Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ނަޖާ (ހަތަރުވަނަ ބައި)

Shax Lyn Level 4100 Stories10 Stories500 Comments100 Comments
August 28, 2015 4 Mins Read
40 Comments

“އަސްލުވެސް މަތީނު ޝިޔާނާގެ ކޮއްކޮ ހާދަ ރީއްޗޭ…. ހުންންން… މި ކޮފީވެސް އެހާމެ މީރު… މަ ބޭނުމީ މިކަހަލަ ހޫރު ޕަރީއެއް” ޝާޑް ތަޢުރީފްގެ ބަސްތައް އައީ ފަހަރެއް ފަހަރަކަށް ގިނަ ވަމުންނެވެ. މުއާޒްވެސް ޝާޑާއި އެއްބައިވެފައި ބުންޏެވެ. “ދޮގެއްވާ ނޫން… މިހާ މީރު ކޮފީއެއް އަދި ނުބޮން..” މަތީން ވެސް ހިނިތުންވެލިއެވެ. އަދި ތެދުވެ ހިނގައިގަތީ ކޮޓަރިޔާ ދިމާލަށެވެ.

ހުކުރު ދުވަސް

ސިއްސައިގެންދިޔައީ ދޮރުގައި ބާރުބާރަށް މީހަކު ޓަކި ޖަހާލުމުންނެވެ. ޝިޔާނާ އަވަސްއަވަހަށް ޓޮޕްކޮޅު ރީތިކޮށްލުމަށްފަހު ދޮރުހުޅުވާ ފާހާނައިން ނުކުތެވެ. ދޮރުކައިރީގައި ފުލުސް އަންހެންމީހާ ހުއްޓެވެ. މޭޒުދޮށުގައި ފިރިހެން ފުލުހަކާއި އެކު އިތުރު އެހެން ފިރިހެނެއްވެސް ހުއްޓެވެ. އެއީ ގަމީހާއިފަޓްލޫނުގައި ބެގީޖަހާފައި ރަސްމީކޮށްހުރި މީހެކެވެ. އޭނާ ހުރީ ލެޕްޓޮޕެއް ހިފައިގެން އޭގެ ސްކްރީނަށް ބަލަހައްޓައިގެންނެވެ. ޝިޔާނާގެ އިންތިޒާރުގައި ތިބި ބައެއްކަން އޭނާއަށް ވިސްނުނެވެ. އަންހެން ފުލުސް އިޝާރާތުން ޝިޔާނާއަށް މޭޒުދޮށުގައި ހުރި ގޮނޑީގައި އިށީނުމަށް ދައްކާލިއެވެ. މަޑު ހިނގުމެއްގައި ގޮސް ޝިޔާނާ އެ ގޮނޑީގައި އިށީނެވެ.

ވަށައިގެން މުޅިކޮޓަރި ތެރެއަށް ނަޒަރު ހިންގާލިއެވެ. މޭޒާ ދިމާލަށް މަތީ ހުރި ފަންކާ މަޑުމަޑުން ދައުރުވަމުން ދާ އިރު އޭގައިވާ ތިން ފިޔަ ވަކިވަކިން ފާހަގަ ކުރެވެއެވެ. އެކޮޓަރިއަށް ވަންނަ ދޮރާ ޖެހިގެން ހުރި ފާރުގައި ބޮޑު ބިއްލޫރިގަނޑެއް ހަރުކޮށްފައި ހުއްޓެވެ. އެ ބިއްލޫރިގަނޑުން ޝިޔާނާއަށް ޝިޔާނާގެ ސޫރަ ފެންނަންހުއްޓެވެ. ތެތް އިސްތަށިގަނޑު ނިއުޅުވާލާފައިވާއިރު ނިއްކުރިމަތިން މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅު އަތުން ރަނގަޅު ކޮށްލިއެވެ. އަދި ކުރިމަތީ ތިބި މީހުންނާ ޝިޔާނާ ހަތަރު ކަޅި ހަމަކުރަން ބޭނުން ނުވާތީ އިސްއޮބާލައި އަމިއްލަ އަތުގެ އިންގިލިތަކަށް ބަލަހައްޓައިގެން ހުއްޓެވެ. ޝިޔާނާއަށް ކުރެވުނު ކަންތައް ހަނދާންވީދެނެވެ.

