Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ނަޖާ (ތިންވަނަ ބައި)

Shax Lyn Level 4100 Stories10 Stories500 Comments100 Comments
August 25, 2015 4 Mins Read
49 Comments

ވެހޭ ވާރޭ ތެރެއިން

ޝިޔާނާ ހުރީ މުޅިން ތެމި ފޯވެފައެވެ. ފިނިކަމުން މުޅި މީހާ ތުރުތުރުލަނީއެވެ. ނަމަވެސް ޝިޔާނާ ހުރީ ގޭތެރެއަށް ވަންނަ ޚިޔާލެއްގައެއް ނޫނެވެ. ވެހެމުން ދިޔަ ބޯވާރޭގެ ތެރޭގައި ޝިޔާނާއާއި އޭނާގެ ކޮއްކޮ ތެމެންނުކުތީ ވާރެޔާ ނުތެމޭތާ ގިނަ ދުވަސްތަކެއް ވެފައިވާތީވެ، ވާރޭގައި މަޖާކޮށް ސަކަރާތްޖަހާށެވެ.

މިއަދަކީ ސާނިޔާގެ ޖީ.ސީ.އީ އޯލެވެލް އިމްތިހާނު ނިމުނު ދުވަސް ކަމުން އެ ދެބެއިން ތިބީ ޝިޔާނާގެ ފިރިހެން ދަރިފުޅު ޒާން ގޮވައިގެން ހިނގާލަންދާން ރާވައިގެންނެވެ. ނަމަވެސް މޫސުންގޯސްވެ ވިއްސާރަވުމުން ގޭގައި ތިބެންޖެހި ކުރި ޕްލޭން ނާކާމިޔާބުވީމާ ދަނޑިވަޅުގެ ބޭނުންހިފާ، 1 އަހަރުގެ ކުޑަ ޒާން ނިންދަވާފައި ޝިޔާނާއާއި ސާނިޔާ ނުކުތީ ވެހެމުން ދިޔަ ވާރޭގައި ތެމޭށެވެ. ދެ ފްލެޓް ދޭތެރޭގައި 5 ވަރަކަށް ކުޑަކުދިންވެސް ވާރެއާއި ތެމި ބޯޅަ ކުޅެން ތިއްބެވެ. އެ ފަސްކުދިންނާއި އެއްބައިވެގެން ދެބޭން އެކުދިންނާއި އެކީ ބޯޅަކުޅެން އުޅުނެވެ.

ސާނިޔާއާއި ޝިޔާނާ އެކުއެކީގައި ފެންނަ މީހަކު އެއީ ދެބޭން ކަމަކަށް ޤަބޫލެއް ނުކުރާނެއެވެ. ސާނިޔާގެ އޮންނަނީ އަސޭމިރުސް ފުއްތަކެއް ފަދަ ބޯ ކަޅު އަދި އުނަގަނޑާ ހަމައަށް އަންނަ ދިގު އިސްތަށިގަނޑެކެވެ. ސާނިޔާ ހުންނަނީ ސާނިޔާގެ މަންމަ ހުންނަހެން އިސްކޮޅުން ކުރުކޮށެވެ. ހަމުގެކުލަ ދޮންވެފައި އެހާމެ އޮމާން، ލަކުނެއްވެސް ފެންނަން ނެތް އެ މޫނު މައްޗަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ މުށިކުލައިގެ ވިދުމެއް އެކުލަވާލާ ބޮޑު ލޮލާއި، މަޑު ފިޔާތޮށި ކުލައިގެ ބޮޑު ތުންފަތެވެ. ލޫޅާފަތި ތުނި ހަށިގަނޑެކެވެ. މިޒާޖުގައި ސަކަ އަދި ކުޑަކުއްޖެކޭ އެއްވެސް ތަފާތެއް ނެތެވެ. ޢާންމު ގޮތެއްގައި މި ދެބެއިން ލައި އުޅެނީ ޖީންސާއި ޓޮޕެވެ. އިސްތަށިގަނޑު ހުންނަނީ ހާވާލާފަ ނޫނީ ހުޅިއެއްޖަހާފައެވެ.

