”އޯކޭ! އިޒޫ ވަރުބަލި ފިލުވައިލައިގެން މި ރެއަށް ތައްޔާރު ވައްޗޭ.. ބައްޕަ އާއި މަންމަ ކައިރި ވެސް ބުނައްޗޭ، މިރޭ އަހަރެން ދާނެ ވާހަކަ. ދާއިރު ބޮޑުބެ ވެސް ގޮވައިގެން ދާން މި ވިސްނަނީ.. އޭރުން ދެ ފަރާތު އާއިލާ ވެސް ބައްދަލު ވީނު.” އިޒްކާގެ ގޭ ދޮރުމައްޗާއި އަރާ ހަމަވުމުން އައިމަން ބުންޏެވެ. ”ހުމްމްމް… ބޮޑުބެ ވެސް ގެނޭ.. އާދެވެންޏާ ފަހަރިވެސް ގޮވައިގެން އާދޭ..” އިޒްކާ ޝައުޤުވެރިކަމާއި އެކު ޖަވާބު ދިނެވެ. ” އިޒޫ! އިޒޫ! […]
ދިމްޔާއަށް އުނދަގޫކޮށްނުލާ ހުންނަހިތް ނުވުމުން އީމަން ދިމްޔާގެ ކަރުގައި އޮޅާފައި އޮތް ރަތް ކުލައިގެ ޝޯލްގެ ފުރަގަހަށް އެއްލާފައި އޮތް ބަޔަށް ދަމާލިއެވެ. ދިމްޔާ ފަސްއެނބުރި ބަލާވެސް ނުލާ ފަހަތަށް އެއްލާފައި އޮތްބައިވެސް ގެނެސް ކުރިމައްޗަށްލިއެވެ. ދެންވެސް އީމަން މަޑަކުން ނުހުއްޓެވެ. އިރުއިރުކޮޅާ ދިމްޔާގެ އިސްތަށިގަނޑަށް ދަމާލައެވެ. ކިތަންމެ ކެތްކޮށްލައިގެން ހުރިކަމުގައި ވިޔަސް އީމަންގެ އުނދަގޫ ބޮޑުވުމުން ދިމްޔާއަކަށް މަޑަކުން ނުހުރެވުނެވެ. “ކިހާ ދެރަކަމެއް… އަހަރެންގެ އިސްތަށިގަނޑު އުފުރާލަންތަ ތިއުޅެނީ….؟؟؟” އީމަންއާއި ދިމާއަށް އިނގިލި ދިއްކޮށްލަމުން ދިމްޔާ […]
ފާޔާޒް ފުއާދަށް ހިއްވަރު ދިނުމުގެ ގޮތުން ކޮނޑުގައި ހިފާލިއެވެ. އަދި ހުރިހާ ކަމެއްވެސް މާތް ﷲގެ އިރާދަފުޅުން ރަގަޅު ވަމުންދާނޭ ކަމަށް ބުނުމަށްފަހު ހޮސްޕިޓަލުން ނުކުތުމަށް މިސްރާބު ޖެހިއެވެ. ޖީބުގައިވާ ފޯނު ރިންގުވާން ފެށުމުން ފާޔާޒް ފޯނު ނެގިއެވެ. އެ ކޮޅުން އެގުޅީ ނާއިފެވެ. “ހަލޯ!… އަވަހަށް އާދެބަލަ…. މަށަށް މިއިންވެސްޓިގޭޝަންގެ ދެވަނަ ޓާގެޓް އެނގިއްޖެ….މަމީނީ ފަޔާޒް ކާރުކައިރީ…” ފަޔާޒް ނާއިފްގެ ކޯލު ކަނޑާލުމަށްފަހު ހަލުވި ފިޔަވަޅުތަކެއްގައި ފަޔާޒުގެ ކާރު ޕާރކު ކޮށްފައިވާ ޒޯނަށް ދިޔުމަށް ހިނގައިގަތެވެ. […]
ކުރިމަތީގައި ލާނެއް ގޮތަކަށް ހިނިތުންވެލައިގެން ޖިންސުގެ ދެޖީބަށް އަތް ޖަހާލައިގެން އެހުރީ، އެހެން އެއްވެސް މީހެއް ނޫނެވެ. އާއިޒު އެވެ. ފާއިތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި އައިޒުވަނީ ހާމިޒާއާއި ނޫހުގެ ހިތް ފަތަހަކޮށްފައެވެ. އެމީހުންގެ ރުހުން ހޯދާފައެވެ. ފަތަހަ ނުކުރެވިފައި އޮތީ ހަމައެކަނި ޔާނާގެ ހިތެވެ. ޔާނާ ދެލޯ ބޮޑުކޮށްލައިގެން އާއިޒު އަށް ބަލަން ހުރި ގޮތުން އާއިޒު ހިނި އައިސްހުރެ ޔާނާ އާ ދިމާއަށް ހިނގައިގަތެވެ. އާއިޒު ކައިރިއަށް އަންނަތަން ފެނުމުން ޔާނާ ދުރަށް […]