*** *** *** *** *** ***

ފުރަތަމަ ޚުތުބާ ނިމުނު ވަގުތެވެ. ސިޓިންގް ރޫމްގަ ޓީވީހުރީ ޗެނަލް ޓީ.ވީ.އެމް އަށްލާފައެވެ. އާދައިގެމަތިން ޓީވީން މާލޭގެ އިސްލާމީ މަރުކަޒުގައި ކުރަމުންދާ ހުކުރު ނަމާދުވަގުތުން ދައްކަމުން ދިޔައެވެ. ޓީވީގެ އަޑު ހުރީ ބާރުކޮށްފައި ކަމުން ކިޔަމުން ދިޔަ ޚުތުބާ ޝިޔާނާއަށް ރަގަޅަށް ސާފުކޮށް އަޑު އިވުނެވެ.

“ޙަރާމް ކަންތަކަކީ ޝަރީޢަތް ކަނޑައަޅުއްވާ ފަރާތުން، މުކައްލަފަށް ކުރުން މަނާ ކުރައްވާފައިވާ ނުވަތަ ކޮށްގެން ނުވާނޭކަން އަންގަވާފައިވާ ކަންތައްތައް….. އެއީ ކުރުމުން އަޛާބު ލިބޭ އަދި ނުކޮށް ދޫކޮށްލުމުން ޡަވާބު ލިބޭ ކަންތައްތައް….. މިސާލަކަށް ބަނގުރާބުއިން، މަސްތުވާ ތަކެތި ބޭނުން ކުރުން، ޒިނޭކުރުން، މީހަކު މެރުން ފަދަ ކަންތައް……. “

މިހާހިސާބަށް ޚުތުބާގެ އަޑު އިވުނު ވަގުތު ޝިޔާނާގެ އަތުން އެއްފޫޓްގެ ބޮޑު ދިގު ވަޅި ބިންމައްޗަށް ވެއްޓުނެވެ. މުއްގަނޑުގަޔާއި އެކު މުޅިވަޅީގައި ވަނީ ލެޔެވެ. ޝިޔާނާއަށް ހުރެވުނީ ގަނޑުވެފައެވެ. އެވަގުތު ޝިޔާނާގެ އަތުގައިވާ ލެޔަށް ބަލާލުމަށް ފަހު ކޮޓަރި ތެރޭގައި ހަރަކާތްހުއްޓިފައި ދިރުމެއްނެތި ބަންޑުން އޮތް ހަށިގަނޑަށް ބަލާލެވުނެވެ.

އެ މީހާ ލައިގެން ހުރީ މަޑު ނޫކުލައިގެ ގޮޅިޖެހި ގަމީހެކެވެ. ލައިގެންހުރި ފަޓްލޫނު ވަނީ ބޮކްސާރ ފެންނަވަރަށް ތިރިއަށް ފައިބާފައެވެ. އޭނާގެ ބުރަކަށިންނާއި އަރިކަށީގެ ދެދިމާލަކުން ހޯސްލާފައި ލޭފައިބަމުން ދިޔައެވެ. މުޅި ކޮޓަރިތެރޭގައި ތަރުތީބެއް ނެތި އެގޮތް މިގޮތަށް ރީތިވާ ސާމާނު އުކާލާފައި ވާއިރު، ކޮޓަރީގައި ހުރި ސިންގަލް އެނދުގެ ބެޑްޝީޓުވެސް ވަނީ ހޭވިފައެވެ. ޝިޔާނާ އެނދުގައި އިށީނދެ ކުރިމަތީގައި ހުރި ސާނިޔާއަށް ބަލާލީ ދެނެވެ. ސާނިޔާ ގިސްލަގިސްލާފައި ރޮނީއެވެ.

ޝިޔާނާ ހާސްވިއެވެ. ފުންމައިގެން ތެދުވެ ސާނިޔާ ގާތަށް ޖެހިލިއެވެ. އަދި ސާނިޔާގެ ކޯތާފަތުގައި ދެއަތުން ހިފަހައްޓާލިއެވެ.

