ހަދިޔާ (6 ވަނަ ބައި)
ހަމްނާ ގެއަށްދިޔަ ގޮތަށް ކޮޓަރިއަށްވަދެ ބަންލާފައި ދޮރު ޖެހިއެވެ. އަތުގައި އޮތް ދަބަސް އެނދު މައްޗަށް އެއްލާލުމަށްފަހު ދެއަތުން ބޮލުގައި ހިފަހައްްޓާލުމަށްފަހު އެނދުމަތީގައި އިށީނެވެ. އޭރު އޭނާގެ ހިތަށް ވެރިވެފައިވާ ރުޅިގަނޑު ދެލޮލުންނާއި މޫނުން ފާޅުވާން ހުއްޓެވެ. އަޔާން އެގޮތަށް ކަންތައް ކޮންފާނެ ކަމަކަށް އެއްފަހަރުވެސް ހަމްނާގެ ހިތަކަށް ނާރައެވެ.
“މާޔާއާ އަޔާންގެ އޮތީ ކޮން ގުޅުމެއްބާ… އަނެއްކާ އެދެމީހުން..” ހަމްނާ ދެފަރާތަށް ބޯހޫރާލީ ހިތަށްއެރި އެއްޗެއް ގަބޫލުނުކުރާ ފަދައަކުންނެވެ.
ފާއިތުވަމުންދާ ކޮންމެ ދުވަހަކީ މާޔާއާއި އަޔާންގެ ހަޔާތަށް އުފާވެރިކަން ގެނެސްދިން ދުވަހެކެވެ. ކޮންމެ ދުވަހެއްވެސް ނިމިގެންދަނީ އެތައް ވައުދުތަކަކާއި ހުވާތަކެއް ކުރަމުންނެވެ. ދެމީހުންގެ ލޯބީގައި ކައިވެނީގެ ކުލަ ޖައްސަން ދެމީހުންތިބީ ކިތައްމެހާވެސް ބޭނުންވެފައެވެ. ނަމަވެސް ފަސްޖެހެވެނީ މައިންބަފައިންނާ ހަމައަށް ވާހަކަ ގެންދާނެ ގޮތެއް ނޭނގޭތީއެވެ. މައިންބަފައިން އެމީހުންގެ ނިންމުމާ ދެކޮޅު ނުހަދާނެކަން އެނގޭ އިރުވެސް ޖެހިލުންވަނީއެވެ.
މާޔާއާއި އަޔާން އުފާވެރި ދިރިއުޅުމެއްގެ ހުވަފެންތައް ދެކެމުންދާއިރު އަނެއް ކޮޅުން ހަމްނާވެސް ދިޔައީ ފޮނި ހުވަފެންތަކެއް ދެކެމުންނެވެ. އަޔާން ހާސިލްކުރެވިދާނެކަމުުގެ ޔަގީންކަން ހިތުގައި އެންމެ ފުރަތަމަ ދުވަހެކޭ އެއްވަރަށް ވެއެވެ. މާޔާ ހަމްނާ ކައިރިގައި ކުއްޖަކާ ރައްޓެހިވި ވާހަކަ ބުނިއިރުވެސް އެއީ އަޔާންކަމަކަށް ނުބުނެއެވެ. ހަމްނާގެ ލޯބިވެރިއަކީ ކާކުކަން ބުނި ދުވަހަކުން ނޫނީ ނުބުނަންވެގެން ގަދަ ކޮށްލައިގެން ހުރީއެވެ.
ހަމްނާ ބޭރުން އައިސް ގެއަށް ވަތްއިރު ގޭތެރޭގައި އެކަކުވެސް ފެންނާކަން ނެތެވެ. ދެފަރާތަށް ބޯދެމުން ކޮޓަރިއަށް ވަންނަން ދިޔަ އިރު ހަމްދާންގެ ކޮޓަރިން އަޑެއް އިވޭތީ ގޮސް ބަލައިލިއިރު ދޮރު ހުރީ ތަޅުނުލައެވެ. ހަމްނާ މަޑުމަޑުން ދޮރުހުޅުވާލިއިރު ހަމްދާން ފަހަތަށް އެނބުރިގެން ކޮންމެވެސް މީހަކާ ވާހަކަ ދައްކަން އިނެވެ. ހަމްނާ ހީކުރީ ހަމްދާން ފޯނުން ވާހަކަ ދައްކަނީ ކަމަށެވެ. ހަމްނާ ސިއްރު ފިޔަވަޅުތަކެއްގައިގޮސް ހަމްދާން ސިއްސުވާލިއެވެ.
