ފަސްޓް ފްލޯރގެ އޮފީސް ބަޔަށް ވައިން އިރު އޮފިސަރ އައިންތު ފެނުމުން ފަޔާޒް ނާއިފް ކޮބައިތޯ ސުވާލުކޮށްލިއެވެ. އައިންތު މުޅި އެ ކޮޓަރިތެރެއަށް ކަޅި ހިންގާލުމަށް ފަހު ބުންޏެވެ. “ދެންމެ މިތާ އުޅުއްވި؟… ސަރ.. އަޅުގަނޑު ބްލަޑް އަދި ޔޫރިން ސާމްޕަލް ނަގާ އިންވެސްޓިގޭޝަނަށް ފޮނުވައިފިން…. މާދަމާ ހެނދުނު ފަޔާޒް ސަރ ދުރުވަންވާއިރަށް ބަޔާންވެސް ނިންމާލާނަން” ފަޔާޒް ފަސް އެނބުރުނީ ފޯނުނަގާ އަނެއްކާވެސް ނާއިފަށް ގުޅާލަމުންނެވެ. އެވަގުތު އެ ކޮރިޑޯގެ އަނެއް ފަރާތުގައި ހުރި ކުށްވެރިން ބަހައްޓާ […]
ލުހުޝާން އަށް މިރޭ ކުއްލިއަކަށް އައިސްފައިވާ ބަދަލާހުރެ ލައުހާ ހުރީ ބިރުގެންފައެވެ. އަޅަމުންދާވޭނަށް ކެތްކޮށްގެން އެހެން ނުހެދުމަށް ކުރި އާދޭސްތަކަށްވެސް ލުހުޝާން ދިނީ ބީރުކަންފަތެކެވެ.ލައުހާ ހީކުރި ފަދަ މީހަކަށް ލުހުޝާން ނުވިއެވެ. އެއަށްވުރެ މަކަރުވެރި މާހުށިޔާރު މީހެކެވެ. އިންސާނިއްޔަތުގެ ކަންފުޅެއްވެސް ފެންނަން ނެތެވެ. ލައުހާ ގިނައިރު ރުއިމުގެ ސަބަބުން ދެލޯވެސް ވަނީ ރަތްވެ ދުޅަވެފައެވެ. ބަޑުގައި ބާރަށް ހިފަހައްޓައިގެން އޮތްއިރު އިރު އިރު ކޮޅާ ލުހުޝާން ހޮސްޕިޓަލަށް ގެންދިޔުމަށް އާދޭސް ކުރަމުން ގެންދެއެވެ. ” ލުހުޝާން.. ޕްލީސް […]
އާހިލްމެންގެ ގާތު ހުރެފައި ރާކިން ލަސްހިނގުމެއްގައި ދިމްޔާގެ ގާތަށް ގޮސް މަޑުކޮށްލިއެވެ. ރާކިން މަޑުމަޑުން ދިމްޔާގެ އަތުގައި ހިފާލުމުން ދިމްޔާ ސިހިފައި ބަލާލިއެވެ. އޭރު ރާކިން ހުރީ ސީދާ ދިމްޔާގެ ދެލޮލަށް ބަލަހައްޓައިގެންނެވެ. އެހާގާތުން ރާކިންގެ މޫނު ފެނި އެތޫނުދެލޮލުގައިވި ވިދުވަރަކުން ދިމްޔާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. “އައި ލަވް ޔޫ ދިމް…. ވިލް ޔޫ ބީ މައި ގާރލްފުރެންޑް…؟؟ ކުއްލިއަކަށް ގެނައި ހަރަކާތަކާއެކު ދިމްޔާގެ ކުރިމައްޗަށް ތިރިވެ އަތުގައި އޮތް ރަތް ފިނިފެންމާ ދިއްކޮށްލަމުން […]
“ނޭނގޭ ކިތަންމެ ކަމެއް އަދި ވާނެ ދޫނީ… މިހުރިހާ ކަމަކީވެސް ދޫނިއަށްޓަކައި ކޮށްދޭ ކަންތައްތައް… ދޫނިގެ އުފަލަށްޓަކައި މާން ކޮންމެ ކަމެއްވެސް ކޮށްފާނަން… އެހެންނޫނަސް މާލް އެގެއަށް ގެންދަން ފެށިފަހުން އެމީހުންނަށްވެސް ވަރަށް ވޭ” އަލްމާޝް ބޮޑުދެލޯ ނިމާންއަށް ހުއްޓާލެވިފައި ހުރުމުން އެމޫނުމަތީގައި ފިރުމާލުމަށްފަހު އެއްލޯ މަރާލަމުން ސައިކަލް ދުއްވާލިއެވެ. ނިމާން ފިރުމާލި ތަނުގައި ހިފަހައްޓާލައިގެން ސައިކަލްދާދިމާލަށް ބަލަންހުރި އަލްމާޝްއަށް އޭނަގެ ސިކުނޑި އެއްޗެއް ވިސްނާދޭން އުޅުނުހެން ހީވިއެެވެ. ހަވީރުގެ ސަޔަށް ފަހު ދުފާދަޅު ހިފައިގެން ސިޓިންގްރޫމުގައި […]