ޝިޔާނާމެން ތެމިގެން އުޅޭ މަންޒަރު ބަލަން އޭނާގެ ފިރިމީހާ މަތީނު ހުރީ ބެލްކަނީގައެވެ. ތުނބުގައި ސިގިރޭޓެއް ޖަހައިގެން އަތުން ހޫނު ކޮފީ މަގެއް ހިފަހައްޓައިގެންނެވެ. ބެލްކަނީގެ ދަގަނޑު މަތީގައި އަތްވިއްދާލައިގެން ހުރީ އޭނާގެ ލޯބިވާ އަނބިމީހާގެ ފަރި ހަރާކާތްތަކަށް ގޮސް ހުސްވެފައެވެ.

ޝިޔާނާ ވިހައިގެން އަހަރެއް ވީއިރު އޭނާގެ ހަށިގަނޑު ކުރިޔަށްވުރެއް ހިކިވެފައި ފުރިހަމައެވެ. އަންހެންވަންތަ ބަނިޔާދަން ހަށިގަނޑުގެ ފުރިހަމަ ބަނޑިތައް ފެންނަ ކޮންމެ ފިރިހެނަކުވެސް ހިތް ޒަޚަމް ކޮށްލާފަދަ ޤުދުރަތީ ރީތިކަމެކެވެ. ލައިގެން ހުރި ގަދަ ފިޔާތޮށި ކުލައިގެ ކުރުތާ ވަނީ ތެމުމުގެ ސަބަބުން ހަށިގަނޑުގެ ވަނާތައް ވަކިވަކީން އިނގޭނޭހެން ހަމުގައި ތަތްލާފައެވެ. ބޮލުގައިވާ ފަން އިސްތަށިގަނޑު ވަނީ ކަނދުރާގަޔާއި މޫނުމަތީގައި ފެނާއެކީ ތަތްވެފައެވެ. ޝިޔާނާ އޭނާގެ ފިރިމީހާއަށް ބަލާލުމަށް އިސްއުފުލާލި ވަގުތު ދަތްދޮޅިން ފައިބަމުން ދިޔަ ފެންތިކިތައް ހެދުމުގެ ކަރުވަޅާއި ދޭތެރެއިން ދާ މަންޒަރު ފެނި މަތީނަށް ހިން ދިރުވާ ލެވުނެވެ. އަދި ތުންފަތްމައްޗަށް ވެރިވަމުން ދިޔަ ހިނިތުންވުމުން ޝިޔާނާއަށް މަތީނުގެ ހިތުގެ އެދުން ފާހަގަވިއެވެ.

ޝިޔާނާ އެނބުރި ގޭތެރެއަށް ދާން ހިނގައިގަތް ވަގުތު ދެ ފްލެޓް ދޭތެރެއިން ވަދެގެން އައި ސައިކަލް ފެނި “ސާނިޔާ” އޭ ކިޔައި ޝިޔާނާ ބާރަށް ގޮވާލީ އޭނާ އެއްކައިރިއަށް ޖެއްސުމަށެވެ. ސިހިފައި ސާނިޔާ އެއްކައިރިއަށް ޖެހުނީ ސައިކަލުމަތީގައި ތިބި ދެ ފިރިހެން ކުދިންނަށް ލޯ އަޅާލަމުންނެވެ. އެސައިކަލް ދުއްވަން އިން ޒުވާނާ ސާނިޔާއާއި ދިމާކޮށްލުމުގެ ގޮތުން ތުނބުން ފުމެލިއެވެ. އަދި ވިއްދާފައި ސައިކަލުގެ ފަހަތުގައި އިން ޒުވާނާ ލަވަޔަކުން ސާނިޔާއާއި މުޚާތަބު ކުރިއެވެ. “ވާރޭގެ ޕަރީ ތެމިތެމި އެހުރީ…. ރީތި ބޯހޭވެނީއެ…..”

