Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ހިޖުރަ (ބާވީސްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
September 6, 2015 8 Mins Read
53 Comments

“ކޮން ރޭވުމެއް؟” ޔޫނުސްއަށް އަހާލެވުނެވެ. ނާސިފް ޔޫނުސްއަށް ބަލަހައްޓައިގެން އިނދެފައި ދެ ފަރާތަށް ނަޒަރު ހިންގާލަމުން ޔޫނުސްއާއި ކައިރިވެލުމަށް ގުދުވެލިއެވެ.

 

“ނަވާޒްމެން އެ މީހުންނާއި ދެކޮޅަށް ޚަބަރު ކިޔާ އެންމެނަށް ފައިސާ ދީގެން އެމީހުން ކިޔުނު އެއްޗެއް ބަދަލު އެބަ ކުރުވާ. ވަރަށް ފަހަކާއި ޖެހެންދެން ސަރުކާރުގެ ޗެނަލުން އެކަނި ނަވާޒްމެނާއި ދެކޮޅަށް ޚަބަރު ކިޔަމުން އައީ. އެހެންވެ ޢާއްމުންނަށް ހީވަމުން ދަނީ ސަރުކާރުގެ ޗެނަލުން ޤަޞްދުގައި ނަވާޒްމެނަށް ދޮގު ތުޚުމަތުތަކެއް ކުރަނީހެން. އަހަރެން ބޭރުގަ ހުއްޓާ ބައްޕަވެސް އެތައް ފަހަރަކު އެމީހުން ފައިސާ ދީގެން ޚަބަރުތައް ބަދަލުކޮށްފި. އަހަންނަށް މިކަން އެނގުނު ދުވަހު ބައްޕަ ކައިރި ބުނިން ބަދަލު ނުކުރާށޭ. ނަސީބަކުން ބައްޕަ އަހަރެންގެ ބަސް ޤަބޫލުކުރި. އެކަމަކު އިހަކަށް ދުވަހު ކޮންމެވެސް ނޭނގޭ ނަންބަރަކުން ބައްޕައަށް ގުޅާފަ ޚަބަރު ބަދަލު ނުކޮށްފިއްޔާ އަހަރުމެންގެ މުޅި ގެ އަންދާލާނެ ކަމަށްބުނެ އިންޒާރުދިނީ. ބައްޕަ އެ ވާހަކަ އަހަރެން ކައިރި ނުވެސް ބުނެ އެ މީހުންނާއި ދެކޮޅަށް ލިޔުނު އެއްމެ ޚަބަރުވެސް ބަދަލުކޮށްލީ.” ނާސިފް މަޑު އަޑަކުން ކިޔައިދިނެވެ. ވާހަކަ ނިމުނުއިރު ޔޫނުސް އިނީ ހިސާބަކަށް ދެލޯ ބޮޑުވެފައެވެ. އޭނަ އިރުކޮޅަކު އިނދެފައި ވާހަކަ ދެއްކިއެވެ.

 

“އަ…..އަހަންނަށް ވަރަށް ކުރިން އިވުނު އެހެން ޗެނަލަކަށް ފައިސާދިން ވާހަކަ. އަހަންނަށް ހީވި އެ ކަންތައް އަދިވެސް ކުރިއަށް ދާހެން. އެކަމަކު ނަވާޒްގެ ނުބައި ޚަބަރެއް ފެތުރިގެން ދާއިރަށް ޕާޓީގެ ކޮންމެވެސް އިސް ވެރިޔަކު އަހަރުމެން ކައިރިއަށް އައިސް ބުނާނެ ނަވާޒްއާއިމެދު ވަރަށް ބޮޑު ނާއިންސާފުތަކެއްވަމުން އެބަދެއޭ. ދެން ނަވާޒް ވެސް އައިއްސަ ވަރަށް ދެރަވެފަހުރެ އެކަހަލަ ވާހަކަތައް ދައްކާނީ. ގޯޑް! އަހަންނަށް ކީއްވެތަ އެ ވާހަކަތައް ޤަބޫލު ކުރެވުނީ؟” ޔޫނުސް ވަރަށް ނުރުހުންވެފައި މޭޒުމަތީގައި ގޮށްމުށުން ޖަހަމުން ބުނެލިއެވެ. އޭނަ ނަފްރަތު ކުރާ މީހެއްގެ ވާހަކައެއް ނޭނގިވެސް އަޑުއެހުނުކަމުގެ މޮޔަހީވިއެވެ.

 

“އެއްޚިޔާލެއްގެ މީހުންނާއެކީ އުޅެންޏާ ޤަޞްދެއް ނެތިވެސް އެ މީހުން ވިސްނާ ގޮތަށް ވިސްނެން ފަށާފާނެ. ޔޫނުސްއަށް ވެސް ހީވިދޯ ސަރުކާރުގެ ޗެނަލުން ހަދަހަދައިގެން ހެން ޚަބަރު ކިޔަނީ؟” ނާސިފް އަހާލިއެވެ.

 

“އާނ…..ޙަޤީޤަތުގަ އަހަންނަށް އިތުބާރެއް ނުކުރެވޭ އެކަކަށްވެސް. ހުރިހާ ޗެނަލަކުން ވެސް ކޮންމެވެސް އެއްދުވަސްވަރެއްގަ ދޮގު ޚަބަރެއް ފެތުރިފައިވާ ވާހަކަ އިވިފައިވާނެ.” ޔޫނުސް ބުނެލިއެވެ. ނާސިފް ހޫންލައްވާލިއެވެ. ޔޫނުސް ފުން ނޭވައެއް ދޫކޮށްލުމަށްފަހު ދެމީހުންގެ މެދަށް ހިމޭންކަމެއް ވެރިވިއެވެ. އެ ހިމޭންކަން ނަގާލީ ޔޫނުސްއެވެ.

 

“އެމީހުން އެގޮތަށް ބިރު ދެއްކިއަސް އަހަންނަކަށް ހިއެއްނުވޭ އެމީހުން ކަމެއްކުރާނެހެންނެއް. އެ މީހުން ކަމެއްކޮށްފަ ފަޅާ އަރައިފިއްޔާ ނަވާޒްއަކަށް ސަޕޯޓެއް ނުލިބޭނެ.” ޔޫނުސް ބުނެލިއެވެ.

