Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހަތަރު އުދރެސް (18)

maasham Level 110 Stories
August 11, 2015 7 Mins Read
26 Comments

“އައި ލަވް ޔޫ…” ބުނާނެ އިތުރު އެއްޗެއް ނޭނގުމުން ލިއުޒާއަށް ބުނެވުނީ މިހެންނެވެ.

“ޑޯންޓް… ލިއު މިހާރު ތި ލަފްޒުގެ އަގު ވަނީ ވައްޓާލާފަ… އިޓް މީންސް ނަތިންގ…” އަހުނަފް މިހެން ބުނުމާއެކު ލިއުޒާގެ ހިތް ފަޅައިގެން ދިޔަ ފަދައެވެ. އޭނާއަށް ރޮއެ ގަނެވުނީ އަޑުން އަޑު ނަގާއެވެ.

“ނުބުނޭ ތިހެން! ލިއު ހާދަ ލޯބި ވެޔޭ….” އަހުނަފްގެ އަތުގައި އެލިގަންނަމުން ލިއުޒާ ވާހަކަ ދެއްކިއެވެ. އޭނާގެ ރުއިމަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ލިއުޒާ މިހެން ބުނުމާއެކު އަހުނަފް އޭނާ ދުރުކޮއްލިއެވެ. ލިއުޒާގެ ކޮނޑުގައި ހިފަހައްޓައިގެން ހުރި އިރު އެ ދެލޮލުން ލޯބި އިންތިހާއަށް ފެންނަމުން ދެއެވެ.

“އެހެންވީރުން މެރީ މީ….” އަހުނަފް އަށް ވަހަކަ ދެއްކުނީ ވައި އަޑުންނެވެ. ހަމަ އެހެން ބުނުމާއެކު ލިއުޒާ އަހުނަފްގެ މޭގައި ބޮނޑިވެލިއެވެ. އޭނާގެ އަތް އަހުނަފްގެ ގައިގައި ވަށާލެވިފައި ވާ އިރު އެ ދެމެދަށް ވައިރޯޅިއަކަށްވެސް ވަދެވޭހާ ޖާގައެއް ނުވެއެވެ. ފެންނަ ފެނުމުގައި އެއް ފުރާނައެކެވެ. އެއް ވިންދެއް ޖަހަމުންދާ ދެ ހަށިގަނޑެވެ. ލިއުޒާ އަހުނަފްގެ ގައިގައި އޮޅުލައިގެން ހުރި އިރު ދުވަހަކުވެސް ދޫ ނުކޮއްލާނަމޭ ބުނާ ފަދައެވެ.

“ލިއު އަށް މާފު ކުރައްޗޭ…” އަހުނަފްގެ ކަންފަތް ދޮށުގައި މި ލަފްޒުތައް ގުގުމާލިއެވެ. ލޯމަރާލާފައި ލޯ ހުޅުވާލިއިރު ލިއުޒާ ދުވެފައި ގޮސް ގޭތެރެއަށް ވަންނަނީއެވެ. އަހުނަފް އަށް ހުރެވުނީ ގުޑިލަންވެސް ނޭނގިފައެވެ. އޭނާގެ ނޭވާ ހުއްޓުނު ފަދައެވެ. މޭގައި އަތް އަޅައި އޮއްބާލެވުނީ ރިހުން މަޑު ވޭތޯއެވެ.

އަހުނަފް އެ ގެއިން ނިކުމެގެން ދިޔައިރު އޭނާގެ ހަށިގަނޑުގައި ފުރާނައެއް ނެތް ފަދައެވެ. އެހިތުގައި ވިންދެއް ނުޖަހާފަދައެވެ. ދިރިހުރުމުގެ ހުރިހާ އަސްލެއް ލިއުޒާއަށް ދޫ ކުރެވިފައި ވާ ފަދައެވެ.

****

“ލިއުޒާ މާ ބޮޑު ވާހަކައެއް ދައްކަން އުޅެޔޭ މަންމަ އެބަ ކިޔާ..” އަރީފު އާއި ޖެހިގެން ސޯފާގައި އިށީންނަމުން ނަސީރު ވާހަކަ ދެއްކިއެވެ. ސިޓިންގ ރޫމުގައި ލުޔާ ނޫން އެންމެން ތިއްބެވެ. ލުޔާގެ މައިންބަފައިންގެ އިތުރުން ޔިވާމްވެސް އިންތިޒާރު ކުރަމުން ދިޔައީ ލިއުޒާ މެން ދޭން އުޅޭ ޚަބަރަކަށެވެ.

“ވަރަށް ހެޕީ ނިއުސް އެއް… ދޯ އަރީ؟” މަންމަ ގާތުގައި އިށީނދެގެން އިން ލިއުޒާ ދޯ ދިނީ އަރީފަށެވެ. ޖަވާބުގައި އަރީފު ރައްދުކުރީ ހަމައެކަނި ހިނިތުންވުމެކެވެ.

“ކޮބާ ޔާއްކޮ؟ އެ މަންޖެ އައީމަ އެއްނު ތި ވާހަކައެއް ބުނަން ވާނީ…” ލިއުޒާގެ ކޮނޑުގައި އަތް އަޅާލަމުން ހައުފާ ބުންޏެވެ.