“ނޫން ދައްތާ!….. ނޫން……!…” ސާނިޔާގެ ރުއިމުގެ އަޑު ގަދާވާން ފެށުމުން ޝިޔާނާ އޭނާގެ ކޮއްކޮގެ އަނގައިގައި އަތް އެޅިއެވެ. އަދި ޝިޔާނާ އޭނާގެ ތުންފަތުގައި ޝަހާދަތް އިންގިލި ޖައްސާލާފާ “ޝްޝްޝްޝްޝް…….” ބުނުމުން، ސާނިޔާގެ އަޑުކަނޑާލިއެވެ. ސާނިޔާ ހުރީ ހަދާނޭ ގޮތް ހުސްވެފައެވެ. އަނެއްކާ އޭނާގެ ދައްތަ މޮޔަވީބާވައޭ ހިތަށް އެރިއެވެ.

ސާނިޔާ،…. ދޭ… މިތަނުން ދޭ… މިތާހިނގި އެއްވެސް ކަމެއް ސާނިޔާއަކަށް ނޭންގޭނެ…. ސާނިޔާ ދޭ އަވަހަށް ފެންވަރަން…. ދޭ މިތަނުންދޭ….. ސާނިޔާއަށް އެއްވެސް ކަމެއް އިނގޭ ކަމަށް ނުހަދާތި….” ޝިޔާނާ ބޭނުންވީ އަވަހަށް ސާނިޔާ އެތަނުން ފޮނުވާލާށެވެ. އޭނާ ކޮޓަރިން ނުކުމެ ޝިޔާނާމެންގެ ކޮޓަރީގައިހުރި ފާހާނައަށް ދިޔައީ ދައްތަ ބުނިބަސް އަހައި، ފެންވަރައިގެން ރީތިވާށެވެ. ނަމަވެސް އަދިވެސް ސާނިޔާއަށް ރޮވެނީއެވެ.

އަނެއްކާވެސް ޝިޔާނާ ކޮޓަރި ތެރޭގައި ފެތުރެމުންދާ ލޭ ތަކަށް ބަލާލިއެވެ. އެވަގުތު ޝިޔާނާގެ ލޮލުގައި އަޅައިގަތީ ޓައިލްސްމަތީ އޮތް ސެމްސަންގް އެސް3 ފޯނެވެ. ޝިޔާނާ އެފޯނުނަގައި ބަލާލިއިރު އެފޯނުންވަނީ ގެލެރީބަޔަށް ވަދެވިފައެވެ. ޝިޔާނާ ގެލެރީ ބައިން ބޭރުވެ ފޯނު ޑައަލަރ ހުޅުވާ 119 އަށް ގުޅާލިއެވެ. އެކޮޅުން ފޯނު ނެގީ އަންހެނެކެވެ.

“އަހަރެން އަތުން މީހަކު މަރުވެއްޖެ، ހުޅުމާލެ ފްލެޓް 93…. ދެވަނަ ބުރީގެ… 2 ވަނަ އެޕާޓްމަންޓް….”

މިހިސާބަށް ބުނެވުނު އިރު ޝިޔާނާ ކުރިމަތީގައިހުރީ މަތީނެވެ. ފޯނު ކަނޑާލުމަށްފަހު ޝިޔާނާ އިސްޖަހައިގެންހުރީ ކުށްވެރިއެއް ފަދައިންނެވެ. “މަތީނޫ… އަހަރެންނަށް މަޢާފްކުރޭ…. ޒާން ގޮވައިގެންދޭ…. ޕްލީސް…. ޒާން ގޮވައިގެން ދޭ”

ފަސް ވަރަކަށް މިނިޓުވަންދެން މަތީނު އެކޮޓަރީ ދޮރުމަތީ މަޑުކޮށްލިއެވެ. ދެމީހުންގެ ދެމެދުގައި ބަހުން މުޢާމަލާތް ނުކުރިއެއްކަމަކު މަތީނުގެ ނަޒަރުވަނީ ޝިޔާނާއަށް ހުއްޓިފައެވެ. ޝިޔާނާއަށްވެސް ދިފާއުގައި ބުނާނެ އެއްޗެއް ނޭނގި ގަބުއަރާފައިހުރީ މަތީނުގެ ފަރާތުން ބަހެއް ނޫނީ އިޝާރާތެއް ފެނޭތޯއެވެ.

