Skip to content
އެސްފިޔަ

ދިމްޔާ (8 ވަނަ ބައި)

އެހެންދުވަސްދުވަހާ ޚިލާފަށް މިއަދު މާވަރަކަށް ރާކިން އޭނާއަށް ބަލާހެން ދިމްޔާއަށް ހީވިއެވެ. ނަމަވެސް އެތޫނު ދެލޮލުން މިއަދު ފެންނަނީ ލާނެއްކަމެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލްވާވަގުތު ތުންފަތަށް ލާނެއް ހިނިތުންވުމެއް ވެރިވާކަންވެސް ދިމްޔާއަށް ފާހަގަކުރެވުނެވެ. ކުއްލިއަކަށް ރާކިންގެ މޫޑު މިހާރަނގަޅުވީ ކީއްވެބާއޭ ދިމްޔާގެ ހިތަށް އެރިއެވެ. ރާކިން އެހާވަރަށް ބަލާތީ ދިމްޔާ ލަދުގަތެވެ. އިސާހިތަކު އޭނާގެ ދޮންމޫނަށް ޖަންބުކުލަ ވެރިވެގަތެވެ. ރާކިން މާވަރަކަށް ބަލާތީ ކައިރީގައި ހުރި ރުހާގެ ފަހަތަށްވަދެ ދިމްޔާ ނިވާވެލިއެވެ. އޭރުވެސް ރާކިން ހުރީ ލާނެއްގޮތަކަށް ހީލައިގެންނެވެ.
“އަހަރެންގެ ފަހަތުގައި ހުރެ ކީއްތަ ތިކުރަނީ….؟؟؟” ރުހާއަށް ކަންވީގޮތް އެނގުމުން ހަމައެކަނި ދިމްޔާއަށް އަޑުއިވޭނެހެން މަޑުމަޑުން އަހާލިއެވެ. ދިމްޔާ ވެސް ހަމައެހާ މަޑުމަޑުން ކަމެއް ނުވެއޭ ބުނެލިއެވެ. ރާކިން އެހާވަރަށް ބަލާތީ އެންމެ ފަހުން ކެތްނުވެގެން ދިމްޔާ ގޮސްވަނީ ކުލާހަށެވެ.
“ރެކް ހާދަ ލާނެތޭ ދޯ…. މާވަރަކަށް ބެލީމަ ކަޑަވެގެން އޭނަ އެދިޔައީ….” ދިމްޔާ ދިޔުމުން ރާކިންގެ ކަންފަތުގައި ހިފާލަމުން ޖަޒްލީ ބުނެލިއެވެ.
ދިމްޔާ ރާކިން ދެކެ ރުޅިނާންނަކަމާއި އޭނާއަށް ކަންތައް ކުރެވުނުގޮތުން ރާކިންއާއި ވާހަކަ ދައްކަން ނުކެރިފައި ހުރިކަން އާހިލްގެ ފަރާތުން އެނގުމުން ރާކިން ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. އެހެންކަމުން ކޮލެޖަށް އައިސް އޭނާ ހުރީ ދިމްޔާއާއި ވާހަކަ ދައްކަން ނިންމައިގެންނެވެ. ނަމަވެސް ދިމްޔާގެ ޢަމަލްތައް ހުރި ގޮތުން އޭނާ ދިމްޔާ ލަދުގަންނަވާލާ ހިތްވީއެވެ. ލަދުގަތުމުން ދިމްޔާގެ މޫނުމައްޗަށް އަރާ ޖަންބުކުލައާއި އެހެންމީހުންގެ ފަހަތަށްވަދެ ފިލަން އެއުޅޭގޮތް ރާކިންއަށް ވަރަށް ކަމުދިޔައެވެ. ކުލާހުގައި އިނދެގެންވެސް ރާކިން ދިމްޔާއަށް ވަރަށް ބެލިއެވެ.

ދެއަތަށް ފުރޮޅި ފުރޮޅި ދިމްޔާއޮތީ ލޮލަށް ނިދި ނައިސްފައެވެ. އޭނާ ވިސްނަމުން ދިޔައީ ދިރިއުޅުމާ ދޭތެރޭގައެވެ. އެކުވެރިންގެ ގާތުގައި ކިތަންމެ ގަދަކޮށްފައި ޝާއިންދެކެ ލޯބިވޭ ބުންޏަސް ހަގީގަތަކީ ޝާއިންގެ ޢަމަލްތައް ހުންނަގޮތުން އޭނާ މިހާރު ޝާއިންދެކެ ފޫހިވާކަމެވެ. މިއަދު ރާކިންގެ ޢަމަލު ހުރިގޮތާއިމެދުވެސް ދިމްޔާއަށް ވިސްނުނެވެ. މިދޭތެރޭން މާދުރުދުރުން އުޅެފައި ކުއްލިއަކަށް މޫޑު ރަނގަޅުވީ ކީއްވެބާއޭ ދިމްޔާގެ ހިތަށް އެރިއެވެ. އެވަގުތު ދިމްޔާގެ ފޯނަށް މެސެޖެއް އައެވެ. ދިމްޔާ މެސެޖު ކިޔާލިއެވެ. މާދަމާއަކީ ހުކުރު ދުވަސްކަމުން ހަވީރު އިދާމްމެންގޭގައި އޮތް ޕާޓީއަކަށް ހުޅުމާލެއަށް ދިއުމަށް ދައުވަތުދީ އިދާމް ފޮނުވާފައިވާ މެސެޖެކެވެ. ދާނެކަމަށް ބުނެ ރިޕްލައި ކޮށްލުމަށްފަހު ބާލީހުގައި ބައްދާލަމުން ދިމްޔާ ދެލޯ މަރާލީ ނިދޭތޯއެވެ.

