ނޯޓް: މިވާހަކައަކީ އެސްފިޔައަށް “nashaa”ގެ ނަމުގައި ލިޔުންތެރިއަކު ކުރިން ކުރިން ހުށައަޅާފައިވާ ވާހަކައެކެވެ. އާ ދުވަހަކަށް އިރުއަރަނީ އެވެ. ރޭގަނޑުގެ އަނދިރިކަން ފެތުރިފައިވާ ކޮޓަރީގައި ހުރި ފެންލައިޓުން މަޑުމަޑުން އަލިކަން ކޮޓަރިތެރެއަށް ފޭދެމުން ދެއެވެ. ގަދަ ނިދީގައި އޮތް ޔާނާ އަށް ހޭލެވުމާއެކު އަވަސް އަވަހަށް ގަޑި ބަލައިލިއެވެ. ގަޑިން ހައެއް ޖަހަނީއެވެ. އިރު އަރައިފިކަން އެނގުމުން ކަންބޮޑުވިއެވެ. ފަތިސް ނަމާދަށް ހޭނުލެވުނީމައެވެ. ނަމާދު ޤަޟާ ކޮށްލުމަށްޓަކައި ފެންވަރައިލުމަށް އަވަސް އަވަހަށް ތުވާލި ނަގައިގެން ގޮސް ފާހާނާ […]
އިރުއަރައިގެން އައިއިރު ރައިންހުރީ ފުރަންދާން ރެޑީވެގެނެވެ. އޭނަގެ ރައްޓެއްސަކު ގުޅާފައި ހަނިމާދުއަށް ދެވުމުން އޭނަ ރިސީވްކުރަން އަންނާނެ މީހާގެ ނަމާ ފޯނުނަންބަރު ކިޔައިދިނެވެ. އަދި ކެލާއަށް ދިއުމުގެ އިންތިޒާމްވެސް އޭނަ ހަމަޖައްސަދީފަ ވާނެކަމަށް ބުނެލިއެވެ. ގެއިން ނުކުތީއްސުރެ ރާއިންގެ ހިތުގެ ތެޅުން ހީވަނީ އަވަސްވެފައި ހުރިހެނެވެ. ޒާޔާކައިރިއަށް ގޮސްފައި ފުރަތަމަބުނާނީ ކީކޭބާއޭ ތަކުރާރުކޮށް ހިތާ ސުވާލުކުރިއެވެ. ނަމަވެސް އެހިތްވެސް ވަނީ މިއަދު ހިޔާލުތަކުން ފުރިފައެވެ. އާއިލާ އެކަކު ގަބޫލުނުވިނަމަވެސް މިފަހަރު ރާއިން ހުރީ ޒާޔާ ދޫކޮށްލާ ގޮތަކަށްނޫނެވެ. […]
ފަޔާޒް ހުރީ އިންތިހާއަށް ދެރަވެފައެވެ. އޭނަ ހޯދަން ޝިޔާނާ އެއަރޕޯޓަށް އަންނާނެ ކަމަކަށް ފަޔާޒް އުންމީދެއް ނުކުރެއެވެ. “ނާއިފް، ވަރަށް ބޮޑަށް ސޮރީ… އަހަރެން އެކޮޅަށް ދިޔައިރު މަންމަގެ ހާލު ވަރަށް ސީރިއަސް… އަނެއްކޮޅުން ޔުނިވަރސިޓީއަށް ވަނުމަށް ފޯމު ފުރުމާއި އިންޓަރވިއުތަކުގައި އަވަދިނެތި އުޅެން ޖެހުނީ….. ދެތިން މަސް ފަހުން މެއިލް ޗެކް ކުރަން ބެލިއިރު އަހަރެންގެ އީމެއިލް އައިޑީ އިނީ ހެކްކޮށްފައި… ސޯ.. އާ އައިޑީއެއް ހެދީ… ޝިޔާނާގެ ނަންބަރަށް ގުޅިއިރު ފޯނު ނިވާލާފަ އޮތީ….” ފަޔާޒް […]
“އާނ މިއަންނަނީ.” ނަވާޒް ފޯނު ކަންފަތުން ނަގާލަމުން ކޮޅަށް ތެދުވިއެވެ. އަދި އޭނަ ހުޅުވާފައި ހުރި ވިންޑޯ ކްލޯޒްކޮށްލަމުން ކޮޓަރިން ނިކުންނަން ދިޔައެވެ. ކޮޓަރިން ނިކުމެ ދޮރު ލައްޕާލި ވަގުތު ލެޕްޓޮޕްގެ ސްކްރީންގެ އަލި ފޭދިގެން ދިޔައެވެ. އެއަށްފަހު މަޑުމަޑުން އަލިވަމުން ގޮސް ފެނިގެން ދިޔައީ ފޮޓޯއެކެވެ. އެ ފޮޓޯގައި ހުރީ ނަވާޒް އޭނަގެ ދެއަތުން ފަސް އަހަރުގެ ޔޫނުސް މައްޗަށް އުފުލައިގެން ހުރި ތަނެވެ. ނަވާޒް ފުރިހަމަ ހިނިތުންވުމެއްގައި ހުރިއިރު ކުޑަކުޑަ ޔޫނުސްގެ މޫނުމަތިން ވެސް […]