“ބަލާއާ މުސީބާތް، ތަކުން ފިއްލަވާންދޭން….” އެވަގުތު ހުކުރުކޮށް ނިމިމުން ޓީވީއިން މަދަހަ އަންނަން ފަށައިފިއެވެ. މަތީނު އަނގައިން އެއްވެސް ބަހެއް ނުބުނެ، ފްލެޓްގެ މައި ދޮރުން ނުކުމެގެން ދިޔައީއެވެ. ނުކުމެގެން ދަމުން ދޮރު ލައްޕާލި އިރުވެސް މަތީނު ފަސްއެނބުރި ގޭތެރެއަކަށް ނުބަލައެވެ. އޭނާ ހުރީ ވަރަށް ހާސްވެފައެވެ.

މަތީނުގެ އެ ޢަމަލުން ޝިޔާނާގެ ހިތުގައި ޖެހުނެވެ. މަތީނު އޭނާދެކެ އަންނާނެ ރުޅި އިޙްސާސް ކުރެވުނެވެ. ޝިޔާނާ އަތުން އޭނާގެ އިސްތަށިގަނޑުގައި ހިފާ މޮޔައެއްހެން ހާވައިގަތެވެ. އަދި ހުރިދިމާލުން ކަކޫޖަހާފައި ބިންމައްޗަށް ތިރިވިއެވެ. އަތުގެ އިނގިލިތަކަށް ބަލާލެވުނެވެ. ބާރުބާރަށް ރޮއެ ގަނެވުނެވެ.

*** *** *** *** *** ***

މީހަކު ކަރުކެހިލި އަޑަށް ކުރިމަތީ ހުރި ދެ ފިރިހެނުންނާ ދިމާލަށް ޝިޔާނާ އެނބުރުނެވެ. ލޮލަށް ޖަމާވެފައިހުރި ކަރުނައިގެ ސަބަބުން ލޮލަށް ސާފުކޮށެއް ނުފެނެއެވެ. ހިންދިރުވާލުމަށްފަހު އިސްއޮބާލިއެވެ. މޭޒުކައިރީގައި ޝިޔާނާއިން އިރު އޭނާ އިނީ އޭނާގެ ފައިގެ ބޮޑުވައި އިނގިލިކުރި ޖައްސައިގެން ހަލުވި ގޮތަކަށް ހަލުވާލަ ހަލުވާލައެވެ. ކަނާއަތުގެ ބޮޑުވައި އިނގިލިން ވާތުގެ ބޮޑުވައި އިނގިލީގެ ނިޔަފަތި ކޮށްޓާލަ ކޮށްޓާލައެވެ. ތަޙުޤީޤުގައި ޝިޔާނާ ޖަވާބުދޭން ޖެހޭނެ އެތައް ސުވާލުތަކަކާއި ކުރިމަތިލާނެ ގޮތަކާއި މެދު ވިސްނަނީއެވެ.

ޝިޔާނާގެ ކުރިމަތީ ހުރި ޒުވާނާ، ކޮޅަށް ތެދުވެ އޭނާ ލައިގެންހުރި ގަދަ ނޫކުލައިގެ ގަމީހުގެ ޖީބުން ފޯނުނަގައި މޭޒުމަތީ ބާއްވާ، ފަޓުލޫނުގެ ދެ ޖީބަށް އަތްޖަހާލިއެވެ. އޭނާ ތަޢާރަފްވެލިއެވެ. “މި މައްސަލަ ތަޙުޤީޤު ކުރާ މީހަކީ އަހަރެން… އަޙްމަދު ފަޔާޒް”

ޝިޔާނާއަށް ލިބުނީ ސިހުމެކެވެ. މީ މިނަން އަޑުއެހި ފުރަތަމަ ފަހަރެއް ނޫނެވެ. އިވުނު އަޑުގައިވެސް ދަންނަ ފާޑު ގޮތެއްހުއްޓެވެ. ޝިޔާނާ އިސްއުފުލާލީ އެނަމުގެ ވެރިޔާގެ މޫނު ފެނޭތޯއެވެ. ހިތުގައިވާ ޝައްކު ޔަޤީން ކުރުމަށެވެ. އާއެކެވެ. އެއީ ޝިޔާނާ ދަންނަ މޫނެކެވެ.