ހުކުރު ދުވަހުގެ ހަވީރު ދިމްޔާއާއި އޭނާގެ އެކުވެރިން ތިބީ އިދާމްގެ ގޭގައެވެ. ދިމްޔާއަށް ފޯނެއް އައުމުން ބޭރަށް ނުކުތީ އެތެރޭގައި އަޑުގަދަވުމުން ފޯނުން ކިޔާ އެއްޗެއް ސާފުނުވާތީއެވެ. ދިމްޔާގެ ހަރަކާތްތަކަށް ބަލަން ހުރި ރާކިން ދަނޑިވަޅު ބަލާފައި ދިމްޔާގެ ފަހަތުން ބޭރަށް ނުކުތެވެ. އިދާމްގެ ގެ ހުންނަނީ އަތިރިމައްޗާއި ކައިރީގައިކަމުން ދިމްޔާ ހުރީ މޫދު ފެންނަ ހިސާބު ތަންކޮޅެއް ދުރުގައި ހުރި ގަހެއްގައި ލެނގިލައިގެންނެވެ. ރާކިންގޮސް މަޑުކޮށްލީ ތަންކޮޅެއް ދުރުގައި ދިމްޔާއަށް ނުފެންނާނެހެންނެވެ. ދެޖީބަށް އަތްޖަހާލައިގެން ހުރެ ރާކިން ދިޔައީ ދިމްޔާގެ ހަރަކާތްތަކަށް ނިކަން ފަރުވާތެރިކަމާއިއެކު ބަލަމުންނެވެ.
އެއްއަތުން ފޯނު ކަންފަތުގައި ޖަހައިގެންހުރެ އަނެއްއަތުން ގަހުގެ ފަތްތަކާ ކުޅެމުން ދިޔަ ދިމްޔާ އިރު އިރުކޮޅާ ހީލައެވެ. އެއްވެސް ކަހަލަ މޭކަޕެއް ނުކޮށް ހުންނައިރުވެސް އެދޮންމޫނު އެހާ އޮމާންވެފައި ރީއްޗެވެ. ފިނިފެންމާގައި ހުންނަ ފިޔާތޮށި ކުލައިގެ ތުންފަތާއި ކުޑަ ނޭފަތް އަދި ބޮޑު ދެލޮލާއި ލޮލުގެ ހިޔަނި ފަދައިންވާ ދިގު އެސްފިޔަތައް އެރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. ރާކިން އާޝޯހުވެފައި ދިމްޔާއަށް ބަލަން ހުރިއިރު ޖެހިލި ވައިރޯޅިއަކާއިއެކު ދިމްޔާގެ މޫނުމައްޗަށް ވެއްޓުނު އިސްތަށިކޮޅު އެއްފަރާތްކޮށްލި ގޮތްވެސް އެހާމެ ހިތްގައިމެވެ. ރާކިން ދިމްޔާއާއި ދިމާއަށް ހިނގައިގަތެވެ.
ފޯން ކޯލް ނިންމާލުމަށްފަހު އެނބުރުން ވަގުތު ދިމްޔާއަށް ހަޅޭލަވައިގަނެވުނީ ނުވިސްނާ ހުއްޓާ ކުރިމަތިން އެހާގާތުން ރާކިން ފެނުމުންނެވެ. ދެވަނަ ސިކުންތުގައި މޭގައި އަތްއަޅައި ފުންނޭވާއެއް ބޭރުކޮށްލިއެވެ. ދިމްޔާއާއި ދެފިޔަވަޅެއްހާ ދުރުމިނުގައި ހުއްޓިލައިގެން ހުރި ރާކިންގެ ތުންފަތުގައި ދުވެލަދުވެލާ ހުރީ ލާނެއް ހިނިތުންވުމެކެވެ. ދިމްޔާ ހިނގައިގަތީ އެތަނުން ދާށެވެ.
“ދިމް މަޑުކޮށްބަލަ…” ރާކިން މިހެން ބުނުމުން ދިމްޔާ މަޑުކުރިއެވެ. ނަމަވެސް ފަސް އެނބުރި ބަލައެއް ނުލައެވެ. އެހެން ކަމުން ރާކިން ކުރިއަށް ޖެހިލާ ދިމްޔާގެ ކުރިމަތީ މަޑުކޮށްލިއެވެ. ދިމްޔާ ދެންވެސް ރާކިންއާއި ދިމާއަކަށް ބަލައެއް ނުލައެވެ.
“ކީއްވެ އަހަންނާ ވާހަކަ ނުދައްކަނީ…؟؟؟ އަހަރެން ފެންނައިރަށް ފިލަނީ ކީއްވެ…؟؟؟” ދެޖީބަށް އަތް ޖަހާލަމުން ކުޑަކޮށް ދިމްޔާގެ މޫނާ ދިމާއަށް ގުދުވެލަމުން ރާކިން އަހާލިއެވެ. ރާކިން އަށް ބަލާލަމުން ދިމްޔާ ކުޑަކޮށް ފަހަތަށް ޖެހިލިއެވެ.
“އަހަރެން… އަހަރެން ނުފިލަން…” ދިމްޔާއަށް ޖަވާބު ދެވުނީ އުނދަގުލުންނެވެ. އޭރު އޭނާގެ އަތްފައި ހުރީ ފިނިވެފައެވެ. ރާކިން އެހާ ގާތުގައި ހުރުމުން ހިތްވެސް ތެޅެމުންދަނީ އޮބިނޯންނަ ވަރަށެވެ. ރާކިން ފެނުމުން މިހާރަކަށް އައިސް އެކަހަލަ ގޮތްތައް ވަނީ ކީއްވެބާއޭ ދިމްޔާގެ ހިތަށް އަރައެވެ. އޭނާއަށް ހިނދުކޮޅަކަށްވެސް ރާކިންއާއި ދިމާއަށް ބަލާލަން ނުކެރުމުން އިސްޖަހާލިއެވެ.
ދިމްޔާގެ މިހަރަކާތުން ރާކިންގެ ހިނިތުންވުން އިތުރަށް ފުންވެގެން ދިޔައެވެ. ރާކިން އޭނާގެ ޖީބުން އަތްނަގާ ދިމްޔާގެ ދަތްދޮޅީގައި ހިފައި އުފުލާލިއެވެ.
“ދެން ކީއްވެ އިސްޖަހައިގެން ތިހުރީ….” ދިމްޔާގެ ދެލޮލަށް ބަލާލަމުން ރާކިން އަހާލިއެވެ.
“ދިމްޔާ….” ދިމްޔާގެ އިތުރުން ރާކިންވެސް ސިއްސައިގެންގޮސް އަޑުއައިދިމާއަށް ބަލާލިއެވެ. އޭރު އެމީހުންނާއި ދާދި ގާތުގައި މަޑުކޮށްލައިގެން ހުރި ޝާއިންގެ ދެލޮލުން ހީވަނީ ރުޅިއައިސްގެންގޮސް އަލިފާންކަނި ބުރަމުންދާހެނެވެ. ދެއަތްވަނީ މުށްކެވިފައެވެ. ޝާއިން ފެނުމުން ދިމްޔާއަށް އަވަސްއަވަހަށް ރާކިންއާއި ދުރަށް ޖެހިލެވުންއިރު އޭނާގެ ދެލޮލުގައި ވިދަމުންދިޔައީ ބިރުވެރިކަމެވެ. ރާކިން އެއްފަހަރު ދިމްޔާއަށް އަދި އަނެއް ފަހަރު ޝާއިންއަށް ބަލާލިއެވެ. މުޅީން ޔަގީންނުވިކަމުގައިވިޔަސް ދިމްޔާގެ ލޮލުގައިވާ ބިރުވެރިކަން ފެނުމުން ކުރިމަތީގައި ހުރި ޒުވާނާއަކީ ޝާއިންކަމުގައި ޔާގީނާ ގާތަށް ރާކިންއަށް ދެނެގަނެވުނެވެ.
“ޝާއިން… މިތާ… މިތާ ކީއްކުރަނީ…؟؟؟؟ ޝާއިން ބުނީމެއްނު… ރިސޯޓުގައޭ…. ދެން ކިހިނެއް… ކިހިނެއް މިތާ…؟؟؟” ދިމްޔާއަށް ވާހަކަ ދެއްކުނީ އަޅައަޅައިގަންނަމުންނެވެ.
“ގޮތްކުޑަ އަންހެނާ… އަދިވެސް އަހަންނާތަ ތިސުވާލު ކުރަންވީ…؟؟؟ އަހަރެން ރިސޯޓުގަ ހުރިކަމަށް ހީކޮށްދޯ އެހެން ފިރިހެނަކާއެކީ މިތަނަށް އައިސް ހިތު ހުރިގޮތަކަށް ތިއުޅެނީ….؟؟؟؟” ވިއްޖެއްހެން އައިގޮތަށް އައިސް ދިމްޔާގެ އިސްތަށިގަނޑުގައި ހިފާ ވާންކޮށްލަމުން ޝާއިން ރާކިންއާއި ދިމާއަށް ކަޅިއަޅައިގަތެވެ.
“އައްދޯއި ޝާއިން… އަހަންނަށް ތަދުވޭ….” ތަދުވީވަރުން ދިމްޔާއަށް ބުނެވުނެވެ. އެހާލުގައިވެސް ދިމްޔާއަށް ދެފަރާތް ހޯދާ ބަލާލެވުނީ އެހެން ބަޔަކު އެމަންޒަރު ބަލަން ތިބިތޯއެވެ. ނަސީބަކުން އެތިން މީހުން ފިޔަވައި އިތުރު މީހަކު އެވަގުތު އެހިސާބަކު ނެތެވެ. ދެތިން ފަތުރުވެރިއަކު ތަންކޮޅެއް ދުރުން ފެންނަން ހުރި ކަމުގައި ވިޔަސް އެމީހުންގެ ސަމާލުކަން ވަނީ ރަތްވިލާތަކުން ޖަރީކުރެވިފައިވާ އުޑަށާއި އިރުއޮއްސެމުން ދިޔަ މަންޒަރަށް ހުއްޓާލެވިފައެވެ.
“ތަދުކުރާށޭ މިއުޅެނީ….” ކުރިއަށްވުރެ ބޮޑަށް ދިމްޔާގެ އިސްތަށިގަނޑަށް ވާންކޮށްލަމުން ޝާއިން ބުނެލިއެވެ.
“ޝާއިން… ދިމްޔާގެ އިސްތަށިގަނޑުން ދޫކޮށްލާ…” ރާކިން ބެލީ ރީތިކޮށް ވާހަކަ ދައްކައިގެން ޝާއިންއަށް ވިސްނައިދެވޭތޯއެވެ.
“ދޫކޮށްލާށޭ….؟؟؟ މަށަށް އަމުރުކުރަން ކަލޭތީ ކާކު….؟؟؟ ކަލެއަށް ކޮންޙައްޤެއް އޮވެގެން އަހަންނަށް އަމުރުކުރަނީތި… އަދިވެސް ކުރެވުނު ކަންތައް ކުޑައީތަ… ހަމަ މިހާރު މިތަނުން ދާންއުޅޭ…. މީ އަހަންނާ ދިމްޔާއާއި ދެމީހުންގެ މައްސަލައެއް…. ކަލޭ މިދޭތެރެއަށް ނުވަދެ މިތަނުން ދާންއުޅޭ….” މިހެން ބުނެފައި ޝާއިންގެ ފައިން ރާކިންގެ ފައިގައި ވަރަކަށް އަޅުވާލިއެވެ. އެކަހަލަ ކަމަކަށް ނުވިސްނާ ހުރުމުން ރާކިންއަށް ހަށިގަނޑު ބެލެންސް ނުކުރެވި ބިންމައްޗަށް ވެއްޓުނެވެ. އޭރުވެސް ދިމްޔާ މަސައްކަތް ކުރަމުން ދިޔައީ ޝާއިންގެ ކިބައިން ސަލާމަތްވެވޭތޯއެވެ. ރާކިންއަށް އޭނާގެ ރުޅިގަނޑު ކޮންޓްރޯލް ކުރެވުނީ އެހިސާބަށެވެ. ފަޔަށް ތަދުވީކަމުގައިވިޔަސް ނިކަން ހިތްވަރުލާފައ ކޮޅަށް ތެދުވެ ދިޔަގޮތަށްގޮސް ޝާއިންގެ ޓީޝާޓުގައި ހިފާ އޭނާގެ އަތް ދިމްޔާގެ އިސްތަށިގަނޑުން ނައްޓުވާލިއެވެ.
“ޙައްޤޭ ކިޔައިގެން ވާހަކަ ދައްކާއިރު ކަލޭ ލަދެއް ނުގަނޭތަ….؟؟؟ ކޮން ޙައްޤެއް އޮވެގެންތަ ކަލޭ ދިމްއަށް އަނިޔާކުރަނީ ތި….؟؟؟ ދިމް އަށް އަނިޔާކުރުމުގެ ޙައްޤެއް ކަލެއަކަށް ލިބިގެނެއް ނުވޭ… އޭނަ ކަލޭ ހެދިހާ ގޮތެއް ހެދިގެން ހުއްޓަސް އޭގެ މާނައަކީ އޭނައާއި ދޭތެރޭ ކަލޭ ހިތުހުރިހާ ގޮތަކަށް ކަންތައް ކުރާށެކޭ ނޫން…. ހަނދާން ކުރާތި….!!!!! މީގެ ފަހުން ދިމްގެ ގައިގަ އިނގިލި ކުރި ޖައްސާލިޔަސް އަހަރެންގެ ހުރި ނުބައިކަން އަންގާލާނަން….” ޝާއިންގެ ޓީޝާޓްގެ ކަރުގައި ހިފައިގަނެގެންހުރި ރާކިން ރުޅިއައިސްގެން ގޮސް ތުރުތުރު ލަނީއެވެ.