 

“ފަޅާ އަރައިފިއްޔާ އެޗް.އެން ނިއުސްއިން ވަގުތުން ނަވާޒްގެ ދިފާޢުގަ ރިޕޯޓެއް ލިޔެ ނެރެފާނެ.” ނާސިފް ބުމަގޮށްޖެހިފައި އިނދެ ބުނެލިއެވެ. ނާސިފް އޭނައަށް ބަލަހައްޓައިގެން އިން ގޮތުން އޭނައަކީ ކުށްވެރިއެއްހެން ޔޫނުސްއަށް ހީވިއެވެ. ޔޫނުސް އަމިއްލަ ދިފާޢުގައި އެއްޗެކޭ ބުނަން އަނގަ ހުޅުވާލިއެއްކަމަކު އެއްޗެކޭ ނުބުނެވުނީ އެއީ މުޅިއަކު ގޯސް ހީވުމެއްވެސް ނޫނޭ ހިތް ބުނީތީވެއެވެ. ޔޫނުސް އެއްޗެކޭ ނުބުނެ އިންދާ ނާސިފް އޭނަ އިށީނދެގެން އިން ގޮނޑިއަށް ލެނގިލަމުން ވާހަކަ ދެއްކިއެވެ.

 

“ދެން މައްސަލައެއްނެތް. ޔޫނުސް އެމީހުންނަށްޓަކައި މަސައްކަތްކޮށްދީ. އަހަރެން ވެސް ބައްޕަގާތު ބުނަމުން ދާނަން ޚަބަރުތައް ބަދަލު ނުކުރާށޭ. އެ މީހުން އަހަރުމެންނަށް ކަމެއް ނުކުރިއްޔާ ނުކުރާނީ އަހަރުމެންގެ ނޫސް އަދި އެހާ މަޝްހޫރު ނުވާތީ. ހަމައެކަނި މި އަތޮޅުގެ މީހުންނަށް ބެހެވޭ ނޫހެއްގެ ގޮތުގަ އަދި އޭތި އޮތީ. އެކަމަކު ވަރަށް އަވަހަށް މި އުޅެނީ އޮންލައިން ވެސް ކުރަން.” ނާސިފް ބުނެލިއެވެ. ޔޫނުސް އޭނަގެ މޫނުމައްޗަށް ހިނިތުންވުމެއް ފަތުރާލެވޭތޯ ބެލިއެވެ.

 

“ވަރަށް ބޮޑަށް މަރުޙަބާ. އަހަރެން މިފްތާޙްބެ ގެ ނޫހަށް ކާމިޔާބު ދުވަސްތަކަކަށް އެދެން. ބޭބެ ކިހިނެއްތަ؟ ބަލަން ނުދެވޭތާ ދުވަސްކޮޅެއްވެއްޖެ.” ޔޫނުސް ބުންޏެވެ.

 

“އެ އިންޒާރު ލިބުނު ދުވަސްފަހުން ކަންބޮޑުވުމެއްގެ ތެރޭގަ އުޅެނީ. އަހަރެން ޚަބަރު ބަދަލު ނުކުރާށޭ ބުނާ ވަރަކަށް ހާސްވަނީ. ބައްޕައަށް ވެސް މިހާރު އިޙްޞާޞް ކުރެވިއްޖެ ދޮގު ޚަބަރު ފެތުރުމަކީ ގޯހެއްކަން. ބައްޕަވެސް ބޭނުމެއްނޫން ދޮގު ހަދާކަށް. އެކަމަކު……” ނާސިފް މާޔޫސީ ގޮތަކަށް ފުން ނޭވައެއް ދޫކޮށްލަމުން އިސްޖަހާލިއެވެ. ޔޫނުސްއަށް އޭނައާއި ދިމާލަށް ދެރަ ގޮތަކަށް ބަލަހައްޓައިގެން އިނދެވުނެވެ. ނާސިފް އިރުކޮޅަކު އިނދެފައި ޗޮއްކަނޑާލަމުން އިސްއުފުލާލިއެވެ.

 

“ދެން ހިނގާބަލަ މި ވާހަކަ ހުއްޓާލަން. އަހަރެން ޔޫނުސްއާއި ބައްދަލު މި ކުރީ ވަކި މި ސީރިއަސް ވާހަކަތައް ދައްކާކަށް ނޫނޭ. ޔޫނުސްއަށް ޙަޔާތުގަ އާދެވުނީ ކިހާ ހިސާބަކަށްތޯ ބަލަން. ޑޫޑް ކިހިނެއްތަ ހުރިހާ ކަމެއް؟ އޭރު ބުނީ މެރީކޮށްފީމޭދޯ؟ ކޮން ކުއްޖަކާތަ މެރީ ކުރީ؟ މި ރަށު ކުއްޖަކާތަ؟” ނާސިފްގެ ވާހަކައިގެ ރާގު ބަދަލުވީ ގޮތުން ޔޫނުސްއަށް ހީލެވުނެވެ.

 

“ހެހެ…..ހުމް މެރީކޮށްފިން. މިރަށު ކުއްޖަކާ މެރީކުރީ. ނާސިފް ކޮށްފިންތަ؟” ޔޫނުސް ހިނިތުންވުމަކާއެކީ އަހާލިއެވެ.

 

“އާނ ކޮށްފިން. އިންޑިޔާއިން ދިމާވި ކުއްޖަކާ. ޔޫނުސްއަށް ކިޔައިދިނަސް ނޭނގޭނެ އެއީ ކޮންކުއްޖެއްކަމެއް. އެކަމަކު ޔޫނުސް މެރީ ކުރި ކުއްޖާ އަހަންނަށް އެނގޭނެހެން ހީވަނީ. މިރަށުގަ އަހަންނަށް ނޭނގޭ ކުއްޖަކު ވަރަށް މަދުވާނެ. ކިޔައިދީބަލަ. އެއީ ކޮން ގެއެއްގެ ކުއްޖެއް؟” ނާސިފް ސުވާލުކުރިއެވެ.

 

“އަހަރެންގެ ގޭގެ ކުރިމަތީގަ ހުންނަ ގޭގަ އުޅޭ ކުއްޖާ. އެނގޭތަ ޝަރީފް؟” ޔޫނުސް އެހިއެވެ.

 

“އާނ އެއްކަލަ ސުޕާރމާޓް ހިންގާ ޝަރީފްދޯ؟ ޝަރީފްގެ ކޮން ކުއްޖަކާ އިނީ؟ އަނެއްކާ ނަޞްރާއާތަ؟” ނާސިފް ސީރިއަސް ނަޒަރެއްގައި އިނދެ އަހާލިއެވެ. ނާސިފްއަށް ނަޞްރާ އެނގުނު ގޮތުން ޔޫނުސް ހިސާބަކަށް ސިހުންވިއެވެ. އޭނަ ކުޑައިރު ނަޞްރާ ކަމުދިޔަ ވާހަކަ ނާސިފްއަށް އެއްދުވަސްވަރެއްގައި ވެސް ކިޔައިދީފައެއް ނުވެއެވެ.

 

“އާނ ނަޞްރާއާ. ހާދަ އެނގެއޭ ނާސިފްއަށް.” ޔޫނުސް ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލަމުން ބުންޏެވެ.

