Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަލްމާޝޤ 10

Ushaali Level 810 Stories100 Comments100 Stories500 Comments
August 10, 2015 6 Mins Read
31 Comments

ސައިކަލު އޭގެ އެންމެ ބާރުމިނުގައި ދުއްވާފައި ދެވޭ ތަނެއް ނިމާންއަށް ނޭނގެއެވެ. ގަމީހުގެ މަތީ ތިން ގޮށް ނެއްޓިފައި ވާތީ ދެފަރާތުން ގަމީހުގެ ދެބައި އެލިފައި އޮތެވެ. އެބާރުމިނުގައި ނިމާން މަޑުކޮށްލީ ކާނިވާ ސަރަހައްދަށެވެ. ޕާރކިން ޒޯނުގައި ސައިކަލު ޕާރކް ކޮށްލާފައި ގޮސް ޑޮލްފިްއަށް އަރާ އެތަނަށް އައުމަށް ޖިނާން އަށް މެސެޖްއެއް ކޮށްލިއެވެ.

“ހާދަ ގޮތެއް ނެތް އަންހެނެކޭ އެއީ…އަންހެނަކަށްވެހުރެ އެހާ ހަޑި ވާހަކަވެސް ދައްކައޭ….” އައި ރުޅި ކޮންޓްރޯލްނުވެ އަނެއްކާވެސް ނިމާންއަށް މުށްކަވާލާފައި ޖެހުނީ މޭޒުގައެވެ. އެވަގުތު ވެއިޓަރ ގެނެސް ބެހެއްޓި ފެންފުޅިވެސް އަރި އަޅާލައިގެން ވެއްޓުނެވެ.

އައްދެ..މިއަދު ކޮންހާލެއްގަ އިން ދުވަހެއް. ދެކުދިން ފައިޓް ކުރީތަ… ކޮބާ ގަމީހުގެ ގޮށްތައް” ކުރިމަތީގައި ހުރި ގޮނޑީގައި ޖައްސާލި ޖިނާންގެ ޖުމްލައިން ނިމާން މޫނުމަތީގައި ދެއަތުން އަތްއަޅާފައި ދެ އުޅަނބޮށި ވިއްދާލީ ފައިގެ ކަކޫ މަތީގައެވެ. ނިމާންގެ ރުޅި އަދިވެސް މައިތިރިނުވާ ކަހަލައެވެ. ނިމާންގެ މި އަމަލުން ޖިނާން ހަމަރަނގަޅަށްވެސް ހީކުރީ އަލްމާޝްއާއި ދެމީހުން މައްސަލައެއް ޖެހުނީކަމަށެވެ.

“މީ ބޮޑު އުނދަގުލެއް… މިވަރު ކަމަކާ އަދި ހަޔާތުގަވެސް ދިމައެއް ނުވޭ…. ދިރިއުޅުމަށް ދަތިކޮށްފި…. އެ އަންހެނާ އަހަރެން ދިރިއުޅުނަ ނުދޭނެ”  ކުރިމަތީގައި ހުރި ފެންފުޅީގެ މަތި ކަނޑާލަމުން ނިމާން ވާހަކަދެއްކިއެވެ.
“އޭތް… ކާކުތަ؟… ބުނެބަލަ…” ޖިނާން ިކަންބޮޑުވެ އެމީހަކު ހޯދަން ހިތްއަވަސްވިއެވެ.

“ކާކުތަ އެހެން އުޅޭނީ… ދީމާ އަދުނާން… މަ މުޅިން ބަލިކޮށްލައިފި… ފިލްމެއްގަވެސް އަދި މިހެން އުޅޭ މީހަކު ނުދެކެން” ތިން ހަތަރު ފެންތަށި އެއްފަހަރާ ދަމާލީ އެތެރެހަށީގައި އަނދަމުންދާ އަލފާންގަނޑު ފިނިކޮށްލުމަށްޓަކައެވެ.

“ހެހެހެ….ތީ އާކަމެއް ނޫނެއްނު…. އެއީ އޭނަގެ ކަށީގަ ހިފާފަ ހުރި ކަމެއް.. ދެން އެހެންނެއްނު އުޅެވޭނީ…ތިކަހަލަ ކިތަންމެ ފިރިހެނެއް ކައިރިއަށް އޭނަ ޖައްސައިފި… އަޑުއެހިން ވަރަށްފަހުން ޕްރެގްވި ވާހަކަވެސް… ނޭނގެ ހަގީގަތެއް… ހިތް ބުނަނީ ތެދެކޭ…” ފަޒާގެ ތެރެއަށް ޖިނާން ދަމާލި ސިގިރޭޓްގެ ދުންތައް ފޮނުވާލަމުން ދީމާއާއި ބެހޭ ގޮތުން ޖިނާންއަށް އެނގިފައިވާ މިންވަރު ހާމަކުރިއެވެ.

