ވިސްނާ ކުއްޖެއް. އެހެންވީމަ މިދޭތެރޭގަ ދުރުމިނެއް ބާއްވަންޖެޙޭނެދޯ.” އަހަރެން ބުނީމެވެ.
” ތީ ރަނގަޅު ވާހަކައެއް. އެކަމަކު އޭގެ މާނައަކީ ރައްޓެހިކަން ކަނޑާށެކޭނޯންދޯ. ދެން އޯކޭ. ފަހުން ގުޅާނަން. ބިޒީ،” އެހެން ބުނެފައި ޝިފާ ފޯން ބޭއްވިއެެވެ.
ޝިފާވެސް އެބުނީ ދޮގެއް ނޫނެވެ. ރޭގައި ޝިފާ ގޯސް ވާހަކައެއް ނުދައްކައެެވެ. ޝިފާދެއްކި ހުރިހާ ވާހަކައަކަށް އަހަރެން ތަޢުރީފްވެސް ކުރަމެވެ. ޝިފާގެ ވިސްނުން ގޯހެއްނޫނެވެ. އެހެންވެ ޙަޤީޤަތުގައި އަހަންނާއި ޝިފާއާއި ދޭތެރޭގައި ކޮންމެވެސް ދުުރުމިނެއް ބާއްވަން އަހަންނަށް ވިސްނުނީއެވެ. މާނައަކީ ރައްޓެހިކަން ކެނޑުމެއްނޫނެވެ. ޝިފާގެ އަމާޒަކީ ތެދުވެރި ވަފާތެރި ޞޯލިހު ޙަޔާތުގެ ބައިވެރިއެކެވެ. އަހަރެންގެ ގައިގައި އެ ސިފަތައް އެބަހުރިހެއްޔެވެ؟ އަހަރެންވެސް އިމާން ބުނިހެން ޝިފާޔަށް ހިތްކިޔައެވެ. ޝުދޫއަކީ ފެންނަ މޫނެއް ނޫނެވެ. އިވެނީ އަޑެކެވެ. އެކަމަކު ޝިފާއަކީ އަހަންނާއި ވާހަކަދައްކާ ރީތި އަންހެން ކުއްޖެކެވެ. ދެތިން ފަހަރަށް ވަނީ ދިމާވެފައެވެ. ތެދަށް ބުނާނަމަ، އަހަރެމެން ދެމީހުންގެ ދިރިއުޅުމުގެ ފަލްސަފާ ވަރަށް އެއްގޮތެވެ. އެހެނަސް ޝިފާގެ ގާތުގައި އަހަންނަށް އަދި ލޯބީގެ އެއްވެސް ވާހަކައެއް ނުދެއްކެއެވެ. ދޭތެރެދޭތެރެއިން މިހިތަށް މިއަންނަ ޝުދޫއެއްގެ ސަބަބުން ބައެއް ކަންތައްތަކުގެ ހުރަހަކަށް އެކަން ވަނީއެވެ. އަދިވެސް ހިތުގައި ވަނީ އުންމީދެވެ. ޝުދޫ ފެންނާނެ ކަމުގެއެވެ. ކޮންމެވެސް އެއް ދުވަހަކުންނެވެ. ކޮންމެވެސް ތަނަކުން ޝުދޫ ފެންނާނެއޭ އަދިވެސް އަހަރެންގެ ހިތްބުނަނީއެވެ، ކީއްވެގެން ހެއްޔެވެ؟ ޝުދޫ އަހަންނަށް މިޖެއްސީ ކޮން ޖާދޫ އެއް ހެއްްޔެވެ؟ އެއީ އަނެއްކާ ޖާދޫ ގަރެއް ބާވައެެވެ؟ މިހެން ތަފާތު ފިރިހެނުން ޖާދޫގައި ޖައްސަމުން ދިއުމަކީ ޝުދޫ އުޅޭގޮތް ބާވައެެވެ؟
ކޮފީ ބޮއެ ނިމިގެން ދިޔައީ ގެއަށެވެ.
