Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ދިމްޔާ (7 ވަނަ ބައި)

Eemyaa Level 810 Stories100 Comments100 Login500 Comments100 Stories500 Login
August 27, 2015 7 Mins Read
62 Comments

ލައިބްރަރީއަށް ވަދެގެން އައި ރާކިންގެ ދެލޯ އަވަސް ހަރަކާތަކާއިއެކު އަމާޒުވީ އެމީހުން އާންމުކޮށް އިށީންނަ ދިމާއަށެވެ. އެންމެފުރަތަމަވެސް ރާކިންގެ ލޮލުގައި އަޅައިގަތީ ދިމްޔާއެވެ. ދިމްޔާގެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބާތަން ފެނުމުން ރާކިންގެ މެޔަށް ނުބައި ގޮތެއް ވެގެން ދިޔައެވެ. ރާކިން އަވަސް ފިޔަވަޅުތަކަކާއިއެކު ދިމްޔާމެންނާއި ދިމާއަށް ހިނގައިގަތެވެ. އޭރު ރުހާ އާއި ޖަޒްލީ ދިމްޔާގެ ދެފަރާތުގައި ތިއްބެވެ. ރުހާ އިނީ ދިމްޔާގެ އަތުގައި ހިފަހައްޓާލައިގެންނެވެ. އާހިލްއާއި އިދާމްވެސް އެތާގައި ތިއްބެވެ.

“ދިމް… ދިމް ކީއްވެ ތިރޮނި….؟؟؟ ކިހިނެއްވީތަ ދިމް…؟؟؟” ދިމްޔާމެންގެ ގާތަށް އައިސް ރާކިން އަހާލިއެވެ. ދިމްޔާގެ ޖާދުވީ ދެލޮލުން ކަރުނަ ހިލިފައިވާތަން ފެނުމުން ރާކިންގެ ހިތަށް ތަދުވަނީއެވެ. އޭނާގެ ދެލޯވެސް ވަނީ ފެންކަޅިވެފައެވެ. ރާކިންގެ ހާލުފެނި އާހިލްގެ ހިތް ހަމްދަރުދީއިން ފުރުނެވެ. ރާކިން ދިމްޔާ ދެކެ ލޯބިވާވަރު އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. ރާކިންގެ އަތުގައި ހިފަހައްޓާލަމުން އާހިލް އެދުނީ ގޮނޑީގައި އިށީނުމަށެވެ. ގޮނޑީގައި އިށީންނަނަމުން އަނެއްކާވެސް ދިމްޔާއާއި ސުވާލުކޮށްލަން އަންގަހުޅުވާލިވަގުތު ރާކިންގެ ދެލޮލުގައި އަޅައިގަތީ ދިމްޔާގެ ކަންފަތްކައިރި ނިއްކުރިމަތީ އިސްތަށިގަނޑުން ފޮރުވާލެވިފައިވާ ބެންޑޭޖްގަނޑެވެ.

“މީ ކޮންކަމެއް…؟؟؟” ބެންޑޭޖްގަނޑުމަތީގައިވާ އިސްތަށިތައް އެއްފަރާތްކޮށްލަމުން ރާކިން އަހާލިއެވެ. ނަމަވެސް ދިމްޔާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. އޭރުވެސް ހުއްޓުމެއްނެތި ދިމްޔާގެ ލޮލުން ކަރުނަ އަންނަމުން ދިޔައެވެ.

“ޕްލީޒް…. ދިމް ވާހަކަ ދައްކަބަލަ… ކޮންމެވެސް މީހަކު ބުނެބަލަ ކިހިނެއްތަ ވެގެން މިއުޅެނީ…..؟؟؟؟” ރާކިންގެ ސިކުނޑި ސުމަކަށް ދާންފެށުމުން ރުޅިގަދަވާ ގޮތްވިއެވެ.

“ނޭނގެ އަހަރެމެންނަކަށްވެސް….. ދިމް ނުރޮއެ ބުނީމައެއްނު އިނގޭނީ ވެގެން އުޅޭގޮތެއް….” ރުހާ މަޑުމަޑުން ބުނެލިއެވެ. އޭނާވެސް އިނީ ވަރަށް ދެރަވެފައެވެ.

“އަހަރެން މިއަހަނީ ކިހިނަކުންހޭ ދިމްގެ ނިއްކުރި ފަޅައިގެން ދިޔައީ….؟؟؟ އަޑެއް ނީވޭތަ…؟؟؟” މޭޒުމަތީ އަތް މުށްކަވާފައި ޖަހާލަމުން ރާކިން އަހާލީ ހަރުކަށި ގޮތަކަށެވެ. އޭނާގެ ދެލޯ އަމާޒުވެފައިވަނީ ދިމްޔާއަށެވެ. އާހިލް ރާކިންގެ ކޮނޑުގައި އަތް ބާއްވާލީ ހަމަޖެހޭށޭ ބުނަމުންނެވެ. ދިމްޔާ ސިހިފައި ރާކިންއާއި ދިމާއަށް ބަލާލިއިރު އެދެލޮލުގައި ވަނީ ބިރުވެރިކަމެވެ. ދިމްޔާ އަބަދުވެސް ރާކިންގެ އެފަދަ ހަރަކާތްތަކަށް ބިރުގަނެއެވެ.

“ފަޅައިގެން ދިޔައީ….” ދެލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލަމުން އިސްޖަހައިލައިގެން އިނދެ ދިމްޔާ ބުނެލީ ކުރަކިވެފައިވާ އަޑަކުންނެވެ.

“ކިހިނަކުން…..؟؟؟؟” އެންމެނަށް އެކީ ކަހަލަ ގޮތަކަށް އަހާލެވުނެވެ. ދިމްޔާ ވަކި ވަކިން އެންމެންގެ މޫނަށް ބަލާލުމަށްފަހު އިސްޖަހާލިއެވެ.

“ފާރުގައި ޖެހި ބޯފަޅައިގެން ދިޔައީ….” އެއިންގޮތަށް އިނދެ ދިމްޔާ ބުނެލިއެވެ.

“ޝާއިންގެ ކަމެއް ދޯ….” އިދާމް މިހެން އަހާލުމުން ދިމްޔާ އެއިން ގޮތަށް އިނދެ ބޮލުގެ އިޝާރާތުން އާނއެކޭ ބުނެލިއެވެ.

