މެންދުރުގެ ވަގުތެއްގައި ނަޞްރާ އާދައިގެ ހިނގުމެއްގައި ގެއަށް ދިޔައެވެ. އޭނަ ވަރުބަލި ގޮތަކަށް ގޭގެ ފެންޑާއަށް ވަދެގެން ގޮސް ގޭގެ ދޮރު ހުޅުވާލަން އުޅުނެވެ. ނަމަވެސް ގޭގެ ދޮރުވަނީ ތަޅުލެވިފައެވެ. ނަޞްރާ ޙައިރާންވިއެވެ. އެހެނީ ޔޫނުސް މިއަދު އޮފީހަށް ދިޔައިރު އޭނަ ގާތު ބުނެފައިވަނީ ގޭގެ ދޮރުގެ އަނެއް ތަޅުދަނޑި ނުގެންދިޔަޔަސް ރަނގަޅުވާނެ ކަމަށެވެ. އެއީ ޔޫނުސް އޭނައަށްވުރެ ކުރިން ގެއަށް އައިސްދާނެތީވެއެވެ. އެހެނަސް ދޮރު މި ހުރީ ތަޅުލެވިފައެވެ. ޔޫނުސް އަދި ނާންނަނީބާއޭ ނަޞްރާގެ ހިތަށްއެރިއެވެ. […]
މާގަނޑުން ވެހެމުންދިޔަ ފެންތައް އަހަރެންގެ ހަށިގަނޑުގައި ބީހިލުމަށްފަހު ފައިބައިގެން ދެއެވެ. ލޮލުން އައި ކަރުނަތައްވެސް އެ ފެނާ އެކުވެ ވަންހަނާވެގެން ދިޔައީއެވެ. ހުރިތާ ގަނޑުވެފައި ހުންނަން ޖެހުނީ އަހަންނަށެވެ. ކޮންމެ ދުވަހަކު އިރުއަރާ އޮއްސެއެވެ. އެތައްބައެއްގެ ހިތަށް އުފާވެރިކަން ގެނުވައިދީފައެވެ. ހަމަ އެފަދައިން އެތައް ބަޔަކު ހިތާމައިން ރޮއްވާފައެވެ. ނަމަވެސް ކޮންމެ ދުވަހަކުވެސް އަހަންނަށް އޮތް ގޮތަކީ ހަމަ އެކަނި ރުއިން ހެއްޔެވެ؟ ތަޤުދީރުގެ މި ކުޅިގަނޑު ހުއްޓޭނީ ކޮންދުވަހަކުން ބާއެވެ؟ އުސްގަނޑަކަށް ފަހު އަޑިގަނޑެއް އަންނަކަން […]
ދެލޯ ފެންކަޅީވެ އެސްފިޔާގެ އެހީގައި ފައިބަން ތައްޔާރުވެފައިވާ ކަރުނަތައް ފައިބައިގަތުމުގެ ކުރިން ޝައިން ސިހިފައި ބަލާލީ ޝައިން ގެ ކޮޑުގައި މީހަކު އަތް އަޅާލުމުންނެވެ.. ޝިބާންގެ މޫނަށް ބަލާލުމާއި އެކުހެން ލޮލުން ހޯސްލައިފައި ކަރުނަތައް ފައިބައިގަތެވެ.. ޝިބާން އަށް އެއީ ބަލަން އެހާ ފަސޭހަ މަންޒަރަކަށް ނުވުމުން ޝައިން ގެނެސް އަމިއްލަ މެއާލައި ބޮޑިކޮއްލިއެވެ.. ޝައިންގެ ހޫނު ކަރުނަތައް ޝިބާންގެ ގަމީސް ތެއްމަމުން ދިޔައެވެ. ޝައިންގެ ބޮލުގައި ފިރުމަމުން ދިޔަ ޝިބާން ސިހުނީ ފައިގެ ފަލަމަސް ގަޑާއި ދިމާލުން ޖިންސް […]
” މިބުނީ ދިރިއުޅުމަކީވެސް އެކަހަލަ ކަމެކޭ. އެއްދުވަހު ކަންތައްތައްދާގޮތަށް އަނެއްދުވަހު ނުގޮސްދާނެޔޭ. އެކަމު، ކެރިގެން ކުރިމަތިލައިފިއްޔާ ކާމިޔާބު ވުމަކީ އެކަށީގެންވާ ކަމެކޭ.” އަހަރެން މަޑުމަޑުން ބުނީމެވެ. ” ތިކަން އޮންނަނީ ތިހެން. އެކަމަކު ދިރިއުޅުމުގެ މާޒީގައި ދިމާވެފައިވާ ބައެއް ކަންތައްތަކުގެ ސަބަބުން ތިބުނާ ހިތްވަރު ހުރިހާ މީހުނެގެ ހުރޭބާ؟” ޝިފާ ކޮށްލީ ބޮޑު ސުވާލެކެވެ. ” ކީއްވެބާ ތިހެން ތިބުނީ؟ އަނެއްކާ ޝިފާގެ މާޒީގައި ލައްތަކެއް ޖެހިފަވަނީބާ؟” އަހަރެން މަޑުމަޑުން ބުނީމެވެ. ” ނޫނޭ. ތިހެނެއްވެސް ނޫން. […]