” ތޭންކްސް ޝުދޫ.” އަހަރެން ގެއަށް ވަންއިރު އެހެން ބުނެފައި ސުހާ ފޯން ބާއްވަނީއެވެ.
” މިހާރު ފޯނުންވެސް ޝުދޫއާއި ވާހަކަ ދައްކަނީތަ؟” އަހަރެން ސުހާއާއި ސުވާލުކޮށްލީމެވެ.
” ކޮބާތަ މައްސަލައަކީ؟ ބުނިންދޯ އެއީ ރައްޓެއްސެކޭ.” ސުހާ ރުންކުރުކޮށް ޖަވާބު ދިނެވެ.
” ނެތްތަ މިގެއަށް ޝުދޫ ގެނެވޭކަށް.” އަހަރެން މަޑުމަޑުން ބުނީމެވެ.
” އޯމައި ގޯޑް. ތޫ ޕާގަލްހޭ،.” އެހެން ބުނެފައި ސުހާގޮސް ވަނީ ކޮޓަރިއަށެވެ.
ދެން އަހަންނަށް ދެއްކޭނެ ވާހަކައެއް ނެތްތާއެވެ. އެކަމަކު ހިތަށް އެރިއެވެ. ޝުދޫއާއި ސުހާވާހަކަ ދައްކަން ޖެހޭ ހެއްޔެވެ؟ ޝުދޫ ސުހާއާއި މާގާތް ގުޅުމެއް މިއޮންނަނީ ކީއްވެގެން ހެއްޔެވެ؟ މިވަނީ އަނެއްކާ ކިހިނެއް ހެއްޔެވެ؟ މިކަންވެސް ބަލަން އެބަޖެހެއެވެ. އެކަމަކު އެކަން ބެލޭނެ ގޮތެއް އެބަ އޮތް ހެއްޔެވެ؟ ހަޤީޤަތުގައި ސުހާގެ އެހީތެރިކަން ލިބިއްޖެނަމަ، ޝުދޫ އަހަރުމެންގެއަށްވެސް ގެނެވިދާނެއެވެ. އެކަމަކު އެހެނެއް ނުވާނެއެެވެ. ސުހާ އެކަމުގައި އަހަންނަށް އެހީއެއް ނުވާނެއެެވެ. ދުވަހަކުވެސް ނުވާނެއެވެ.
ޝާނާ އަހަންނަށް ގުޅީ ފެންވަރާ ނިމިގެން ކާން ފެއްޓި ތަނާހެންނެވެ.
” ކޮބާތަ؟ ނުވައެއްޖަހަނިއްޔޭ؟” ޝާނާ އުޅެނީ އަހަންނާއި ދިމާނުވެގެން ލަސްވެގެންނެވެ.
” އަހަރެން ކަނިއްޔޭ. ނިމިގެން މިގުޅަނީ.” އަހަރެން ބުނީމެވެ.
” ކީއްކުރަންތަ ތި ކަނީ؟ އަހަރެން ކާންދީފާނަމޭ ބުނި ތަނަކުން.” ޝާނާ ބުނެލިއެވެ.
” އޯކޭ. އޯކޭ. އެނގޭ ތިކަން.” އަހަރެން ހެމުން ބުނީމެވެ.
” އަވަސްކުރައްޗޭ. އައިއޭމް ވެއިޓިން.” ޝާނާ ފޯން ބާއްވަމުން ބުނެލިއެވެ.
ކައިނިމިގެން ހަމަޖެހިލުމަށްޓަކައި އަހަރެން ސޯފާގައި ޖައްސާލީމެވެ. އަންހެން ވެރިން ޓީވީ ބަލަނީއެވެ. އެންމެންގެ ފޭވަރިޓް ސްޓާރ ޕްލަސްއިން އަންނަ ހިންދީ ޑްރާމާއެވެ. އަހަރެންވެސް އެހެެންވެ ޑްރާމާ ބަލަން މަޑުކޮށްލީމެވެ. ހިންދީ ބަހުން ކިޔާ އެއްޗެއް ނޭގުނަސް މަންޒަރު ލޮލަށް ފެންނާނެތާއެެވެ. އެއީވެސް ކުޑަވަރެއް ނޫންކަން ނޭނގެއެވެ.