ފަޔާޒްގެ މޫނުމަތިން ފެންނަނީ ވަރަށް ސީރިއަސް ގޮތެކެވެ. ޝިޔާނާ ވަރަށް ޖެހިލުންވިއެވެ. ނަމަވެސް އޭނާ ބޭނުންވަނީ މި ހުރިހާ ކަމަކާއި ކެރިގެން ކުރިމަތިލާށެވެ. ޝިޔާނާގެ ޙަޔާތުގައި ފުލުސް އޮފީހަށް ގެންދެވުނު ފުރަތަމަ ފަހަރުކަމަށް ވާތީ އޭނާހުރީ ވަރަށް ބިރުގެންފައެވެ.

ފަޔާޒް ސުވާލުކުރަން ފެއްޓިއެވެ. “އާމިނަތު ޝިޔާނާ، އެކަނިތޯ މިކަންކުރީ؟…”

ޝިޔާނާ ލޯމަރާލިއެވެ. ބޮލުގެ އިޝާރާތުން ޖަވާބު ދިނުމުގެ ގޮތުން ބޯ ޖަހާލިއެވެ.

ޝިޔާނާ ގާތު އަނގަބަހުން ޖަވާބު ދިނުމަށް ފަޔާޒް އެދުނެވެ. ޝިޔާނާ އަނގަހުޅުވާލިއެވެ. ނަމަވެސް އަޑެއް ބޭރެއް ނުވިއެވެ. ކައިރީގައި ހުރި އަންހެން ފުލުސް ތާޒާ ކުޑަ ފެންފުޅިއެއް ޝިޔާނާ ކުރިމަތީ ބެހެއްޓިއެވެ. ޝިޔާނާ ފެންފުޅީގެ މަތިނަގާ އަނގަ މައްޗަށް ޖަހާ ކޯވަރެއްހާ ފެންފޮދަކުން ކަރު ތެއްމާލުމަށްފަހު ޖަވާބު ދޭން މަސައްކަތް ކުރިއެވެ. “އާދެ، އަޅުގަނޑު އެކަނި އޭނަ މަރާލީ، މިކަމުގައި އިތުރު އެއްވެސް މީހެއްގެ އަތެއް ނުވާނެ” ޝިޔާނާގެ އަޑުގައި ވޭނީ ރިހުމެއްވެއެވެ.

ފަޔާޒް މަޑު ފިޔަވަޅުތަކެއްގައި ކޮޓަރިތެރޭގައި ހިނގަމުން ދެވަނަ ސުވާލުކޮށްލިއެވެ. “އޭނާ މަރާލީ ކިހިނެއް؟ ކޯއްޗަކުން.”

ޝިޔާނާއަށް ކެތްކުރަން ދަތިވިއެވެ. ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ހިފެހެއްޓުމެއް ނެތި ފައިބަން ފެށިއެވެ. “އަހަރެން އޭނަ މަރާލީ…. އޭނަ މަރާލީ އަހަރެން….. ބޮޑު ވަޅިއަކުން…. އެއީ ގޭގައި މަސްކަނޑަން ގެންގުޅުނު ވަޅި….. އޭނާޔަށް އަހަރެން ހަމަލާދިނީ….. އޭނަ ފުރަގަސް ދީގެން ހުއްޓާ އޭނަގެ ބުރަކައްޓަށް… ދެން… ދެން….” މިހާރު ޝިޔާނާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ފަޔާޒް އިތުރު ސުވާލެއް ނުކޮށް ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. އެވަގުތު އަންހެން ފުލުސް ފަޔާޒް ގާތު އަހާލިއެވެ. “ސަރ… ދުރުވަނީތޯ؟” ފަޔާޒް ޖަވާބުގައި “އައި ނީޑް އަ ބްރޭކް” އޭ ބުނެފަ ބޭރަށް ނުކުތެވެ.

ފުލުސް އޮފީހުން ނުކުމެ ރޭބަން އަވި އައިނު އަޅާލުމަށް ފަހު ޖީބުން ނެގީ އޭނާގެ ‘ޓޮޔޯޓާ އައުރިސް’ ހުދު ކާރުގެ ތަޅުދަނޑިއެވެ. ކާރު ޕާކުކޮށްފައި އޮތްހިސާބަށް އަރާ ހަމަވުމުން އެ ތަޅުދަނޑީގެ ސްވިޗަށް ފިތާލާ ކާރުގެ ލޮކް ހުޅުވާލިއެވެ. ކާރަށް އަރާ ހަމަޖެހިލުމަށްފަހު ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި ސީޓްބެލްޓް އަޅުވާލިއެވެ. ކާރު ސްޓަރޓް ކޮށްލުމަށް ފަހު ގިޔަރަށްލާ ކާރު ޕާކިންގް ޒޯންއިން ނެރުނެވެ. އަދި ގިޔަރު ބަދަލުކޮށްލުމަށް ފަހު ބާރު ސްޕީޑެއްގައި ކާރު ދުއްވާލީ މައިމަގާ ދިމާލަށެވެ. ފަޔާޒްގެ ހިތް ތެޅި ފޮޅެނީއެވެ.

