Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ދިމްޔާ (12 ވަނަ ބައި)

Eemyaa
September 7, 2015
8 Mins Read
52 Comments

އެރަށަކީ އީމަން ދުވަހަކުވެސް ނުދާ ރަށަކަށްވުމުން ބީރައްޓެހިކަމާއިއެކު އެކިދިމަދިމާއަށް ނަޒަރު ހިންގަމުން ގޮސް ބުކްޝޮޕާއި ދިމާއަށް ބަލާލެވުނެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ބުކްޝޮޕްތެރޭގައި ހުރި އަންހެންކުއްޖާއެވެ. އީމަން ފަރުވާތެރިކަމާއިއެކު އެކުއްޖާގެ ޙަރަކާތްތަކަށް ބަލާލިއެވެ. ފޮތްހަރުގަނޑެއްގައި ބަރިބަރިއަށް ޖަހާފައި ހުރި ފޮތްތައް ވަކިވަކިން ބަލަމުން ދިޔައިރު އެކުއްޖާގެ މޫނުމައްޗަށް ތަފާތު ކުލަތައް ވެރިވަމުން ދިޔައެވެ. ބަލާބެލުމަށް ބާވީސްވަރަކަށް އަހަރުގެ ކުއްޖެއްހެން ހީވިޔަސް އުޅޭއުޅުމުން ހީވަނީ ބާރަވަރަކަށް އަހަރުގެ ކުޑަކުއްޖެއްހެންނެވެ. އެއްބަރި ބަލާލުމަށްފަހު ތުންކޮޅު އޫކޮށްލުމަށްފަހު އަނެއްފޮތްބަރި ބަލާލައެވެ. ހީވާގޮތުން އެއުޅެނީ ބޭނުންވާ ފޮތެއް ނުފެނިގެންނެވެ. ދެންފެނުނީ ފޮތެއް އަތަށްލުމަށްފަހު ކުޑަކޮށް ފުންމާލިތަނެވެ. ބަނަކޮށްލައިގެން ހުރި މޫނުވެސް އެއްފަހަރުން އުޖާލާވެ ކުޑަކުޑަ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. އެކުއްޖާގެ އުޅުން ހުރި ގޮތުން އީމަންގެ ހިތުގައި އެކުއްޖާއާއިމެދު ޝައުގުވެރިކަން އުފެދުނެވެ. އާޔަން އަދިވެސް ނާންނާތީ އީމަން ވިސްނާލުމަށްފަހު ބުކްޝޮޕަށް ވަނެވެ.

އެތަނަށް ވަންގޮތަށް އޭނާ މިސްރާބު ޖެހީ އެއަންހެން ކުއްޖާ ހުރި ދިމާއަށެވެ. އޭރު އެކުއްޖާ ހުރީ އަޙްމަދު ޝަފީޢުގެ ހަތްފިޔަ ސިލްސިލާގެ ތިންވަނަ ފޮތް ހިފައިގެން އޭގެ ބޭރުގަނޑުގައިވާ ޚުލާސާ ކިޔާށެވެ. އެތަން ކިޔާ ނިމުމުން ފޮތުގައި ހިއްޕާފައިވާ އަގުކޮޅަށް ބަލާލުމަށްފަހު އަތުގައި ހުރި ފައިސާތައް ގުނާލިއެވެ. އެއަށްފަހު އަނެއްކާވެސް ތުންކޮޅު އޫކޮށްލަމުން އެފޮތް އަނބުރާ ހަރުގަނޑަށް ލިއެވެ.

“އެފޮތް ގަންނަ ވަރަށް އަތުގައި ފައިސާ ނެތީތަ….؟؟؟” އެކުއްޖާގެ ހަރަކާތްތަކަށް ބަލަން ހުރެފައި އީމަން އަހާލިއެވެ. އެކުއްޖާ ދިޔައީ ސިހިގެންނެވެ. އެތާ އީމަން ހުރިކަން ކުރިން އެކުއްޖާއަށް ނޭނގުނީމަ ކަމަށް ވެދާނެއެވެ. އެކުއްޖާ އަނގައަކުން ނުބުނެއެވެ. ހުރިހާ ދަތްތަކެއް ފެންނަވަރަށް ހެވިލައިގެން ހުރި އީމަން އަށް ބަލަހައްޓައިގެން ހުރީއެވެ.
“ކިހިނެއްވީ މާވަރަކަށް ތިބަލަނީ….؟؟؟ އަހަރެން މާރީތީތަ….؟؟؟” ފޮތްހަރުގަނޑުގެ ކަނުގައި ލެނގިލަމުން ހަށަންބަނދެލައިގެން ހުރެ އީމަން އަހާލިއެވެ.
“މިތާކަށް އިސްތިހާރު ކުޅޭ މީހެއް ބޭނުމެއް ނުވޭ… އިސްތިހާރުކުރުމުގެ ބޭނުމެއް ނެތް…؟؟؟” ހަމައެގޮތަށް ބަލަހައްޓައިގެން ހުރެ ތުންއަނބުރާލަމުން އެކުއްޖާ ބުނެލިއެވެ.
“ހާދަ ނުގުޅޭ ޖަވާބެއް ތިދިނީ… އަހަންނަކަށް ނުވިސްނުން ތިބުނި އެއްޗެއް.. ތަންކޮޅެއް ތިލަކޮށް ބުނެލަދީފާނަންތަ..؟؟ އެކުއްޖާ ބުނިއެއްޗެއް ނުވިސްނުމުން އީމަން ބުނެލިއެވެ.
“ދަތްތައް އިސްތިހާރު ނުކުރިޔަސް ތިދަތްތައް ހުދުކަން އެނގެއޭ… ކާކަށް ދައްކަންތަ ދަތްތައް ސޭލް އަޅުވާލައިގެން ތިހުންނަނީ…؟؟؟” ތަންކޮޅެއްބާރަށް ރުންކުރު ގޮތަކަށް އެކުއްޖާ ބުނެލިއެވެ. އީމަންގެ ގާތަށް އައީ ހިންޏެވެ.
“ދައްކަން އުޅުނީ އެހެންމީހަކަށް… އެކަމް ފެނުނީ ތިކުޑަކުޑަ ކުއްޖާއަށްވިއްޔަ…. އަހަރެން ކީއްކުރާނީ….؟؟؟ ތިކުއްޖާ ނުވާނެއެއްނު ބަލައިގެނެއް….” ހެމުން ހެމުން އީމަން ބުނެލިއެވެ.
“ކީއްވެ އަހަންނާ ދިމާއަށް ކުޑަކުއްޖެކޭ ތިބުނީ….؟؟؟” ދެލޯ ބޮޑުކޮށްލަމުން އެކުއްޖާ އަހާލިއެވެ.
“ކުޑަކުދިން އުޅޭހެން ތިއުޅެނީ…. އަނެއްކާ މިތާ ލޯބީގެ ރީތި ވާހަކަތައް ހުއްޓާ ކިޔަންވެސް ތިނެގީ ކުޑަކުދިންގެ ވާހަކައެއްވިއްޔަ….” ހިނިގަނޑެއް ޖަހާލަމުން އީމަން ބުނެލިއެވެ. އީމަން އެހެން ބުނުމުން އެކުއްޖާ ރުޅިގަދަވެގެން އީމަން އާއި ދިމާއަށް އިނގިލި ދިއްކޮށްލަމުން އެއްޗެއް ބުނަން އުޅުން ވަގުތު އެތަނަށް އެހެން އަންހެން ކުއްޖަކު އައުމުން ހިމޭންވިއެވެ.
“ނުނިމޭތަ އަދިވެސް… ދެން ހިނގާ ދާން…..” ފަހުން އައި އަންހެންކުއްޖާ ބުނެލިއެވެ.
“ރައު އަތުގައި ފައިސާ އެބަހުރިތަ….؟؟؟” ކުރިން އެތާގައި ހުރި އަންހެންކުއްޖާ މިހެން އަހާލުމުން ފަހުން އައި ކުއްޖާ ނޫނެކޭ ބުނެ ކިހިނެއްވީތޯ އަހާލިއެވެ.
“މިފޮތް ގަންނަވަރަށް ފައިސާ ހަމަނުވެގެން…. މީގެ އެންމެ ފޮތެކޭ އިނީވެސް…” އެކުއްޖާ ގަންނަން ބޭނުންވެގެން އުޅުން ވާހަކަފޮތް ދައްކާލަމުން ބުނެލިއެވެ.
“އަހަރެން ދީފާނަން ތިފޮތް ގަންނަ ވަރަށް ފައިސާ…” ދެފަހަރު ދެކުދިންގެ މޫނަށް ބަލާލަމުން އީމަން މިހެން ބުނެލީ ކުރިން އެތާހުރި ކުއްޖާއަށް އެއްލޯ މަރާލަމުންނެވެ.
“ހުއް… އަހަރެން ނޫޅެން ކަލޭދޭ ފައިސާއެއްގައި ހިފާހިތަކުން…. ރައު ހިނގާ ދާން….” މިހެން ބުނެފައި އީމަންއަށް ލޯއަޅާލަމުން ފަހުން އައި އަންހެން ކުއްޖާގެ އަތުގައި ހިފައިގެން އެކުއްޖާ ބޭރަށް ނުކުތެވެ. އެމީހުން ދިޔަ ދިމާއަށް ބަލަހައްޓައިގެން އީމަން ހުރީ ހެވިފައެވެ. ބުކްޝޮޕުން ނުކުންނަމުން އީމަން ނުކުތީ އެކުއްޖާ ގަންނަން އުޅުން ފޮތް ގަނެގެންނެވެ.

