މާ ގިނައިރެއްނުވެ ނަޞްރާ ޝައުޤުވެރިވީ ޞުރުޙީގެ ތަފްޞީލު ކިޔަން ފެށިއެވެ. ތަފްޞީލު ނިމުނުއިރު ނަޞްރާއަށް އެނގުނު ގޮތުގައި އެޗް.އެން ނިއުސް އިން ދޮގު ޚަބަރެއް ފެތުރި ފުރަތަމަ ފަހަރަކީ މިއީއެއްނޫނެވެ. އެ ވާހަކަ އިވިފައި ނަޞްރާ އުނދުން ނިއްވާލަމުން ވިސްނުމެއްގެ ތެރެއަށް ގެއްލުނެވެ. ޔޫނުސް އެކަހަލަ ނޫހަކަށް މަސައްކަތްކޮށްދެނީ ކީއްވެބާއޭ ނަޞްރާގެ ހިތަށްއެރިއެވެ. ޔޫނުސްއަކީ އެހާ ގިނަގިނައިން ދޮގު ހަދާ މީހެއްކަމަށް ނަޞްރާއަށް އަދިވެސް ޤަބޫލެއް ނުކުރެވެއެވެ. މި ރޭޑިޔޯ ޗެނަލުން އަނެއްކާ “އެޗް.އެން ނިއުސް” އަށް […]
“ކީއްވެ ތިހެން ތި އެހީ… ދޮންތަގެ ވެޑިންގަ ހުންނަން ލުޔާ ބޭނުން ނުވާންވީ ކީއްވެ؟” ލުޔާ ވާހަކަ ދެއްކީ ވަރަށް މަޑުންނެވެ. އެއީ އަޑުލައި ވާހަކަ ދައްކައިފިނަމަ ޔިވާމްއަށް ހަގީގަތް އެނގިދާނެތީއެވެ. “ސުވާލަކަށް ޖަވާބެއް ނުދެމެންނު…” ލުޔާގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ޔިވާމް ބުނެލިއެވެ. “ޔިވާމް ދައްކަފާނެ ކޮންމެ ފަދަ ވާހަކައެއްވެސް… ދެން ސާބަސް!” ލުޔާ މަސައްކަތް ކުރަމުން ދިޔައީ އޭނާގެ އަޑުން އެއްވެސް އިހުސާސެއް ފާޅު ނުކުރުމަށެވެ. “ހްމމ، އޯކޭ އޭ… އަހަންނަށް ހީވި […]
“ކިހިނެއްވީ އިމޫ….؟؟؟” ބޭރުމަގުން ދުއްވަމުންގޮސް ކުއްލިއަކަށް އީމަން ސައިކަލް ހުއްޓުމުން ރާކިން އަހާލިއެވެ. އީމަން ޖަވާބެއް ނުދެއެވެ. ރާޅުގަނޑު ސަރަހައްދާ ދިމާއަށް އިނގިލި ދިއްކޮށްލީ އެއްޗެއް ދައްކާލާ ފަދައިންނެވެ. އެއްވެސް ޚިޔާލެއް ފިކުރެއްނެތި ރާކިން އެދިމާއަށް ބަލާލިއެވެ. ފެނުނު މަންޒަރުން އޭނާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ލޮލަށް ފެންނަމުން ދިޔަ މަންޒަރު ޤަބޫލުކުރަން ކިތަންމެ ބޭނުންނުވިކަމުގައިވިޔަސް، ފިރިހެނެއްގެ ކޮނޑުމަތީ ބޯއަޅާލައިގެން އެއިނީ ނާޔާ ނޫން ދެވަނަ އެހެން މީހެއް ނޫނެވެ. ރާކިން ސައިކަލުން ފޭބިއިރު އޭނާގެ ދެއަތްވަނީ […]
ދަރުހެއްދޭން އަންނަ ކޮންމެ މީހަކު ފަދައިން އެ އުސްތާޛާވެސް ވާހަކަ ފެށީ އަފްރީންގެ ބަހުރުވައިން “އެއްކަލަ ޢަރަބި ބަސްކޮޅުން”ނެވެ. އުސްތާޛާ އިނގިރޭސި ބަހުން ވާހަކަ ފެށީ ސުވާލަކުންނެވެ. އެއީ ލޯތްބަކީ ކޮބައިތޯއެވެ. އެ ސުވާލުކުރުމާއެކު އަފްރީންގެ ހަނދާނަށް އައީ ސިނާންއެވެ. އޭނައަށް ލަދުރަކި ގޮތަކަށް ހިނިތުންވެލެވުނު ވަގުތު އޭނަގެ ހުރިހާ ސަމާލުކަމެއް ކުރިއަށް ދެކެވޭނެ ވާހަކައަކަށް ދެވިފައިވިއެވެ. އުސްތާޛާ ދެން ފެށީ ލޯބީގެ އެކިއެކި މިސާލުތައް ދޭށެވެ. މައިންބަފައިންނާއި ދަރީންގެ ދެމެދުގައި ވާ ލޯތްބާއި، އެކުވެރިންގެ މެދުގައިވާ […]