“ކީއްކުރެވޭނީ…. އަދިވެސް އަނިޔާކުރާނަން… ބުނެބަލަ ކީއްކުރެވެނީ….؟؟؟؟” ރާކިންގެ މޭގައި ދެއަތްއަޅާ ކޮށްޕާލަމުން ޝާއިން ވާހަކަދެއްކިއެވެ. އެއަށްފަހު އެކަކު އަނެކަކު ގައިގައި ހިފައިގަތެވެ. އަނގަމަތީ އަތްއަޅައިގެން ރޮވެމުންދިޔަ ދިމްޔާ ހުރީ ހަދާނެގޮތެއް ނޭނގިފައެވެ.
ދިމްޔާ ބޭރަށް ނުކުތްގޮތަށް ނައިސް ލަސްވެގެން ކޮބާތޯ ބަލާލަން ބެލްކަނިން ބޯދިއްކޮށްލި ރުހާއަށް ފެނުނު މަންޒަރުން އޭނާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. އޭރު ރާކިންއާއި ޝާއިން އެކަކު އަނެކަކާ ތަޅާފޮޅަނީއެވެ. ރުހާ އެންމެ ހިދުކޮޅަކުވެސް މަޑުނުކޮށް އިދާމްމެންނަށް ގޮވާ އެމީހުންގެ ގާތުގައި އެވާހަކަ ބުންޏެވެ. އިދާމްއާއި އާހިލް ދުންޖަހާފައި ނުކުތީ ބޭރަށެވެ. އެމީހުންގެ ފަހަތުން ރުހާއާއި ޖަޒްލީވެސް ނުކުތެވެ. އިދާމްމެނަށް އެހިސާބަށް ދެވުންއިރު ޝާއިންހުރީ ރާކިންގެ ކަރުގައި ހިފައިގެންނެވެ. ޝާއިންގެ އަތް އޭނާގެ ކަރުން ނެއްޓޭތޯ ރާކިން މަސައްކަތްކުރަމުން ދިޔައެވެ. އިދާމްއާއި އާހިލް ބަލަން ނުތިބެ އެމީހުން ދުރުކުރުވަން އުޅުނެވެ. ރުހާއާއި ޖަޒްލީގޮސް މަޑުކޮށްލީ ދިމްޔާގެ ގާތުގައެވެ. ވަރަށް މަސައްކަތުން އިދާމްމެނަށް ރާކިންމެން ދުރުކޮށްލެވުނެވެ. އޭރު ރާކިންހުރީ ކުޑަކޮށް ނޭވާލާން އުނދަގޫވެފައެވެ. ޝާއިން އޭނާގެ ގައިގައި ހިފަހައްޓައިގެން ހުރި އިދާމްގެ އަތް ފޮޅުވާލިއެވެ. ދެން އެދިޔަބާރުމިނުގައި ގޮސް ދިމްޔާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.
“ޝާއިން ކޮންތާކަށް ތިދަނީ….؟؟؟ އަހަންނަށް ތަދުވޭ….؟؟؟ އަހަރެންގެ އަތުން ދޫކޮށްލާ ޝާއިން….” ޝާއިންގެ އަތް ނައްޓުވާލަން މަސައްކަތްކުރަމުން ދިމްޔާ ވާހަކަދެއްކިއެވެ.
އެހެންމީހުން މަންޒަރުބަލަން ހުރިއިރު ރާކިންއަށް ކެތްނުވެގެން އެމީހުންގެ ފަހަތުން ދާން އުޅުމުން އިދާމްއާއި އާހިލް ރާކިން ހުއްޓުވިއެވެ.
“އަހަންނަށް ހެވޭ ތަދުވިޔަސް… އަނގައިން އެންމެ ބަހެއްވެސް ބުނެފިއްޔާ ދެން އަނގަޔަށް ތަދުކޮށްލާނަން…” ޝާއިން ދިމްޔާއަށް އިންޒާރު ދިނެވެ. ރާކިންއަށް ކުރިމަތިން ފެންނަމުންދިޔަ މަންޒަރުބަލަން ކެތްކުރެވެނީއެއް ނޫނެވެ. ކުއްލިއަކަށް ދެންފެނުނު މަންޒަރުން އެންމެންވެސް ތިބީ ހައިރާންވެފައެވެ. ކުއްލިއަކަށް މަޑުކޮށްލަމުން ދިމްޔާ ޝާއިންގެ އަތް ފޮޅުވާލިއެވެ. އެއަށްފަހު ޝާއިންގެ ކަންކަށިމައްޗަށް އޭނާގެ އަތުގެ ހޫނު ހަމަލާއެއް ދިނެވެ. ހައިރާންވެފައި ޝާއިންއަށް އޭނާގެ ކަންކަށިމަތީ ފިރުމާލެވުނެވެ.
“ދެން ހެޔޮ ޝާއިން…. އަހަންނަށް ވަރަށް ކެތްކުރެވިއްޖެ….. އަހަންނަކަށް ދެން އިތުރަކަށް ޝާއިންގެ އަނިޔާތަކަކަށް ކެތެއް ނުކުރެވޭނެ… އަހަރެން މީކުޅޭ ކުޅޭ އެއްޗެއް ނޫނޭ ޝާއިން ހިތު ހުރިހާ ގޮތަކަށް ކަންތައް ކުރާކަށް…. އަހަރެން ދެން އިތުރަށް ޝާއިންއާއި އެކީ އުޅޭކަށް ބޭނުމެއް ނޫން…. އަހަރެންގެ ދިރިއުޅުމުން ދުރަށްދޭ…. ދުރަށްދޭ….” ޝާއިންއަށް ފުރަގަސްދެމުން ދެލޯމަރާލައިގެން ހުރެ ގިސްލާ ރޮމުން ދިމްޔާ ވާހަކަދެއްކިއެވެ.
“ނޫން ދިމް ތިހެން ނުބުނޭ… އަހަރެން ކިހިނެއް ދިމްއާއި ނުލާ އުޅޭނީ… އަހަރެން ވަރަށް ލޯބިވޭ ދިމް ދެކެ… އަހަރެން ދެން ދިމްއަކަށް އަނިޔާއެއް ނުކުރާނަމޭ… ޕްލީޒް އަހަންނަށް މާފްކުރޭ….އަހަންނާ ވަކިނުވޭ…. އަހަންނަށް އިތުރު ފުރުސަތެއްދީ… ޕްލީޒް…” ދިމްޔާގެ ކޮނޑުގައި ހިފައި އޭނާއާއިވީ ދިމާއަށް އަނބުރާލަމުން މޮޔައެއް ފަދައިން ޝާއިން އާދޭސްކުރަންފެށިއެވެ.
“ކިތައްފަހަރު….؟؟؟ ކިތައްފަހަރު އަހަރެން ޝާއިންއަށް ފުރުސަތު ދިނީ… ކިތައްފަހަރު އަނިޔާ ނުކުރާނަމޭ ބުނެ އާދޭސްކުރީމަ އަހަރެން ޝާއިންއަށް ފުރުސަތު ދިނީ…. އެކަމަކު ޝާއިން އަހަންނަށް ވީ ވަޢުދުތަކެއް ހަނދާނެއް ނުވޭ…. ކޮންމެފަހަރަކު އަހަންނަށް އެތައް އަނިޔާއެއް ދީފައި ފަހުން ރޮއެރޮއެފަ ތި އާދޭސް ކުރަނީ…. ދެން އަހަރެން ހުއްޓުވަން މަސައްކަތް ނުކުރޭ…. އަހަންނަށް ޔަޤީން ދެންވެސް ޝާއިން ކަންތައް ކުރާނީ ހަމައެގޮތަށްކަން…. އަހަރެން ދެން ޝާއިންގެ ދިރިއުޅުމަކަށް ނުދާނަން…. ނުދާނަން….” ޝާއިންގެ އަތުތެރޭގައި އޮތް ދިމްޔާގެ ދެއަތްތިލަ ދަމައިގަންނަމުން ދުވެފައި ގޮސް ރުހާގެ ގައިގައި ބައްދާލައިގެން ހުރެ އަސަރުން ފުރިގެންވީ ގޮތަކަށް ދިމްޔާ ރޮމުން ދިޔައެވެ. ދިމްޔާ ދިޔަދިމާއަށް ބަލަހައްޓައިގެން ހުރެ ޝާއިން ކަރުއެލުވާލީ މިފަހަރު ދިމްޔާ އޭނާގެ ވާހަކަތަށް ގަބޫލުނުކުރާނެކަން ޔަގީންވުމުންނެވެ. ދެންމެ ހިނގައިދިޔަ ހާދިސާގެ ސަބަބުން ރާކިންގެ ހިތްހީވީ އުފަލުންގޮސް އުދުހިގެން ހިނގައިދާނެހެންނެވެ. ޝާއިންގެ ކިބައިން ދިމްޔާ ސަލާމްތަވީއެވެ. ނަމަވެސް ވަގުތާއި ހާލަތުގެ ނާޒުކުކަމުން ކިތަންމެ އުފާވީނަމަވެސް އެއަސަރުތަކުގެ މަތީ ފަރުދާ އަޅާ ނިވާކޮށްލައިގެން ރާކިން ހުރީއެވެ. ދިމްޔާ ބޭނުންވީ އެކޮޅުން މަޣްރިބް ނަމާދުކޮށްލައިގެން ވީހާވެސް އަވަހަކަށް މާލެދިއުމަށެވެ. ދިމްޔާގެ ޙާލަތަށް ވިސްނާ އެންމެންވެސް އެގޮތާއި ރުހި ގަބޫލުވިއެވެ. އެރޭ މާލެއަށް ދެވެންދެންވެސް ދިމްޔާ އެއްވެސް މީހަކާ ވާހަކައެއް ނުދައްކައެވެ.
ޖެހިގެން އައި ދުވެހެވެ. ކުލާސް ނިމުމުން އާދައިގެ މަތިން ދިމްޔާމެން ދިޔައީ ލައިބްރަރީއަށެވެ. އެދުވަހުގެ އެހާދިސާ ހިނގިފަހުން ދިމްޔާ އެކަކާ ވާހަކަ ނުދެއްކި ކަމުގައިވިޔަސް މިއަދު ދިމްޔާ ހުރީ ވަރަށް ހަމަޖެހިފައެވެ.
“ރެކް…. ސޮރީ… އެންޑް ތޭންކްސް…..” ގޮނޑިތަކުގައި އިށީދެ ހަމަޖެހިލުމާއެކު މޭޒުމަތީއޮތް ރާކިންގެ އަތްމަތީ އަތް ބާއްވާލަމުން ދިމްޔާ ބުނެލިއެވެ. ރާކިން ދިމްޔާއާއި ދިމާއަށް ބަލާލަމުން ބޮލުގެ އިޝާރާތުން ކޮންކަމަކާތޯ އަހާލިއެވެ.؟
“ސޮރީ ބުނީ އެދުވަހު ޝާއިންގެ ފަރާތުން ރެކްއަށް ލިބުނު އަނިޔާއަށް… ދެން ތޭންކްސް ބުނީ އަހަރެން ޝާއިންގެ ކިބައިން ސަލާމަތްކޮށްދިނީމަ… ކުރީދުވަހު ރެކް ދެއްކި ވާހަކަތަކުން އަހަންނަށް ހިތްވަރު ލިބުން ޝާއިންއާއި ކުރިމަތިލާން….” ހިނިތުންވެ އިނދެ ދިމްޔާ ބުނެލިއެވެ.
“އަހަރެން މިއަދު ވަރަށް ވަރަށް އުފާ ވެއްޖެ…. އެޝާއިންގަނޑާ ދިމް ދުރަށް ދިޔައީމަ…. އިނގޭ މިހެން ބުނީމަ ދިމް ރުޅިއަންނާނެކަން… އެކަމަކު ދިމް ރުޅިއަޔަސް އަހަންނަށް ހެޔޮ… އަހަރެން ވަރަށް ފޫހިވޭ އޭނަދެކެ….” ދިމްޔާގެ ގައިގައި ކުޑަކޮށް ބައްދާލަމުން ރުހާ ބުނެލިއެވެ. “އައްދޭ… އަހަރެން ކޮންކަމަކާ ރުޅިއަންނަންވީ…؟؟؟ އަހަންނަށް ހެޔޮ އޭނައަށް ކިތަންމެވަރަކަށް އެއްޗެހިކިޔަސް…. އަހަރެންގެ ފަރުވާލެއް ނެތް….” ދިމްޔާ މިހެން ބުނުމުން ކުރިން ދިމްޔާ ކަންތައްކޮށްފައިވާ ގޮތުގެ ވާހަކަ ދައްކާ އެންމެން ދިމްޔާއާއި ދިމާކުރަން ފެށިއެވެ.