ހުޅުމާލޭގެ ބޮޑުމަގުގެ ފިހާރަ ބަރިތައް ކައިރިން ކާރު ދުއްވާފައިދިޔަ ވަގުތު ފަޔާޒްގެ ފޯން ކާރުގައިވާ ސްޕީކަރ ސްޓޭންޑާއި ގުޅާލިއެވެ. އަދި ޕްލޭ ލިސްޓް ބަލާލުމަށް ފަހު އެންރިކް އިގްލޭސިއަސް ގެ ރޮމޭންޓިކް ލަވައެއް ޖަހާލިއެވެ. “ވުޑް ޔޫ ޑާންސް.. އިފް އައި އާސްކްޑް ޔޫ ޓު ޑާންސް…. ވުޑް ޔޫ ރަން އެންޑް ނެވާރ ލުކްބެކް… ވުޑް ޔޫ ކްރައި އިފްޔޫ ސޯމީ ކްރައިންގް…. ވުޑް ޔޫ ސޭވް މައި ސޯލް ޓުނައިޓް…..”

(ނުނިމޭ)

Share Article

Follow Me Written By

Shax Lyn

Level 4100 Stories10 Stories500 Comments100 Comments

Other Articles

Previous

ދިމްޔާ (7 ވަނަ ބައި)

Next

އަލްމާޝް 13

Next
August 28, 2015

އަލްމާޝް 13

Previews
August 27, 2015

ދިމްޔާ (7 ވަނަ ބައި)

40 Comments!

  1. Aai says:
    August 28, 2015 at 3:47 am

    Vaahaka vrh reethii…. 🙂 am first

  2. salumaa says:
    August 28, 2015 at 3:55 am

    Maaa kury…..

  3. ruwa says:
    August 28, 2015 at 4:26 am

    feels short cause its really good. 🙂

  4. Rasgefaan says:
    August 28, 2015 at 5:05 am

    Varah salhi

  5. naxx says:
    August 28, 2015 at 6:46 am

    adhives eyna maraaly kaakukameh neyngeehnu varahfoohivey…

  6. Jimy says:
    August 28, 2015 at 6:58 am

    Varah furihama… Hama dhen oi bayah inthizaaru kurevenee….

  7. mee says:
    August 28, 2015 at 7:37 am

    Reethe akam maakuree

  8. ink says:
    August 28, 2015 at 7:43 am

    Maraaly Kaaku Kameh ingeyny Keema dhw.hama fashaa gothah shiyanaa meehaku maraifi,eyna maraaly shaad ,noony Ehen meeheh,maraaly kokko ah Jessun kuraathy,mihen liyuneema vaahakaiga dhen kiyaane baeh onnaanetha naxx…..Aslu varah interestin.keep it up shax

  9. Niyu says:
    August 28, 2015 at 8:53 am

    Inthizaaruga hama next episode ?? varah furihama?

  10. nish says:
    August 28, 2015 at 9:30 am

    mi vaahaka r ‘Najaa’ r huri gulhumakee kobaibaaaaarrr????????????????????? someone plzzzz tell me….

    1. Shax Lyn says:
      August 28, 2015 at 12:52 pm

      Kuriyah dhaavarakah namaa vaahakaya oiy gulhun ingeyne….. ei ves surprise eh

  11. nish says:
    August 28, 2015 at 9:32 am

    mashahvzxx heevaneee kokko ah jehsun kuraaatheeehen emeehaku e maraaleeee…. waiting 4 the next part.
    . plzzz avahah up kurahcheyyyy

  12. ainth says:
    August 28, 2015 at 10:29 am

    Mivaahakayah naja kiyanee keeve? Saaniya eynamaraalani dhen kohkko salaamai kuranvegen eyna Amillayah bunani

  13. pary says:
    August 28, 2015 at 10:34 am

    Vara vara nice avaha up kolathi

  14. neesh says:
    August 28, 2015 at 10:49 am

    haada kurey than koalhei digu koh genes dheebala

  15. sau says:
    August 28, 2015 at 11:06 am

    Now varah salhi vey eba story.. ekamu haadha kurey. Thankolheh dhigukoh genesdheebala.. inthizaarga 5 vana episode ge..

