“ހެހެހެ….ހަމަރަގަޅަށް ވެސް ބުއްދި ގޯސްވެފަ ތިއަންހެނާ ތިހުރީ މޮޔައިންގެ މަރުކަޒަކަށް ދޯ ފޮނުވަންވީ، ..ކަލެއަށް އިތުބާރު ކުރާނެ އެއްވެސް ނަފްސެއް މިބިމަކު ނުވާނެ..އެހެންވީމަ މިއަނގަ މަޑުން ލައިގެން އިނދޭ..މަ ޝާނިމްއަށް ހެދި ކޮންގޮތެއް އެގިގެންތަ ތިތެޅެނީ…ކަލޭވެސް ތީ މަގޭ އަތްދަށުން ބޭރު ނުވެވޭނެ މީހެއް..” އަލްތާފްގެ ރުޅި ކޮންޓްރޯލް ނުވެވޭނޭ ހީވުމުން ސިމަން ދޫކޮށްލުމަށް ފަހު ދާން އެނބުރުނު ވަގުތު ހަޅޭލަވައިގަތް ސިމަން ބުނި އެއްޗަކުން އަލްތާފްގެ ފިޔަވަޅުތައް ގަނޑުވިއިރު ދަމާފައިވާ ފަރުދާގެ ފަހަތުން މީހެއްގެ ހިލަންވެގެން […]
މަޑުމަޑުން އިވެމުންދިއަ ފިޔަވަޅުތަކުގެ އަޑު ބާރުވަމުން ދިއަ ވަރަކަށް މީހަކު ގާތަށް އަންނަކަމުގެ އިހްސާސްކުރެވި ސިމަން އިސްއުފުލާލިއެވެ. އޭރު ސިމަން އާއި ފޫޓެއް ހާ ދުރުގަ ހުރި އަރީސްގެ ފަހަތުން ފެނުނު މޫނަކުން ސިހިފައި ސިމަންއަށް ކޮޅަށް ތެދުވެވުނެވެ. ދެލޯ ބޮޑުކޮށްލަމުން ބަލާލިއިރު އިންތިހާ ދަރަޖައިގެ ބިރުވެރިކަން މޫނުން ފެންނަމުން ދިއައެވެ. އަވަސް އަވަހަށް ފުރަގަސް ދެމުން އެތެރެއަށް ވަންނަން ސިމަންނެގި ފިޔަވަޅު ގަނޑުވީ “ސިމީ” އޭ ކިޔާ އެޒުވާނާ ގޮވާލިއަޑަށެވެ. އެއަޑު އިވިފައި ފަހަތަށް އެނބުރުނު […]
“އޭނ… ދޫކޮށްލާ އަހަރެން ގައިން، ތީކާކުތަ މަގޭ ގައިގަ ހިފައިގަންނަށް..” ލޯ މަރައި ތަގުޅި ކޮށްގެން ހުރެ ސިމަން އަށް ލެވުނުހާ ބާރަކަށް ހަޅޭލަވަމުން ދިއަ އިރު ކައިރީގައި ހުރި ޒުވާނާގެ ރުޅިވެރި ނަޒަރު ސިމަރުގެ މޫނަށް އަމާޒުވެފައިހުއްޓެވެ. ކުއްލިއަކަށް ޖަހާލި ލައްކާއި އެކު ސިމަން އައިސް ތަތްވީ އެޒުވާނާގެ ފުޅާ މޭގައެވެ. އެއާއި އެކު ސިމަން ސިހިފައި ފަހަތްބަލާލިގޮތުން ހީވި ވިހަގަދަ އެއްޗެއް ކަށިޖެހި ހެންނެވެ. ” ހައު ޑޭއަރ ޔޫ… ކޮންހައިސިއްޔަތަކުން ކައެ އަހަރެންގެ […]