“ވިސްނައިފިން ކަމާބެހޭ ފަރާތަށް މި މައްސަލަ ގެންދަން… މީ ރަނގަޅު ހިޔާލެއްތަ” ނިމާން ކޮފީތަށިން ކޯވަރެއް ބޯލަމުން ބުންޏެވެ.

“ނޫން… އޭރުން ދީމާގެ ނަމާއި އެއްކޮށް ނިމާންގެ ނަންވެސް ހަޑިވާނީ… އަދި މަޑުކޮށްލާ… އެހެންއުޅޭ މީހުން ހޭއަރާނީ ބޮނޑިއެއް ލިބުނީމަ”

 

“ތޭންކްސް ބަޑީ… ތިކަހަލަ ފްރެންޑެއް ލިބޭނީ މަދުމީހަކަށް… ހިނގާދަމާ…ރުޅި އައްސަހުރި ވަރުން ޝޯނާ އެވަރަށް ގުޅިއިރުވެސް ފޯނަކަށް އާންސަރއެއް ނުކުރެވުނު..މިހާރު ހުންނާނީ ވަރަށް ކަންތައްބޮޑުވެފަ” ބިލް ދެއްކުމަށްފަހު ޕާރކިންޒޯންގައި ހުރި ދެމީހުންގެ ސައިކަލު ނަގައިގެން އެކީގައި ދުއްވާލިއެވެ.

“މާން ކޮންއިރަކު އައީ… ވަގެއްހެން ތިއުޅެނީ ކިހިނެއްވީ” ފާހާނާއިން ނިކުމެ ހަރުމަތީގައި ތުވާލި އަޅުވާލި އަލްމާޝް ވާހަކަދެއްކީ އަލަމާރި ކައިރީގައި ހުރެ ގަމީސް ބަދަލުކުރި ނިމާންއާއެވެ.

“ކިހިނެއްވީ ޗޭންޖް ތިކުރަނީ… ތީ ހުކުރަށްދާންލި ގަމީހެއްނު…މަޑުކޮށްބަލަ…. ކިހިނެއްވެފަ ހުރި ތަނެއް އެއީ” އަލްމާޝް އިޝާރާތްކުރީ ނިމާންގެ މޭމަތީގައި ރަތްވެފައިވާ ފިތްގަނޑަށެވެ. ވަގުތުން ނިމާންއަށް އެއީ ދީމާގެ ނިޔަފަތި އެޅުނުތަންކަން އެނގުނެވެ.

“ކީއްކުރާނީ ޝޯނާ…. މާބާރަށް ކަހާލެވުނީ…. އާދެބަލަ ކައިރިއަށް…. ބޭކާރު ކަންތަކާއި ބޯ ހާސްކުރުވާނެކަމެއް ނެތް” ނިމާން ބެލީ މައުލޫ ބަދަލުކޮށްލެވޭތޯއެވެ. އެހެނީ އަލްމާޝް ކައިރީގައި ދޮގުހެދުމަކީ ނިމާންއަށް އާދަވެފައިވާ ކަމެއް ނޫނެވެ.
މިއޮށް ބަނޑެއްދޯ…. ލޯބިން ހަގެއްވެސް ނުދެވޭ މިހާރު” ހީލުމަށްފަހު ނިމާން ހިފާލީ އަލްމާޝްގެ ކުޑަ ނޭފަތުގައެވެ. “ހެވޭ… އެތެރޭގަ އޮތީ މާންގެ ދަރިއެކޭ…. އަފޫ ވަރަށް ދިމާކުރި… ބުނީ މާންއަށް ކޮންޓްރޯލްކުރަން ނޭނގެޔޭ” ރަކި ހިނިތުންވުމަކާއެކު ނިމާންގެ ކަރުގައި އަތް އަޅުވާލަމުން އަލްމާޝް ބުންޏެވެ. “އެހެންތަ… ދެން އެހެން ބުނިއްޔާ ބުނޭ ކީއްހޭކުރާނީ މާން ބުންޏޭ މާމުއި ފޮނި ރަހައޭ ލަނީ”

“ދެން މާން……އަބަދުވެސް ތިކަހަލަ ކޮންމެސް އެއްޗެއް ކިޔާތި….”އަލްމާޝްގެ ދެކޯތާފަތް ރަތްވެގެން ދިއުމުން ނިމާންއަށް ހުރެވުނީ ކަޅިޖަހާނުލާ އެމޫނަށް ބަލަހައްޓައިގެންނެވެ.