ދުވަސްތައް ހަފްތާތަކަށް އަދި ހަފްތާތައް މަސްތަކަށް ބަދަލްވަމުން ގޮސް ދެމަސްފާއިތުވެގެން ހިނގައްޖެއެވެ. ފިތުރުޢީދާ ދިމާކޮށް ހަފްތާއަކަށް ކޮލެޖުގެ ކިޔެވުން ބަންދުވުމަށްފަހު މިޔަދަކީ އަނެއްކާވެސް ދިމްޔާމެން ކޮލެޖަށް ނުކުތް ދުވަހެކެވެ. ކުލާސް ނިންމާލުމަށްފަހު އެކުވެރިން ބައްދަލްކުރީ ޢާންމުކޮށްވެސް ބައްދަލްކުރަމުންދާ ތަން ކަމަށްވާ ލައިބްރަރީގައެވެ.
“ޖަޒް… ހިނގާބަލަ ތަންކޮޅެއް ދުރަށް…. އަހަރެން ބޭނުން ވާހަކައެއް ބުނެލަން…” އެންމެން އެކި ވާހަކައިގައި ތިއްބާ ރާކިން ޖަޒްލީގެ ގާތުގައި މިހެން ބުނުމުން ޖަޒްލީ ރާކިންއާއިއެކު ތަންކޮޅަށް ދުރަށް ދިޔައެވެ. އެކުވެރިންނާ ވާހަކަ ދައްކަން ތިބި ކަމުގައިވިޔަސް ދިމްޔާއަށް އަވަސް އަވަހަށް ރާކިންމެންނާއި ދިމާއަށް ބަލާލެވެއެވެ. ރާކިން ޖަޒްލީގެ ގާތުގައި އެދައްކަނީ ކޮންވާހަކައެއްބާވައޭ ދިމްޔާގެ ހިތަށް އެރިއެވެ. ރާކިން އެގޮތަށް ޖަޒްލީއާއި ވާހަކަ ދައްކަން ހުރުމުން ދިމްޔާގެ ހިތަށް އުނދަގޫވާންފެށިއެވެ. އާހިލްއަށް ދިމްޔާ އަވަސްއަވަހަށް ރާކިންމެންނާއި ދިމާއަށް ބަލާތަން ފެނުމުން ހިނިއަންނަ ގޮތްވިއެވެ.
“ދިމް ހާދަވަރަކަށް އެކޮޅު ބަލަނީތި….؟؟؟” އާހިލް މިހެން ބުނުމުން އިދާމްއާއި ރުހާވެސް ދިމްޔާއަށް ބަލާލިއެވެ.
“ޖަޒްލީމެން ގިނައިރުވާތީ…. ކޮންވާހަކައެއްތަ އެދައްކަނީ…؟؟؟ ހާދަ އިރުވެއްޖޭ މިހާރު…..” ވަކިވަކިން އެންމެންގެ މޫނަށް ބަލާލުމަށްފަހު ސީދާ އާހިލްގެ މޫނަށް ނަޒަރު ހުއްޓާލައިގެން އިނދެ ދިމްޔާ ވާހަކަދެއްކިއެވެ.
“އަހަރެންވެސް މިހިތަށް އަރަނީ ތިހެން…. ހާދަ ލަސްވެއްޖޭ… ކޮންވާހަކައެއްތަ އެމީހުން އެދައްކަނީ….؟؟؟” އިދާމްވެސް ނޭނގޭކަމަށް ހަދާލަމުން އަހާލިއެވެ. އަދި ސިއްރު ސިއްރުން ރުހާއަށް ބަލާލަމުން ހީލިއެވެ.
“ރައްޓެހިވާން އަހަނީ ކަންނޭނގެ….. މިހާރަކަށް އައިސް އަހަރެންގެ ގާތު ވަރަށް ދައްކާނެ ޖަޒްލީގެ ވާހަކަ….” ވައްކަޅިން ދިމްޔާގެ މޫނަށް ބަލާލަމުން ވަރަށް ސީރިޔަސްކަމާއިއެކު އާހިލް ބުނެލިއެވެ. ދިމްޔާގެ މޫނުމަތިގައިވި ހިނިތުންވުން ފަނޑުވިތަން ފެނުމުން އާހިލްގެ ގާތަށް ހިނިއައެވެ.
“އަނހަ… ބަލާލަބަލަ އެކޮޅު….” ކުއްލިއަކަށް ރުހާ މިހެން ބުނުމުން އެންމެން އެކީ ރާކިންމެންނާއި ދިމާއަށް ބަލާލިއެވެ. އޭރު ރާކިން ހުރީ ޖަޒްލީއާއި ދިމާއަށް އަތްދިއްކޮށްލައިގެންނެވެ. ދެންފެނުނީ ޖަޒްލީ ރާކިންގެ އަތްމަތީ އަތް ބާއްވާލިތަނެވެ.
“އަޅޭ ވާއު…. އަހަންނަށްހީވަނީ ޖަޒްލީ އެއްބަސްވީކަންނޭނގެ ރާކިންއާއި ރައްޓެހިވާން…. ރާކިން އާއި ޖަޒްލީ ވަރަށް ގުޅޭ….” ދެއަތް ޖޯޑުކޮށްލައިގެން ދަތްދޮޅީގައި ވިއްދާލަމުން ރުހާ ބުނެލީ ހުވަފެނީ ގޮތަކަށެވެ. ދިމްޔާގެ ހިތަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ. ފަހަކަށް އައިސް އޭނާއަށް ރާކިން ވަރަށް ބޮޑަށް ކަމުދާން ފެށިއެވެ. އޭނާއަށް ހީވެފައި އޮތްގޮތުގައި ރާކިންވެސް ދިމްޔާއާއި ގަޔާވެއެވެ. އެހެނަސް އެއީ އޭނާއަށް ހީވެފައިވާ ކުށްހީއެއްކަމަށް ދިމްޔާ ނިންމިއެވެ. ދިމްޔާ ބެލީ މޫނުމައްޗަށް ހިނިތުންވުމެއް ގެނެވޭތޯއެވެ. ނަމަވެސް އޭނާއަކަށް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ.

