Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ހިޖުރަ (އަށާރަވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
August 27, 2015 8 Mins Read
58 Comments

“ދޮންތަ ދޮންތާ މަޑުކޮށްބަލަ. އެއީ ކޯޗެއް؟” އަފްރީން ނަޞްރާގެ އަތް ދުރުކޮށް ފޯނު ތިރިއަށް ސްކްރޯލްކޮށްލަމުން އަނެއްކާވެސް އެއްކަލަ ވީޑިޔޯގެ ނަމަށް ބަލާލިއެވެ. އެއީ ލެކްޗަރެއްގެ ވީޑިޔޯއެއްކަން އޭގައި ހުރި ފޮޓޯއިން އަފްރީންއަށް އެނގުނެވެ. ނަމަވެސް އެއީ ކުރު ވީޑިޔޯއެކެވެ. އެއަށް ދެވިފައި އޮތީވެސް އާދަޔާ ޚިލާފު ނަމެކެވެ. އެ ނަމުގައި އޭތި ވަރަށް މަޖާވާނެ ވާހަކަވެސް އޮތެވެ. އަފްރީން އެ ވީޑިޔޯގެ ނަމުގައި އިނގިލި ޖައްސައި އޭތި ހުޅުވާލިއެވެ. އެ ވީޑިޔޯ ފެށިގެން ދިޔައީ ލެކްޗަރެއްގެ މެދުތެރެއިންނެވެ. އަފްރީންއާއި ނަޞްރާ އެ ބަލައިގެން ތިބެ އިރުކޮޅެއްފަހުން ހޭންފެށިއެވެ. އޭގެ މާ ގިނައިރެއްނުވެ އޭގެ ވަކި ހިސާބަކަށް ދިޔުމުން ދެމީހުންނަށް ވެސް ހީލެވުނީ އެއަށްވުރެ ބާރަށެވެ. ވީޑިޔޯ ނިމުމުން ވެސް ދެމީހުންނަށް ތިބެވުނީ ހޭށެވެ.

އޭގެ ތިން ހަފްތާ ފަހުން އަފްރީން ހޮސްޕިޓަލުން ދޫކޮށްލެވުނެވެ. ބޮލުގެ ބެންޑޭޖް ނަގާލެވިފައި ވިޔަސް އަދި ޕްލާސްޓަރުތައް ނެގޭނީ 4 ހަފްތާ ފަހުން ކަމުގައި ޑޮކްޓަރު ބުންޏެވެ. އަފްރީން ހުރީ އެކަމާމެދު މާޔޫސްވެފައެވެ. ފައިގައި ހުރި ޕްލާސްޓަރު ހުރީ ކަކުލުން މައްޗަށް ކަމަށްވުމުން އަފްރީންއަށް ހިނގެނީވެސް މީހެއްގެ އަތުގައި ހިފައިގެންނެވެ. އަފްރީންގެ ޙާލަތުގެ ސަބަބުން އޭނަ ގިނަ ވަގުތު ކޮޓަރީގެ އެނދުމަތީގައި ހޭދަކުރަން ޖެހެއެވެ. އޭނަ އެދުމުން ޓީވީ ބެލުމަށްޓަކައި ބައްޕަ އޭނަ ސިޓިންގް ރޫމަށް ގެންދެއެވެ.

ގިނަ ވަގުތު ކަމެއްނުކޮށް އެކަނި ހުންނަން ޖެހުމުން އަފްރީންގެ ސިކުނޑި ސިނާންގެ ޚިޔާލުތަކުން ފުރިގެން ދިޔައެވެ. ލޯބީގެ ފިލްމުތައް ބަލާ ވަރަކަށް އޭނައާއި ސިނާންގެ ހަނދާންތައް އާވަމުން ދިޔައެވެ. އޭނަގެ ހިތް އަނެއްކާވެސް ސިނާން ދޫކުރެވުނީތީ ހިތާމަކުރަން ފެށިއެވެ. ލޯބިވެރިޔަކު ހުރުމުން ގޯހަކީ ކޮބައިބާވައޭ އަނެއްކާވެސް ހިތަށް އަރަން ފެށިއެވެ. ބައެއް ދުވަސްދުވަހު އަފްރީންއަށް ފޯނު ނަގާފައި ސިނާންއަށް ގުޅެން އުޅެވެއެވެ. ނަމަވެސް އޭނަ އެތައް ސަބަބަކާހެދި ޖެހިލުންވެއެވެ. އެއްދުވަހު ދެ ޚިޔާލެއްގެ މަތީގައި ސިނާންއަށް ގުޅުމަށް އަވަސްއަވަހަށް ނަންބަރުތަކަށް ފިތާލަމުން ފޯނު ކަންފަތުގައި ޖައްސާލިއެވެ. އޭނައަށް އެންމެ ފަހު ނަންބަރު ޖެހުނީ ނުބައިކޮށްކަން އަފްރީންއަށް އެނގުނީ ބޮޑު ފިރިހެނެއްގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. އަފްރީންއަށް ސިހިފައި ފޯނު ކަންފަތުން ނަގާލެވުނެވެ.

އަފްރީން ބޭނުންވީ އޭނައަށްވަމުން ދިޔަ އުނދަގޫތައް ނައުފާއަށް ކިޔައިދޭށެވެ. ނައުފާއަކީ އަބަދުވެސް އޭނައަށް ކަމެއްދިމާވުމުން އޭނަ ހިތްހަމަ ޖައްސައިދޭ އެންމެ ގާތް އެކުވެރިޔާކަމަށް ވާތީވެއެވެ.

“ހާއި ނައު……ނައުއަށް ރުޅި. އަފޫ ހޮސްޕިޓަލުގަ އޮތްއިރު ބަލަން ވެސް ނައިމެއްނު؟ ތިމަންނަ ނުދެނަހުރީމޭ ނުބުނައްޗޭ. އަފޫ މަޝްހޫރުވާ ވަރަށް އެ އެކްސިޑެންޓްގެ ޚަބަރުތައް ފެތުރިއްޖެ.” އަފްރީން އެއްރެއަކު އެނދުމަތީގައި ފޯނު ކަންފަތުގައި ޖައްސައިގެން ހެވިފައި އިނދެ ވާހަކަ ދެއްކިއެވެ. އޭނަ ސީދާ މަޢުޟޫއަކަށް ދާކަށް ބޭނުމެއްނުވިއެވެ. އޭނަ ބޭނުންވީ އެހެނިހެން ވާހަކަތައް ދައްކަމުން ގޮސް އެ ވާހަކައަށް ދާށެވެ. ނައުފާގެ ޖަވާބެއް ނުލިބި އިރުކޮޅެއްވުމުން އަފްރީންގެ ހިނިތުންވުން ފަނޑުވިއެވެ. ފޯނު ކެނޑުނީ ކަމަށް ހީކޮށް އަފްރީންއަށް ފޯނުގެ ސްކްރީނަށް ބަލާލެވުނެވެ. ގުޅުން ނުކެނޑޭކަން އެނގުމުން އަފްރީން އަނެއްކާވެސް ފޯނު ކަންފަތުގައި ޖައްސައި ނައުއޭ ކިޔައި ގޮވާލިއެވެ. ނައުފާ ފުން ނޭވައެއް ދޫކޮށްލި އަޑު އިވުނެވެ.

“ސީރިއަސްލީ އަފޫ…..ކީއްވެތަ ސިނާންއާއި ބްރޭކް އަޕް ކުރީ؟” ނައުފާ އަހާލިއެވެ. އެ ސުވާލު އިވިފައި އަފްރީންއަށް ދެލޯ މަރާލެވުނެވެ. މިއީ ނައުފާ އަބަދުވެސް ހަދާ ގޮތެވެ. އަފްރީން ކަމެއް ދިމާވެގެން ހުރެ އެހެނިހެން ވާހަކަތައް ދައްކަން އުޅުނަސް ނައުފާ ސީދާ މައްސަލައިގެ ވާހަކަ ދައްކައި އެކަން ޙައްލުކުރަން މަސައްކަތް ކުރެއެވެ.

ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު އަފްރީން އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ވަގުތު ނައުފާ ވާހަކަ ދެއްކިއެވެ.

“ލުކް އަފޫ. އައި ކެއާރ ފޯ ޔޫ. އަފޫ ސިނާން ދޫކޮށްފަ ތި ހެދީ ރަނގަޅަކަށްނޫން. ސިނާންއަކީ ވަރަށް ރަނގަޅު ކުއްޖެއް. އަފޫއަށް ވެސް އެނގެއެއްނު އެކަން؟ ކޮންމެވެސް ތަނަކުން އިވުނު ވާހަކައަކާހެދި ދޫކުރާ ވަރުގެ މީހެއްނޫން އެއީ.” ނައުފާ ބުނެލިއެވެ. އަފްރީންގެ ހިތަށް އުނދަގޫވިއެވެ. ކުރިން އޭނަ ލޯބިވެރިޔަކާ ވަކިވެއްޖެއްޔާ ނައުފާ ލަވަ ކިޔައި ސަމާސާކޮށްފައި އޭނަގެ ސިކުނޑިން އެ ލޯބިވެރިއެއްގެ ނަން ފޮހެލުމަށްޓަކައި އެހީވެދޭނެއެވެ. ނަމަވެސް މިފަހަރު އޭނަގެ ގާތް އެކުވެރިޔާވެސް އޭނަ ކައިރީގައި މި ބުނަނީ އޭނައަށް ކުރަން ދަތިކަމެއް ކުރުމަށެވެ.

“އަފޫ ވިސްނާލަބަލަ. މިހާރު ސިނާން ދޫކޮއްލުމުގެ މާނައަކީ އަފޫ ދެން ދުވަހަކުވެސް މީހަކާ ރައްޓެހިނުވާނަމޭ. ރައްޓެހިނުވެ ކިހިނެއްތަ މީހަކާ އިންނާނީ؟ ބައްޕަ ޗޫޒްކުރާ މުސްކުޅިއަކާތަ އިންނާނީ؟ ބީ ރީޒަނެބްލް އަފޫ.” ނައުފާ ބުނެލިއެވެ. އަފްރީންއަށް ފުން ނޭވައެއް ދޫކޮއްލެވުނެވެ. ނައުފާ ވާހަކަ ދައްކަމުން ދިޔަ ވަރަކަށް އޭނައަށް ސިނާން ދޫކޮށްފައި ކުރެވުނީ ނުބައި ކަމެއްހެން އަފްރީންއަށް ހީވާންފެށިއެވެ. އޭނަ އެ ވަގުތަށްޓަކައި ދަރުހުގެ މަތިންނާއި އޭނައަށް ފެނުނު ހުރިހާ ލިންކެއްގެ މަތިން ވެސް ހަނދާން ނެތުނެވެ.

“ނައު ތިބުނީ ހަމަ ތެދެއް. ރައްޓެހިނުވެ އަފޫ ލޯބިނުވާ މީހަކާއިވެސް އިންނަން ޖެހިދާނެ. އެކަމަކު ސިނާން ކައިރިއަށް އަނބުރާ ދާން އަފޫ އަދި ވަގުތު ބޭނުން.” އަފްރީން ބުނެލިއެވެ. އެވަގުތު އަފްރީންގެ ކޮޓަރީގެ ދޮރުކައިރީގައި ނަޞްރާ ހުއްޓެވެ. ނަމަވެސް އަފްރީންއަށް އެކަން ނޭނގެއެވެ.

“އައި ކޭން އަންޑަސްޓޭންޑް. އެކަމަކު މާ ލަސްނުކުރައްޗޭ. ސިނާން ގެއްލުވާނުލާތި.” ނައުފާ ބުނެލިއެވެ. އަފްރީން އެއްޗެކޭ ބުނަން އުޅުނު ވަގުތު އަފްރީންއަށް އެއްލި ކަޅިއަކުން ކޮޓަރީގައި ހުރި ނަޞްރާ ފެނުނެވެ. އެއާއެކު އަފްރީންގެ ދެލޯ ބޮޑުވިއެވެ.

“ނައު އަފޫ ފަހުން ގުޅާނަން. ބާއި.” އަފްރީން އަވަސްއަވަހަށް އެހެން ބުނެ ފޯނު ކަންފަތުން ނަގާލިއެވެ. އަފްރީންއަށް ދެން ވާނެ ގޮތެއް ނޭނގިފައި ނަޞްރާއަށް ބަލަން އިނދެވުނެވެ. ނަޞްރާގެ މޫނުމަތިން ފެނުނީ ރުޅިވެރިކަން ކަމެއް ނުވަތަ ހިތާމަވެރިކަން ކަމެއް އަފްރީންއަށް ނަގައިނުގަނެވުނެވެ.

ނަޞްރާ ހުރީ އަފްރީންއަށް ޙަމްދަރުދީވެފައެވެ. އަފްރީން ރަނގަޅު ފިޔަވަޅެއް އެޅުމުން ވެސް އޭނައަށް ހިތްވަރު ދޭނެ އެކުވެރިއަކު އަފްރީންގެ ކައިރީގައި ނެތީތީވެއެވެ. އަދި އަފްރީންގެ އެކުވެރިންނަކީ އޭނައަށް ގޯސް ވިސްނުންތައް ވިސްނައިދޭ ބައެއްކަން އެނގުމުންނެވެ. ނަޞްރާ އަފްރީންގެ ރަޙުމަތްތެރިއަކަށްވާން ބޭނުންވިއެވެ. އަފްރީން މިކަމާމެދު އޭނައަށް ބިރުގަންނަން ނުޖެހޭނެކަން އަންގަން ބޭނުންވިއެވެ. އެ ޢަޒުމުގައި ނަޞްރާ ލަސް ހިނގުމެއްގައި ގޮސް އަފްރީންގެ އެނދު ކައިރިއަށް ގޮސް އެނދުގައި އިށީނެވެ. އަފްރީން ދުރުބަލަން ފެށިއެވެ.

“ކާކާތަ ވާހަކަ ދެއްކީ؟” ނަޞްރާ ސުވާލުކުރިއެވެ.

“ން….ނައުފާ.” އަފްރީން އިސްޖެހިފައި އިނދެ ޖެހިލުންވުމަކާއެކީ ބުނެލިއެވެ.

“ދޮންތަ ކައިރި ބުނެފާނަންތަ ދެއްކީ ކޮން ވާހަކައެއްކަން؟” ނަޞްރާ އަހާލިއެވެ. އަފްރީން ނަޞްރާއަށް ބަލާލިއިރު އަފްރީންގެ ދެލޯހުރީ ވިދަވިދައެވެ. އެ މަންޒަރު ފެނިފައި ނަޞްރާ ދެރަވިއެވެ.

“ދޮންތާ….ޕްލީޒް ބައްޕަ ކައިރި ނުބުނައްޗޭ.” އަފްރީން އިވޭ ނުއިވޭ އަޑަކުން ބުނެލިއެވެ.

“ނޫން އަފޫ. ދޮންތަ ބުނާނަން. ބުނާނަން އަހަރުމެންގެ އަފޫ ކިހާ ވިސްނުންތެރި ވާހަކަ. އަމިއްލަ އިޙްޞާޞްތަކުގެ މައްޗަށް ބާރުފޯރުވައިގެން ވެސް ނުބައި ކަމެއް ދޫކޮއްލެވޭނީ ހާދަ ހިތްވަރެއް ކޮށްގެންނޭ.” ނަޞްރާ އަފްރީންއަށްޓަކައި ފަޚުރުވެރިވާ ފަދައަކުން ބުނެލިއެވެ. އަފްރީންގެ ނިތަށް ރޫއެރިއެވެ.

