Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތަކުން ނުފިލާނެ 31

BONDAY Level 210 Stories
August 11, 2015 2 Mins Read
21 Comments

އޮފީސްތެރެއަށް ވަދެގެންދިޔަ އިންހާގެ މޫނުމަތީގައި ވަނީ ފުޅާ ހިނިތުންވުމެކެވެ. އިންހާ އޮފީސް ތެރެއަށް ވަދެގެންދިޔައިރު ބައެއް ސުޓާފުން އޭނައާއި ދިމާލަށް ބަލަންތިބީ ހައިރާންވެތިބެއެވެ. މީގެ ކުރިން ދުވަހަކުވެސް އެހާވަރަށް އިންހާ ހިނިތުންވެފައި ހުއްޓައި ނުފެނެއެވެ. ކެބިންއަށް ވަދެގެންއައި އިންހާ ފެނުމުން މުސައިފާވެސް އިންހާއަށް ބަލަހައްޓައިގެންއިނީއެވެ. މުސައިފާ ބަލަހައްޓައިގެން އިންކަން އިންހާއަށް އެނގުނީ އިރުކޮޅެއްވި ފަހުންނެވެ. މުސައިފާއަށް ބަލާލަމުން އިންހާ ނިތްއަރުވާލީ ކިހިނެއްވީހޭ އަހާލަކަހަލަ ގޮތަކަށެވެ.

” އިންހާއަކަށް ނޭގޭތަ ރޭ ބޮސްގެ ގައިގައި ވަޅިއަޅައިގެން އައި.ސީ.ޔޫގައި އޮތްކަމެއް…؟ ” މަޑުމަޑުން ލަވަކިޔާލަ ކިޔާލަ އިން އިންހާއަށް ބަލަން އިރުކޮޅެއްވަންދެން އިނދެފައި މުސައިފާ ބުނެލިއެވެ.

“އޭނ…!! ކޮންއިރަކު…؟ ” އިންހާއަށް އަހާލެވުނީ ތަންކޮޅެއް ބާރަށެވެ. އޭރު އިންހާއަށް ހުރެވުނީވެސް ތެދުވެ ކޮޅަށެވެ. ސިރާޖު އައިސް އެކެބިންގެ ދޮރު ހުޅުވާލީ އެވަގުތުއެވެ.

” މިއަދު މެންދުރުފަހު އޮފީސް ބަންދުވާނެ…! އެހެންވީމާ އެކެއްޖެހީމަ އެންމެ ރަނގަޅު އެންމެން ދިޔަޔަސް…! ” އެހެންބުނެލާފައި ސިރާޖު ދިޔައީއެވެ. އެވަގުތު އިންހާގެ ހިތުގައި  ބުނަންނޭގޭ ކަހަލަ ރިހުމެއް އުފެދިގެން ދިޔައެވެ.

މަޑުހިނގުމެއްގައި މައިޝާގޮސް އެމަޖެންސީ ރޫމްކައިރީގައި މަޑުކޮއްލިއިރު އާމިރު ގޮނޑީގައި ލެގިލައިގެން އައި.ސީ.ޔޫގެ ދޮރަށް ބަލަހައްޓައިގެންއިނެވެ.

” ބައްޕާ ގެއަށް ދާންވީނު..! ” އާމިރުކައިރީގައި މަޑުކޮއްލަމުން މައިޝާ ބުނެލިއެވެ.

” ދަރިފުޅު އެކަނި މަޑުކޮއްގެން ކަމަކު ނުދާނެ…! ކަމެއް ކުރަންޖެހުނަސް ކިހިނެއް ހަދާނީ…؟  ” އާމިރު މައިޝާއެކަނި ބަހައްޓާފައި ގެއަށް ދާކަށްބޭނުމެއް ނުވިއެވެ. ޑރ.ޖަމީލް އައިސް އާމިރުމެން ކައިރީގައި މަޑުކޮއްލީ އެވަގުތުއެވެ.