ޖެހިގެން އައި ދުވަހުގެ ރޭގަނޑުގެ ވަގުތެވެ. ރުހާގެ އެދުމަށް ދިމްޔާ ޖަޒްލީމެން ގެއަށް ދިޔައީ ރުހާ ވަރަށް އާދޭސްކުރުމުންނެވެ. ޖަޒްލީމެންގެއަށް ވަދެ ޖަޒްލީ ކޮބައިތޯ އަހާލުމުން ޖަޒްލީގެ މަންމަ ބުނީ ޖަޒްލީވީ ޓެރަހުގައި ކަމަށްށެވެ. ރުހާއާއި ދިމްޔާ ޓެރަހަށް އެރުމަށްޓަކައި ސިޑިން އަރަންފެށިއެވެ.
“ހާދަ އަނދިރިއޭ…. އަހަންނަކަށް ހިއެއްނުވޭ ޖަޒްލީވީ މިތާހެނެއް….” ޓެރަސް ނުދިއްލާ ހުރުމުން އަނދިރިކަމުން ތަނެއް ދޮރެއް ނޭނގޭހާލު ދިމްޔާ ބުނެލިއެވެ.
“އެއަންހެންކުއްޖާގެ ގޮތެއް ނޭނގޭނެ…. ހިނގާބަލަ ބަލާލަން އޭރުންނެއްނު އެނގޭނީ….” މިހެން ބުނެފައި ދިމްޔާގެ އަތުގައި ހިފައިގެން ހިނގާލާފައި ގޮސް ރުހާ ހުއްޓުނީ ޓެރަހުގެ މެދެއްހާ ހިސާބުގައެވެ. އަދި ޖަޒްލީ އަށް ގޮވާލިއެވެ. އެވަގުތު މުޅިތަން އެކީ ދިއްލިގެން ދިޔައެވެ. ދިމްޔާ ސިހިފައި ރުހާގެ އަތުގައި ހިފާލަމުން ވަށައިގެން ހޯދާ ބަލާލިއެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ އެއްފަރާތެއްގައި ހުރި އުނދޯލި ކައިރީގައި ހުރި ރާކިން، އާހިލް، އިދާމް އަދި ޖަޒްލީއެވެ.
“ހެޕީ ބާތުޑޭ ދިމް…” އެންމެން އެއްއަޑުން މިހެން ކިޔާލާފައި އެއްފަރާތް ވުމުން ދިމްޔާގެ ލޮލުގައި އަޅައިގަތީ ކުޑަ މޭޒެއްގެ މަތީގައި އޮތް ކޭކެވެ. އެކަހަލަ ގޮތަކަށް ސަޕްރައިޒްލިބުމުން ދިމްޔާއަށް ވީ އުފަލެއްގެ ބޮޑުކަމުން އަނގަމަތީ އަތްއަޅާލެވުނެވެ. ދިމް ސަޕްރައިޒް ކަމުދޭތަ…؟؟” ދިމްޔާގެ އަތުގައި ހިފާލައިގެން ޖަޒްލީމެންނާ ދިމާއަށް ދަމުން ހިނިތުންވެ ހުރެ ރުހާ އަހާލިއެވެ. ދިމްޔާ ބޮލުގެ އިޝާރާތުން އާނއެކޭ ބުނެ ކުޑަކޮށް ރުހާގެ ގައިގައި ބައްދާލިއެވެ. ކޭކު ފެޅުމަށްފަހު ދިމްޔާ ކޮންމެ މީހެއްގެ އަނގައަށް ކޭކުކޮޅެއް ލެއްވިއެވެ. އެއަށްފަހު އެންމެން އެކީ އެރޭގެ ހަނދާނަކަށް ފޮޓޯ ނެގިއެވެ.
ދިމްޔާ ހުރީ ޓެރަހުގެ ފާރުގައި ލެނގިލައިގެން އުޑުމަތީ ރަނިކަންކުރަމުންދިޔަ ބުރުހަމަ ހަނދަށް ބަލަހައްޓައިގެންނެވެ. ރުހާއާއި ޖަޒްލީ އިނީ އެތާ ކައިރީގައި ހުރި އުނދޯލީގައި އިދާމްގެ ފޯނުން ދެންމެ ނެގި ފޮޓޯތައް ބަލާށެވެ. އިދާމްއާއި އާހިލް އުޅުނީ ކޭކު ކެއުމާއިގެންނެވެ. އާހިލްމެންގެ ގާތު ހުރެފައި ރާކިން ލަސްހިނގުމެއްގައި ދިމްޔާގެ ގާތަށް ގޮސް މަޑުކޮށްލިއެވެ. ރާކިން މަޑުމަޑުން ދިމްޔާގެ އަތުގައި ހިފާލުމުން ދިމްޔާ ސިހިފައި ބަލާލިއެވެ. އޭރު ރާކިން ހުރީ ސީދާ ދިމްޔާގެ ދެލޮލަށް ބަލަހައްޓައިގެންނެވެ. އެހާގާތުން ރާކިންގެ މޫނު ފެނި އެތޫނުދެލޮލުގައިވި ވިދުވަރަކުން ދިމްޔާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.
“އައި ލަވް ޔޫ ދިމް…. ވިލް ޔޫ ބީ މައި ގާރލްފުރެންޑް..؟؟ ކުއްލިއަކަށް ގެނައި ހަރަކާތަކާއެކު ދިމްޔާގެ ކުރިމައްޗަށް ތިރިވެ އަތުގައި އޮތް ރަތް ފިނިފެންމާ ދިއްކޮށްލަމުން ރާކިން ދިމްޔާއަށް ލޯބިހުށަހެޅިއެވެ. ދިމްޔާ ހުރީ ބުނާނެ އެއްޗެއް ނޭނގި ހުއްޓުން އަރާފައެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ޤަބޫލުކުރަން ދަތިވެފައެވެ.
(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (132)