“ދެންމެ ގުޅީމަ ބުނި މިހާރު މިދަނީ އޯ…” ފޯނު ޖީބަށް ލަމުން ޔިވާމް ބުންޏެވެ. އެހެން ބުނިތާ މާ ގިނަ އިރުތަކެއް ނުވެއެވެ. ލުޔާ ގެއަށް އައިސް ވަނެވެ. ސިޓިންގ ރޫމުގައި އެންމެން ތިބުމުން ވާން އުޅެނީ ކީއް ކަން އޭނާއަށް ހަމަ ރަނގަޅަށް ވެސް ދެނެގަނެވުނެވެ.

“ލިއު މެން މެރީ ކުރަން މި އުޅެނީ…” ލުޔާ ގޮނޑީގައި ހަމަޖެހިލުމާއެކު ލިއުޒާ ޚަބަރު ދިނެވެ. ހަމަ އެއާއެކު އެންމެންގެ ސުވާލުތައް އޮހެން ފެއްޓިއެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް ހިނިތުންވުން ފެންނަމުން ދިޔައިރު ލުޔާވެސް މަސައްކަތް ކުރީ ހިނިތުންވުން ދެއްކުމަށެވެ. އެހެނަސް އެ މޫނުން ފެންނަ އަސަރުތަކަށް އަރީފު ހުރީ ވަރަށް ސަމާލުވެގެންނެވެ. ދެމީހުންގެ ހަތަރު ކަޅި ހަމަ ވުމާއެކު ލުޔާގެ ލޮލުން ވެއްޓިގެން ދިޔަ ކަރުނަ ތިކި ފެނުނީ ހަމަ އެކަނި އަރީފަށެވެ.

“ކޮންގްރާ އަރީ..” އަރީފަށް ފެނުނު މަންޒަރާ މެދު ވިސްނަން އިންދައި ސިއްސައިގެން ދިޔައީ ޔިވާމް އޭނާގެ ބުރަކަށީގައި ޖަހާލީމައެވެ. މުޅި ސިޓިންގ ރޫމު މިހާރު ވަނީ ހަލަބޮލި ވެފައެވެ. ކޮންމެ މީހަކުވެސް ދިޔައީ ލިއުޒާއާއި ނުވަތަ އަރީފުއާއި އެތައް ސުވާލުތަކެއް ކުރަމުންނެވެ. ތަންވަޅުގެ ބޭނުން ހިފައި ލުޔާ އޭނާގެ ކޮޓަރިއަށް ގޮސް ވަނެވެ.

ދޮރު ލައްޕައި ތަޅުލި ނަމަވެސް ލުޔާ ބޭނުންވާ އެކަހެރި ކަމެއް އޭނާއަކަށް ނުލިބެއެވެ. ދޭތެރެ ދޭތެރެއަކުން ހުނުމުގެ އަޑު ކޮޓަރި ތެރެއަށް ފާއްދާލައެވެ. ހެޑްފޯން ކަންފަތުގައި އަޅުވާލުމަށް ފަހު އަޑު ބާރު ލަވައެއް ޖަހާލިއެވެ. ކޮޓަރީގެ ބޭރުން އިވޭ އެއްވެސް އަޑަކަށް ސަމާލުކަމެއް ދޭކަށް އޭނާ ބޭނުމެއް ނުވިއެވެ. އެނދުމަތީގައި އޮށޯތް ނަމަވެސް މިރޭ އޭނާގެ ލޮލަކަށް ނިންޖެއް ނާދެއެވެ. ނިދާކަށް ހިތް ނުވެސް އެދޭމެއެވެ. އެތައް ދުވަހަކަށް ފަހު ރޭގައި އޭނާގެ ހުވަފެންތަކަށް ވަނީ ބިރުވެރިކަން ސަވާރުވެފައެވެ. މިރޭވެސް ނިދައިފިނަމަ އުޅެން ޖެހޭނީ އެފަދަ ހާލެއްގައި ކަން ލުޔާއަށް އެނގެއެވެ. އޭނާއަށް އެފަދަ އިހުސާސެއް ކުރެވޭނަމަ ވާހަކަ ދައްކަނީ އަރީފުއާއެވެ. އެ ހިތް ހަމަ ޖެހުން މިއަދު އޭނާއަކަށް ލިބުމެއް ނުވެއެވެ. ބަދަލުގައި އޮތީ ކެތްތެރި ވުމެވެ.