އެކުދިން ކުރި ތަޢުރީފުން ސާނިޔާ ގާތަށް އައީ ރުޅިއެވެ. ތުންގަނޑު އަނބުރާލާފައި ފްލެޓްގެ ތެރެއަށް ވަންނަން ހިނގައިގަތީ މަޑުކުރި ސައިކަލްގެ ކުރިމަތިންލާފައެވެ. ސައިކަލުގައި ތިބި ދެ ޒުވާނުން ލައިގެން ހުރި ކޯޓުގެ ހުޑް ބޯ މަތިން ނަގައި، ބެލްކަނީގައި ހުރި މަތީނަށް ބަލާލާފައި ހައި ޖަހާލިއެވެ.

ޝިޔާނާ ގާތަށް އައީ ލާނެއް ހިންޏެކެވެ. “ނޭންގޭނެއްނު…. މުއާޒާއި ޝާޑް މިގަޑީގަ އައިސްދާނެ ކަމެއް…. މަ ހީކުރީ މިހިސާބުގައި އުޅޭ ލަޓޯފަޓޯ ކުދިންގެ ތެރެއިން ކުއްޖެއް ކަމަށް”

ޝިޔާނާވެސް މިސްރާބު ޖެހީ އެޕާރޓްމަންޓަށް ވަނުމަށެވެ. ސައިކަލުގެ ފަހަތުގައި އިން ޝާޑް ސައިކަލުން ފޭބުމުން، މުއާޒް ސައިކަލުގެ ހަރު ޖައްސާފައި ސައިކަލުން ފައިބާ ތަޅުދަނޑި ނަގާ ފަޓްލޫނުގެ ޖީބަށްލިއެވެ. އަދި ޝިޔާނާގެ ފަހަތުން މުއާޒާއި ޝާޑްވެސް އެ އެޕާރޓްމަންޓަށް ވަންނަން މިސްރާބުޖެހިއެވެ.

“ހޫން… މި އައީ މަތީން ބުނެގެން…. ލެޕްޓޮޕް މައްސަލަ ޖެހިފައި އިނީމަ އެއެއް ބަލާލަން… ޝިޔާނާ ފެންވަރަން ނުކުތީ ބޭރަށް ދޯ… ހެހެހެހެ ގޯހެއް ނޫން…” ޝާޑް ސަމާސާ ރާގަކަށް ޝިޔާނާގެ ފަހަތުން ސިޑިން އަރަމުން ޝިޔާނާއާއި ދިމާކޮށްލިއެވެ.

މުއާޒާއި މަތީނަކީ ސްކޫލު ދައުރުގެ ދެއެކުވެރިންނެވެ. މުއާޒަކީ އިސްކޮޅުން ދިގު މަތީނެކޭ އެއްފަދައިން ބައިމަތިފުޅާ ވަރަށް ސްމާޓް، އަންހެން ކުދިންގެ ހިތް ކަތިލާފަދަ ސިފަތަކެއް ހުންނަ ޒުވާނެކެވެ. ހަމުގެ ކުލަ ދޮނެވެ. އަދި އޭނާގެ ފިރިހެންވަންތަކަން ދައްކުވައިދެނީ މޫނުމަތީގައި ތުނިތުނިކޮށް ފަޅުވާފައި ހުންނަ ތުނބުޅިއާއި މަތިމަހުންނެވެ. މަތީނާއި މުއާޒްގެ ހެދުން އެޅުމުގައްޔާއި އިސްތަށިގަނޑުގެ ސްޓައިލް ބަހައްޓާފައި ހުންނަނީ ހަމަ ދާދި އެއްގޮތަކަށެވެ. ފަޓުލޫނާއި ގަމީހުގައި ބެގީކޮށްފައި ހުންނައިރު ދެ ޒުވާނުންގެ ފިރިހެންވަންތަކަމާއި ސްމާޓްކަމުން އެތައް އަންހެން ކުއްޖެއްގެ ހިތުގެވިންދާ ކުޅެލާނޭކަން ޔަޤީނެވެ.

