Skip to content
އެސްފިޔަ

ޝައިން (ޕާޓް-13)

ދެއަތް ދެއަތާ ޖޯޑުވެފައިވާ ވަރުން އަތުން ދާހިއްލަމުން ދިޔައެވެ. ހިތް ހާސް ވެފައި ހުރިވަރުން މުޅި މީހާ ތުރު ތުރު ލާހެން ހީވިއެވެ.  ދައްކަން އުޅޭ ވާހަކަ އާއި މެދު ވިސްނަން އިން ޝައިން އަށް ޝިބާން ބައްޕަ ބުނި ވާހަކަ އަޑު ނީވުނެވެ. “ޝައިން” ޝިބާން ބައްޕަގެ ބާރު އަޑުން މުޅި އެޕާރޓްމެންޓް އެކީ އެކައްޗަށް  ގުގުމައިގެން ދިޔައެވެ …

“ހިޔާލަށް ގެއްލިފައި އިން ޝައިން ދިޔައީ ސިއްސައިގެންނެވެ. ކުއްލިއަކައް ބަލާލެވުނީ ޝިބާން ބައްޕަގެ މޫނަށޭށްވެ. އެ މޫނުމަތިން ރުޅިވެރިކަމުގެ ކުލަވަރު ފެންނަން ނެތުމުން ޝައިން ހައިރާން ވިއެވެ. އެހާ ބާރަށް އޭނާގެ ންމުން ގޮވާނީ ކަމަކާ ރުޅީ އައުމުން ނޫންހޭ ޝައިން ހިތަށް އަރަމުން ދިޔައެވެ.

“ކޮން ހިޔާލަކައްތަ ގެއްލިފަ ތި އިންނަނީ.. ބައްޕަ ބުނީމެއނު ޝިބާން އަންނަންވާއިރައް ޝާއިން އާ ވާހަކަ ދައްކަން މިއައީ ކަމަކުއޭ… ބައްޕަ އަށް އެގިއްޖެ ޝައިންގެ ހުރިހާ ހަގީގަތެއްވެސް. ބައްޕަ އެކަމާ ރުޅިވެސް  ނާދޭ.. އެއީ ޝާއިން އަށް މަޖުބޫރުން ކުރަންޖެހޭ ކަމެއްކަން ބައްޕައަށް އެގެއްޖެ.. ޝައިން ތީ ވަރަށް ހިތްވަރު ގަދަ ކުއްޖެއް.. މި ވީހާ ދުވަަހު ހުރިހާ ކަމެއް ހިގަމުން ދިޔައިރުވެސް  ކެތްތެރިކަމާއެކު އެ ހުރިހާ ކަމަކަށް ކުރިމަތި ލަމުން ދިޔައީތީ ބައްޕަ ހަމަ ފަހުރުވެރިވޭ..  ބައްޕަ ބޭނުމީ ވީހާވެސް އަވަހަށް ޝިބާން އާ ޝައިންގެ ކައިވެނި ކުރުވަން.. ” ޝިބާން ބައްޕަގެ ދުލުން އެންމެ ފަހުން ބުނި ޖުމްލައާއި އެކު ޝާއިންގެ ލޮލުން އުފާއެރިކަމުގެ ކަރުނަ ފައިބައެގަތެވެ.

“އަހަ.. އަދިވެސް ރޮނީތަ.. ނުރޮއި ހުއްޓާލާ.. މިހާރު ރޯންވި ދުވަސް ފަސްދީ ހިގައްޖެ. ދެން އިރާދަ ކުރެއްވިއްޔާ ޝައިން ނުޖެހޭނެ ރޯކަށް.. ހިނިތުންވެލައިގެން ކައިވެންޏަށް ތައްޔާރުވޭ… ” ޝައިން ރޯތަންފެނި ޝިބާން ބައްޕަ ޝައިންގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.  ޝަބާން އައުމު ކުރިން ދާން ޖެޙެތީ ދަނީކަމަށް ބުނެ ޝިބާން ބަޕް ދޮރާދިމާލަށްއ މިސްރާބް ޖެހިއެވެ.. އަދި ހިތްވަރާއެކު ކެތްތެރި ވުމަށް ނަސޭހަތްދިނެވެ..

ޝައިންވެސް ފަސްފަހަތުން ހިގާފަ ދޮރާދިމާލަށް ދިޔައެވެ. ދޮރު ހުޅުވަލުމާއި އެކު ޝިބާން ބައްޕަގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ޝައިން ދޮރު ބިއްދޮށަށް ކޮއްޕާލުމައްފަހު އަނގަ މަތީ އަތް އެޅިއެވެ. ވާނުވާ ނޭނގި ޝައިން ހުރީ ދެލޯ ބޮޑުކޮއްލައިގެންނެވެ..