“އެއީ ކާކު…….. ދަންނަ ކުއްޖެއްތަ…..؟؟؟؟” ބުކްޝޮޕުން ނުކުތްގޮތަށް ދިމްޔާގެ ގާތުގައި ރައުނާ އަހާލިއެވެ.
“ނޭނގެ އަހަންނަކަށް…. އަހަރެން އެތާ ހުއްޓާ އައިސް ވާހަކަ ދައްކަން ފެށީ…. ރައު އަކަށްވެސް ނޭނގޭތަ އެއީ ކާކުކަމެއް…..؟؟؟” ދިމްޔާ މިހެން އަހާލުމުން ރައުނާއަށްވެސް އޭނާ ނޭނގޭ ކަމަށް ބުނެލިއެވެ.
“ވަރެއްގެ މީހެއް… އަނގަ ގަދަ މިތުރަކަށްވުރެ އޭނަގެ ކަންތައް ބޮޑު…. މުޅި ދުވަސް ޚަރާބު….” ދެފަރާތަށް ބޯހޫރާލަމުން ދިމްޔާ މިހެން ބުނުމުން ރައުނާ ހީލިއެވެ.
“ދުވަސް ޚަރާބެއް ނުވާނެ…. ހިނގާ އަހަރެންގެ މާމަގެއަށް ހުތްއަނބު ބިންނަންދާން….” މިހެން ބުނެފައި ދިމްޔާގެ އަތުގައި ހިފައިގެން ރައުނާ ހިނގައިގަތީ ކުރިމަތިން ކަނާތަށް އޮތްމަގުންނެވެ.

އާޔަންމެން ގެއަށް ދިޔައިރު އާޔަންގެ މަންމަ އަތީފާ އިނީ ބަނބުކެޔޮގަސްދޮށުގައި ބަހައްޓާފައި ހުރި ޖޯލީގައެވެ. އަތީފާއަށް އާޔަންމެން ފެނުމުން އެމީހުނަށް ހިނިތުންވެލަމުން ޖޯލިން ތެދުވިއެވެ.
“މަންމާ… ކޮބާ ކޮއްކޮ….؟؟؟؟ އޭނަގާތު ބުނިންތަ އަހަރެން އަންނަވާހަކަ….” ޖޯލީގައި ދަބަސް ބެހެއްޓުމަށްފަހު މޯޅިއަކަށް ދެމިލަމުން އާޔަން އަހާލިއެވެ.
“ރައްޓެހި ކުއްޖަކާއެކީ ބޭރަށްގޮސްވީ…. ދަރިފުޅު ނުބުނާށޭ ބުނީމަ މަންމަ ނުބުނަން….” ހީލަމުން އަތީފާ ވާހަކަދެއްކިއެވެ. އާޔަން އަތީފާއަށް އީމަން ތަޢާރަފްކޮށްދިނުމުން އަތީފާއާއި އީމަން އެކަކު އަނެކަކަށް ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

“އެގަހުގައި ވަރަށް ބައިވަރު އަނބު އެބަހުރިދޯ…..” އަނބުކޮތަޅު ހިފައިގެން ގެޔަށް ވަންނަމުން ދިމްޔާ ބުނެލިއެވެ.
“މާޔާ މަޑުކުރޭ މިތާ…. އަހަރެން އަންނާނަން ވަޅިއަކާއި ތަށްޓެއް ހިފައިގެން….” ދިމްޔާގެ ގާތުގައި ޖޯލީގައި އިށީނުމަށް ބުނެފައި ރައުނާ ހިނގައިގަތީ ގޭތެރެއަށެވެ.
“ދޮންބޭ….” ވަޅިބަލަން ބަދިގެއަށް ވަން ވަގުތު ކާމޭޒުދޮށުގައި އިން އާޔަން ފެނުމުން ރައުނާއަށް އުފަލުންގޮސް ހަލޭލަވައިގަނެވުނެވެ.
“ދޮންބެގަނޑާ… ކީއްވެތަ އަންގާވެސްނުލާ ތިއައީ….؟؟؟” މިހެން ބުނެފައި އާޔަންގެ ގާތަށް ދިޔަ ރައުނާ މަޑުޖެހިލީ މޭޒުދޮށުގައި އިން އީމަން ފެނުމުންނެވެ. އީމަން ފެނުމުން އެއީ ބުކްޝޮޕުން ދިމާވި ޒުވާނާކަން ރައުނާއަށް އެނގުނެވެ. އީމަންއަށްވެސް ރައުނާ ފެނުމުން ބުކްޝޮޕުން ދިމާވި ހަނދާންވުމުން ރައުނާއަށް ހީލިއެވެ.

