ޒޯއީ ޑައިރީކިޔާ ނިމުމާއެކުހެން ފޮތްމަޅާލިއެވެ. ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައިރު މަޑުގިސްލެވުމެއްވެސް އެކުލެވިގެންވިއެވެ. ޢެންމެ ދެރަވީ މިވީހާދުވަހު ޝިބާން އާއިމެދު ގޯސްކޮށް ވިސްނުނީތީއެވެ. ޢަތްބެއް ހުންނަކަން އެނގިހުރެ ޝިބާންދެކެ ލޯބިވީ ޒޯއީއެވެ. ޢެންމެފަހަރަކުވެސް ޝިބާން އޭނަދެކެ ލޯބިވާ ވާހަކަ ބުނެފައެއްނުވެއެވެ. ޢެހުރިހައި ހިތާމައެއްހިތުގައި ލައިގެންހުރެ ޒޯއީކުރަމުންދިޔަ އުދަގުލަށް ކެތްކޮއްލައިގެން ހުރުމުންވެސްއެއީ ކިހާހިތްވަރުގަދަ މީހެއްކަން ޒޯއީއަށް އިހްސާސްވިއެވެ. ޒޯއީ މަޑުހިގުމެއްގައިގޮސް ޝިބާންއަށް ފޮތްދިއްކޮއްލިއެވެ. ޢޭރުވެސް ޝިބާންހުރީ ހިމޭންކަމާއިއެކު ދުރުބަލަހައްޓައިގެންނެވެ. ޒޯއިއަށް ވާހަކަ ފަށަން މަޖުބޫރުވީ އެހެންވެއެވެ. ” […]
” ދަރިފުޅު ޝައިންއާ އިންނަން އުޅޭ ވާހަކަ ބުނުމުން ބައްޕަ ބޭނުމެއްނުއި އެ ނާސި ކުއްޖާ މިގެއަށް ގެންނަން.. ދަރިފުޅައް އެރޭ ވިސްނަ ދިނީވެސް އެހެންވެ.. އެކަމަކު އެ ސިތީ ފެންނައިރަށް އެގެއްޖެ ޝައިންއަކީ އެއްވެސް ކުށެއްނެތް މައުސޫމް ކުއްޖެއްކަން.. އެކުރާ ކަމެއް އެ ކުރަނީ އެކުއްޖާއަށް މަޖުބޫރު ކޮށްގެންކަން.. ބައްޕަ އެވަރުން ހުއްޓައެއްނުލަން.. އަސްލު ކަމުގެ ބޮޑަކަށް ހުރީ ކާކުތޯ ބަލަން ބޭނުންވި.. އެ ދުވަހު ޝައިންއާ ބައްދަލު ކުރަން ދަރިފުޅުގެ އެޕާރޓްމަންޓް އަށް ދިޔައިން.. […]
އަވަސްއަރުވާލައިފައި ގެއިން ނިކުންނަންދިޔަ ޝިބާން ސިހުނީ އޭނާގެ އަތުގެ މުލައްދަޑީގައި މީހަކު ހިފައިލުމުންނެވެ. ސިހިފައި ފަހަތްބަލާލުމާއެކުހެން، އެތައްއިރެއްވަންދެން އެ ލޮލުގައިފޮރުވައިފައިވާ ކަރުނަތައް އޭގެ މަގާމުދޫކޮށް ކޯތާފަތުމަތިން އޮހިގަތެވެ. މިވަގުތުމީ އުފާވާންވީ ވަގުތުކަމެއް ނޫނީ ދެރަވާންވީ ވަގުތުކަން ނޭގިހުރެ ޝިބާން ބޭއިހްތިޔާރުގައި އެއްފަހަރު ރޮމުން އަނެއްފަހަރު ހެމުން ގެންދެވުނެވެ. ޝައިން އެހާބޮޑު އޮޅުވާލުމެއް އޮޅުވާލައި އަނިޔާދިންއިރު އަނެއްކޮޅުން 8މަސް ފަހުން ބައްޕަގެ ބަލިރަނގަޅު ވުމުގެ އަލާމާތެއް ފެނުނީއެވެ. މަޑުމަޑުން ގުދުވެ ބައްޕަގެ މޫނާއި މޫނު ޖެހޭހިސާބައް ގުދުވެލަމުން އެ […]