ހަމްނާ ކުރި ކަމަކުން ސިހުނުވަރުން ހަމްދާން އަތުގައި އޮތް މާޔާގެ ފޮޓޯގަނޑު ވެއްޓުނެވެ. ހަމްނާ އަނގަމަތީގައި އަތް އަޅަލާފައި ހަމްދާންއަށް ބަލައިލިއެވެ. ހަމްދާން ހަމްނާއަށް ނުބަލަންވެގެން އިސްޖަހާލުމުން ހަމްނާގޮސް ފޮޓޯގަނޑު ނަގައިގެން އ ައިސް ހަމްދާން ކައިރިގައި އިށީނެވެ.
“ދޮންބޭ.. މީކޮންކަމެއް…” ހަމްނާ ވާހަކަ ދެއްކިއިރު އޭނާގެ އަޑުގައި އެކުލެވިފައި ހުރި ބަޔާންކުރަން ދަތި އަސަރުތަކަކުން ހަމްދާން ޖެހިލުންވިއެވެ.
“ހަމް.. ދޮންބެ މިވާހަކަ ހަމް ކައިރީގައި ބުނަން އުޅޭތާ ދުވަސްކޮޅެއް ވެއްޖެ.. އެކަމަކު ބުނާނެގޮތެއް ނޭނގިގެން ނުބުނެވިފައި ހުރީ… ހަމް ދޮންބެއަށް ހެލްޕް ވާނަންދޯ…”
ހަމްނާ ހަމްދާންއަށް ބަލައިލިއިރު އެ ދެލޮލުން ފެނުނު މާޔޫސް ކަމަކުން ހަމްދާންގެ ހިތް ތެޅިގަތެވެ. ހަމްނާ އެއްޗެކޭ ނުބުނެ އިސްޖަހާލައިގެން އިންނަން ފެށުމުން އަނެއްކަވެސް ހަމްދާން ވާހަކަ ދައްކަން ފެށިއެވެ.
“ހަމް.. ކީއްވެ އެއްޗެކޭ ނުބުނީ.. ޕްލީސް ބުނެބަ ދޮންބެއަށް ހެލްޕް ވާނަމޭ… ދޮންބެ މާޔާ ވަރަށް ބޮޑަށް ބޭނުން..”
“ނޫން ދޮންބޭ..” ހަމްނާ އިސް އުފުލާލާފައި ހަމްދާންއަށް ބަލައިލިއެވެ. ހަމްނާ ބުނަން އުޅޭ އެއްޗެއް ނޭނގިގެން ހަމްދާން އިނީ ކަންބޮޑުވެފައެވެ.
“ދޮންބެ ކީއްވެ ކުރިން ނުބުނީ..’
“ކިއްވެ ތި ހެން ތިބުނީ..”
“ދޮންބޭ މިހާރު މާ ލަސްވެއްޖެ… ދޮންބެ ތަންކޮޅެއް ކުރިން ބުނިނަމަ.. މާޔާ އުޅެނީ ކުއްޖަކާ ރައްޓެހިވެގެން..”
ހަމްނާ ބުނި އެއްޗެއް އަޑު އަހާފައި ހަމްދާން އިިނީ ގަބޫލު ނުކުރެވިފައެވެ.
“ހަމް.. ބުނެ ތީ ދޮގެކޭ.. ދޮންބެއަށް އެނގޭ ހަމް ދޮންބެ ތަޅުވަނީކަން ދެން ސަކަރާތް ނުޖަހާ ރީއްޗަށް ބުނެބަލަ..” ހަމްދާން ހަމްނާގެ ކޮނޑުގައި ހިފާ ތަޅުވައިގެންފައި ބުންޏެވެ.
“ނޫން ދޮންބޭ.. މީ ސަމާސާއެއް ނޫން.. މާޔާ އުޅެނީ ކުއްޖަކާ ރައްޓެހިވެގެން..” ހަމްނާ އެތާ މަޑުނުކޮން ތެދުވެގެން ދިއުމުން ހަމްދާންއަށް އިނދެވުނީ ހަރަކާތެއް ކޮށްލަން ނޭނގިފައެވެ.
