” ކުއްލި ގޮތަކަށް މުޅި ޙަޔާތުގެ ކުލަ ބަދަލުވެ ހިނގައްޖެޔޭ.. ޔާ އިލާހީ އަޅުގެ މި ހިތަށް ކެތްނުވާވަރު ވެއްޖެޔޭ.. ލޯބި ތިޔަ އެސްފިޔަ ތަކާއި އެކު…” އިޒްކާގެ މޯބައިލް ފޯނު ދިޔައީ ރިންގްވަމުންނެވެ. ހެދުން ތަކެއް އިސްތިރި ކުރުމުގައި އަވަދިނެތި މަސްޢޫލުވެ އުޅެމުންދިޔަ އިޒްކާއަށް އޭނާގެ ފޯނު ރިންގްވާކަމެއް ރޭކާވެސް ނުލައެވެ. ވާނީވެސް އެހެންތާއެވެ. އިޒްކާގެ ފޯނު ވީތަނެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ. ރޭގަ ގެއަށް އައިސް، ފޯނު ކޮޓަރި އަށް އެއްލާލި ގޮތަށް […]
އެރަށަކީ އީމަން ދުވަހަކުވެސް ނުދާ ރަށަކަށްވުމުން ބީރައްޓެހިކަމާއިއެކު އެކިދިމަދިމާއަށް ނަޒަރު ހިންގަމުން ގޮސް ބުކްޝޮޕާއި ދިމާއަށް ބަލާލެވުނެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ބުކްޝޮޕްތެރޭގައި ހުރި އަންހެންކުއްޖާއެވެ. އީމަން ފަރުވާތެރިކަމާއިއެކު އެކުއްޖާގެ ޙަރަކާތްތަކަށް ބަލާލިއެވެ. ފޮތްހަރުގަނޑެއްގައި ބަރިބަރިއަށް ޖަހާފައި ހުރި ފޮތްތައް ވަކިވަކިން ބަލަމުން ދިޔައިރު އެކުއްޖާގެ މޫނުމައްޗަށް ތަފާތު ކުލަތައް ވެރިވަމުން ދިޔައެވެ. ބަލާބެލުމަށް ބާވީސްވަރަކަށް އަހަރުގެ ކުއްޖެއްހެން ހީވިޔަސް އުޅޭއުޅުމުން ހީވަނީ ބާރަވަރަކަށް އަހަރުގެ ކުޑަކުއްޖެއްހެންނެވެ. އެއްބަރި ބަލާލުމަށްފަހު ތުންކޮޅު އޫކޮށްލުމަށްފަހު އަނެއްފޮތްބަރި ބަލާލައެވެ. […]
ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. ގަޑިން ފަސްގަޑި ބައިވަނީއެވެ.ދުވަހަކީ ކުޑަކޮށް އުޑުމަތި ބަނަ ދުވަހެކެވެ. ވުމާއިއެކު ގަޑިންވީ ވަގުތައްވުރެ ގިނައިރު ވެފައިވާހެން ހީވެއެވެ. އަހަރެން އެކަނިމާއެކަނި އިށީންދެލައިގެން އިނީ ހެދިގޮނޑުދޮށުގައި ހުރި ރުކެއްގެ ދަށުގައި ހަދާފައި އިން ބެންޗެއްގައެވެ. ޖެހެމުން ދިޔަ ފިނިފިނި މަޑު ރޯޅިތައް ގައިގައި ބީހިލާ ކޮންމެ ފަހަރަކުވެސް މުޅިގައިން ހީބިހިނަގައިގެން ދެއެވެ. ހަމަ އެއާއި އެކު މުޅިހަށިގަނޑަށް ފިނިކަން އިހުސާސް ކުރެވެއެވެ. ކުޑަކުދިންނާއި ބޮޑެތި މީހުނުން މުޅި މާހައުލުވަނީ ހަލަބޮލިވެފައެވެ. ބޮޑެތި މީހުންނާއި ކުޑަކުދިންތައް […]
ވީޑިއޯ ކްލިޕް ނިއްވާލުމަށްފަހު ފަޔާޒަށް ބަލާލެވުނީ ކައިރީގައި ހުރި އޭނާގެ އެކުވެރި ނާއިފަށެވެ. ދެމީހުންވެސް ތިބީ މިފެނުނު މަންޒަރުން ބުނެދޭން ނޭނގޭ ކަހަލަ އިޙްސާސްތަކެއް ކޮށްފައެވެ. ޝިޔާނާގެ ހަޔާތުގައި ހިނގަމުންދާ ތޫފާނުގެ އޮއެވަރުގެ ބާރުކަން އިހްސާސްވެ މި ތޫފާނަށް ނިމުމެއް ގެންނައުމަށް ދެމީހުން އަޒުމް ކަނޑައެޅިއެވެ. ގޮނޑިން ތެދުވެ ލެޕްޓޮޕް ގެ ސްކްރީން ލައްޕާލަމުން ފަޔާޒް ބުންޏެވެ. “މި ކޭސް އިތުރަށް އިންވެސްޓިގޭޓް ކުރަން ލަސްނުކޮށް އަހަރެމެން ޝިޔާނާގެ ގެއަށްދާން ފެނޭ” ނާއިފްވެސް ފަޔާޒް ދެއްކި ވާހަކައަށް […]