ފޮތް ލައްޕާލުމާއެކުހެން ޝައިންގެ ލޮލުން ފައިބައިގެން ދިޔައީ ލޭކަރުނައެވެ. ކުލަ ހުދުކޮށް ހުރިކަން އެކަންޏެވެ. ކަން ވީގޮތް އެނގުނުއިރު ވަގުތު ފާއިތު ވެއްޖެއޭވެސް ޝައިންގެ ހިތަށްއަރަމުން ދިޔައެވެ. ލޯބިވާ ބައްޕަގެ ގާތަށްގޮސް އަދިއެއްފަހަރު ލޯބިން ފިރުމާލަން ބޭނުންވާ ވާހަކަ ބުނަން ބޭނުންވިއެވެ. އެ ބައްޕައަށް ހެޔޮހިތުން ދުޢާކުރެވެމުންދިޔައިރު އެ ހިތަށް އިތުރަށް ވޭން ލިބުން ނޫން ކަމެއް ނުވިއެވެ. ހެޑްބޯޑުގައި ބޯ އަޅައިލައިގެން އޮތްއިރު އެ ލޮލުން މެދުކެޑުމެއްނެތި ކަރުނަ ފައިބަމުން ދިޔައީ ފެންކޯރަކުން ފެންފައިބާއުސޫލުންނެވެ. އިރުގެ […]
. ފުން ނިދީގައި އޮތް ޝައިން ދެފަރާތަށް ފުރޮޅިލިއެވެ. ދެފައި ކުރުކޮއްލުމައްފަހު ކުރުގެޅިލީ ކޮންމެވެސް އުދަނގުލެއްވާތީކަން ގައިމެވެ.. އެހެން އެތަށްފަހަރަކު ފުރޮޅީ ފުރޮޅި އޮތް ނަމަވެސް ނިދި ގަދަކަމުން ލޯހުޅުވޭ ގޮތެއް ނުވެއެވެ.. ތޫލި ހަޅޭކަކާއި އެކު ޝައިން ދެލޯ ހުޅުވާލިއެވެ. ފެނުނު ސޫރައިން ލިބުނު ގަތް ބިރައްވުރެ ލިބުނު ހައިރާންކަން ވީ އިތުރެވެ. އެމީހެއްގެ އަވަސް ހަރަކާތުން ޝާއިންގެ އަނގައާއި ފައި އެމީހާގެ ބާރުގެ ދަށަށްގެނުވިއެވެ.. އެވަގުތު ޝާއިންގެ ލޮލުން އޮހޮރިގެން ދިޔައީ ވޭނީ ކަރުނައެވެ.. […]
ޝިބަން ނިކުމެ ކާރަށް އެރިތަން ބެލްކަނިން ބަލަން ހުރިއިރު އެ ލޮލުން އެތައްހާސް ވާހަކައެއް ބުނެދިނެވެ. ކުރި އަސަރު ބޮޑުނަމވެސް އެ ހިތުން ޝިބާން އަށް ކުރެވެނީ ހެޔޮ ދުޢާއެވެ. ******* 7 މަސް ފަސް ******* “މޫސުން ބަދަލުވެއްޖެއެވެ. ހަޔާތަށް އުފާވެރި ދުވަސްތަށް އިތުވެއްޖެއެވެ. ދެކުނު ފޮނި ހުވަފެން ސީދާވަނީއެވެ.. ދެރަވަނީ މި ހުވަފެން ސީދާ ވާނެ ވަގުތުވެސް ޝިބާން ނުހުރެދާނެތީއެވެ.. ވޭތުވެ ދިޔަ 7 މަސް ދުވަހު ތެރޭ އެއްވެސް ކަމެއް ބަދަލު ނުވާފަދައެވެ. ތިންމަސް […]