މާޔާ އަޔާންއަށް ގުޅައިގެން ހުރެފައި ފޯނު ބޭއްވީ ޖަބީނާ އައިސް ވަނުމުންނެވެ. ޖަބީނާ މާޔާއަށް ބަލައިލިގޮތުން މާޔާ އިސްޖަހާލިއެވެ.
“ދަރިފުޅު މަންމައަށް ކަމެއް ސިއްރު ކުރާހެން ހަދަ ހީވެޔޭ..” ޖަބީނާ މާޔާއާ ދިމާއަށް ބަލަހައްޓައިގެން ހުރެފައި ބުނެލިއެވެ.
“ނޫން މަންމާ އެއީ މަންމައަށް ހީވާގޮތް.. އެއްވެސް ކަމެއް ސިއްރެއް ނުކުރަން..”
“މާޔާއަށް ހީވޭތަ އެއްވެސް ކަމެއް މަންމައަށް ސިއްރުވެދާނެހެން… މީދަރިފުޅުގެ މަންމަ އޭ.. ދެން ބުނެބަލަ އެއީ ކޮން ކުއްޖެއްތަ..”
މާޔާ އިސްޖަހާލާފައި އަޔާންގެ ވާހަކަ ޖަބީނާއަށް ކިޔައިދެނެވެ. ޖަބީނާ މާޔާގެ ހޮވުމާމެދު ހިތްހަމަ ޖެހުނެވެ.
“އަޔާންގެ ގޭ މީހުންނަން އެނގޭތަ..” މާޔަ ބޯ ޖަހާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.
“މަންމައަށް ފެންނަނީ އަވަހަށް އެމީހުން ކައިރީގައިވެސް ބުނަން..” މާޔާ ޖަބީނާއާ އެއްބަސް ވުމުގެ ގޮތުން އަނެއްކާވެސް ބޯޖަހާލިއެވެ.
ޖަބީނާ ދިއުމުން މާޔާ އަޔާންއަށް ގުޅާފައި އެވާހަކަ ކިޔައިދިނެވެ.
“އަޔާން ދެން ކޮންއިރަކުންތަ އަޔާން މަންމަ ކައިރިގަ ބުނާނީ… ދެން އަވަަހަށް ބުނެބަލަ..”
“ހޫމް އަހަރެންވެސް ބޭނުމޭ މަންމަ ކައިރީގަ ބުނަން.. މިރޭ މާޔާ މިގެެއަށް އަންނަންވީއެއްނު.. ކެރޭނެތަ..؟”
“އެހެންވިއްޔާ ނައިންއަށް ރެޑީވޭ އިނގޭ.. ދާނަަން ބަލާ…”
“އަސްލުވެސްތަ..އާން ކެރޭނެ…” މާޔާ ފޯނު ބޭއްވީ ރޭގަނޑު އެގެއަށް ދާގޮތަށް ނިންމާފައެވެ.
ހަމްނާ ފޯނު ހިފައިގެން އިން ނަމަވެސް އޭނާގެ ސިކުނޑީގައި ހިނގަމުން ދިޔައީ އެހެން ކަމެކެވެ. ހަމްދާން މާޔާ ދެކެ ލޯބިވާކަން އެނގުނީއްސުރެ ހަމްނާގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. މާޔާ ކައިރީގައި ހަމްދާންގެ ވާހަކަ ބުނުމަކީ ރަނގަޅު ކަމެއް ބާއޭ ހަމްނާގެ ހިތަށް އަރައެވެ. ދެ ހިޔާލެއްގައި އިނދެފައި ތެދުވެގެން ދިޔައީ ވަކިގޮތެއް ނުނިންމިގެންނެވެ.
އަޔާން ޑިއުޓީ ނިންމާފައި އައިއިރު ފޮތެއް ހިފައިގެން ނާޒިމާ ސިޓިންރޫމްގައި އިނެވެ. މަންމަ ފެނުމުން ކޮޓަރިއަށް ވަންނަންގޮސްފައިވެސް އައިސް ސޯފާގައި އިށީނެވެ.
“ހާދަ ހީވެޔޭ ދަރިފުޅު މަންމަ ކައިރިގައި ވާހަކައެއް ބުނަން އުޅޭހެން..” އަޔާން ބަހެއް ނުކިޔާ އިންނަން ފެށުމުން ނާޒިމާ ބުނެލިއެވެ.
“މަންމާ.. މިރޭ މިއުޅެނީ މަންމައާ ބައްދަލުކޮންލަަން ކުއްޖަކު ގެންނަން..އެންމެ ރަނގަޅުތަ..”