“ރައު… މީ އީމަން…. ދޮންބެގެ ވަރަށް ގާތް އެކުވެރިއެއް…. ބޮޑު ޢީދު މިރަށުގައި ހޭދަކޮށްލަން އެއައީ…” ރައުނާ އީމަންއަށް ބީރައްޓެހި ގޮތަކަށް ބަލަހައްޓައިގެން ހުރުމުން އާޔަން ރައުނާއަށް އީމަން ތަޢާރަފްކޮށްދިނެވެ.
“ދރިފުޅާ ރައުނާ…. ދޮންބެމެން ކެއީމަ ތަށިތައް ނަގާދެއްޗޭ… މަންމަ މިދަނީ މާމަގެއަށް ދާން….” ރައުނާ އާނއެކޭ ބުނުމުން އަތީފާ ދިޔައީއެވެ.
“ރައު… އަދިވެސް ވަޅިއެއް….” ބަދިގެ ވަންނަން އައި ދިމްޔާ އޭނާގެ ޖުމްލަ މެދުކަނޑާލީ ދޮރާ ކުރިމަތިވާގޮތަށް މޭޒުކައިރީގައި ކާން އިން އާޔަން އާއި އޭނާއަށް ފުރަގަސްވާގޮތަށް އިން ޒުވާނާ ފެނުމުންނެވެ.
“ކީއްވެ ތިތާ ތިހުރީ…. އާދެބަލަ… މީ އަހަރެންގެ ދޮންބެއޭ….” ދިމްޔާ ދޮރުމަތީގައި މަޑުކޮށްލައިގެން ހުރުމުން ރައުނާ ދިމްޔާއަށް ގޮވިއެވެ. ދިމްޔާ މަޑުމަޑުން އައިސް މޭޒުދޮށުގައި މަޑުކޮށްލިއެވެ. ދެން ވެސް އޭނާ ދެން އިން ޒުވާނާއަކަށް ބަލައެއް ނުލައެވެ.
“ދޮންބޭ މީ އަހަރެން އޭލެވެލް ހެދިއިރުގައި އެއްކުލާހުގައި އުޅުން ކުއްޖެއް….. ދިމްޔާ… އެކަމަކު ލޯބިން ކިޔަނީ މާޔާ….” ރައުނާ ދިމްޔާއާއި އާޔަން އެކަކު އަނެކަކަށް ތަޢާރަފްކޮށްދެމުން ދިމްޔާވެސް އެރަށަށް އެއައީ ޢީދު ޗުއްޓިއަށް ކަމުގައި ބުނެލިއެވެ.
“އެހެންތަ….؟؟؟ ދިމްޔާ…. މާޔާ… ހާދަ ނުގުޅޭނަމެއް ލޯބިން ތިކިޔަނީ….؟؟؟” އާޔަންއަށް މިހެން އަހާލެވުނީ އެދެނަމުގައި އެހާބޮޑު ގުޅުމެއް ނެތީމައެވެ. އާޔަން މިހެން ބުނުމުން ދިމްޔާ ހީލިއެވެ.
“އެއީ އަހަރެން ކުޑައިރު ސުކޫލްގައި ކުޅުން ތަމްސީލްއެއްގައި އަހަންނަށް ކީނަމެއް…. ދެން އޭގެ ފަހުން މަންމަމެންވެސް އަދި އެކުވެރިންވެސް އަހަންނަށް ލޯބިން ގޮވާނީ އެނަމުން….” ދިމްޔާ އޭނާއަށް މާޔާ ކިޔުންގޮތް އާޔަންއަށް އޮޅުން ފިލުވައިދިނެވެ.
“އެހެންތަ..؟؟ އެހެންވީމަ މާޔާ ތީ ރައުގެ ސުކޫލް ދައުރުގެ އެކުވެރިއެއްދޯ… މިހާރު އޭލެވެލް ނިމުންފަހުންވެސް ތިން އަހަރުވީއެއްނު… ހާދަ ގާތް އެކުވެރިކަމެކޭ ދޯ ތީ….” އާޔަން ވާހަކަ ދެއްކީ ހިތްހެޔޮކަމާއި އެކު ހިނިތުންވެލައިގެން ކަމުން ދިމްޔާވެސް އާޔަންއަށް ހިނިތުންވެލިއެވެ. އެވަގުތު އޭނާއަށް ދެން އިން ޒުވާނާގެ މޫނަށް ބަލާލެވުނެވެ. އެއާއިއެކު އޭނާގެ ދެލޯ ތަންމިނަށް ހުޅުވާލަމުން ދެލޯ ފުހެލާފައި އަނެއްކާވެސް ބަލާލިއެވެ. އޭރު އީމަންވެސް އިނީ ދިމްޔާއާއި ދިމާއަށް ބަލަހައްޓައިގެން ލާނެއްގޮތަކަށް ހީލައިގެންނެވެ.
“އެންމެފަހުން އަހަރެންގެ ފަހަތުން މިގޭދޮށަށްވެސް އައީ ދޯ…” އެހުރިގޮތަށް ހުރެ އީމަންއާއި ދިމާއަށް އިނގިލި ދިއްކޮށްލަމުން ދިމްޔާ ބުނެލިއެވެ.
“އަޖައިބެއް… އަހަރެން މިތާ އިންދައެއްނޫންތަ ތިކުއްޖާ މިތަނަށް ތިއައީ…. ޕިސް..ޕިސް ބޮއްކުރާދޮށަށް އޮޑި ކަނބަން ފެށީ ދޯ މިހާރު….” ނިއް އަރުވާލަމުން އީމަން މިހެން ބުނުމުން ދިމްޔާ ރުޅިގަދަވާގޮތްވިއެވެ.
“މީ އަހަރެން އުޅޭ ގެއޭ…. އެހެންވީމަ އަހަރެން އަންނާނީ މިގެއަކަށް ނޫންތަ…؟؟ އެހެން ނޫނަސް ބޮއްކުރާދަށަށް އޮޑި ކަނބަނީއޭ ތިބުނީ ކީއްވެ…؟؟؟ އަހަންނޭ ނޫޅެމޭ ކަލޭ ފަހަތުން ދުވާހިތަކުން….” ދެދަތްޕިލަ ޖައްސާ ބާރުކޮށްލަމުން ދިމްޔާ ބެލީ މަޑުން ވާހަކަ ދެއްކޭތޯއެވެ. އެތާގައި އާޔަން އިނުމުންނެވެ.
“އަހަރެންވެސް އުޅެނީ މިގޭގައޭ… ތިކުއްޖާގަނޑު…..” ދިމްޔާއާއި ދިމާއަށް އިނގިލި ދިއްކޮށްގެން އިން އީމަން ބުނަން އުޅުން ޖުމްލަ ހުއްޓާލީ އާޔަން އޭނާގެ އަތުގައި ހިފަހައްޓާލުމުންނެވެ.
“ތިދެމީހުން އެކަކު އަނެކަކު ދަންނަންތަ….؟؟؟؟” ދެފަހަރު ދެމީހުންގެ މޫނަށް ބަލާލަމުން އާޔަން އަހާލީ ވާނުވާ ނޭނގިގެންނެވެ. އާޔަންގެ ގާތުގައި މަޑުކޮށްލައިގެން ރައުނާ ހުރީ ކުޅިބަލަން ހެވިފައެވެ.
“ދަންނާނެއެއްނު…. ބޮޑުސިންގާ މީހެއް ކުޑަކުދިން އުޅޭހެން އުޅެންޏާ އެންމެންގެ ލޮލުގައިވެސް އަޅާގަންނާނެއެއްނު…..” ދިމްޔާއާއި ދިމާއަށް ބަލާލަމުން ގަދަކަމުން ހިނިގަނޑު މަތަކުރަމުން އީމަން ބުނެލިއެވެ. ދިމްޔާގެ ރުޅިވީ ހައްތަހާ ގަދައެވެ.
“ކިހާދެރަކަމެއް…. އަހަރެން ކޮންމެގޮތަކަށް އުޅުނަސް ކަލެއަށް ކީއް….؟؟؟ ހަމަތާކުން މީހަކު ފެންނައިރަށް އައިސް ވާހަކަ ދައްކަން ޖެހޭތަ….؟؟؟” ތުންއަނބުރާލަމުން ދިމްޔާ ބުނެލިއެވެ. ދެމީހުން ކޯޅޭވަރުން ދެފަރާތަށް ބޯހޫރާލަމުން އާޔަން އޭނާގެ އިސްތަށިގަނޑުގައި އަތްފުނާއަޅާލިއިރު ރައުނާ މަޖާވެގެން ހަމަ ހެނީއެވެ.
އީމަން އުޅުނީ ދިމްޔާއަށް ރައްދު ދޭށެވެ. ނަމަވެސް އޭގެ ކުރިން އާޔަން ދާން ހިނގާށޭ ބުނުމުން ދިމްޔާއާއި ދިމާއަށް އެއްލޯ މަރާލުމަށްފަހު އާޔަންގެ ފަހަތުން ހިނގައިގަތެވެ. ދިމްޔާ ދަތްވިކާލަމުން އީމަންއާއި ދިމާއަށް ވައްތަރު ޖައްސާލިއެވެ.
“އޭއި ތިއުޅެނީ އަނބު މަޖާ ހަދަންތަ….؟؟؟ އަހަންނަށް ދެއްޗޭ…. އަހަންނަށް ވަރަށް މީރު އަނބު މަޖާ….” ބޭރަށް ނުކުންނަން އެޅި ފިޔަވަޅާއިއެކު ރައުނާ އަނބުތައް ދޮންނަން ހުރިތަންފެނުމުން އީމަން އަހާލިއެވެ. ރައުނާ ހީލަމުން ބޮލުގެ އިޝާރާތުން އާނއެކޭ ބުނެލިއެވެ.
“ނުލިބޭނެ…. އަހަރެމެން ހާދަ އުނދަގުލުންނޭ އަނބު ބިނީ….” ދިމްޔާ އަވަސް އަވަހަށް ބުނެލިއެވެ.
“އަހަރެން މިބުނީ ރައު ކައިރީގައޭ…. ތިކުއްޖާގަނޑު ކައިރިއަކު ނޫން…..” ދިމްޔާގެ ޖުމްލަ ރަނގަޅަށް ނުނިމެނީސް އީމަން ބުނެލިއެވެ.
“އަނެއްކާ ފެށީ….. ހިނގާދާން….” އީމަންމެން އަނެއްކާވެސް ޒުވާބުކުރަން ފެށުމުން އީމަންގެ އަތުގައި ހިފައިގެން އާޔަން އެތަނުން ނުކުތެވެ.