ހައުފާ އާއި ނަސީރު ދިޔައީ ކައިވެނީގެ އެކި ކަންތައްތައް ރާވަމުންނެވެ. މާ ކަންބޮޑު ކުރަން ލިއުޒާ ބޭނުން ނުވާތީ ގޭގައި ކައިވެނި ކުރަން ނިންމިއެވެ. ނަސީރު އެންމެ އެދެނީ މިގޮތް ކަމުގައި ނުވި ނަމަވެސް ދަރިފުޅުގެ އެދުމަކަށް އޭނާ ހުރަހެއް ނާޅައެވެ. ނަސީރު ފަދައިން ހައުފާ ވެސް ބޭނުން ވީ ބޮޑު ޕާރޓީ އެއް ބާއްވާށެވެ. އެހެނަސް ލިއުޒާ ހަމަ ހިލާ އެކަމަކާ އެއްބަހެއް ނުވިއެވެ. އެންމެ ފަހުން ހަތިޔާރު ބެހެއްޓުމައްފަހު ހައުފާ އޭނާގެ ދަރިފުޅާއެކު ކައިވެނީގެ އެހެނިހެން ކަންތަކުގެ ވާހަކަ ފެށިއެވެ. ކޮންމެ މީހަކުވެސް ވާހަކަ ދައްކަމުން އަރީފުއަށް ‘ދޯ’ އެއް ދެއެވެ. އެހެންނަމަވެސް އެތަނުގައި ދެކެވޭ ވާހަކައަށް އޭނާ މާ ބޮޑު ސަމާލުކަމެއް ދޭ ހެނެއް ހިއެއް ނުވެއެވެ.

“ހިނގާބަލަ މިތާ ކައިރި ފިހާރައަކަށް.. ދަޅެއް ގަންނަން..” ޔިވާމް ސޯފާއިން ތެދުވަމުން ވާހަކަ ދެއްކީ އަރީފުއާއެވެ.

ލިއުޒާ މެން ގާތުގައި މި އަންނަނީ އޭ ބުނެފައި އަރީފު ނިކުތެވެ. އޭނާ ބޭނުންވެފައި ހުރީ ބޯ ހަމަ ޖައްސާލާށެވެ. އެންމެންނާއެކު އެ ގޮތަށް އެއްވެ ތިބެ ލިއުޒާއާއި ކައިވެނި ކުރާ ވާހަކަ ދައްކާކަށް އޭނާއަކަށް ފަސޭހައެއް ނުނެވެ. ވަކީން ޚާއްސަކޮށް ޖެހިގެން ހުރި ކޮޓަރީގައި ލުޔާ ހުއްޓައެވެ.

“އަރީ އޯކޭ ތަ؟” މަގުމައްޗަށް ނިކުމެ ޔިވާމް އަހާލިއެވެ.

ޔިވާމް ގެ ސުވާލަށް ބޯ ހޫރާލުން ނޫން އިތުރު ޖަވާބެއް އަރީފަކަށް ނުދެވުނެވެ. އޭނާއަށް އިހުސާސްވަނީ ބަންދު ކޮއްފައިވާ ކޮޓަރިއެއްގެ ތެރޭގައި އެކަނި އިނދެ ހާސް ވާކަމުގެ އިހުސާސެވެ.

“އަސްލުވެސް މެރީ ކުރަނީތަ؟” ޕާރކު ކޮއްފައިވާ ސައިކަލެއްގެ މަތީގައި އިށީންނަމުން ޔިވާމް އަނެއްކާވެސް ސުވާލެއް ކޮއްލިއެވެ. މިފަހަރުވެސް އަރީފު އަނގަބަހުން ޖަވާބެއް ނުދެ އެވެ. ބޯ ޖަހާލީއެވެ.

“ދެން ލުޔާ އޯ؟” ޔިވާމްގެ މި ސުވާލާއެކު އަރީފުއަށް ލޯމަރާލެވުނެވެ. އިތުރު ޖަވާބެއް ނުދެވިގެން އުޅެނިކޮށް އެތަނަށް މަޑުކޮއްލީ އަހުނަފްގެ ސައިކަލެވެ.

“ކޯޓުން ނުނިކުމެވިގެން ލަސް ވީ.. ކޮން ޚަބަރެއްތަ ދޭން ތި އުޅެނީ؟” އަހުނަފް ސުވާލުކުރިއިރު އޭނާގެ މޫނުމަތިން އެއްވެސް އާދަޔާ ޚިލާފުކަމެއް ނުފެނެއެވެ.

“ކޮންކަމަކާ ކޯޓައް ދިޔައީ؟” އަރީފަށް ޖަވާބު ނުދެވެނީސް ޔިވާމް ސުވާލުކުރިއެވެ.

“އެވާހަކަދޯ..؟” އަހުނަފް ހިނިގަނޑެއް ޖަހާލިއެވެ. “މިއުޅެނީ މެރީ ކުރަން..”

“އޭން… ކާކާ؟!” އަހުނަފްގެ ޖަވާބު އިވުމުން ހައިރާންވެފައި ހުރެ ސުވާލުކުރީ އަރީފެވެ. އެމީހުންނަށް އެނގިފައިވާ ގޮތުން އަހުނަފް އުޅެނީ އެއްވެސް ކުއްޖަކާ ރައްޓެހި ވެގެންނެއް ނޫނެވެ. އެހެންކަމުން އެވަރުގެ ކަމެއް ނިންމި އިރު އެކަމުގެ ވައިވެސް އެ ދެމީހުންނަށް ނޭޅޭތީ ޔިވާމްވެސް ހުރީ ހައިރާން ވެފައެވެ.