“ދޮންތައަށް ކިހިނެއް އެނގުނީ؟” އަފްރީން އަހާލިއެވެ. ނަޞްރާގެ މޫނުމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އޭނަ އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ވަގުތު ބޭރުން ޝަރީފް ގޮވާލި އަޑު އިވުނެވެ. ނަޞްރާ ލައްބައޭ ކިޔަ ގޮވާލަމުން އަނެއްކާވެސް އަފްރީންއަށް ބަލާލިއެވެ.

“އަފޫ ހަނދާން ކުރާތި. ދުނިޔޭގެ އެންމެން ވެގެން ނުބައި ކަމެއް ކުރިޔަސް ނުބައި ކަމެއް ހެޔޮ ކަމަކަށް ބަދަލެއްނުވާނެ.” ނަޞްރާ ބުނެލިއެވެ. އެއަށްފަހު ހިނިތުންވުމަކާއެކީ އަފްރީންގެ ބޮލުގައި ފިރުމާލަމުން އެނދުން ތެދުވެ ކޮޓަރިން ނިކުމެގެން ދިޔައެވެ. އަފްރީންއަށް ވިސްނުމެއްގެ ތެރޭގައި އިނދެވުނީއެވެ.

އެރޭ އަފްރީން އޭނަގެ އުނގުމަތީގައި ހުރި ލެޕްޓޮޕުން ފޭސްބުކަށް ވަދެގެން އިންދާ ނަޞްރާ އޭނައަށް މެސެޖެއް ފޮނުވާލިއެވެ. އެ މެސެޖުގައި އޮތީ ޔޫޓިއުބްގެ ލިންކެކެވެ. އަފްރީން އޭތި ހުޅުވައި ބަލާލިއިރު އެއީ އެ ދުވަހު ހޮސްޕިޓަލުގައި ބެލި ވީޑިޔޯ ކަހަލަ މަޖާ ވީޑިޔޯއެކެވެ. ކުރީ ފަހަރެކޭ އެއްފަދައިން މިފަހަރު ވެސް އަފްރީންއަށް ބާރަށް ހީލެވުނެވެ. އޭނަ އެ ޓެބް ކްލޯޒްކޮށްލަން އުޅުމުގެ ތެރޭގައި ރިލޭޓެޑް ވީޑިޔޯސްތަކުގެ ތެރެއިން ވެސް ހުސް އެކަހަލަ ވީޑިޔޯތައް ފެނުމުން އޭނަ އެ ހުރިހާ އެއްޗެއް ބަލަން ނިންމިއެވެ. އަފްރީންއަށް އެ ހުރިހާ ވީޑިޔޯއެއްވެސް ބަލަން އިނދެވުނީ ހެވިފައެވެ. އެ ކުރުކުރު ވީޑިޔޯތައް ބަލަމުން ދިޔަ ވަރަކަށް އޭރު ދޮންތަ ބުނީ ކިހާ ބޮޑު ތެދެއްހޭ އަފްރީންގެ ހިތް ބުންޏެވެ. ކިތަންމެ ހީވިއަސް ނުބައިކަމެއް ހެޔޮކަމަކަށް ބަދަލެއްނުވާނެއެވެ. އަފްރީން ވީޑިޔޯތައް ބަލަމުން ގޮސް އެންމެ ފަހަކަށް ހުޅުވާލެވުނީ ސުވަރުގޭގެ ބުއިންތަކާއި ބެހޭގޮތުން ވާހަކަ ދެކެވިފައި ހުރި ވީޑިޔޯއެކެވެ. އޭތިވެސް ފެށިގެން ދިޔަ ގޮތުން އަފްރީންއަށް ހީލެވުނެވެ. އޭގައި ދެކެވިފައި ހުރީ ޤުރުއާނުގައި ސުވަރުގޭގެ ބުއިންތައް ސިފަކުރައްވާފައިވާ ގޮތުގެ ވާހަކައެވެ. ވީޑިޔޯ ބަލައި ނިމުނުއިރު އަފްރީންއަށް އިނދެވުނީ ވިސްނުމެއްގެ ތެރޭގައެވެ. ޤުރުއާނުގެ އާޔަތްތައް އެތުރިފައިވަނީ ފުރިހަމައަށްކަން އޭނަ މީގެ ކުރިން އަޑުއަހާފައިވެއެވެ. ނަމަވެސް އެކަމުގެ މިސާލެއް މި ލިބުނީ އަދި ކިރިޔާއެވެ. އަފްރީން ސްކްރޯލްކޮށްލަމުން ރިލޭޓެޑް ވީޑިޔޯތަކަށް ބަލާލިއިރު އާޔަތުލް ކުރުސިއާ ބެހޭ ވީޑިޔޯއެއް ފެނުނެވެ. އަފްރީން އެ ހުޅުވައި ބަލަން ފެށިއެވެ. ބަލައި ނިމުނުއިރު އަފްރީންއަށް މި ފަހަރު އިނދެވުނީ އަނގަ ހުޅުވިފައެވެ. އޭނައަށް ޤަބޫލުކުރަން ވެސް ދަތިވިއެވެ. އޭނަ މިހާ ދުވަހު އެއްވެސް ފިކުރެއްނެތި އަވަސް އަރުވާލާފައި ކިޔަވަމުން ދިޔައީ މިހާ ފުރިހަމަ އާޔަތެއްކަމެއް އޭނަ ނުދެނެ ހުއްޓެވެ.

އޭގެ އަނެއްދުވަހުގެ ހަވީރު އޮފީހުން ގެއަށް އައިސް ޔޫނުސް ނަޞްރާ ގޮވައިގެން ސައިކަލު ދުއްވަން ދިޔައެވެ. ޔޫނުސް ބޭނުންވީ މި ފާއިތުވެ ދިޔަ ދުވަސްތަކުގެ ތެރޭ އެ ދެމީހުން ދެމެދަށް ވެރިވި ހާސްކަން ކަނޑުވާލާށެވެ. އަނެއްކާވެސް ނަޞްރާގެ ގާތް އެކުވެރިއަކަށްވާން ބޭނުންވިއެވެ. ޔޫނުސް ސައިކަލު ދުއްވާފައި ދިޔައީ ރަށަކަށެވެ. އަދި އެ ރަށުގައި ހުރި ޕާކެއްގެ ކައިރިއަށް ސައިކަލު މަޑުކޮށް ސައިކަލުން ފައިބައިގެން ދެމީހުން ޕާކަށް ވަދެގެން ދިޔައިރު ޔޫނުސް ނަޞްރާއަށް ސަމާސާ ވާހަކައެއް ކިޔައިދޭން ފެށިއެވެ. ޔޫނުސް ފަހަތަށް ހިނގަމުން އެ ވާހަކަ ކިޔަދެމުން ދިޔަ ގޮތުން ކުރިއަށް ހިނގަމުން ދިޔަ ނަޞްރާއަށް ހެވެމުން ދިޔައެވެ. ޔޫނުސް ފަހަތަށް ހިނގަމުން ގޮސް އެތާ ދިގުކޮށް ވަކަރުން ހަދާފައި ހުރި ގޮނޑިއެއްގައި ޖެހި އޭގައި އިށީނދެވުނު ގޮތުން ނަޞްރާއަށް އިތުރަށް ހެވުނެވެ. އޭނަ ހެމުންހެމުން ގޮސް ޔޫނުސްގެ ކައިރީގައި އިށީނެވެ. ޔޫނުސް ހިނިތުންވުމެއްގައި ނަޞްރާއަށް ބަލަން އިނެވެ. ނަޞްރާ ހުނުން މައިތިރިކުރަމުން ޔޫނުސް ބަލަން އިންތަން ފެނިފައި ކުރިމައްޗަށް ނަޒަރު ހުއްޓާލިއެވެ. އަދި ޕާކުގެ ވަށައި ނަޒަރު ހިންގާލިއެވެ. ޕާކުގައި ވަރަށް މަދު ކުދިބަޔަކު އުޅުނެވެ. ބައެއް ކުދިން އުނދޯލި ހެއްލަން ތިބިއިރު ކޮންމެވެސް އެހެން ކުއްޖަކު މަންމަގެ އެހީގައި ސްލައިޑަށް އަރަން މަސައްކަތް ކުރަމުން ދިޔައެވެ.