“އަނެއްކާވެސް ޝާއިންއާއި ދެމީހުން މައްސަލަ ޖެހުނީތަ….؟؟؟” އިދާމްގެ ވާހަކައާއި ގުޅުވާލައިގެން ޖަޒްލީ މިހެން އަހާލުމުން ދިމްޔާ ދެންވެސް އަނގަޔަކުން ނުބުނެއެވެ. އާނ އެކޭ ބުނެލީ ބޮލުގެ އިޝާރާތުންނެވެ.

“ކީކޭ..؟؟؟ ތީގެ މާނައަކީ ދިމްގެ ބޯފަޅައިގެން ދިޔައީ ޝާއިންގެ ސަބަބުންނޭތަ….؟؟؟؟” އިދާމްގެ މޫނަށް ބަލާލަމުން ރާކިންއަށް އަހާލެވުނެވެ.

“ޝާއިން ދިމްއަށް އަނިޔާވެސް ކުރޭތަ…؟؟؟” އެންމެންގެ މޫނަށް ބަލާލަމުން އާހިލްއަށްވެސް މިހެން އަހާލެވުނީ ޤަބޫލުކުރަން ދަތިވެފައި  އިނދެއެވެ.

“ހޫމް…. ޝާއިން އާއި ދިމްއާއި މައްސަލަ ޖެހޭ ކޮންމެ ފަހަރަކު ދިމްއަށް ކޮންމެވެސް އަނިޔާއެއް ދޭނެ…. އަހަރެން ހިތަށް އަރާ އެއީ ކޮންކަހަލަ ފިރިހެނެއްބާވައޭ…. ހިތަށް އަރާ ގޮސް އޭނަގެ އަތް ބިންދާލަފާނަމޭ….. އަހަރެން….”  ޖަޒްލީގެ ޖުމްލަ މެދުކަނޑާލީ ދިމްޔާ އޭނާގެ އަތުގައި ހިފެހެއްޓުމުންނެވެ.

“ޖަޒް…. އިނގޭތަ ތިކިޔޭ އެއްޗެއް….؟؟؟ އަހަރެން ބޭނުމެއް ނޫން އެކަކުވެސް ޝާއިންއާއި ދިމާއަށް އެކަހަލަ އެއްޗެހި ކިޔާކަށް….؟؟؟؟” ދިމްޔާ މިހެން ބުނެލީ ހިތްހަމަ ނުޖެހިފައި އިނދެއެވެ. ދިމްޔާގެ އެޖުމްލައިން ރާކިންއަށް އުނދަގޫވީ ދިމްޔާ ޝާއިންދެކެ ލޯބިވާވަރު ހާމަވުމުންނެވެ.

“ދިމް ޖަޒްލީ އެބުނީ ހަމަ ރަނގަޅަށް…. އޭނަ ދިމް ދެކެ ލޯބިވާނަމަ ތިގޮތަކަށް ކަންތަކެއް ނުކުރާނެ…. އެވަރުންވެސް ދިމްއަށް އޭނަވަރެއް ނެތް ދޯ…. އަހަރެން މީ ދިމްނަމަ މިހާރު އޭނައާއި ވަކިވާނަން…. އަހަންނަކަށް ނުވިސްނޭ ދިމް ތިހާލުގައިވެސް އޭނައާއި އެކީ ތިއުޅެނީ ކީއްވެކަމެއް….” ދިމްޔާ ޝާއިން ދިފާއު ކުރާތީ ރުހާ އިނީ ހިތްހަމަ ނުޖެހިފައެވެ.

“އެއީ އަހަރެން ޝާއިން ދެކެ ލޯބިވާތީ…. ރުހާމެނަށް އަދި ނުވިސްނެނީ…. ލޯތްބަކީ ކުޅޭ ކުޅިވަރެއް ނޫނޭ…. ދެމީހުން ދޭތެރޭ ހަމަ މައްސަލައެއް ޖެހޭއިރަށް އެވީ ރުޅިވާންތަ….؟؟؟؟” ދިމްޔާގެ ދުލުން ނުކުތް ކޮންމެ ޖުމްލައެއްވެސް ވީ ރާކިންގެ ހިތް އިތުރަށް ޒަހަމްކޮށްލާފަދަ ޖުމްލަތަކަކަށެވެ.

“އެހެން ވީއިރު ލޯތްބަކީ ހަމަ ކަމެއް ވާއިރަށް އަނިޔާ ކުރުމެއްވެސް ނޫން…. އަހަރެމެން މީ އަންހެނުންނެއް ކަމަކު އަހަރެމެންގެ ހައްޤުތަކެއްވެސް އޮންނަންވާނެ… ދިމް ތިއުޅެނީ އަދި ލޯބީގެ ފޮނިމީރުކަން ނޭނގިގެން….” ދިމްޔާގެ އަތުގައި ހިފާލަމުން ޖަޒްލީ ބުނެލިއެވެ. ޖަޒްލީމެންގެ ކައިރީ ކުރި ނުހޯދޭނެކަން އެނގޭތީ ދިމްޔާ އަނގައިން ނުބުނެ އިނީއެވެ.

ސިޓިންރޫމްގައި ޓީވީ ބަލަން އޮތް އީމަން ސިހިގެންދިޔައީ ރާކިންގެ ކޮޓަރީގެ ދޮރު ވަރަށް ބާރަށްލެއްޕި އަޑަށެވެ. މިއަދު ކޮލެޖުގައި ދިމްޔާމެންގެ މެދުގައި ހިނގާދިޔަ ބަހުސްގެ ސަބަބުން ރާކިންގެ ސިކުނޑިވަނީ ސުމަކަށް ގޮސްފައެވެ. ދިމްޔާގެ ވާހަކަ ހުރިގޮތުން އޭނަ ޝާއިންދެކެ ލޯބިވާވަރު ރާކިންއަށް ވަރަށް ރަނގަޅަށް ހާމަވެގެންދިޔައެވެ. މިހާރު ޔަޤީނާ ގާތަށް އޭނާއަށް ދިމްޔާ ނުލިބޭނެކަން އެނގުމުން ރާކިންގެ ރުޅިގަދަވީއެވެ. އެހުރިހާ ރުޅިއެއްވެސް ބޭލުނީ ކޮޓަރީގެ ދޮރަށެވެ.

