Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަލްމާޝް 13

Ushaali Level 810 Stories100 Comments100 Stories500 Comments
August 28, 2015 4 Mins Read
24 Comments

ފުދޭ ވަރެއްގެ ދިގު ޗުއްޓީއަކަށްފަހު މިއަދަކީ ނިމާން ވަޒީފާއަށް ނިކުތް ދުވަހެވެ. އަލްމާޝް ވިހަން މެލޭޝިޔާއަށް ދިޔަފަހުން އަންޖޫވެސް އިންޑިޔާއިން އައީ މީގެ ތިން ވަރަކަށް ދުވަސް ކުރިންނެވެ. އެތައް ދުވަހެއްފަހުން ނިމާން ފެނުމުން ދީމާ ހުރީ ފާޑަކަށް ހީލައިގެންނެވެ. އެހީލުމުގައި ވަނީ މަލާމާތެވެ.

އޮފީސްތެރޭގައި ކުޑަކަމެއް ނިންމާލުމަށްފަހު ބޭރަށް ނިކުންނަން ދިމާކުރި ނިމާން ސިއްސައިގެން ދިޔައީ ކުރިމަތިން ދީމާ ފެނުމުންނެވެ. “ހޫނނ މިޖެހުނީ ކަންތަކާ… ދެން ލާހިކެއް ނޫން މި އަންހެނާ ކައިރިން އެހާ ފަސޭހައިން ސަލާމަތްވާން” ހިތާހިތުން މިހެން ބުނެލުމަށްފަހު ނިމާން ނޭނގޭކަމށް ހަދާލިއެވެ.

“ހައި ނިމާން… މިހާރު ވަކިން ސްމާރޓްހެން ހީވޭ” ފަރި ގޮތަކަށް އައިސް ނިމާންގެ ކުރިމަތީގައި ހުއްޓިލަމުން ދީމާ ހައި އަޅާލިއެވެ.

އަނގައިން ބަހެއް ނުބުނެ ނިމާން ދޮރުން ނިކުންނަން ހިނގައިގަތްތަނާ ދީމާ ކުރިބެއްދިއެވެ. ނިމާން އަނެއްކާ ދާން ހިނގައިގަތުމުން އަނެއްކާވެސް ދީމާ ކުރިއެކޭ އެއްގޮތަށް ކަންތައް ކުރިއެވެ.

“މީދެން ކޮންކަމެއް ދީމާ….ޑޯންޓް ވޭސްޓް މައި ޓައިމް….” ހަށަން ބަދެލައިގެން ނިމާންގެ ކުރިމަތީގައި ހުރި ދީމާ ނިމާންއަށް ބަލާލީ ވަރަށް ހަމަޖެހިލައިގެންހުރެއެވެ.

“އެހާ ދުވަސް ފަހުން ނިމާން ފެނުނީމަ އަހަރެން ހަމަ ވާހަކަދައްކާލާހިއްވީ….ކުޑަވަގުތު ކޮޅެއް ދީ” ދީމާއަށް ބަލަން ނިމާންހުރީ ކަޅި އަޅާލައިގެންނެވެ.

“އހަރެން އެންމެ ކުރާހިއްވާ ނުވާކަންތައް އެއީ ދީމާއާއި ވާހަކަދެއްކުން… އަހަންނަކަށް ވަގުތެއް ނެތް” ނިމާން ދީމާއަށް ބަލާވެސް ނުލާ ބުނެލިއެވެ.

“ދީމާ… އަހަރެން މިބުނީ ކުރިމަތިން ދުރަށްދާށޭ… އަހަރެންގެ އަނބިމީހާއާއި ދަރިފުޅު ކައިރިއަށްދާން ބޭނުން…. މިތާ ދީމާގެ ކުޅިވަރުތައް ބަލަން ހުރެވޭކަށް މަށަކަށް ނެތް” ނިމާން ދަތްކުނޑި ވިކާލިއަސް ބުނެލީ މަޑުމަޑުންނެވެ.