ނާޒިމާ އަޔާންއަށް ބަލައިލިއިރު ތުންފަތަށް ހިނިތުންވުމެއް ވެރިވެފައި ހުއްޓެވެ.
“މަންމައަށް ހިވަނީ މަންމަ ކައިރިއަށް އަންހެން ކުއްޖަކު ގެންނަން އުޅޭހެން.. ރަނގަޅަންތަ މަންމައަށް މިހީވީ ދަރިފުޅާ..” ނާޒިމާގެ ވާހަކަ އިވުމުން އަޔާން ރަކި ގޮތަކަށް ހިނިތުންވެލާފައި އެތަނުން ދިޔައެވެ.
ނާޒިމާ އަޔާންއަށް ބަލަހައްޓައިގެން އިން އިރު އޭނާގެ މޫނުމަތިން ފެންނަން ހުރީ އުުފާވެރިކަމެކެވެ. ނާޒިމާ މިހާރު މިދުވަސް ދެކޭ ހިތުން އުޅޭތާ ކިތައްމެ ދުވަހެކެވެ. ބައްޕައަކާއި ނުލާ އެކަނިމާއެކަނި އެދަރިފުޅު ބަލާ ބޮޑުކޮން ހަރުދަނާ މީހަކަށް އެދަރިފުޅު ހެދިއްޖެއެވެ. މިހާރު ދެން އެންމެ ދެކެން ބޭނުންވާ ދުވަހަކީ އެދަރިފުޅު ޒަވާޖީ ހަޔާތެއް ފަށައިގެން އުފާވެރި ހަޔާތެއް ވޭތުކުރާތަން ދުށުމެވެ.
22 Comments
Comments are closed.
Wow vrh salhi.. But maa bodah las up kuraavaru.. Mioh habeys vaahaka jeheyne dhw interest nugelley vrh up khdheyn.. Asluvexx vrh salhi.. Adhi eh shakuvaa 🙂 thihaa Lahun up khdhineethee shukuruvwrivan… Butt maa kuru ingey… But it’s ok… I appreciate ur work..not only ur work.. Oll the authors work.. Jazakillah khairan 🙂 hope nxt prts would b uploaded sooner…. N longer …. Like eh ;$
nxt prts.. lol
🙂 face eh fonuvaalan ulhenikoh edhiyaee faadehgge ehcheh.. Hehee 😛 n m the 1st… Yay yay yay… 😀
☺????????????????????????????❤?????????✊☝✌??✋… jey vey tha thui gandu.
❤???????❤?????????????❤?????????????????????☕??????????????????????????????⚡??????⚠????❌❎➕➖ℹ✴?✔✅?????????▶◀??⚪⚫????◻◾◽▫??⭐?〰?♠♥♣♦
?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
nice
Vrh shalhi i thizaru kuraathaa kon ireh waiting for ling time…ipdate sooner
eeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee wow varaha reeeeeeeeeeeeeeeeethi ekamu mihaaru maakurukon tigenesdheny
thankyou hurihaa kudinnahvx.. mi story up kurany konme sat day ehga.. & nxt part digu kon genesdeveytho balaanan in sha allah…
thankyou hurihaa kudinnahvx.. mi story up kurany konme sat day ehga.. & nxt part digu kon genesdeveytho balaanan in sha allah…
You mean you will upload it every saturday but that would be once in a week and i cant wait till six days to read the story and readers also will get bored if you upload it that late.
Nice sotry
lwvispink shabee aslahvexx j vejje… haadha baivaru sticker thakekey… woww soo cute 😉 n kudaa komme saturday aku ey?? too late dhw… i totally agree with lwvispink… she’s right… m sure readers will get bored… we must have to wait until the writer writes the story but the writer also have to try to do her or his best right? every staurday is too late… even in two days u can write longer… kudaa ur uploading once a week.. but its much shorter than other writers… soo wats the difference? so plx try ur best.. n make it as fast as u can… orelse every1 would b bored to read the story even me… 🙂
Once in a week ? readers will forget de last part wen u up next part after 6 dayz…? wud u plz upload at least twice a week ?
hehe…
Haadha Lahey .thankolhey avas kobala.
kobaa tha 7th vana part
Adhi sat eh naaadhey kanneynge
Kudaa c’mon
Kobaa next part??
Waiting
Waiting