އީމަންއާއި އާޔަން ގޯތިތެރޭގައި ހުރި ޖޯލީގައި އޮށޯވެލައިގެން ތިބީ އޮލަވާހަކައެއްގައެވެ. ވާހަކައިގައި އިނދެފައި އީމަންގެ ގައިގައި ކޮށްޓާލަމުން ލޮލުގެ އިޝާރާތުން އާޔަން ދައްކާލީ ދެތަށި އަތަށް ލައިގެން އެދިމާއަށް އައި ދިމްޔާއެވެ. އީމަން ދިމްޔާ އަށް ބަލަހައްޓައިގެން އިނީ ހެވިފައެވެ. ދިމްޔާ އައިސް ދެމީހުނަށް ދެތަށި މަޖާ ދިއްކޮށްލިއެވެ. އޭރު ރައުނާ ގޭގެ ދޮރުމަތީގައި މަޑުކޮށްލައިގެން ހުއްޓެވެ.
“އަހަރެން މީ މާޔާނަމަ ނުދޭނަމޭ ކިޔާފައި އެންމެ އެތިކޮޅެއްވެސް ނުދިނީމުސް….” ސަމްސަލުން އަނގަޔަށް މަޖާކޮޅެއްލަމުން އާޔަން ބުނެލިއެވެ.
“ކީއްކުރާނީ…. އަހަރެންގެ ހިތަށް ކެތްނުވީ ހަމަ އެތިކޮޅެއް ނުދީ…. ދެންވެސް ބަލަން ނީނދެ ކާންފަށާބަލަ….” އީމަން ކާން ނުފަށައި އިނުމުން ދިމްޔާ ބުނެލިއެވެ. އާޔަން އެތިކޮޅެއް ކާލުމުން އީމަންވެސް އޭނާގެ ތަށިން މަޖާކޮޅެއް އަނގަޔަށް ލިއެވެ. އެއާއިއެކު އޭނާ ކުޅިވެގެން “ޗޫސް” ދަމަން ފެށިއެވެ.
“ސާބަސް އިމޫ…. ކީއްވެ މާވަރަކަށް “ޗޫސް” ދަމަނީތި…؟؟ މީތި ކުޅިއެއްވެސް ނޫނެއްނު…. މިއަދު ކޭ ރިހަވެސް މިއަށްވުރެ ކުޅި….” އާޔަން ހެމުން ހެމުން މިހެން ބުނެލުމުން އީމަން އަނެއްކާވެސް މަޖާކޮޅެއް ކާލިއެވެ. އެއާއިއެކު އޭނާގެ ދެލޮލުން ފެން އަންނަންފެށިއެވެ. ކުރިމަތީ މަންޒަރު ބަލަން ހުރި ދިމްޔާއަށް އޭނާގެ ހިނިގަނޑު ކޮންޓްރޯލް ނުވެގެން ހޭންފެށިއެވެ. އާޔަންއަށް މިމަންޒަރު ފެނުމުން ދިމްޔާމެން އީމަންގެ މަޖާތަށްޓަށް ގިނައިން މިރުސް އެޅީކަން އެނގުމުން އޭނާގެ ގާތަށްވެސް ހިނިއައެވެ.
“ރައު….. ތަށްޓަކަށް ހަކުރު އަޅައިގެން ގެނެސްދީބަލަ… މިފަކީރު ކުޅިވެގެން ހޭނެތިދާނެ….” ނުހޭން މަސައްކަތް ކުރަމުން ދިމްޔާ މިހެން ގޮވާލުމުން ރައުނާ ތަށްޓެއް ހިފައިގެން ދުވެފައި އައެވެ. އޭނާހުރީ މާކުރިންވެސް އެކަމަށް ތައްޔާރުވެގެން ކަހަލައެވެ. އީމަން އަވަސްއަވަހަށް ރައުނާގެ އަތަށް މަޖާތަށި ދެމުން އޭނާގެ އަތުގައި ހުރި ހަކުރުތަށިން އެތިކޮޅެއް އަނގަޔަށް ލިއެވެ. އެވަގުތު ލީ ރަހަޔަކުން “ޗުސް” ކިޔާފައި އަނގައިގައި ހުރި އެއްޗެހިތަކާއިއެކު އީމަން ކުޅުޖެހިއެވެ.
“ހުސް ލޮނު….” އަނގަ ޗޭކޮށްލަމުން އީމަންއަށް ވީގޮތް ފެނިފައި ދިމްޔާއާއި ރައުނާ އެއްފަހަރާ ހޭންފެށިއެވެ. ނުހޭން މަސައްކަތް ކުރިކަމުގައި ވިޔަސް އީމަން ހުރިގޮތް ފެނިފައި އާޔަންއަށްވެސް ހެވުނީއެވެ. ދިމްޔާ ދުވެފައި ގޭތެރެއަށް ވަނެވެ. ދެން ފެނުނީ ކުޑަ ފެންފުޅިއެއް ހިފައިގެން އައިސް އީމަންއަށް ދިއްކޮށްލި ތަނެވެ.
“ތިއަށްވެސް ތިހުރީ ކޮންމެވެސް ގޮތެއް ހަދާފަ…. އަހަންނެއް ތިއެއް ނުބޯނަން….” ފާޑަކަށް ފެންފުޅިއާއި ދިމާއަށް ބަލާލަމުން އީމަން ބުނެލިއެވެ.
“މިފަހަރު އެއްވެސް ގޮތެއް ނުހަދަން… އަސްލުވެސް…” އަނެއްކާވެސް ފެންފުޅި ދިއްކޮށްލަމުން ދިމްޔާ މިހެން ބުނުމުން އީމަން ފެންފުޅި ޖަހައިގެންފާ އޭގެން ކޯވަރެއް ބޯލިއެވެ. އީމަންއަށް ހިންދަމާލެވޭވަރުވީ ފެން ފުޅި އެކީ ހުސްވުމުންނެވެ. ދިމްޔާއާއި ރައުނާ ހެމުން ހެމުން ގެއަށް ވަނެވެ. އެވަގުތު ގޯތިތެރެއަށް ވަދެގެން އައި އަތީފާއަށް މިމަންޒަރު ފެނުމުން ކިހިނެއްވީތޯ އަހާލިއެވެ.