“އަހަރެން ހަނދާންވޭ ކުޑައިރު އެއްދުވަހު މި ޕާކަށް އައިސް ސްލައިޑަށް އަރަން ނުކެރިގެން އުޅުނު ހަނދާން.” ނަޞްރާ ހިނިތުންވުމެއްގައި އިނދެ ބުނެލިއެވެ. ޔޫނުސް އެ ވާހަކަ އަޑުއަހާފައި ހީލަމުން ކުރިމައްޗަށް ބަލާލިއެވެ.

“އަހަރެން ވެސް ކުރީގަ މިރަށުގަ އުޅުނުއިރު ކޮންމެ ދުވަހަކު މި ޕާކަށް އައިސް ހެދިން.” ޔޫނުސް ބުނެލިއެވެ. އެއާއެކު ނަޞްރާއަށް ޔޫނުސްއާއި ދިމާލަށް ބަލާލެވުނެވެ.

“ކުރީގަ އުޅުނީ މި ރަށުގަތަ؟ އެހެންވެދޯ އަހަންނަށް ކުރިން ޔޫނުސް ނުފެނުނީ……ކީއްވެ އެ ރަށަށް ބަދަލުވީ؟” ނަޞްރާ ޝައުޤުވެރިވެފައި އަހާލިއެވެ. އެ ސުވާލު އިވިފައި ޔޫނުސްގެ ހިނިތުންވުން ފަނޑުވިއެވެ. އޭނައަށް މި ދެކެވުނީ ކޮން ވާހަކައެއްކަން އޭނައަށް އެނގުންވީ އެ ވަގުތެވެ. ޔޫނުސް ޖަވާބެއްނުދީ މޫނު އަނބުރާލިއެވެ. ނަޞްރާއަށް އޭނައަށް ބުނެވުނު އެއްޗަކާމެދު ހިތާމަކުރެވުނެވެ. އެދެމެދަށް ހިމޭންކަން ވެރިވުމުން ޔޫނުސް ދެރަވިއެވެ. އޭނަ ނަޞްރާއާއި އާ ވާހަކައެއް ދައްކަން ބޭނުންވިއެވެ. ނަމަވެސް ހަމަ އެ ވަގުތު ނިކަން ދުރުން ކޮންމެވެސް އެއް ދުރު ތަނެއްގައި ހުރި ލައުޑް ސްޕީކަރަކުން ނަވާޒް އެކި ޕޯޑިއަމްތަކުގައި ދައްކާފައި ހުރި ވާހަކަތައް އިވެން ފެށިއެވެ. ނަވާޒްގެ އަޑު އިވުމުން ޔޫނުސްގެ މޫޑު އިތުރަށް ޚަރާބުވިއެވެ. އޭނަ ކޮޅަށް ތެދުވިއެވެ. އަދި ނަޞްރާގާތު އައުމަށް އެދެމުން ގޮސް ސައިކަލަށް އެރިއެވެ. ގެއަށް ދިޔަ މަގުމަތީގައި ޔޫނުސް ހުރީ މިއަދު ކަންތައް ވީ ގޮތާއިމެދު ހިތްހަމަ ނުޖެހިފައެވެ. އޭނަ ބޭނުންވި ވަރަކަށް ނަޞްރާއާއި ކައިރިއެއް ނުވެވުނެވެ. ނަޞްރާއާއި އޭނައާއި ދެމެދު ގާތް ގުޅުމެއް އުފެދޭނީ އޭނައާއި ނަޞްރާގެ ދެމެދުގައިވާ ހުރިހާ ސިއްރެއް ނެތި ދިޔުމުން ކަމަށް ޔޫނުސްގެ ހިތް ބުންޏެވެ.

**

“ނަޞްރާ އާދެބަލަ.” ކިޔަވާ މޭޒުދޮށުގައި އިން ނަޞްރާއަށް އޭނަގެ ލެޕްޓޮޕުން ނަޒަރު ވަކިކޮށްލެވުނީ ކޮޓަރިއަށް ވަދެގެން އައި ޔޫނުސްގެ އަޑަށެވެ. ނަޞްރާ ބަލާލިއިރު ޔޫނުސް ގޮސް އެނދުމަތީގައި އިށީނދެ އޭނަ ގާތު އައުމަށް އެއްއަތުން ޢިޝާރާތް ކުރިއެވެ. އޭނަގެ އަނެއްއަތުގައި ފޮޓޯ އަލްބަމެއް އޮތެވެ. ނަޞްރާ ދެ ބުމަ ކައިރިކޮށްލަމުން ލެޕްޓޮޕް ލައްޕައި ތެދުވެގެން ގޮސް ޔޫނުސްގެ ކައިރީގައި އެނދުމަތީގައި އިށީނެވެ. ޔޫނުސް އޭނަގެ އަތުގައި އޮތް ފޮޓޯ އަލްބަމް ހުޅުވާލިއެވެ. ފުރަތަމަ ޞަފްޙާއިން ވެސް ފެނިގެން ދިޔައީ އަންހެނަކާއި ފިރިހެނަކު ކުޑަ ފިރިހެން ކުއްޖަކު ކުރިމަތީގައި ބަހައްޓައިގެން ހުއްޓިތިބި ފޮޓޯއެކެވެ. އެންމެން ހިނިތުންވުންތަކެއްގައި ތިބިތަން ނަޞްރާއަށް ފެންނަމުން ދިޔައީ އެކޮޅުކޮޅުންނެވެ. ޔޫނުސް އެ ފޮޓޯ އަލްބަމުން ނަގައި ރަނގަޅު ކޮޅުން ނަޞްރާގެ އަތަށް ދިއްކޮލިއެވެ.

“މަންމައާއި ބައްޕައާއި އަހަރެން.” ނަޞްރާ ފޮޓޯގައި ހިފާލި ވަގުތު ޔޫނުސް ބުނެލިއެވެ. ނަޞްރާ ޔޫނުސްއަށް ބަލާފައި އެ ފޮޓޯއަށް ރަނގަޅަށް ބަލާލިއެވެ. ޔޫނުސްގެ ކަނާތް ފަރާތުގައި ހުރީ ހަރުވާޅު ހެދުމަކާއެކު ބުރުގާ އަޅައިގެން ހިތްހެޔޮ ހިނިތުންވުމެއްގައި ހުރި އަންހެނެކެވެ. ޔޫނުސްގެ ވާތް ފަރާތުގައި ހުރި މީހާއަށް ބަލަން އުޅުނު ވަގުތު ޔޫނުސް ވާހަކަ ދެއްކިއެވެ.

“ނަވާޒްއަކީ އަހަރެންގެ ބައްޕަ.” ޔޫނުސް ސީރިއަސް ނަޒަރެއްގައި އިނދެ ބުނެލިއެވެ. ނަޞްރާ ބޮޑުވެގެން ދިޔަ ދެލޮލާއިއެކީ ޔޫނުސްއަށް ބަލާލިއެވެ. އޭނައަށް ކުރީގައި ވެސް އެހެން ހީވެފައި އޮތެއްކަމަކު ޔޫނުސް ބުނުމުން އޭނައަށް ހީވީ އެއީ އާ ޚަބަރެއް ހެންނެވެ. ނަޞްރާ ބަލަހައްޓައިގެން އިންނަން ފެށުމުން ޔޫނުސް އެއްވެސް އަސަރެއްނެތް ގޮތަކަށް ހީލިއެވެ.