މެންދުރާއެކު ބޭރުގަ އުޅެލާފައި އައި ޝިބާންއަށް ގެއަށް ވަދެވުމާއެކު ފެނުނު މަންޒަރުން ހިތް ހުއްޓުނު ކަހަލައެވެ.. މުޅި މީހާ ގަނޑުވެ ހިލަ ބުދެއްހެން ހުރެވުނީއެވެ.. މުޅި މީހާގެ ގައިން ވާގި ދޫވެ ހިއްސުތައް ގަނޑުވި ކަހަލައެވެ.. އަނގައިން ބުނަންވެސް ހަދާންނެތި އިންތަނަށް ތިރިވީއެވެ… ވާނީވެސް އެހެންތާއެވެ. ލޯބިވާ ބައްޕަ ގޭގެ ތިންވަނަ ބުރިން ވެއްތިގެން އައި މަންޒަރު ލޯމަތިން އަދިވެސް ސިފަވަމުން ދާކަހަލައެވެ. ފެން ބޮވާގަނެގެން ބޭރަށް ނިކުމެގެން އައި ޝާއިން އަށް މި މަންޒަރުފެނި ދެލޯ […]
ޝައިން ހުއްޓާނުލައި ހަޅެއްލަވަމުން ކޮޓަރިއަށް ވަދެ ދޮރުލައްޕަން ކުރި މަސައްކަތް ވީ ބޭކާރެވެ.. އެ އެތީގެ ބާރު އެއަށްވުރެ މާގަދައެވެ.. ޝައިން ތެޅެމުން ފޮޅެމުންގޮސް އެންމެ ފަހުން ގޮދަޑި މައްޗަށް ވެއްޓުނެވެ.. އިތުރަށް ތެދުވާނެހާ ހިތްވަރު ނެތުމުން ދެލޯ މަރައި ތަގުޅި ކޮއްލާގެން އޮތީއެވެ… އެ އެތީގެ އެއްއަތުން ޝާއިންގެ އަނގަ މަތީގައި އަތް އެޅިއެވެ.. އޭރުވެސް ޝައިން އޮތީ ދެލޯ މަރައިލައިގެންނެވެ.. އޭތި ދެން ހަދާނެ ގޮތެއް އެނގެނީއެއް ނޫނެވެ. ޝައިންގެ މޭގަނޑު ހީވަނީ ދެންމެ […]
“ޒުހުރާ.. ކަލޭ..ކަލޭގެ ސަބަބުން އަހަރެންގެ އެ ނާޒުކު ދަރިފުޅު އެއްވެސް ކުށެއްނެތި މި އަނިޔާ ދިނީ.. އަހަރެންގެ ބޮލަށް އެރިގެންއެ ކުއްޖާ ފަކީރަށް އަހަރެންނަށް ނެހެދެނީ ކިހިނެތް..ލޯބިދޭން ޖެހުނު ވަގުތުގައި ދެވުނީ އަނިޔާ.. އަލާލަން ވީ ވަގުތުގައި އެ ދަރިފުޅަށް އިހާނެތިވީ.. އަހަރެންމީ ކިހާ ބަދުނަސީބު ބައްޕައެއް..އަހަރެން އަމިއްލައަށްވެސް އަދަބު ލިބިގަންނާނަން…” އަލިމްނިކު ޒުހުރާގެ މޫނަށް ހޫނު ހަމަލާއެއް ދިނުމަށްފަހު ބުނެލިއެވެ.. ކުއްލިއަކަށް ގޭތެރެއަށް ވަދެގެންއައި ފުލުހުންގެ 4މީހުން ފެނި އެންމެންވެސް ދިޔައީ ސިއްސައިގެންނެވެ.. އެކެއް އަނެކެއްގެ […]