“ޒީ އެނގެއެއްނު.. ތައުފީގު ބޭބެގެ ދޮށީ އަންހެން ދަރިފުޅު.. އަސްލު މަންމަމެން ކިޔާ ވަރުން މި ކައިވެނި މި ކުރަނީ.. އެނގެއެއްނު ބައްޕަ ވަރަށް ބަލިކަން.. މަންމަވެސް މިހާރު އުޅޭނީ ކޮންމެވެސް ތަނެއްގަ ރިއްސާތީ.. ދެން އަހަރެން މެރީ ކުރީމަ މަންމަމެންނަށްވެސް ފަސޭހަ ވާނެއްނު..” އަހުނަފް އޭނާގެ ނިންމުން ތަފްސީލު ކޮއްދިނެވެ.

“މާރަނގަޅެއްނު މި ވީ ގޮތް.. ދެ ވެޑިން އެއްކޮށް ބާއްވާ!” ޔިވާމް ވާހަކަ ދެއްކީ ހެމުންނެވެ.

“ކޮން ދެ ވެޑިން އެއް؟” އަހުނަފް ސުވާލު ކުރީ އެއްވެސް ކަމެއް ނުދެނެހުރި ކަމަށް ހެދިގެން ހުރެއެވެ.

“އެވާހަކަ ބުނަންވެގެން އަންނާށޭ ބުނީ.. ވީ އާރ ގެޓިންގ މެރީޑް ޓޫ..” އަހުނަފް ގެ ސުވާލަށް ޖަވާބު ދިނީ އަރީފުއެވެ.

“އޯ ވާއު.. ކޮންގްރެޓްސް.. ކޮބާ ލިއު؟” އަރީފުގެ ކޮނޑުގައި ޖަހާލަމުން އަހުނަފް ވާހަކަ ދެއްކިއިރު އޭނާގެ މޫނުމަތިން އެއްވެސް ހާސްކަމެއް ނުދައްކައެވެ. ހިތަށް ކިތަންމެ ތަދު ވި ނަމަވެސް އޭގެ އެއްވެސް ނިޝާނެއް ނުފެނެއެވެ.

“އޭ، ނެތޭ މަޑުކުރެވޭކަށް.. ވަރަށް ބިޒީކޮށް އުޅެމުން މި އައީވެސް.. ޓެލް ލިއު އައި ސެޑް ކޮންގްރެޓްސް އޭ..” ސައިކަލު ސްޓާރޓު ކޮއްލަމުން މިހެން ބުނުމަށްފަހު އަހުނަފް މިސްރާބު ޖެހީ އޭނާގެ ގެއާ ދިމާލަށެވެ.

****

ލުޔާ އެތައް އިރެންވަންދެން އެނދުމަތީގައި އޮވެގެން ވިސްނިއެވެ. އޭނާ ލިއުޒާދެކެ ކިތަންމެ ހާވެސް ލޯބި ވެއެވެ. އެހެނަސް އަރީފުއާއި ލިއުޒާއާއި ކައިވެނި ކުރާއިރު ހުރުމަކީ އޭނާއަށް ކުޅަދާނަ ކަމެއް ނޫނެވެ. ހަދާނެ ގޮތް ހުސްވުމުން އޭނާ ގުޅީ ކިޔަވަން އުޅުނު އިރު އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ ލާނާއަށެވެ. ފޯނުގައި އޮވެގެން އޭނާ ހުރިހާ ވާހަކައެއް ލާނާއަށް ކިޔައިދިނެވެ. އެންމެފަހުން ލާނާ ހިޔާލު ދިނީ ލުޔާ އެނބުރި ކެނެޑާއަށް ދިޔުމަށެވެ. ލާނާއަކީ އެގައުމުގެ ވަޒަންވެރިއެއް ކަމުން އެ ގޭގައި ލުޔާއަށް ހުރެވޭނެ ވާހަކަވެސް ލާނާ ބުންޏެވެ. ލުޔާއަށްވެސް ނިންމުނީ އެއީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. ކޮންމެވެސް ބަހަނާއެއް ދެއްކުމަށްފަހު ކެނެޑާއަށް ދާނީއެވެ. އަރީފުއާއި ދުރުގައި ދުވަސްކޮޅެއް ހޭދަ ކޮއްލުމުން އޭނާގެ މަތިން ހަނދާން ވެސް ނެތިދާނެކަމަށް ލުޔާއަށް ވިސްނުނެވެ. އަދި މާހައުލު ބަދަލުވެ އޭނާގެ ރަހުމަތްތެރިންނާއެކު ވަގުތު ހޭދަ ކުރުމުން ހުރިހާކަމެއްވެސް ރަނގަޅު ވެދާނެޔޭ އޭނާގެ ހިތަށް އެރިއެވެ.

“މަންމާ..” ހައުފާ ގާތުގައި އެނދުމަތީގައި އިށީންނަމުން ލުޔާ ވިސްނީ ވާހަކަ ފަށާނެ ގޮތަކާ މެދުއެވެ.

“ހްމމމ.. މިހެދުން ރީތިތަ؟” ހައުފާ އޭނާގެ އަތުގައި އޮތް އައިޕެޑުން ފޮޓޯގަނޑެއް ދައްކާލުމަށްފައު އަހާލިއެވެ.

“ވަރަށް ރީތި.. މަންމާ! ދެންމެ ލާނާ ގުޅީ.. މިއަންނަ ހަފްތާ ބަންދުގައި ކޮލެޖް ރިޔޫނިއަންއެއް އެބޯތޯ….” ފޮޓޯ އަށް މާބޮޑު ސަމާލުކަމެއް ނުދީ ލުޔާ އޭނާގެ މަންމައާއި ވާހަކަ ދެއްކިއެވެ.