“ވަރަށް ލާނެއް ދެކުދިން އެއީ… އަހަންނަށްވެސް ހުންނާނީ އަބަދުވެސް ކޮންމެވެސް ޖެއްސުމެއް ކޮށްލަ ކޮށްލާ….” އާޔަން ވީގޮތް ކިޔައިދިނުމުން ހީލަމުން އަތީފާ ބުނެލިއެވެ.
“އަހަރެންވެސް ބަލާނަމޭ ޖެއްސުން ކުރެވެނީ ކާކަށްތޯ….” އުނގަނޑުގައި އެއްއަތް ވިއްދާލަމުން މިހެން ބުނެފައި އީމަންވެސް ގޭތެރެއަށް ވަނެވެ.

އެދުވަހުގެ ހަވީރުގެ ވަގުތެވެ. ދިމްޔާމެން ބަށިކުޅޭތަން ބަލާލާފައި އައިއިރު އާޔަންމެން ތިބީ ގޭގެވަށާ ރާނާފައިވާ ފާރުމަތީ އިށީނދެލައިގެން ކުންނާރުކާށެވެ.
“ދޮންބޭ… ދީބަލަ ކުންނާރެއް…” އާޔަންގެ ގާތަށް ޖެހިލަމުން ރައުނާ މިހެން ބުނުމުން އާޔަން އޭނާގެ އަތުގައި އޮތް ކުންނާރު ރައުނާއަށް ދިނެވެ.
“އަހަންނަކަށް ނެތްތަ….؟؟؟” ދިމްޔާވެސް އާޔަންގެ ގާތަށް ޖެހިލަމުން މިހެން އަހާލުމުން އާޔަން ހުސްއަތް ދައްކާލީ އޭނާގެ އަތުގައި ނެތޭ ބުނަމުންނެވެ. ދިމްޔާ ދެން ބަލާލީ އީމަންއާއި ދިމާއަށެވެ.
“ބޭނުންތަ…؟؟؟” އަތުގައި އޮތް ކުންނާރު ދައްކާލަމުން އީމަން އަހާލިއެވެ. ދިމްޔާ ބޮލުގެ އިޝާރާތުން އާނއެކޭ ބުނެލިއެވެ.
“އަހަރެންގެ އަތުން ކާންވާނީ…. އަޅޭ ލޯމަރާލާފަ އަނގަ ހުޅުވާލަބަލަ….” އީމަން މިހެން ބުނުމުން ކުންނާރު ކާހިތްއޮތްލެއް ބޮޑުކަމުން އީމަން ބުނިގޮތަށް ދިމްޔާ ކަންތައް ކުރިއެވެ. އީމަން އޭނާގެ އަނެއް އަތުގައި އޮތް އެތި ދިމްޔާގެ އަނގަޔަށް ލުމާއިއެކު ދިމްޔާ ހަފާލިއެވެ.
“އައްޗީޑި….” ދެވަނަ ސިކުންތުގައި އަނގައިގައި އޮތްއެތި އެއްލާލާފައި ދިމްޔާ ދުއްވައިގަތީ ގޭތެރެއަށެވެ. ރައުނާވެސް ދިމްޔާގެ ފަހަތުން ދުވެފައި ދިޔައެވެ.
” ހަހަހާ… އަހިވަކުގެ މީރުކަން މިޔަދު ރަނގަޅަށް އެނގޭނެ …” ދިމްޔާ ދިޔަ ދިމާއަށް ލާނެއް ގޮތަކަށް ހީލައިގެން ބަލަން ހުރެފައި އީމަން މިހެން ބުނުމުން އާޔަންވެސް ހޭންފެށިއެވެ.
ދިމްޔާއަށް ފާހާނާއާއި ހަމައަށް ދެވުނީ ހަމަކިރިޔާއެވެ. ހޮޑު ލެވިއްޖެއެވެ. އެތައް އިރެއް ވަންދެން ހޮޑުލުމަށްފަހު ދިމްޔާ ހިންދެމެލިއެވެ.
“މިހާރު ރަނގަޅުތަ….؟؟؟” ދިމްޔާއަށް ފެންތަށި ދިއްކޮށްލަމުން ރައުނާ މިހެން އަހާލުމުން ބޮލަށް އުނދަގޫވެފައި ހުރި ވާހަކަ ބުނަމުން ދިމްޔާ ފެންތަށިން ކޯވަރެއް ބޯލިއެވެ.