ޓީވީ ނިވާލުމަށްފަހު އަވަސް ހިނގުމެއްގައި ހިނގާލާފައި ގޮސް އީމަން ރާކިންގެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އޭރު ކޮލެޖުން އައި ގޮތަށް ރާކިންގެ ދަބަސް އޮތީ ސޯފާއަށް އެއްލާލާފައެވެ. ލައިގެން ހުރި ހުދު ގަމީސްވެސް އޮތީ ތަޅުންމަތީގައެވެ. ރާކިން އޮތީ އެނދުމަތީ އުއްޑުން އޮށޯވެގެންނެވެ. ބާމަތިފުޅާ ފިރިހެންވަންތަ ހަށިގަނޑު އޮތީ ހާމައަށް ފެންނާށެވެ. ދެއަތް ފުޅާކޮށްލައިގެން އޮތްއިރު ތޫނު ދެލޯވަނީ މަރާލެވިފައެވެ. ކޮޓަރިތެރޭގައި އޭސީގެ ފިނިކަން ހިފާލާފައިވީނަމަވެސް ނިއްކުރިމަތީގައި ދާތިކިތައް ޝަބުނަމްގެ ތިކިތަކެއް ފަދައިން ވިދަމުން ދިޔައެވެ. ލައިގެން އޮތް ޖީންސްގެ ޖީބުގައި އޮތް ފޯނު ހުއްޓުމެއްނެތި ރިންގުވަމުން ދިޔައެވެ. ރާކިންއަށް ބަލާލުމަށްފަހު އީމަން ދެފަރާތަށް ބޯހޫރާލީ ކޮންމެވެސް ކަމަކާ ހިތްހަމަ ނުޖެހިފައި އޮތްކަން އެނގުމުންނެވެ.

“ރެކް ފޯނު ރިންގުވަނީއެއްނު….” ރާކިންއަށް ގޮވާލަމުން އީމަން މިހެން ބުނުމުން ރާކިން ދެލޯ ހުޅުވާ ބަލާލިއެވެ. އަދި ދޮރުމަތީ ހުރި އީމަން ފެނުމުން ތެދުވެ ހަމަޖެހޭގޮތް ދެއްކުމަށްޓަކައި ހީލިއެވެ. އެއަށްފަހު ފޯނަށް ޖަވާބު ދިނެވެ. ރާކިން ފޯންކޯލް ނިންމާލުމުން އީމަން އެތެރެއަށްވަދެ ސޯފާގައި އިށީނދެލިއެވެ.

“ކޮންކަމަކާ ހިތްހަމަ ނުޖެހިގެން އުޅޭ ދުވަހެއް….” އީމަން އަހާލީ ބޭބެއަކު ކޮއްކޮއެއް ގާތުގައި އަހާލާފަދަ ގާތް ގޮތަކަށެވެ. ރާކިން ކަމެއް ނުވެއޭ ބުނަމުން ތަޅުންމަތީގައި އޮތް ގަމީސް ނަގާ ކޮނޑެއްގައި އަޅުވާލިއެވެ.

“އަހަރެން ގާތުގައިތަ ތިބުނީ ކަމެއް ނުވެއޭ….؟؟؟” ބުމަ އަރުވާލަމުން އީމަން މިހެން ބުނުމުން ރާކިން އީމަންއަށް ބަލާލަމުން ހީލިއެވެ. އެއަށްފަހު އެނދުގައި އިށީނެވެ.

“އަނެއްހެން ކަމެއް ނުވޭ… އިމޫ އަހަރެން ސުވާލެއް ކޮށްލަންތަ….؟؟؟” އީމަންއަށް ބަލާލަމުން ރާކިން މިހެން އަހާލުމުން ސުވާލައިގެން ކުރިއަށް ދިއުމަށް އީމަން ބުނެލިއެވެ.

“މިޒަމާނުގައި ރަށްޓެހިވެގެން އުޅޭ ފިރިހެން ކުއްޖާ އަންހެން ކުއްޖާއަށް އަނިޔާ ކުރޭތަ….؟؟؟” ރާކިން މިސުވާލު ކުރުމުން އީމަން ރާކިންއަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.

“ބައެއް ފަހަރު އެކަހަލަ ހާދިސާތަށްވެސް ހިނގާ…. އެކަމަކު ރެކް ކީއްވެ ތިހެން ތިއެހީ…؟؟؟” ރާކިންގެ ސުވާލަށް ޖަވާބު ދިނުމަށްފަހު އީމަން ރާކިންއަށް ވެސް ސުވާލެއް ރައްދު ކުރިއެވެ.

“އެއީ އަހަރެންގެ ކޮލެޖު ކުއްޖަކަށް އެކަހަލަ ކަމެއް ދިމާވީމަ…. އަހަރެން ބޭނުން އޭނަ އެކަމުން ސަލާމަތްކުރަން…. އެކަމަކު އޭނަ ހީވަނީ އެފިރިހެން ކުއްޖާދެކެ ވަރަށް ލޯބިވާހެން….” ދެއަތުގެ އިނގިލިތައް ތަގުޅިކޮށްލުމަށްފަހު ދަތްދޮޅީގައި ވިއްދާލަމުން ރާކިން އަހާލިއެވެ.

“އަހަހާ… އަނެއްކާ ކޮންކުއްޖެއް އެއީ… ކުރީ ދުވަހު ސަލާމަތްކޮށްދިން ކުއްޖާތަ….؟؟؟؟” ލާނެއް ގޮތަކަށް ހީލަމުން އީމަން އަހާލިއެވެ.

“އެއްކަލަ އިމޫ… އަހަރެން ވަރަށް ސީރިޔަސް ކޮށްށޭ މިއެހީ…. ބުނެބަލަ….” ރާކިން ރުޅިއައިކަމަށް ހަދާލިއެވެ.

“ހޫމް…. އަހަންނަށް އެނގޭ ސީރިޔަސްކަން ކޮޓަރީގެ ދޮރު ލެއްޕިލެއް ބާރުކަމުންވެސް…. އަހަރެންގެ ސުވާލަށް ޖަވާބު ދިނީމަ ބުނާނީ…..” އީމަން ގަދަކޮށްލިއެވެ.

“ހޫމް އެއީ ކުރީ ދުވަހު ސަލާމަތްކޮށްދިން ކުއްޖާއޭ…. ދެން ބުނެބަލަ….” ދަތްކުނޑިވިކާލަމުން ރާކިން މިހެން ބުނުމުން އީމަން ކަންތައް ކުރަން ވީގޮތް ރާކިންއަށް ކިޔައިދިނެވެ.

ޖެހިގެން އައި ދުވަހު ކުލާސް ނިންމާލުމަށްފަހު ދިމްޔާއާއި އޭނާގެ އެކުވެރިން ޤައުމީ ކުތުބުޚާނާއަށް ދިޔައީ ޕްރޮޖެކްޓެއް ހެދުމަށްޓަކައި ބޭނުންވާ، ވަރަށް ކުރީގެ ފޮތްތަކަކުން މަޢުލޫމާތު ހޯދުމަށްޓަކައެވެ. ޕްރޮޖެކްޓަށް ބޭނުންވާ ވަރަށް މަޢުލޫމާތު އެއްކުރެވުމުން ކައިރީގައި ހުރި ފިހާރައަކުން ފިނިބުއިމެއް ގަނެގެން އައިސް ސަލަޓަންޕާކުތެރޭ ތިބީ ކުޑަކޮށް މަޖާކޮށްލުމުގެ ބޭނުމުގައެވެ. ދިމްޔާގެ މޫޑުވެސް މިއަދުވަނީ މުޅިން ރަނގަޅުވެފައެވެ.