  1. dhynya

    Mee first tha yey yey varah nice when nxt part

  2. Mau

    Vvv nice…. Watin 4 next part…. Plx plx avaskohlahchey..

  3. Nasha

    Varah varah reethi thanks

  4. Princess Noddy

    Wow..emme kiyaa hih vaa thankolhaa hamayah gohsa komme faharaku nimaalany.. bodah shaugu veri kohlan dhw thi hen thi hadhany. v salhi ekam vess ingey.. v kiyaa hithun miiny aneh part. waiting 4 next part.

  5. lam

    ooooooooh .. rek&dhim … i just loved it .. dhen mondayga tha next part eem ??? .. mi part ves vvvvvvvvvvvvvvvvvvvvvvvvvvv salhi .. mihaaru 10 varakah fahru mi bai kiyihje .. hehehe .. looking forward for the next part … n best of luck to u eem … 🙂

  6. eemiyaa

    thanks all.. 🙂 🙂
    next part monday ga In Sha Allah

  7. nish

    kobaaatha ‘vihjeh’ hen aumakeee?? someone plzxx tell me!!!! anywayys mi part hama habeyxxx ????????????????????????

    1. yaan
      nish

      neynge hama ehgothakahvxx.. ingeyy kujjaku buneba ?????

    2. eemiyaa
      nish

      ވިއްޖެއްހެން އައުމަކީ ތަންކޮޅެއް ބާރަށް، އަވަހަށް ނުވަތަ ހަލުވިކޮށް އައުމަށް ބުނެ އުޅޭ ބަހެއް

  8. naff

    V v v v v habeys nd nxt prt ah wait kuran 🙂 thanks for the lovely story keep it up… :p

  9. naaax

    eeemiyaa ah aslu kiyanee kon namehthr?? mihen mi buneee dhivehivaahaka site inna dim’ya vaahakaige authorge name different v ma….

    1. eemiyaa
      naaax

      aslu namakee dhaamiyaa

  10. naff

    I think vihjeh means like a very bad person hen… :p or maybe eem ehen ehcheh liyan ulhefa by mistake eheh liye vunihen… any ways the story was v good….

  11. shaz

    v reethi mi part vx..
    waiting for the next part…

  12. fathun

    avahah next part up kohba

  13. Anonymous

    V salhi….thamks for the lovely story….waiting 4 next part..

  14. Shabee

    Hey my lovely eem, prt is also awesome 😉 love it.. Ingeytha aslu handhaan vex nethifa meenee mi story mathin.. Hehee sorry for tht.. But aslu maa surprise vejje open Khlli thanun fenuneema 😀 I hope nxt prt would b much longer than this 🙂 n I appreciate ur grt n hard work… 😛 jazakillah khairan 🙂 love u eem… 😉

  15. ken?

    Hehee…….vvvvvv reeethi….? btw i dnt think shain will leave dhim sooo easily…dn engidhaanethaa kuriah huri part thakun…? waiting for next part..☺

  16. Shabee

    Dhw ken?? Shabee vex hithah eriey thihen… 😉

  17. Shabee

    Ekam eem shabee bunantha vaahaka eh?? Rec ehaaa surprising koh propose kolli gadeega dhim anga hulhuveemaa kada vaanehnoontha? Aslu shabee ah kada dhen dhim anga hulhuveemaa.. Eem ah onnaanenoontha dhim ge anga leppumuge baatu vex? 😉 heheeeee 😛 But vrh loabi sifakurunthah vex Hama ehvana.. 😀

    1. Shabee
      Shabee

      Baatu ehnoon Ingey… Baaru … Spelling mistake eh.. Ooops.. Sorry 🙂

    2. eemiyaa
      Shabee

      shabee thanks ingey… 🙂 🙂 mihaaru onnaany ethanko rangalhukohlaafa… dhenves ekahala hamanujehey thankolheh iniyya bunelahchey.. shabee ekanyeh noon hurihaa kudhinvess.. 🙂

  18. aria

    Wow..vvvv reethi..finally dim n rek gulheny dhw….eagerly waiting for the next part…shain adhi dim ah undhagu kuraane kahneynge dhw nuny rek ah ves gotheh hadhaafaane dhw…v heevey…well next avahah up kohdhehchey eem…

  19. Crazi

    Vrh shalhi

  20. dhynya

    Dhen monday gatha tuesday gatha up vany btw story is fab, excellent , superb , bravo , wonderful, dhen ehen gos hurihaa eh cheh i hope u vl write this story to the end and u mihaaruves liyamun thidhaa dhuvas thakah m waiting eargly to read the nxt part

    1. eemiyaa
      dhynya

      next part monday ga dhynya.. In Sha Allah

  21. marsha

    Verrrryyy nice… say yes dhim, avas avasss…. waiting for monday

  22. eemiyaa

    Thanks All… 🙂 hope u guys will support me till the end.. 🙂 🙂

  23. Shabee

    ofcourse eem… thikahala kiyuntheringe loabihoadhan ingey liyuntherinnah hama gaimuvexx support nulibieh nudhaanehnun… ekaku nethas shabee mihiry eem ah support dheyn.. eemiyaa, hop hop!!! eemiyaa, hop hop!!! eemiyaa, hop hop!!! heheh support kureveniyyehnun eoh dhw?? haha 😛 ey dhaamiyaa dhw real name akee? haadha unique name ekey dhw? shabee vex beynunee ekahala unique nameh… love tht name… 😉 like eh!

    1. j boat
      Shabee

      shabee kobaatha elsa?? elsa ge comment kiyaa hithun nuhurevigen hama……….

  24. anaa

    Just love this story. … ♡♥♡♡♡

  25. zai

    Wonderrrrful

  26. naaax

    wow!!! nice name… dhaamiyaa.. waiting 4 next part ingeyyy ?????????

    1. eemiyaa
      naaax

      thanks naaax

  27. ken?

    Shabee ekanyei noon…i ll also will support u till de end insha allah…cuz u r such a grt writer who makes de readerz happy….??????????

  28. eemiyaa

    thanks all 🙂

  29. Shabee

    monday ah hama mioh ketherikan kolhun lanee… aaaah… so ken vecx shabee aa ehkoh dhw? 🙂

    1. ken?
      Shabee

      Yeah…☺ with eem n shabee…?

  30. shara

    v reethi story..
    same thing happen to me 🙁

    1. eemiyaa
      shara

      shara anekkaa kihineh v??

  31. shx

    wow..vvvvv nyc..

  32. Shabee

    to j boat…. elsa v thaneh hama ehgothakahvex shabee akah neynge… better u go to find elsa to her house…. elsa ge comment thah fennaane hijra e vaahakain…. dhen shabee kairy thiahanee keehve elsa kobaathoa? shabee mee jinni ehtha elsa ulheythaneh bunan??? vrh miss vey elsa mathin…. foohi eyna nethymaa 🙂 dhw j boat?? vrh miss vey dhw elsa mathin? shabee ah heevanee j boat loabi vaneehen elsa dheke… j boat i think u luv elsa… am i right?? 🙂 heheh

    1. naff
      Shabee

      Eem dhen liya story eh liyaane j boat aa elsa aa behey gothun dho shabee… think the story will rock… esfiya site in vaahaka kiyaa comment kuran ulhumuge therey ga loabi vevunu dhe loabi verin ge vaahaka… hehehehe… plz sorry if ehves meehaku hithuga jeheh jei yaa… its just fun…. have fun guys…

  33. sharu

    Varah reethi

  34. shahu

    this story is amazing i loved it

  35. eemiyaa

    Thanks everyone 🙂

  36. Nuha

    alhe haadha lahey… kn irakun tha next part genesdheny….

  37. Shabee

    naff thibunaa hama rangalhu vaahaka eh…. vrh habeys vaane eyrun… dhw naff? eem liyedehehchey…. 😉 heheee

    1. naff
      Shabee

      Hehehe…. shabee serious v tha it was just fun… Hehehe…kakaka…

  38. Shabee

    eem miadhu up kuraanan dhw?? plx avahah up kohdheee…. miadhaa hama ah kehkurevunee…. but mihaar kehtherikan kolhun laifi 😛 plx make it fast…. hama mihaarun mihaarah kiyaalan beynun vanee…. alhey….