    1. Shax Lyn says:
      August 28, 2015 at 12:55 pm

      Sau…. im so happy u liked the story…. keep reading… there ar so many twists…..

  16. zai says:
    August 28, 2015 at 12:05 pm

    Wow v nice..waitting for next part..

  17. shx says:
    August 28, 2015 at 12:38 pm

    nyc

  18. shx says:
    August 28, 2015 at 12:43 pm

    waiting 4 next part..mi part vxx vvvvvv salhi…

    1. Shax Lyn says:
      August 28, 2015 at 12:53 pm

      Thanks shazlyn…..

  19. Aanaa says:
    August 28, 2015 at 1:45 pm

    Maahah heevany meri meehaku meree saaniyaa hen

  20. Saana says:
    August 28, 2015 at 2:00 pm

    Wow hama habits vahakah v reethi waiting for next part

  21. Anonymous says:
    August 28, 2015 at 4:22 pm

    Najaa ge maana aky minju vun.. Ehenveema heevany egothah hen nan dheefa einy

  22. aby says:
    August 28, 2015 at 4:55 pm

    Anonymous ge heevumaa ebbas..ekamu najaa vaanegoi engen beynun nama vaahaka kiyan jeheynee…waitin waitin…

    1. Shax Lyn says:
      August 29, 2015 at 1:32 pm

      ????

  23. naff says:
    August 28, 2015 at 5:03 pm

    Twist thah igey ni ves avahah up kuri ma dho… 🙂 :-p avahah up kohbala…

  24. bush says:
    August 28, 2015 at 5:35 pm

    Varah varah varah reethi ☺☺☺ waiting for next part…….

  25. ken? says:
    August 28, 2015 at 7:31 pm

    mi story ge 4 parts ves adhi mi kiyaalee…vvvvv reeethi..??

  26. marry says:
    August 28, 2015 at 10:27 pm

    Najaa ge maana akee minju / salaamai
    mi vaahaka varah reethi shaazlyn keep it v.touching 🙂

  27. Shax Lyn says:
    August 28, 2015 at 10:41 pm

    Thank you all…. ? heeves nukuraavaruge tharuheebeh libeythy varah ufaavey…..

  28. sau says:
    August 29, 2015 at 12:04 am

    v intresting

  29. Naja says:
    August 29, 2015 at 12:19 am

    Bunaana ehchah ney hama varah salhi ???❤

  30. yaeesh says:
    August 29, 2015 at 4:43 am

    anehkaa loabyge aneh koosani vaahaka gandu.. loabi noon ehn vahthareh neyngenee tha hama.. liyuntherikan kan ves fulhaavaany ehn raha thakuge vaahaka ves liyunyma

    1. Shax Lyn says:
      August 29, 2015 at 1:29 pm

      Loabeege baeh ayas…. mi vaahaka aky ehenihen ethah raha thakeh ekulevey vaahakaeh…. alhuganduge beynumakee thafaathu vaahakeh genes dhinun…… yaeesh ge hiyaalu alhugandu ufalaa ekee balaigannan…….

  31. zay says:
    August 29, 2015 at 8:33 am

    Bars reethi

  32. aria says:
    August 29, 2015 at 1:14 pm

    V reethi mi story…kuriyah gendhaa goiy salhi…waiting for the next part..plx avahah up kohdhehchey…

    1. Shax Lyn says:
      August 29, 2015 at 1:33 pm

      insha allah…. avahah upload kureveytho balaanan…. shukuriyyaaa thidhevvaa tharuheebah…???

  33. saamy says:
    August 30, 2015 at 8:04 am

    v reethi mibaaives.

  34. Shax Lyn says:
    August 30, 2015 at 11:29 am

    ފަސްވަނަ ބައި އަޕްލޯޑް ކޮށްފިން…… ހިތްހަމަޖެހޭނެ ކަމަށް އުންމީދުކުރަން….

Comments are closed.


All Right Reserved!