ރާކިންއާއިއެކު ދިމްޔާ އެހެންމީހުންނާ ތަންކޮޅެއް ދުރަށް ޖެހެލީ ރާކިން ވާހަކައެއް ބުނަން ބޭނުންކަމުގައި ބުނުމުންނެވެ. އެހެންމީހުންވެސް އެކަން މާބޮޑުކަމަށް ނުހަދާ ސަކަރާތްޖެހުމުގައި ތިއްބެވެ.

“ދިމް އިއްޔެގެ ހާދިސާއަށް ފަހު އަހަންނަށް ހަމަ އުނދަގޫވަނީ…. ހިތްބުނަމުންދަނީ ދިމްއާއި ދޭތެރޭ ކަންތައްވަމުން ދަނީ އިންސާފަކުން ނޫނޭ….” ރާކިން ވާހަކަ ދެއްކީ ސީދާ ޕޮއިންޓަށް ނަމަވެސް، ބުނެވުނީ ތަންކޮޅެއް ފުންކޮށް ކަމުން ދިމްޔާއަށް ނަގައިގަންނަން އުނދަގޫވިއެވެ.

“އަހަންނަކަށް ނޭނގުނު ރެކް ތިބުނި އެއްޗެއް….” ރާކިންގެ ތޫނު ދެލޮލަށް ބަލާލަމުން ދިމްޔާ ބުނެލިއެވެ. އެވަގުތު އޭނާގެ ހިތަށް ގޮތްތަކެއްވީކަން ދިމްޔާއަށް އިހުސާސްކުރެވުނެވެ. މިފަހަކަށް އައިސް ރާކިންއާއި ހަތަރުކަޅި ބައްދަލްވާވަގުތު ދިމްޔާގެ އަތްފައި ފިނިވާކަންވެސް ދިމްޔާއަށް ފާހަގަ ކުރެވުނެވެ.

     “އަހަރެން މިދައްކަނީ ޝާއިންގެ ވާހަކަ…. ދިމް ކީއްވެތަ ޝާއިން އަނިޔާ ކުރާއިރުވެސް މަޑުން ތިހުންނަނީ… ހަގީގަތުގަ ދިމް ތިހެން ހުންނަންޔާ އޭނައަށް އެލިބެނީ އެކަން ކުރަން އިތުރު ހިތްވަރެއް…. އޭނަ…”

“ރެކް ޕްލީޒް… އަހަރެން އިއްޔެވެސް ބުނިން ދޯ އަހަރެން ހިތްހަމައެއް ނުޖެހޭ އެއްވެސް މީހަކު ޝާއިންއާއި ދެކޮޅަށް ވާހަކަދައްކާ އަޑު އަހާކަށް…..” ރާކިންގެ ޖުމްލަ މެދުކަނޑާލަމުން ދުރުބަލަހައްޓައިގެން ހުރެ ދިމްޔާ ބުނެލިއެވެ.

“ކީއްވެ….؟؟؟ ދިމް އޭނަ ދެކެ ލޯބިވާތީތަ…..؟؟؟ ” ރާކިން މިހެން އަހާލުމުން ދިމްޔާ ރާކިންއަށް ބަލާލަމުން އާނއެކޭ ބުނެލިއެވެ. ދިމްޔާ މިހެން ބުނުމުން ރާކިންއަށް ޗޮކެއް ކަނޑާލެވުނެވެ.

“ދެން އޭނަ ދިމް ދެކެ ކިހާވަރަކަށް ލޯބިވޭތަ….؟؟؟؟” ރާކިން މިހެން އަހާލުމުން ދިމްޔާ ވަކި ޖަވާބެއް ނުދެއެވެ.

“ހަމަގައިމުވެސް އޭނަ ދިމްދެކެ ލޯބިވަންޏާ ދިމްގެ ގަޔަކު ނުޖަހާނެ…. ފިރިހެނަކު އެހިސާބަށް ދާނީ އެއީ ވަރަށް ދަށުދަރަޖައިގެ މީހެއް ވީމަ…. ދިމް އަހަރެން ބުނާ ބަހެއް އަހަންޏާ އޭނައާއި ދުރަށް ދޭ…. އަޅެ ބުނެބަލަ…. އޭނަ ދިމް ދެކެ ކިހާވަރަކަށް ލޯބިވޭތަ….؟؟؟” ދިމްޔާގެ އަތުގެ މުލައްދަނޑީގައި ހިފާ ހަތަރުކަޅި ހަމަކޮށްލަމުން ރާކިން އަނެއްކާވެސް އެސުވާލު ތަކުރާރުކޮށްލިއެވެ. ދިމްޔާ މިފަހަރުވެސް ޖަވާބެއް ނުދީ އިސްޖަހާލިއެވެ.

“ދިމްއަކަށް އެސުވާލަކަށް ޖަވާބެއްނުދެވުނެއްނު… އެހެންނުވާނީ ދިމްއަށްވެސް އެނގޭވިއްޔަ އޭނަ ދިމްދެކެ ލޯބިނުވާކަން…. ދެން ކޮން ޖަވާބެއް ދެވޭނީ….” ކުއްލިއަކަށް ދިމްޔާގެ އަތުން ދޫކޮށްލަމުން މަލާމާތުގެ ރާގަކަށް ރާކިން ބުނެލިއެވެ.

“ހެޔޮނުވާނެ ރާކިން ދެން ހުއްޓާލާ…. އަހަރެން ދެން ތިމަޢުލޫއަށް ވާހަކަ ދައްކާކަށް ބޭނުމެއް ނޫން…” މިހެން ބުނެފައި ދިމްޔާ މިސްރާބު ޖެހީ ރުހާމެންނާ ދިމާއަށް ދިޔުމަށެވެ. އެވަގުތު ކުއްލިއަކަށް ރާކިން ދިމްޔާގެ އަތުގައި ހިފެހެއްޓުމުން ދިމްޔާ ރާކިންއާއި ވީދިމާއަށް އެނބުރުނެވެ.