“ކީއްވެހޭދޯ ބައްޕައާއެކީ ނުއުޅެނީ؟ ކީއްވެހޭދޯ ބައްޕަ ކައިވެނި ޕާޓީއަށް ނުގެނައީ؟ ކީއްވެހޭދޯ ބައްޕައަށް ރުޅި އަންނަނީ؟ އެ ހުރިހާ ސުވާލަކަށް އަހަރެން ޖަވާބުދޭން ބޭނުން.” ޔޫނުސް ތިރި ބަލަން އިނދެ ބުނެލިއެވެ. އެވާހަކަ އިވިފައި ނަޞްރާގެ ހިތް އާދަޔާ ޚިލާފު ގޮތަކަށް ތެޅިލިއެވެ. ޔޫނުސް ދައްކާނެ ވާހަކައަކަށް އޭނަގެ ހުރިހާ ސަމާލުކަމެއް ދެވުނެވެ.

“މަންމައަކީ ބައްޕައާއި އިނުމުގެ ކުރިން މި ގޭގައި ވަރަށް އެކަނިވެރިކޮށް އުޅުނު އަންހެނެއްކަމަށް އަހަރެން އަޑުއަހަމުން އައީ. ބައްޕައާއި އިނުމަށްފަހު ބައްޕަ މަންމަ ގޮވައިގެން ބައްޕަގެ ރަށަށް ގެންދިޔައީ. ބައްޕަ މަސައްކަތް ކުރަމުން ދިޔައީ ރިސޯޓެއްގަ. އުފަލުގަ އުޅެވޭވަރަށް ފައިސާ ލިބޭ. އަހަރެން ކުޅޭ އެއްޗެއް ބޭނުންވާއިރަށް ބައްޕަ ހޯދައިދޭނެ. އަހަރެން ތަނަކަށްދާން ބޭނުންވާއިރަށް ބައްޕަ ފޮނުވާނެ. މިކަމާހެދި މަންމަ މޫނު ހަދާފަ އަތް ހޫރާފަ އެތަކެއްޗެއް ގޮވާނެ. މަންމައަށް ވާހަކަ ނުދެއްކޭ. އެހެންވެ އަހަރެން މަންމަދެކެ ވަރަށް ފޫހިވޭ. އޭރު އަހަރެންގެ ނަޒަރުގަ މަންމައަކީ ވަރަށް ކަޓު މީހެއް. އެހެންވެ ބައްޕައާއެކީގަ އަހަރެން އަބަދުވެސް ތަންތަނަށްދާން ބޭނުންވާނީ…….ކޮންމެއަކަސް އަހަންނަށް 17 އަހަރު ފުރެންދެން ޢާއިލާ ތެރޭގަ މާ ބޮޑު މައްސަލައެއް ނުޖެހި ދިޔައީ. އެކަމަކު 17 އަހަރު ފުރުމަށްފަހު އަހަރެންގެ މުޅި ޙަޔާތް އެފުށްމިފުށަށް ޖެހިގެން ދިޔައީ.” ޔޫނުސް ކިޔައިދިނެވެ. ނަޞްރާ ޝައުޤުވެރިކަމާއެކީ އަޑުއަހަމުން ދިޔައިރު ޔޫނުސް އިނީ އެއްދިމާލަކަށް ނަޒަރު ހުއްޓައިގެންނެވެ.

** 8 އަހަރު ކުރިން **

ޔޫނުސްއާއި އޭނަގެ ދެ އެކުވެރިން ހެމުން ސަމާސާކުރަމުން ދިޔައީ ގެއާއި ދިމާލަށެވެ. ވަގުތަކީ އިރުއޮއްސެމުން ދިޔަ ވަގުތަށްވުމުން އަނދިރިކަން ވެރިވަމުން ދިޔައެވެ. ތިން ޒުވާނުންވެސް ރަތްކުލައިގެ ޖޯޒީއެއްގައި ތިބިއިރު ތިން މީހުން ފައިން ބޯޅަ ޖަހަން ޖަހަމުން ކުރިއަށް ހިނގަމުން ދިޔައެވެ. މަގުގެ ވަކި ހިސާބަކުން ގޯޅިއަކަށް އެޅުމުން އަންހެން ކުދި ބަޔަކު ހިނގާފައި އަންނަމުން ދިޔަތަން ފެނިފައި ޔޫނުސް އޭނަގެ ކައިރީގައި އޮތް ކުއްޖާ އަތުގައި އޮތް ބޯޅަ ޖަހައިގަތެވެ. އެއަށްފަހު ބޯޅަ ކުޅުމަށްޓަކައި އޭނަ ދަސްކޮށްފައިވާ އެކި އުކުޅުތައް ދައްކަން ފެށިއެވެ. ޔޫނުސްގެ ޙަރަކާތްތައް ފެނިފައި މަގުގެ އަނެއްފަރާތުން އަނެއްކޮޅަށް ހިނގަމުން ދިޔަ އަންހެން ކުދިންގެ ފިޔަވަޅުތައް ލަސްވިއެވެ. ޔޫނުސްއަށް އެކަން ފާހަގަވުމުން އޭނައަށް އިތުރު ހިތްވަރެއް ލިބުނެވެ. ޔޫނުސް އޭނަގެ އެންމެ މޮޅު އުކުޅު ދައްކާލުމަށްޓައި ބޯޅަ ދެއަތުން މައްޗަށް އެއްލާލިއެވެ. އަދި އޭތި ބޮލުން ޖެހުމަށްޓަކައި މައްޗަށް ބަލައިގެން ހުއްޓެވެ. އެވަގުތު އެ އަންހެން ކުދިންގެ ތެރެއިން ކުއްޖަކު ވާވްއޭ ކިޔާލި އަޑަށް ޔޫނުސްގެ ސަމާލުކަން އެ ދިމާލަށްދާން އުޅުނެވެ. ނަމަވެސް ހަމަ އެވަގުތު މަތިން ބޯޅަ އައިސް ޔޫނުސްގެ ނޭފަތްމަތީގައި ބާރަށް ޖެހުނެވެ.

“އާއު…..އާއުޗް.” ބިންމަތީގައި ބޯޅަ ޖެހުނު ވަގުތު ޔޫނުސް އޭނަގެ ނޭފަތްމަތީގައި އެއްއަތް އަޅާލިއެވެ. އެ މަންޒަރު ކައިރީގައި ހުރި ޔޫނުސްގެ ގޭގެ ދޮރުމައްޗަށް އެރި އޭނަގެ މަންމަ ޝަހީމާއަށް ފެނުނެވެ.

“ޑޫޑް ކިހިނެއް ތި ހެދީ؟ އޯކޭތަ؟” ޔޫނުސްގެ އެކުވެރިޔަކު އޭނަގެ ދެކޮނޑުގައި ހިފަހައްޓާލަމުން ބުނެލިއެވެ. އޭނަގެ އަނެއް އެކުވެރިޔާ ވެސް ކައިރިއަށް ޖެހިލިއެވެ. ޔޫނުސް އޭނަގެ ނޭފަތަށް ދެ އިނގިލި ކުޑަކޮށް ކޮއްޕާލަމުން އިނގިލިތަކަށް ބަލާލިއިރު ނަސީބަކުން ލެއެއްނެތެވެ.

“އަހަރެން ރަނގަޅު. އައިމް ފައިން!” ޔޫނުސް ދުރުގައި ތިބި އަންހެން ކުދިންނަށް އިވޭނެވަރަށް ބުނެލިއެވެ. އަދި ނޭފަތަށް ތަދުނުވާކަމަށް ހަދައި ބިންމަތީގައި އޮތް ބޯޅަ ނަގައި އުރުގައި ޖެހީ އޭނަ ގަދަކަމަށް ދެއްކުމަށްޓަކައެވެ. ނަމަވެސް އޭނަ މޫނުމަތީގެ ކުލަވަރު އޮއްސުނީ އޭނައާއި ދިމާލަށް ކަންބޮޑުވެފައި ހުރި އޭނަގެ މަންމަ އަންނަތަން ފެނުމުންނެވެ. ޔޫނުސްއަށް ކަޅި މައްޗަށް ހިންގަމުން އޭނަގެ މޫނުމަތީގައި އެއްއަތް އަޅާލެވުނެވެ.