“މިއަންނަ ހަފްތާއޭ؟ އަދި ކޮލެޖު ނިމުނުތާ އެންމެ އަހަރެއްނު ވީ.. އެހެންނޫނަސް ދެ ހަފްތާފަހުން ދޮންތަގެ ވެޑިން ވެސް އޮންނާނެއްނު..” ހައުފާ އަތުގައި އޮތް އައިޕެޑު ދުރުގައި ބާއްވާލުމައްފަހު ވާހަކަ ދެއްކިއެވެ.

“މެރީ ކުރަން ވާއިރަށް އަންނާނަމޭ.. އެންމެ ހަފްތާއެއްނު.. އެހެންނޫނަސް އަޅުގަނޑު ވަރަށް މިސްވޭ އެންމެން މަތިން.. ލާނާ މިހާރު ބަނޑުވެސް ބޮޑު.. މަންމާ ޕްލީޒް..” ހައުފާގެ އަތުގައި ހިފާލުމައްފަހު ޅަ ވެލަމުން ލުޔާ ވާހަކަ ދެއްކިއެވެ. މަންމަ ގާތުގައި އެއް ހަފްތާއަށްފަހު އަންނާނަމޭ ބުނި ނަމަވެސް އެހާ އަވަހަށް އަންނާކަށް އޭނާ ހިޔާލެއް ނުކުރެއެވެ. އެގޮތަށް ދޮގު ހަދަން ޖެހޭތީ އޭނާ ދެރަވެސް ވެއެވެ. އެހެނަސް އެ ނޫން ގޮތަކުން ލުޔާ ނުފޮނުވާނެކަން އޭނާއަށް އެނގެއެވެ.

“މަންމަ ޖެހޭނީ ތިވާހަކަ ބައްޕައާ ދައްކާލަން…. ދެން އެކަމަކު ހާދަ ދުވަސް ގާތްކޮއްފައޭ ތިކަމެއް ރޭވި ބަޔަކުވެސް އެ އެންގީ..” ހައުފާ ބޭރަށް ހިނގައިގަންނަމުން ބުނެލިއެވެ. އޭރުވެސް ލުޔާ ހުރީ އޭނާގެ މަންމަގެ އަތުގައި ހިފަހައްޓައިގެންނެވެ.

****

“ދަރިފުޅު ކެނެޑާއަށް ދާން ބޭނުންވެގެން އުޅެނީ އޯ މަންމަ ބުނި…؟” ކާ މޭޒުދޮށުގައި އިށީންނަމުން ނަސީރު މުހާތަބު ކުރީ އޭނާގެ ހަގު ދަރިފުޅާއެވެ.

“ކޮން އިރަކު؟” ލުޔާއަށް އެއްވެސް އެއްޗެކޭ ނުބުނެވެނީސް ލިއުޒާ އޭނާގެ ކޮއްކޮއާ ސުވާލުކުރިއެވެ.

“މި ވީކެންޑަށް… ރިޔޫނިއަން އޮތީމަ..” އިސްދަށަށް ޖަހައިގެން އިނދެ ލުޔާ ދޮގުހެދިއެވެ. ލިއުޒާ ހިތްހަމަ ނުޖެހޭނެކަން އޭނާއަށް އެނގެއެވެ. އެހެންކަމުން ލުޔާ އިނީ ކުޑަކޮށް ބިރުގަންފައެވެ.

“ވެޑިން އާ މިހާ ގާތްވެފަ އޮއްވާ؟” ލިއުޒާ ސުވާލު ކުރިއިރު އަޑުގައި ވަނީ ނުރުހުމުގެ އަސަރެވެ.

“ދޮންތަ ވެޑިންއަށް ވާއިރަށް އަންނާނަމޭ..” އަނެއްކާވެސް ލުޔާ ހެދީ ދޮގެކެވެ. އެންމެން ކެއުމާއިގެން ކުރިއަށް ގެންދަމުން ދިޔައިރު ލުޔާ އިނީ ކާ ހިތް ނުވެފައެވެ.

“އެކަމަކު ކީއްކުރަން ބޭކާރު ލާރިތަކެއް ހަރަދު ކޮއްފަ ތި ދަނީކީ؟ ހަމަ އެންމެ ދެދުވަހަށް ދާނެ ކަމެއް ނެތް!” ލިއުޒާ ވާހަކަ ދެއްކީ އަމުރުވެރި ރާގަކަށެވެ. ހަމަ އެއާއެކު ނަސީރުގެ ކެއުން ހުއްޓުނެވެ.