“އެހެންވިއްޔާ ކުޑަކަމެއް ކޮށްލަދީ…ނިމާންއަށް ވަރަށް ކުޑަކުޑަ ކަމެއް” ދީމާގެ ލޯ އެންމެ ހިނދުކޮޅަކަށްވެސް ނިމާންގެ މޫނާއި ވަކިނުވެއެވެ.

“ބުނޭ… ތި މުސީބާތުން ސަލާމަތްވާން އަހަރެން ކަޮންމެ ކަމެއްވެސް ކޮށްފާނަން” ހަގީގަތުގަވެސް ނިމާން ހުރީ އެތަނުން ދާން ބޭނުންވެފައެވެ.

 

“ވަރަށް ލޯބިން ހަގެއް ދޭންވީ… ލައިކް ދިސް….ސިމްޕަލް…..” ނިމާންގެ ފުރަގަހުން ބައްދާލަމުން ދީމާ މޫނު ޖައްސާލީ ނިމާންގެ ބުރަކަށީގައެވެ.

އައްޗީ…މޮޔަވެގެންތަ މިއުޅެނީ…ތީ ދީމާއަށް ހުވަފެނުގަވެސް ފެންނާނެ މަންޒަރެއް ނޫން…ކަލޭ ބޭނުންހާ ގޮތެއް ހަދަންހުރި މީހެއް ނޫން މަށަކީ… ދީމާ ހީކުރަނީތަ ޖަހާހާ ބެރަކަށް މަ ނަށާނޭ….ކަލޭގެ ހަށިގަނޑުގައި ބީހެން މަށަށް މަޖުބޫރުވާ ދުވަހަކުން އަމިއްލަ އަށް މަރުވަން ޖެހުނަސް އަތްނުލާނަން….މިހިތަކުން ދުވަހަކުވެސް ދީމާއަށް ޖާގައެއް ނުލިބޭނެ….ހީނުކުރައްޗެ އަހަރެން އަޅާނުލާ ހުންނަނީ ބިރުންނޭ…މި ހުރިހާ ދުވަހަކުވެސް ކެއްކުރީ ދީމާގެ ނަމާއެއްކޮށް އަހަރެންގެ ނަންވެސް މިތަނަށް ގިނަވާނެތީ…. ދީމާ ތީ މީޙުންގެ ދޫމަތީ އަރާހުރި މީޙެއްވިޔަސް މަށަކީ މީހުންގެ ގަދަރާއި އިހުތިރާމް ލިބިފައިވާ މީހެއް…އެކަމަކު އިންސާނަކަށް ކެއްކުރެވޭނީ ވަކިވަރަކަށް… މިކަމަށް ފިޔަވަޅެއް އަޅާފައި ނޫނީ ދެން އަހަރެން އެންމެ ނޭވައެއްވެސް ނުލާނަން… އެކަން ހަނދާންކުރާތި” ދީމާގެ ލޮލުގައި ކިރިޔާ ޖެހޭވަރަށް ދިއްކޮށްލައިގެން ހުރި ނިމާންގެ އިނގިލި ތިރިކޮށްލަމުން ދީމާ ކޮށްޕާލާފައި ނިމާން ބޭރަށް ނިކުތެވެ.

ދީމާގެ ތަންފަތަށް ވިހަ ހިނިތުންވުމެއް ވެރި ކުރުވައިގެން ހުރެ ނިކުމެގެން ގޮސް މަޑުކޮށްލީ ޒައުމާ ކައިރީގައެވެ. ފޯނު ނަގައިގެން  ގޮނޑީގައި ޖައްސާލަމުން ދީމާ އެފްބީއަށް ވަދެލިއެވެ.

“އަހަރެން ހީކުރީ އޭރުގައި ދިޔަގޮތުން ގެއަށް ދިޔައީ ކަމަށް” ޒައުމާ ބުނެލިއެވެ.

“ނޫން… ނިމާންއާއި މީޓްކޮށްލަން ދިޔައީ… ޑިއުޓީ ނިމުނީނު… ހިނގާ ދާން” ދީމާވެސް ޒައުމާއަށް ބަލާލަމުން ބުންޏެވެ.