ޝަހީމާ އައިސް ޔޫނުސްގެ މޫނުގައި ދެއަތުން ހިފައި މޫނުގައި އެއްކޮއް ފިރުމަން ފެށިއެވެ. އެ ތަން ފެނިފައި ދުރުގައި ތިބި އަންހެން ކުދިން މަޑުމަޑުން ހޭންފެށި އަޑަށް ޔޫނުސް ގަތް ލަދާއެކީ އޭނަ ރުޅިވެސްއައެވެ.

“މަންމާ އައިމް ފައިން!” ޔޫނުސް ހަރުއަޑުން އެހެން ބުނެލަމުން ޝަހީމާގެ ދެއަތް ފޮޅުވާލިއެވެ. އަދި ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު މޫޑު ޚަރާބުވެފައިހުރެ އެކުވެރިންނަކަށް ވެސް ބެލުމެއްނެތި ގެއާއި ދިމާލަށް ހިނގައިގަތެވެ. ޝަހީމާ ޔޫނުސް ދިޔަ ދިމާލަށް ބަލަން ހުރެފައި އަނެއްކާވެސް ޔޫނުސްގެ ފަހަތުން ދިޔައެވެ.

ޔޫނުސް ގެއަށްވަދެ ގޭގެ ބާރަށް ދޮރު ލައްޕާލަމުން ގޮސް ސިޓިންގް ރޫމުގެ މެދުގައި މަޑުކޮށްލިއެވެ. އޭނަ ދެންމެ ކަންތައް ވީގޮތް ހަނދާންވެފައި އަނެއްކާވެސް ލަދުގަތެވެ. ގޭގެ ދޮރު ހުޅުވުނު އަޑަށް ޔޫނުސް އެ ދިމާލަށް ބަލާލިއެވެ. ޝަހީމާ ގެއަށްވަދެ ދޮރު ލައްޕާލިތަން ފެނިފައި ވީ ފޫއްސަކާއެކީ ޔޫނުސް މޫނު އަނބުރާލިއެވެ. ޝަހީމާ ޔޫނުސްގެ ކުރިމައްޗަށް ގޮސް އޭނަގެ ކޮނޑުގައި ހިފަހައްޓާލަން އުޅުމުން ޔޫނުސް ދުރުވެލިއެވެ.

“މަންމާ ޕްލީޒް! އަހަރެން މިއީ ކުޑަކުއްޖެއްނޫން. ހިތްހަމަ ޖެހިއްޖެދޯ މިއަދު ވެސް އަހަރެން ލަދުގަންނަވާލެވުނީމަ؟ ގޯޑް! ހިތަށްއަރާ ތި ނޫން މަންމައެއް އަހަންނަށް ލިބުނުނަމައޭ.” ޔޫނުސް ބުމަގޮށްޖަހައިގެން ހުރެ ވާހަކަ ދެއްކިއިރު މުޅި ގޭގެ ތެރޭގައި އޭނަގެ އަޑު ގުގުމިއެވެ. ޝަހީމާ ހުއްޓުން އަރާފައި ޔޫނުސްއަށް ބަލަންހުރި އިރު އޭނަގެ ލޮލަށް ކަރުނަ ޖަމާވެފައިވިތަން ޔޫނުސްއަށް ފެނުނެވެ. ނަމަވެސް އެކަމަކުން ޔޫނުސްގެ ހިތަށް އަސަރެއް ކުރިހެނެއް ހިއެއްނުވެއެވެ. އޭނަ މޫނު އަނބުރާލަމުން ގޮސް އޭނަގެ ކޮޓަރިއަށްވަދެ ބާރަށް ދޮރު ލައްޕާލިއެވެ. އެވަގުތު ހުރިތާހުރި ޝަހީމާ ސިހިގެން ދިޔައެވެ.

މިއީ ކޮންމެ ދުވަހެއްގެ ވެސް އާދައެވެ. ޔޫނުސް ގެއަށް އައިއްސިއްޔާ އޭނައަށް އަބަދުވެސް ހުރެވޭނީ ނުރުހުންވެފައެވެ. ޔޫނުސް ބުނެލާ ބަސްތަކެއްގެ ސަބަބުން ޝަހީމާއަށް ނުރޮވޭ ދުވަހެއް މަދެވެ. ނަމަވެސް އެއިން ވެސް ޔޫނުސްގެ ރުޅި އިތުރުވުން ނޫންކަމެއް ނުވެއެވެ. ޔޫނުސްއަށް އޭނަގެ މަންމަ އެއްގޮތަކަށް ވެސް ކަމަކު ނުދެއެވެ. އޭނައަށް ކަމުދަނީ އޭނަގެ ބައްޕައެވެ. ބައްޕަ އޭނަ އެންމެން ކުރިމަތީގައި ލަދުގަންނަވައެއް ނުލާތީވެއެވެ. ބައްޕަ އޭނަ ކުޑަކުއްޖެއްހެން ނުގެންގުޅޭތީވެއެވެ.

އެރޭވެސް ނަވާޒް ރިސޯޓުން ގެއަށް އައިތަނާހެން ޔޫނުސް ގޮސް ނަވާޒްގެ ގައިގައި ބައްދާލިއެވެ. ނަވާޒް ގެނައި ހަދިޔާތައް ފެނުމުން ޔޫނުސް ބައްޕަދެކެ އިތުރަށް ލޯބިވިއެވެ. ޝަހީމާ އެ ދެބަފައިން އެކީގައި ތިބިތަން ދުރުގައި ބަލަން ހުއްޓެވެ.

އެރޭ ކާ މޭޒުމައްޗަށް ކާން އެރުވުމަށްފަހު ޝަހީމާ އޭނަގެ އަމިއްލަ ބަހުރުވައިން ޔޫނުސްގާތު ބައްޕަ ގޮވައިގެން އައުމަށް ބުންޏެވެ. ޔޫނުސް މަންމައަށް މާ ބޮޑު ފަރުވާލެއްނުދީ ބައްޕަމެންގެ ކޮޓަރިއަށް ދިޔައެވެ. އެ ކޮޓަރިއާއި ހަމައަށް ދިޔައިރު ކޮޓަރީގެ ދޮރު ހުރީ ކުޑަކޮށް ހުޅުވިފައެވެ. ޔޫނުސް ދޮރުގައި އަތްއަޅައި ރަނގަޅަށް ހުޅުވާލަން އުޅުނު ވަގުތު ބައްޕަ ވާހަކަ އަޑުއިވުނެވެ.

“ކައިވެނި ކުރަންވީއޭ؟” ނަވާޒްގެ އަޑު އިވިފައި ޔޫނުސް ހުއްޓުން އެރިއެވެ. އޭނަ ދޮރުގެ ދޭތެރެއިން ހުރި ހަނި ދާއިރާއަކަށް ނަޒަރު ހުއްޓައިގެން ހުރި އިރު ނަވާޒް އޭނައަށް ފުރަގަސްދީގެން ފޯނު ކަންފަތުގައި ޖައްސައިގެން ހުރިތަން ފެންނަމުން ދިޔައެވެ.

“ޝަހީމާ ވަރިކޮށްފަ؟” ހިމޭންކަމުގެ ވަގުތު ކޮޅަކަށްފަހު ނަވާޒް އިވޭ ނުއިވޭ އަޑަކުން ބުނެލި ވާހަކައިން ޔޫނުސްގެ ދެލޯ ބޮޑުވިއެވެ.