    1. j boat
      Shabee

      mihaarun mihaarah aneh bai liyegen shabee kiyaaba…adhi shabee liyunu bai upves kohladhy…eyrun j boat ahves kiyeyne ehnu? mihaaru vaahaka kiya kiyaa shabee ah hunnaany vaahaka liyanves dhasvefa dhw shabee?

  39. nukko

    Ya dw shabee nukko vs hama iru iru kolhaa belenyy. Waiting waiting waiting waiting… 😛 :-*

  40. Shabee

    hehehe an dhw nukko… hama iru iru kolhaa… ey nafff ingijje ehcheh…

    1. naff
      Shabee

      Kocheh maa varakah eguni

  41. Shabee

    i think mirey hen eem upload kuraanee….. but beynume v haa avahah kiyaalan……. ey j boat dhen mihaaru elsa ge comment eh nufenuneema kon dheraeh thivanee???? eyna tv rec kiyaathee ehnun j boat fonivaan eyna aa dhimaalah bunee i hate u ey… elsa ehkamaku ehn nukiyaashey…. dhen vedhaanehnun eyna dheravegen dhen comment nukuranee kamah…. j boat vexx dhw…. emme furathama vex rulhi ayee… dhen e miss v… dhen veveynee loabi dhw?? hahaha congrats j boat… but i think elsa ge bf eh hunna hen.. eyna buni handhaaneh vey eba 🙂 kada dhw j boat??? ey naffff hama aslahvexx story eh liyeveyvarah kanthahthah eba huri…. eeem liyedheebaa e kamah story eh… plx shabee ahtakaa…. hahahah mibunee esfiya site in loabivevunu kujjehgge vaahaka….. j boat ah loabivevuniyyoa elsa dheke…. comment thah kiyaalaafa hama… 😛 eem liyedhehchey…. heheeeeee 😉 😀

    1. naff
      Shabee

      Alhey mihaaru e dhekudhin ladhun boa falhaigen dhaa varuvaane dho… aharemen kuraa kanthah thakakun… bunaane bo balaabalaa shey mi naff aa shabee aa kuraa kanthah.. hehe..

    2. j boat
      Shabee

      rulhui eh naannamey elsa dheke eh! j boat ehn buny nulaahiku loabinney… kihineh elsa men kahala kudhin dheke rulhi annaany? elsa, shabee, nd naff men kahala hiy heyo kudhin dheke ehves myhakah rulhi eh naadhevyene ehnu?

  42. ken?

    Kobaa next part??? ?

  43. Shabee

    balaabaa eem?? ken vex eynee hama inthixaar gaaey… mihaaru 3 vejje… shabee, nukkko n ken… 3 kudhin mithubee inthixaar gaa.. adhi comment nukoh vex thibeyne ethah baeh inthixaar gaa 🙂 so plx make it fast… eem migadeega up khdhehchey ingea

    1. naff
      Shabee

      I was there foohivegen ehen kudhinge esfiya site ga liyefa thibi nunimey vaahaka thah kiya kiya eyah kunnaa nimun hoadhi… hehee

  44. Shabee

    mihaaru mi prt kiyunu adhadhehvexx neynge… i think eem story liyaneehen 🙂

  45. nukko

    Eeemooo kobaatha aneh baii… inthixaarun hithuga ufedheyy jazubaathey loibakee hiyy havaaley dhimyaa stoty ge 9 th vana. baya.hmm hmm hmmm hmm.
    Hehe..

  46. Shabee

    hehehe nukko haadha molhey dhw…. eem kobaatha nxt prt??

  47. dhynya

    Miadhu when nxt part i cant wait anymore hama hithah arany dhim yes ey bunaane baava ey I knw yes ey kmeves irakun bunaanekan bt nxt part ga bunaanetha ehen villain eh naananis yes ey bunnahcheh dhim n eem ehen villian eh ragalhuvaane nuli as I thnk frndz therein myhaku fani hadhaanihyey dhw eem waiting ngey plx up it soon

  48. kenbee

    Shabee, nukko n ken My ves thi grp ah laadhen v nu ✋ varah obi u menge comments ♡ dhen i vl be very very ☺ n eem u r fantasti ?⭐❤???? dhim m rec should be like this forever?

  49. kenbee

    Ken = ken bee=shabee ☺?

    1. nukko
      kenbee

      Koba nukko.. 🙁 🙁 🙁

  50. Shabee

    hehehe ken tha name thi change kuree kenbee ah?? y?? ok hama join kuriyas

  51. Shabee

    oh nukko name vexx laan jeheyneyey ebunaahen…. ok shabee hadhanee mi… ken=ken bee=shabee ko=nukko ok dhw??? eyrun ken ge name change kuran jeheynee kenbeeko ah dhw? hahahahah

  52. kenbee

    Not ken ken shabee n nukko ge fan eh nu ya it vl b better nukko kennukbee hehehe

  53. kennukbee

    Nw ok tha nukko

  54. Shabee

    eemiyaaaaaa kobaahey 9th prt??? nukko bunaahen “inthixaarun hithuga ugedhey jazbaathey loehbakee…hiyy havaaley dhimyaa storyge 9th prt ah… hiyy rohvaaa nulaashe eem….hiyy rohvvaa nulaashe eem” eyee mi storyge theme song ingey 🙂 alhey avasss kohbbaaaaa 🙁 🙁 🙁

    1. Shabee
      Shabee

      ugedhey ehnoon… ufedhey*

  55. Shabee

    ken buni ehchh shabee akah neyngunu… kommes not ken ken shabee n nukko ey kiyaafa…..

  56. kennukbee

    Shabee m not ken u three ge fan ken ey kyanyaamu ken angry vedhaane ? serious koh angry nuvahche ngey ken ☺ be happy olways ok everyone

  57. kennukbee

    Adhives geteh nuvitha. Mi buny i am not ken ey. Shabee , ken and nukko ge fan ekey. Nw got it tha

  58. Shabee

    kennukbee thee kaakutha?? thankolheh saaf koh kiyaabala…. thee kurin ken ge name ga comment kuri meehaaeh noontha??? kujjeh viyas…. mihaar olhijje..

  59. Shabee

    hmmm thee ken ehnoon dhw name change kohgen thiulhenee… i though thee ken kamah nan badhal kohggen…. dhen ehn veeru kaaku eyee kenbee??? first ken…dhen kenbee…dhen kennukbee… kihinehtha mivanee???? i really dnt understand wats heppening here!!!!!!

  60. kennukbee

    Ken ge namugaeh comment eh nukuran. U threege comment thah varah fahkaa thatx y u menge fan ekey shabee anehkaa rulhi aeytha

  61. kennukbee

    Ken ge namuga ekurany hama ken. Bt kenbee ge namuga mikurany I only bt nw nukko ves laigen kennukbee ge gothuga mi comment kurany nw got it wat is happening here

  62. Shabee

    hmmm ingijje… rangalhah adhi comment mikiyaalee…. kon gothakah ahrunge comment thah kennukbee ah obi v??? heevanee bi gothun maa molhu ehchihi thakeh liyefa oehhen…. bunebala???

  63. Shabee

    sorry…. buni gothun*
    dhen maa vahtharu nameh v ma… sorry vrh bodah…. specially ken ah… ken m v v v sorry… eyee ehn meehaka ken ey kiyaigen tok kureemaa… 🙁 kennukbee vex hama ken dhonveemaa ken name eynee emme furathama ah laafa… hama nukko ahvex nu laafa… adhi shabee ah bee laafa… rulhi kennukbee aa… huh hama ken name ehkoh laafa… rulhi rulji rulhi

  64. ken?

    Haadha ken ginaey dhwww…?btw dats not me ingey…?
    waiting…waiting…wating…

  65. Shabee

    ken noon ithuru ken ehnaadhey mithaakah… mithanah aee kennukbee eh… n ken sorry ingey 🙁

  66. ken?

    Dhim n rec were v happy in thier luv life…n dn suddenly something v unexcepted hpns in their lives…they both had to b apart…bt in far distance also they both remained faithful to each other…………….n dn i woke up in de morning n realized that was juz a dream….?
    Eeeem kihineitha thi hadhanee..mihaaru day dream ves kurevenee ey…?
    M sure shabee n nukko ves v dream kuraanekan…???