“ރެކް… އަހަރެންގެ ދިރިއުޅުމުގެ ކަންތަކާ ބެހުމުގެ ޙައްޤެއް އަހަރެން ރެކްއަކަށް ނުދެން… އެހެންވީމަ އިތުރަށް އެވާހަކަ ނުދެއްކިއްޔާ ރަނގަޅުވާނީ… އަދިބުނަން… ޝާއިންވެސް އަހަރެން ދެކެ ވަރަށް ލޯބިވޭ…” ރާކިންގެ އަތް ފޮޅުވާލުމަށްފަހު މިހެން ބުނެފައި ދިމްޔާ ދިޔައީއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އެދުވަހުގެ ފަހުން ދިމްޔާ ރާކިންއާއި ވާހަކަ ދެއްކުން މަދުވިއެވެ. ކޮންމެހެން ދައްކަންޖެހޭ ވާހަކައެއް ނޫނީއާއި ނުދައްކައެވެ. ދިމްޔާގެ ދުރުކަން ވީ ރާކިންއަށް ބަރުދާސްތުކުރަން އުނދަގޫކަމަކަށެވެ. ދިމްޔާ ވާހަކަނުދައްކާތީ ރާކިންއަށްވެސް ދިމްޔާއާއި މާގިނައިން ވާހަކަ ދައްކާކަށް ނުކެރެއެވެ.

އެދުވަހު ރާކިންއާއި ވާހަކަ ދެއްކުނުގޮތުން ދިމްޔާ ފަހުން ދެރަވިއެވެ. އެކަމުގެ ސަބަބުން ދިމްޔާ ހުރީ ރާކިންއާއި ވާހަކަ ދައްކަން ނުކެރިފައެވެ. ރާކިން ދެއްކީ ތެދުވާހަކަތަކެއްކަން ދިމްޔާއަށްވެސް ޤަބޫލުކުރެވެއެވެ. ޝާއިން އޭނާއާއި ދޭތެރޭ ކޮންމެ ގޮތަކަށް ކަންތައްކުރިކަމުގައިވިޔަސް އެކުވެރިންގެ ކުރިމަތީ ޝާއިންގެ އަގުވައްޓާލުމަކީ ދިމްޔާ ބޭނުންވާގޮތެއްނޫނެވެ.

އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. ކޮލެޖު ނިންމާލުމަށްފަހު ދިމްޔާއާއި އޭނާގެ އެކުވެރިން ދިޔައީ ގާޑިޔާދޮށަށް ހެދި ބިލެތްގަނޑު ދުފާށެވެ. ބޮލުގައި ރިއްސަނީއޭ ބުނެ ބަހަނާއެއް ދައްކާލާފައި ރާކިން ދިޔައީ ގެއަށެވެ. އޭނައަށް ހީވެފައި އޮންނަގޮތުގައި ދިމްޔާ އެހުންނަނީ އަދިވެސް އޭނާދެކެ ހިތްހަމަ ނުޖެހިފައެވެ. އެހެންކަމުން އޭނާއަށް މާގިނައިން ދިމްޔާއާއި ކުރިމަތިލާކަށް ނުކެރެއެވެ.

“ރެކް މީ ވަރަށް ހެއްވާ މީހެއް… ހަމަ ކުއްލިއަކަށް ބޮލުގައި ރިއްސާތަ…؟؟؟” އުސްފަސްގަނޑުގައި މޭޒެއްގެ ވަށައިގެން ޖަހާފައިހުރި ގޮނޑިތަކުން ގޮނޑިއަކަށް ހަށިގަނޑު ދަމާލަމުން އިދާމް ބުނެލިއެވެ.

“އޭނަ މިހާރަކަށް އައިސް ވަރަށް ފާޑަކަށް ހުންނަނީ… ހީވަނީ ކަމަކާ ދެރަވެފައި ހުންނަހެން… އަހަންނަށް އެނގޭހާވެސް އެއްޗަކީ އޭނައަށް އެބަދަލު އައީ ޕްރޮޖެކްޓް ހަދަން އުޅުން ދުވަހު ދިމްއާއި ދެމީހުން ވާހަކަ ދެއްކި ފަހުންކަން…. ތިދެމީހުންގެ ދޭތެރޭގައި ދެކެވުނީ ކޮންވާހަކައެއްކަމެއް އަހަންނަކަށް ނޭނގެ… އެކަމަކު އެދުވަހުގެ ފަހުން ތިދެމީހުން އެކަކު އަނެކަކާ މާގިނަ ވާހަކަތަކެއް ނުދައްކާކަން އަހަންނަށް ޔަގީން…” ދިމްޔާއަށް ބަލަހައްޓައިގެން އިނދެ ޖަޒްލީ މިހެން ބުނުމުން ދެންތިބި މީހުންވެސް ދިމްޔާއަށް ބަލާލިއެވެ.

“ޖަޒް ބުނިހެން އަހަންނަށްވެސް ވަރަށް ހީވެ އެދުވަހުގެ ފަހުންހެން ރާކިންއަށް އެބަދަލު އައީ… ދިމްއަށް އެނގޭނެ ރާކިންއަށް ވެގެން އުޅޭގޮތެއް…” ޖަޒްލީގެ ވާހަކައާއި ގުޅުވާލައިގެން ރުހާ މިހެން ބުނެލީ ސުވާލުގެ ނަޒަރަކުން ދިމްޔާއަށް ބަލާލަމުންނެވެ. ރުހާ އޭނާއަށް ބަލަހައްޓައިގެން އިންކަން އެނގޭއިރުވެސް ނޭނގޭކަމަށް ހަދާލައިގެން ދިމްޔާ އިނީ ފޯނާ ކުޅޭށެވެ. ދިމްޔާގެ ސަމާލުކަން ނުލިބުމުން ރުހާ ދިމްޔާގެ ކޮނޑުގައި ޖަހާލިއެވެ. ދިމްޔާ ބަލާލުމުން ބުމަ އަރުވާލީ މިއިނީ ޖަވާބެއްގެ އިންތިޒާރުގައޭ ބުނާކަހަލަ ގޮތަކަށެވެ.

“ކިހިނެއްވީ…؟؟؟” ދެންވެސް ދިމްޔާ ނޭނގޭ ކަމަށް ހަދާލިއެވެ.

“ރެކް އެއުޅެނީ ކިހިނެއްވެގެންހޭ…؟؟؟” ތަންކޮޅެއް އަޑަށް ބާރުލާފައި ޖަޒްލީ ބުނެލިއެވެ. ދިމްޔާ ވަކިވަކިން އެންމެންގެ މޫނަށް ބަލާލުމަށްފަހު ގަދަކަމުން ހީލިއެވެ. އޭނާ އިނީ އެދުވަހު އޭނާއާއި ރާކިންއާއި ދެމެދު ދެކެވުނު ވާހަކަ ރުހާމެނަށް ކިޔައިދޭން ނުކެރިފައެވެ. އޭނާއަށް ކަންތައްކުރެވުނު ގޮތުންނެވެ.