“ލުޔާ ބޭނުމިއްޔާ ދިއުމަކީ މައްސަލައެއް ނޫން.. އޭނާގެ ހުރިހާ ރަހުމަތްތެރިން ވެސް ތިބީ އެތަނުގަ އެއްނު.. ދެން އެބުނީ އެއްނު ލިއުޒާ އިންނަން ވާއިރަށް އަންނާނަމޭ… ދަރިފުޅު ޚަރަދާމެދު ވިސްނާކަށް ނުޖެހޭނެ.. ދަރިފުޅުގެ ކައިވެނީގެ ހުރިހާކަމެއް ކޮއްފައި ލުޔާ ކެނެޑާއަށް ފޮނުވުމުގެ ހުރިހާ ޚަރަދެއް ކުރާނީ ބައްޕައެއްނު..” ލުޔާ އާއި ދިމާލަށް ހަރުކޮށް އެއްޗެކޭ ބުނުމުން ނަސީރު ދެރަވިއެވެ. އެހެންކަމުން އޭނާ ލިއުޒާ ރުއްސަން މަސައްކަތް ކުރިއެވެ.

“ބައްޕަ އަތުގަ ފައިސާ ނެތެކޭ އަޅުގަނޑެއް ނުބުނަމޭ.. އެކަމަކު-” ލިއުޒާގެ ވާހަކަ ހުއްޓުނީ ހައުފާ ބޯ ހޫރާލުމުންނެވެ. މަންމަގެ އެ ހަރަކާތުން ލިއުޒާއާއި މެދު ހިތްހަމަ ނުޖެހުނީކަން އޭނާއަށް ވިސްނުނެވެ. އެހެންކަމުން މިވަގުތު އިތުރަށް އެވާހަކަ ދެއްކުމަށް އޭނާ ޖެހިލުން ވިއެވެ.

“ދެން ތިވާހަކަ ބާއްވާ.. ލުޔާ ދާން ބޭނުން ނޫންނަމަ އައިސް މަންމަ ގާތަކު ނުބުނާނެއެއްނު؟ މާދަމާ ޓިކެޓު ކަންކަމާ އުޅޭނަން.،، ދަރިފުޅާ ލިއުޒާ، ކައިވެނި ކޮއްގެން މިގޭގަ ދޯ އުޅޭނީ؟” ނަސީރު އޭނާގެ ނިންމުން އެންގުމަށްފަހު މައުޟޫއު ބަދަލުކޮއްލިއެވެ.

“އަދި ނުވިސްނަން… މާހިންމެން ދޫކޮއްލާފަ އަންނަން އަރީފު ބޭނުން ނުވެދާނެ..” ލިއުޒާ މިފަހަރު ވާހަކަ ދެއްކީ ވަރަށް މަޑުންނެވެ.

“އެއީ ދެން މާ ދުރު ގެއެއްވެސް ނޫނެއްނު، ދަރިފުޅުމެން ބޭނުން އިރަކު ދެވޭނެތާ.. ބައްޕަ މިހެން މިބުނީ ފުރަތަމަ ފަންގިފިލާ އެއީ ލިއުޒާއަށް އޮތް ބަޔަކަށް ވާތީ.. ދަރިފުޅު މީހަކާ އިނީމަ ދިރިއުޅެން ބައްޕަމެން ރޭވި ބައެއް އެއީ.. ދެން އޭގެ މައްޗަށް ހުރި ފަންގިފިލާ ލުޔާއަށް.. ދެން މިހެން ބުންޏަސް ތިކުދިން ނިންމާނީ ތިކުދިން އުޅޭނެ ތަނެއް.. ދޯ ހައުފާ” ނަސީރުގެ ވާހަކަ ނިންމާލަމުން ޖެހިގެން އިން ގޮނޑީގައި އިން ހައުފާއަށް ދޯ ދިނެވެ.

“އަރީފުއާ ވާހަކަ ދައްކާލީމަ އެނގޭނީ..” ލިއުޒާ އޭނާގެ ބައްޕައަށް ޖަވާބު ދިނީ ވަރަށް މަޑުމައިތިރިކަމާއެކުއެވެ. އެއަށްފަހު އެންމެން ކައި ނިމެންދެން ކާގެ ތެރޭގައި ވަނީ ހަމަހިމޭންކަމެވެ. ދޭތެރެއަކުން އިވޭ ތަށީގައި ސަމުސާ ޖެހޭއަޑުގެ އިތުރުން އެއްވެސް އަޑެއް ނީވެއެވެ.

****

ފެންޑާގެ ޖޯލީގައި އޮށޯވެގެން އޮތްއިރު ލުޔާގެ އަތުގައި ވަނީ ފިޔާތޮށި ފިނިފެންމަލެކެވެ. އެމަލުން ފަހަރު ފިޔައެއް ނައްޓަމުންދިޔަ އިރު މަލުގެ ރީތިކަން ދިޔައީ މަޑުމަޑުން ފޭދެމުންނެވެ. ކަރުދަށަށް ފޯނު ލައިގެން އޮވެ ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ މޫނުމަތިން ފެންނަނީ މަޑު ހިނިތުންވުމެކެވެ.

“ސީރިއަސް ކޮށޭ! ދެން ބުނެބަލަ ކޯއްޗެއްތަ ލުޔާ އަންނަމުން ގެނެސްދޭން ވީ؟” ލުޔާ ވާހަކަ ދެއްކީ ހެމުންނެވެ.

“ބޭނުމީ ޕިޔާރާ މަޑުކުރަން… ކޮން ލާނާއެއްތަ؟ މީގެ ކުރިން ތިނަން ނުވެސް ގަނޭ.. އެކަމަކު މިހާރު އެވީ ބެސްޓު ފުރެންޑަށް! ވަރަށް ފޭކު!” އަނެއްކޮޅުން ޔިވާމް ވާހަކަދައްކަމުން ދިޔައީ ބޮޑާހާކާ ރާގެއްގައެވެ.