“އަހަ.. ބޮޑުބޭބެ މިތާ ކީއްކުރަނީ.. ބްރޯއެށް ނޫންތަ މިތާ އުޅެނީ..” ދޮރު ދަށު ހުރި ޝާއިންއަށް ބޭރުން ވާހަކަ ދެއްކި އިޒާންގެ އަޑުއިވުނެވެ..”ނޫނޭ އައިޒާން .. މިތާ އެކަކުވެސް އަދި ނޫޅޭ.. ބެޑުބޭބެވެސް މިތަން ބަލާލަން ކަމަށް އައީ… އިޒާން ކީއްކުރަނީ މިތާ..” ފަރީދު ލުއި ހިނިތުންވުމެއް ތުންފަތް މަށްޗަށް ވެރިކުރުވަމުން ބުނެލިއެވެ.. އިޒާންވެސް ތަން ބަލާލަން އައީކަމަށް ބުނެ ދަނީއޭ ކިޔާފަ ފަސްދީ ހިގައިގަތެވެ.

ފަރީދު އިޒާން ފަސްދީ ދިޔުމުން އެކަން ޔަގީންކޮއް ޝައިންގެ އަނގަ މަތިން އަތްނެގިއެވެ. އަދި މާފައް އެދުނެވެ. ފަހަރުގައިވެސް އަނިޔާއެއް ދިނުމަށް ކުރިކަމެށް ނޫން ކަމަށްށާއި  އަނިޔާއެއް ވިނަމަ މާފަށް އެދުނެވެ.. ނަމަވެސް ޝާއިން ހިތަށް އަރައި ފައިބަމުން ދިޔައީ އަދި އެހެން ސުވާލެކެވެ.. އެގޮތަށް އިޒާން އައުމުން އޭނަ ފޮރުވުގެ އަސްލެވެ. ފަރީދު އިތުރު ވާހަކައެށް ދެއްކުމެއްނެތި ޝައިންގެ ބޮލުގައި ފިރުމާލުމައްފަހު ދާން ހިގައިގަތެވެ..

ފަރީދު ދިޔުމުން ޝައިން ގޮސް ސޯފާގައި އިށިން ނުމަށްފަހު  ދެފައިނަދައި ހމެއާލާ ބޮޑިކޮއްލިއެވެ. ވެފައި ހުރި ބަޑުހައިވެސް ފިލައިގެން ދިޔަ ކަހަލައެވެ.  ފުން ހިޔާލަށް ގެއްލިގެން އިން ޝައިން ބޯގޮސް ކަކުލުގައި ބާއްވާލިއެވެ.. އެއާއި އެކު އެވެސް ހިފެހެއްތުމެއްނެތި ދޫކޮއްލެވިފައިވާ ޝައިންގެ އިސްތަށިތަކަށް އަމާން ލިބުނު ފަދައެވެ..

“ޝައިން ކިހިނެތް ވެފަ ތި އިނީ.. އެއްޗެއް ކައިފިންތަ؟” ޝައިން ސިހިފައި ބަލާލި އިރު ގާތުގައި ޝިބާން އިށިންދެލައިގެން އިނެވެ.. ގަދަކަމުން ހިނިތުން ވެލަން ކުރި މަސައްކަތްވީ ބޭކާރެވެ.. ޝައިންއަށް ބޯއަޅާލެވުނީ ޝިބާންގެ ތަނަވަސް މޭމަތީގައެވެ.. އިސާހިތަކު  ޝިބާންގެ ގަމީސްތެމި ހަށިގަނޑުގައި ޝައިންގެ ހޫނު ކަރުނަ ބޮސްދޭންފެށިއެވެ.. ޝިބާން އަށް ކެތްކުރެވުނީ ވަކިވަރަކަށްށެވެ.. ފުރާނަ އާއި ހަށިގަނޑަށްވުރެ ލޯބިވާ ކުއްޖާ އެފަދަ ގޮތަކަށް ރޯން އިނުން އެއީ އޭނާގެ ހިތް ރުހޭނޭ ކަމެއް ނޫނެވެ..

“ދޫންޏާ … ކީއްވެތަ ތި ރޮނީ.. އަހަރެންނަށް ގޯސްކޮށް ކަމެއް ކުރެވުނީތަ؟ ނޫނީ ތަނަކަށް ތަދުވަނީތަ؟ ނުރޮތް ކިޔާ ދިނީމައެއްނު އެނގޭނީވެސް…” ޝިބާން ޝާއިން ބޮލުގައި ފިރުމާލަމުން ބުނެލިއެވެ… ޝައިން މަޑުމަޑުން ދެލޯ ފޮހެލަމުން އެއީ އުފަލުގެ ކަރުނަ ކަމަށް ބުނެލިއެވެ.. އަދި ޝިބާން ބައްޕައައި ވާހަކަ އާއި ދެއްކި ވާހަކަ އަށް ދަންދެން ބުނެލިއެވެ.. ޝިބާންގެ  ހިތް އުފަލުން ނަށަންފެށިއެވެ.. . ސޯފާގައި އިން ޝައިން ނަގައި އުރާލިއެވެ..

