Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތީމަގޭ މިހަޔާތުގާއިވާ ހަމައެކަނި އުއްމީދަކީ….3

Th@nY Level 1
August 12, 2015 3 Mins Read
13 Comments

“ހެހެހެ….ހަމަރަގަޅަށް ވެސް ބުއްދި ގޯސްވެފަ ތިއަންހެނާ ތިހުރީ މޮޔައިންގެ މަރުކަޒަކަށް ދޯ ފޮނުވަންވީ، ..ކަލެއަށް އިތުބާރު ކުރާނެ އެއްވެސް ނަފްސެއް މިބިމަކު ނުވާނެ..އެހެންވީމަ މިއަނގަ މަޑުން ލައިގެން އިނދޭ..މަ ޝާނިމްއަށް ހެދި ކޮންގޮތެއް އެގިގެންތަ ތިތެޅެނީ…ކަލޭވެސް ތީ މަގޭ އަތްދަށުން ބޭރު ނުވެވޭނެ މީހެއް..” އަލްތާފްގެ ރުޅި ކޮންޓްރޯލް ނުވެވޭނޭ ހީވުމުން ސިމަން ދޫކޮށްލުމަށް ފަހު ދާން އެނބުރުނު ވަގުތު ހަޅޭލަވައިގަތް ސިމަން ބުނި އެއްޗަކުން އަލްތާފްގެ ފިޔަވަޅުތައް ގަނޑުވިއިރު ދަމާފައިވާ ފަރުދާގެ ފަހަތުން މީހެއްގެ ހިލަންވެގެން ދިއަހެން ހީވިއެވެ. ރުޅިއައިގް ގެން ތުރު ތުރު އަޅަމުންދިއަ އަލްތާފް އަވަސް ހަރަކާތަކާއި އެކު ފަރުދާ ނަގާ ބޭރަށް ބޯދިއްކޮށްލިއެވެ. އެއްވެސް މީހެއް ފެންނަނެތުމުން ވެރިވެފައިހުރި ހާސްކަން ފިލައިގޮސް އެމޫނުމައްޗަށް ވިހަހިނިތުންވުމެއް ވެރިކޮށްލަމުން ސިމަންއާއި ދިމާއަށް އެނބުރުނު އިރު ޖެހިބުދެއްހެން ހުއްޓިހުރި ސިމަންގެ ލޮލުން ކަރުނައިގެ ސާލެއް ފޭދެމުން ދިއައެވެ. ” ވަގަކަށް ހާސް ދުވަސްވާ ފަދައިން ވެރިއަކަށް އެއްދުވަސްވެސް އަންނާނެކަން ކަލޭ ހަނދާނެތިފަދޯ ތިހުރީ.. ކަންތައްތައް ވަމުންދާ ގޮތް ބަލަން ހުރޭ..” ސިމަން ދަތްވިކާލަމުން އެހެންބުނެލުމަށްފަހު އެނދަށް އަރާ އޮށޯވީ އިތުރަށް އެ ރަހުމެއް ނުވާ އިންސާނާއާއި ވާހަކަދައްކަންބޭނުންނުވާތީއެވެ. އަލްތާފް އެތަނުންނުކުނަށް ހިގައި ގަތެވެ. ސިމަން އަށް ކޮށްފައި ހުރި އަސަރު ގިސްލާ ރޮވެންފެށުމުން އަނގަމަތީ އަތްއަޅާލިއެވެ.