އެރޭގެ ވަގުތެވެ. އިޝާނަމާދުކޮށްލައިގެން ދިމްޔާ ކޮޓަރިން ނުކުތްއިރު އީމަންވެސް ގޭތެރެއަށް ވަދެގެން އަންނަނީއެވެ. ހަވީރު އީމަން ކަންތައް ކުރިގޮތުން ދިމްޔާ ހުރީ ރުޅިއައިސްފައެވެ. އެހެންކަމުން އީމަންއަށް ލޯއަޅާލުމަށްފަހު އޭނާ ގޮސްވަނީ އަތީފާގެ ކޮޓަރިއަށެވެ. ދިމްޔާ ދިޔަދިމާއަށް ބަލަހައްޓައިގެން އީމަންއަށް ހުރެވުނީ ފުރަތަމަ ފަހަރަށް ދިމްޔާގެ ރީތިކަން ފާހަގަކުރެވުމުންނެވެ. މިއަދު އެއްކޮށްހެންކަހަލަ ގޮތަކަށް ދިމްޔާއާއި ޖަދަލު ކުރަން އުޅެން ހަދައިގެން އީމަންއަށް ދިމްޔާގެ ރީތިކަން ފާހަގަނުވީއެވެ. އީމަން އެހެން ހުއްޓާ ބާމުފުޅިއެއް ހިފައިގެން ދިމްޔާ އަތީފާގެ ކޮޓަރިން ނުކުތެވެ. އީމަން ފަރުވާތެރިކަމާއިއެކު ދިމްޔާއަށް ބަލާލިއެވެ. ވިލުނޫކުލައިގެ އަތްދިގު ޓީޝާޓަކާއި ހުދުކުލައިގެ ތިރިއަށް ފުޅާ ސްކާޓެއްގައި ދިމްޔާ ފެންނައިރު ނުހަނު ހިތްގައިމެވެ. މުށިކުލައިގެ ދިގު އިސްތަށިގަނޑު އޮތީ ފަހަތަށް ގެންގޮސް އައްސާފައެވެ. ކުރުއިސްތަށިތައް ކަންފަތް ކައިރިއަށް ލައްވާލާފައި ހުރިއިރު ކަންފަތުގެ ފޫޅުބުޑުގައި ވިލުނޫކުލައިގެ ތަރި ޑިޒައިނަށް އިން ކަންފަތުލާއެތިކޮޅެއް ހަރުކޮށްފައިވެއެވެ. ކަރުގައި ހިމަހިމަ ރަންފަށެއް އަޅާފައި އޮތްއިރު އެފަށުގައި “ޑީ” އަކުރު ޖެހި ފަށުފުލެއް ލާފައި އޮތެވެ. އެއްވެސް ބިއްސެއް އޮށާޅައެއް ނުވާ ދޮންމޫނެކެވެ. ދިގު އެސްފިޔަތަކުގެ ސަބަބުން އެބޮޑުދެލޯ އިތުރަށް ރީތިހެން ހީވެއެވެ. އީމަން ދިމްޔާއަށް ބަލަން ހުރީ އާޝޯހުވެފައެވެ.
އީމަން ސިހިގެން ދިޔައީ ކައިރިއަށް އައިސް މަޑުކޮށްލި އާޔަން ކަރުކެހިލުމުންނެވެ. އޭރު އީމަންއާއި ދިމާއަށް ތުން އަނބުރާލުމަށްފަހު ދިމްޔާ އޭނާގެ ކޮޓަރިއަށް ވަންނަނީއެވެ.
“އޭ ރޯމިއޯ…. ކިހިނެއްވެފައި މިތާ އަނގަމައްޗަށް ނެގިފައި ތިހުރީ….؟؟؟” އީމަންގެ ކޮނޑަށް އަތްލައިގެން ހުރެ ބޮޑުކޮޓަރިއާއި ދިމާއަށް ދަމުން އާޔަން މިހެން އަހާލުމުން އީމަން ހިނގަނޑެއް ޖަހާލިއެވެ.
“އެމަންޖެ ރީތިކަމުން ބަލަހައްޓައިގެން ހުރެވުނީ….” ސޯފާގައި އިށީންނަމުން މަޖާވެލާފައި ބުނިނަމަވެސް އީމަން ހާމަކުރީ ޙަޤީގަތެވެ.
“އަހަންނަށް އޭރުވެސް ހީވިއޭ…. ދެން އެހާ ރީތީއާއި ލޯބި ހުށަހަޅަންވީނު… އެކަމް ލޯބިހުށަހެޅުމުގެ ބަދަލުގައި އިމޫ ތިއުޅެނީ އޭނަ ރުޅިއެރުވޭތޯއެއްނު….” ޓީވީ ހުޅުވާލަމުން އާޔަންބުނެލިއެވެ.
“ކީއްކުރާނީ… އޭނަ ފެންނައިރަށް ހަމަ ރުޅިއަރުވާލާ ހިތްވަނީ… އަނެއްކާ އޭނަވެސް އެހާ ސަމާސަ ބޮޑު… ހިޔެއް ނުވެ ދުވަހަކު ސީރިޔަސް ވާނެހެއްނެއް….” ދެކެވެމުން ދިޔަ ވާހަކަޔާއި ގަޔާވެފައި އިނދެ އީމަން ބުނެލިއެވެ.
ތިހެން ބުނާކަށް ނޭނގޭނެ…. އެކަހަލަ ކުދިން މާފަސޭހައިން ރުޅިގަދަވެފައި ސީރިޔަސްވާނެ….” އީމަން ބުނި ވާހަކައާއިމެދު އިރުކޮޅަކު ވިސްނާލަން އިނުމަށްފަހު އާޔަން ބުނެލިއެވެ.

އާދައިގެ މަތިން ދިމްޔާއަށް ހޭލެވުނީ ފަތިސް ނަމާދު ބަންގީގެ އަޑަށެވެ. ތެދުވެ މޯޅިއަކަށް ދެމިލުމަށްފަހު ގާތުގައި އޮތް ރައުނާއަށް ގޮވާ ހޭލައްވާލުމަށްފަހު ފާހަނާއަށް ވަދެ ވުޟޫކޮށް ހަދައިގެން ނަމާދުކުރުމަށްފަހު ޤުރުއާން ކިޔަވަން އިނެވެ. ދޫނިސޫފާސޫފީގެ އަޑާއި ކައިރި ގޭގެއިން ކުޑަކުދިން ރޯއަޑު އިވެންފެށުމުން އިރުއަރައިފިކަން ޔަޤީންވުމުން ޚަތިމް ބޭއްވުމަށްފަހު އޭނާ ދިޔައީ ބަދިގެއަށެވެ. އޭރު އަތީފާ ރޮށިފިހަންވެގެން ފުށްގަނޑުމޮޑެން ތައްޔާރުވަނީއެވެ. ދިމްޔާ ފެނުމުން ހިނިތުންވެލުމަށްފަހު ކޮފީތަށްޓެއް ބޯލަންދާށޭ އަތީފާ ބުނެލީ ހިތްހެޔޮކަމާއިއެކީގައެވެ.