“އަހަރެން…. އަހަރެންނަކަށް ނޭނގެ….” އަޅައަޅައިގަންނަމުން ދިމްޔާ ބުނެލިއެވެ.

“އެދުވަހު ރެކްއާއި ދިމްއާއި ދެމެދު ދެކެވުނީ ޝާއިންގެ ވާހަކަ… ރެކް ޝާއިންއާއި ދެކޮޅަށް ވާހަކަ ދައްކަން ފެށީމަ ދިމް ރުޅިއައިސްގެން ބުނީ އޭނަގެ ދިރިއުޅުމުގެ ކަންތަކާ ބެހުމުގެ ޙައްޤެއް ރެކްއަކަށް ނޯންނާނޭ…. އޭގެ ފަހުން ދިމް ރެކްދެކެ ރުޅިއައިސްގެން ވާހަކަ ނުދައްކާތީ ރެކް އެހެން އެއުޅެނީ….” ފޯނާއި ކުޅެން އިނދެ އާހިލް ބުނެލިއެވެ.

“ކިހިނެއް އާލްއަށް އެނގުނީ… ރެކް ބުނީތަ….؟؟؟” އާހިލްއަށް ބަލާލަމުން ރުހާ މިހެން އަހާލުމުން އާހިލް ބޮލުގެ އިޝާރާތުން އާނއެކޭ ބުނެލިއެވެ.

“ދިމް.. ދެން އެކަހަލަ އެއްޗެއް ބުނާކަށް ނުވާނެއެއްނު… އޭނަވެސް އެގޮތަށް އެވާހަކަ ދެއްކީ ހަމަ ދިމްއަށް ރަނގަޅަށޭ… އެހެން ނޫނަސް ދެން އެއީ މީހަކު ރުޅިއައިސްގެން ވާހަކަ ނުދައްކާ ހުންނަން ޖެހޭވަރުގެ ކަމެއްވެސް ނޫނެއްނު….” ޖަޒްލީ ވާހަކަ ދެއްކީ ވިސްނައިދޭފަދަ ގޮތަކަށެވެ.

“އަހަރެން ރުޅިއެއް ނާދެއޭ… އަހަންނަށް އެގޮތަށް ވާހަކަދެއްކުނީމަ އަހަރެން ހުރީ އޭނައާއި ވާހަކަ ދައްކަން ނުކެރިފައި… އަހަރެން ހީކުރީ އޭނަ އެހުންނަނީ އެކަމާ ހިތްހަމަނުޖެހިފައިކަމަށް…” ދެއަތުގެ އިނގިލިތަކާއި ކުޅެމުން ދިމްޔާ ބުނެލިއެވެ.

“ދެން އެހެންވީއިރު އަހަންނަށް ފެންނަނީ ދިމް އޭނަގާތުން އެގޮތަށް ވާހަކަދެއްކުނީތީ މާފަށް އެދިފަ އަލުން އޭނައާއި ވާހަކަދައްކަންފަށަން….” ދިމްޔާއަށް ބަލާލަމުން އިދާމް މިހެން ބުނުމުން ދިމްޔާ އާނ އެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

ޖެހިގެން އައި ދުވަހު ކުލާސް އޮތީ ދެވަނަބުރީގައި ހުރި ކުލާހެއްގައެވެ. ކުލާސް ފެށެން ދިހަވަރަކަށް މިނެޓް އޮވެފައި ލެކްޗަރަރ އަދި ނާންނާތީ ދިމްޔާމެން ތިބީ ކޮރިޑޯގައި މަޑުކޮށްލައިގެންނެވެ. ރާކިން ހުރީ އެތާހުރި ތަނބެއްގައި ލެނގިލައިގެން އެއްފައި ތަނބުގައި ޖައްސައިލައިގެން އަނެއްފައިމައްޗަށް ކޮޅަށެވެ. ކަޅުކުލައިގެ އަތްދިގު ޓީޝާޓަކާއި ގަދަނޫކުލައިގެ ޖީންސެއް ލައިގެން ހުރިއިރު ފަންއިސްތަށިގަނޑުވަނީ ޖެލްލައި ތަތްކޮށް ރީތިސްޓައިލަކަށް ކޮޅަށްނަގާލާފައެވެ. އަނގައިގައި އޮތް ޗުއިންގަމުން އިރުއިރުކޮޅާ ބޮތްކެއް އަރުވާލައެވެ. ދެއަތް ޖީންސްގެ ޖީބަށް ޖަހާލައިގެން ހުންނައިރު އަތްހެންކުދިންގެ ހިތްތައް އޭނާއަށްޓަކައި ފިދާވާނެކަން ގައިމެވެ.

ދިމްޔާމެންނަށް ތިބެވުނީ ރާކިންގެ ކުރިމައްޗަށްވާގޮތަށެވެ. ވާހަކަ ދައްކަން ބޭނުންވިކަމުގައި ވިޔަސް ދިމްޔާއަކަށް ރާކިންއާއި އިސްވެ ވާހަކަ ދައްކާކަށް ނުކެރުނެވެ. ދިމްޔާ ރާކިންއާއި ދިމާއަށް ނުބަލަން މަސައްކަތްކުރާކަން ރާކިންއަށް ފާހަގަވުމުން އޭނާގެގާތަށް ހިނިއައެވެ.

އެހެންދުވަސްދުވަހާ ޚިލާފަށް މިޔަދުމާވަރަކަށް ރާކިން އޭނާއަށް ބަލާހެން ދިމްޔާއަށް ހީވިއެވެ. ނަމަވެސް އެތޫނު ދެލޮލުން މިއަދު ފެންނަނީ ލާނެއްކަމެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލްވާވަގުތު ތުންފަތަށް ލާނެއް ހިނިތުންވުމެއް ވެރިވާކަންވެސް ދިމްޔާއަށް ފާހަގަކުރެވުނެވެ. ކުއްލިއަކަށް ރާކިންގެ މޫޑު މިހާރަނގަޅުވީ ކީއްވެބާއޭ ދިމްޔާގެ ހިތަށް އެރިއެވެ. ރާކިން އެހާވަރަށް ބަލާތީ ދިމްޔާ ލަދުގަތެވެ. އިސާހިތަކު އޭނާގެ ދޮންމޫނަށް ޖަންބުކުލަ ވެރިވެގަތެވެ. ރާކިން އެހާވަރަށް ބަލާތީ ކައިރީގައި ހުރި ރުހާގެ ފަހަތަށްވަދެ ދިމްޔާ ނިވާވެލިއެވެ. އޭރުވެސް ރާކިން ހުރީ ލާނެއްގޮތަކަށް ހީލައިގެންނެވެ.