 

“ޔޫނުސްއަށް ނަޞްރާ ކަމުގޮސްގެންތަ ނަޞްރާއާ އިނީ؟ އެހާ ގޯސް ކުއްޖަކު ޔޫނުސްއަށް ކަމުދިޔައީ ކިހިނެއްތަ؟” ނާސިފް އެހެން ބުނެލުމުން ޔޫނުސްގެ ހިނިތުންވުން ފަނޑުވިއެވެ. ނާސިފް އެހެން ބުނަންވީ ސަބަބެއް އެންމެ ފުރަތަމަ ޔޫނުސްއަކަށް ނޭނގުނެވެ. ނަމަވެސް ކައިވެނި ކުރުމުގެ ކުރިން އޭނައާއި ނަޞްރާއާ ދެމެދު ވާހަކަ ދެކެވުނު އެންމެ ފުރަތަމަ ރޭ ހަނދާންވެފައި ޔޫނުސްއަށް އުނދަގުލެއްވިއެވެ. ނަމަވެސް އޭނަ އެކަން ފޮރުވަން މަސައްކަތް ކުރަމުން ވާހަކަ ދެއްކިއެވެ.

 

“އެއީ މިހާރު ގޯސް ކުއްޖެއްނޫން. މޫނު ބުރުގާ އަޅައިގެން ހުންނަނީ.” ޔޫނުސް ބުނެލިއެވެ. އެއާއެކު ނާސިފް ޤަބޫލު ނުކުރެވިފައި ކަހަލަ ގޮތަކަށް ދެ ބުމަ އަރުވާލިއެވެ.

 

“ނަޞްރާ؟ މޫނު ބުރުގާ؟ ހެހެ…..ވަރަށް ނުގުޅޭ ކޮމްބިނޭޝަނެއް. އަހަރެން ކިޔަވަން އުޅުނުއިރު އަހަރުމެން ސްކޫލްގަ ނަޞްރާ ކިޔަވަން އުޅުނީ. އޭރު ބުރުގާ ވެސް ނާޅާ ވަރަށް ފެޝަންކޮށް އުޅުނީ. އޭނަ ރައްޓެހިނުވާ ފިރިހެން ކުއްޖަކު މަދުވާނެ މި ރަށުގަ ވެސް….” ނާސިފް ވާހަކަ ދައްކަމުން ދަނިކޮށް ކުއްލިއަކަށް ޔޫނުސްގެ ރުޅިވެރި ނަޒަރު އޭނައަށް އަމާޒުވުމުން ނާސިފް މައިތިރިވިއެވެ. ނާސިފް އިރުކޮޅަކަށް ޔޫނުސްއަށް ބަލަން އިނދެފައި ސޮރީއޭ ބުނެލިއެވެ. އެވަގުތު ވެއިޓަރު އެ މީހުންގެ ކާއެއްޗެހި ގެނެސް މޭޒުމަތީގައި އަތުރަން ފެށިއެވެ. ވެއިޓަރު ދިޔުމުން ނާސިފް އެހެން ވާހަކައެއް ދައްކަން އުޅުމުން ޔޫނުސް ޖަވާބެއް ނުދިނެވެ. ޔޫނުސް ދެން ޖަވާބެއް ނުދޭނެކަން އެނގުމުން ނާސިފް ހިމޭންކަމާއެކީ ކަމުން ދިޔައެވެ.

 

ހިނގާފައި ގެއަށް ދިޔަ މަގުމަތީގައި ނާސިފް އެންމެ ފަހަކަށް ނަޞްރާއާއިމެދު ބުނި ޖުމްލަ ޔޫނުސްގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. ނަޞްރާ ހަމަ އެހާވެސް ގިނަ މީހުންނާއި ރައްޓެހިވެފައިވާނެ ހެއްޔޭ ޔޫނުސްގެ ހިތަށްއެރިއެވެ. އޭނަ އުޅުނީ ހަމަ އެހާވެސް ގޯސްކޮށް ހެއްޔެވެ؟ ނަޞްރާ އެހެން ފިރިހެނެއްގެ ކައިރީގައި ހުންނަތަން ސިކުނޑިއަށް ގެންނަން ވެސް ޔޫނުސްއަށް ދަތިވިއެވެ. ނަމަވެސް އެއީ ވެފައިވާނެ ކަމެކޭ ޔޫނުސްގެ ހިތް ބުނި ހިނދު އެ ހިތް ގެނބެން އުޅުނު ކަހަލަ އިޙްޞާޞެއް ޔޫނުސްއަށް ކުރެވުނެވެ.

 

އެކިއެކި ފިކުރުތަކުގައި ހުރެ ޔޫނުސް ގޭގެ ފެންޑާއަށް ވަދެގެން ގޮސް އޭނަގެ ޖީބުގައި އޮތް ތަޅުދަނޑިން ގޭގެ ދޮރު ހުޅުވައި ގެއަށްވަނެވެ. ދޮރު ތަޅުލުމަށްފަހު ފަސް އެނބުރިލީ ވަގުތު ސިޓިންގް ރޫމުގެ މެދުގައި ހުރި މޭޒުމަތީގައި އޭނަގެ ލެޕްޓޮޕް ހުރިތަން ފެނިފައި ޔޫނުސްގެ ދެބުމަ ކައިރިވިއެވެ. އޭނަ މިއަދު ލެޕްޓޮޕް ސިޓިންގް ރޫމަށް ގެނައި ހަނދާނެއް ނުވެއެވެ. ޔޫނުސް އެ މޭޒު ކައިރިއަށް ގޮސް ލެޕްޓޮޕް ނަގަން އުޅުނު ވަގުތު ލެޕްޓޮޕް ތެރެއިން ގަނޑެއް ނިކުމެފައި އޮތްތަން ފެނުނެވެ. ޔޫނުސް ވަކިން އިތުރަށް ޙައިރާންވެހުރެ މޭޒުގެ އަނެއްފަރާތަށް ގޮސް ސޯފާގައި އިށީނދެ ލެޕްޓޮޕް ހުޅުވާލިއެވެ. އެވަގުތު ކީބޯޑު މަތީގައި އެކީގައި ލަންބާފައި ހުރި އެގްޒާމް ޕެޑެއްގެ ގަނޑުތަކެއް ޔޫނުސްއަށް ފެނުނެވެ. އެ ހުރިހާ ގަނޑެއް ދިވެހި ބަހުން ލިޔެ ފުރާފައިވިކަން ޔޫނުސްއަށް އެނގުނީ ގަނޑުތައް ނަގައި ހުޅުވާލުމުންނެވެ. އެ ލިޔުން ފެނިފައި ޔޫނުސްއަށް ވަގުތުން ސިފަވެގެން ދިޔައީ ނަޞްރާ ކިޔަވާ މޭޒުދޮށުގައި ލިޔަން އިންތަނެވެ. ޔޫނުސްއަށް ކެތްމަދުވެފައި އިނދެ ފުރަތަމަ ގަނޑު ހިތުން ކިޔެން ފެށުނެވެ.

