Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނާއީ ***** (3) ވަނަބައި

DESTINY2020 Level 210 Stories
August 11, 2015 3 Mins Read
8 Comments

” އެހެން މީހަކާއި ހަވާލު ނުކުރާތި! ސީދާ ނާއީ އަތަށް ދޭނީ!” އަހަރެން ބުނީމެވެ.

” މައްސަލައެއްނޯންނާނެ.” މަހުފޫޒާ ހެމުން ބުނެލިއެވެ.

” ވަރަށް ރަނގަޅު.” އަހަރެން ބުނީމެވެ.

” ދީފަ ކީކޭ ބުނަންވީ؟ ނާއީ ނުހިފައިފިއްޔާޔޯ؟” މަހުފޫޒާ ކުރީ ރަނގަޅު ސުވާލެކެވެ.

” ބުނޭ ނާބިލް ދިން އެއްޗެކޭ. ދެން ނުހިފައިފިއްޔާ މަހުފޫޒާ ކާލާނީ. އެވެސް ގޮތެއްނުދޯ.” އަަހަރެން އެހެން ބުނުމުން މަހުފޫޒާ ހިނިގަނޑެއް ޖަހާލިއެވެ.

އަހަރެން މަޑުމަޑުން ގެއަށްދާން ނިކުތީ ދެނެވެ. އަހަރެން ނިކުންނަން ދޮރު ހުޅުވާލިތަނާހެން ނާއީ އެތެރެއަށް ވަނެވެ. ނާއީގެ ފަހަތުން އޭނަގެ ބައްޕަ ވަނީ އިރުކޮޅެއް ފަހުންނެވެ. އަހަންނަށް ބަލާވެސް ނުލާ ނާއީގޮސް ސިޑިން މައްޗަށް އަރައިގެން ކޮޓަރިއަށްވަނެވެ. އަހަރެން އަޅައެއް ނުލަމެވެ. އެކަމަކު ހިތްހަމަ ޖެހުނެވެ. ނާއީ ފެނުމުންނެވެ. ދުވާލަކު ފަސް ސިކުންތައް ނަމަވެސް ނާއީގެ އެ މައުޞޫމް މޫނު ދެކިލަން އަހަރެން ބޭނުމެވެ.

ނާއީ ފެނުމުން ލިބުނު އުފަލުގައި އަހަރެން މަޑުމަޑުން ގެއަށް ދިޔައީމެވެ. އަހަރެންގެ ހިތަށް އެރިއެވެ. އަހަރެން ދިން އެތީގައި ނާއީ ހިފާނެހެއްޔެވެ؟ އަނެއްކާ އެކަންތައް ބޮޑުކަމަކަށް ނާއީ ނަހަދާނެ ބާވައެެވެ؟ ނާއީގެ މައިންބަފައިން އެކަމާއި މެދު ވިސްނާނީ ކިހިނެއް ހެއްޔެވެ؟ މޫނު މަތީގައި މަޢުޞޫމް ގޮތެއް ހުއްޓަސް ނާއީ އަކީވެސް ބައެއް ފަހަރު ރުޅި ގަދަ ކުއްޖެކެވެ. އެއީ އަހަންނަށް މައްސަލައެއް ނޫނެވެ. އިންސާނެއް ވިއްޔާ ރުޅިވެސް އަންނަން ޖެހޭނެއެވެ. ޙުދޫދުގެ ތެރެއިންނެވެ. ހުރިހާ ކަމަކަށް އާނއެކޭ  ބުނުމަކީ މޮޅު މީހުންގެ ގޮތެއް ނޫނެވެ. ދިވެހިން ބުނާހެން އެޅިހާ ބަތަަކަށް ރިހަވެގެން އުޅެގެން ފަހުން މޮޅެއްވެސް ނުވާނެެއެވެ.

ހަވީރު ވަންދެން އަހަރެން އިންތިޒާރުކުރީ ނާއީ މެންގެއަށް ދެވޭނެ ވަގުތަކަށެވެ. ކަމެއްނެތި މާގިނައިން ނާއީމެން ގެއަށް ދާކަމުގައިވާނަަމަ މަންޒަރު ރީއްޗެއް ނުވާނެއެވެ. ގައިމުވެސް ކޮންމެވެސް ބައެއްގެ ލޮލުގައި އަހަރެން އަޅައިގަންނާނެއެވެ. އަނެއްކޮޅުން ދައްތަގެ ޢާއިލާގައި ގިނަވާނީ ފިރިހެން ކުދިންނެވެ. އެމީހުންނަކީ މީހުންނާއި ސަކަރާތްޖަހާ މަޖާކުރަން ވަރަށް ފޯރި ހުންނަ ބަޔެކެވެ. އަހަރެން ނާއީ އަށް ހިތްކިޔާކަން އެނގި ދިމާކުރަން ފަށައިފިއްޔާ ނިމުނީއެވެ. އަހަންނަށް އުޅެންވެސް އުދަނގޫވާނެވެ. އެހެންވެ މަޑުމަޑުން ކެތްތެރިކަމާއި އެކު ފިޔަވަޅު އަޅަން އަހަރެން އަބަދުވެސް  ވިސްނަމެވެ.