މިއޮތީ ވާ ކަމެކެވެ. އަނެއްކާ ޝާނާ ގުޅަން ފެށިއެވެ. ހިތަށް އެރިއެެވެ. މިޝާނާ މިއުޅެނީ ކޮންކަމަކާއި މޮޔަވެެގެން ހެއްޔެވެ؟ ދެ ޚިޔާލެއްގައި ހުރެފައި ފޯން ނެގީމެވެ. އެހެން ނޫނީ ދެން މިރޭ މިކަމަކުން ސަލާމަތެއް ނުވާނެކަންނޭނގެއެވެ.
” ކޮންތާކު ތިއިނީ؟” އަހަރެން ބުނީމެވެ.
” ވެލާނާ ބިލްޑިން ކުރިމަތީގައި.” ޝާނާ ބުނެލިއެވެ.
” މިދަނީ. ދީ ފަސްމިނިޓް.” އަހަރެން ސައިކަލަށް އަރާ ސްޓާޓްކޮށްލަމުން ބުނީމެވެ.
އަހަރެން ވެލާނާ ބިލްޑިންގ ކައިރިއަށް ދިޔައިރު ކުރިމަތީގައި އަންހެން ކުއްޖަކު ހުއްޓެވެ. ހައިހީލް އަށް އަރައިގެން އެންމެ ފަހުގެ ފެޝަން ހެދުން އަޅައިގެން އިނީ ޝާނާހެން އަހަންނަށް ހީވިއެެވެ. ކޮނޑުގައި ރަތްކުލައިގެ ހޭންޑް ބޭގެއް އަޅުވާލައިގެން އޭނާ ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ.
” ޝާނާ.” އަހަރެން ޔަޤީން ކޮށްލުމުގެ ގޮތުން ގޮވާލީމެވެ.
ބާރު ހިނގުމެއްގައި ޝާނާއައެެވެ. އައި ގޮތަށް އައިސް ސައިކަލުގެ ފަހަތަށް އަރާ އިށީނެވެ. އެހުމެއް ބެހުމެއް އެހެން ކަމެއްނެތެވެ. އަަހަރެން ކުޑަކޮށް ނުތަނަވަސް ވިއެެވެ.
” ކީއްތިކުރީ؟” އަހަރެން އެހީމެވެ.
” ތީ ކުޑަކުއްޖެއްތަ؟ ސައިކަލް ފަހަތަކަށްނު މިއެެރީ ހިނގާބަލަ ރައިޑަކަށް.” ޝާނާ ބުނެލިއެެވެ.
” ނުދެވޭނެ. ފުރަތަމަ ޖެހޭނެ ތީ ކާކުތޯ ޔަޤީން ކުރަން. ދައްކާ އައި.ޑީ.ކާރޑް.” އަހަރެން ބުނީމެވެ.
” އޯކޭ. ހާސް ކަނޑާލާ.” ޝާނާ ސައިކަލުން ފޭބިއެވެ.
ޝާނާއައިސް އަހަރެން ކުރިމައްޗަށް ހުއްޓުނެވެ. ދެން އޭނަގެ ހޭންޑް ބޭގް ހުޅުވާލިއެވެ.
” މިއޮތީ އައި.ޑީ.ކާރޑ. މީ ލައިސެންސް ކާރޑް. މިއޮތީ ޑެބިޓް އެންޑް ކްރެޑިޓް ކޭޝްކާޑު. މިއޮތީ އޮފީސް އައިޑެންޓިޓީ ކާޑު.’ އަދި އިތުރު ކާޑެއް ބަލަން ބޭނުންތަ؟” އެއްފަހަރާ ހުރިހާ ކާޑްތަކެއް އަހަންނަށް ދައްކާލަމުުން ޝާނާ ބުނެލިއެެވެ.