 

“އަހަރެން ޔޫނުސްއަށް ކިޔައިދޭން މިއުޅެނީ އަހަރުމެން އެންމެ ފުރަތަމަ ދުވަހު ބައްދަލުވީއިރު އަހަންނަށް ނުދެކެވުނު ވާހަކަތަކެވެ. ޔޫނުސް އެރޭ ދިން ސިޓީއަށްފަހު އަހަރެން ހުރީ ދުވަހަކުވެސް އެ ވާހަކަތައް ކިޔައި ނުދޭން ނިންމައިގެންނެވެ. އެހެނަސް އެ ވާހަކަތައް ދެއްކުމެއްނެތި ޚުދު އަހަރެންގެ ހިތަށް ވެސް ހަމަޖެހުމެއް ނުލިބޭތީ އެ ވާހަކަތައް ކިޔައިދޭން ނިންމީމެވެ.

 

ޔޫނުސްއަށް އެނގޭ ހެއްޔެވެ؟ އަނދިރި މާޒީއެއްވަނީ ހަމައެކަނި ޔޫނުސްގެ އެއްނޫނެވެ. އަމިއްލަ ޢާއިލާއަށް ރުޅިވެގެން އުޅުނީ ހަމައެކަނި ޔޫނުސްއެއްނޫނެވެ. އަމިއްލަ މަންމައާއިމެދު އިހާނެތިކޮށް ކަންތައް ކުރީ ހަމައެކަނި ޔޫނުސްއެއްނޫނެވެ…………..”

 

**

 

މެންދުރުގެ ވަގުތެއްގައި ނަޞްރާއާއި އޭނަގެ ދެ އެކުވެރިން ސްކޫލުން ނިމިގެން ގެއަށް ހިނގަމުން ދިޔައެވެ. ތިން މީހުންގެ މޫނުމަތިން ވަރުބަލިކަން ފެނުނަސް އެ ތިން މީހުންގެ ވެސް އަނގަ މަޑު ނުޖެހެއެވެ. ނަޞްރާއާއި އޭނަގެ ދެ އެކުވެރިން އެކިއެކި ވާހަކައިގައި ތިބެ ހިނގަމުން ގޮސް ނަޞްރާގެ އެކުވެރި ސަފާގެ ގެއާއި ހަމަވުމުން އެ ގެ ފަހަނަޅާފައި ނުދެވުނީވެސް ކިރިޔާއެވެ. ސަފާއަށް އެކަން ފާހަނގަ ކުރެވުމުން ތިން މީހުން އެކީގައި ހިނިގަނޑެއް ޖަހާލިއެވެ. ނަޞްރާ އޭނަގެ އަނެއް އެކުވެރިޔާ ކަމަށްވާ ޝައިލާއާއެކީވެސް މާ ދުރަކަށް ނުދެވެނީސް ޝައިލާއާއި ވަކިވާން ޖެހުނެވެ. ޝައިލާއަށް އަލްވަދާޢު ކިޔާފައި ނަޞްރާ ގޯޅިއަކުން ލަންބާލިއެވެ. ކަނާތް ފަރާތުން ފެންނަން ހުރި ތިން ގޭ ދޫކޮށްފައި ދެވެންހުރި އޭނަގެ ގެ ފެނިފައި ނަޞްރާގެ މޫނުމަތިން ފެނުނީ ފޫހިކަމެވެ. ދުވަހުގެ ވަގުތުތަކުގެ ތެރެއިން އޭނަ އެންމެ ފޫހިވާ ވަގުތުކޮޅަކީ މިއީއެވެ. އެކުވެރިންނާ ވަކިވެގެން ގޮސް ގެއަށްދާންޖެހޭ ވަގުތެވެ. ނަޞްރާ ބަރު ފިޔަވަޅުތަކެއްގައި ދާން ނުދާން ކަމަށް ގޮސް ގޭގެ ގޭޓާއި ހަމައަށް ދިޔައެވެ. އެއާއެކު އޭނައަށް ޅަކުއްޖެއްގެ ރުއިމުގެ އަޑު އިވުނެވެ.

 

“ގޯޑް ސޭވް މީ!” ނަޞްރާ ރުޅިން ރޮވިފައި ކަހަލަ ގޮތަކަށް ދެދަތްޕިލަ ޖައްސައިގެން ހުރެ ކިޔާލިއެވެ. އޭނަ ކުރިމައްޗަށް ބަލާލުމުން މިތަނުން ފިލައިގެން ދާންވީއޭވެސް އޭނަގެ ހިތް ބުންޏެވެ. ނަޞްރާ ގެއަށް ނުވަދެ ކުރިއަށް ދެވެން އޮތް މަގަށް ބަލަންވެސް ބެލިއެވެ. ނަމަވެސް އެހެން ގޮތެއް ނެތްކަން އެނގިގެން އޭނަ ދެއަތް މުއްކަވާފައި ހަރު ހިނގުމެއްގައި ގެއަށް ވަދެގެން ދިޔައެވެ. ގޭގެ ހުޅުވައިލެވިފައިވާ މައިދޮރު މައްޗަށް އެރިތަނާ އޭނައަށް ސިޓިންގް ރޫމުގައި ހުރި ހުރުޅުލީ ގޮނޑިއެއްގެ ކައިރީގައި ދެކަކުލާއި އަތް ބިންމަތީގައި ޖައްސައިގެން ރޯންހުރި އޭނަގެ މަންމަ ނަޞްރާއަށް ފެނުނެވެ. ގޭގެ ކޮޓަރިއަކުން އިވެމުން ދިޔަ ޅަކުއްޖާގެ އަޑަށް މަންމަގެ ރުއިމުގެ އަޑު އެއްވުމުން ނަޞްރާގެ ރުޅިވީ ގަދައެވެ.

 

“މަންމާ!” ނަޞްރާއަށް ހަރުއަޑުން ގޮވާލެވުނެވެ. ބިންމަތީގައި ތެދުވަން ބޭކާރު މަސައްކަތް ކުރަމުން ދިޔަ އާބިދާ އިސްއުފުލާލިއެވެ.

 

“ނަ….ނަޞްރާ ބަލާބަލަ އަފޫއަށް ވީގޮތެއް. އަފޫ ވަރަށް ގިނައިރުވެއްޖެ ރޯތާ.” އާބިދާ ރޮމުންރޮމުން ބުނެލިއެވެ. ނަޞްރާ ހަމަ އޭނަގެ ހަރު ހިނގުމުގައި އާބިދާގެ ގާތަށްއައެވެ.