“ތީ އެއްނު ބެސްޓު ފުރެންޑަކީ.. ދެން އެންމެ ދެތިން ދުވަހަށް ދާން އުޅޭތީ ތި ބޮޑާހާކަނީ؟” އަތުގައި އޮތް ފިނިފެންމަލުގެ ފިޔަތައް ހުސްވުމުން އަނެއްކާ އެހެން މަލެއް ބިނދެލަމުން ވާހަކަ ކުރިއަށް ގެންދިޔައެވެ.

“ހުނ، މަށެއް ނޫން! އަރީފުއާއެއްނު އަބަދު ވާހަކަ ދައްކަނީ! އޭނައާ ދިމާލަށް ކިޔާބަލަ ބެސްޓު ފުރެންޑޭ! އަހަންނެއް ނޫޅެން..” ޔިވާމު މިހެން ބުނުމާއެކު ލުޔާގެ ހަރަކާތްކަށް ބަދަލުއައެވެ. އަތުގައި އޮތް މާ އެއްލާލުމަށްފަހު އޭނާ ފޯނުގައި ހިފިއެވެ. އަދި ޖޯލިން ތެދުވެލިއެވެ.

“ކީއްވެ ތިހެން ތިބުނީ؟” ލުޔާ ސުވާލުކުރިއިރު އެ އަޑުގައި ވާ އަސަރު ޔިވާމްއަށް އިހުސާސްވި ކަހަލައެވެ.

“ޕިޔާރާ ހިތްހަމަ ނުޖެހުނީތަ؟ ތި ދެމީހުން ވަރަށް ކްލޯޒްކަން ދެން އެންމެނަށް ވެސް އެނގެއެއްނު، އެހެންވެ މިހެން މި ބުނީ..” މިފަހަރު ޔިވާމްވެސް ވާހަކަ ދެއްކީ ވަރަށް ސީރިއަސް ވެފައެވެ.

“އުހުނ، ހިތްހަމަ ނުޖެހުނީކީ ނޫން.. ހަމަ އަހާލީ..” ލުޔާ މިހެން ބުންޏެއް ކަމަކު ޔިވާމްއަކަށް އެކަމެއް ގަބޫލެއް ނުކުރެވެއެވެ. ލުޔާކަމެއް ސިއްރުކުރާކަން އޭނާއަށް ދެނެގަނެވުނެވެ.

“ސުވާލެއް ކޮއްފިއްޔާ ތެދަށް ޖަވާބު ދޭނަންތަ؟” އަރީފު ލުޔާއާއި މެދު ދެކޭގޮތް އެނގޭތީ ޔިވާމް ބޭނުންވީ ލުޔާގެ ހިތުގައި އެފަދަ އިހުސާސެއް ވޭތޯ ޔަގީން ކުރާށެވެ.

“ޖަވާބު ދެވޭ ވަރުގެ ސުވާލަކަށް ވަންޏާ..” ލުޔާ ޝަރުތު ކަނޑައެޅި އިރު ޔިވާމް ކޮއްފާނެ ސުވާލަކާމެދު އޭނާގެ ހިތުގައި އެއްވެސް ކަހަލަ ހީވުމެއް ނެތެވެ.

“އާރ ޔޫ ރަނިންގ އަވޭ ފްރޮމް ސަމްތިންގ؟ އަސްލު ހަމަ ރިޔޫނިއަންއަށްތަ ތިދަނީ؟ ނޫނީ ލިއުމެންގެ ވެޑިންގަ ހުންނަން ބޭނުން ނުވާތީތަ؟” ޔިވާމް ސުވާލުފައްޗެއް އަމުނާލިއެވެ.

ލުޔާގެ ހަރަކާތްތަކަށް ހުއްޓުން އައެވެ. އެހާ ސީދާކޮށް ސުވާލުކުރަން ޔިވާމްއަށް އެނގުނީ ކިހިނެތް ބާއެވެ. ލުޔާ މަސައްކަތް ކުރީ އޭނާގެ ހިތުގެ އާދޭސްތައް ފޮރުވާށެވެ. އެއްވެސް މީހަކަށް އެކަމުގެ ހިލަމެއް ވިޔަ ނުދީ އުޅެވޭތޯ އޭނާ ބެއްޔެވެ. ޔިވާމްގެ ސުވާލަށް އެއްވެސް ޖަވާބެއް ނުދީ ލުޔާއަށް އިނދެވުނެވެ.

“ކީއްވެ ތިހެން ތި އެހީ… ދޮންތަގެ ވެޑިންގަ ހުންނަން ލުޔާ ބޭނުން ނުވާންވީ ކީއްވެ؟” ލުޔާ ވާހަކަ ދެއްކީ ވަރަށް މަޑުންނެވެ. އެއީ އަޑުލައި ވާހަކަ ދައްކައިފިނަމަ ޔިވާމްއަށް ހަގީގަތް އެނގިދާނެތީއެވެ.

