Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ޔާރާއޭ… (17)

writer Level 310 Stories100 Comments
September 6, 2015 8 Mins Read
38 Comments

ގުޑް ބާއި މައި ލަވްލީ އެކްސް ވައިފް” ލައުހާގެ ކަންފަތް ދޮށުގައި ސިއްރުން ބުނެލިއެވެ. ލުހުޝާން ކުށްލިއަކަށް ގެނައި ހަރަކާތަކުން ލައުހާގެ ފައި ކައްސާލައި އިމާރާތުން ވެއްޓެއް ދިޔައަެވެ.. ހައިކަލް އޭ ކިޔައި ލައުހާ އަށް ބާރަށް ގޮވައިލެވުނެވެ. ލައުހާ ގޮސް ޖެހުނީ ބާރަށްދުއްވާފައި ދިޔަ ކާރެއްގެ މަތީގައެވެ. ކާރުން ވެއްޓި މަގުމަތީ ޖެހުނު އިރު މަގުމަތިން ހިނގާފައި ދިޔަމީހުން ހައިރާން ވެފައި ބަލަން ތިއްބެވެ. ލައުހާގެ ލެއިން މުލިތަން ރަތް ކުރަމުން ދިޔަ އިރު ލައުހާ ގެ ލޯ ވަނީ މެރިފައެވެ.
ލައުހާގެ ވެއްޓުނު މަންޒަރު ބަލަން ލުހުޝާން ހުރެފައި އެތެރެއަށް ވަނެއވެ.
ލުހުޝާންގެ މަންމަ ކަންބޮޑުވެފައި ހުރިތަން ފެނުމުނުން މަންމަގެ ހިތާމަތަކަށް ބަދަލުހިފައި ނިމުނީ ކަމަށާއި ފަހުން ކޮންމެ ގޮތެއް ހެޔޮކަމަށް ބުނެލިއެވެ.
……………………………………………………………………………………………………..
އާދައިގެ މަތިން މިއަދުވެސް ހައިކަލް އިނީ ޑިއުޓިގައެވެ. ބަލިމީހަކަށް ފަހު ބަލިމީހެއް އެއްވެސް ފޫހިކަމެއް ވަރުބަލިކަމެއް ނެތި ބަލަމުންގެންދިޔައެވެ. ހައިކަލް ގެ ހިތްހެޔޮކަމާއި ބަލިމީހުންނައި މެދު ބަހައްޓާ އަޅާލުންތެރިކަމަކީ ހައިކަލް އެހާ މަޤްބޫލު ޑޮކްޓަރަކަށް ވުމުގެ އެންމެ ބޮޑު ސިއްރެވެ. އެކުގައި މަސައްކަތްކުރާ މުވާޒަފުންނާއި މެދު ބަހައްޓާ މަޖާކަމާއި ހިތްހެޔޯކަމުގެ ސަބަބުން އެންމެންގެ ހިތްތަަކުން ހައިކަލްއަށްވަނީ ވާރަށް ފުރިހަމަ މަޤާމެއް ލިބިފައެވެ.
ފަނަރަވަރަކަށް ބަލިމީހުން ބެލުމަށްފަހު ހައިކަލް ބްރޭކް ނެނގީ ޑރ ޖަމާލްގެ އެދުމުގެ މަތީންނެވެ. ޖަމާލްއަކީ ހައިކަލްގެ ވަރަށް ގާތް އެކުވެެރިއެކެވެ. އެކުގައި ގިނަވަގުތު މަސައްކަތްކުރަންޖެހުމުންނާއި މިޒާޖު އެއްގޮތް ވުމުގެ ސަބަބުން ވެސް މެއެވެ.
” ހޭއި… ދެން މެރީ ކުރާކަށް ނުވޭތަ… ” އެކި އެކި ވާހަކަ ދައްކަމުންގޮސް އެންމެ ފަހުން ޖަމާލް ހައިކަލް ކުރެން އަހާލިއެވެ. ހައިކަލް ބޯން އިން ކޮފީތަށި ގަޔަށް ނޭޅުނީ ކިރިޔާއެވެ. ހައިކަލްއަށް މިވީ ގޮތްފެނިފައި ޖަމާލްގެ ހިނިގަނޑު ފަޅައިގެންދިޔައެވެ. މީހުންގެ ލޯތަށް އެދެމީހުންނަށް އަމާޒުވަމުންދާތީ ހައިކަލް އިނީ ކޮންމެވެސް ވަރަކަށް ޖެހިލުންވެފައެވެ.
” ހަހހަހަހަ… ހާދަ ވަރެއް ތިވީ… އަހަންނަށް އެނގެޔޭ މިހާރު ކޮންމެވެސް ކަމެއް ހިންގާކަން… ” ހައިކަލްއަށް ބުމަ އަރުވާލަމުން ޖަމާލް ބުނެލިއެވެ. ކޮފީތަށިން ކޯވަރެއް ބޯލަމުންނެވެ.
” އަހަނެއް ނޫންދޯ މީހަކާ ނީނދެވިގެން މިއުޅެނީ… ކޮބާ މާޔާ… އަބަދުވެސް މާޔާ މޮޔަވެފަ ވިއްޔާ ހުންނަނީ..” ހައިކަލްވެސް ވަކި ޖަމާލްއަށް ދުލެއްނުކުރިއެވެ. ދެމީހުން ވެސް އެކަކު އަނެކަކަށް ދޫނުކޮށް ދިމާކުރަމުން ދިޔައެވެ. ދެމީހުންގެ ސަކަރާތް މެދު ކަނޑާލަން ޖެހުނީ ހައިކަލްގެ ފޯނު ރިންގް ވާން ފެށުމުންްނެވެ.
“ހުމް… ތި ގުޅަނީ އެއްކަލަ ކުއްޖާ… ” ޖަމާލް ހުރީ އެހާ ފަސޭހައަކުން ދޫދޭން ނޫންކަން ހައިކަލް އަށް އެނގުނެވެ.
” ސާބަސް ޖަމާލްއަށް… މީ އޮޕަރޭޝަން ތިއޭޓަރ ގެ ނަންބަރެއް ނޫންތަ… ހެހެހެހެ” ހައިކަލް ހެމުންހެމުން ފޯނަށް ޖަވާބުދިނެވެ.
” ހެލޯ.. ޑރ ހައިކަލް ސްޕީކިން… ޔޭސް އައި އެމް އޮން މައި ވޭ.. އޯލް ރައިޓް..” ހައިކަލް ޖަމާލް ފޯން ބޭއްވުމުން އެމަރޖެންސީ ކޭސް އެއްތޯ ސުވާލުކޮށްލިއެވެ. ހައިކަލް ބޮލުގެ އިޝާރާތުން އާނ އެކޭ ބުނެ ބިލްދެއްކިއެވެ. ޖަމާލްއާއި އެއްކޮށް އޮޕަރޭޝަން ތިއޭޓަރ އާއި ދިމާލަށް ހިގައިގަންނަމުން ކޮން ކަހަލަ ކޭސް އެއްކަން އެނގިފައިވާ މިންވަރަކުން އޮޅުން ފިލުވައިދިނެވެ. މާނބަޑު އަންހެނަކު އިމާރާތަކުން ވެއްޓިގެން ކަމަށާއި ހާލު ވަރަށް ސީރިއަސް ކަމުގައި ބުނެލިއެވެ.