 

“ދެން އެބައިނގެއެއްނޫންތަ އަހަރެން އަންނާނެކަން؟ މަންމަ ޖެހޭތަ ނުވާ ވަރަކުން ތެދުވެގެން ދާން؟ އެހެން ނޫނަސް އެހެރީ ކޮޓަރީގެ ދޮރު ހުޅުވާފަ. މަންމަ ގޮނޑި ދުއްވާފަ ހަމަ އެކޮޓަރިއަށް ދިޔައިމަ ނިމުނީއެއްނު؟” ނަޞްރާގެ އަޑު ހަރުކަމުން މުޅި ގޭގައި އޭނަގެ އަޑު ގުގުމަމުން ދިޔައެވެ. އޭނަ ވާހަކަ ދައްކަމުން ދިޔައީ އަދިވެސް ރޮމުން ދިޔަ އާބިދާ، ކައިރީގައި ހުރި ސޯފާއަކަށް އުނދަގުލާއެކީ އަރުވަމުންނެވެ.

 

“ޝަކިއްތަ ދިޔައީ ގޮނޑީގެ ބުރަކި ޖައްސާފަ. މަންމައަކަށް ނޭނގުނު އޭތި ނައްޓާކަށް.” އާބިދާ ސޯފާގައި އިނދެ ދެންވެސް ރޮމުން ވާހަކަ ދެއްކިއެވެ. ނަޞްރާ ރުޅިވެރި ގޮތަކަށް އާބިދާއަށް ބަލަންހުރެ މޫނު އަނބުރާލަމުން އަފްރީންގެ ރުއިމުގެ އަންނަމުން ދިޔަ ކޮޓަރިއާއި ދިމާލަށް ދިޔައެވެ.

 

“ނަޞްރާ މަޑުކޮއްބަލަ. މަންމަ މި ގޮނޑިއަށް ބަދަލުކޮއްދީ. އޭރުން އަފޫ ފެންވަރުވައި ނިމުނީމަ އޭނަ ރީތިކޮއްދޭން މަންމަ އަންނާން. އޭރު….” އާބިދާ އޭނަގެ ކަރުނަތައް ފޮހެމުން ދައްކަން ފެށި ވާހަކަ ކުއްލިއަކަށް ފަސްއެނބުރިލީ ނަޞްރާ މެދުކަނޑާލިއެވެ.

 

“އުނހު އުނހު……މަންމަ ކީއްވެގެންތަ އެބުރަ އުފުލަންވީ؟ އަހަރެން މިހިރީއެއްނު؟ މިގޭގެ ނޯކަރު!” ނަޞްރާ އޭނަގެ ވާހަކަ ފެށީ މަޑުމައިތިރިކޮށް ކަމަށްވިޔަސް އޭނަ އެވާހަކަ ނިންމާލީ ރުޅިވެރިކޮށެވެ. އާބިދާ ބޯހޫރުވާލަމުން އެއްޗެކޭ ބުނަން އުޅުނު ވަގުތު ނަޞްރާ އޭނަގެ ކޮނޑުގައި އޮތް ދަބަސް ބިމަށް ޖަހާލަމުން ގޮސް އަފްރީން ހުރި ކޮޓަރިއަށް ވަދެ ބާރަށް ދޮރުލައްޕާލިއެވެ. މަންޒަރު ބަލަހައްޓައިގެން އިން އާބިދާއަށް އަނެއްކާވެސް ރޮވެން ފެށިއެވެ.

 

އާބިދާއަށް ރަޙިމުގެ ކެންސަރު ޖެހިގެން އުޅޭތާ މިއީ ހަވަނަ މައްސަރެވެ. މީގެ ހަ މަސްކުރިން މި ޚަބަރު މުޅި ޢާއިލާއަށް ވެސް ލިބިގެން ދިޔައީ ބޮޑު ސިހުމެއްގެ ގޮތުގައެވެ. އޭރު ޢާއިލާއަށް ކުރިމަތިވެފައިވި ފައިސާގެ ދަތިކަމުން ޝަރީފް ހުރީ އެހެންނޫނަސް ފިކުރު ބޮޑުވެފައެވެ. އާބިދާއަށް އެކަށީގެންވާ ފަރުވާއެއް ހޯދައި ނުދެވިދާނެތީ ޝަރީފް އިތުރަށް ކަންބޮޑުވިއެވެ. އާބިދާ ފުރަތަމަ ފަހަރަށް އިންޑިޔާއަށް ގެންދިޔައީވެސް ޝަކީލާމެންގެ ޢާއިލާގެ އެހީއާއެކީގައެވެ. ވަކި މުއްދަތަކަށްފަހު އަނެއްކާވެސް އާބިދާ ފަރުވާއަށް ގެންދަންޖެހޭނެކަން އެނގުމުން އަފްރާޒްވެސް ވަޒީފާއަކަށް ދާން ނިންމިއެވެ. ޝަރީފް އެކަމަށް އިންކާރު ކުރުމުން ވެސް އަފްރާޒް މިއަދު ގްރޭޑް އެގާރައިގައި ބުރަކޮށް ކިޔަވަމުން ވެސް އެ ވަޒީފާ އަދާކުރެއެވެ. އާބިދާއަށް ކަމެއްކޮއްނުދީ ދުރުދުރުން މަންޒަރު ބަލަން ހުރި މީހަކަށް ނަޞްރާވިއެވެ. އާބިދާއަށް އެބަލީގައި ކޮޅަށް ހުރެވުނު ދުވަސްކޮޅު އަފްރީންގެ ހުރިހާ ކަމެއްކުރީ އާބިދާ އެކަނިމާ އެކަންޏެވެ. އޭރު ނަޞްރާގެ އޮތް ހަމައެކަނި ކަމަކީ އާބިދާއަށް ބޭސް ގެންގޮސް ދިނުމެވެ. އެއަށްފަހު އޭނަ ކޮޓަރިއަށް ވަންނަ ގޮތަށް ނުވެސް ނިކުމެވެ. ނަމަވެސް ބަލި ބޮޑުވެގެން ގޮސް އާބިދާ ހުރުޅުލީ ގޮނޑިއެއްގައި ހުންނަން ޖެހުނު ދުވަހަށްފަހު ހުރިހާ ކަމެއް އެފުށްމިފުށައް ޖެހުނެވެ. ގޭގެ ހުރިހާ ކަމަކާއި އަފްރީންގެ ހުރިހާ ކަމަކާ ނަޞްރާ ޙަވާލުވާން ޖެހުނެވެ. ކުރީކޮޅު ނަޞްރާ ނުރުހިފައިހުރެ ނަމަވެސް ޝަކުވާނުކޮށް އެކަންތައް ކޮށްހެދިއެވެ. ނަމަވެސް ނަޞްރާ ރުޅިގަދަވެގެންދިޔައީ ގޭގެ ކަންތަކާއި ސްކޫލްގެ މަސައްކަތްތައް ނިންމުމަށްފަހު އޭނައަށް ރޭގަނޑުވެސް އެކުވެރިންނާއި ގުޅައި އަނގަތަޅާނެ ވަގުތެއް ނުލިބޭތީވެއެވެ. އޭނައަށް ފިހާރަތަކުން ރީތި ހެދުންތައް ފެނިގެން ދޮންބެއާއި ބައްޕަގާތު ގަނެދިނުމަށް އެދުމުން އެކަމަށް އިންކާރުކުރަން ފެށުމުންނެވެ. އޭނައަށް މޯބައިލް ފޯނެއް ނުލިބިފައި ވަނިކޮށް އޭނަގެ ދެއެކުވެރިންނަށްވެސް މޯބައިލް ފޯނު ލިބުމުންނެވެ. ނަޞްރާގެ ދެއެކުވެރިންނަކީ ވެސް ނިކަން ތަނަވަސް ދެޢާއިލާއަކަށް ނިސްބަތްވާ ދެކުދިންނެވެ. ނަޞްރާ ކިތަންމެ ބޭނުމެއް ނުވިއަސް އޭނަ ސަފާއަށާއި ޝައިލާއަށް ހަސަދަވެރިވެއެވެ. އެމީހުންގެ އަތުގައި އަޅާފަ ހުންނަ ރީތި ޑިޒައިންތަކުގެ ރިހި ފަށްތަކާއި، ޝައިލާގެ ބޮލަށް އަރުވާފަ ހުންނަ ތަފާތު ވައްތަރުގެ ދަތިތައް ފެނިފައެވެ. ނަޞްރާ ޙަސަދަވެރިވާ ކޮންމެ ފަހަރަކު އޭނަ ރުޅިވެސް ގަދަވެއެވެ. ރުޅިއަންނަނީ އޭނަގެ މަންމަ ދެކެއެވެ. އޭނަގެ ޢާއިލާ އެހާ ތަނަވަހެއްނޫނީ މަންމައާ ހެދިއޭ ނަޞްރާގެ ހިތަށްއަރައެވެ. އޭނައަށް އޭނަ ބޭނުންވާހާ އެއްޗެއް ނުލިބެނީ މަންމައަށް ކުރަންޖެހޭ ހޭދައެއްގެ ބޮޑުކަމުންކަމަށް ނަޞްރާ ޤަބޫލުކުރެއެވެ. އެހެންކަމުން ކޮންމެ ދުވަހަކު ހުރިހާ ރުޅިއެއް ބޭލެނީ މަންމައަށެވެ.