“ދައްތަ މިއަދު އަހަންނަށް ކޮފީ ގިރައިދޭންވީނު….” އަތީފާގެ އަތުން ފުށްތަށި އަތުލަމުން ދިމްޔާ ފުށްގަނޑު މޮޑެން ފެށިއެވެ. އަތީފާ ހީލަމުން ކޮފީ ގިރުމައިގެން އުޅުނެވެ.
“މަންމާ އަހަންނަށްވެސް….” އެވަގުތު ބަދިގެއަށް ވަދެގެން އައި ރައުނާއަށް އަތީފާ ކޮފީގިރަން އުޅޭތަން ފެނުމުން ބުނެލިއެވެ.
ދިމްޔާ ރޮށި ފަތުރަން ހުރިއިރު ރައުނާ ހުރީ ރޮށިފިހާށެވެ. ބިސްކޯދު ބޮނޑިއެއް ގަނެގެން ބަދިގެއަށް ވަދެގެން އައި އަތީފާގެ އިތުރުން ދިމްޔާމެން ސިހިފައި ދޮރާއި ދިމާއަށް ބަލާލީ މީހަކު ކަރުކެހެލި އަޑަށެވެ. އޭރު ސޯޓުގެ ދެޖީބަށް އަތް ޖަހާލައިގެން އީމަން ހުރީ ދޮރުކަނީގައި ލެނގިލައިގެންނެވެ. ހެނދުނުގެ ވަގުތު ކަމުން އީމަންގެ މޫނުމަތިން ފެންނަނީ ތާޒާކަމެވެ. ބޮލުގެ އިސްތަށިގަނޑުގައިވެސް ތެތްކަން އެކުލެވިފައިވެއެވެ. ލައިގެން ހުރި ކަޅުކުލައިގެ ޓީޝާޓް ގަޔަށް ހިފިފައިވާއިރު ކަސްރަތީ ހަށިގަނޑާއި އަތުގެ މުލައްދަނޑީގެ ވަރުގަދަކަން ހާމަވާން ހުއްޓެވެ. އީމަން ފެނުމުން ދިމްޔާ އޭނާއަށް ލޯއަޅާލިއެވެ.

“ދައްތާ… ކޮންކަހަލަ މަންޒަރެއްތަ މިފެންނަނީ….؟؟؟ މީ އެހެންނޫނަސް މިގޭތެރޭން ފެންނަ މަންޒަރެއްތަ…؟؟؟” ޖީބުގައިވާ ދެއަތް ނަގާ މޭމަތީ ހުރަސްކޮށްލަމުން އީމަން އަހާލީ ދިމްޔާއަށް ބަލަހައްޓައިގެން ހުރެއެވެ. އޭރު އޭނާގެ ތުންފަތުގައިވަނީ ލާނެއް ހިނިތުންވުމެކެވެ.
“ކޮންކަހަލަ މަންޒަރެއްތަ ފެނުނީ…؟؟؟” ބޮލުގެ އިސްތަށިތައް އަތުން ކޮޅަށް ނަގަމުން އައިސް އީމަންގެ ގާތުގައި މަޑުކޮށްލަމުން އާޔަން އަހާލިއެވެ. އޭރުވެސް ދިމްޔާމެން ތިބީ އީމަންމެންނާއި ދިމާއަށް ބަލަހައްޓައިގެންނެވެ.
“ކޮންވަހެއްތަ އެދުވަނީ….” އާޔަން ނޯއްދަމާލަމުން މިހެން އަހާލުމުން އެހެންމީހުންވެސް އެކަމަށް ސަމާލުވެލިއެވެ.
“މަގޭ ރޮށި….” ރައުނާ ތަވާއަށް ބަލާލިއިރު ކަމަކު ދާކަށް ނެތެވެ. ތަވާމަތީއޮތް ރޮށި އޮތީ އަނދާފައެވެ. ރައުނާ އަވަސްހަރަކާތަކާއެކު ދޭފަތުން ތަވާމަތީ އޮތް ރޮށި ނެގިއެވެ.
“ޕިސް.. ޕިސް… ބާވީސް އަހަރުވީއިރުވެސް ރޮށްޓެއް ފިހެލަން ނޭނގެ ދޯ…. ދީބަލަ ނިކަން މަގޭ އަތަށް…. ރައުއަށްވުރެ މޮޅުވާނެ އަހަރެންވެސް….” ހެމުން ހެމުން ރައުނާއަށް މަލާމާތްކޮށްލަމުން އާޔަން ބުނެލިއެވެ.
“ތީ ދޮންބެއަށް ހީވާގޮތް…. ބުޅި ކެނޑޭނީ ކެޔޮޅުން އަތުންނޭ ބުނާއަޑެއް ދޮންބެ ނާހަންދޯ… އެކަމެއް ކުރަން އުޅޭ މީހެއްގެ އަތުންތާ އެކަމެއް ގޯސްވާނީވެސް… އަހަރެން އަތުން އެރޮށި އެނދިޔަސް އެހެން ރޮށިތައް ހަމަ ބަރާބަރު… އެހެންނޫނަސް އެރޮށި އެނދީ އީމަންއާއި ހެދި…” ރައުނާ ވެސް ދެރަނުވާންވެގެން އާޔަންއަށް ރައްދު ދިނެވެ.
“އައްދޭ…. އަހަރެން ކީއްތަ ކުރީ…. ދެން ރޮށި ފިހަން ނޭނގުނީމަ ބަހަނާ ދައްކާނެކަމެއް ނެތް… އަހަންނަށް ހީވަނީ އަހަންނާ ފުރަގަސްދީގެން ތިހިރަ މަންޖެވެސް ދަމާ ރޮށިތައް ހުންނާނީ އިންޑިޔާގެ ޗާޓު އޮންނަހެންކަންނޭނގެ….” ހިނިގަނޑެއް ޖަހާލަމުން އީމަން އެހެން ބުނީ ދިމްޔާއާއި ދިމާއަށެވެ. އީމަން އެންމެ ހިނދުކޮޅަކުވެސް ދިމްޔާއާއި ޖަދަލުކޮށްނުލާ ހުންނަހިތެއް ނުވެއެވެ.
“އެބުނާހެން… ދީބަލަ ތިދަމާ ރޮށިތައް ހުރީ ކޮންގޮތަކަށްތޯ ބަލާލަން…” މިހެން ބުނެފައި އާޔަން ހިނގައިގަތީ އެމީހުނަށް ފުރަގަސްދީގެން ހުރި ދިމްޔާގެ ގާތަށެވެ. އާޔަންގެ ފަހަތުން ދެއަތް ފުރަގަހަށް ލައިގެން ހުރެ އީމަންވެސް ދިޔައެވެ.
(ނުނިމޭ)

40
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Eemyaa

Other Articles

Previous

ގިލަން

Next

އިހުމާލް

Next
September 7, 2015

އިހުމާލް

Previews
September 7, 2015

ގިލަން

52 Comments

  1. Shax Lyn says:
    September 7, 2015 at 8:43 pm

    eagerly waiting for next part……. mithanun mi fenunee aslu dhimyaa dhw…. keep it up…. I like this story soo much… 🙂

  2. Ryn says:
    September 7, 2015 at 8:43 pm

    i luv it.. waiting fr anthr prt.. 🙂

  3. aria says:
    September 7, 2015 at 8:43 pm

    Nice mi part ves…dhn thursdayga dhw…but haadha dhuvahekey…

  4. mwah says:
    September 7, 2015 at 8:43 pm

    He he.. mioh kameh… 🙂 😛

    1. eemiyaa says:
      September 7, 2015 at 9:10 pm

      kon kamehtha umwah??

  5. fareeaaa says:
    September 7, 2015 at 8:48 pm

    yeyyy i am first

  6. nukko says:
    September 7, 2015 at 8:49 pm

    V v v salhi .. emoo u r the bst… loving this

  7. maash says:
    September 7, 2015 at 8:49 pm

    Avahah upkohdhehchey plz lpz??