ހައިކަލް އޮޕަރޭޝާން ތިއޭޓަރއަށް ވަތްއިރު ހިތް ވަރަަށް ބާރުބާރަށް ތެޅެމުން ދިޔައެވެ. ކޮންމެވެސް ކަމެއް ވާން އުޅޭހެން ހީވާތީއެވެ.
ހައިކަލް އަށް ދެވުނު އިރު ބަލިމީހާ ވަނީ މާކުރިންވެސް އޮޕަރޭޝަން ކުރުމަށް ވައްދާފައެވެ. މާބަނޑު މީހަކަށް ވެފައި ދަރިފުޅު ބަޑަށް މަރުވުމާއި ގުޅިގެންނެވެ. އެއަންހެން މީހާއަށް ވަރަށް އަނިޔާކޮށްފައި ހުރިކަމަށް ނަހުރުން ބުނެ އުޅުނެވެ. އަދި ބަލިމީހާގެ ފިރިމީހާވެސް ނުވަތަ އެހެން އެއްވެސް އެހީތެރިއަކުވެސްނެތް ކަމާއި ، އެހާ ޒުވާން އަންހެން ކުއްޖަކަށް އެވީ ދެރަގޮތުގެ ވާހަކަ އަޑުއިވެމުން ދިޔައެވެ.
ހައިކަލްގެ އޮޕަރޭޝަނަށް ތައްޔާރުވެލިއެވެ. ކުރިއަށް ނެނގި ފިޔަވަޅަށް ހުއްޓުން އެރީ ހިތަށ އެރި ހިޔާލަކުންނެވެ.
ކުއްލިއަކަށް ލައުހާ މަތިން ހަދާންވުމުންނެވެ. ލައުހާވެސް ބަނޑުބޮޑު ކަމާއި މިހާރު ބަޑަށް ވާނީ ގާތްގަނޑަކަށް ހަތެއް ނޫނީ އަށް މަހެވެ. އިމާރާތުން ވެއްޓުނު ކުއްޖާގެ ބަނޑަށްވެސް ވާނީ އެހާވަރަކަށް މަހެވެ. ހައިކަލް ހިތާހިތުން އެއީ ލައުހާއަށް ނުވުމަށް ދުއާކުރިއެވެ. ލުހުޝާން ލައުހާއަށް އެފަދަ ދެރަގޮތެއް ނަހަދާނެ ކަމަށް ބުނެ ހިތަށް ވިސްނައިދޭތޯ މަސައްކަތްކުރެއެވެ.
ހައިކަލް ބަލިމީހާ ކައިރިއަށް ދެވުނު އިރު މަރުވެފައި އޮތް ދަރިފުޅު ނެގުމަށް ފަހު އެއޮޕަރޭޝަން ނިމުމަކާއި ހަމަޔަށް ދަނީއެވެ. މެޝިންތަކާއި އަޅާފައިވާ ފޮތިތަކުގެ ސަބަބުން ހައިކަލްއަށް ބަލިމީހާގެ މޫނު ފެންނަވަރެއް ނުވެެއެވެ.
” ހީވަނީ އެއްދުވަސް ކުރިން ދަރިފުޅު މަރުވެފައި އޮތްހެން… ” އެތަނުން އެކަކު އެހެން ބުނެލިއެވެ.
” މިހާވަރަށް އަނިޔާކޮށްފައި ހުރުމުން ދެން ބޭބީ މަރުނުވެ ސަލާމަތްވުން ދެން ވަރަށް ނާދިރ…” ބަނޑުން ކަޅުވެފައި ފެންނަށް ހުރި ތަންކޮޅަކަށް އިޝާރަތް ކޮށްލަމުން ދެވަނަ ޑޮކްޓަރ އެއްބަސް ވެލިއެވެ.
ހައިކަލް މަޑުމަޑުން ހިނގާފައި ދިޔައީ އެއީ ކާކުތޯ ބެލުމަށް ބޭނުންވާ ވަރުންނެވެ. ހިތަށް ވެރިވެފައިވާ ނުތަނަވަސް ކަމަށް ނިމުމެއް އަންނާނީ އެއިރުން ކަން އެނގޭތީއެވެ.
ހައިކަލް ގޮސް އެދުގައި އޮތް އަންހެންކުއްޖާއަށް ރަގަަޅަށް ބަލާލިއެވެ. މެށިނުގެ އެހީގައި ނޭވާލަމުން ދިޔައިރު އެކުއްޖާގެ މޫނު ވަނީ މިލާފައެވެ. ލޯ މެރިފައިވާ ގޮތުން އެއްވެސް ދިރުމެއް ނެތްކަހަލައެވެ. ހައިކަލްއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ހެންނެވެ. މުޅި ދުނިޔޭގެ ހިނގުން ހުއްޓުނު ހެންނެވެ. ކުރިމަތީ ފެންނަން އޮތީ އެމީހެއްގެ ސަލާމަތަށްޓަކައި ދުއާ ކުރުމުގައި ރެއާއި ދުވާލުއެއްކޮށްލި ކުއްޖާއެވެ. ހައިކަލް ގެ ލޮލުން އެއްވެސް ހިފެހެއްޓުމެއް ނެތި ކަރުނަ އޮހެން ފެށިއެވެ.
” ލައުހާ..” ހައިކަލް އަށް ހަޅޭލަވައިގަނެވުނެވެ. ކޮޓަރީގައި ތިބި ޑޮކްޓަރުންނާއި ނަހުރުންގެ ސަމާލުކަމަށް ހައިކަލް އައެވެ. ހައިކަލް އަށް ލައުހާގެ ގައިގައި ބައްދައިގަނެވުނެވެ.
” ލައުހާ… ލައުހާ… ހޭލަބަ… ކިހިނެތް ވެފަ މިއޮތީ… އައި އެމް ސޮރީ.. ހޭލަބަ..” މޮޔައެއްް ފަދައިން ހައިކަލް ލައުހާ ގައިގައި ހިފަހައްޓައިގެން ހުރެ ބުނަމުން ދިޔައެވެ. ދުވަހަކުވެސް ހައިކަލް މިގޮތަށް އިހްސާސްތަށް ކޮންޓްރޯލް ނުކުރެވިގެން އުޅޭތަނެއް އެއްވެސް މީހަކަށް ފެނިފައި ނުވުމުން އެންމެން ތިބީ ހައިރާންވެފައެވެ. ހައިކަލްއަށް ވެފަ ހުރި ގޮތަކާއި މޭދުގައެވެ. ” އަހަރެން މިހުރީނު… އެއްވެސް ކަމެއް ލައުހާއަށް ވިޔަކަ ނުދޭނަން.. އައި ޕްރޮމިސް… ލައުހާ.. ލޯ ހުޅުވަބަ… ލައުހާ… ލައުހާ.. ” ހައިކަލް ހީވަނީ މޮޔަވެފައި ހުރި މީހެއް ހެނެވެ. ހައިކަލް ގެ ހަރަކާތް ކުރިގޮތުން އޮޕަރޭޝަނަށް ހުރަސް އެޅޭތީ ޖަމާލް ހައިކަލް ދުރުކުރުވުމަށް މަސައްކަތް ކުރުވިއެވެ..