“ހުއްޓާލާ ރާކިން… އިތުރަށް އެންމެ ބަހެއްވެސް ނުބުނާތި…!!!” ރާކިން ވާހަކަ ދައްކަން އުޅުމުން ދިމްޔާ އޭނާގެ އަތް ފޮޅުވާލަމުން މިހެން ބުނެލިއިރު އޭނާގެ މޫނުމަތީގައިވެސް ވަނީ ރުޅިވެރިކަމެވެ. ހައިރާންވީވަރުން ރާކިންއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ރާކިން ދިމްޔާ ދަންނަތާ މިހާރު ދެއަހަރު ވެއްޖެއެވެ. މިވީ ދެއަހަރު ދުވަހުގެ ތެރޭގައި އެކިގޮތްގޮތަށް އެކިހާދިސާތަކުގައި ރާކިންއާއި ދިމްޔާވަނީ ދިމާވެފައެވެ. އެހެނަސް ރާކިންގެ ކުރިމަތީގައި ދިމްޔާ ބަހެއް ބުނި މީ ފުރަތަމަ ފަހަރެވެ. އެވެސް ހަރުކަށިކޮށެވެ. “ރާކިން އަށް ހީވަނީތަ އަހަރެން މިއުޅެނީ […]
” އެވާހަކަޔަކީ..” އަހަރެންގެ ބޭނުމަކީ ނީނާ ޝައުޤްވެރިކުރުވުމެވެ. ” ދެން ބުނެބަލަ.” ނީނާ ބޭނުންވީ އަހަރެން ބުނަނީ ކީކޭތޯ އަޑު އަނހާށެވެ. ” އެވާހަކަޔަކީ އަހަރެންގެ ހިތުގައި ނީނާއަށް ލޯބި އުފެދިއްޖެ. އަހަރެންނަށް ނޭނގިނަމަވެސް، ނީނާދެކެ ލޯބި ވެވިއްޖެ. ނިނާ ލޯބިވޭތަ އަހަރެން ދެކެ؟” ނީނާގެ ލޮލަށް ބަލަހައްޓައިގެން ހުރި އަހަރެން ބުނީމެވެ. ” ތިކަމާއި އަހަރެން ބުނާނީ ދެން ކީކޭ؟ ކުއްލިއަކަށް ޖަވާބެއް ނުދެވޭނެ. އަހަންނަށް ވަގުތު ކޮޅެއް ބޭނުންވާނެ.” އިސްދަށަށް ޖަހާލަމުން ނީނާ […]
” އައިލަވްޔޫ. ސަމް.” އަހަންނަށް ފެނުނީ އެޖުމްލައެވެ. ރަނގަޅަށް ފޮޓޯގަނޑު ބަލާލަން އުޅެނިކޮށް ބޮސް އަހަންނަށް ގުޅައިފިއެވެ. އެހެންވެ އަވަސް އަވަހަށް ފޮޓޯ ގަނޑު ސިޓީއުރައަށްލުމަށްފަހު ފޯންނެގީމެވެ. ” ކޮބާ. ހުރިހާ ކަމެއްނިމުނީތަ؟” ބޮސް އަނހާލިއެވެ. ” އާދެ. ނިމިއްޖެ.” އަހަރެން ބުނީމެވެ. ” ދެން އަވަހަށްދޭ ގެއަށް. ހަނދާންކޮށް މިރޭ މާޔާ ރިސީވްކުރާތި.” ބޮސް އެހެން ބުނެފައި ފޯން ބޭއްވިއެވެ. އަހަރެން އަވަސް އަވަހަށް މާޔާގެ ކޮޓަރިން ނިކުމެގެން ދިޔައީމެވެ. ލިފްޓުން ތިރިއަށް އަހަރެން […]
ދޮރުން ވަދެގެން އައި މާޔާ ފެނިފައި އަޔާންއަށްވެސް އިން ތަނުން ތެދުވެވުނެވެ. މާޔާ އަޔާން އަށް ހިނިތުންވެލުުމަށްފަހު އައިސް އަޔާން ކައިރިގައި ހުއްޓިލިއެވެ. “އަޔާން.. މިތާ..” “އާން އަހަރެން މަސައްކަތް ކުރަނީ މިތާ.. ކުރިން މާޔާއެއް ނުފެނޭ ދެން..” “އާން އަދި އޭ މިޖޮއިން ވީ އަޔާން ވަރަށް ގިނަ ދުވަސް ވެއްޖެތަ..” “ނޫން އަހަރެން މިކޮޅަށް އައީ މިތަނުން ޖޮބް ހަމަޖެހުނީމަ އަދި ނުކުންނަން ފެށިތާ މާގިނަ ދުވަހެއް ނުވޭ..”އަޔާން މާޔާއަށް އޮޅުން ފިލުވައިދިނެވެ. މާޔާ […]
ނިދަން ތައްޔާރުވެ އާދައިގެ މަތިން ކަޅު ހެދުމެއް ލައިގެން އެނދުގައި އޮށޯތް ނަޞްރާއަށް ނުނިދެނީސް ޔޫނުސް ކޮޓަރިއަށް ވަދެގެން އައެވެ. ޔޫނުސް ފާޚާނާއަށްވަދެ ހެދުން ބަދަލުކޮށްލައިގެން ކޮޓަރީގައި ފަނޑު ބޮތްކެއް ދިއްލާލަމުން އައިސް އެނދުގައި އޮށޯތްއިރު ވެސް ނަޞްރާއަކަށް ނުނިދެއެވެ. ޔޫނުސް އޮށޯތްތާ އިރުގަނޑެއްފަހުން ނަޞްރާ އޭނަގެ ލޯ ހުޅުވާލިއެވެ. ޔޫނުސް އޭނައާއި ދިމާލަށް މޫނުވާ ގޮތަށް އޮތްތަން ފެނިފައި ނަޞްރާއަށް ނޭނގޭ އުފަލެއް ލިބުނެވެ. ޔޫނުސް ދެލޯ މެރިފައި އޮތް ގޮތުން އޭނަ އޮތީ ގަދައަށް […]