  67. Shabee

    ofcourse ken…. thee jinni ehtha??? biruvexx ganejje… haadha molhey guess kuran ken… amayyyaaaaai ken akee jini ehtha?? shabee kai nukahchey … mammeeeeeee

  68. Shabee

    adhivex up nuvey… eeeeeeeemmmmmmmmiiiiiiiiyyyyyyaaaaaaaaa????

  69. Shabee

    eem eem eem eem eem eem…. waiting waiting waitng waitng…. alhey avss khbaa eem…. hama kehmadhuvefa ey meenee….

  70. Shabee

    eem atleast up kuraane time bunedhee… heyonuvaane eem…. hiyy nurohvvaa.. kushakaa nulaa hiyy nurohvvaa…. vaahaka up kurey stuck nuvey…. obi obi obi vaahakaa ekey mieeee… reethi dhivehi bahn liyefa vaa aaaa… hithakun nudhaaney filaa… rey rey nidhin heylahvvanee dhim aa rec gey huvafenun unnn…. dhaahiyyvanee dhekelaashe adhu e manxarooo mi dhekolun unn… farikan eeemiyaage hiyaaal… hithakun nudhey mi vaahakaaa… hahah eyee ves mi story ah hedhi song ekey hama eeem ahtakaa 😉

  71. nukko

    Kenukbee thi name habeyx ingwyy… ya nukko vs day dream kuranee mi.. eeemiyaa. Kyhtha thi kuranyy? 🙁 😛 B-)

    1. Shabee
      nukko

      dhw 🙁 🙁 🙁

  72. Shabee

    eem konirakuntha?????plx make it fast… time bunedheeeeee

    1. j boat
      Shabee

      shabee shabee keh kohbala…hama asluves shabee kuraane ehn kameh neiytha? dhen annanvynu j boat ge gamys isthiri kohdheyn???

  73. ken?

    I think btwyn 4 n 5 it will up…hehe so i will check around 5.30…taaataa shabee n nukko..☺ n eem plz make it fast cuz thr r lots of readers waiting…?

  74. Shabee

    j boat kon fonyeh thi dhahkanee? nubehey kanthahthakaa nubehey ingey…. shabee nooolhen j boat dhahkaaa foni balaakah… adhi bunefi ehnun gamys isthiri kohdheyn annaashoa…. amilla ah isthiri nukurevenyaa nulaabala,….

  75. Shabee

    dhen hama shabee ge comment eh viyya jeheytha reply liyan…. adhi hiyy hevey bunefi yeynun… huh vrh foohi vey… aslahvex j v dhw… j boateh viyyaa…

  76. Shabee

    ken ur right… 🙂 ey thedheh eem… make it fst plx.. 🙁

  77. kennukbee

    U three ge comment thah obi. Bcz shabee ge comment thah dhiguvefa ken ge comment medium vefa nukko ge comment thah kuru v ma hama kiyaalaa hihvany. N ken ge name kurvyma kuriyahly dnt be angry shabee. N one more thng in my family there is a ken and a shabee thatx y. Nukko eh neh bt nukko aa vahtharu nameh edhe

  78. dhynya

    Eem haadhalahey plx up kohba fast plx fast

    1. Shabee
      dhynya

      dhw

  79. Shabee

    ey mi shabee akee ey kennukbee ge geyga ulhey shabee… ey bro vrh bodu kameh kohdheyn vejje…

    1. kennukbee
      Shabee

      Aey tha e kamaky sis. Grl eh dho thy. Let me tell u m grl so dnt call me bro

    2. j boat
      Shabee

      hahahaaa! kadavaane shabee 😛

  80. Shabee

    kennukbee j boat kiyaa meeheh maa foni vanee… eyna kairy buney foni nuve hunnaashey…. nikan kiyaabaaa eyna ge commentx… mi page ga hunnaane vrh ginain… toatlly bored

  81. Shabee

    eem?? kobaaatha?? mioh moya vaniyyey!!! atleast eem time bunedhee… plxxx

    1. dhynya
      Shabee

      J boat ehunnany abadhuves reply kohfa

  82. dhynya

    Dhw shabee

  83. eemiyaa

    hei friends.. sry inge.. bxy kamun reply ves kohnulevigen mi ulheny.. asluves next part ah tha thihaa varah thi inthizaar kurane shabee men..
    sry inge.. 5 aa 6 aa dhemedhuge vaguthegga 9 vana part up kohladheynan In Sha Allah.. next part liye nimifa othy ekm adhi mistakes thah rangalhu nukohlaa hunnaany.. bt before tht i have an important work to do.. so adhi kuda vaguthukolhaku inthizaarkohla dhee.. lov u all

  84. kennukbee

    Dear j boat,
    Nw gamis isthri kurevehje hehyeve? Isthiri kohfa levehje hehyeve? Hama jeheyny laan shabee eh nudhaane koh dhey kah.
    For fun ngey dnt feel bad nw ok tha shabee

  85. kennukbee

    Ken u r great. U told that it will up btwyn 4 and 5 hama eem ves ebuny ehaa kairi kohfa 5 to 6

  86. Shabee

    thankx bro… hmm ken vrh molhu vaane guess kuran 🙂

  87. Shabee

    anbi meehaa kairy bunebala gamys isthiri kohdheyn… merry nukuranyaa gf ehvexx nehtha??? gf kairy bunabala… gf ehvexx nethiyya dhen isthiri nukoh laa… aan dhen shabee kairy bunan jehey dhw kommehen….

  88. Shabee

    kennukbee shabee boys ah vexx grls ahvexx bro kiyamey…. e hama majalakah… dhen ok if u dnt lyk kiyaafaanan sis ey vex… sorry sis.. aslu bro kee majalakah…. dhymya dhw.. adhi eyna shabee kairy ahaifiehnun kameh nethyhey… eyna ehnoontha kameh nethigen comments ah reply liyanee… vrh ffooohivey…. i hate u j boat… n eem habareh veleethee thankxx…. 🙂

    1. j boat
      Shabee

      nd i luv you shabee

  89. Shabee

    dherakamehnun j boat??

  90. shaph

    alhey mihaaru kn ireh waitt kuraathaa… school in ai fahn wes 4 times check khfin …. ehn owwaa niduny reyga heylaa huryma…plxx plxx awahah up khdhyba..

    1. dhynya
      shaph

      M olso i student yey schl ga ulhey kujakaa dhimaa vehje. Whch grade

  91. Shabee

    aanekey eem bunaane 5 to 6 ashey… mihaaru eoh 5:30 ve bodu vee..eem dhen thivarah inthixaar nukuruvaa… plx… ekam shabee meenee hama waiting mode ah laigen ingey….. n j boat shabee admin kairy buefaanan j boat vaahaka…. i hate u j boat…

  92. Shabee

    shaph school gatha ulhenee??

  93. Shabee

    eem plx mihaaru eoh 5:30 ve bodu v…. dhen thivarah nuthalhuvaa… hama inthixaar gaa…. n j boat mihaaru thidhanee mAa mahchah ingey… dhen admin kairy bunaanee…

    1. j boat
      Shabee

      birudhahkanytha shabee? shabee haadha molhey dhw? adminnnnn shabee birudhahkany j boat ah….

    2. j boat
      Shabee

      shabee biru dhahkanytha j boat ah? admin kairy bunaanan shabee biru dhahkaa vaahaka….

  94. ken?

    Oh dr eem..thihaa bzzy koh ulhemunves bunefa inna day ga up kohdheytheeve v bodah thnkx..☺ hehe…n comment kuraa frndz thikuraa inthizaarahves v hivaaru dhen…??

  95. Shabee

    alhey eem… hama inthixaar ga ingey meenee..;

  96. Shabee

    kobaatha kennukbee siss??? eyna mathin vrh miss vejje 🙂 n eem plx avass kohdheee….. inthixaarr ge gitar hithu thereygaaa aaaa… alhe alhe alhey….. eem eem eem hop hop hop…. eem ah support dhineema kanneynge avahah up kuraanee… ken hingaa fashan??

    1. kennukbee
      Shabee

      If u wnt u cn cal bro where is tha j boat

  97. kennukbee

    Dhw eem hop hop hihvarey hihvarey eem ah hihvarey

    1. j boat
      kennukbee

      kennukbee haadha rangalhey…. shabee men j boat dheke rulhi annany….

  98. Shabee

    eem ge samaal kamah…. mihaaru gadin 5:52 vejje…. baakee 8 mins inee eem buni vaguthu hamavaan… i hope ull up it before 6

  99. Shabee

    kennukbee keekuran j boat thihoadhanee??? haadha foohsehveyey eyna dheke…. kuraa komme comment akah reply liyaane… adhi ebuneenun gamys isthiri kohdheyn annaashoa… huh vrh foohivey….

  100. Shabee

    ey guys up khffi 🙂 avahah dhey kiyan..

  101. ?sane

    This story is so good ??????????

Comments are closed.