އަަހަރެން ކާޑްތަކަށް ބަލަމުން ގެންދިޔައީމެވެ. ޝާނާ ހެމުން ދިޔައެވެ. އަހަރެން ދިޔައީ ސީރިއަސްކޮށް ކާޑްތަކަށް ބަލަމުންނެވެ.
” މިހާރު ޤަބޫލުކޮށްފިންތަ އަހަރެންމީ ޝާނާކަމަށް.” ޝާނާ ހުރީ ހިނިތުންވެފައެވެ.
” އާނ.” އަހަރެން އެހެން ބުނުމާއިއެކު ޝާނާ ސައިކަލް ފަހަތަށް އެރިއެެވެ.
” އަސްލު ކީއްވެތަ ތިވަރަށް ތިޔަޤީންކުރީ؟” ސައިކަލްގެ ފަހަތުގައި އިނދެ ޝާނާބުނެލިއެެވެ.
” މިޝުދޫގެ ކަންތައްތައް. މިހާރު ނޭނގެ މީހަކަށް އިތުބާރު ކުރާކަށް.” އަހަރެން ބުނީމެވެ.
” ޢާޒިމް ޝުދޫގެ ވާހަަކަ ނުދައްކާ. ހިނގާ ކުޑަކޮށް ދުއްވާލާފަ ކޮފީއަކަށް. އަހަރުންދާނީ ސިޓްރޯންއަށް. އޯކޭ.” ޝާނާ ހާދަ އަވަހަަކަށް އަހަންނާއި މިގާތްވަނީ ކީއްކުރަން ހެއްޔެވެ؟
” ދެން ތިނޫންގޮތެއް ނޯންނާތާދޯ، ހިނގާދަމާ.” އަހަރެން ބުނީމެވެ.
ކުޑަ އިރުކޮޅަކު ސައިކަލް ދުއްވުމަށްފަހު، އަހަރެން ސައިކަލް ޕާރކް ކޮށްލީ ކާނިވާ ތެރޭގައެެވެ. އަހަރެންގެ ހިތަށް އެރިއެވެ. އަނެއްކާ މިއުޅެނީ ކޮންކަހަލަ ޑްރާމާއެއް ކުޅެވެން ބާވައެެވެ؟ މި ޝާނާ މީ އަސްލު ކާކު ހެއްޔެވެ؟ މީނާގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އަހަންނާއި ބައްދަލު ނުވެެގެން ހޭބޯރާނާ މީނަ މިއުޅެނީ ކާކު ކޯއްޗެކޭ ބުނެގެން ހެއްޔެވެ؟ ސިޓްރޯން ތެރެއަށް ވަންނަމުން ދިޔައިރުވެސް އަހަންނަށް ވިސްނެނީއެވެ.
އަހަންނާއި ޝާނާއާއި ގޮސް ސިޓްރަންގެ މޭޒުކައިރީގައި ޖައްސާލީމެވެ. ގޮޑީގައި އިށީނުމަށްފަހު ފޯން ނަގާ މޭޒުމަތީގައި ބާއްވާލީމެވެ އަހަންނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ އެހިސާބުންނެވެ. އޭގެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި ވެއިޓަރުއައިސް މެނޭދިއްކޮށްލިއެވެ.
” އަހަންނަށް ގެނޭ ފްރެޝް އޮރެންޖް ޖޫސް. ދެން އިޓާލިއާނޯ ޕިއްޔާ. ދެން ޢާޒިމް ބޭނުން އެއްޗެއް ނަގާ ބޭނުން ވަރަކަށް. އައި ހޭވް އޯޕަން ބަޖެޓް. ” އަހަންނަށް ބަލާލަމުން ވޭޓަރަށް އޯޑަރު ކިޔައިދެމުން ޝާނާ ބުނެލިއެވެ.
” ގެނެ އައިސް ކޮފީއެއް.” އަހަރެން ބުނީމެވެ.
” ހާދަ ކުޑަގޮތެއް ތިހަދަނީ. ތިހެން ކަމަކު ނުދާނެ.” ޝާނާ ޝަކުވާ ކުރަން ފެށިއެވެ.