މިހާރު އެދެއެކުވެރިން އުޅެނީ ޕާޓްނާރޝިޕް ވިޔަފާރިއެއް ފަށައިގެންނެވެ. ޝާހިދު (ޝާޑް) އަކީ މަތީނުމެން އޮފީހުގައި ކޮމްޕިއުޓަރ ޓެކްނިކަލް ކަންކަމުގައި އެހިތެރިވެދޭ އަމިއްލަ މަސައްކަތް ކުރާ ޒުވާނެކެވެ. މީނާގެ ގައިގައި ހުންނަނީ ވަރަށް ޒަމާނީ ފިރިހެންކުދިންގެ ސިފަތަކެކެވެ. އިސްތަށިގަނޑު ހުންނަނީ ކޮނޑާހަމައަށް ދިގުކޮށްފައެވެ. ކަރުގައި ރިހި ކުލައިގެ ފަށެއް އަޅާފައިވާއިރު އަތު ކުރީގައި ތަފާތު އެކި ކަހަލަ އެއްޗިހި އަޅާފައިހުރެއެވެ. އާންމު ގޮތެއްގައި ލައި އުޅެނީ ޓީޝާޓާއި ސޯޓުބުރިއެވެ.

މަތީނާއި މުއާޒްގެ އަމިއްލަ ބިޒްނަސް ފެއްޓިފަހުން ޝާޑަކީވެސް އެމީހުންގެ ވަރަށް ގާތް އެކުވެރިއެކެވެ. އެކު އެކީގައި ރޭގަނޑު ކޮފީތަކުގައި ހޭދަކުރެއެވެ. އަދި ވަރަށް ގިނައިން މަތީނުގެ ގެޔަށް އައިސް އުޅެއެވެ. ނަމަވެސް މީގެ ކުރިން ދުވަހަކުވެސް ސާނިޔާއާއި ދިމާކޮށް ސަމާސާކޮށްފައެއް ނުވެއެވެ.

ޝިޔާނާ ގޭތެރެއަށް ބޯދިއްކޮށްލިއިރު ޝިޔާނާގެ މަންމަ އުޅުނީ ޒާން ގޮވައިގެން ސިޓިންގް ރޫމްގައެވެ. ކުދި ފިޔަވަޅުތަކެއްގައި ދުވެލާފައި ޝިޔާނާ ކޮޓަރިތެރެއަށް މިސްރާބުޖެހީ މުއާޒާއި ޝާޑަށް ސޯފާގައި އިށީނުމަށް ބުނެލާފައެވެ. އަދި ކޮޓަރިއަށް ވަދެ ދޮރު ލައްޕަމުން މަތީނަށް އިވޭވަރަށް ބާރަށް ގޮވާލިއެވެ. “މަތީން މިތިބީ މުއާޔާ ޝާޑް އައިސް… އަހަރެން މި ވަނީ ކޮޓަރިއަށް”

ޝިޔާނާ ހެދުން ބަދަލުކޮށްގެން ކޮޓަރިންނުކުތީ ތުއްތު ޒާން ބަނޑުހައިވެފައި ހުރިކަން އިޙްސާސް ވާތީއެވެ. އޭރު މަންމަ ސިޓިންގް ރޫމްތެރެއިން ފެންނާކަށް ނެތެވެ. މަތީނު އޭނާގެ އެކުވެރިންނާއި އެކީ ސޯފާގައި ލެޕްޓޮޕް ހިފައިގެން ތިބުމުން، ޝިޔާނާ ބެލްކަނި ކައިރިޔަށް ޖެހިލިއެވެ.