އޭނާ އަހަންނަށް ބަލާލިއެވެ. ހިނިތުންވެލިއެވެ. އެ މޫނު މަތީގައި އުފާވެރިކަމެއްނެތެވެ. ދިރުމެއް ނެތެވެ. ހިތަށް އެރިއެވެ. ކީއްވެގެން ހެއްޔެވެ؟ އެހެންވެދާނެ ހެއްޔެވެ؟ ފެންނަ ފެނުމަށް އެއީ ވަރަށް ރީތި އަންހެން ކުއްޖެކެވެ. ނަމެއް އަހަންނަކަށް ނޭނގެއެވެ. ހިތުގައި ސުވާލު މާރކެއްޖެހުނީ އަހަންނަށް ބަލާފައި ހިނިތުން ވެލިގޮތުންނެވެ. އަހަންނަށް ދެން ބަލާލެވުނީ ގަޑިއަށެވެ. އޭރު ރޭގަނޑު ދެގަޑި ބައިވަނީއެވެ. އަހަރެން ހުރީ އާރޓިފިޝަލް ބީޗްގެ ގޮނޑިއެއްގައި އިށީނދެގެންނެވެ. އޭނާ އިނީ އަހަރެން އިށީނދެގެން އިން ގޮޑިއާއި މާ ދުރުނޫން […]
” އޭނ. ދެ އަހަރުވަނިއްޔޭ.!” އަހަންނަށް ލިބުނު ކުއްލި ސިހުމުގައި ބުނެވުނީ އެހެންނެވެ. ” އާނ. ދެއަހަރު މިވަނީ.. ޝުދޫ އަހަންނަށް ވަރަށް ރަނގަޅު.. ޝުދޫ އަހަރެންދެކެ ވާނެ ކޮއްކޮއެއްދެކެ ވާލޯބި. މިވެސް ޝުދޫ މެލޭޝިޔާއިން ގެނެސްދިން ވާހަކަ ފޮތެއް.. ބޭބެމެންނަކަށް ނޭނގެދޯ ރަނގަޅު ރައްޓެހިން ހޯދާކަށް. އެހެންތާ ވާނީ އޮންލައިނުން ފުރަތަމަވެސް ދިމާވީމަ ހުށަހަޅާނީ ލޯބި. ނޭނގޭނެ މިވާހަކަ ދެއްކެނީ ކިހާވަރެއްގެ މީހަކާއި ކަންވެސް.” ސުހާ އޭނާގެ ވާހަކަ ފޮތް އަހަންނަށް ދައްކާލަމުން ވަރަށް […]
ގެއަށް ވަދެވުނުތަނާ އަފްރީން ދުވެފައި ގޮސް އޭނަގެ ކޮޓަރިއަށް ވަނެވެ. އަދި ދަބަހާއިއެކީ އޭނަގެ އެނދަށް އަރައި ދަބަހުގެ މެދު ބައިގެ ޒިބު ކަހާލިއެވެ. އަފްރީން ހީކުރިގޮތަށް ސިނާން އެ އެޅި އެއްޗެއް އެޅީ އެ ބަޔަށެވެ. ދަބަހުގެ އެބައިގައި ފަތްޖަހާފަ އޮތް އޭފޯ ސައިޒް ގަނޑެއް އޮތެވެ. އަފްރީން ކެތްމަދުވެފައިހުރެ އެ ގަނޑު ނަގައި ނިއުޅާލިއެވެ. އެއާއެކު އޭނަ ހުއްޓުން އެރިއެވެ. ކުރިމަތިން ފެންނަމުން ދިޔައީ އޭނަ ޓިއުޝަން ކުލާހުގެ މޭޒުދޮށުގައި ހުރިއިރު ނެގި ފޮޓޯއެއް […]
“ލިއު! ކިހިނެތް ވީތަ؟ ވަރަށް ހާސްވެޔޭ އެބަ… މީހަކު ކަމެއް ކުރީތަ؟ އަރީފު އެއްޗެކޭ ބުނީތަ؟!” އަހުނަފް ގެ އަޑު ދިޔައީ ފަހަރަކަށް ވުރެ ފަހަރެއް ގަދަ ވަމުންނެވެ. “ނޫން… އައި…” ލިއުޒާއަކަށް އަދިވެސް ވާހަކައެއް ނުދެއްކެއެވެ. “ޕްލީޒް ލިއު…” އަހުނަފްގެ އަޑުގައިވެސް މިހާރު ވަނީ ވޭނީ ކެކުޅުމެކެވެ. ލޯބިވާ މީހެއްގެ ރުއިމުގެ އަޑުއަހަން ކެތް ކުރެވޭނީ ކާކަށް ހެއްޔެވެ؟ “އައި.. އޭމް ޕްރެގްނެންޓް..” ލިއުޒާއަށް މިހެން ބުނެވުނީ ގިސްލް ގިސްލާފައެވެ. “ވަޓް؟!” އަހުނަފްއަށް ހަޅޭއްލަވައިގަނެވުނެވެ. އެއަޑު […]
ެ. އަލްމާޝްގެ ހަބަރެއް ނުވާތީ އަންޖޫ އެކޮޓަރިއަށް ދިޔައިރު އަރާމު ނިދީގައި އޮތް އަލްމާޝް ފެނުމުން ގޮވާހިތެއް ނުވިއެވެ. ގެއަށް މަދު އެއްޗެހި ގަތުމަށްޓަކައި އަންޖޫ ކަންމަތީގައި ހުރި ފިހާރައަށް ދިޔައީ ގޭދޮރު ތަޅުލާފައެވެ. ބޭނުންވާ ހުރިހާ އެއްޗެއް ގަނެގެން ފިހާރައިން ނިކުތް އަންޖޫ ސިއްސައިގެންދިޔައީ ފަހަތުން އަންޖޫގެ ނަމުން ގޮވާލުމުންނެވެ. ފަހަތަށް އެނބުރި ބަލާލިިއިރު ފަހަތުގައި ހުރި ފަޒްނާ ހުރީ ހެވިފައެވެ. ފަޒްނާ ހީކުރީ އަންޖޫއާއި އެކު އަލްމާޝްވެސް ހުންނާނެ ކަމަށެވެ. “ދައްތަ އެކަނިތަ… ކޮބާ […]