ރޭގަނޑުގެ ކެއުމަށް މޭޒުމަތި ތައްޔާރުކުރަން ހުރި ފަޒްނާ ގޮސް ދޮރު ހުޅުވާލީ ބެލް އަޅާއަޑު އިވުމުންނެވެ. “ޑރ.ނިމާންތޯ… ދުރުވޭ އެތެރެއަށް….” ވަރަށް އަދަބުވެރިކަމާއެކު ނިމާންއަށް މެހްމާންދާރީ އަދާކުރަމުން ފަޒްނާ ދޮރު ތަންކޮޅެއް ބޮޑަށް ހުޅުވާލިއެވެ.

“މިހާރު ކިހިނެއްވަނީ…. އެއްވެސް އުނދަގުލެއްވޭތަ…ރިއްސާތަ.؟ ނިމާންއާއި ދާދި ކައިރީގައިހުރި މަނިކުއާއި ސަލާމް ކޮށްލަމުން ނިމާން ސުވާލުކޮށްލިއެވެ.

“އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅު… މާބުރަކޮށް މަސައްކަތެއް ކުރިއްޔާ ވަރުބަލިވުން ނޫންކަމެއް ނުވޭ” މަނިކު އަތުން އިޝާރާތްކޮށްލީ ސޯފާ ގޮނޑިއަށެވެ.

“މަޑުމަޑުން ހުރިހާ ކަމެއްވެސް ރަނގަޅުވަމުން އަންނާނީ… މާބޮޑަށް އެއްވެސް ކަމަކާއި ވިސްނާ ފިކުރު ނުކުރައްޗެ” ފަޒްނާ ދިއްކޮށްލި ޖޫސްތަށީގައި ހިފަމުން ނިމާން ބުނެލިއެވެ.

“މިއޮށްބޮޑު ގޭގަ ދައްތައާއި ބޭބެ އެކަނިތަ އަދިވެސް… ބުނީމެއްނު ދަރިފުޅު ވާހަކަ…ނުފެނޭ” ނިމާން ކޮށްލި ސުވާލުން މަނިކުއަށްވެސް ފަޒްނާއަށް ވެސް އިސްޖަހާލެވުނެވެ. މަނިކު ސިއްސައިގެން ދިޔައީ ނިމާން އެސުވާލު ތަކުރާރުކޮށްލުމުންނެވެ.

ޑރ.ނިމާންއަށް ދޮގެއް ހަދާކަށް ބޭނުމެއްނޫން….ބޭބެމެންނަށް ނޭނގެ މިހާރު އޭނަ ވީތަނެއް…ކައިވެނިން ބޭރުން ބަލިވެ އިނުމުން ބޭބެމެން އޭނަ ދޫކޮށްލީ.. މިހާރު ހަމައެއްގޮތަކަށްވެސް އޭނަ ވީތަނެއް ނޭނގެ. ހަމަ ގައިމުންވެސް ރަށުގަ ނެތް” މަނިކު ލޮލުން ކަރުނަ ފޮހެލުމުން ނިމާން ހިތުގައި ވަރަށްބޮޑަށް ޖެހުނެވެ.

“ދެރަނުވޭ ބޭބޭ… އިރާދަކުރެއްވިއްޔާ ބޭބެމެންގެ ދަރިފުޅު އަނބުރާ އަންނާނެ…. ހީކޮށްލާ މީވެސް ބޭބެގެ ދަރިއެކޭ…ބޭބެ އާއި ދައްތަ ފެނުމުން ނޭނގެ އަހަންނަށް ވާގޮތެއް ބުނަންވެސް… އިހުސާސް ކުރެވެނީ ތީހަމަ އުފަން މަންމައާއި ބައްޕަ ގޮތަށް. އިރާދަކުރެއްވިއްޔާ ބޭބެމެންނަށް ލިބޭ ކޮންމެ އުފަލެއްގަވެސް އަދި ހިތާމައެއްގަވެސް އެންމެ ކައިރީގައި ހުންނާނަން” މަނިކުގެ އެތް އަތްތިލަ އޮތީ ނިމާންގެ އަތު ތެރޭގައެވެ.