“ކޮން ރޭވުމެއް؟” ޔޫނުސްއަށް އަހާލެވުނެވެ. ނާސިފް ޔޫނުސްއަށް ބަލަހައްޓައިގެން އިނދެފައި ދެ ފަރާތަށް ނަޒަރު ހިންގާލަމުން ޔޫނުސްއާއި ކައިރިވެލުމަށް ގުދުވެލިއެވެ. “ނަވާޒްމެން އެ މީހުންނާއި ދެކޮޅަށް ޚަބަރު ކިޔާ އެންމެނަށް ފައިސާ ދީގެން އެމީހުން ކިޔުނު އެއްޗެއް ބަދަލު އެބަ ކުރުވާ. ވަރަށް ފަހަކާއި ޖެހެންދެން ސަރުކާރުގެ ޗެނަލުން އެކަނި ނަވާޒްމެނާއި ދެކޮޅަށް ޚަބަރު ކިޔަމުން އައީ. އެހެންވެ ޢާއްމުންނަށް ހީވަމުން ދަނީ ސަރުކާރުގެ ޗެނަލުން ޤަޞްދުގައި ނަވާޒްމެނަށް ދޮގު ތުޚުމަތުތަކެއް ކުރަނީހެން. އަހަރެން ބޭރުގަ […]
އަހަރެންނަކީ އަހަރެންގެ މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ދަރިއެވެ. ބައްޕަވަނީ އަހަރެން ވަރަށް ކުޑައިރު ނިޔާވެފައި ކަމަށް މަންމަ ބުނެއެވެ. އަހަރެން ބޮޑުވެގެން އައީ ހަމައެކަނި މަންމައެއްގެ ލޯބި ލިބިގެންނެވެ. މަންމަ އަހަރެންނަށް ބައްޕައެއްގެ ލޯބި ދިނުމަށް ކިތަންމެ މަސައްކަތް ކުރިޔަސް އެ ލޯތްބެއް އަހަންނަކަށް ނުލިބުނެވެ. އަބަދުވެސް ބައްޕައެއްގެ ލޯތްބައް އެދި ގޮވަމެވެ. ބައްޕަ މިތާ ހުރިނަމައޭ ބުނެވެއެވެ. ނަމަވެސް ނަމައަކުން ކެއްކޭނެ ރިހައެއް ނޯންނާނެއެވެ. މަންމަ ބައްޕަދެކެ ވަރަށް ރުޅިއާދެއެވެ. އަހަރެންނަކަށް ސަބަބެއް ނޭނގުނެވެ. އަހާ އަހާ […]
ނޯޓް: މިވާހަކައަކީ އެސްފިޔައަށް “nashaa”ގެ ނަމުގައި ލިޔުންތެރިއަކު ކުރިން ކުރިން ހުށައަޅާފައިވާ ވާހަކައެކެވެ. މަޑުމަޑުން ލޯ ހުޅުވާލި އިރު ޔާނާއާ ދިމާލަށް މީހަކު އަތްދިއްކޮށްލައިގެން އެއަތުގެ އެހީގައި ތެދުކޮށް ދިނުމަށް އެދި ދަޢުވަތު ދީގެން ހުރިއެވެ. ޔާނާ އިސް އުފުލާ ބަލައިލިއެވެ. ކުރިމަތީގައި ހުރީ އީމަން އެވެ. ބޭއިޚްތިޔާރުގައި ޔާނާއަށް އަށް އީމަންގެ އަތުގައި ހިފައި ތެދުވެލިއެވެ. އަދި އަތުން ދޫކޮށްލަން ނޭނގިފައި ބުދެއްހެން އީމަންގެ ލޮލަށް ނަޒަރު ހުއްޓާލައިގެން ހުރެވުނީއެވެ. އަނެއްކޮޅުން އީމަންގެ ހާލަކީ […]
ގުޑް ބާއި މައި ލަވްލީ އެކްސް ވައިފް” ލައުހާގެ ކަންފަތް ދޮށުގައި ސިއްރުން ބުނެލިއެވެ. ލުހުޝާން ކުށްލިއަކަށް ގެނައި ހަރަކާތަކުން ލައުހާގެ ފައި ކައްސާލައި އިމާރާތުން ވެއްޓެއް ދިޔައަެވެ.. ހައިކަލް އޭ ކިޔައި ލައުހާ އަށް ބާރަށް ގޮވައިލެވުނެވެ. ލައުހާ ގޮސް ޖެހުނީ ބާރަށްދުއްވާފައި ދިޔަ ކާރެއްގެ މަތީގައެވެ. ކާރުން ވެއްޓި މަގުމަތީ ޖެހުނު އިރު މަގުމަތިން ހިނގާފައި ދިޔަމީހުން ހައިރާން ވެފައި ބަލަން ތިއްބެވެ. ލައުހާގެ ލެއިން މުލިތަން ރަތް ކުރަމުން ދިޔަ އިރު ލައުހާ […]
ރާކިންމެންނާއި ދިމާއަށް ހިނިތުންވެ ހުރެ ދިމްޔާ އެދިމާއަށް އާދެއެވެ. ފުދޭވަރަކަށް ކައިރިއަށް އައުމުން ދިމްޔާގެ ކަރުގައި އޮތް ފަށާއި އެފަށުގައިވާ “ޑީ” އަކުރު ޖެހި ފަށުފޫ ފެނުމުން ރާކިންއަށް އެއީ އޭނާގެ ދިމްޔާކަން ޔަޤީންވިއެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައީ ދެހަފްތާ ފަހުން ދިމްޔާ ފެނުމުން ވީ އުފަލަކުންނެވެ. ކުއްލިއަކަށް ރާކިންގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވެގެން ދިޔައީ ދިމްޔާ އައި ގޮތަށް އައިސް އީމަންގެ އަތުގެ މުލައްދަނޑީގައި ހިފާލުމުންނެވެ. “ވަރަށް ހަނދާންވި….” އީމަންގެ މޫނަށް ބަލަހައްޓައިގެން […]