” ދޭބަލަ މިބަރަނި ހިފައިގެން ނާއީ މަންމަ ގާތަށް. އެކަމަކު، ލަސްނުވެ އަންނާތި!” އަހަންނަށް ކަޅު ބަރަންޏެއް ދިއްކޮށްލަމުން ދައްތަ ބުނިލިއިރު ހަވީރުވަނީއެވެ.’

އަހަރެން ހުރީ އެފަދަ ވަގުތަކަށް ބަލަބަލައެވެ. އަވަސް އަވަހަށް އަހަރެން ދިޔައީމެވެ. ގޮސް ނާއީމެންގެ ގެއަށް ވަނީމެއެވެ. އޭރު ނާއީ އުޅެނީ، އޭނަގެ ތިމާގެ ކުއްޖަކާއިއެކު ސިޓިންގ ރޫމްގައެވެ. އާދައިގެ މަތިން ވާހަކަ ފޮތެއް އަތަށް ލައިގެންނެވެ. އަހަރެން އިރުކޮޅަކު ނާއީގެ މޫނަށް ބަލަން ހުރުމަށްފަހު މަޑުމަޑުންގޮސް ނާއީގެ މަންމައާއި ބަރަނި ޙަވާލުކުރީމެވެ. ދެން މަޑުމަޑުން އަހަރެން ދިޔައީ ނާއީގެ ކާގެ އާއި ދިމާލަށެވެ. އަހަރެންގެ ކާގެއަށް ވަތްއިރު މަހުފޫޒާ އުޅެނީ ހަވީރު ސައިތައްޔާރުކުރުމުގައެވެ.

” ދިނިންތަ ނާއީ އަތަށް އެއްކަލަ އެތި؟” މޭޒުމަތީގައި ހުރި ބިއްލޫރި ތައްޓަށް ފެން އަޅަމުން އަހަރެން ސުވާލުކޮށްލީމެވެ.

” އާނ. ދިނިން؟” މަހުފޫޒާ ދިނީ ކުރު ޖަވާބެކެވެ.

” އެއްޗެކޭ ބުނިތަ ނާއީ؟” އަހަރެން އޮޅުން ފިލުވަން ބޭނުންވިއެވެ.

” ނާއި ބުނީ ކާކުދިން އެއްޗެއްހޭ؟ އަހަރެން ބުނީ ނާބިލް ދިން އެއްޗެކޭ. އެހެން ބުނީމަ ކުޑަކޮށް ޙައިރާންވެފަ ފާޑަކަށް ބަލަހައްޓައިގެން އިނީ.” މަހުފޫޒާ ކިޔައިދިނެވެ.

” އެހެންތަ؟” އަހަރެން ބުނީމެވެ.

އިތުރު ވާހަކައެއް ނުދައްކާ ދައްތައަށް ލަސްވެދާނެތީ އަހަރެން އަވަހަށް ދިޔައީ ގެއަށެވެ. ނާއީގެ ގެއިން ނިކުންނަމުން އަދި އެއް ފަހަރު ނާއީ ފެނޭތޯ ބަލާލީމެވެ. ނާއީ އަދިވެސް އިނީ ސިޓިންގ ރޫމްގައެވެ. ވާހަކަ ފޮތަށް ގެއްލިފައެވެ. ހިތަށް އެރިއެވެ. ވާހަކަ ކިޔާ މީހުން ދުނިޔޭގައި އުޅެއެވެ. އެކަމަކު ނާއީ އާއި އެއްވަރަށް ވާހަކަ ކިޔޭ މީހަކު ނުހުންނާނެކަން ހަމަ ޔަޤީނެވެ. ވަރަށް ތުއްތު އިރުއްސުރެ ވާހަކަ ކިޔުމަށް ނާއީ ޝަރުވެރިވިއެވެ. ނާއީގެ ހޮބީއަކީ އެއީއެވެ. އެހެންވެ ވަރަށް ކުޑައިރުގައި ނާއީ އައިނު އަޅަން ފެށިއެވެ. ތެދެއް ބުނަން ހެއްޔެވެ؟ ނަންބަރު އައިނު އަޅައިގެން ނާއީ އިންނަ އިރު، ނާއީގެ ރީތި ކަމާއި ހައިބަތު ވަރަށް ފުރިހަމައެވެ. ނާއީ ފެނުނު ކޮންމެ މީހަކުވެސް ބުނާނީ ހަަމަ މިހެންނެވެ. ބައެއް މީހުން އައިނު އެޅުމުން ކުޑަ އައިބު ގޮތެއް ހުރެއެެވެ. އެކަަމަކު އައިނު އެޅުމުން ނާއީގެ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނުވައެެވެ.