” އެއްވެސް މީހަކު އަހަރެންގެ ލައުހާ އަށް އަނިޔާ ކުރާނެ ކަމެއް ނެތް.. ތަދުވާނެއޭ… އާދޭސް ކޮށްފަ… ތިހަދާ ގޮތެއް އަހަންނަށް ހަދާބަ…” ހައިކަލްގެ އަޑުގައި އެކުލެވިގެންވާ ރިހުން އެންމެނަށް ފާހަގަކުރެވުނެވެ. ތެދެކެވެ. ހައިކަލް އަށް އެ ހުރިހާ ކަމެއް ވެސް ފެންނަނީ ލައުހާ އަށް ދެވޭ އިތުރު އަނިޔާއެއްގެ ގޮތުގައެވެ. އެތަން ބެލުމަކީ ހައިކަލް އަށް ކެތް ކުރެވޭނޭ ކަމެއް ނޫނެވެ. ޖަމާލް ގެ މަސައްކަތުން ހައިކަލް ފަޅާކޮޓަރިން ބޭރަށް ނެރުނެވެ. އޭރުވެސް ހައިކަލް މޮޔައެއް ހެން ލައުހާ ކައިރިއަށް ދިޔުމަށް އެދި ރޮނީއެވެ. ލައުހާ ސަލާމަތް ކުރުމަށް އެދި އާދޭސް ކުރަމުންނެވެ. ހައިކަލް ހީވަނީ ހުރިހާ ހިތާމައެއް އެއްފަހަރާ ކުރިމަތިވެގެން އުޅޭ މީހެއް ހެންނެވެ.
” ހައިކަލް… ކޮންމެ ކަމެއްގައިވެސް ކެތްތެރިވާން ވާނެ… އެހެން ނޫނަސް ހައިކަލް ތިއުޅެނީ ކިހިނެތް… ތީ ޑޮކްޓަރެއް ނު… ޑޮކްޓަރުން ކަންކަމާއި ހާސްވެ ތިގޮތަށް ކަންތަށްކޮށް ހަދަން ވެއްޖިއްޔާ ދެން ބަލިމީހުންނަށް އަޅާލާނީ ކޮންބައެއް.. ހައިކަލް ކެތްތެރިވާންވާނެ.. ”
ޖަމާލް ނުހަނު އޯގާތެރިކަމާއި އެކު ވިސްނައިދެވޭތޯ މަސައްކަތް ކުރަމުން ގެންދިޔައެވެ. ޖަމާލްގެ ވާހަކައަށް ހުއްޓުމެއްއައީ ހައިކަލް ބޮލުގައި ބާޜަށް ހިފެހެއްޓުމުންނެވެ. ވަރަށް ބޮޑަށް ހައިކަލްގެ ބޮލުގައި ރިއްސަމުން ދާކަން ޖަމާލަށް ވިސްނުނެވެ. ބޭސްހިފައިގެން އަންނަކަމުގައި ބުނެ ޖަމާލް އެތަނުން ދިޔައެވެ.
………………………………………………………………………………………………………
” ލައު… މަޑުކޮށްބަ… ކޮންތާކަށް ތިދަނީ..” ކަންމަތީ ފިހާރައިން އެއްޗެހި ގަނެލައިގެން ނިކުތް ލައުހާ ފެނިފައި ހައިކަލް ގޮވާލިއެވެ. ލައުހާ މަޑުކޮށްލިއެވެ. ހައިކަލް ފަހަތުން ދުވެފައި އަންނާތީއެވެ.
” އަގައިން ނުބުނަން ނިޔަތް ގަނެގެންތަ ތިހުންނަނީ… އާބިދާއްތަ ބުނީތަ އަހަންނާ ވާހަކަ ނުދައްކާށޭ..” ލައުހާއާއި އަރާ ހަމަކުރަމުން ހައިކަލް އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
” އުހުން… އެހެނެއް ނޫން… ދައްތަ ހޭލަންވާއިރަށް ކާން ތައްޔާރުކުރަން ކަމަށް މިއުޅެނީ… އެގެ އެއްނު ދައްތަގެ ގޮތް… ” ލައުހާ ހައިކަލް އަށް ބަލާލިއެވެ. ހައިކަލް ލައުހާގެ ހަރަކާތްތަކަށް ބަލާކަން ފާހަގަ ވުމުން ލަދުން އިސްޖަހާލެވުނެވެ.
” އޯކޭ އެހެންވިއްޔާ… ހަވީރު ހަތަރެއް ޖަހާއިރު.. ތުނޑިއަށް… އަހަރެން އިންތިޒާރު ކުރާނަން.. ” ހައިކަލް ލައުހާގެ ލޮލަށް ބަލަމުން ބުނެލިއެވެ. ލައުހާއަށް ތެޅިގަނނެވުނެވެ.
” ހެހެހެ… ނޭނގެ އާދެވޭނެ ކަމެއް.. ” ލައުހާ ހިގައިގަންނަން އުޅުނެވެ.. ލައުހާގެ އަތުގައި ހައިކަލް ހިފުމުން ލައުހާ ހައިކަލްއަށް ބަލާލިއެވެ.
” އަހަރެން އިންތިޒާރު ކުރާނަށް…” ލައުހާ ހިނިތުން ވެލިއެވެ. ލައުހާގެ އެ ސާދާ ހިނިތުުންވުމަށް ހައިކަލް ފިދާވެއެވެ. އެ ހިނިތުން ވުމަށްޓަކައި އެތަށް ޤުރުބާނީއެއްވާން ހައިކަލް ހުރީ ތައްޔާރަށެވެ.
ހަވީރުގެ ވަގުތެވެ. ހައިކަލް އިނީ ލައުހާ އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. ހުދުކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސްކިނީ ޖީންސެއްގައި ހައިކަލް ފެންނަނީ ފިލްމްސްޓާރެއް ހެންނެވެ. ޖީބަށް އަތް ޖަހައިގެން ގަހެއްކައިރީ ލެގިލައިގެން ހުއްޓެވެ.
ހައިކަލް އަށް ނަޒަރު ހުއްޓައި ލެވުނީ ލަސް ފިޔަވަޅުތަކެއްގައި ހިގާފައި އަންނަމުންދާ ލައުހާ ދިމާލަށެވެ.މަޑު ފިޔާތޮށިކުލައިގެ ދޮޕައްޓާ ހެދުމެއްގައި ހުރި ލައުހާ ފެންނަލެއް ނުލާހިކު ލޯތްބެވެ. ލައިގެން ހުރި ހެދުމުގެ ކުލައާއި އެއްވެސް އެއްޗެށް ހާކައިފައި ނެތް ތުންފަތުގެ ކުލައާއި ނުހަނު ގުޅެއެވެ. ލައުހާއަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ ވަޔާ ވިހުރެން ދޫކޮށްލާފައިވާ ރީތި ފަން އިސްތަށިގަނޑުންނެވެ. ލައުހާ އައިސް ހައިކަލް ކައިރީގައި މަޑުކޮށްލިއެވެ.