 

އާދައިގެ މަތިން ނަޞްރާ އަމިއްލައަށް ވެސް ފެންވެރުމުގެ ކުރިން އަފްރީން ފެންވަރުވައި ރީތި ކޮއްލިއެވެ. ބަދިގެއަށް ގޮސް ބެލިއިރު އެދުވަހަށް ވާވަރަށް ކައްކާފަ ހުރުމުން ނަޞްރާ އުފާވިއެވެ. ނަޞްރާއަށް ކުޑަވެސް ލުއެއްލިބެނީ މިކަހަލަ ދުވަސްދުވަހުއެވެ. ޝަކީލާ އެގެއަށް އައިސް ކައްކައިދީފައި ދާ ދުވަސްދުވަހެވެ. ނަޞްރާ ހިސާބަކަށް ހިތްހަމަޖެހިފައިހުރެ އަފްރީން ގެންގޮސް އޭނައަށް ކާންދީފައި ފެންވަރަން ދިޔައެވެ. ނަޞްރާ ފެންވަރައިގެން ނިކުތްއިރު އަފްރީން އޮތީ ނިދިފައެވެ. ނަޞްރާ ރީތިވެލައިގެން ކޮޓަރިން ނިކުތް ވަގުތަކީ އަފްރާޒް ސްކޫލުން ނިމިގެން ގޭގެ މައިދޮރުން އައިސް ވަތްވަގުތެވެ.

 

“ކޮބާ މަންމާ ކިހިނެއް؟” އަފްރާޒް ބޫޓު ބާލާފައި ގެއަށް ވަދެގެން އައީ ހިނިތުންވުމަކާއެކީގައެވެ. އަފްރާޒް ސޯފާގައި އިން އާބިދާގެ ކުރިމަތީގައި ކުރުފައިމައްޗަށް ތިރިވިތަން ފެނިފައި ނަޞްރާއަށް ކަޅި މައްޗަށް ހިންގާލެވުނެވެ. އެ އައީ މަންމަގެ ދޮންފުތޭ ހިތަށްއެރިއެވެ.

 

“ރަނގަޅު ހަމަ. ދަރިފުޅާ…މަންމަ މި ގޮނޑިއަށް ބަދަލުކޮއްދީ….މަންމަ އަދި ނަމާދު…” އާބިދާގެ ވާހަކަ ފުރިހަމަ ނުވަނީސް އަފްރާޒް ވާހަކަ ދެއްކިއެވެ.

 

“މަންމަ އަދި ނަމާދު ނުކުރަން؟ ނަޞްރާ!” އަފްރާޒް އާބިދާއާއި ސުވާލުކޮށްފައި ނަޞްރާއަށް ގޮވާލިއެވެ. އޭނަ ގޮވާލި ވަގުތަކީ ނަޞްރާ ދާންއުޅުނު ވަގުތެވެ. ނަޞްރާ ނުބަލަން އުޅެފަވެސް ނުރުހިފައިހުރެ އަފްރާޒްއަށް ބަލާލިއެވެ. އަފްރާޒްވެސް ހުރީ ރުޅިވެރި މޫނަކާއެކީ ނަޞްރާއަށް ބަލަހައްޓައިގެންނެވެ.

 

“ކީއްވެ މަންމަ ނަމާދަށް ނުގެންދިޔައީ؟ އަމިއްލައަށް ނަމާދު ނުކުރިއަސް އެއީ އެހެންމީހުން ކުރާކަމެއްކަން އެނގެއެއްނު؟” އަފްރާޒް ދެފައިމައްޗަށް ތެދުވެ އާބިދާ ކައިރީގައި ހުރި ގޮނޑިއަށް ބަދަލުވުމަށް އެހީވެދެމުން ވާހަކަ ދެއްކިއެވެ.

 

“އަހަރެން ކައިރީގަ ނުބުނޭ ގެންދާށެކޭ.” ނަޞްރާ ދެއަތް މެއާއި ދިމާލުން ހުރަސްކޮއްލަމުން ބުނެލިއެވެ.

 

“ހުރިހާ ކަމަކު ބުނަންތަ ޖެހެނީ ނަޞްރާ ކައިރި؟” އަފްރާޒް އާބިދާ ގޮނޑީގައި ބައިންދަމުން ނަޞްރާއާއި ކުރިމަތިލިއެވެ.

 

“އަހަރެން ކުރަންޖެހޭ ކަންތައް މަދީއެއްނޫން. އަދި ގެއަށް އައިފަހުން މިއުޅެނީ ނޭވާ ނުލެވިގެން.” ނަޞްރާގެ އަޑު ގަދަވިއެވެ.