“އޭ ތިއެއްނޫނޭ… ނިމާންގެ ވައިފްއަކީ ބޭރު ކުއްޖެއް ނޫން…އެއީ އައްޑޫ ކުއްޖެއް….” އެއްޗެއް ހަނދާންވާ ކަހަލަ ގޮތަކަށް ޒައުމާ ދީމާގެ އަތުގައި ހިފާލަމުން ބުންޏެވެ.
“އެކަމު ޒައުއެއްނު ބުނީ އެއީ ބޭރު ކުއްޖެކޭ…” ދީމާވެސް ޝައުގުވެރިކަން ފާޅުކޮށްލިއެވެ.

“އާން ވައްތަރުވީމަ އެހެންބުނީ… އެކަމު ރޭގަ މަ އިވްއާއި އެއްކޮށް ބޭރުގަ އުޅެފަ އެގެއަށް ކައިރިކޮށްލީ ފާހާނާއަށް ވަންނަންވެގެން… ދެން އޭނަ ރޫމުގަ މަޑުކޮށްލާފަ އަލްބަމް ބަލާލީ އޭނަ އާއިލާ މީހުން ބަލާލަންވެގެން….ފޮޓޮއެއް ފެނުނީމަ މަ އަހާލީމަ ބުނީ ކުރީގެ ކުލާސްމޭޓެކޭ… ވަރަށް ރީތި ފޮޓޮއިންވެސް…އޭނައަށް ކިޔަނީ އަލްމާޝް” ޒައުމާ ދީމާއަށް އޮޅުންފިލުވާ ދިނެވެ.

ދުވަހުގެ މެންދުރުފަހު ވަގުތެކެވެ. ހޫނުގަދަ ދުވަހެއްކަމުން ފަޒްނާ އުޅުނީ އަނބުޖޫސް ގިރާށެވެ. ވަރަށް ފިނިކޮށް އަނބުޖޫސްތައްޓެއް ހަދާދިނުމަށް މަނިކު އެދުމުންނެވެ. އަލްމާޝްގެ ހަގީގަތް އެނގުމަށްފަހު އެދެމަފިރިން އިންނަނީ ކަލާނގެ ހަޒްރަތަށް ދުޢާ ކޮށްލަކޮށްލައެވެ. އެންމެ ވަގުތު ކޮޅަކަށްވެސް އެދެމަފިރިން އުއްމީދު ކަނޑާނުލައެވެ. އެދެމަފިރިން ކެތްރެިކަމެއްނެތި އިންތިޒާރުކުރަމުން ދަނީ އަލްމާޝްއާއި ބައްދަލުވެވޭނެ ދުވަހަކަށެވެ.
ފަޒްނާ މިއޮށް އައީ ނިމާން….” މަނިކުގެ ގައިގާ ބައްދާލަމުން ނިމާން ގޮނޑީގައި ޖައްސާލަމުން ފަޒްނާ ކޮބާތޯ އަހާލިއެވެ. އެވަގުތު ފަޒްނާ ނިމާންއަށް ވެސް އަނބުޖޫސް ތައްޓެއް ދިއްކޮށްލިއެވެ. އަދި އެއީ ދިވެހިއަނބު ކަމަށާއި މީރުވާނެ ކަމުގައި ބުންޏެވެ.

“ވަރަށް ހަނދާންވި ދައްތައާއި ބޭބެ…. ކުޑަމީހާވެސް ވަރަށް ލޯބި” މަނިކު މާޝަލްއައި ބެހޭ ގޮތުން ސުވާލުކުރުމުން ނިމާން ޖަވާބުދިނެވެ.

“މާދަމާ ތިގެއަށް ދާން ބޭބެމެން މިކިޔަނީ… އޭރުން ކުޑަމީހާއާއި ވެސް ދަރިފުޅުގެ އަންހެނުންނާއި ވެސް ދިމާވާނެއްނު….”މަނިކު ބުނި އެއްޗަކުން ނިމާން ކޮށިއެރިއެވެ.