” އަހަންނަށް އެނގޭ ލައުހާ އޭރުވެސް އަންނާނެކަން…” ހައިކަލް ލައުހާއަށް ބަލަމުން ބުނެލިއެވެ. ކިތަންމެ ވަރަކަށް ލައުޙާއަށް ނުބަލަން ހުއްޓަސް ހައިކަލްއަށް ނުހުރެވެއެވެ. ލައުހާ ހުންނަލެއް ލޯބިކަމުންނެވެ.
” ބުނީމެއްނު ވާޙަކަ އެއް ބުނަން ބޭނުމޭ..” ލައުހާ އެއްޗެއް ހަދާންވުމުން ސުވާލުކޮށްލިއެވެ.
“ވަރަށް މުހިއްމު ވާހަކައެއް ލައުހާ… އަހަންނަށް ކުއްޖަކު ދެކެ ލޯބި ވެވިއްޖެ… ވަރަށް ވެސް ބޮޑަށް..” ހައިކަލްގެ މި ޖުމްލައާއި އެކު ލައުހާއަށް ތެޅިގަނެވުނެވެ.އެއީ ކޮންކުއްޖެއްތޯ އެހުމުން އެއީ ބޭރުގައި ކިޔަވަން ހުރި އިރު ދިމާވި ކުއްޖެއްކަމާއި އެކުއްޖާއާއި އިންނަން ބޭނުންވާ ކަމުގައި ބުނެލިއެވެ.ހަިއކަލް ހުރީ ލައުހާއަށް ވަމުންދާގޮތް ބަލާަށެވެ. ހައިކަލް އެހެން ބުނުމުން ލައުހާގެ މޫނުގެ ކުލަ މިލައިފިކަހަލައެވެ.
“ދެން އެކުއްޖަކު ކައިރީ ބުނަންވީނު ލަސްނުކޮށް..ކީއްކުރަން އަހަރެން ކައިރީ ބުނަނީ.” ލައުހާ އަށް ރުންކުރުގޮތަކަށް ބުނެވުމުން ހުދު ލައުހާވެސް ހުރީ އެކަމާ އަޖައިބުވެފައެވެ. އެތަނުން ދިޔުމަށް ހިގައިގަތެވެ. އެހެނަށް ހައިކަލް އެއަށްވުރެ މާ ހުށިޔާރެވެ. ލައުހާގެ އަތުގައި ހިފުމުން ލައުހާ ކުރިއަށް ނެނގި ފިޔަވަޅުވެސް ހުއްޓުނެވެ. ލައުހާ ހައިކަލް އަށް ބަލާލީ ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ. އެއިރު އެދެލޮލަށް ޖަމާވަމުންދިޔަ ކަރުނަ ހައިކަލްއަށް ފެނުނެވެ.
ހައިކަލް މަޑުމަަޑުން ކަކުލުގެ މައްޗަށް ތިރިވިއެވެ. ޖީބުން ވަރަށް ރީތި އެހެއް ޖަހާފައި އަގޮޓިއެއް ނަގައި ލައުހާއާއި ދިމާލަށް ދިއްކޮށްލިއެވެ.
” ވިލް ޔޫ ބީ މައިން… އައި ލަވް ޔޫ…އަ ލޮޓް… ” ލައުހާއަށް ބަލަން ހުރެވުނީއެވެ. ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ބޮލުގެ އިޝާރާތުން އާނއެކޭ ބުނުމުން ހައިކަލް ލައުހާގެ އަތުގައި އެ އަގޮޓި އެޅުވިއެވެ. ވީ އުފަލަކުން ހައިކަލް ލައުހާގެ ގައިގައި ބައްދައިގަތެވެ. ލައުހާއަށް ވެސް އެވަރެވެ. ހައިކަލް ދެކެ ލޯބި ވެވުނީ ކޮން އިރަކުން ކަމެއް ހުދު ލައުހާއަކަށް ވެސް ނޭގެއެވެ. ލައުހާއާއި ހައިކަލް ވަކިނުވުމަށް އެތަށް ވައުދުތަކެއް އެދުވަހު ވިއެވެ.
…………………………………………………………………………………………………….
” ހައިކަލް.. ހައިކަލް….ހައިކަލް… ” ހައިކަލްއަށް ހޭވެރިކަންވީ ޖަމާލްގެ އަނޑު އިވުމުންނެވެ. ޖަމާލް ދިން ބޭސް ކާލީ ބޮލުގައި ރިހުން އިރުއިރުކޮޅާ ގަދަވަމުންދާތީއެވެ. އިރުކޮޅަކުން ހައިކަލްގެ ބޮލުގެ ރިހުމަށް ލުޔެއް ލިބުނެވެ. ޖަމާލްގެ ހިތްވަރުދިނުމުގެ ބަސްތަކުން ހައިކަލްއަށް ކޮންމެވެސް ވަރެއްގެ ހިތްވަރެއް ލިބުނެވެ. ލައުހާގެ ސިކުނޑީގައި ލޭގަނޑުކޮޅެއް އިނުމުން އޮޕަރޭޝަން ވީހާވެސް އަވަހަށް ކުރަން ޖެހޭކަމުގައި ޖަމާލް ވިސްނުވައިދިނެވެ. އަދި އެފަދަ އޮޕަރޭޝަނެއް ކުރެވެން އޮތީ ހައިކަލްއަށް ކަން ވިސްނުވައިދީ އެއީ ލައުހާގެ ފުރާނަ ސަލާމަތްކުރުމަށް ވަރަށް މުހިއްމު ކަމެއްކަން ވިސްނުވައިދިނުމުންނެވެ.
ހިތާމައިގެ ވަގުތު އަމިއްލަ ނަފްސް ކޮންޓްރޯކްލުކުރުމަށް އަޒުމްކަޑައެޅިއެވެ. އަދި ލައުހާގެ ދެވަނަ އޮޕަރޭޝަނަށް ތައްޔާރުވުމަށް ދިޔައެވެ. ހައިކަލް އޮޕަރޭޝަން ކުރަމުން ދިޔައިރު މިއަދު އެމޫނު މަތިން ފެންނަމުން ދިޔައީ ވަރަށް ތަފާތު ކުލަތަކެކެވެ. އެ މޫނު މަތިން ފެންނަން ހުންނަ މަޖާކަން ކެނޑިފައިވާއިރު މިއަދު ފެންނަން ހުރީ ހިތާމައާއި ސީރިއަސް ކަމެވެ. އޮޕަރޭޝަން ކާމިޔާބުވީތީ ހައިކަލް ހެއްދެވި ފަރާތަށް ހަްދުކުރިއެވެ. ލައުހާގެ ހާލު ވަރަށް ސީރިއަސް ކަމުން ލައުހާ އައިސީޔޫ އަށް ބަދަލުކުރިއެވެ. ލައުހާގެ ހާލަތު ގޯޯސްވާނަމަ ހައިކަލްއަށް ގުޅުމަށް އެދުނެވެ.