ނިކުމެގެން ދިއަ އަލްތާފް ލޯ މަތިން ގެއްލުމާއި އެކުހެން ކުރިމަތީ ހުރި ފާހަނައިގެ ދޮރު ފަހަތުގައި ފިލާހުރި ފަހުދު އައިސް ސިމަން އޮތް އެނދުގެ ފަރުދާގެ ތެރެއިން އެތެރެއަށް ދެމިގަތެވެ. ” ސިމަން ބިރުނުގަނޭ.. އަހަރެން މީ ހެޔޮއެދޭ މީޙެއް ކަމަށް ހީކޮށްލާ ” ފަހުދު ފެނި ސިހިފައި ތެދުވި ސިމަން އަށް އެއަޑުގައިވި އޯގާވެރިކަން އިހްސާސް ކުރެވި ގަނެފައި ހުރި ބިރުން ހަމަޖެހިލިއެވެ. ” އަހަންނަށް ހެޔޮއެދެންތީ ކާކު؟” ސިމަން ސުވާލުން ފުރިފައި ހުރި ނަމަވެސް އަހާލެވުނީ ހަމައެކަނި އެސުވާލެވެ. ” މީ ލިއަމް ގެ އެކުވެރިއެއް ލިއަމް އިނގޭދޯ،ސިމަން ސަލާމަތް ކޮށްދިން ފަރާތް އަސްލު މިތަނަށް އަންނަށް އަހަރެންނަށް މަޖްބޫރު ކުރީ އަހަރެންގެ ހިތް.. އިރުކޮޅެއް ކުރިން ސިމަން ބޭރުގައި އުޅުނުގޮތް ފެނުމުން ޓަސްލާފަ އަހަރެންގެ ސިކުނޑިދިން ނުބައި އިންޒާރުން މިހިސާބަށް އަންނަޖެހުނީ.. ނަސީބެއް ކަންނޭހެ އެއީ، ސިމަންގެ ބޭބެގެ ފަރުދާ ކެހުނީ އެހެންވެގެންތާދޯ… ހައިރާން ނުވަންޗޭ.. އަހަރެންނަކީ ނަފްސާނީ ގޮތުން މީހުންނަށް ލިބޭ ގެއްލުންތަކާއި އެކަމަށް މެދުވެރިވާސަބަބުތައް ދެނެގަންނަން އިނގޭ ވަރު މީހެއް.. ސައިކޮލޮޖީ ކިޔަވާފަހުރީމަ އެހެންމީހުންނަށް ނުފެނަ ކަންތައް އަހަންނަށް ނަގައި ގަންނަ އެނގޭނެ.. ސިމަން ބޭނުންނަމަ އެހީވެދޭން ތައްޔާރަށް މިހުރީ” …ފަހުދު ގެ ބަސްތަކުން ސިމަންނަށް ހިތްވަރު އާވި ނަމަވެސް ފަސްޖެހެވުނެވެ. ” އަހަންނެއް އެއްވެސް މީޙަކަށް އިތުބާރެއް ނުކުރަށް..ތީ އަދި އަހަރެން ދަންނަމީހެއް ވެސް ނޫން. އެހެންވީމަ ތިކުރެވިގެން އުޅޭ ކުންހީ ދޫކޮށްލާ” ހަގީގަތް ހާމަކުރަން ސިމަންގެ ހިތް އެދުނަސް ޒަމީރު އެއްބަހެއް ނުވިއެވެ. ” ލިއަމް އަށް ޓްރަސްޓް ކުރަމޭނުން ދޯ، އެހެންވީމާ ލިއަމްގެ ބެސްޓްފްރެންޑަށްވެސް ސިމަން އަށް އިތުބާރު ކުރެވިދާނެ އޭނުން.. އަމްތާފް އަކީ ސިމަންގެ ދޮންބެ ދޯ، އެކަމަކު ތިދެމެދުގައި ވަނީ ވަރަށް އެހެންކަހަލަ ގުޅުމެއްކަން އެނގޭ.. ވެދާނޭ ސިމަން އަށް މަޖްބޫރުކަމުގައިވެސް .އެހެނަސް ދެންމެ ތިދެމީހުންގެ ގާތްކަން ފެނި އަހަންނަށް ސިފަވީ ދެލޯބިވެރިންގެގޮތުގައި.. ނޫނީ އަލްތާފް ސިމަން އާއި ނާޖާއިޒު ގުޅުމެއް ބާއްވަނީ…ސިމަންގެ ކޮއްކޮ ސާނިމް ވެސް މަރާލީ އެ އަލްތާފްދޯ ..އަލްތާފްގެ ހަގީގަތް ފަޅާ އަރާނެ މަގުވެސް ބަންދުވީ އެހެންވެ އޭނުން” ފަހުދު ހާމަކުރަމުން ދިއަ ހަގީގަތްތައް ހޮނު ގުގުރިއެއްސިފައިގައި ސިމަންގެ ކަންފަތަށް އިވެމުން ދިއައިރު، އެހީ ލިބޭނެ ހަމައެކަނި ފަރާތަކީ މިއީކަން ހިތުގެ އަޑިން ގަބޫލްކުރެވެން ފެށިއެވެ.