ލައުހާއަށް ހޭވެރިކަންވީ އީރު އަނެއް ދުވަހަށް އިރުއަރައިފިއެވެ. އަދިވެސް ލައުހާގެ ބަނޑުގއި ރިއްސަމުން ދެއެވެ. ލައުހާ ވަށައިގެންވާ މާހައުލަށް ނަޒަރުހިންގައިލިއެވެ. ލައުހާއަށް މި އޮވެވުނީ ކޮޓަރީގެ އެދުގައެވެ. ކައިރީގައި ލުހްޝާން ލައުހާއަށް ބަލަން އޮތެވެ. އެ ދެލޮލުން ލައުހާ އަށް މިހާރު ފެންނަނީ ލޯތްބާއި އޯގާތެރިކަމެވެ. ލައުހާ ތެދުވެވޭތޯ މަސައްކަތް ކުރިއެވެ. އެހެނަސް ލުހްޝާން ލައުހާ ކައިރީ ނުތެވުމަށް އެދުނެވެ. ލައުހާގެ ގައިގައި ބައްދައިގަތެވެ. ” ބޭބީ … އަހަންނަށް މާފް ކުރޭ… އަހަންނަށް ކަންތައްކުރެވުނީ ރަގަޅަކަށް […]
“ކީކޭ…..؟؟؟؟؟؟؟؟؟؟” ކުއްލިއަކަށް ރާކިން މިހެން ބުނެލުމުން ދިމްޔާ ރާކިންގެ މޫނަށް ބަލާލިއެވެ. ރާކިންގެ މޫނުމަތީގެ ކުލަވަރު ބަދަލުވެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވުމުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަމަށް ދިމްޔާގެ ހަވަނަ ހިއްސު ދެނެގަތެވެ. “މަންމަމެންދޭ…. އަހަރެންވެސް މިދަނީ….” މިހެން ބުނެފައި ރާކިން ފޯން ކަނޑާލިއެވެ. ދިމްޔާ ރާކިންގެ އަތުގައި ހިފާލަމުން ކިހިނެއްވީތޯ އަހާލިއެވެ. “ހިނގާ ދާން…. އަހަރެން އެބަޖެހޭ އޭޑީކޭއަށް ދާން… އަހަރެންގެ ދެބެންގެދެދަރި ކުއްޖެއް ރުކަކަށް އަރާ އުޅެނިކޮށް ވެއްޓިގެން އަތްބިންދައިގެން ގޮސްގެން މާލެ ގެނެސްފި….” ދިމްޔާގެ […]
“އައްސަލާމް އަލައިކުމް..” ސިޓިންރޫމް ސޯފާގައި އިން އަލިމަނިކާ ކޮޅަށް ހުރެ އަލިމަނިކާ ދިމާލައް އެއްޗެހި ކިޔަމުން ދިޔަ ޒުހުރާއަށް އެއްފަހަރާ ކަހަލަ ގޮތަކަށް ގޭ ދޮރާ ދިމާލަށް ބަލާލެވުނެވެ… ލިބުނު ސިހުމާއެކު އަލިމަނިކަށް ފުންމައިގެން ތެދުވެވުނެވެ.. ޒުހުރާ ހުރީ ދެލޯ ބޮޑުވެ އަނގަ ހުޅުވިފައެވެ.. އިސްލާމީ ރިވެތި ހިޖާބުން ނިވާވެލައިގެން ހުރި އަންހެންކުއްޖާ ފެނުމުން ޒުހުރާއަށް ދެލޯ އުގުޅާލެވުނެވެ. ކުރިމަރިން ފެންނަމުންދާ މަންޒަރު ގަބޫލު ކުރަން ދަތިވެ ކުރިއަށް ފިޔަވަޅެއްވެސް އަޅަން ނުކެރިފައި ހުރީއެވެ. “ދަރިފުޅާ ކޮންތާކު […]
ޔޫނުސްގެ ސަމާލުކަން މަގަށް ނުދެވި ހުއްޓާ އޭނައަށް ހަމަ ހޭވެރިކަމެއް ލިބުނީ ސީދާ އޭނަގެ ކާރު ކުރިމައްޗަށް މީހަކު އައިހެން ހީވުމުންނެވެ. ރަނގަޅު ވަގުތަށް ކާރު މަޑު ނުކުރެވޭނެހެން ހީވި ވަގުތު ޔޫނުސްގެ މޭގަނޑު އަތަށްއައެވެ. ޔޫނުސްއަށް ދެލޯ މަރާލަމުން ކުއްލިއަކަށް ބުރަކި ޖައްސާލެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި ބާރު އަޑަކާއެކީ ކާރަށް ލޮޅުމެއް އައިކަން ޔޫނުސްއަށް އިޙްޞާޞް ކުރެވުނެވެ. ކާރު އެއްފަރާތަކަށް އެނބުރެމުން ގޮސް މަޑުކޮއްލީ ވަގުތު ޔޫނުސްއަށް ދެލޯ ހުޅުވާލެވުނެވެ. އޭނަގެ ހިތް މޭފަޅާފައި […]