 

“ވާހަކަ ދައްކާގޮތުން ހީވަނީ ދުނިޔޭގަ ލެއްވިހާ ޒިންމާއެއް ނަޞްރާގެ ބޮލުގަހެން އެޅުވިފަވަނީ.” އަފްރާޒްގެ އަޑުވެސް ހަރުވިއެވެ. އެވަގުތު އޭނަގެ ފަހަތުގައި ހުރި އާބިދާ އަފްރާޒްއަށް ވައިއަޑުން ގޮވާލިއެވެ. ނަމަވެސް އަފްރާޒް އެއަޑު އިވުނުކަމަށް ނެހެދިއެވެ.

 

“އަހަރެން އަދި މިހިރީ ގެއަށް އައިފަހުން ނުވެސް ކައި…..” ނަޞްރާގެ ވާހަކަ އަފްރާޒް މެދުކަނޑާލިއެވެ.

 

“މަންމައަށް ވެސް ކާންނުދީ ތިހިރީ. އެންމެ ކުޑަމިނުން އަހާލިންތަ މަންމަ ހުރީ ކައިގެންހޭ؟ ނާހާނެ….އެންމެ ބޮޑަށް ލޯބިވަނީ އަމިއްލަ ނަފްސުދެކެވިއްޔާ.” އަފްރާޒް އެހެން ބުނެލުމުން ނަޞްރާ ދެލޯ ހަނިކޮށްފައި އެއަށްވެސް ރަނގަޅު ރައްދެއްދޭން އުޅުމުން އާބިދާ ވާހަކަ ދެއްކިއެވެ.

 

“އަފްރާޒް…..މަންމަ މިހިރީ ކައިގެން. ޝަކިއްތަ ދިޔައީ މަންމައަށް ކާންދީފައި. އާދޭސްކުރަން….އެއްދުވަހު ވިޔަސް ދެކުދިން ޒުވާބުނުކުރޭ.” އާބިދާ އޭނަގެ ފުރަގަސްދީގެން ހުރި އަފްރާޒްގެ އަތުގައި ހިފާލަމުން ރޮވިފައިކަހަލަ ގޮތަކަށް ބުނެލިއެވެ. އަފްރާޒްއާއި ނަޞްރާ ދެންވެސް އެކަކު އަނެކަކަށް ރުޅިވެރިކަމާއެކީ ބަލަހައްޓައިގެން ތިބީއެވެ. އިރުކޮޅެއްފަހުން ނަޞްރާ އަފްރާޒްއަށް ލޯއަޅާފައި މޫނުއަނބުރާލަމުން އެތަނުން ދުރަށް ހިނގައިގަތެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

އަހަރެން މަރުވަނީ!!!

Next

ނަޖާ (އަށްވަނަ ބައި)

Next
September 6, 2015

ނަޖާ (އަށްވަނަ ބައި)

Previews
September 6, 2015

އަހަރެން މަރުވަނީ!!!

53 Comments!

  1. Kayaani says:
    September 6, 2015 at 6:00 pm

    I think im first

    1. jana says:
      September 6, 2015 at 8:08 pm

      🙂

  2. Kayaani says:
    September 6, 2015 at 6:12 pm

    When is the next part it would be better if you finish the past of nasraa soon

    1. jana says:
      September 6, 2015 at 8:08 pm

      Hmm Kayaani jana nethymey ebai maa dhigu kuraakah. jana ves foohivaane ebbaeh maa dhiguvanya 😛

  3. Arcane_Belle says:
    September 6, 2015 at 6:13 pm

    I’m second? Btw the srtory’s lovely

    1. jana says:
      September 6, 2015 at 8:09 pm

      Alhamdhulillah! 🙂

  4. somebody says:
    September 6, 2015 at 6:16 pm

    haadha kurey?varah kiyaa hithun huree. Anywayx maasha allah. varah reethi. jazakallahu khairan ☺️mikahala ibrah theri vaahakaeh genesdheytheeve. when is next part?? plxx up soon. I can’t wait to read the next part.

    1. jana says:
      September 6, 2015 at 8:10 pm

      mi bai liyevunu safhaage number thakah balaalaairu mibai ehen baithakah vure dhigu. ekamaku maa ginain space dhevifa hurytheeve kanneynge dho kuruvy? hehe…..then anna bai tuesday ga. dhigu kolleveytho balaanan In Sha Allah 🙂

  5. somebody says:
    September 6, 2015 at 6:17 pm

    by the way i’m third. alhamdhulillah ☺️

    1. jana says:
      September 6, 2015 at 8:11 pm

      hehe…. 🙂

  6. Kayaani says:
    September 6, 2015 at 6:18 pm

    im happy that yoonus didnt have to stay ina misundestanding. really eager to know whats next. story is awsome as always. when are you gonna upload next part

    1. jana says:
      September 6, 2015 at 8:12 pm

      hmm maa gina dhuvahu misunderstand vegen huryma jana vaahakaiga jassan noolhey massalathah gina vedhaane. hehe. Next part tuesday ga In Sha Allah 🙂

  7. luvna says:
    September 6, 2015 at 6:20 pm

    vaahaka vrh ves reethi. kayaani buni hen yoonus olhunbolhun gandu therey nubahahtaa seedha maazee kiyai dheythee happy. umeedhu kuran vrh avahah aneh bai kiyaalan libeyne kamah

    1. jana says:
      September 6, 2015 at 8:12 pm

      hehe….dhen anna bai Tuesday ga In Sha Allah. Alhamdhulillah! 🙂

  8. Emiliya says:
    September 6, 2015 at 6:24 pm

    I’m second

  9. Emiliya says:
    September 6, 2015 at 6:33 pm

    Oops guess I’m 4th never mind 2 into 2 = 4 right anyways the story is really beautiful looking forward to read the next part …………. When is the next part?

    1. jana says:
      September 6, 2015 at 8:13 pm

      LOL Emiliya! 😛 Alhamdhulillah! Next part tuesday ga In Sha Allah 🙂

  10. Anonymous says:
    September 6, 2015 at 6:34 pm

    Masha allah.. faahaga kiyaa iru hus noonu neennaane.. ehenve e vaahaka bunely

    1. jana says:
      September 6, 2015 at 8:15 pm

      hmm anonymous. jana handhaan nethunyma hus noonu beynun kureveny. Jazakallah Khairan 🙂

  11. Aishaa says:
    September 6, 2015 at 6:38 pm

    Reethi mi prt vs 🙂
    waiting for the nxt prt….
    kon irakun nxt prt genesdhey ny