*-*-***–*-*-*-*-***-*-*-*-*–**-*-*-*-*-*-*-**-*-*-*–**-*-*-*-*-*-*-*-****-*-*-

މަސްދުވަސް ވޭތުވެގެން ދިޔައިރުވެސް ޝައިންގެ ހަބަރެއް ނުވުމުން އަލިމަނިކު ހުރީ ގޮތް ހުސްވެފައެވެ.. ޒުހުރާއަށްވެސް ޝައިން ނެތުމުން އެތަށްކަމެއް ދަތިވަމުން ދިޔައެވެ. ޒުހުރާގެ ވިޔަފާރި ބަގުރޫޓް ވަމުން ދާތީ އެކަމާ ރުޅި އައިސްގެން ހަޅެއްލެވެނީ އަލިމަނިކާ ދިމާލަށްށެވެ.. އަލިމަނިކަށް ޝައިން ނުބެލުމުން ވީ ގޮތޭ ކިޔައި ހަޅެއްލެވުން އެއީ ޒުހުރާގެ އާންމު ކަމަކަށް ވެއްޖެއެވެ..

“އައްސަލާމް އަލައިކުމް..” ސިޓިންރޫމް ސޯފާގައި އިން އަލިމްނިކާ ކޮޅަށް ހުރެ އަލިމްނިކާ ދިމާލައް އެއްޗެހި ކިޔަމުން ދިޔަ ޒުހުރާއަށް އެއްފަހަރާ ކަހަލަ ގޮތަކަށް ގޭ ދޮރާ ދިމާލަށް ބަލާލެވުނެވެ… ލިބުނު ސިހުމާއެކު އަލިމަނިކަށް ފުންމައިގެން ތެދުވެވުނެވެ.. ޒުހުރާ ހުރީ ދެލޯ ބޮޑުވެ އަނގަ ހުޅުވިފައެވެ..

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (45)

  1. maeesha

    nice next part v avahah plx

  2. moo

    Haadha jure but nais

  3. moo

    Haadha kure. Ekamu v rah reethi

  4. Kayaani

    The story is very nice and im really very happy you uploaded the story but the story is way too short. Next time please make it longer.☺???????????????

  5. Emiliya

    Bayyeh dhn mi. Ehaa zamaan kohfa up kuraa iruves dhe folhuvaiy. Thivarun huttaalaa dhn

    1. Kayaani
      Emiliya

      Emiliya u should be thankful to her because she saved her precious time and wrote the story what if its too short she didint stop like others right. Its better to be thankful that she uploaded

  6. aathu

    Ehaa lahun up kuraairuves genesdhenee kuda kuda thankolheh?

  7. Zidh

    Nuvanyaa vaahaka nuliyhurey

    1. Kayaani
      Zidh

      She is trying right

  8. Ruhu

    Thivarun thikan nukuryma nimunynun

    1. Kayaani
      Ruhu

      Its really good of her that she is completing the story she started right. Others stop and never write again but she is.. what if its just two lines ir two letters

  9. Mary

    Myhun vaahaka liyaathy liyanshy kiyaigen thelheny dhw

  10. someone

    These ppl will shout if they didnt upload also..now shouting bcx its uploaded..funny..kuru vias genas dhinee eh nu e vaa varakun..
    Thanks genas dhineema..mi part ves reethi ma sha allah..hope to see soon again

  11. Shaai

    Thnxxx kayaani n someone to understanding my situation… n everyone i am trying to write it long n nice.. if i made anyy mistake plxx forgive me.. this is my hobby n dream thats y i am doing it if i am bixy also… thnxx for everyone comments.. thank you

  12. nazi

    vara vara reethi kuriya oy part kiyaahithun inthizaaru ga mihuree vvvv reethi

  13. Hike

    bxy vias kura kameh ehen meehun balaiganna gothah full dedication aa eku kureema hen heevanee magusadhu haasil vaanee. thr r ppl who waits d story to be up so yew shud respect their feelings..

  14. kada

    Nxt vyma bxy vegen thiulhey kameh kiranvynu???bxy vegen cykle buru jahan dhevey..eh restaurant in aneh restaurant in dhuvey… ekam vaahaka liyaane vagutheh nuvey…thivarun huhtaalan vynu??? Thigothah myhun vaahaka liye tha???