ޑރ. ނިމާންތީ……”

“މީ މިހާރު ޑރ.ނިމާންއެއް ނޫން… ،ބޭބެމެންވެސް ނިމާން ކިޔާފަ ދަރިއެއްގޮތަށް ކަންތައް ކުރީމަ އަހަރެން ވަރަށް ހިތްހަމަޖެހޭނެ”

“ތީހަމަ ރަނގަޅަށް ވެސް އަހަރެމެންގެ ދަރިއަކަށްވިނަމަ ކިހާ ރަނގަޅު” މަނިކުއަށް ރޮވެމުން ގޮސް ނިމާންގެ ގައިގާ ބައްދާލިއެވެ. އަދި އަނެއް އަތުން ކައިރީގައި އިން ފަޒްނާގެ ކޮނޑުގައި ވެސް މަނިކު އަތް ބާއްވާލިއެވެ.

ދަރިފުޅުގެ އާއިލާ ކިހިނެއް؟ …..ހެޔޮތަ ދަރިފުޅު ކިޔަސް” މަނިކު ކަންބޮޑުވެފައި ބަލާލީ މަނިކު އެބުނި ލަފްޒް އަދި އެއްފަހަރު އަޑުއަހާލާހިތުން ކެތްތެރިކަން ކޮޅުންލާފައި އިން ނިމާންގެ މޫނަށެވެ.

“ހޫމް…. ބޭބޭމެންގެ ފިރިހެންދަރި މީ… އެހެންވީމަ ތިނަމެއްނު އެންމެ އެކަށީގެންވަނީ ވެސް” ނިމާން ހީލުމުން ފަޒްނާއަށް ވެސް މަނިކުއަށް ވެސް ހެވުނެވެ.

“އަޅުގަނޑުގެ މަންމައާއި އަންހެންކޮއްކޮ ހުންނަނީ މޭލޭޝިޔާގަ… އަންހެނުން އެބައުޅޭ މާލޭގަ… މިހާރު ވިހަން ކައިރިވަނީ… ބައްޕަ ނެތް ދުނިޔެއަކު…އަސްލު އަންހެނުން އެއީ ދިވެހިކުއްޖެއް… ވަރަށް ރަނގަޅު އަންބެއް އެއީ… ދެރައީ ކުއްލިއަކަށް އޭނާއާއި އިންނަން ޖެހުނީ މެލޭޝިޔާގަ…އެހެންވެ މިކޮޅުގަތިބި އޭނާގެ މައިންބަފައިން ކައިރީގަ ނުބުނެ އެކަން ކުރެވުނީ… މިހާރު އެހިތާމައިގަ އޭނަ އިންނަނީ…އެކަމަކު އިންޝާﷲ… ހުރިިހާ ކަމެއްވެސް ރަނގަޅުވާނެ… އަދި އެއްދުވަހުން އޭނަ ގޮވައިގެން އަންނާނަން މިގެއަށް” ނިމާންގެ ވާހަކަތަކާއި އެއްބައި ވުމުގެ ގޮތުން ފަޒްނާވެސް މަނިކުވެސް ކަރުނައިގެތެރޭން ހިނިތުންވެލިއެވެ.

ބޭބެމެންގެ މަންޖެ ވެސް ތިބުނާ ތަނަކުން ކިޔެވީ… ހުރެދާނެ ދޯ ފެނިފަވެސް….” ފަޒްނާ އަހާލުމުން ނިމާން ހީލިއެވެ.

“ހުރެދާނެ… އެކަމު ތިހެން ބުނީމަ އަދި ނޭނގޭނެއްނު… ނެތްތަ ފޮޓޮއެއް” ނިމާން އެހެންބުނުމުން މަނިކު އަނެއްކާވެސް އިސްޖަހާލިއެވެ.

“އެމަންޖެދެކެ އާދެވުނު ރުޅިއެއްގެ ސަބަބުން ހުރިހާ ފޮޓޯތަކެއް ފޮށްޓަކަށް އަޅާ ބާރުކޮށް ޓޭޕް އެޅުމަށްފަހު އެބުހުރި އަލާމާރި މަތީގަ ބަހައްޓާފަ” މިފަހަރު ޖަވާބު ދިނީ ފަޒްނާއެވެ.

“ދަރިފުޅު ދެން މިގެއަށް އަންނަ ދުވަހަކުން ދައްކާނަން” މަނިކު ހީލުމަށްފަހު ނިމާންގެ ބޮލުގައި ފިރުމާލިއެވެ.

ދުވަހަކީ ހޮނިހިރު ދުވަހެކެވެ. ދީމާގެ އޮފް ޑިއުޓީގަވެސް ޑިއުޓީއަށް ނިކުތީ ނިމާންގެ މޫނު ދެކިލާހިތުން ކެއްނުވެގެންނެވެ.