“ނޫން… މިއުޅެނީ މާދަމާ މިގެއަށް ކުޑަމީހާ ގޮވައިގެން އަންނަން… އިރާދަކުރެއްވިއްޔާ ވަރަށް އަވަަހަށް ދައްތައާއި ބޭބެ އެގެއަށް އެއްކޮށް ގެންދާނަން… އުއްމީދުކުރަން އެދުވަހަކުން ބޭބެމެން ދެކޮޅެއް ނަހަދާނެކަމަށް… އަދި އެދުވަހަުން ބޭބެމެންގެ ދަރިފުޅުވެސް ހުންނާނީ ކައިރީގަ…..މިބުނީ އެފޮޓޯގަ އެހުރީނު” ނިމާން ބުނި އެއްޗަކުން ފަޒްނާ ތުނބުގައި ޖައްސާލައިގެން އިން ޖޫސްތަށި ނައްޓާލަމުން ނިމާންއަށް ބަލާލިއެވެ.

“ތިބުނީ” ފަޒްނާ އަހާލިއެވެ.

“މިބުނީ ދައްތަގެ ލޯބިވާ ދަރިފުޅު ވީ ތަނެއް އެނގިއްޖޭ މަށަށް…”‘

“ހަމަރަނގަޅަށްތަ….އެހެންވިއްޔާ މިހާރު ހިނގާ އެމަންޖެ ކައިރިއަށް ދާން” މަނިކު އަތުގައި ހިފާލަމުން ފަޒްނާ ދާން ތެދުވެލިއެވެ. ނަމަވެސް އަލުން ގޮނޑީގައި ޖައްސާލީ ނިމާން އަލްމާޝްއާއި އެމީހުން ބައްދަލުކޮށްދޭނެ ކަމަށް ވައުދު ވުމުންނެވެ.

ނިމާން އެނބުރި ދިއުމުން ފަޒްނާ ތަށިތައް ބަދިގެ ފަރާތަށް ގެންދިއުމަށްފަހު މަނިކުއާއި ޖެހިގެން ހުރި ގޮނޑީގައި ޖައްސާލިއެވެ. ބުނަން ނޭނގޭ އުފާވެރިކަމެއް ފަޒްނާގެ ތުންފަތްމަތީައި ވިއެވެ.

“ކޮބާ ސަމަދުއަށް ގުޅިއްޖެތަ” މަނިކު ކައިރީގައި ފަޒްނާ އަހާލިއެވެ.

“އާނ…. ހަމަ އަހަރެމެން ހީކުރި ގޮތަށްވެފަ މިއޮތީ…. އަލްމާޝްގެ ބަލަދުވެރިޔަކީ ސަމަދުއެއްނު…އަލްމާޝްއަށް  ހުރިހާ ހަގީގަތެއް އެނގޭ ކަމުގައި ސަމަދު ބުނި…. ސަމަދު ބުނި އެކަން ކުަރން އެމަންޖެ ވަރަށް ހާލުގަ އުޅުނޭ… ސަމަދު ކައިރީގަ ބުންޏޭ މަންމައާއި ބައްޕަގެ ހުއްދަ ލިބިއްޖެއޭ… ކައިވެނި ކުރެވުނު ފަހުންނޭ ބުނީ މަންމަމެން ކައިރީގަ ބުނަން ނުކެރުުނޭ…. އެކަމު އަދި ބުނާނަމޭ” މަނިކު ފަޒްނާއަށް އޮޅުންފިލުވަދިނެވެ.

“މަނިކު…. އަހަރެންގެ އަލްމާޝް ހާދަ ރަނގަޅޭ… އަހަރެމެންނަކީ އޭނާގެ ހަގީގީ މައިންބަފައިން ނޫން ކަން އެނގޭއިރު ވެސް އެކަހަލަ އެއްވެސް ސުވާލެއްވެސް ކޮށްނުލާ މަށާ… އޭނައާއި ބައްދަލުވާ ދުވަހަކުން އިރާދަކުރެއްވިއްޔާ ހުރިހާ ހަގީގަތެއް ކިޔާ ދޭނަން” ފަޒްނާ މަނިކުގެ ކޮނޑުގައި ބޯއަޅާލަމުން ބުންޏެވެ.

