” ފޮގެޓްއިޓް. ގެއަކަށް ނުދެވޭނެ. ތީ މިހާރު ތުއްތު ކުއްޖެއްނޫން ތިބުނާހާ އަވަހަށް ގެއަށް ފޮނުވަން. މިއަދު ގެއަށް ދެވޭނީ އަހަރެން ފޮނުވީމަ. އޯ.ކޭ. އަނެއްކޮޅުން ޒަޔާން ލަސްވެގެން މަންމަދޯ ގުޅާނީ. ގުޅީމަ މަށާ ހަވާލުކުރޭ. އޭރަށް ހުރިހާ ކަމެއް އޯކޭވާނެ. ހާސްކަނޑާލާ. ހެހެހެހެ.” ހެމުން ހެމުން ރޯޒީ ބުނެލިއެވެ. ” ދެން. ރޯޒީ ބޭނުންވާ ގޮތަކަށް ގެންދޭ. ތީ ދެމީހުން. މީ އެކަކު. ތަޅައިގަންނަން ޖެހުނަސް ތި ދެމީހުން ގަދަވާނީ.” އަހަރެން ހެމުން ބުނެލީމެވެ. […]
އޭނާ ހީކުރިއެވެ. އަހަރެން މޮޔަވާނެއެވެ. މިދުނިޔޭގައި ދެން އަހަރެންނެއް ނޫޅޭނެއެވެ. އަހަންނަށް އެއްވެސް ކަމެއް ނުކުރެވޭނެއެވެ. އޭނާ ބޭނުންވިއެވެ. އަހަރެންގެ ހުވަފެންތައް ވިއްސިވިހާލި ކޮށްލުމަށެވެ. އަހަރެންގެ މަންޒިލާއި ހަމައަށް ދިއުން ހުއްޓުވުމަށެވެ. މީހުން ފަހަތުން ރޮމުން ސަލާންޖަހަމުން ދުވާ މީހަކަށް އަހަރެން ހަދާލާށެވެ. އަހަރެންގެ އެއްވެސް އުންމީދެއް ޙާޞިލުނުވާނެގޮތް ހެދުމަށެވެ. އޭނާއަށް ހީވި ކަހަލައެވެ. މުޅި ޢުމުރު އަހަރެން ހޭދަކުރަނީ ޖަލުގައެވެ. ކުށްވެރިއެއްގެ ގޮތުގައެވެ. ބޭކާރު މީހުންގެ ލިސްޓްގައި އަހަރެންގެ ނަން ބޮޑު އަކުރުން ފަވަން […]
“ދިމްޔާ….” “ދިމްޔާ…” ޚިޔާލަކަށް ގެއްލިފައި އިން ދިމްޔާ ސިހިގެން ދިޔައީ މުދައްރިސް ތަންކޮޅެއް ބާރަށް ދެފަހަރު އޭނާއަށް ގޮވާލުމުންނެވެ. ދިމްޔާ ޖެހިލުންވެފައި އިނދެ މުދައްރިސަށް ބަލާލިއެވެ. އެއަށްފަހު ކައިރީގައި އިން އޭނާގެ އެކުވެރި ރުހާއަށް ބަލާލިއެވެ. އޭނާގެ މޫނުމަތީގެ ކުލަވަރުތަކުން މިޔަދުގެވެސް ދުވަސް ދިޔައީކަން ދިމްޔާއަށް ޔަގީންވިއެވެ. ދެލޯހަނިކޮށްލައިގެން މުދައްރިސް ދިމްޔާއަށް ބަލަން ހުރިއިރު އޭނާގެ ނިއްކުރިއަށް ކުދިރޫތަކެއް އަރާފައިވެއެވެ. އުނަގަނޑުގައި ދެއަތް ވިއްދާލައިގެން ހުރިއިރު އޭނާގެ މޫނުމަތީގައިވަނީ ރުޅިވެރިކަމެވެ. ދިމްޔާ ހިންދިރުވާލަމުން ލޮލުގެ ކޮޅުން ކުލާހުގައި […]