ސާނިޔާ އިނީ ޒާންގޮވައިގެން ވާރޭ ވެހޭ މަންޒަރު އެ ސޮރަށް ދައްކާލަން ބެލްކަންޏަށް ނުކުމެއެވެ. ވެހެމުންދާ ބޯ ވާރެއިން ބުރައިގެން އަންނަ ފެންތިކިތަށް ތުއްތު ޒާންގެ މޫނުގަ ޖެހުމުން ދެލޯ މަރާ ބާރުކޮށްލާ ބާރު ބާރަށް ހީގަނެއެވެ. ޝިޔާނާ ބެލްކަންޏަށް ނުކުތުމުން ޒާން އޭނާގެ މަންމައާއި މުޚާތަބުކޮށްފައި ބުނެލިއެވެ. “މަންމާ….. ވާވޭޓޯޓޯ…. ވާވޭޓޯޓޯ…” ސާނިޔާވެސް ހުރީ ތެތްހެދުން ބަދަލުކޮށް އިސްތަށިގަނޑުގައި ތުވާލި އޮޅާލައިގެންނެވެ.

“ވާރޭ ވެހެނީ ދޯ!…. މަންމަގެ ދޫނީ… ހިނގާ ކޮޓަރިޔަށް ދާން….” މިހެން ބުނެ ކުޑަކުޑަ ޒާން އުރާލަމުން ސާނިޔާއަށް ސުވާލުކޮށްލިއެވެ. “ކޮބާ މަންމަ؟”

“ދެންމެ ޒުބޭދާ ގުޅީމަ ކުޑަ ނަގައިގެން ބޭރަށްދިޔައީ،” ސާނިޔާ ޖަވާބުދިނެވެ. ސާނިޔާ ގާތު މަތީނުމެންގެ އެކުވެރިންނަށް ކޮފީ ހަދައިދިނުމަށް ބުނެފައި ޒާންގޮވައިގެން ޝިޔާނާ ކޮޓަރިއަށް ދިޔައެވެ.

ކޮޓަރިއަށް ވަދެ ދޮރު ތަޅުލުމަށްފަހު ޖަހާފައިހުރި ފަންކާ ނިއްވާލިއެވެ. ހީކަރުވާލެއް ބޮޑުކަމުންނެވެ. އެނދުގައި ދެފައިވައްކޮށް އިށީނދެ ޒާންގެ ގައިގައި ލޯބިން ބައްދާލިއެވެ. އުނގު މަތީގައި ބާލީސް ބޭއްވުމަށްފަހު ޒާން އަތްދަނޑިމަތީ ބާއްވާފައި ޓޮޕްކޮޅު ހިއްލާލުމާއި އެކު ޒާން އޭނާގެ މަންމަގެ ބަނޑުދަށަށް ވަދެ ހަމަޖެހިލައިގެން ގާތުން ބޯން ފެށިއެވެ. ޝިޔާނާ މަޑުމަޑުން އޭނާގެ ހަށިގަނޑު ދެ އަތަށް ހެއްލަމުން ނާނާއެއް ކިޔާލިއެވެ.

ކޮޓަރީގައި ފަންކާ ނުޖަހާ ހުރުމުން ބޭރުގައި ދެކެވޭ ވާހަކަތައް ރަނގަޅަށް ސާފުކޮށް އަޑު އިވެއެވެ. ޝާޑުމެން ޖަހާ ބާރު ހިނިގަނޑުން ނުހޭން ތިބޭމީހުންގެ ގާތަށްވެސް ހިނި އަންނާނެއެވެ.

“އަސްލުވެސް މީވަރަށް މުރާލި މަންޖެއެއްދޯ މުއާ…” ސާނިޔާ ގެނައި ކޮފީ ތަށީގައި ހިފަމުން ޝާޑް ބުނެލިއެވެ. ސާނިޔާއާ އެމީހުން ދިމާކުރާތީ ސިޓިންގް ރޫމްގައި މަޑުނުކޮށް އޭނާ ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ.