(ނުނިމޭ)

Share Article

Follow Me Written By

Eemyaa

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ހިޖުރަ (އަށާރަވަނަ ބައި)

Next

ނަޖާ (ހަތަރުވަނަ ބައި)

Next
August 28, 2015

ނަޖާ (ހަތަރުވަނަ ބައި)

Previews
August 27, 2015

ހިޖުރަ (އަށާރަވަނަ ބައި)

62 Comments!

  1. kiyuntheriyaa says:
    August 27, 2015 at 3:59 pm

    thank u soooo much!!! luv it…<3 <3 <3

  2. kiyuntheriyaa says:
    August 27, 2015 at 4:01 pm

    next part saturday ga dhw? its my requestmih vure thankolheh dhigukoh genes dhinumaky…mihaaru ves vvv kuree eh noon.but vaahaka kiyaa hih vaathy :p

  3. Princess Noddy says:
    August 27, 2015 at 4:14 pm

    salhi… waiting 4 next part

  4. Yushiii says:
    August 27, 2015 at 4:21 pm

    Lovd it ???

  5. maeesha says:
    August 27, 2015 at 4:40 pm

    haadha lahey up kuraaleh kiyaahithun abadhu inthizaaru kureve mivaahakayah

  6. sharu says:
    August 27, 2015 at 5:01 pm

    Salhi next part avahen upload kolhaa.inthizaru mihurey

  7. elsa says:
    August 27, 2015 at 5:02 pm

    jaxakillah khairan eem , alhe dhim plx e shaain kairin salaamaiy vegen tv rec kairi ah dheyba plx , eem kon irakun next prt ,

    1. j boat says:
      August 30, 2015 at 11:49 am

      elsa eh kamaku magey rec r nubehehchey….adhi tv rec kiyaifi ehnu??? i hate you elsa gandaaaaa

  8. aria says:
    August 27, 2015 at 5:02 pm

    V reethi mi part ves.waoting for the next part..

    1. aria says:
      August 27, 2015 at 5:03 pm

      Waiting*

  9. Sam says:
    August 27, 2015 at 5:29 pm

    Maa bodu gotheh nuvi ennu

  10. aily says:
    August 27, 2015 at 5:42 pm

    Aslu up kuraal3h maakah lahy

  11. ken? says:
    August 27, 2015 at 5:44 pm

    Thnkz…story kiyaafa coment kohlaanan…☺

  12. eemiyaa says:
    August 27, 2015 at 5:45 pm

    thank you readers 🙂
    next part saturday ga In Sha Allah
    sam next part ga bodethi kanthakeh hingaane… inthizaar kohlaa..

  13. ken? says:
    August 27, 2015 at 5:52 pm

    V reethi…shaain ge kanthah haadha bodey dhw…rec haadha naughty ey…?
    Waiting for sat………?

  14. aaliya says:
    August 27, 2015 at 6:05 pm

    Varah varah varah reethi??? waiting for next part…..

  15. nuhnu says:
    August 27, 2015 at 6:35 pm

    Mi prt vx vrh reethi…. Waiting for next part….. Masha allah Eem haadha molhey dhwww…. 🙂

  16. pary says:
    August 27, 2015 at 7:01 pm

    Nice keep it up love it waiting for next part up loads soon

  17. Axee says:
    August 27, 2015 at 7:41 pm

    Waiting 4 next part

  18. rishu says:
    August 27, 2015 at 7:44 pm

    v nice……waiting 4 next part

  19. shx says:
    August 27, 2015 at 7:50 pm

    vvvvv salhi mi part vx…

  20. Sana says:
    August 27, 2015 at 8:06 pm

    V v v v v reethi…. Waiting 4 next part. Rec asluvx haadha naughty e dhww… Hahahah .I think dhim vx raakin dheke loabi vaahen.. Anyways waiting 4 next part<3 <3

  21. Mishko says:
    August 27, 2015 at 8:23 pm

    Harsh salhi mo part vex

  22. Mishko says:
    August 27, 2015 at 8:24 pm

    Sorry varah salhi mi part vex

  23. gurey says:
    August 27, 2015 at 8:48 pm

    Waiting waiting….. ????

  24. Shabee says:
    August 27, 2015 at 9:02 pm

    Ingeytha eem ah, hamagaimuvex ken aa shabee aa thibee Hama inthixaar ga up kureytho balabala… Dhw ken??? 🙂 vrh reethi mibaivexx…and vrh bodu kamaku edhen jehiffa ebaoeh…. Mi story vaane kanneynge mihaaru mi site ga emme vidhaalaa story thakuge therein eh story ah 😀 so shabee ah heevanee adhi maa support libeynehen daily koh genesdheyn…alhe ehfaharu namavexx try khllabaa jehijehigen dhedhuvahu up kureveytho?!?? I’m sure u can do dis… 😉 good luck eem… Insha Allah u can complete this story as u wnt… N with lotxx of supports… Eem Plx Friday ga up khdheebaa… Shabee inthixaar kuraanan maadhamaavex up kureytho… I hope u’ll… N m sure everyone also wntx to read this awesome story soon as possible… Ehn ekaku nethas shabee aa ken aa hunnaane ingey eem.. Hehee dhw ken? 😉 eem we oll r here with u…keep goin lyk dis… Alhamdullillah.. Jazakillah khairan… 😀 best of luck 🙂 love u… Ummmmwah eemiyaa dhonthxx XD

    1. Mishko says:
      August 28, 2015 at 10:25 pm

      Yeah i agree with shabee

    2. j boat says:
      August 30, 2015 at 1:30 pm

      haadha vai gadha ey dhw kudhin kudhin???? 😛

  25. maahy says:
    August 27, 2015 at 9:13 pm

    v v v v lwbi eyyyy…. :):):):);)<3

  26. maahy says:
    August 27, 2015 at 9:14 pm

    🙂 🙂 🙂 <3

  27. Shabee says:
    August 27, 2015 at 9:16 pm

    Hey eem I’ll try to send a heart sticker.. Ok m testing… <3 I hope it would change… I have already posted a comment ingey… 😉

  28. Shabee says:
    August 27, 2015 at 9:19 pm

    Ahchiiiiiiii nuvey change eh… Heart change nuvaathee foohivejje… Boring… Anekka eem akah noon ingey mibuneekee.. Heheee 😉 I’m boring bcx of tht mad n crazy hearts… They r not changing… I hate them… 😛

  29. neha says:
    August 27, 2015 at 9:36 pm

    Shabee dhen haadha thui badiey dhw

  30. elsa says:
    August 27, 2015 at 9:37 pm

    eem gandaa , kyvehey dhim rohvany , tv rec kairi buneba dhim mahsalaa kuran dhaashey , naanaa eh kiyaadhyfa milk fulhi eh ves dhehchey bunahchey igea eemiyaa keemiyaa , hehehe , sorrrry , hahahaa

    1. j boat says:
      August 30, 2015 at 1:32 pm

      elsaaaaaaaaaaaaa magey rec ah ehn nukiyaathiiiiii….adu iviijjetha??????????