ދުވަސްތައް މާޒީއާއި އެކުވަމުން ދިޔަ ވަރަކަށް ލައުހާ ބިނާކުރި އުފާވެރި ދުނިޔެ ކިލަބުވަމުންދިޔައެވެ. ލައުހާގެ ބަނޑަށް މިހާރު ހަތްމަސް ވެފައިވާތީ މިހާރު ލައުހާ ހުންނަނީވެސް ވަރަށް ލޯބިކޮށެވެ. ބަލިވެއިން ކުރީކޮޅުގައި ބަލިވި ވަރަށް މިޙާރު ބަލި ނުވިއެއްކަމަކު ހަށިގަނޑަށް އިހްސާސް ކުރެވެމުން އައި ވަރުބަލިކަން އިތުރުވިއެވެ. ލުހުޝާންގެ މަންމަ މެދުކެނޑުމެއް ނެތި ކުރަމުން އައި މަސައްކަތުގެ ކާމިޔާބީގެ ކޮޅުމަތި ދައްކާފައިވާތީ ލުހުޝާންގެ ފަރާތުން ކުރިން ލިބެމުން އައި އަޅާލުމާއި އޯގާތެރިކަން މިހާރު ދުވަހެއް ދުވަހަކަށް ދަނީ މަދުވަމުންނެވެ. […]
ޝަހީމާ ވަރިކޮށްފަ؟” ހިމޭންކަމުގެ ވަގުތު ކޮޅަކަށްފަހު ނަވާޒް އިވޭ ނުއިވޭ އަޑަކުން ބުނެލި ވާހަކައިން ޔޫނުސްގެ ދެލޯ ބޮޑުވިއެވެ އެތައް ހާސް ޝުޢޫރެއް އެއްފަހަރާ އޭނަގެ ހިތަށް ވެރިވިއެވެ. ޔޫނުސް ބަލަބަލާ ހުއްޓާ ނަވާޒް އެއްވެސް އެއްޗެކޭ ނުބުނެ ހުރެފައި ފުން ނޭވައެއް ދޫކޮއްލިއެވެ. “އަހަރެން ވިސްނާފަ ޖަވާބެއްދޭނަން. މިހާރު ބާއްވަނީ……ހޫމް…” ނަވާޒް އެހެން ބުނެ ފޯނު ކަންފަތުން ނަގާލިއެވެ. ނަވާޒް ޔޫނުސްއާއި އާއިވީ ފަރާތަށް އެނބުރިގަތްތަން ފެނިފައި ޔޫނުސްއަށް ތެޅިގަނެވުނެވެ. އޭނަ ކޮޓަރިއަށް ފަސްދީފައި ދުރަށް […]
ފެރީގެ ތެރެއަށް ފުރަތަމަ ފޭބީ އަރީފެވެ. އޭނާ ދިތްކުރި އަތުގައި ހިފުމަށްފަހު ލުޔާ ފެރީ ތެރެއަށް އެޅި ފައި ކައްސާލިއެވެ. އެއާއެކު އޭނާ ގޮސް ލައްގަތީ އަރީފުގެ މޭގައެވެ. ދެ ހަށިގަނޑު ގާތް ވުމާއެކު ހީވީ ދަގަތްފާނު ބާރަށް ދެމި ހެންނެވެ. އެކަކު އަނެކެއްގެ ލޮލަށް ބަލަހައްޓައިގެން ހުރިއިރު ދުނިޔޭގައި އެ ދެމީހުން ނޫން އިތުރު ބަޔަކު އުޅޭކަމެއް ހަނދާނެއް ނެތެވެ. މިއީ މިގޮތަށް އަރީފުގެ މޭގައި ލުޔާއަށް ލައްވެ ގަނެވުނު ދެވަނަ ފަހަރެވެ. ހީވާގޮތުގައި ވަށައިގެންވާ […]
ލައުހާ މާޔޫސް ވެފައި ހުރެ ލުހުޝާން އާ އެކީ ގެއަށް ދިޔައެވެ. ހިތުގައި އެތަށް ޝަކުވާތަކެއް ފޮރުވަމުންނެވެ. ހައިކަލް ކަންތައް ކުރިގޮތުންނެވެ. އެއީ ލައުހާ އުއްމީދު ކުރި ގޮތެއްނޫނެވެ. ލުހުޝާން އާ އެކު ލައުހާ ގެއަށް އައުމުން ލުހުޝާންގެ މަންމަ ހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. ލައުހާ ގެއަށް ގެނައީތީ އެގެއިން ނިކުމެގެންދާނެ ކަމުގައި ބުނެ ނިކުންނަން ދިޔައެވެ. ލައުހާ ހައިރާންވީ ލުހުޝާން އޭނާގެ މަންމަ ހުއްޓުވަން އެއްވެސް ވަރަކަށް މަސައްކަތް ނުކުރުމުންނެވެ.މަންމަ ނިކުމެގެން ދަންދެން ބަލަން […]
ފުލުސް އޮފީހުން ނުކުމެ ރޭބަން އަވި އައިނު އަޅާލުމަށް ފަހު ޖީބުން ނެގީ އޭނާގެ ‘ޓޮޔޯޓާ އައުރިސް’ ހުދު ކާރުގެ ތަޅުދަނޑިއެވެ. ކާރު ޕާކުކޮށްފައި އޮތްހިސާބަށް އަރާ ހަމަވުމުން އެ ތަޅުދަނޑީގެ ސްވިޗަށް ފިތާލާ ކާރުގެ ލޮކް ހުޅުވާލިއެވެ. ކާރަށް އަރާ ހަމަޖެހިލުމަށްފަހު ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި ސީޓްބެލްޓް އަޅުވާލިއެވެ. ކާރު ސްޓަރޓް ކޮށްލުމަށް ފަހު ގިޔަރަށްލާ ކާރު ޕާކިންގް ޒޯންއިން ނެރުނެވެ. އަދި ގިޔަރު ބަދަލުކޮށްލުމަށް ފަހު ބާރު ސްޕީޑެއްގައި ކާރު ދުއްވާލީ މައިމަގާ ދިމާލަށެވެ. […]