“މަށަށް އެނގޭ ޑީންއަށް ކެތެއްނުވާނެކަން މަށާ ދެ ޝިފްޓެއްގަ ވޯކް ކުރާކަށް” ހީލަމުން ޒައުމާ ދީމާގެ އަތުގައި ހިފާލަމުން އެއްކައިރިއަށް ޖެހިލިއެވެ.

“މާބޮޑަށް ޒައުއާއި އެކީގައި ޑިއުޓީ ކުރާހިއްވެޔޭ…ސަޔަށް ދިޔައީތަ؟ ހިނގާބާ ސައިބޯންދާން….ވަރަށް ވަރަށް ބަނޑުހައި…” ޒައުމާގެ އަތުގައި ހިފައިގެން ހިނގައިގަތް ދީމާ ހުއްޓުނީ ކައިރިންލާފައި ދިޔަ ނިމާން ފެނުމުންނެވެ. ނިމާންގެ އަތުގައި ހިފާލައިގެންހުރި އަލްމާޝް މިފަހަރު ދީމާއަށް ހަމަ ރަނގަޅަށް ފެނުނެވެ. ނިމާންގެ އަނެއް އަތުގައި ކުޑަކުއްޖެއް ކުރަހާލާފައި އޮތް ފައިލެއް ފެނުމުން އެއުޅެނީ ޑޮކްޓަރަށް ދައްކަން އައިސްކަން ވެސް ދީމާއަށް އެނގުނެވެ. ނިމާން އެންމެ ފަހަރަކުވެސް އިސް އުފުލާ ދީމާއަށް ބަލާނުލުމުން ވީފޫހިން ތުން އަނބުރާލިއެވެ. ނިމާން އަލްމާޝްއަށް ބަލަމުން ހީހީފައި ވާހަކަދައްކަމުން ދިޔައިރު އަލްމާޝް އަކީ ދީމާއަށްވުރެ އެތައް ތަނެއް ފުރިހަމަ އަންހެން ކުއްޖެއްކަމަށް އަމިއްލައަށް އިއުތިރާފްވެވުނެވެ. އަނގައިން ދެރަ ނުވާންވެގެން އެތުންފަތަށް ގަދަކަމުން ހިނިތުންވުމެެއް ވެރިކުރުވިއެވެ.

“ވާއު… ލޯބި ކަޕްލްއެއް….” އެ ދެމެދަށް ވެރިވެފައިވާ ހިމޭންކަން ފޫއަޅުވާލީ ޒައުމާއެވެ.

“މަށަކަށް އެހާ ރީއްޗެއް ނޫން އޭނައެއް… ދޮން ކަމުން ހީވަނީ ބުޅަލެއްހެން” ދީމާ ދެރަގަބޫލުކުރާކަށް ބޭނުމެއްނޫނެވެ. ޒައުމާ ގާތަށް ހިނިއައީ ދީމާ އެހެންބުނި ރާގުންނެެވެ.

“ހެޔޮ މަށަށް… އުފާ ކުރިޔަދީ… ކުޑަދުވަސްކޮޅެއް ދެން އޮތީ…. މިހާރު އަހަރެން ދެރަވާކަށް ބޭނުމެއްނޫން… ލެޓްސް ގޯ…..” ޒައުމާ އަތުގައި ހިފާ ދަމައިގަންނަމުން ދީމާ ހީލިއެވެ.

ސިޓިންގްރޫމް ތެރޭގައި ފިހިގަނޑެއް ހިފައިގެން ކުނިކަހަން ހުރި ފަޒްނާ ސިއްސައިގެންދިޔައީ ދޮރުގައި ބެލް އަޅާ އަޑަށެވެ. ފަޒްނާގެ ކުރަންހުރި މަސައްކަތް ކުރިއަށް ގެންދަން ފުރުސަތު ދެމުން ދޮރު ހުޅުވާލީ މަނިކުއެވެ.

“ސޮރީ ބޭބޭ… ވަރަށް ބޮޑު ވާހަކައެއް ބުނަން މިއައީ…. މިރޭ ފުރާ ވާހަކަ އެގަޑީގައި ނުބުނެވި ދެވުނީމަ މި އައީ އެވާހަކަ ބުނެލަން… އިރުކޮޅަކުން ދާން މިދަނީ އެއަރޕޯޓަށް… މަންމަ ބޭނުންވީ އަންހެނުން ވިހަން އެކޮޅަށް ގެންދަން… ދެމަސް ވަރު ފަހުން ދެން އާދެވޭނީ… ވަރަށް ރަނގަޅަށް ބަލައިގެން އުޅެއްޗެ… ދައްތަ އާއި ދެމީހުންނަށް ވަރަށް ސަލާން…” ނިމާން އެއްނޭވައިން ބުނަން ބޭނުން ހުރިހާ އެއްޗެއް ބުނެ ނިންމާލުމަށްފަހު ފުން ނޭވައެއް ލިއެވެ.