“ދަރިފުޅާ…..ދަރިފުޅާ ދީމާ…. ދޮރުހުޅުވަބަލަ… ކީއްތަ ތިކުރަނީ މިހުރިހާއިރު” ބޮޑު އަންހެން ދަރިއަކު ހުރިއިރުވެސް މިގޭތެރެ ހުރިހާ ކަމެއް ކުރަން މިޖެހެނީ މައެކަނި…. ދީމާވެސް ކަމެއް ކޮށްދެނީ އެތައް ފަހަރަކު ބުނީމަ” ސިޓިންގްރޫމްގައި ހުޅުވާފައި ހުރި ޓީވީ ނިއްވާލުމަށްފަހު އަޒްމާ ބަގީޗާއަށް ނިކުމެ އިސްކުރު ދޫކޮށްލުމަށްފަހު ދިގު ހޮޅި ހިފައިގެން ގޮސް ގަސްތަކާ ދިމާލަށް ދޫކޮށްލިއެވެ. އަޒްމާއަކީ މުއްސަނދި ދެމަފިރިއެއްގެ ހުރި ހަމައެކަނި އަންހެންދަރިފުޅެވެ. ބޮޑަށް ދެބޭބެ ހުރިއިރު އެއްބޭބެ ދުނިޔެއަކު ނެތެވެ. ދެން ހުރި ބޭބެއާއި އަޒްމާގެ ގުޅުން ވަރަށް ރަނގަޅެވެ. ދެބޭންގެ މައިންބަފައިން ވަނީ އެމީހުން ވަރަށް ކުޑައިރު ނިޔާވެފައެވެ. އަޒްމާގެ ކައިވެންޏަށް އެދިގެން އަދްނާން އައީ އަޒްމާގެދެކެ ވަރަށް ބޮޑަށް ލޯބިާތީއެވެ. އަދުނާންއަކީ މާލޭ މީހަކަށްވެފާ އަދި މަޝްހޫރު ވިޔަފާރިވެރިއަކަށް ވާތީ އަދުނާންގެ ލޯބި އަޒްމާ ގަބޫލުކުރީ އަދުނާންގެ ފަރާތުން އަޒްމާއަށް ހާލެއް ނުޖެހޭނެ ކަމަށް ޔަގީންކޮށްފައެވެ. ވީ ވެސް އެހެންނެވެ. އަޒްމާއާއި އަދުނާންގެ ކައިވެންޏަށް އަހަރުވީއިރު ކުޑަކުޑަ ދީމާ ވަނީ ލިބިފައެވެ. އަދި ދީމާގެ އުމުރުން ފަނަރަ އަހަރުގައި ދެވަނަ ދަރިފުޅު ދިޔާ ލިބުނެވެ. ކައިވެންޏަށް މިހާ ދުވަސްވިއިރުވެސް އަޒްމާއާއި އަދުނާންގެ ލޯތްބަށް ބަދަލެއް ނާދޭއެވެ. އޭރުގަ ހުރި ރީތިކަން މިހާރުވެސް އަޒްމާގެ މޫނުމަތިން ފެނޭއެވެ. އަދުނާން އަޒްމާދެކެ ވަނީ ތެދުވެރި ލޯތްބެއްކަން ދުވަހަކުވެސް ދެގޮތެއްނުވާ އެމީހުންގެ ލޯބިވެތި ގުޅުން ހެއްކެއްގެ ގޮތުގައި ފުދޭނެއެވެ. ރާއްޖޭން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަ ކުރުމަށްފަހު ރާއްޖެއައި ފަހުން އަދި ގިނަ ދުވަހެއް ނުވެއެވެ.