ހައިކަލް ކާރަށް އަރައި މިސްރާބް ޖެހީ ލުހުޝާން އުޅޭ ގެއަށެވެ. ލައުހާގެ މިހާލަތުގެ ޒިންމާ ނަގަން ޖެހޭނީ ލުހުޝާންކަން ހައިކަލްއަށް އެނގުނެވެ. ލައުހާއަށް އެކަހަލަ މީހަކާއި ހަވާލުކޮށްލެވުނީތީ އަމިއްލަ ނަފްސުކުށްވެރި ކުރެވުނެވެ. އެ މައުސޫމް ފުރާނަ ދުނިޔެއާއި އަލްވަދާއު ކީ ހައިކަލްގެ ސަބަބުންނޭ ހީވާކަހަލައެވެ.
” ލުހުޝާން.. ލުހްޝާން… ހަމަ މިހާރު ނިކުމޭ.. ލުހްޝާން..” ލުހްޝާންމެން ގޭތެރއަށް ވަދެ ހައިކަލް ހަޅެލަވަމުންދިޔައެވެ. އެއަޑަށް ލުހުޝާންގެ މަންމަ ބޭރަށް ނިކުތެވެ.
” އޭތް… ނުދަންނަ މީހުންގެ ގެޔަށް ވަދެ ކޮން ހަޅޭ ފަޅޭއެއް ލަވާކަށް … ކޮން ލުހްޝާން އެއް ހޯދާކަށް … ތިނަން ކިޔާ މީހަކު މިތާކު ނޫޅޭ..” ގެއަށް ވަދެ ހުރި ނުދަންނަ މީހާއާއި މުހާތަބު ކުރަމުން ލުހްޝާންގެ މަންމަ ބުނެލިއެވެ. ދެމީހުންގެ ނަޒަރު ހުއްޓައިލެވުނީ ސިޑިން ފައިބައިމުން އަންނަ ލުހުޝާން ގެ އަތްޖެހުމުންނެވެ.
“އޯހް… ޕުއަރ ޔޫ ހައިކަލް… އަހަންނަށް އޭރުވެސް އެނގުނު އަންނާނެކަން… އިންފެކްޓް އައި ވޯންޓެޑް ސޯ ލޯންގް ޓު ސީޔޫ ލައިކް ދިސް..” ލުހްޝާން ހައިކަލްގެ ކުރިމަތީގައި މަޑުކޮށްލިއެވެ. ހައިކަލް ރުޅިގަނހައިޑު އިތުރުވަމުންދިޔައެވެ. ” ކީއްކުރީ ކަލޭ އަހަރެންގެ ލައުހާއަށް… އޭން!!!! ” ހައިކަލް ލުހުޝާންގެ ގަމީހުގެ ގިރުވާނުގައި ހިފިއެވެ. ލުހްޝާން ހިނިގަނޑެއް ޖަހާލިއެވެ. ހައިކަލްގެ އަތް ލުހްޝާން ނެއްޓުވިއެވެ. އަދި ގަމީސް ރަގަޅުކޮށްލިއެވެ.
” ހައިކަލް… ހަދާން ނެތުނީތަ އެއީ މީހެއްގެ އަތްބެތް ކަމެއް.. އަހަރެންގެ އަންހެނުންނަށް އަހަރެން ހަދާނީ ބޭނުން ގޮތެއް… އޯހް.. ހަދާން ނެތުނީ.. އެއީ މިހާރު އަހަރެންގެ އަންހެނުންނެއްވެސް ނޫން… ވަރިކޮށްފިން… ” ލުހްޝާންއަށް ބުނެވުނީ މިހިސާބަށެވެ. ހައިކަލްގެ ހަތުގެ ހޫނު ހަމަލާއެއް ލުހްޝާންގެ މޫނަށް އެހިރއެވެ.
” އަނޑެއް ނާހާނަންތަ އަހަރެން ލައުހާއަށް ކީއްކުރީކަން…ހަހަހަހަ…. އަހަންނަށް ވެވެން އުޅުނު ވަރަަކަށް އަނިޔާކުރިން… ބަނޑުގައި އެތަށް ފަހަރަކު ޖެހިން… ހެހެހެހެހެ …” އަނެއްކާވެސް ހައިކަލް ލުހްޝާންގެ ގައިގައި ޖެހިއެވެ. މިފަހަރު ލުހްޝާން ވެއްޓނީ ސިޓިންރޫމްގައި ހުރި ކުޑަ މޭޒުގެ މައްޗަށެވެެ. ލުހްޝާންގެ އަގައިން ތަންކޮޅެއް ފަޅައިގެންގޮސް ކުޑަކޮށް ލޭ އަންނަމުން ދިޔައެވެ. ލުހްޝާން މަންމަ ހުރީ ބިރުން ހަދާނެ ގޮތް ހުސްވެފައެވެ. އަވަސް އަވަހަށް ޕޮލިހަށް ގުޅާލީ ލުހްޝާން އަށް ކަމެއް ވެދާނެތީއެވެ. އޭރުވެސް ހައިކަލް އާޢި ލުހްޝާން އެކަކު އަނެކަކަށް އަނިޔާދެނީއެވެ
“އެ ފަކީރު ކީއް ކޮށްގެންތަ ތިހެން ތިހެދީ… އަމިއްލަ ދަރި އަމިއްލައަށް ތިމަރާލީ… ތީ އިންސާނެއްތަ..” ހައިކަލް ރުޅިއައިސްފައި ހުރިވަރުން ވާހަކަ ދައްކަންވެސް އުދަނގޫވިއެވެ..
“އަސްލުވެސް މަރުވީތަ…ހެހެހެ.. ރަގަޅަށް އެވީ….ހެހެހެ…: އަނެއްކާވެސް ހައިކަލް ލުހްޝާންގެ ގައިގައި ޖެހިއެވެ.
“އޭގަ އޮތީ އަހަރެންގެ ކުށެއް ނޫން… ލައުހާގެ ވެސް ނޫން…. ހަމަ އެކަނީ ކަލޭގެ ކުށް.. ‘ހައިކަލްއާއި ދިމާލަށް އިނގިލި ދިއްކޮށލަމުން ލުހްޝާން ބުނެލިއެވެ.ކުރެވުނު ކަމަކަށ އެއްވެސް ވަރަކަށް ހިތާމަކުރާހެން ހިއެއްވެސް ނުވެއެވެ.