“ދެކުދިން ހިތްހެޔޮ ކުރައްޗެ…. ދެވުނީމަ ބޭބެމެންނަށް ކޮންމެސް ގޮތަކަށް އަންގާލަންވާނެ… ބޭބެމެންގެ ހުރިހާ ހެޔޮ ދުޢާއެއް ވަނީ ތިދެކުދިންނާއެކު” ނިމާންގެ ހަށިގަނޑުގައި ބައްދާލުމުން މަނިކު ބުންޏެވެ. ފަޒްނާއާއި ސަލާންކޮށްލުމަށް ކުރިއަށް ފިޔަވަޅެއް އަޅާލި ނިމާންގެ ފައި އެހުރި ހިސާބުގައި މަޑުޖެހިލީ ކުރިމަތިން ފެންނަންހުރި ބޮޑު ފޮޓޯ ފްރޭމްއަށެވެ. ނިމާންގެ ފައިދަށުން ބިންގަނޑު ދެމިގެންދިޔަ ކަހަލައެވެ. އަވަސް އަވަހަށް ނޭވާ ލެވެންފެށުނެވެ. ކުރިމަތީގައި ހުރި ފަޒްނާ ހުރަސްކޮށް ނިމާންއަށް ދެވުނީ އެފޮޓޯ ފްރޭމް ކައިރިއަށެވެ. އާއެނކެވެ. އެއީ ނިމާންގެ ފުރާނަ ފަދައިން ލޯބިވާ ޝޯނާގެ ފޮޓޮއެކެވެ. ކޮލެޖްގައި ކިޔެވި ދުވަސްވަރު ކުޅުނު ޑްރާމާއެއްގައި ޕްރިންސަސް ހެދުމުގައި އަލްމާޝް ނަގާފައި އިން ފޮޓޯއެކެވެ. އެފޮޓޯ ނެގީވެސް ހުދު ނިމާންއެވެ. އެފޮޓޯގެ އެހެން ކޮޕީއެއް މިހާރުވެސް ނިމާންގެ ފޯނުގައި އެބައިނެވެ.

ފޮޓޯ މަތިން އަލްމާޝްގެ މޫނުގައި އަތް ހާކާލުމުށް އަތް ނެގި ނިމާން ކުއްލިއަކަށް ސިއްސައިގެން ދިޔައީ ފަހަތުން ފަޒްނާ އަދި މަނިކު ކޮނޑުގައި އަތުން ޖަހާލަމުންނެވެ. ސިހިފައި ފަހަތަށް އެނބުރުނު ނިމާން މަނިކު އަދި ފަޒްނާއަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. ފަޒްނާގެ ފެންކަޅިވެފައިވާ ދެލޯ ފެނި ނިމާންގެ ސުވާލަށް ޖަވާބު ލިބިގެންދިޔައެވެ.

“ބޭބެމެންގެ ދަރިފުޅު އަލްމާޝް…. ތީދަރިފުޅަށް ދައްކާލުމަށް ނެގި ފޮޓޯ…. ބަލާލާފަ ހީވެސްނުވޭ ދޯ އެކަހަލަ ކަމެއް ކޮށްފާނޭ” މަނިކު ބުނެލި ޖުމްލައިން ނިމާންއަށް އެއް އަތުން އަނގަމަތީގައި އަތް އަޅުވާލަމުން އެދެމީހުންނަށް ފުރަގަސް ދިނެވެ. ކުޑަހިނދުކޮޅަކަށްވެސް އެ ދެމަފިރިން ކުރިމަތީގައި ނިމާންއަށް މަޑުކުރާކަށް ނުކެރޭނެއެވެ. އެދެމަފިރިންނަށް އޭނައެއީ ކާކުކަން އެނގިއްޖެނަމަ އިންތިހާއަށް ނަފްރަތު ކުރާނެއެވެ. އެދެމަފިރިންގެ ލޯބިވާ ދަރިފުޅާއި މިއަދު ދެތަަންވުމަށް މެދުވެރިވި ސަބަބަކީ ނިމާން ކަމުގައި ހީވާން ފަށައިފިއެވެ. ދެން ހަދާނެ ގޮތެއް ނޭނގިގެން އެދެމަފިރިންނާއި ކުރިމަތިލާން ނުކެރިހުރި ނިމާން ސިހުނީ އަތުގައި އޮތް މޯބައިލް ފޯނު ރިންގްވާން ފެށުމުންނެވެ. ފޯނަށް އަރާހުރި އަލްމާޝްގެ ފޮޓޯ ފެނުމާއެކު ނިމާންއަށް ތެޅިގަނެފައި ބަލާލެވުނީ ކުރިމަތީގައިތިބި ފަޒްނާ އަދި ިމަނިކުއަށެވެ. ފޯނު ސްޕީކަރ އޮން ކޮށްލެވުނީވެސް ނޭނގިއެވެ. އެކޮޅުން އަލްމާޝް ހަލޯއޭ ބުނި އަޑަށް ފަޒްނާގެ ކަންފަތް ކޮޅަށްޖެހުނެވެ.
“ކީއްވެބާ ފޯނު ކަނޑާލީ… އެއްވެސް އަޑެއް ނީވޭ…. ކޮންތާކުތަ އެއުޅެނީ… މިއަންނަނީ އޭ ބުނެފަ ދިޔަ މީހާއެއީ…. އަޅެ ޖިނާ ގުޅާލަބަލަ” އެއްއަތުން ބަނޑުގައި ހިފާލައިގެން ސިޓިންގްރޫމުގައި ދެކޮޅަށް ހިނގަހިނގާ ހުރި އަލްމާޝް ކަންބޮޑުވެފައި ބަލާލީ ގޮނޑީގައި އިން ޖިނާން އަށެވެ.