“ދަރިފުޅާ.. ޝައިން އަކީ އެހާ ރަގނޅު ކުޖެއް ނޫން ދަރިފުޅު ހަޔާތައް ގެންނާކައް.. ބައްޕަ އަކައް ނުފެނޭ ދަރިފުޅު އޭނާއާއި ގުޅިގެން އުޅޭކައް.. އިސްޖެހިފައި އިން ޝިބާން ސިހިފައި ބައްޕަގެ މޫނަށް ބަލާލެވުނީ ސުވާލުން ފުރިގެންވާ ބެލުމަކުންނެވެ. ސަބަބު އެނގެން ބޭނުން ވިޔަސް ހަނު ހުރުން އެއީ އެންމެ ރަގަޅު ގޮތް ކަމުގައި ބަލައިގެން ޝިބާން ކެތްކޮއްލިއެވެ. ” ދަރިފުޅައް އެނގޭނު އެއީ ނާސި ކުއްޖެއްކަން.. ނޫނީ ހަމަ އެނގި ހުރެވެސް ނެނގޭ ކަމައް ހަދައިގެންތަ ތިއުޅެނީ.. […]
” ނޫން…! މަށަކަށް ނުވާނެ ތިކަމެއް…! ” އިންހާއަށް ދެކޮޅަށް ބޯހޫރާ ލެވުނެވެ. އެޒުވާނާ މަޑުމަޑުން ތެދުވެގެން އައިސް އަލަމާރި ކައިރީގައި ހުރި ޑުރެސިންގްޓޭބަލްގެ ވަތްގަނޑު ދަމާލުމަށްފަހު ނެގި ބޮޑު ވަޅި ފެނިފައި އިންހާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ފެންވަރައިލައިގެން ނިކުތް މައިޝާއަށް ބަލަހައްޓައިގެން ފާޒިން އޮތެވެ. އަތުގައި އޮތް ތުވާލިން ބޯހިއްކަމުން ދިޔައިރު މަޑުމަޑު ރާގެއް މައިޝާ ކިޔަމުން ދިޔައެވެ. ގައިގައި ހަމައެކަނި ތުވާލި އޮޅާލައިގެން ހުރިއިރު އެދޮންފައިގެ ބޮޑުބައެއް ވަނީ ހާމައަށެވެ. ކަޅިވެސް ޖަހާނުލާ […]
އަޅުގަނޑުމެން މިއައީ ޒާޔާ ފުރުވާފަ، ޒާޔާބޭނުން ނުވީ އެއްވެސް މީހަކަށް އެނގެން، އޭނައަކަށް ނޭނގޭނެ ރޭގަވީ އެއްވެސްކަމެއް، އަޅުގަނޑު ނުބުނަން، މަމްއަށް އެނގޭނެ ޒާބޭނުންވާގޮތަށް އަޅުގަނޑު ކަންތައް ކޮށްދޭނެކަން، އޭނަ ބޭނުންވީ އެނބުރި ރާއްޖެދާން،” ޒަޔާން ދެރަވެފަހުރެ ބުނެލިއެވެ. “އެކަމަކު ޒަޔާންއަށް އޮތެންނު ޒާޔާ ހުއްޓުވަން ފުރުސަތު، ދެންކީއްވެގެން ޒާޔާ ނުހުއްޓުވީ، ރާއިންވެސް އެއޮންނަނީ ކޮޓަރީގަ، ގޮވީމަ އަނަގައިންވެސް ނުބުނޭ” ރާއިންއަށް ގޮވާގޮވާ ޚަބަރެއް ނުވުމުންވެސް ޔަޝްރާ ހުރީ ބޯގޮވާވަރުވެފައެވެ. ޒަޔާން ވިސްނަދިނީ އެވަގުތު އެހަށް ރާއިންއަށް […]