” އެނގޭތެ… ކަލެއާ.. ކަލޭގެ ބައްޕަ.. މަންމަ… މިހުރިހާ މީހުނަށް އަހަރެން ނަފްރަތުކުރަން… ނަސީބެއް އެދެމީހުން މަރުވިކަންވެސް.. ކަލޭ އެ ދުވަހު މަރުވިނަމަ އަހަރެން ލައުހާ ގެންގުޅުނީ ހީ ވަރަށް އުފަލުގައި… ހެހެހެހެ… ކަލޭ އެމުދަލަކަށް ވެރިވެގެން ތިއުޅޭ މުދަލަކީ އަހަރެންގެ ހައްޤެއްވެސް އޮތް އެއްޗެއްކަން ކަލޭގެ ބައްޕައަކަށް ނޭގުނެއްނު… ތި މުއްސަދިކަމާއި އަރާމަކީ އަހަރެންގެވެސް އެއްޗެއް… ” ލުހްޝާން ވާޙަކަ ދައްކަމުން ދިޔައިރު އެ އަޑުގައިވަނީ ބަދަލުހިފުމުގެ ރޫހެވެ. ހައިކަލް ލުހްޝާން ދައްކަމުން ދިޔަވާހަކަތަކަށް ސަމާލުކަން ދެމުން ގެންދިޔައީ އޭގައި ކޮންމެވެސް ސިއްރެއް އިޮތްހެން ހީވާތީއެވެ.
” އެއީ އަހަރެންގެވެސް ބައްޕަ… އާން… ތީ އަހަރެންގއެ “ކޮއްކޮ”… މަންމަ އާއި އަހަރެން ދޫކޮށްލާފަ ދިޔައިރު ހިތަކަށް ނާރާ ދަރިއަކުވެސް ދިރި ހުރިކަމެއް…އަހަންނާއި އަަހަރެންގެ މަންމަ އުޅުނީ ކޮންފަދަ ހާލެއްގަ.. އަހަރެން އަޒުމް ކަނޑައެޅިން މަންމަ ރުއި ރުއިމުގެ ބަދަލް ހިފާނެ ކަމަށް.. މިހާރު އެނގޭނެ ކަލެއަށް ލޯބިވާ މީހާކަށް އަނިޔާވުނުން ދުރަށް ދާން ޖެހުނމުން ކުރާ އަސަރު… ހެހެހެ.. ކަލެއާ ކަލޭކެ ބައްޕަ ކުރި ކުށުގެ ސަޒާ އަހަރެން ދިނީ ލައުހާއަށް …. ” ހައިކަލް ރުޅިން ހީވަނީ ލުހްޝާން ފިއްސާލާނެހެނެވެ. ކުރިއަށް ނެނގި ފިޔަވަޅަށް ހުއްޓުން އެރީ ލުހްޝާންގެ މަންމަ ކުރިއަށް ޖެހިލުމުންނެވެ.. ލުހްޝާން ގެ އަށް މަންމަގެ އަތުގެ ހޫނު ހަމަލާއެއް އައުމުން ލުހްޝާންއަށް އޭނަގެ މަންމައަށް ބަލައިލެވުނެވެ. ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ. މިހުރިހާކަމެއް ކޮށްދިނީ މަންމައަށް ކަމަަށް ބުނެލިއެވެ.
” ހަބަރުދާރު އަހަންނަށް މަންމަ ކިޔާނެ ކަމެއް ނެތް… ކާކުތަ ބުނީ ބައްޕައޭ ދަރިފުޅު ދޫކޮށްލީ..ދުވަހަކުވެސް މަންމަ ބުނިންތަ ތިހެން… ގަބޫލުކުރަން މަންމަ ލައުހާއާއި ނުރުހޭ ކަން.. އެކަމކު އެއީ މައިންބަފައިން ނެތް ކުއްޖެއްކަން އެގުމަށް ފަހު… މަންމަ ބޭނުންވީ އެއަށްވުރެ މާ ފުރިހަމަ އާއިލާއަކުން ދަރިފުޅާ ގުލެން… އެކަމަކު ކީއްތިކުރީ… އަޑުއަހާ… މަންމަ ބައްޕައަށް ލަނޑުދިނީ.. އޮޅުވާލީ…. އެެހެން މީހެއްގެ އަވައިވގައި ޖެހިގެން ވަރިވީ… ދަރިފުޅުގެ ބައްޕަ ވަރަށް ހޯދި … އެކަމަކު އަހަރެން ފިލައިގެން އުޅުނީ..ޗީ ޗީ.. ކޮންތާކުން ތިގޮތް ދަސްކުރީ..” ލުހްޝާންއަށް އިވެމުންދިޔަ ރުޅިވެރި ބަސްތަކުން ލުހްޝާން އަށް ގަނބުވެފައި ހުރެވުނީއެވެ.
” އަހަރެންގެ ބޭބެއެއް ނުހުންނާނެ.. އެކަމަކުވެސް އަހަންނެތް ކަލޭ ނުމަރާނަނަް… ” ހައިކަލް ކިތަންމެ ރުޅިއަޔަސް ރުޅިކޮންޓްރޯލް ކުރެވޭތޯ ބެލިއެވެ. މިކަހަލަ ބޭބެއެއް ހައިކަލް ލިބިދާނެކަމަކަށް އުއްމީދެއް ނުކުރެއެވެ. ދެންމެ ދެއްކި ހުރިހާ ވާހަކައެއް އަނޑުއިވުމުން ގެއަށް އައި ފުލުހުން ލުހްޝާން އާއި ލުހްޝާންގެ މަންމަ ހައްޔަރުކުރިއެވެ. ލަުއހާއާށް އަނިޔާ ދިން މީހުނަށް ހައިކަލް ބަދަލުހިފާނެއެވެ. ގާނޫނީ ގޮތުން ލިބއން ޖެހޭ އަދަބު ހޯދާއިދޭނެއެވެ.
ހައިކަލް ހޮސްޕިޓަލްއަށް ވަދެ އައިސިޔޫއާއި ދިމާލަށް މިސްރާބުޖެހިއެވެ. ކުއްލިއަކަށް ހައިކަލްގެ ސަމާލުކަން ހޯދީ ޖީބުން ރިންގް ވާންފެށި ފޯނުގެ އަނޑުންނެވެ. އަވަސް އަވަހަށް ފޯނަށް ޖަވާބުދިނެވެ، ލިބުނު ހަބަރާ ހުރ ހައިކަލްގެ އަތުން ފޯނު ދޫވިއެވެ. ފަޔަށް ލެވުނު ހާ ބާރެއް ލާފައި ދުއްވާއިގަތީ ލައުހާ ކައިރިއަށެވެ. ހައިކަލްއަށް ދެވުނު އިރު ފެންނަމުން ދިޔަ މަަންޒަރުތަކުން ހައިކަލްގެ ދުނިޔެ ހުއްޓުނު ކަހަލައެވެ. ލައުޙާ ކައިރީގައި ނަރުހުންނާއި ޑޮކްޓަރުން ހޭލަމޭލާއި އުޅެނީއެވެ. ލައުހާގެ ފުރާނަ ސަލާމަތް ކުރުމަށް ކުރެވެން ހުރި ހުރީ މަސައްކަތެއް ކުރަމުންދިޔައެވެ. ހައިކަލް އަށް ލަސްފިޔަވަޅުތަކުގައި އައިސް ލައުހާގެ މަގަތުގައި މަޑުކޮށްލޮއެވެ.
“އަޅުގަނޑުމެން ވަރަށް މަސައްކަތްކުރިން ސަލާމަތްކުރެވޭތޯ…. އައި އެމް ސޮރީ.. ޝީ އިޒް ނޯ މޯރ..” ޖަމާލް ދިން ހަބަރަކުން ހައިކަލް ހަމައިން ނެއްޓުނެވެ.