” މައިޝާ އެކަންޏެއް ނުވާނެއެއްނު…! އަހަރުމެންވެސް މިތިބީނު…! ތިހެން ނުނިދާ ހުންނަން ވެއްޖިއްޔާ ސަކަރާތްވާނެ..! ” ޖަމީލުވެސް މައިޝާއާއި އެއްބަސްވީ އެގޮތަށް ނުނިދާ ހުރުމުން ރަނގަޅުނުވާނެތީއެވެ. ޖަމީލު ވަރަށް އާދޭސްކޮއްގެން އާމިރުގެއަށް ދިޔައީ މެންދުރު އަންނާނެ ވާހަކަ މައިޝާގާތުގައި ބުނެފައެވެ. މައިޝާގެ އެހިތާމަވެރި މޫނުފެނުމުން ބޭއިހްތިޔާރުގައި އާމިރަށް މައިޝާގެނެސް އޭނަގެ ގައިގާ ލައްކޮއްލެވުނެވެ. އަދި ވަރަށް ލޯބިން މައިޝާގެ ބޮލުގައި ފިރުމާލަމުން ގެއަށް ދިއުމަށްޓަކައި އާމިރު ހިނގައިގަތީ އައި.ސީ.ޔޫގެ ދޮރާދިމާލަށް ބަލައިލަމުންނެވެ. ހެއްދެވިފަރާތަށް ދުއާކުރާހާލުގައެވެ. މެންދުރުފަހު ފާޒިން ބޭރަށް ގެންދިއުމަށް ހުއްދަދޭނެ ވާހަކަ ޑޮކްޓަރުންވަނީ ބުނެފައެވެ. އާމިރު ގެއަށް ވަދެގެން ދިޔައިރު އެއްވެސް މީހެއް ފެންނާކަށްނެތެވެ. އެހެންވެ ގޮސް ކޮޓަރިއަށްވަދެ އެނދުގައި ޖައްސާލުމާއެކު އާމިރުވެސް އިސާހިތަކު ފުންނިންޖެއްގެ ތެރެއަށް ގެނބިގެން ހިނގައްޖެއެވެ.

އައި.ސީ.ޔޫގެ ބޭރުގައި ހުރި ގޮނޑިއެއްގައި މައިޝާ އިށީންދެލައިގެންއިންއިރު އެމޫނުމަތީގައި އެއްވެސް ތާޒާކަމެއްނެތެވެ. އެދެލޯވެސް ވަނީ ގަދަޔަށް ރުއިމުގެ ސަބަބުން ވަރަށް ބޮޑަށް ދުޅަވެ ރަތްވެފައެވެ. މިދިމާވި ހިތާމަވެރި ހާދިސާގެ ސަބަބުން މައިޝާގެ ހިތުގައި އުފެދިފައިވާ ފާރުގަނޑުގައި ހީވަނީ މީހަކު ލޮނުމިރުސް އަޅާފައި ހުރިހެންނެވެ. ލޮލަށް ޖަމާވެފައި ހުރި ކަރުނަތައްވެސް ހީވަނީ ހަމަ ދެންމެ ދެންމެ ފައިބައިގަނެދާނެ ހެންނެވެ.

” މުހައްމަދު ފާޒިންގެ އެހީތެރިޔަކީ ތިއީތޯ…؟ ” ނަރުސް ކުއްޖަކު އައިސް މައިޝާގެ ކައިރީގައި ހުއްޓެމުން ބުނެލިއެވެ. މައިޝާ އަވަސް އަވަހަށް ބޯޖަހާލަމުން ކޮޅަށް ތެދުވެވުނީ ހިތް އަވަސްވިވަރުންނެވެ. އޭރު އެހިތުގެ ތެޅުންވެސް ވަނީ އިންތިހާއަށް ބާރުވެފައެވެ.

” މުހައްމަދު ފާޒިން ހޭއަރައިފި…! ” ނަރުސް ކުއްޖާ ބުނެލިއެވެ. މައިޝާގެ ލޮލަށް ޖަވާވެފައި ހުރި ކަރުނަތަށް ކޯތާފަތްމައްޗައް ފައިބައިގަތީ ލިބުނު އުފަލެއްގެ ބޮނޑުކަމުންނެވެ. މައިޝާ އޭނަގެ ފޯނުނަގާ ވަދީފާއަށް ގުޅާލިއިރު އަތުގައިވެސް ވަނީ މަޑުމަޑު ތުރުތުރެއް އުފެދިފައެވެ.