  8. sweet heart says:
    September 7, 2015 at 8:50 pm

    gud…when is the next eem….waiting for the story…pls make it fast…miadhu maa las veeme hhekuree maadhan kamah…

  9. neha says:
    September 7, 2015 at 8:50 pm

    Salhi

  10. fareeaaa says:
    September 7, 2015 at 8:51 pm

    hehe first eh nuvi dhw

  11. shyn says:
    September 7, 2015 at 8:51 pm

    V Salhi

  12. Shabee says:
    September 7, 2015 at 9:02 pm

    Wow wow wowwww mibaivex vrh reeethii….. I appreciate ur grt grt work siss……. Bst of luck….

  13. eemiyaa says:
    September 7, 2015 at 9:09 pm

    Shax lyn, Ryn, Aria, nukko, sweet heart, neha, shyn nd Shabee thanks alott 🙂 🙂 🙂

  14. Aishaa says:
    September 7, 2015 at 9:21 pm

    Varah reethi mi prt vs…..

  15. Kiyuntheriyaa says:
    September 7, 2015 at 9:28 pm

    Vvv reethi

  16. Aishaa says:
    September 7, 2015 at 9:30 pm

    O…yeyyy…Aishaa first….
    Varah reethi mi prt vs…..kon irakun nxt prt genesdhey ny….I m waiting 4 the nxt prt…..
    Nxt prt kiyaa hithun hureveny ky nun….n Raakin ah vaagotheh v v balaala hih vefa mihury vs….mi prt ga neh Raakin ge vaahaka eh….nxt prt gaa annaane dho Raakin vaahaka??….waiting 4 nxt prt….kon irakun genesdhey ny nxt prt??

  17. Shaafy says:
    September 7, 2015 at 9:30 pm

    wowwwwww..vvvvvv nyc..plx next part avahah up kohla dhehchey. Eemiyaa u r grt

  18. Rishme says:
    September 7, 2015 at 9:33 pm

    nice…. waiting 4 the next part… keep it up

  19. Aishaa says:
    September 7, 2015 at 9:35 pm

    Aishaa eh nun dho first….first akah nuvi….heekury first kamah…but never mind

  20. blue says:
    September 7, 2015 at 9:36 pm

    varah reethi mi part vx,,,eargly waiting for the next part,,,

  21. Anonymous says:
    September 7, 2015 at 9:36 pm

    salhi

  22. lees says:
    September 7, 2015 at 9:48 pm

    wow….. nice story.. keep it up

  23. lyn says:
    September 7, 2015 at 9:53 pm

    Wow v v v nice mi part…

  24. Isha says:
    September 7, 2015 at 10:28 pm

    Vv salhi,Best of luck, dhen konirakun anehbai up kohladheynee…………

  25. zeyn says:
    September 7, 2015 at 10:30 pm

    kyaaa baath haii… ????

  26. Anonymous says:
    September 7, 2015 at 10:41 pm

    plx plx knmes kujjeh bunedheybalaa vaahaka upload kuraane goi.:(

    1. eemiyaa says:
      September 7, 2015 at 11:01 pm

      Anonymous register velaifintha?? Nuvanyaa jeheynee register velan.. E’ahfahu login velaafa “new story” jahafa in bayah click kohlan jeheynee..

    2. Anonymous says:
      September 8, 2015 at 4:04 pm

      thanks eemiyaa.

  27. mal says:
    September 7, 2015 at 10:43 pm

    Vvvv v v v v v v v v v v v v v rythi mi part vx..waiting 4 next part.

  28. mal says:
    September 7, 2015 at 10:48 pm

    Knirakun next part genesdheyny..kiyaa hittun hurevenyky noon..I luv thix stry♥

  29. eemiyaa says:
    September 7, 2015 at 10:51 pm

    Aishaaa, kiyuntheriyaa, Shaafy, Rishme, blue, Anonymous, lees, lyn, Isha, zeyn nd mal Thanks alottttt 🙂 🙂
    Next part Thursday ga In Sha Allah 🙂 🙂 🙂

  30. Sobaa says:
    September 7, 2015 at 11:07 pm

    thursday annan adhi haadha dhuvahekey.. ekm vx keh kuranthaa jeheynee dhwww.. 😛 vrh reethi igey.. i luv thi story

  31. ken? says:
    September 8, 2015 at 12:09 am

    hei eem miyadhu ei noon miadhu..hehe u forgot it again..btw story vvvv habeyss…kuriah huri baithakah inthixaarukuran..☺ u r v talented..may god bless u..hav a nice day..??

    1. eemiyaa says:
      September 8, 2015 at 3:23 pm

      oh.. anekkaaves handhaan nethuny.. dhn faharakun v balaanan.. 🙂 anyway thanks alott 🙂 🙂

  32. angle says:
    September 8, 2015 at 12:19 am

    Varah salhi stry hama… Vv kiyaahithun mikiyany… Waitin for nxt part…

  33. wershe says:
    September 8, 2015 at 12:26 am

    Varah varah reethi vaahaka avahah up kohlahcheyy…umwah

  34. Ayaa says:
    September 8, 2015 at 12:47 am

    V salhi mi part vz .. Waiting for next part .. ?

  35. shx says:
    September 8, 2015 at 2:41 am

    V salhi. Masha allah.. 🙂

  36. shshsh says:
    September 8, 2015 at 10:30 am

    twins dhw ulheny mi vaahakaiga

  37. shshsh says:
    September 8, 2015 at 10:30 am

    i like this story

  38. Emy says:
    September 8, 2015 at 11:05 am

    v v v v awesome mi part vz….. waiting for nxt part.. :* 🙂

  39. shx says:
    September 8, 2015 at 12:35 pm

    wowwww…v salhi…

  40. eemiyaa says:
    September 8, 2015 at 3:21 pm

    Sobaa, ken, angle, wershe, Ayaa, shx. shshsh & Emy thanks 🙂 🙂 🙂

  41. Yushiii says:
    September 9, 2015 at 10:24 am

    Eeeem varah nice. Avahah up kohdheyy. Ekm vc eem dhn inna dhimya jinni akah nahadhahcheyy. plx i dnt like biruveri lwbyge vaahak.

    1. eemiyaa says:
      September 10, 2015 at 7:08 am

      Hehe ehntha Yushiii… lets see wat will happen… anyway thanks..

  42. nukko says:
    September 9, 2015 at 6:06 pm

    Eemoo tnyt up vaanetha????? 🙂

    1. ken? says:
      September 9, 2015 at 6:48 pm

      i think tmrw ga hen up vaanee..most probably evening ?

  43. xee says:
    September 9, 2015 at 7:52 pm

    Have been waitin miadhuvx up vaane kamah nxt part…
    alhey kon irakuntha up waaany? Cant wait!!!
    Love this storyy

  44. aish says:
    September 9, 2015 at 10:10 pm

    eem I Jst can’t believe this. U r super talented. Jst love ur story. Gud luck

  45. Ayaa says:
    September 10, 2015 at 12:01 am

    Mirey up vaane kamah balain miothy .. Nuvz nidheyne kanneyge dhn .. So sad ?

  46. eemiyaa says:
    September 10, 2015 at 7:10 am

    thank u xee nd aish 🙂
    nukko n ayaa eem buny thursdayga up kohdheynamey dw.. ehkoh ninmaalevun nama reygaves up kohladhinis.. hehe
    thanks thihaa varah story ah inthizaar kuraathee 🙂

Comments are closed.

All Right Reserved!