އަސުރުނަމާދުން ފޭބި ފަހުން އަލްމާޝް އުޅުނީ މާޝަލް ރީތިކޮށްލުމަށެވެ. ކައިރީގައި އެތް އަތްމައްޗަށް ނިމާން އޮތްއިރު އިރުއިރުކޮޅުން މާޝަލްގެ ކޮލުގައި ކޮށްޓާލައެވެ. “ޝޯނާ އަވަސްކޮށްބަލަ ޑެޑީގެ ޕްރިންސަސް މިއުޅެނީ މާމާ ކާފާ ކައިރިއަށް ދާންވެގެން ދޯ ދޫނީ” އަލްމާޝް ނިމާންގެ އަތަށް މާޝަލް ލައި ދިނުމުން ގެއިން ނިކުމެ ސައިކަލަށް އަރާ ބެލްޓް އަޅުވަން އަލްމާޝްވެސް ބައިވެރިވެލިއެވެ.

“ކުރިން ނޭނގޭ މާންގެ ދައްތައަކާއި ބޭބެއެއް މިކޮޅުގަ އުޅޭކަމެއް….ކީއްވެ ކުރިން ނުބުނީ” ނިމާންގެ ހަށިގަނޑުގައި ޖހި ފިތިފައި އިން މާޝަލްއާއި ލޯބިކޮށްލަމުން އަލްމާޝް ބުންޏެވެ.

“ނޭނގޭ ކިތަންމެ ކަމެއް އަދި ވާނެ ދޫނީ… މިހުރިހާ ކަމަކީވެސް ދޫނިއަށްޓަކައި ކޮށްދޭ ކަންތައްތައް… ދޫނިގެ އުފަލަށްޓަކައި މާން ކޮންމެ ކަމެއްވެސް ކޮށްފާނަން… އެހެންނޫނަސް މާލް އެގެއަށް ގެންދަން ފެށިފަހުން އެމީހުންނަށްވެސް ވަރަށް ވޭ” އަލްމާޝް ބޮޑުދެލޯ ނިމާންއަށް ހުއްޓާލެވިފައި ހުރުމުން އެމޫނުމަތީގައި ފިރުމާލުމަށްފަހު އެއްލޯ މަރާލަމުން ސައިކަލް ދުއްވާލިއެވެ. ނިމާން ފިރުމާލި ތަނުގައި ހިފަހައްޓާލައިގެން ސައިކަލްދާދިމާލަށް ބަލަންހުރި އަލްމާޝްއަށް އޭނަގެ ސިކުނޑި އެއްޗެއް ވިސްނާދޭން އުޅުނުހެން ހީވިއެެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ނަޖާ (ހަތަރުވަނަ ބައި)

Next

ދިމްޔާ (8 ވަނަ ބައި)

Next
August 29, 2015

ދިމްޔާ (8 ވަނަ ބައި)

Previews
August 28, 2015

ނަޖާ (ހަތަރުވަނަ ބައި)

24 Comments!

  1. neha says:
    August 28, 2015 at 6:08 pm

    Alhe haadha salhiey

  2. naj says:
    August 28, 2015 at 6:24 pm

    Nice

  3. kayaani says:
    August 28, 2015 at 6:29 pm

    vrh sweet pic eh. and the story is sweeter than that. plz keep uploading fast.

  4. hajja says:
    August 28, 2015 at 7:35 pm

    kon iraku anehbai?

  5. shx says:
    August 28, 2015 at 8:22 pm

    v salhi…keep it up..

  6. Shaan says:
    August 28, 2015 at 9:05 pm

    Nc…

  7. zee says:
    August 28, 2015 at 9:43 pm

    haadha kurey ekamakuves varah nc

  8. Sana says:
    August 28, 2015 at 9:54 pm

    Nice… Waiting 4 next part…

  9. Shabee says:
    August 28, 2015 at 10:01 pm

    Thihaa Lahun up kureema jeheyne dhw aslu Dhigu khgenesdheyn… But it’s ok… I thank u.. N I appreciate ur work 🙂 love tht pic n this story… Jazakillah khairan ushaali ;D good luck.. Hope nxt prt would be uploaded faster 😀