  31. Shabee says:
    August 27, 2015 at 9:38 pm

    Hehehe neha shabee thui tha?? 😛

  32. elsa says:
    August 27, 2015 at 9:41 pm

    hmm , adhi e shaain fonuvaalan goodnight funi eh jahaa , eana eyy mosquito ekey , ena kashi jahaathy eyy dw dhim e rony , hahaha ,

  33. 12345678 says:
    August 27, 2015 at 9:44 pm

    vrvrvrvr lwbi eyyy

  34. elsa says:
    August 27, 2015 at 9:49 pm

    kuda kuda suippekey hafaiganna ehchekey , hafaiganna thaneh dhen kahaiganna ehchekey , hahaha , no mistake , hama perfect, keep it up sisy

    1. yaeesh says:
      August 29, 2015 at 4:53 am

      hafaiganna thaneh noon.. hafaigannan dhanna..

  35. Mack says:
    August 27, 2015 at 10:14 pm

    V salhi
    Waiting 4 the next part………..

  36. naff says:
    August 27, 2015 at 10:56 pm

    I totally agree with shabee… eem dhen up kohba avahah eirun bodah kiyun therin kiyaa hiy vaani… :maashaa allah u can do that… “hureemey inthizaaruga”…. 😉

  37. eemiyaa says:
    August 27, 2015 at 10:59 pm

    Thanks hurihaa kudhin :):)

  38. eemiyaa says:
    August 27, 2015 at 11:03 pm

    v beynun knmedhuvahaku up kuran.. ekm ulhen jehey gothun nuvany.. v kuraahiyyvaa kameh v ma v hiyvarukohgen mivaruves mivany… kudhin kudhinnah understand vaane kamah heekuran..

    1. yaeesh says:
      August 29, 2015 at 4:52 am

      thi loabyge kulhi gandu huttaalaafa biruveri vaahakaeh liyebala

  39. Thiths says:
    August 27, 2015 at 11:09 pm

    avaha upp kolachey….waiting…waiting…

  40. ken? says:
    August 27, 2015 at 11:59 pm

    Yes..understand vey…? aslu i like waiting for de story…eyrun bodah story aa medhu curious vanee..?dn ehaa gina dhuvahu wait kuraa vaahakei noon ? eem bunefa in dayz thakuga up kuraathyve v best ingey.. ?truly appriciate dat..☺ thnkz thikuraa hiyvarah…well done!! Keep it up??

  41. Saana says:
    August 28, 2015 at 12:13 am

    Waiting waiting for the next part keep it up 🙂

  42. kudaa says:
    August 28, 2015 at 12:31 am

    Aslu comment nukuriys mifaharu comment mekuree hageegathugaves mivaahakaige 7 part kiyaafa hama reethi veema waiting for next part.

  43. Anonymous says:
    August 28, 2015 at 2:12 am

    Aa dhen eem varah bodu kameh hingaalaba.. Loaibeege kanthah ehfararaai kohlaafa.. Eem liyany hus ekaku anekaku gulhey vahaka hunna vaahaka.. Thafaathu kohlan vaane ehnu.. Adhi maa bodu ibratheh ves nuhurey genesdheefa ehenve ekanthah ragalhu kohlun edhen

  44. shaz says:
    August 28, 2015 at 4:09 pm

    waiting for the next part

  45. Mishko says:
    August 28, 2015 at 10:28 pm

    Waitin 4 da nxt part!!!!!!

  46. yaeesh says:
    August 29, 2015 at 4:49 am

    loabi loabi loabi.. minoon vahtharehge vaahakaeh mithaaku neh.. foohin maruvaa varuvey hus loabyge hunnaathy.. foohivegn mind fresh kohlan vaahakaeh kiyan mithanah mi vannany.. vanna iru mithanah miohnany loabyge bahaaru moosun aisfa.. change da damn taste.. biruveri vaahaka eh liyan engey myhaku nethyyha hama

  47. Anonymous says:
    August 29, 2015 at 9:04 am

    Eem miadhu awax kihlahchey story and Warah dhigukoh genex dhewey the vakahcheyy okie Warah obi storie eh meee LUW IT…. <3

  48. Meesh says:
    August 29, 2015 at 9:20 am

    Just wow…. vvvvvvv reethi… v kiyaahihvaagotha kuriyah thigendhanee..
    LOVED the story.. ???

  49. ken? says:
    August 29, 2015 at 11:38 am

    Kobaatha anei part…wen up kuraanee…mihaaru v ginain belijje up vey thw….?

  50. shx says:
    August 29, 2015 at 11:43 am

    yaeesh biruveri vaahaka kian beynumiyya amilla ah liyegnn kiyan v nun..:p kykurantha miah vannanyh ekan engihure…hahaha..sooooo funny

    1. yaeesh says:
      August 31, 2015 at 1:30 am

      its none of ur business.. ma vannan v thaneh engeyni mashah

  51. aria says:
    August 29, 2015 at 1:19 pm

    Thihaa dhn loabeege vaahaka kiyan beynun nuvanja amillayah ehn taste ge vaahaka liyan v nu dhw…

  52. nukko says:
    August 29, 2015 at 4:05 pm

    Eem kn irakun tha nxt part pleeex upload it sooon… nukko ah iru iru kolhaa belenyy up vejje tho….. 8 th vana part up kohffa bunacheyy 9 th vana part up vaane dhuvaheh
    And digu kollachwyy…. curious to wat will happen nxt.
    Plx up kohdhyyy

  53. eemiyaa says:
    August 29, 2015 at 4:54 pm

    thanks alll 🙂

  54. princess (m) says:
    November 14, 2015 at 5:39 am

    vvv habeyzzzz.. <3

Comments are closed.


All Right Reserved!