ނިދިފައި އޮތް ވަދީފާއަށް ސިހިފައި ހޭލެވުނީ ކައިރީގައި އޮތް ފޯން ރިންގުވާން ފެށުމުންނެވެ. ފޯނުގެ ސްކުރީނަށް އަރައިފައި އިން މައިޝާގެ ނަން ފެނުމުން ނިދިވެސް އެއްކޮއް ފިލައިގެން ހިނގައްޖެއެވެ. ފޯނުނަގާ ކަންފަތުގައި ޖައްސާލިއިރު ވަދީފާގެ ހިތްވެސް ދިޔައީ އޮބި ނޯންނަވަރަށް ތެޅެމުންނެވެ. ފޯނުނަގާ ކަންފަތުގައި ޖައްސާލުމަށްފަހު ހަލޯއޭ ބުނަން އުޅެ އުޅެ އަޑުވެސް ބޭރެއްނުވިއެވެ.

” މަންމާ…! ފާޒިން ހޭއަރައިފި…! ”  މައިޝާގެ އަޑުގައި ވަނީ އުފާވެރިކަމެވެ. ވަދީފާއަށްވެސް ހެއްދިފަރާތަށް ޝުކުރުކޮއްލެވުނީ ހިތަށް ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ. އަދި ނިދާފައި އޮތް އާމިރު ގައިގައި ކޮއްޓާލިހާއިރުން އާމިރު ތެދުވީ ފުންމާފައެވެ. އޭރު އާމިރުގެ ދެލޯވެސް ވަނީ ބޮޑުވެފައެވެ. ވަދީފާ އެވާހަކަ ބުނުމުން އާމިރު އަވަސް އަވަހަށް ތެދުވެގެން ގޮސް ފާހާނައަށްވަނީ ހޮސްޕިޓަލަށް ދިއުމަށްޓަކައި ތައްޔާރުވެލާށެވެ. އާމިރުގެ މޫނުމަތީގައި އޭރުވަނީ ފުޅާ ހިނިތުންވުމެވެ.

އާމިރު ހޮސްޕިޓަލަށް އައިސް ޕާޒިން ރޫމަށް ބަދަލުކުރުމުގެ ހުރިހާކަމެއް ހަމަޖެއްސިއެވެ. އައި.ސީ.ޔޫ އިން ނެރުނު ފާޒިން ފެނުމުން މައިޝާ އެވަރަށް ހިފަހައްޓައިގެން ހުރި ކަރުނަތައް އޭގެ މަގާމް ދޫކޮއްފައި ފައިބައިގަތެވެ. އަތުގެ ނުފުށުން ކަރުނަތަށް ފޮހެލަމުން ދެވަނަ ފަހަރަށްވެސް ފާޒިންއަށް ބަލާލިއެވެ. ފާޒިންވެސް އޮތީ މައިޝާއާއި ދިމަލަށް ބަލައިގެންކަމުން ދެމީހުންގެ ހަތަރުކަޅި ހަމަވެގެންދިޔައެވެ. އެވަގުތު މައިޝާގެ ދުޅަވެ ރަތްވެފައިވާ ދެލޮލާއި މިލާފައިވާ މޫނުފެނުމުން ގައިގައި ހުރި ޒަހަމް ތަކުގައި އަޅާވޭނަށްވުރެ ހިތުގައި އަޅަމުންދިޔަ ވޭން މާގަދައެވެ.

” ދަރިފުޅާ…! ވަރަށް ތަދުވޭތަ…؟ ” ފާޒިން ރޫމަށް ބަދަލްކޮށް ހުރިހާ ނަރުސްކުދިން ނިކުމެގެން ދިއުމުން ވަދީފާ އައިސް ފާޒިންގެ ބޮލުގައި ފިރުމާލަމުންބުނެލިއެވެ. ފާޒިން އެއްވެސް ޖަވާބެއްނުދީ ބަލައިލީ އެނދު ކޮޅުގައި ފާޒިންއަށް ބަލަހައްޓައިގެން ހުރި މައިޝާއަށެވެ.