Share Article

Follow Me Written By

writer

Level 310 Stories100 Comments

Other Articles

Previous

ދިމްޔާ (11 ވަނަ ބައި)

Next

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ!! 2

Next
September 6, 2015

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ!! 2

Previews
September 5, 2015

ދިމްޔާ (11 ވަނަ ބައި)

38 Comments!

  1. writer says:
    September 6, 2015 at 12:37 am

    hope mi episode ves kamudaane kamah.. las vi kamah takai sorry .. 🙂

  2. ishii says:
    September 6, 2015 at 12:55 am

    Nimuneetha …..vara vara reethi khon irakun any episodes

    1. writer says:
      September 6, 2015 at 8:56 pm

      adhi nunimey.. thank you

  3. Faazy says:
    September 6, 2015 at 1:06 am

    V reethi ? story nimunytha

  4. writer says:
    September 6, 2015 at 1:14 am

    thank you… adhi story eh nunimey… next epsiode ves with in two days upload kureveytho massakai kuraanan

  5. gurey says:
    September 6, 2015 at 2:57 am

    episode nimuneema thireegai nunimey… noonee nimunee jahaaleema kiyuntherinah ingeynee vaahaka nunimeykanves….. 🙂 anehhen varah salhi…. keep writing

    1. writer says:
      September 6, 2015 at 8:57 pm

      thank you… dhen anna faharakun ragalhu kureveeytho balaanan 🙂

  6. zai says:
    September 6, 2015 at 3:47 am

    Wow v salhi mipartvex..alhe lau maraaliitha so sad..?