ނުނިމޭ

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ޝައިން (ޕާޓް-13)

Next

ދިމްޔާ (7 ވަނަ ބައި)

Next
August 27, 2015

ދިމްޔާ (7 ވަނަ ބައި)

Previews
August 25, 2015

ޝައިން (ޕާޓް-13)

58 Comments!

  1. Arsy says:
    August 27, 2015 at 9:09 am

    Varah salhi

    1. jana says:
      August 27, 2015 at 10:14 am

      Alhamdhulillah! 😀

  2. SOMEONE says:
    August 27, 2015 at 10:04 am

    SALHI!!:)

    1. jana says:
      August 27, 2015 at 10:14 am

      Alhamdhulillah! 😀

  3. jana says:
    August 27, 2015 at 10:10 am

    fb post:
    I hope you get a taste of Quran from this
    😀

    https://www.youtube.com/watch?v=g4561wxQU1Q

  4. Meera says:
    August 27, 2015 at 10:24 am

    Ekm haada kurey vahaka lahun genesdey iru ves

    1. jana says:
      August 29, 2015 at 4:53 pm

      jana ah neyngi mi part kuruvy aslu. jana hykury hama kurinves genesdhey varah kamah genesdhevifa othy. dhen anna bai rangalhu kureveytho balaanan In Sha Allah. ebai maadhama In Sha Allah. varah masakkaiy eba kuran miadhuves genesdheveytho. ekamaku heevany maadhama ah hen dhigukoh genesdheveyny ingey? hope you will understand 🙂

  5. Shabee says:
    August 27, 2015 at 11:31 am

    Ey jana mummy miburu ebaoeh mahssalaeh…. Mifaharu ehn faharuthakuga gennna vrh vure up kurileh las… Besides tht it’s shorter than the other times… Actually wat happened??? But inheytha mi prt mee shabee mihaathanah keee emme interesting prt.. Serious kh.. Vrh salhi mi prt.. Masha allah… Jana mummy m sure u can do dis… U hav talent… Alhamdulillah… May god bless us oll 🙂 I hope next time u’ll make it lond n up it soon as u can… I knw u will not stay without updating it if there’s nothing to do… I think these days ur v v v busy, right jana mummy? It’s ok but u should improve nxt time… N I’m goin to watch the vedio after tht insha Allah I’ll write a comment 😉 heheee … Jazakillah khairan 😛

    1. jana says:
      August 29, 2015 at 4:55 pm

      hmm Shabee. jana mihaaru kurinahvvure thankolheh busy. kudakoh balive mi ulhenyves. dheythere dheytherein varah bodah stress vefa bali vany. miadhu doc ah dhakkaigen mihiry Alhamdhulillah. vaahaka liyamun mi gendhany. maadhama ah genesdheyveyne hen heevany In Sha Allah. 🙂

  6. Shabee says:
    August 27, 2015 at 11:33 am

    Ey shabee ge comment ga eba ulhey baeh spelling mistakes… DHEN rangalhah visnaalaigen kiyaalaa hurihaa meehunaaa kudhin.. Ingey 😉

    1. jana says:
      August 29, 2015 at 4:56 pm

      hehehehe 😀

  7. Shabee says:
    August 27, 2015 at 11:48 am

    Wow nice vedio… Nice informations… N I think he would b better to go for acting… Too much…. But nice acting.. Hahahaha solo funny… Ey jana mummy I have a question… Film kahala ehchiheega act kurumakee rangalhu kamehtha? Plx Plx Plx answer this 🙂

    1. jana says:
      August 29, 2015 at 5:00 pm

      films ge vaahaka jana ah neynge bunedheykah. filmu thakuga ves e fenna goas kanthah koggen nuvaane dho hama gaimuves. jana kairin ehumah vure dheeny ilmuveri eh kairin ahaalun rangalhuvaane In Sha Allah 🙂

  8. Shabee says:
    August 27, 2015 at 11:50 am

    Not solo funny.. Soo funny.. Spelling mistake… Ooooooooppppss again dhw… Sorry.. N jana mummy sorry jehijehigen 4 comment shabee ah kurevuneema… May b then. Wouldn’t write a reply for me 🙁 🙁 🙁

    1. jana says:
      August 29, 2015 at 5:01 pm

      hehe,…its ok Shabee 😉

  9. Faryluvs says:
    August 27, 2015 at 12:54 pm

    Wow! Mi part ves varah reethi n vedio too…….

    1. jana says:
      August 29, 2015 at 5:01 pm

      Alhamdhulillah! 😀

  10. elsa says:
    August 27, 2015 at 1:50 pm

    jaantoo , m back , alhe haadha ryhchey , vr rythi vaane dw past , love u jaantoo , hehehe

    1. jana says:
      August 29, 2015 at 5:02 pm

      Elsa is back Alhamdhulillah! 😀 Past dhen vaane gotheh balamaa In Sha Allah. Love you too! 😀

  11. elsa says:
    August 27, 2015 at 1:54 pm

    jantu gandoo , vr majaa vedio , hahahaa , miss u a lot , luv u my 4 th mommy

    1. jana says:
      August 29, 2015 at 5:03 pm

      4th mommy?! O_O hehe…Love you too 😀

  12. Anonymous says:
    August 27, 2015 at 2:08 pm

    Adhives nubune dhemennu ey keehve kameh? Goas koh ulhey firihen kudhin ehkairi kohfa hama ragalhu kuhjakaa rahtehive ekani nuve ulhuneema mahsala akah nuvaane nun.. Dheenee gothun konkahala kamehkan nei bunedheefa.. Goas kamekey ekani bunefa e innany.. Dhen anhen kudhin kulhivaru kulhimaky konkahala kamehbaa baeh meehun buney moodhah ves anhen kudhin erun goahey.. Pis Pis. Adhi beyrah nikunna iru gadha vas dhuvaa scent beynun kurumaa mi kanthah thah.. Need an urgent answer

    1. jana says:
      August 29, 2015 at 5:11 pm

      Anonymous, goas kujjaku rangalhu vumattakai rangalhu ekuverin ves hoadhi dhaane ehnu? hama anhen kujjaka rattehivun muhimmu tha? Anonymous, jana ah sababu bunedhevidhaane. ekamaku EMME rangalhu vaany dheeny ilmuverieh kairin ahaaleema. fiqh suvaaluthakah javaabeh nudheveyne komme komme meehakah.

  13. elsa says:
    August 27, 2015 at 2:16 pm

    jaantu buneba , hijab laafa burugaa alhaafa , anehkaa fahun top ah badhal kurumaky kon kahala kameh tha ? if u know about , can u plx explain me about tht

    1. jana says:
      August 29, 2015 at 5:14 pm

      fahun top ah badhalu kurany keehkuran? O_O hama gaimuves ey rangalhu kamakah nuvaane. jana anekkaaves handhaan kohdheefaanan. jana mee dheeny ilmuverieh noon. thi kahala suvaaluthah dheenee ilmuveriakaa kollun emme rangalhuvaany

  14. elsa says:
    August 27, 2015 at 2:45 pm

    plzz

  15. kayaani says:
    August 27, 2015 at 3:48 pm

    the story is really nice. even i watch many funny vedioes of nouman ali khan and mufti menk. they present it in a funny way so that we listen to it and know what they are trying to tell. nouman ali khan make everyone laugh but with a really good message to us. to elsa. nouman ge funny vedios thaku ga hunna ne hijab laan jehenee keehve kamaa kn gothakah kamaa kihaa muhinmu kameh kamaa many many more. funny eh chehim kiyaa thee ve hee eh nuvaane e ee boring lecture ekey. baeh faharu meehun dheenee dharus adu ahaa hiyynuvanee boring lecture ehh gothah heevaatheeve. ekam nouman aa mufti ge funny vedois thakun majaa ehchehi kiyaathee ve heeves nuvaane e ee dharuhekey. serious vefa smile ves nukoh nidhiais fa inna vahtharuge dharuhekey. eyge badhalu abaduve smile koh gen thibe shauguvertikamaa eku adu eyene fadha majaa dharus theh. ehenvee ma elsa ba laa lah chey inge dhe sheikun ge vedio ves. kayaani ves ehme furathama dheenee dharus thah adu ahan vrh foohi ekam mihaaru vrh ginain dheenee funny vedioes thah balan.