    1. Mishko says:
      August 28, 2015 at 10:56 pm

      Thats Shabee n shaan with their baby.aren’t they cute

    2. Mishko says:
      August 28, 2015 at 11:26 pm

      shabee hiki vaane and shaan kalhu vaane

  10. Crazi says:
    August 29, 2015 at 12:06 am

    Plz update soon…

  11. yaeesh says:
    August 29, 2015 at 4:40 am

    mi meehunnah neyngeyey loabyge vaahake noon ehn vahthareh ge vaahaka eh liyan.. bala vaahakaiga ehen vahtharu thah ves hureyey.. biruveri vaahaka liyaa myheh nehtha.. h7s loabyge koosani vaahaka mi liyany

    1. Kayaani says:
      August 29, 2015 at 9:57 am

      U can go to a bookshop and buy a horror story. It depends on the writer to write the story. If the writer wants to write a love story you are no one to stop him or her.

    2. Emiliya says:
      August 29, 2015 at 8:21 pm

      If u are so fond of horror stories go to a bookshop and buy a horror story book dont
      criticises the story ang guess what u stop reading this story

  12. yaeesh says:
    August 29, 2015 at 5:02 am

    hoody vareh neh hama. hoody ah engey raha badhalu kuran.. dhn mithibey liyun therin noolhey liyun therikan improve kuraaka.. im sayin for ur best al da authors.. kiyun therin kiyany vaahaka upload kohfa hunnaathy.. kiyun theri ehge haiseeyathun mibunany abadhuloabyge vaahaka upload kuraathi nuvey kiyaa hitheh.. catergories ah gos balaafa loabi innaathy avahah dhany nukiyaa.. mi vaahakaves nukiyan.. engey vaanee kihinehkan.. konmes myhehge faiga alhaiganefa furathama nazarun feni aashoahuvefa handhaan nahthaanulevi fahun indhgen dhariaku libi eythi meethi ve nimeyni.. huvaa vvvvvv fooohi.. admin ves foohi nuvany baaey hithah arany

    1. ushaali says:
      August 29, 2015 at 3:11 pm

      Tnnx 4 da commnt yaeesh…. kuriah oi thanuga eki kahala vahaka fennane ushaalige… adhi kiriya mi fashaigathy… kiyuntherin balaiganna varuge biruveri vahaka eh fennane adhi…. insha allah…☺☺☺ cmnt kolli huriha kudhinnah v bodah thnx ????

  13. kanbulo says:
    August 30, 2015 at 12:22 pm

    Eh vaahaka ehga iru iru kolhun photo change kuraathee kamaku nudhey ekam vaahaka varah reethi.

  14. Shabee says:
    August 30, 2015 at 1:13 pm

    kanbulo shabee ah pic thakun emme molhu author eh hovanyaa nagaanee ushaali… ingeytha keehvekan? emme furatahhama almaash n nimaan ge vaahaka ah couple ehgge pic… dhen boy ge moonu nufenunas… dhen bandu boduveemaa couple in girl preg vefa in pic eh… dhen baby libuneema family ehgge pic… kihaa loabi tha? n almaash avahah up khdheebaa… hama inthixaar ga meenee…. kehmadhuvefa hama…. iru iru kolhakaa beley up vefa thoa… so plxmake it fster.. 🙂

  15. nazi says:
    August 30, 2015 at 9:26 pm

    vvvvv reethi alhe kon irakuntha vaahaka up kolladheynee avas pkz plz plz

  16. ushaa says:
    August 31, 2015 at 10:44 am

    koba aneh baii?

  17. yaa says:
    September 19, 2015 at 3:35 pm

    Koba almash hadha dhuvahekey

  18. Amm says:
    September 25, 2015 at 1:02 am

    Haadha lahahey vaahaka up kuraa leh… Anehkka ninmaalee tha??? v kiyaa hithun mihunnanee..?? pls avahah up kohla dheebala……. waiting……………………………..

  19. Sanfa says:
    November 3, 2015 at 8:39 pm

    Please update this story? eagerly waiting for it make it as soon as possible. Can’t wait anymore please please……

Comments are closed.

Next Episodeއަލްމާޝް 14←


All Right Reserved!