“އަސްލުވެސް މަތީނު….. ޝިޔާނާގެ ކޮއްކޮ ހާދަ ރީއްޗޭ…. ހުންންން… މި ކޮފީވެސް އެހާމެ މީރު… މަ ބޭނުމީ މިކަހަލަ ހޫރު ޕަރީއެއް” ޝާޑް ތަޢުރީފްގެ ބަސްތައް އައީ ފަހަރެއް ފަހަރަކަށް ގިނަ ވަމުންނެވެ. މުއާޒްވެސް ޝާޑާއި އެއްބައިވެފައި ބުންޏެވެ. “ދޮގެއްވާ ނޫން… މިހާ މީރު ކޮފީއެއް އަދި ނުބޮން..” މަތީން ވެސް ހިނިތުންވެލިއެވެ. އަދި ތެދުވެ ހިނގައިގަތީ ކޮޓަރިޔާ ދިމާލަށެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shax Lyn

Level 4100 Stories10 Stories500 Comments100 Comments

Other Articles

Previous

ދިމްޔާ (6 ވަނަ ބައި)

Next

ޝައިން (ޕާޓް-13)

Next
August 25, 2015

ޝައިން (ޕާޓް-13)

Previews
August 24, 2015

ދިމްޔާ (6 ވަނަ ބައި)

49 Comments!

  1. sau says:
    August 25, 2015 at 1:02 pm

    Salhi..

  2. Niyu says:
    August 25, 2015 at 1:12 pm

    Varah salhi ???

  3. anth abidha says:
    August 25, 2015 at 1:17 pm

    Salhi

  4. Esha says:
    August 25, 2015 at 1:33 pm

    V furihama ??

  5. shaa says:
    August 25, 2015 at 2:47 pm

    varah salhi

  6. naazima says:
    August 25, 2015 at 2:59 pm

    Varah salhi

  7. pary says:
    August 25, 2015 at 3:30 pm

    Nice avaha up kolati

    1. gurey says:
      August 25, 2015 at 5:30 pm

      Najaa kiyaa kuhjeh kanneeynge maruvee….. hama kehmadhuvefa

  8. naha says:
    August 25, 2015 at 4:23 pm

    kaakutha maruvegen miulheny mivaahakaigai

    1. Shax Lyn says:
      August 26, 2015 at 5:53 pm

      އަދި ކުރިޔަށް ހުރި ބައިތައް ކިޔާލީމަ އިނގޭނީ…. އިންތިޒާރު ކޮށްލައްވާ

  9. nihaa says:
    August 25, 2015 at 4:42 pm

    Nice… Kon irakunn next part up vaanyy…

  10. Adam says:
    August 25, 2015 at 5:47 pm

    Waiting 4 da next part…

  11. sisy says:
    August 25, 2015 at 5:48 pm

    Matheenu maruvegen eulhany

    1. gurey says:
      August 25, 2015 at 6:04 pm

      Matheenu furathama partuga kujjaa govaigen dhany… saababhey…..

  12. ink says:
    August 25, 2015 at 6:02 pm

    Waiting for next part.Thankolheh kuru hen heeveytha?

  13. shif says:
    August 25, 2015 at 6:59 pm

    Thnx for uploading thihaa bxy koh ulhemun vess.. story hama best… varah varah furihama.. lyn ur the best writer..waittin for next part

    1. Shax Lyn says:
      August 26, 2015 at 5:55 pm

      ޝުކުރިއްޔާ…..

  14. kombe says:
    August 25, 2015 at 7:30 pm

    V.salhi

  15. nooora says:
    August 25, 2015 at 7:44 pm

    Nice waiting

  16. aby says:
    August 25, 2015 at 10:29 pm

    Alhe dhen vaany kihineh?? Avahah e maru v meehaa engen beynun…can’t wait…

  17. mee says:
    August 25, 2015 at 11:31 pm

    Vrah reeth

  18. nathoo says:
    August 26, 2015 at 12:28 am

    saaniyaa dhw ehen v ma mi maruvee

  19. zaii says:
    August 26, 2015 at 8:13 am

    Nice mi partvex..

  20. zaii says:
    August 26, 2015 at 8:16 am

    Oh gosh..zai akah adhi 18 eh nueyy..18+ jahaafa hurii dhw..ekam dhn mi vahaka nukiyaeh nuhureveynenu ehaame salhi vahakaeh..