” ތި ހުރިހާ ވާހަކަ ތަކަކީވެސް ހަމަ ހަގީގަތް.. އަހަރެންގެ ހަޔާތަށް އައި ކޮޅިގަނޑެއް އެއީ ހުރިހާ އެއްޗެއް ފޭރިގަނެގެން ދިއައީ… ދެރަވޭ އަޅާލާނެ މީހެއް މި ބޮޑު ދުނިޔޭގަ ނެތީމަ… ހަދާނެ ގޮތް ހުސްވެފަ ހުއްޓާ ފަޒީ ސިސްއާއި ދިމާވީ.އރހެންނޫންނަމަ މިހާރު އަހަރެންގެ ވަސްވެސް ވާނީ ފުހެވިފަ. މިއަދު ދިރިހުރީތީ އެ އަނިޔާވެރިއާ އަށް ހައްގު އަދަބުދޭން ބޭނުން، އެކަމަކު ކާކު ކައިރީ އަހަރެން އެ ހުރިހާ ވާހަކަތައް ކިޔަދޭނީ، އިތުބާރު ކުރާނެއް އިންސާނެއް ނުފެނުނު،.. އަހަނަކަށް ހަގީގަތް ކިޔަދޭނެ ހިތްވަރެއް ލިބިފައެއް ނުވި މިހާތަނާއި ޖެހެންދެންވެސް. ” “ސިމަން އަވަހަށް މެރީ ކުރޭ..” ސިމަންގެ ވާހަކަ މެދުކަނޑާލަމުން ފަހުދު ބުނި ޖުމްލައިން އެ ދުލުގައި ތަޅެއް ލެވުނެވެ. ސިހިފައި ހުރިނަޒަރަކުން ފަހުދުއަށް ބަލާލަމުން ދުލުންބޭރުކޮށްލެވުނު ސުވާލު ހާމަވެގެން ދިއައީ އިހްތާރެއް ނެތިއެވެ. ” ކާކު އަހަރެން ކަހަލަ މީހަކު ބޭނުންވާނީ، ކާކު އަހަންނާއި އިންނާނީ ، ނުވާނެ އެކަކުވެސް އަހަރެންގެ ހަގީގަތް ދެކެ ލޯތްބެއް. ނުވާނެ ތިކަމެއް”… ސިމަންއަށް ރޮވުނެވެ. “ސިމަން އާއި އިންނާނެ މީހެއް އަހަރެން ހޯދާފާނަށް……..ހާސްނުވޭ.އަހަރެންވެސް މިހުރީ އެންނު'” މާހައުލުގެ ހާސްކަން ފިލުވާލުމަށް ފަހުދު ކުރިސަމާސީ ވިހަވިކަން އެގުނީ ސިމަން ނުރުހުމުގެ ނަޒަރުން ފަހުދުއަށް ބަލާލިތަން ފެނިފައެވެ.” އިތުރަށް އެންމެ ލަފްޒެއްވެސް ނުބުނާތި ހަމަ މިހާރު ދޭ މިތަނުން ނިކުމެގެން،ތީވެސް އަމިއްލަ އެދުން ބޮޑު އިންސާނެއް،ހުސްވެސް އެއް ޒާތެއްގެ ފިރިހެނުން އުޅޭނީ، އަހަރެން ނަފްރަތުކުރަން ތި އެއްމެންނަށް”