    1. jana says:
      August 29, 2015 at 5:22 pm

      Yes kayaani. Kayaani thi kiyaidhiny jana ge ves life story. jana ves kureega varah foohi vey dheeny dharusthakah. ekamaku Ustadh Nouman and Mufti Menk aa dhimaavi fahun ekan badhaluvy. ekamaku kayaani aharumen visnan jehey thankolheh eba oiy ingey? Ustadh Nouman ge baeh videos thakuge jokes thah thankolheh out of hand vaane. evves haalegga evves scholar aky adhi ilmaky samaasaa akah hadhaigen vaahaka dhakkaakah nuvaane ehnu dho? ey varah fahakah vaan feshi kameh. ekamaku kureege lectures thah hama varah rangalhu. jana share kuraanan Ustadh Nouman ge faraathun jana ah faidhaa kuri lectures thah In Sha Allah. 🙂

  16. zai says:
    August 27, 2015 at 5:38 pm

    Nyc

    1. jana says:
      August 29, 2015 at 5:22 pm

      Alhamdhulillah! 😀

  17. Hike says:
    August 27, 2015 at 6:57 pm

    keeve tha miha lahun up vanee. eha lahun genes dhey iru ves varah kuru. baeh writers hadha ehcheh aee furathama kolhu gavaidhun dhigu koh up kuramun ais readers ge surpport libuneema dhn genes dheynee aharakun folhuvatheh:'(

    1. jana says:
      August 29, 2015 at 5:26 pm

      Aww…..so sorry Hike. jana ves varah beynun gavaaidhun genesdheyn. ekamaku jana mi dhuvaskolhu stress vefa bali vany. vaahaka feshi iru jana ge schedule ga neh kameh mihaaru ithuru vefa vany ves. ekamaku gavaaidhun genesdheveytho balaanan. kuree dhuvahu ves kiyuntherieh gaathu saturday ga up kureveytho balaanamey bunevifa miadhu up nukureveyne hen heevaathy varah dheravefa mihunnany. mirey masakkaiy koggen ves maadhamaa genesdheveytho balaanan In Sha Allah

  18. Kai says:
    August 27, 2015 at 6:59 pm

    e thedheh mihaaru kuru kamah faahangav vey. adhi mi part varah lahun genes thidhevunee.. miah vure rangalhah mikan kuraane kamh ummeedhu kuran

    1. jana says:
      August 29, 2015 at 5:27 pm

      Rangalhu kureveytho balaanan Kai In Sha Allah 🙂

  19. fathun says:
    August 27, 2015 at 7:00 pm

    i don like nasra at all
    but other parts r okay

    1. jana says:
      August 29, 2015 at 5:28 pm

      ey keevveba Nasra like nuvany? 😛 hehe…Alhamdhulillah 😀

  20. Lammu says:
    August 27, 2015 at 7:01 pm

    nice.. but y dis time so lahun up thikuree?? was waiting so much and i think dis part is short compared to other parts. hoe the story will improve frm day to day.. not worse.: bst of luck

    1. jana says:
      August 29, 2015 at 5:29 pm

      lasvy jana balive ulhunythy. jana ge ves ummeedhaky dhuvahun dhuvahah rangalhuvun In Sha Allah. Alhamdhulillah 🙂

  21. Aish says:
    August 27, 2015 at 7:04 pm

    rangalhu mi part eha beykaaru vaahakaeh neh.. seedha point ah dhanee.. dhn this gothah kuriah gendhey.. beykaaru vaahaka thah nulaa.. next part miah vure avahah kiyaalan libeyne kamah ummeedhu kuranee

    1. jana says:
      August 29, 2015 at 5:30 pm

      miahvure avas vaane kanneynge. maadhama kihinehtha Aisha? maadhama genesdheveytho balaanan In Sha Allah 🙂

  22. Nau says:
    August 27, 2015 at 7:04 pm

    haadha las v:O

    1. jana says:
      August 29, 2015 at 5:30 pm

      Dhen las nukoh veytho balaanan Nau In Sha Allah. jana ves beynumeh noon laskuraakah 🙂

  23. Shabee says:
    August 27, 2015 at 9:10 pm

    Ehery Hama Elsa!!! Vrh foohivey… Huh… Shabee Hama kiyaahaa ehcheh copy kuraanee… Jana mummy Elsa kairy bunyey jana ah mummy kiyaanee shabee ekanyey… Shabee vex nukiyamehnun jantoo ekey… So Elsa vex copy nukurey… Thiohhaa dhuvas khffa aissavex furathamvex thi rulhi aruvaalee… Hama bodu kh rulhi…mummy bunebala dhen chubby Elsa gandu kairy mummy nukiyaashey… That’s something only I call her.. N no one else call her tht… So Elsa aa rulhi.. Vrh foohivey chubbish Elsa gandu dheke… Huh Hama rulhi … Dhen frnd vaanee ehneh nukiyaanamey buneema!!!! M lyk totally stressed…

  24. Shabee says:
    August 27, 2015 at 9:14 pm

    Not bunyey… Buney… Actually I have asked jana to tell Elsa lyk tht… Gotcha mistake from the 3rd line’s 1st word… 🙂

  25. elsa says:
    August 27, 2015 at 9:29 pm

    oo shabee rulhi annanyaa nukiyaanan , bt i really feel tht jaan is my 4 th mummy , she explain many things about this religion , sorry shabee , n shabee ge samaal kamah , elsa meege fahun chat nukuraanan , ekam mi story ah comment kuraanan , ok tha ?

  26. elsa says:
    August 27, 2015 at 9:31 pm

    oo sorry mommy , not mummy , its a spelling mistake , dhen elsa ves jaantu mummy akah nahadhaane dw , hahaha

  27. Shoa says:
    August 27, 2015 at 9:48 pm

    dhn mi vaahaka nw maa las update vaa leh. adhi genes dh ny eha kurukoh. foohi

    1. jana says:
      August 29, 2015 at 5:31 pm

      rangalhu kureveytho balaanan Shoa In Sha Allah 🙂

  28. D says:
    August 27, 2015 at 9:50 pm

    totally agree that this is short hope next part avahah up vaane kamah

  29. me says:
    August 27, 2015 at 9:54 pm

    v reethi but lahun up vaathee foohi

  30. police says:
    August 27, 2015 at 9:55 pm

    nw reethi vamun dhanee ekamaku mi part las v??

  31. elsa says:
    August 28, 2015 at 2:16 pm

    kobaa tha jaanto next prt , ?

  32. Anonymous says:
    August 28, 2015 at 4:37 pm

    Mashah heevany nanvaaz e vaahaka dhahkany nasra ge mamma aa hen..

  33. hmm says:
    August 28, 2015 at 7:40 pm

    dhen aneh part anekkaa aneh aharu dho??

  34. mane says:
    August 29, 2015 at 12:43 am

    foohi fashey vey mihaa las vaathy!!!

  35. Aishaa says:
    August 29, 2015 at 10:57 am

    kon irakun tha nxt prt genesdhey nee Jana……varah kiyaa hithun mihunnany….inthizaaruga mihury Jana…..avas koh bala….nxt prt…

    Aishaa mi hithah arany Yoonus ge mom ah kihineh baa ey vaany dhen….Navaaz kihineh baa ey eulheny kanthah kuran….Aishaa v beynun vefa mihury nxt prt kiyaalan….
    I will wait for the nxt prt inshaa allah 🙂
    N m still waiting for the nxt prt 🙂

  36. Shabee says:
    August 30, 2015 at 10:51 am

    jana mummy kobaatha nxt prt? mihaaru faadakah foohi vaan fashaifi….plx avss kohdhebaaa..

  37. Aishaa says:
    August 30, 2015 at 4:01 pm

    Kehkohlaa Shabee…..Jana ebuneenu Jana eulheny balive ey….so Jana ah veevarakun Jana vs up koh dheyne…dho Jana….

    Shifaakallah….Jana
    Get Well Soon…

    Still waiting for the nxt prt 🙂

Comments are closed.


All Right Reserved!