ދެންވާނީވެސް އެހެންނެވެ. އަހަންނަށް ތަޢުރީފް ކުރެވޭނީ ނާއީ އަށެވެ. ނާއީ ނޫން އެހެން އެއްވެސް އަންހެން ކުއްޖަކަށް އަހަރެންގެ ހިތުން ތަޢުރީފެއް ނުކުރެވޭނެއެވެ. ނުވެސް ކުރާނަމެެވެ. ނާއީ އަކީ ރީތި އަންހެން ކުއްޖެކެވެ. ދޮގު ނުހަދާ ބުނާނަމަ، އެއީ ހަމަ ފަތްމިނި އަންހެން ކުއްޖެކެވެ. ނާއީގެ ފުރިހަމަކަމާއި ރީތިކަން އެންމެ ފުރިހަމަޔަށް އަހަރެން ބަޔާންކުރާނީ ކިހިނެއްހެއްޔެވެ؟ ނާއީގެ މޫނަކީ ކުޑަކުޑަ ރީތި ވަށް މޫނެކެވެ. ބަނިޔާދަން ހަށިގަނޑެކެވެ. ލޯބި ލޯބި މަޑު ރަތްކުލައިގެ ތުނިތުނި ނާޒުކު ތުންފަތެކެވެ. ކަޅުކުލަ ގަދަ ހިމަ ކޫރެއް ކަހަލަ ބުމައެވެ. ނާއީ އަށް ލިބިފައިވަނީ ހިތްގައިމު ވަރަކަށް ބުޅި އޮފްއަރާ އިސްތަށިގަޑެކެވެ. މަޑުޖެލީ ކޮޅެއް ކަހަލަ ދިގު އިނގިލިތަކެކެވެ. މިހުރިހާ ކަމަށްވުރެ އަހަންނަށް އެންމެ ރީތީ ނާއީގެ ދެލޮލެވެ. އެއީ މިހާތަނަށް ރާއްޖެއިން އަހަންނަށް ފެނުނު އެންމެ ފުރިހަމަ ކަޅި ރަވައެވެ. ނާއީގެ ލޮލުގެ ހުދު ކަޅީގެ ކުލައަކީ ސީދާ ހުދުކުލައެވެ. އެހާމެ ސާފްވެފައި ފުރިހަމައެވެ.  އެ ރީތި ލޮލުގެ ކަޅުކަޅީގެ ކުލަޔަކީ ފުރިހަމަ ކަޅުކުލައެވެ. އަހަންނަށް ނާއީ ފެންނަ ކޮންމެ ފަހަރަކު ނާއީއާއި ހަތަރު ކަޅި ހަމަކުރެވޭތޯ ބަލަމެވެ. އެމޫނާއި ކަޅިރަވައިގެ ފުރިހަމަކަން ފެނިފައި އަހަރެން ހައިރާންވެއެވެ. ޙަޤީޤަތެއް ބުނަން ހެއްޔެވެ؟ ނާއީގެ ފުރިހަމަކަމާއި ރީތިކަން ސިފަކުރުމަކީ އަހަންނަށް ފުރިހަމަަޔަށް ކުރެވޭނެކަމެއް ނޫނެވެ. ހިތަށް އަރައެވެ. މާތް ރަސްކަލާންގެ ރީތިކަންދެއްވި އިންސާނުން ކިހާ ފުރިހަމަ ހެއްޔެވެ؟ އޭގެ ތެރެއިންވެސް ނާއީ އަކީ އަހަންނަށް ހަމަ އެއްވަނައެެވެ. އަހަރެންގެ ކުރިމަތީގައި އެމަޤާމް ލިބޭނީވެސް ހަމައެކަނި ނާއީއަށެވެ.

