(މިއީ، އަޅުގަނޑު ކުރިން މި ސައިޓް ގައި ޝާޢިއު ކުރި ކުރުވާހަކަ ‘ގޮތް ހުސްވެފައި..’ ގެ ދެވަނަ ބާބެވެ. މިއީ އަދިވެސް ހިނގަމުން ދާ ހާދިސާތަކެއް ކަމުގައިވާތީ، މި ހާދިސާތައް ވާހަކައެއްގެ ވަކި ވަކި ބާބު ތަކެއްގެ ސިފައިގައި ކުރިއަށް އޮތް ތާނގައި ގެނެސްދޭނެ ވާހަކަ ދަންނަވާލަމެވެ.) އަހަރެން އަދިވެސް މިއޮތީ އެނދުމަތީގައެވެ. އެނބުރެމުންދިޔަ ފަންކަލުގެ ފިޔަތަކަށް ބަލަހައްޓައިގެން އޮތް އިރު އަހަރެންގެ ސިކުނޑިތެރޭ ހިޝާމްގެ ނަން އެނބުރެމުން ދިޔައީވެސް އެ ފަންކަލުގެ ފިޔަތައް ފަދައިންނެވެ. އަހަރެންގެ […]
ހަމްނާ ގެއަށްދިޔަ ގޮތަށް ކޮޓަރިއަށްވަދެ ބަންލާފައި ދޮރު ޖެހިއެވެ. އަތުގައި އޮތް ދަބަސް އެނދު މައްޗަށް އެއްލާލުމަށްފަހު ދެއަތުން ބޮލުގައި ހިފަހައްްޓާލުމަށްފަހު އެނދުމަތީގައި އިށީނެވެ. އޭރު އޭނާގެ ހިތަށް ވެރިވެފައިވާ ރުޅިގަނޑު ދެލޮލުންނާއި މޫނުން ފާޅުވާން ހުއްޓެވެ. އަޔާން އެގޮތަށް ކަންތައް ކޮންފާނެ ކަމަކަށް އެއްފަހަރުވެސް ހަމްނާގެ ހިތަކަށް ނާރައެވެ. “މާޔާއާ އަޔާންގެ އޮތީ ކޮން ގުޅުމެއްބާ… އަނެއްކާ އެދެމީހުން..” ހަމްނާ ދެފަރާތަށް ބޯހޫރާލީ ހިތަށްއެރި އެއްޗެއް ގަބޫލުނުކުރާ ފަދައަކުންނެވެ. ފާއިތުވަމުންދާ ކޮންމެ ދުވަހަކީ މާޔާއާއި އަޔާންގެ […]
އެހެންދުވަސްދުވަހާ ޚިލާފަށް މިއަދު މާވަރަކަށް ރާކިން އޭނާއަށް ބަލާހެން ދިމްޔާއަށް ހީވިއެވެ. ނަމަވެސް އެތޫނު ދެލޮލުން މިއަދު ފެންނަނީ ލާނެއްކަމެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލްވާވަގުތު ތުންފަތަށް ލާނެއް ހިނިތުންވުމެއް ވެރިވާކަންވެސް ދިމްޔާއަށް ފާހަގަކުރެވުނެވެ. ކުއްލިއަކަށް ރާކިންގެ މޫޑު މިހާރަނގަޅުވީ ކީއްވެބާއޭ ދިމްޔާގެ ހިތަށް އެރިއެވެ. ރާކިން އެހާވަރަށް ބަލާތީ ދިމްޔާ ލަދުގަތެވެ. އިސާހިތަކު އޭނާގެ ދޮންމޫނަށް ޖަންބުކުލަ ވެރިވެގަތެވެ. ރާކިން މާވަރަކަށް ބަލާތީ ކައިރީގައި ހުރި ރުހާގެ ފަހަތަށްވަދެ ދިމްޔާ ނިވާވެލިއެވެ. އޭރުވެސް ރާކިން ހުރީ ލާނެއްގޮތަކަށް […]
ފުދޭ ވަރެއްގެ ދިގު ޗުއްޓީއަކަށްފަހު މިއަދަކީ ނިމާން ވަޒީފާއަށް ނިކުތް ދުވަހެވެ. އަލްމާޝް ވިހަން މެލޭޝިޔާއަށް ދިޔަފަހުން އަންޖޫވެސް އިންޑިޔާއިން އައީ މީގެ ތިން ވަރަކަށް ދުވަސް ކުރިންނެވެ. އެތައް ދުވަހެއްފަހުން ނިމާން ފެނުމުން ދީމާ ހުރީ ފާޑަކަށް ހީލައިގެންނެވެ. އެހީލުމުގައި ވަނީ މަލާމާތެވެ. އޮފީސްތެރޭގައި ކުޑަކަމެއް ނިންމާލުމަށްފަހު ބޭރަށް ނިކުންނަން ދިމާކުރި ނިމާން ސިއްސައިގެން ދިޔައީ ކުރިމަތިން ދީމާ ފެނުމުންނެވެ. “ހޫނނ މިޖެހުނީ ކަންތަކާ… ދެން ލާހިކެއް ނޫން މި އަންހެނާ ކައިރިން އެހާ ފަސޭހައިން […]