ފަހުދުގެ ހުރި ސަކަމިރާޖުން ކަމެއް ގޯސްވެދިއަމީ ފުރަތަމ ފަހަރެވެ. ސިމަންގެ ބަސްތަކުން ފަހުދުގެ އަނގަ ބަންދުވެ އިސްޖެހުނެވެ. ދެން ފެނުނީ ފަހުދު އެތަނުން ނުކުނަށް ހިގައިގަތް ތަނެވެ.. ” ފަހުދު މިތާނގަ ކީއްކުރަނީ، ސިމީ ފެނިގެން ފަހުދަށްވެސް ވަރެއްވެފަދޯ ތިހުރީ..ހެހެ” ހަމަ އެވަގުތު އެތަނަށް ވަތް ފަޒީއަށް މާހައުލުގެ ހޫނުކަން އިހްސާސްވީ ބުނެވުނު އެއްޗެއް ބުނުމަށް ފަހު ސިމަންއަށް ބަލާލުމުންނެވެ، ފަހުދު ފާޑަކަށް ހިނިތުންވެލަމުން އެތަނުންނުކުމީ ސިމަންގެ ހާލަތު އިތުރަށް ގޯސްވެދާނޭ ބިރު އޮތުމުންނެވެ.

“ސިމީ ކިހިނެތްވީ..؟ ” ފަޒީއަށް އިތުރު އެއްޗެއް އަހާލެވުމުގެ ކުރިން ސިމަން ފަޒީގެ ގައިގާ އޮޅުލައިގަތެވެ. މަޑު ގިސްލުމެއްގެ އަޑު އިވެން ފެށުމުން ފަޒީ ސިހިފައި ސިމަން ދުރަށް ޖައްސާލީ ހައިރާންކަމާއެކު އެވެ……

 

ނުނިމޭ

 

 

Share Article

Follow Me Written By

Th@nY

Level 1

Other Articles

Previous

ހަތަރު އުދރެސް (18)

Next

ހިތަކުން ނުފިލާނެ 32

Next
August 12, 2015

ހިތަކުން ނުފިލާނެ 32

Previews
August 11, 2015

ހަތަރު އުދރެސް (18)

13 Comments!

  1. mizu says:
    August 12, 2015 at 11:24 am

    Wow reethi ekam haadha kurukon

  2. Th@nY says:
    August 12, 2015 at 11:28 am

    yaa free time nulibeythee kurukoh upkureveny.. miah vure dhigukoh genesdheveytho try kuraanan. thankyou mizu 🙂

  3. liu says:
    August 12, 2015 at 11:44 am

    Alhe haadha kureyyy… Dhn next part up kohdheyyynyy konirakun… V v rythi,.

  4. nihaa says:
    August 12, 2015 at 12:57 pm

    Haadhakureyyy

  5. Shaan says:
    August 12, 2015 at 5:44 pm

    Shabeeeeee

    1. shabee says:
      August 12, 2015 at 5:56 pm

      kuree faharaku binin dhen thimana ge bee list ga shabee eh noanaaneyey. thimahna text kuraanee brabie ashaa elsa ashey

  6. Shabee says:
    August 12, 2015 at 8:35 pm

    Shaan ah reply khffa eyee mi shabe eh noon..eyee mi site ga ulhey dhevana shabee… jst lettin u knw it.. but aslu e shabee vex ebunee thedheh…kurin dhen shaan reply eh nukuraanamey shabee akaa kiyaafa keekuran thi govanee? Anyways vaahaka hama ehvana…but up vaaleh las vanee…

  7. marii says:
    August 13, 2015 at 1:31 am

    V salhi

  8. lyn says:
    August 13, 2015 at 2:08 am

    V v nice

  9. Aaaeeee says:
    August 13, 2015 at 11:49 am

    V kuru

  10. rif says:
    August 14, 2015 at 10:25 am

    V nice avahah aneh part nereba plx plx

  11. Azki says:
    August 14, 2015 at 1:55 pm

    yeeeeeeeeeiiiiii! varah reethi 🙂
    next part kon irakunnn ?

  12. midnight girl says:
    October 19, 2015 at 1:36 am

    Vaahaka nimen dhen nuliyevey tha? …. dhen mi haaru huhtaalee tha mi story? Ehaa kiyaa hithun huhtaa

Comments are closed.



All Right Reserved!