“ސުވާލަކަށް ޖަވާބެއް ނުދެމެންނު…” ލުޔާގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ޔިވާމް ބުނެލިއެވެ.

Share Article

Follow Me Written By

maasham

Level 110 Stories

Other Articles

Previous

ހިތަކުން ނުފިލާނެ 31

Next

ތީމަގޭ މިހަޔާތުގާއިވާ ހަމައެކަނި އުއްމީދަކީ….3

Next
August 12, 2015

ތީމަގޭ މިހަޔާތުގާއިވާ ހަމައެކަނި އުއްމީދަކީ….3

Previews
August 11, 2015

ހިތަކުން ނުފިލާނެ 31

26 Comments!

  1. Sham says:
    August 11, 2015 at 11:30 pm

    Vv ryti me first

  2. mal says:
    August 11, 2015 at 11:37 pm

    Wow awesome mi part ves varah nice waiting for the next part

  3. nathoo says:
    August 11, 2015 at 11:38 pm

    vvv salhi

  4. mixu says:
    August 11, 2015 at 11:43 pm

    Oh gadha I’m da 1st. V v v nice

  5. Saamee says:
    August 12, 2015 at 1:33 am

    Vvvvvvvv salhi mi part ves..next part avahah up kohdhehchey ingey

  6. shaz says:
    August 12, 2015 at 1:40 am

    v salhi mi part vx.. waitin for next part.

  7. lyn says:
    August 12, 2015 at 2:31 am

    V v v reethi…mi part

  8. Kayaani says:
    August 12, 2015 at 2:50 am

    Mihaaru dhn ehaa reehcheh noon

    1. kayaani says:
      August 12, 2015 at 3:42 pm

      will u plz stop using others name to comnt. mee aslu kayaani akee. and mee kayaanee ge one of the fav story.. sorry maasham e ee aslu kayaani ge cmnt eh noon inge.

  9. nihaa says:
    August 12, 2015 at 6:22 am

    Nice..

  10. Aaaeee says:
    August 12, 2015 at 8:59 am

    Wow. Hadhalaa laaa dhw inthixaaru koko bali vy ma mi kiyaa lan libaney. V nice & v kuru dhw

  11. Crazi says:
    August 12, 2015 at 1:23 pm

    Mi vahaka gennah dhuvas bunelan v nun eyrun dho ehgeynee wh dhuvahu kiyan..vrh shalhi vahaka

  12. neem says:
    August 12, 2015 at 6:00 pm

    Vv salhi avahah up kohdeebala next part vx

  13. emiliya says:
    August 12, 2015 at 6:16 pm

    its true kayaani version 2 its not good to comment on on other peoples names it happend recently someone did comment on emiliyas name so the writer really liked my comments and did even reply to them but that emiliya was passing negative comments so it had a bad impact it can also be the same even in this story as well……………….. so create AN real identity to comment

    1. Shabee says:
      August 13, 2015 at 1:44 pm

      Aslu shabee ah heevany emeehaku beynun namehga comment kurevidhaane. Eyga kommehn nujeheyey unique identity eh innaakah. Same name kiyaa dhemyhun ves ulhey

  14. emiliya says:
    August 12, 2015 at 6:18 pm

    this story is awesome although we have to wait a bit longer to read the story……… hope that u will upload the story soon……….

  15. brogunda says:
    August 12, 2015 at 7:45 pm

    Up vaaleh maaa maaa laheeeee. Plx plx upload daily……nice story….heart touching….

  16. mine says:
    August 13, 2015 at 10:21 am

    Vvvvv reethi..mee aharenge favorite story eh…plz plz avahah up kohdheh chey

  17. xaaxaa says:
    August 14, 2015 at 4:59 pm

    Alheyyy Warah reecheyyyy Mi story eyyyy :p axlu mihaaru this dhaa goi Warah obi ingey ekamaku vx xaaxaa beynumy luyaa n yuwaam dhn ahunaf n liu aryf ah ehen kuhjje hehehehe
    Mi story fa othy 1 problem ei. Eii maa bodah lahyy up kohleveyley meethi rangalhu kohlahchey writarrr 🙂 🙂 🙂 😉

  18. someone says:
    August 14, 2015 at 5:18 pm

    When is the upload

  19. BARBIE says:
    August 17, 2015 at 1:19 am

    Alhe koba next part? Maash avahah uo kohba plxxx plxxxx

  20. nazi says:
    August 17, 2015 at 4:35 am

    kobaatha alhe next part plz plz plz

  21. james says:
    August 17, 2015 at 11:45 am

    Upload vaaleh haadha lahey…
    next episode kondhuvahakun..?

  22. Aaaeeee says:
    August 17, 2015 at 3:06 pm

    Vahaka liyan nukaraney yaa liyan kama nuhaakaa. Mahaku part a naraney yaa vahaka nuliya thibey. Dhn bunaney bali yaaa buxy yaa bodu varu mi dhn

  23. Pizza says:
    August 18, 2015 at 1:34 am

    Ey thedheh. Ehn nahadhaa avaha up kurey. Mee mi site ga emme reethi vahaka?

  24. shamii says:
    August 18, 2015 at 11:06 pm

    Vahaka liyaa hurihaa beyfulhun foohi vee thoa

Comments are closed.


All Right Reserved!