” ގެއިންކައިގެން އަހަރެން މިއައީ.” އަހަރެން އިތުރަށް ކާކަށްބޭނުމެއްނޫނެވެ.
” ތިހެން ހެދީމަ އަހަރެން ކިހާ ދެރަވާނެ. ވޭޓަރ ޢާޒިމަށް ގެނޭ ކްލަބް ސޭންޑްވިޗެއް.” ޝާނާ އެންމެފަހުން އަހަންނަށް ކާއެއްޗެއްސަށް އޯޑަރ ދިނީއެެވެ.
އަހަންނަށް ޝުދޫ ގުޅަން ފެށީ އެހިސާބުންނެވެ. ފޯން ރިންގ ވުމާއިއެކު ޝާނާ އަހަރެންގެ ފޯނަށް ބަލާލިއެވެ. އެއަށް ފަހު ފޯނު ނަގާ ފޯން ބިޒީކޮށްލިއެވެ.
” ކީއްތި ކުރީ؟ އެގުޅަނީ ޝުދޫއޭ؟” އަހަރެން ހިތްހަމަނުޖެހުމުގެ ރާގަށް ބުނީމެވެ.
” ކޮން ޝުދޫއެއް. އެއްވެސް ޝުދޫއެއް ނޯންނާނެ.” އެހެން ބުނިގޮތަށް ޝާނާ އަހަރެންގެ ފޯނު ނިވާލިއެެވެ.
ނުނިމޭ
35 Comments!
Comments are closed.
Dhen kon irakun tha thi shudhoo akaa dhimaa vani….Feshun thaa kairy v interesting… anyway waiting 4 next part.
abady eha rythi nuvanetha……….. den kirkyo kiyanee
hey hey shaana aky aslu shudhu aximah vagotheh balan etha indhegen egulhydho vrh salhi ingey but maa kuru
thee varehge shudhoo ehnun . adhivex noolhey fennaakah ………. but story vrh nice
Waiting 4 nxt prt
Mi baivs salhi dhn
Next part koniraku avas avas to night plx waitting ingey mirey nidhaanee up kureema ingey
den nunidaa hunavynu,, eyna akah den nuliyane.. misitah vaahaleah,, mie den kiukurab kura moya kaneah, hiley sabahah nuliyashey mi kiyanu
next part kon irakun
Dhuvahakuves shudhoo aa dhimaavagotheh nuvey
Waiting waiting…next part….
den waiting waitinga hurey,,
Waiting for next part
azim ves galhynu… azim ves anhen kudhinnah v ketey…
hmm……. dhw
eyna galhivanetha,, miee story ekey ok
Mi shudhoo dheke v foohivey mihaaru.
thiehen nubuney.. shudhoo ok
Shabee ah vure kurin comment eh kurevijje
mihaaru keehve maa shabee shabee vefa thi ulheny
kn kameh thee dhnn
mynu kamakyy
Mi shabee eh noon shaan ah reply kureekee… balaaba eyna ge innanee simple S eh… i ge innanee capital S eh..
Maakuryy
Wow mi partvex v nice..keep it up..waitting for the next part
hada varekeydw ti vaney
varuthakeh thi vany xeto akah nu…. ehen meehunnakah noon…
koba shudhoo.. adives dhima nuveythaa dhow
V reethi… n shudhuu aa azim aa bahdhalu vedhiyaba
Sudhoo vaahakayakee ehves citeiga liyanfashaagen mihaathanah ninmun vaahakaei noon
Vhka upload vaaleh haadha lahey dhw
Mihaaru mi vhka kiyaahiyy vs kedijje
Den next part on Next Year on this date anoon vareh nuvaavne, aharaku thankolheh vaahakh nuliye huhtaliya maragalhuvaane kaneyge, lol….p
mi vaahakaige dhen oiy bai avahah genesbala pleex
Keeve hurihaaa vaaaha nunimaneee
Alhey dhn mi vaahakaage aneh bai nuliyanii thr??