” އެހެން ވިއްޔާ.. އަޑު އަނހާ.. އަހަންނަކީ އަޙްޞަން ހީކުރާ ކަހަލަ ކުއްޖެއްނޫން.. އަހަރެންގެ މޫނުމަތިން ރީތިކަމާއި އުޖާލާކަން އިންތިހާޔަށް ފެނުނަސް……….” ނީނާއަށް ޖުމްލަ ފުރިހަމަޔެއްނުކުރެވުނެވެ. ނީނާއަށް ގިސްލާ ރޮވެންފެށުނީ އެހިސާބުންނެވެ. ” އެހާ އަވަހަށް މާޔޫސްވާކަށް ނުވާނެ. ދިރިއުޅުމުގައި ކޮންމެ އިންސާނަކަށްވެސް ފުރުޞަތެއް އޮންނާނެ. އެފުރުޞަތުގެ ބޭނުން އަދިވެސް ނުހާއަށް ހިފިދާނެ.” ހިތްވަރު ދިނުމުގެ ގޮތުން އަހަރެން ބުނީމެވެ. ނީނާ ޖަވާބެއް ނުދިނެވެ. މަޑުމަޑުން ގިސްލަމުން ދިޔައެވެ. މޫދަށް ބަލަހައްޓައިގެން ނީނާ ގިސްލަމުން ދިޔަ […]
ފާޒިން އޮތް ރޫމްނަމްބަރ ފެނުމުން ފަޒީލްގެ ހިނގުން އަނެއްކާވެސް ބާރުވިއެވެ. ނަމަވެސް މިފަހަރު ސިފާ އަޅާނުލާ ދިޔައީއެވެ. ފަޒީލްގޮސް މަޑުމަޑުން ދޮރުހުޅުވާލިއެވެ. އެއް އަރިއަކަށް ފާޒިން ނިދާފައި އޮތްއިރު މައިޝާވެސް އެނދުގައި ބޯއަޅާލައިގެން ނިދާފައި އޮތެވެ. ފަޒީލް ދޮރުހުޅުވާލާފައި އެތެރެއަށް ވަތްއިރު ފަހަތުން ސިފާއާއި މާލް އަދި ފައިހާވެސް ވަނެވެ. ” ތިއްތީ…! ” ފާޒިން ފެނުމާއެކު މާލް ގޮވާލިއެވެ. މާލް ގޮވާލިއަޑަށް ސިހިފައި މައިޝާއަށް ހޭލެވުނެވެ. ” މާލް… ފައި…! ކޮންއިރަކުއައީ…؟ ” އަތުން ބޮލުގެ […]
” ދަރިފުޅާ…! ވަރަށް ތަދުވޭތަ…؟ ” ފާޒިން ރޫމަށް ބަދަލްކޮށް ހުރިހާ ނަރުސްކުދިން ނިކުމެގެން ދިއުމުން ވަދީފާ އައިސް ފާޒިންގެ ބޮލުގައި ފިރުމާލަމުންބުނެލިއެވެ. ފާޒިން އެއްވެސް ޖަވާބެއްނުދީ ބަލައިލީ އެނދު ކޮޅުގައި ފާޒިންއަށް ބަލަހައްޓައިގެން ހުރި މައިޝާއަށެވެ. ” ދަރިފުޅަށް އެނގޭތަ ކޮންބައެއްކަން ދަރިފުޅަށް ހަމަލާ ދިނީ…؟ ” އާމިރު ކައިރީގައި ހުރި ގޮނޑީގައި އިށީންނަމުން އަހާލިއެވެ. ” މާސްކު އަޅައިގެން ތިބީ…؟ ކޮންބައެއްކަމެއް ނޭގެ…! އިސްކޮޅުން އެހާދިގެއްވެސްނޫން…! އާދައިގެ ވަރެއް ދެމީހުންވެސްވާނީ….! ” ފާޒިން ރޭގައި […]