ގެއަށް ވަދެެގެން އައިރުވެސް އަހަންނަށް ވިސްނެނީ ނާއީގެ ފުރިހަމަކަމާއި މެދުގައެވެ. އަހަރެންގެ ހިތަށް އަރައެވެ. އަހަންނަށް ނާއީ ލިބޭނެ ބާވައެވެ؟ އެހެން ކަމަށް ވާނަމަ އެދުވަސް އަހަރެންގެ ޙަޔާތުގައި އަންނާނެ ހެއްޔެވެ؟ ދެން ހިތަށް އަރައެވެ. އަހަރެންގެ ހިތުގެ ރިހުން ނާއީއަށް އަންގަންވީހެއްޔެވެ؟ އަންގާނީ ކިހިނެއް ހެއްޔެވެ؟ ސިޓީއަކުން ބާވައެވެ؟ ނޫނީ ފޯން ކޯލަކުން ހެއްޔެވެ؟ ނާއީ އަތުގައި ފޯނެއް ނޯންނާނެއެވެ. އަހަރެން ގުޅަންޏާ ގުޅަންޖެހޭނީ ނާއީގެ މަންމަގެ ކޮޓަރިއަށެވެ. އޭރުން ވާނީ ކިހިނެއްހެއްޔެވެ؟ ނާއީގެ މަންމަ ފޯނު ނަގައިފިއްޔާ އަހަރެން ބަސްޓުނުވާނެ ހެއްޔެވެ؟ އޭރަށް އޭނާ ދައްކާނީ ކޮން ވާހަކައެއް ހެއްޔެވެ؟

އަހަރެން ހުރީ ދެޚިޔާލެއްގައެވެ. ނާއީއަށް ގުޅާނީތޯ ނުވަތަ ނޫންތޯއެވެ. އަހަރެންގެ ހިތް ބުނެލިއެވެ. ހިތްވަރުކޮށްފައި ނާއީއާއި ވާހަކަ ދެއްކޭތޯ ގުޅަން ވީއެވެ. އެހެންވެ އަހަރެން ފޯން ކުރުމަށް ވިސްނީމެވެ. ދައްތަގޭގެ ކާގޭގައި ލޭންޑް ލައިން ފޯނެއް ހުންނާއެވެ. އަހަރެން ގުޅަން ޖެހޭނީ އެފޯނުންނެވެ. އޭރު އަހަރެންގެ އަތުގައިވެސް މޯބައިލްފޯނެއް ނޯވެއެވެ. އެެހެންވެ ގޭތެރޭގައި މީހުން މަދުވި ވަގުތެއް ބަލާފައި އަހަރެން ނާއީގެ މަންމަ ކޮޓަރީގެ ފޯނަށް ގުޅާލީމެވެ. ތިން ވަނަ ރިންގުން ފޯނު ނެގިއެވެ. ފޯނު ނެގީ ނާއީއެވެ. ނާއީގެ ލޯބިލޯބި އަޑު އަހަރެންގެ ކަންފަތުގައި ޖެހުމުން ބުނާނެ އެއްޗެއް އަހަންނަކަށް ނޭގުނެވެ.

” ހެލޯ. ހެލޯ. ހެލޯ.” ތަކުރާރުކޮށް ނާއީގެ ލޯބިލޯބި އަޑުން އެހެން ބުނީ އަހަންނަށް އެއްވެސް ވާހަކައެއް ދައްކަން ނުކެރުމުންނެވެ.

ނުނިމޭ

Share Article

Follow Me Written By

DESTINY2020

Level 210 Stories

Other Articles

Previous

ހިތަކުން ނުފިލާނެ 30

Next

ޝުދޫ ***** (17) ވަނަ ބައި

Next
August 11, 2015

ޝުދޫ ***** (17) ވަނަ ބައި

Previews
August 11, 2015

ހިތަކުން ނުފިލާނެ 30

8 Comments!

  1. shaa says:
    August 11, 2015 at 1:15 pm

    beautiful story

  2. fathun says:
    August 11, 2015 at 1:20 pm

    Maa bodah thaureef kohfa hunnathy ehaa reeehcheh noon.. fashaigen nimenshen naaee ge reethi kamuge vaahaka aima kada. Intresting gotheh nei..

  3. stranger says:
    August 11, 2015 at 1:27 pm

    you are true. taureefu kuran jeheynedw. ekamaku haadahaa bodashey taureed kohfa eothy… den ok.. when next part… waiting..

  4. nihaa says:
    August 11, 2015 at 2:17 pm

    Yes both of them are right …midhenn koancheh vrh foohi mipart… Bulhi ofuaraa histhashi gadu hureyy tha…

  5. Hehe says:
    August 11, 2015 at 2:23 pm

    E anekka mudhuniye mathy kameh baa? :p

  6. naxx says:
    August 11, 2015 at 2:25 pm

    varah salhi mipart ves… ….when next part…waiting waiting waiting….

  7. emiliya says:
    August 11, 2015 at 2:26 pm

    jelly like fingers pure white eyes with the most dark black eyes balls oh plx no ones eyes are that pure white anyways story warah hadi……………………. bored

  8. samaa says:
    August 11, 2015 at 3:16 pm

    dhen v foohi… hus thaureefu khfa…

Comments are closed.



All Right Reserved!