“ހަމަ ޖެހިބަލަ މާޝް… ދެން އޭނަވެސް ބުނި ގަޑިއަށް އަންނާނެއްނު” އަލްމާޝް އުޅޭ ގޮތުން އެއްޗެއް ނުބުނެ ޝަހާނާއަށް ނީނދެވުނެވެ. އަފާފް ވެސް އެއްޗެއް ބުނުމަށްފަހު އަލްމާޝްގެ އަތުގައި ހިފައިގެން ގެނެސް ބޭންދީ ޝަހާނާއާއި ދެމީހުން މެދުގައެވެެ. ތަންކޮޅެއް ދުރުގައި ފޯނު ކަންފަތުގައި ޖަހާލައިގެން ޖިނާން ހުއްޓެވެ.

” އަހަރުން ނައްޓާލާށޯ… ހިނގާ ދަމާ…ނިމާން އަށް ގުޅިއްޖެ…ޓްރެފިކް ބާރުބޮޑީއޯ… އޭނަ ސީދާ ގާތްކުރާނަމޯ ފެރީޓާމިނަލާ” ދަބަސްތައް ބޭރަށް ނެރެމުން ޖިނާން މަސައްކަތްކުރީ އަލްމާޝްގެ މޫނަށް ނުބަލާ ވޭތޯއެވެ. ކާރުގައި އިން އިރުވެސް އަލްމާޝް މޫނުހަދާގެން އިނީ އޭނަގެ ފޯނަށް އެގޮތަށް ނިމާން ޖަވާބު ނުދިނުމުންނެވެ. ކާރު ދުއްވަންއިން ޖިނާންވެސް އިނީ ފާޑަކަށެވެ. ނިމާން ވާހަކަދެއްކިއިރު ކޮންމެސް ކަމެއްވެފައި ހުރިކަން ޖިނާންއަށް ފާހަގަކުރެވުނެވެ. ސުވާލުކުރުމުން ފަހުން ކިޔާދޭނެ ކަމުގައި ނިމާން ބުނުމުން ޖިނާން ހިތްހަމަޖައްސާލިއެވެ.

ބޭބޭ… ދައްތާ… ވަރަށް ލަސްވެއްޖެ… ދެން ދަނީ….ވަރަށް ހިތްހެޔޮ ކުރާތި” އެދެމަފިރިންގެ މޫނަށް ބަލާވެސްނުލާ ނިމާން ނިކުންނަން ހިނގައިގަތެވެ.

“މަޑުކުރޭ….” ފަޒްނާގެ ހަރުކަށިބަހުން ނިމާންގެ ފައިގާ ހީވީ ލޮކް އަޅުވާލިހެންނެވެ. އެހުރިގޮތަށްހުރެ ދެލޯ މަރާލެވުނީ ހާސްވި ވަރުންނެވެ.

“ބުނީމެއްނު ފޮޓޯ ފެނުނީމަ އެނގޭނޭ… ދަންނަ ކުއްޖެއް ވައްތަރު ޖަހާތަ” ސުވާލުކުރީ ފަޒްނާއެވެ.