  21. Saamee says:
    August 26, 2015 at 11:19 am

    Matheen ah saaniya kamu dhiyaima ekamuge rulhin saaniyaa maraalee dhw.heheh..avahah up kohdhehchey ingey

    1. Shax Lyn says:
      August 26, 2015 at 5:57 pm

      އަވަހަށް އަޕްލޯޑް ކުރާނަން….. އިންތިޒާރުކޮށްލައްވާ…..

  22. Anonymous says:
    August 26, 2015 at 2:40 pm

    shaadu saaniya rape kohlan ulhenyma shiyana rulhi aisgen shaadu maraalaany

  23. azham says:
    August 26, 2015 at 5:13 pm

    Very nice

  24. ali says:
    August 26, 2015 at 5:23 pm

    V v salhi next episode ah kehmadhuvefa.

  25. Shax Lyn says:
    August 26, 2015 at 6:01 pm

    ތިޔަ ބޭފުޅުން ތިޔަ ދެއވާ ޙިޔާލުތަކާއި ސަޕޯޓައް ފައްފަށުން ޝުކުރުއަދާ ކުރަން….. މިވާހަކަ އަކީ ކިޔުންތެރިން ކިޔާ ހިއްވާ ކަހަލަ ގޮތަކަށް ގެނެސްދެވޭނެ ވާހަކައަކަށް ހެދޭތޯ އަޅުގަނޑު މަސައްކަތް ކުރަނީ…. ޝުކުރިއްޔާ…… ތިޔަ ދެއްވާ ތަރުހީބަށް…. 🙂

  26. nix says:
    August 26, 2015 at 6:05 pm

    when next part up kurany

  27. rifu says:
    August 26, 2015 at 6:55 pm

    Shax v v nice…

  28. shx says:
    August 26, 2015 at 6:56 pm

    asluvx vaahaka thi liya kujjage namakyy shazlyn tha??

    1. Shax Lyn says:
      August 26, 2015 at 11:06 pm

      Hmmmm…. mee aslu name… kihineh veetho?

    2. gurey says:
      August 27, 2015 at 12:08 am

      Shx theeves shazlyn eh dho….

  29. rifu says:
    August 27, 2015 at 9:42 am

    Theena ameeru ahmedun kiyevin thw…

    1. Shax Lyn says:
      August 27, 2015 at 8:12 pm

      Nooney…. ????

  30. bhuty says:
    August 27, 2015 at 10:35 am

    sifakurumaai, ibaaraaith kurun v salhi.

    1. Shax Lyn says:
      August 27, 2015 at 8:13 pm

      ? shukuriyyaah… alhamdhlillah…. ?

  31. shx says:
    August 27, 2015 at 8:26 pm

    ya..gurey..mashah vx kianyy aslu shazleen..hehe

    1. gurey says:
      August 27, 2015 at 8:38 pm

      Dhe shazLyn eththan vee dhw…. cool….????

  32. Shax Lyn says:
    August 27, 2015 at 8:41 pm

    Hi shazlyn…. v ufaa vejje same name kiyaa kudhinnaa dhimaa veema…. ????

  33. maahy says:
    August 27, 2015 at 8:52 pm

    v lwbi… waitin for d next part

  34. Thiths says:
    August 27, 2015 at 11:07 pm

    vvvvv salhi story…waiting for the next..

  35. Shax Lyn says:
    August 28, 2015 at 3:24 am

    Next episode uploaded….. ?????

  36. shx says:
    August 28, 2015 at 12:42 pm

    me tooo..v ufavejje dhima v ma..:)

  37. Saee says:
    August 28, 2015 at 9:27 pm

    salhi salhi shaz <3

  38. Bubbly :3 says:
    September 1, 2015 at 10:23 am

    mi vaahaka liyun meeha ge adun
    mi vaahaka kiyaa dheefiya varah salhi vaaney 😀

    1. Shax Lyn says:
      September 2, 2015 at 1:13 am

      Hehehe…. ? thives varah rangalhu gotheh….. ?

Comments are closed.

Next Episodeނަޖާ (ހަތަރުވަނަ ބައި)←


All Right Reserved!