Share Article

Follow Me Written By

BONDAY

Level 210 Stories

Other Articles

Previous

ޝުދޫ ***** (17) ވަނަ ބައި

Next

ހަތަރު އުދރެސް (18)

Next
August 11, 2015

ހަތަރު އުދރެސް (18)

Previews
August 11, 2015

ޝުދޫ ***** (17) ވަނަ ބައި

21 Comments!

  1. ihthu says:
    August 11, 2015 at 5:48 pm

    mi part ves reethi vaane kamah hukuran…

  2. shyn says:
    August 11, 2015 at 5:50 pm

    Salhi..ekam story maa kuru

  3. aathu says:
    August 11, 2015 at 6:09 pm

    Maa kuree genes dheykeh

  4. dimple says:
    August 11, 2015 at 6:45 pm

    Haadha kurey ?

  5. Princess Noddy says:
    August 11, 2015 at 6:47 pm

    Mi part vess reehcheyy but haadha kurey kihineh tha thi hadhany mihaaru..faharaku thankolheh liyelaafa up kohlany… ummeedhu kuran dhen faharakun mikan rangalhu kuraane kamah.

  6. Shabee says:
    August 11, 2015 at 8:22 pm

    Maa kuru..but dhen goaheh noon 🙂

  7. emiliya says:
    August 11, 2015 at 8:35 pm

    nice……………… but the story is too short…………

  8. Aloo says:
    August 11, 2015 at 8:44 pm

    V.reethi ekamaku v.short dhoa. Komme dhuvahakuves up kurahchey.

  9. shuhoo says:
    August 11, 2015 at 9:10 pm

    v kuru den genesdey bai dhigu kon genesdeyne kamah unmeed kuran v reethi story

  10. lyn says:
    August 11, 2015 at 9:26 pm

    Reethi ingey…but story is too short…

  11. nukko says:
    August 11, 2015 at 10:10 pm

    V rythi ekm maa kuree. Hope dhigu koh genes dheyne kamah

  12. Ruhu says:
    August 11, 2015 at 10:15 pm

    Meedhen meehun vaahaka liyaa varutha mihaavarun nuliunyma nimunynun anways salhi dhen

    1. kayaani says:
      August 11, 2015 at 10:48 pm

      time ves nulibi dhaane w. kn me meeheh ge life ga ves hunnane dw ehen kanthah kuran except writing stories. kayaani dhekey gothuga u shub be thankful to her bcauz she updated the story

  13. kayaani says:
    August 11, 2015 at 10:49 pm

    stoey is nice but its a little bit short

  14. Lali says:
    August 12, 2015 at 12:26 am

    Story nice…..dhigu koh nxt part up kohdhyba

  15. Thoo says:
    August 12, 2015 at 4:25 am

    Story habeys!!! Looking foraward for nxt part ?

  16. ammmday says:
    August 12, 2015 at 6:56 am

    Story hama v reeethi.. Haadhisaathahves gennaleh v reethi sifakurunves.. Ekamaku maa kuru ..next part ah inthixaaru kuran

  17. Ainth says:
    August 12, 2015 at 8:33 am

    dhen bolun nattaalan liyaahen hyvany. rythi but. haadha kurey. thankolheh dhigukohh genesdhyba. thivarah kiyun therin nuthalhuvaa ITHU.. nice story..

  18. xu says:
    August 12, 2015 at 10:02 am

    haada kurukohney thi genes dhiny…nd v dhuvaskohfa thi up kury v dhuvas vehjje mi story ah inthizaaru kuraatha…..

  19. shiha says:
    August 12, 2015 at 11:38 am

    maa kury… bt salhi nge

  20. nonnu says:
    August 12, 2015 at 11:53 am

    story vrh salhi.. <3

Comments are closed.


All Right Reserved!