  7. nazi says:
    September 6, 2015 at 7:59 am

    mivaahaka kiyaaahithun 1st episode hordha hordha nufenunu alhe plz plz plz bunedheebala fashafa oy sofhaa

    1. Shabee says:
      September 6, 2015 at 9:29 am

      Nazi author gename ah click khllaa… Eyrun writer liyefa huri hurihaa stories fennaane 🙂

  8. Shabee says:
    September 6, 2015 at 9:30 am

    Md vrh reethi mi bai vex… Keep up the gud work writer 😉

    1. Shabee says:
      September 6, 2015 at 9:30 am

      Nd*

  9. Anonymous says:
    September 6, 2015 at 9:36 am

    baeh basthah hama nujehey gothah liyevifa eba huri. misaalakah ley gandu kolheh ge badhalugai gandu ley kolheh inn nama kiyanfaseyha vaane. heeuran dhn anna faharakun rangalhu kuraane kamah. good work.

    1. hguthftjhhh says:
      September 6, 2015 at 10:31 am

      mi dhn kaakuth maa molhu meehakah vegen

    2. writer says:
      September 6, 2015 at 9:15 pm

      thank you.. Anonymous thi faahaga kuri kanthahthah ragalhu kureveytho massakai kuraanan… faadu kiyumaky libey kurierumeh kamah gabool kuran 🙂

    3. Anonymous says:
      September 7, 2015 at 10:49 pm

      knme meehakah viyas hevehnun. kameh kuranyaa ekameh rangalhu kureveyny kiyuntherinves bunedheygen.

  10. fathu says:
    September 6, 2015 at 10:22 am

    Lauhaa maru v tha, Alhey happy ending akah v nama vaahaka v furihama vaane..

  11. Ryn says:
    September 6, 2015 at 10:27 am

    oh fish… vaahaka nimunytha.. or adhi eh prt eba oiitha.. i dnt wnt this to happn.. haikal ah lauhaa liben jeheyne.. my tears are cuming out n i cnt cntrl it.. omg…. sifa kurun vrh furihama.. hyvy kanthah hingaa dhiyairu kairyga hurihn..

  12. Ryn says:
    September 6, 2015 at 10:30 am

    omg.. im still crying… aslu vaahakaige furihama kamun hingi knme kamehvx ihsaas kohleveny.. asluvx ingey vrh salhi..

  13. Princess Noddy says:
    September 6, 2015 at 10:39 am

    Alhe maruvytha… pis ekamakuvaa kih thikury. Ekam vess nice mi part vess. Nimunytha story????

  14. Saamee says:
    September 6, 2015 at 11:01 am

    Lau mareh nuvaanebei..haikal ais govan fesheema heilaane.den polihunah luhushan kuri aniyaage vaahaka kiyaa dheefa happi ending akun lau n haikal gulheinee..hehehe

  15. Zahuu says:
    September 6, 2015 at 11:07 am

    Alheyy..lau mareh nuvaane hen zahu ah heevaneee..plxx lau maraa nulache

  16. Emiliya says:
    September 6, 2015 at 1:04 pm

    No no no I mean how can she die so easily that’s not fair

  17. nazi says:
    September 6, 2015 at 1:12 pm

    thanks so much shabee

  18. sharu says:
    September 6, 2015 at 1:28 pm

    Haikal eh lauhaa liben jeyhaana.lauhaa maruvey ma den reethi nuvaanayanu.hadha avahaka lauhaa thi maraali…anyway vvv salhi mi partves..next part eh inthixary mikuranee

  19. Nuxu says:
    September 6, 2015 at 3:30 pm

    Nice story I’m waiting for next part…. ?? ??
    ???????
    ???????
    ?????
    ???
    ?

  20. Kayaani says:
    September 6, 2015 at 5:59 pm

    Hikal will save lauha. Well story is nice hope to see next part on wednesday..

  21. writer says:
    September 6, 2015 at 8:55 pm

    thank you all readers.. will try to upload soon

  22. xoya says:
    September 6, 2015 at 9:23 pm

    Story hama habeyyyyyxxx.when next parrtttt????????

  23. Laala says:
    September 6, 2015 at 10:07 pm

    Vr salhi vaahaka. Ekam lauha maraa nulache.

  24. Laala says:
    September 6, 2015 at 10:08 pm

    Waitnig for the next episode……..

  25. nazi says:
    September 7, 2015 at 8:01 am

    vvvvv reethi

  26. Saasha says:
    September 7, 2015 at 12:10 pm

    nooooooooooooooooooo please lanu numaracchey

  27. nazi says:
    September 7, 2015 at 12:44 pm

    kon irakun vaahaka up kuranee mihaaru kiyaahithun haeyka faharu belihje plz plz up kolladhee bala avaha

  28. shyn says:
    September 7, 2015 at 6:38 pm

    Writer Avahah Up Kohdheebaa

  29. writer says:
    September 7, 2015 at 11:53 pm

    sorry readers… i was busy at hospital due to high fever… maadan emme las vegen ves upload kureveytho massakai kuraanan… sorry

  30. aaalll says:
    September 9, 2015 at 4:27 pm

    Get well sooon

  31. nukko says:
    September 9, 2015 at 6:13 pm

    Kn irakun nxt part ??????
    GWS dear…

Comments are closed.


All Right Reserved!