  15. kada

    Sry bxy vyma……

  16. Nahthu

    Yaa vaguthu by varakun up kohdhey iru we have to thanks her cox she doing this for us n her n our happines….. Thanks dear take your on time n plx up soon.OK…. Gud job keep it up………

  17. zai

    Eynayah waawarakun genesdheweythw ehnu ebalanii..

  18. lilii

    nice mi partves….shain and shaain use kohfa hunnaathee varah confuse

  19. kada

    This is a fuckin story …… Eyna aky med vaahaka liyan kulha dhaana myhehnoon…nufoara fothin foo galhan noolhebala………….

    1. naff
      kada

      Mr.kada plz liyumuge kurin thi liyanee keekey tho balaafa post kohbala.. ladhuganey thi ves insaanekey bunan… al de ppl r nt lyk u.. they also have a heart and feelings so think before write… :p

  20. shx

    kankamah kemmadhuvefa thibey meehun story kiann nuulhebala mr.KADA…..thy v hadi kameh..really ..ladhu

    1. gurey
      shx

      I agreeeee…. mr.kada heevanee kuraane kameh nethigen moyavegen ulhwy meeheh hen….. kadatha

  21. aseel

    vaahaka liyaanama jeheyne daily update kuran vaguthakee hoadhaa ehcheh vaguthu libendhen nukoh hunnan ya nuvefa onnaanee ekkameh ves miha lahun genes dhineema kuree part in v nuvee eh handhaaneh ves neh..

  22. sithoo

    Waahaka upload kurumuge kurin kuhthah check kollehwun edhen..so dhen everyone can read nicely..

  23. Shabee

    Aslu aseel ebunee thedhehh….. I agree with tht comment… Liyuntheriyaa ah kurierun libeyneevex kiyuntheringe comment thakah balaafa ithurah improve kuran ulhuneema hen shabee ah heevanee ….. But still I appreciate ur work author… WELLDONE 🙂 keep going like tht… No matter what comes in ur way jst keep writing the story even once a part in a month… 😉 good luck… Jazakillah khairan 😛

  24. Aish

    Mihaaru esfiyaves haadha kada vejje ey… miha baivaru vaahaka onna iruves up vanee mi haalakun dhivahaku haalakun vaahaka eh.. kiyaa meehun ves foohivaane mivaru vangna.

  25. sweep

    i agree with aish

  26. mahey

    Nuliyebala vaahaka thi varun….

  27. naff

    Thihaavaru vanya esfiya sight ah thimeehun vaahaka kiyan nuvadhe bala. Liyun therin nah vaahaka liyaane furusatheh libuni ma dho liyevey ni…:p kei kohbala…. shaai continue on ur works… and varah varah bodah inthizaaru kuran nxt paartah.. hurihaa partekey eh fadha in mipart ves varah salhi:)

    1. Shabee
      naff

      Dhw naff… Kiyuntheringe kehtherikan Hama kudaeee…. Shabee ah vex VAANEE ehn.. But we should thank n appreciate their work dhw???

  28. Shaai

    Thnxx everyone… ☺☺☺☺

  29. shx

    allah vodigen vanyy keththerinna ekyy..shaai huri magaam gai thimyhun hirinama ehen meehun egothah coment kuran feshyma ingeynyy vaavaru..kuraane ihsaas..i love this part..

  30. shx

    keep it up

  31. maahy

    v reethi.. ekam thankolhah kuryy + maa lahy up vaaleh… anyway waitin for d next part

  32. Angle

    Good Work!!!

  33. naff

    Yes of course shabee… reethi vaahaka kiyan kei madhuvaane ekamu ei dhen boduvareh dho…

  34. Shabee

    Hmm naff… But gina faharah shabee ahvex vanee ehen… Reethi v ma vaahaagoeh goeh dhw.. Keehkuraanee 😉 but author up kureemathaa gaimuvex kiyeynee… Kithamme rulhi ayas.. Kehtherikan kolhun liyas.. Dhw nuff… Shabee dheynan mi story ah 2nd place 😀

    1. naff
      Shabee

      Yes of course, shaai dhen avahah up koh dheeba dhen naff akah ves kei nukurevey ne…. 🙁 🙂

  35. shaai

    thnxx shx naff shabee n everyone for reading my story n giving comments.. thank you so much// 🙂 🙂

    1. naff
      shaai

      Comment kuree ma v ufa veh je… eh baeh kiya kiya foohi nuvey… ehen vi ma mikiyani avah up kohla dhee balaashey

  36. Shabee

    finally shaai ge comment eh libijje… ehn ve foni vejje 😛

  37. Shaai

    Going to up it soon insha allah… thanxx once again

Comments are closed.