“އަސްލުވެސް މަތީނު ޝިޔާނާގެ ކޮއްކޮ ހާދަ ރީއްޗޭ…. ހުންންން… މި ކޮފީވެސް އެހާމެ މީރު… މަ ބޭނުމީ މިކަހަލަ ހޫރު ޕަރީއެއް” ޝާޑް ތަޢުރީފްގެ ބަސްތައް އައީ ފަހަރެއް ފަހަރަކަށް ގިނަ ވަމުންނެވެ. މުއާޒްވެސް ޝާޑާއި އެއްބައިވެފައި ބުންޏެވެ. “ދޮގެއްވާ ނޫން… މިހާ މީރު ކޮފީއެއް އަދި ނުބޮން..” މަތީން ވެސް ހިނިތުންވެލިއެވެ. އަދި ތެދުވެ ހިނގައިގަތީ ކޮޓަރިޔާ ދިމާލަށެވެ. ހުކުރު ދުވަސް ސިއްސައިގެންދިޔައީ ދޮރުގައި ބާރުބާރަށް މީހަކު ޓަކި ޖަހާލުމުންނެވެ. ޝިޔާނާ އަވަސްއަވަހަށް ޓޮޕްކޮޅު ރީތިކޮށްލުމަށްފަހު […]
ލައިބްރަރީއަށް ވަދެގެން އައި ރާކިންގެ ދެލޯ އަވަސް ހަރަކާތަކާއިއެކު އަމާޒުވީ އެމީހުން އާންމުކޮށް އިށީންނަ ދިމާއަށެވެ. އެންމެފުރަތަމަވެސް ރާކިންގެ ލޮލުގައި އަޅައިގަތީ ދިމްޔާއެވެ. ދިމްޔާގެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބާތަން ފެނުމުން ރާކިންގެ މެޔަށް ނުބައި ގޮތެއް ވެގެން ދިޔައެވެ. ރާކިން އަވަސް ފިޔަވަޅުތަކަކާއިއެކު ދިމްޔާމެންނާއި ދިމާއަށް ހިނގައިގަތެވެ. އޭރު ރުހާ އާއި ޖަޒްލީ ދިމްޔާގެ ދެފަރާތުގައި ތިއްބެވެ. ރުހާ އިނީ ދިމްޔާގެ އަތުގައި ހިފަހައްޓާލައިގެންނެވެ. އާހިލްއާއި އިދާމްވެސް އެތާގައި ތިއްބެވެ. “ދިމް… ދިމް ކީއްވެ ތިރޮނި….؟؟؟ […]
“ދޮންތަ ދޮންތާ މަޑުކޮށްބަލަ. އެއީ ކޯޗެއް؟” އަފްރީން ނަޞްރާގެ އަތް ދުރުކޮށް ފޯނު ތިރިއަށް ސްކްރޯލްކޮށްލަމުން އަނެއްކާވެސް އެއްކަލަ ވީޑިޔޯގެ ނަމަށް ބަލާލިއެވެ. އެއީ ލެކްޗަރެއްގެ ވީޑިޔޯއެއްކަން އޭގައި ހުރި ފޮޓޯއިން އަފްރީންއަށް އެނގުނެވެ. ނަމަވެސް އެއީ ކުރު ވީޑިޔޯއެކެވެ. އެއަށް ދެވިފައި އޮތީވެސް އާދަޔާ ޚިލާފު ނަމެކެވެ. އެ ނަމުގައި އޭތި ވަރަށް މަޖާވާނެ ވާހަކަވެސް އޮތެވެ. އަފްރީން އެ ވީޑިޔޯގެ ނަމުގައި އިނގިލި ޖައްސައި އޭތި ހުޅުވާލިއެވެ. އެ ވީޑިޔޯ ފެށިގެން ދިޔައީ ލެކްޗަރެއްގެ […]
ދެއަތް ދެއަތާ ޖޯޑުވެފައިވާ ވަރުން އަތުން ދާހިއްލަމުން ދިޔައެވެ. ހިތް ހާސް ވެފައި ހުރިވަރުން މުޅި މީހާ ތުރު ތުރު ލާހެން ހީވިއެވެ. ދައްކަން އުޅޭ ވާހަކަ އާއި މެދު ވިސްނަން އިން ޝައިން އަށް ޝިބާން ބައްޕަ ބުނި ވާހަކަ އަޑު ނީވުނެވެ. “ޝައިން” ޝިބާން ބައްޕަގެ ބާރު އަޑުން މުޅި އެޕާރޓްމެންޓް އެކީ އެކައްޗަށް ގުގުމައިގެން ދިޔައެވެ … “ހިޔާލަށް ގެއްލިފައި އިން ޝައިން ދިޔައީ ސިއްސައިގެންނެވެ. ކުއްލިއަކައް ބަލާލެވުނީ ޝިބާން ބައްޕަގެ މޫނަށޭށްވެ. […]
ވެހޭ ވާރޭ ތެރެއިން ޝިޔާނާ ހުރީ މުޅިން ތެމި ފޯވެފައެވެ. ފިނިކަމުން މުޅި މީހާ ތުރުތުރުލަނީއެވެ. ނަމަވެސް ޝިޔާނާ ހުރީ ގޭތެރެއަށް ވަންނަ ޚިޔާލެއްގައެއް ނޫނެވެ. ވެހެމުން ދިޔަ ބޯވާރޭގެ ތެރޭގައި ޝިޔާނާއާއި އޭނާގެ ކޮއްކޮ ތެމެންނުކުތީ ވާރެޔާ ނުތެމޭތާ ގިނަ ދުވަސްތަކެއް ވެފައިވާތީވެ، ވާރޭގައި މަޖާކޮށް ސަކަރާތްޖަހާށެވެ. މިއަދަކީ ސާނިޔާގެ ޖީ.ސީ.އީ އޯލެވެލް އިމްތިހާނު ނިމުނު ދުވަސް ކަމުން އެ ދެބެއިން ތިބީ ޝިޔާނާގެ ފިރިހެން ދަރިފުޅު ޒާން ގޮވައިގެން ހިނގާލަންދާން ރާވައިގެންނެވެ. ނަމަވެސް މޫސުންގޯސްވެ […]