“ނޫން”…..ހީލުމަށްފަހު ނިމާން ދޮރުން ނިކުމެގެން ދިޔައިރު ފަޒްނާ ހުރީ ޝައްކުގެ ނަޒަރަކުން ނިމާންއަށް ބަލަހައްޓައިގެންނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ޝުކުރިއްޔާ ***** (2)

Next

އިޢުތިރާފް

Next
August 11, 2015

އިޢުތިރާފް

Previews
August 10, 2015

ޝުކުރިއްޔާ ***** (2)

31 Comments!

  1. Ushaali says:
    August 10, 2015 at 11:03 pm

    sorry…. 🙁 avas kranvegen almaash name ga eynee misake eh hedhifa…..

  2. Shabee says:
    August 10, 2015 at 11:07 pm

    Wow vrh habeys….n hiyy hama jehey vrh hama dhigu…thank u…

  3. Shabee says:
    August 10, 2015 at 11:13 pm

    Its ok ushaali gandaa…Everyone can make mistakes….the bst way is to accept it n try to improve it… 😉

  4. sdn says:
    August 10, 2015 at 11:17 pm

    V..v.v*2m

    …*56344797s*201*56344797

  5. Shabee says:
    August 10, 2015 at 11:24 pm

    Hey m the 1st dhw…yay foni vejjeyoa 😛

  6. Crazi says:
    August 11, 2015 at 12:30 am

    Gud but genes dheylw las vanee

  7. naaxy says:
    August 11, 2015 at 1:24 am

    Vv nice ekamu lasvany up kuraaleh

  8. emiliya says:
    August 11, 2015 at 7:24 am

    nice

  9. kayaani says:
    August 11, 2015 at 7:30 am

    reethi. plz upload the next part soon.. and shoana ge parents in nah hagaagai engey goi avahah hadhi dheh cheyyyy…

  10. Aishaa says:
    August 11, 2015 at 9:16 am

    Very nice 🙂
    <3

  11. shaa says:
    August 11, 2015 at 10:17 am

    Mi part v v v reeethi

  12. Kayaani says:
    August 11, 2015 at 10:24 am

    Hadi mihaaru maa las

  13. nihaa says:
    August 11, 2015 at 12:12 pm

    Nice…

  14. Muna says:
    August 11, 2015 at 12:21 pm

    V salhi

  15. Princess Noddy says:
    August 11, 2015 at 3:12 pm

    Dis part also awsome..waiting 4 next part

  16. shahu says:
    August 11, 2015 at 4:34 pm

    now too late up kuraagoi. so foohi vanee kuree bai hadhaan nuhunaathy. make it fast plzzz

  17. Anonymous says:
    August 11, 2015 at 6:41 pm

    Faranjee bas beynun nukurun edhen.. shukuriyaa..

    1. emi says:
      August 12, 2015 at 5:01 pm

      faranjee nan beynun nukurun eden(anoymous)

  18. Shabee says:
    August 12, 2015 at 10:06 pm

    Emi enoymous eh noon… “enonymous” kiyanee eyna ah 🙂

  19. Lali says:
    August 14, 2015 at 12:51 am

    Adhi vx up nukreynu nxt part……dhn avas

  20. someone says:
    August 14, 2015 at 5:22 pm

    Any sp da for uploading??
    If so let me kno.

  21. Someone says:
    August 17, 2015 at 12:03 pm

    When next part upload?

  22. Anonymous says:
    August 17, 2015 at 12:03 pm

    When next part

  23. Someone says:
    August 17, 2015 at 12:04 pm

    When next part

  24. maf says:
    August 17, 2015 at 5:48 pm

    alhey kobatha next part eah inthizaarukohkoh halaakuvehje

  25. maf says:
    August 17, 2015 at 5:49 pm

    next part avahah upkohladybal

  26. NiHa says:
    August 17, 2015 at 7:54 pm

    Too late for next update..pls make it soon as possible…can wait to read next episode…

  27. no name says:
    August 18, 2015 at 4:02 pm

    den haadhalahekey …………plxxxxxxxx avahah up kohladeebal next part ………… keimaduvehje aneh partah inthizaarukuramunkuramungos…….

  28. someone says:
    August 18, 2015 at 8:19 pm

    Vahaka liyun huttaalee tha? Next upload las vanyyaa ehn vs bunelaanama dhw.

  29. ainn says:
    August 18, 2015 at 8:21 pm

    Mihaa las vanyyaa dhb kiyaa myhun vs foohi vaane dhw. Mihaaru ahrn mijeheny vaanuvaa ga thibn

  30. dimple says:
    August 20, 2015 at 12:38 am

    Alhe eh v kihineh :/

Comments are closed.

Next Episodeއަލްމާޝް 11←


All Right Reserved!