    1. jana says:
      September 6, 2015 at 8:16 pm

      Alhamdhulillah! 🙂 Next part Tuesday ga In Sha Allah 🙂

  12. Aishaa says:
    September 6, 2015 at 6:42 pm

    Afu ge bai nxt prt ga genesdhey nantha

    1. jana says:
      September 6, 2015 at 8:17 pm

      jana ah liyeveyne minvarun thikan engeyny In Sha Allah

  13. Anonymous says:
    September 6, 2015 at 6:44 pm

    nice

    1. jana says:
      September 6, 2015 at 8:18 pm

      Alhamdhulillah! 🙂

  14. Hi says:
    September 6, 2015 at 7:14 pm

    Haadha lahunney thi up Kury janaa dhooni.. Inthixaaru koh koh varubalivejje viyya. Humm.. Dhooni.. Keevetha afreenge baeh nugenaee.. ebai netheema v falhu.. Alright. Dhen evarunves mi episode up kurevijjethaa dhw. Mihen comment maa ginairu innanyaa Hama shakuvaa bondi thoacheh ginavaanee i ge.? ok bye janaaaaaaaa dhoooonyyyyy

    1. jana says:
      September 6, 2015 at 8:19 pm

      Nasra menge bai kuriah gendhan eba jehey thankolheh baaru minegga. ehenve afreen ge bai nethy.
      hehe…..emme fahakah othy jana ah blackmail ehtha anekka? 😛 Alhamdhulillah! 🙂

  15. Ria says:
    September 6, 2015 at 7:16 pm

    maa kurui part? mihaaru lahun genes dheythee heekurin varah dhiguvaane kamah. ehenve v ufalun kiyan feshy?

    1. jana says:
      September 6, 2015 at 8:21 pm

      Really sorry Ria. jana ah neyngi mibaives kuruvy 🙁 dhen anna bai rangalhu kureveytho balaanan In Sha Allah 🙂

  16. Yoon says:
    September 6, 2015 at 7:18 pm

    dhn part eh dhigukoh or avas kurevidhaane tha?? v ufaavaane?

    1. jana says:
      September 6, 2015 at 8:22 pm

      hmm Yoon. Balaany In Sha Allah 😀

  17. nukko says:
    September 6, 2015 at 7:22 pm

    V v v rythi.Mashaallah…. nukko ah hama rovunyy janaa.. karuna eh nuhuttunu.. allheyy jana dhen Wednesday ga dww … waiting impatiently… rovenyy 🙁

    1. jana says:
      September 6, 2015 at 8:25 pm

      keevve roveny Nukko? 🙁 i would love it if i could help you….. dhen anna bai Tuesday ga In Sha Allah 🙂

  18. aria says:
    September 6, 2015 at 7:59 pm

    Vvv reethi mi part ves…waiting for the next part…

    1. jana says:
      September 6, 2015 at 8:26 pm

      Alhamdhulillah! 🙂 dhen oiy bai Tuesday ga In Sha Allah 🙂

  19. jana says:
    September 6, 2015 at 8:34 pm

    Assalam’alaikum! mihaathanah ai iru ethah kiyuntheringe faraathun jana ge ehy beynun vaa vaahaka ivumun jana haqeeqathuga varah ufaavi. jana ves beynun varah ehyvaan. ehy veven oiyvva ehy nuve hunnakah beynumeh noon.
    jana mi hurihaa dhuvahu viber group ah join nukoh hury jana ge number maa gina meehunnah engidhaanethy. ekamaku e noon gotheh mihaaru fenijje Alhamdhulillah! mi site ge matheegai huri ishthihaarun e fennany site ge admin ge numberu. jana aa vaahaka dhakkan beynun vaa kiyuntheriaku admin ge faraathun jana ge numberu hoadhanvy In Sha Allah
    mi furusathu jana hulhuvaalany hamaekani Ukhthunnah. ey baivaru sababuthakattakai. eh sababaky jana dhekey gothuga anhen kujjakah emme rangalhu naseyhaiy dheveyny anhen kudhinnah. anhen kudhinna firihen kudhinnaky visnumuge gothunves varah thafaathu baeh.
    jana aa ekuverivaan beynunvaa hurihaa Ukhtunnahves varah bodah maruhabaa! 🙂

  20. zai says:
    September 6, 2015 at 9:13 pm

    Insha allah v furihama mi partvex..waitting 4 nxt part..jana ur the best

    1. jana says:
      September 7, 2015 at 9:27 am

      Allah is Greater and i am who i am only because of Him. Alhamdhulillah! 😀

  21. maashal says:
    September 6, 2015 at 9:38 pm

    Mi part vx vvv rythi ..

    1. jana says:
      September 7, 2015 at 9:27 am

      Alhamdhulillah! 🙂

  22. Saamee says:
    September 6, 2015 at 10:37 pm

    Vvvvvvvvv salhi.. heevanee vaahakaige thereiga ulhevei hen..hehe

    1. jana says:
      September 7, 2015 at 9:28 am

      hehe….Alhamdhulillah! 😀

  23. Shany says:
    September 6, 2015 at 10:41 pm

    jana plx answr this question. jana aee aslu nan tha?? plx du answr!! this is for you??????

    1. jana says:
      September 7, 2015 at 9:32 am

      hehe….jana bribe kurytha thi maa thakakun? 😛 jana ey aslu nan. jana ah jana ge nan reethi. ehenvyma foruvaakah beynumeh noon. 😀

  24. Meera says:
    September 7, 2015 at 12:35 am

    Yunus ah ae liyun fenumuge kurin kudako hinhama nujejehi lov rom n hinhamanujehi type kuda masalaye genainama. Hehe. I ws expectng sumthng like dat.
    Welldone nasra. Full marks mi baya.

    1. jana says:
      September 7, 2015 at 9:33 am

      hehe….jana ehen nehedhy beykaaru massalathah maa ginavedhaanethy ingey meera? 😀 Alhamdhulillah full marks libunu kamahtakai 😀

  25. NASRA says:
    September 7, 2015 at 11:20 am

    ANEHBAIGA NASRA GE BAII EHKON NINMALAHCHEY!l:)WARAG SALHI..:)

    1. jana says:
      September 8, 2015 at 9:30 pm

      Nasra ge bai nimma nulevunu nasra 😛 thankolheh dhiguveema. Alhamdhulillah! 😀

  26. NASRA says:
    September 7, 2015 at 11:20 am

    WARAH**

  27. me says:
    September 7, 2015 at 5:57 pm

    jana hithadhu tha??

    1. jana says:
      September 8, 2015 at 9:31 pm

      Hithadhoo eh noon 🙂

  28. Zyn says:
    September 7, 2015 at 6:08 pm

    Assalaam alaikim. Jana Mi vaahaka genesdhenee hafthaage kon dhuvass thakehga tho.

    1. jana says:
      September 8, 2015 at 9:32 pm

      Wa’alaikumussalam. ‘aammu gothegga dhe dhuvahun ehdhuvahu genesdheveytho balan. ekamaku genes nudheveynehen heevanya jana bunan. qavaaidhun up kuramun gendheveytho masakkaiy kuraanan In Sha Allah 🙂

Comments are closed.

Next Episodeހިޖުރަ (ތޭވީސްވަނަ ބައި)←


All Right Reserved!