އެއްރެއަކު ވީޑިޔޯއެއްގެ ބަދަލުގައި ނަޞްރާގެ އެކުވެރިޔަކު އައީ އެފަދަ މަންޒަރުތައް ސިފަ ކުރެވިފައިވި ވާހަކައެއް ހިފައިގެންނެވެ. ނަޞްރާގެ އެއް އެކުވެރިޔަކު އެ ވާހަކަ ކިޔަމުން ދިޔައިރު ނަޞްރާއާއި އޭނަގެ އަނެއް ދެ އެކުވެރިން ޝައުޤުވެރިކަމާއެކީ އަޑުއަހަން ތިއްބެވެ. އޭގެ އަނެއްދުވަހު ނަޞްރާ އޭގެ 10 ވަރަކަށް ފޮތް ގަނެލިއެވެ. ލޮލުން ބަލާ މަންޒަރަކުން އޭނަގެ އުޅުމަށް އެއްވެސް އަސަރެއް ނުކުރާނެކަމަށް ނަޞްރާ ހީކުރިއެވެ. ނަމަވެސް އެ ވެގެން ދިޔައީ ކުށްހީއަކަށެވެ. ހުތުރު މަންޒަރުތަކާއި ވާހަކަތަކަށް ދެވިހިފިފަހުން […]
ކޮޓަރިއަށް ވަތް ގޮތަށް ޖެހި ބުދެއް ހެން އެތައް އިރެއް ވަންދެން ހުރުމަށްފަހު އަރީފު ލިއުޒާއާއި ދިމާލަށް ހިނގައި ގަތެވެ. އަރީފު ކުރިއަށް އެޅި ފިޔަވަޅާއެކު ލިއުޒާގެ ލޮލުން ކަރުނަ އޮއްސާލިއެވެ. “ކާކުގެ ދަރިއެއް؟” ލިއުޒާގެ ކުރިމަތީގައި ހުއްޓުމަށްފަހު އަރީފު ސުވާލު ކުރިއެވެ. އޭނާގެ އަޑުގައި އެއްވެސް ހަރުކަށިކަމެއް ނެތެވެ. ރުޅިވެރިކަމެއްވެސް ނެތެވެ. އެއްވެސް އިތުރު އިހުސާސެއްވެސް އެއަޑުގައި އެކުލެވިގެނެއް ނުވެއެވެ. “ލިއުޒާގެ ބަނޑުގައި ތިއޮތީ ކާކުގެ ދަރިއެއް؟” ލިއުޒާގެ ފަރާތުން ކަރުނަ ނޫން އިތުރު ޖަވާބެއް […]
“އީމަން” ޔާނާއަށް އަތް ދިއްކޮށްލުމަށްފަހު ގޮވާލެވުނެވެ. ކުލާހުގައި ތިބި ހުރިހާ އެންމެން އެއްކޮށް ޔާނާއަށް ބަލައިލިއެވެ. ޖާހަތު ޔާނާގެ ކޮނޑުގައި އަތް ބާއްވާލައިގެން ބަލައިލި ގޮތުން ޔާނާގެ ހިތުގެ ހާލަތު ވަރަށް ރަނގަޅަށް އިހުސާސް ކުރެވޭ ފަދަ ނަޒަރަކުންނެވެ. އެވަގުތަކީ ލެކްޗަރަރ ކްލާސްވެސް ނިންމާލެއްވި ވަގުތެވެ. ޔާނާ އަވަސް އަވަހަށް ފޮތްބައި ހިފައިގެން ކިލާހުން ނުކުމެގެންގޮސް މަގުމައްޗަށް ނުކުތެވެ. ޔާނާގެ ފަހަތުން ޖާހަތު ދުވަމުން އައިސް ޔާނާ ހުއްޓުވިއެވެ. އެވަގުތު ޔާނާގެ ދެލޮލުން ހޯސްލާފައި މުތީތަކެއްފަދަ ކަރުނަ […]
އަހަރެންނަށް އުފަލުން ރޮވުނެވެ. އަޑިގަނޑަކަށް ފަހު އުސްގަނޑެއްވެސް އަންނާނެކަން އަހަރެން ހަނދާން ނެތުނީއެވެ.. ޝާ؟؟ މިސާލަކަށް އަހަރެެމެންނަށް ލިބުނީޔޯ ބޭބީ އެއް. ގާލް އެއް.. ކޮންނަމެއް ކިޔާނީ؟؟” ” އުމްމްމްމް.. އައިޒާ ޝާހާން… ސަޅިތަ؟” “ހުމްމް ސަޅި އެކަމު ކޮންތާކުން ތިނަން ލިބުނީ” “ވާހަކައަކައަކުން” ” އޯވް.. ޝާހާން ހަނދާން ނެތުނީއޭ. ޝާ މެން ކަހަލަ މޮޅު ވާާހަކަ ލިޔާ ކުދިން ދެން ވާހަކައިންތާ ދޯ ނަންވެސް ހޯދާނީ” “ހެހެހެހެ” އަހަރެން ދުވަސްތައް ހޭދަކުރަމުން ދިޔައީ ވަރަށް […]
“އެބުނާހެން… ދީބަލަ ތިދަމާ ރޮށިތައް ހުރީ ކޮންގޮތަކަށްތޯ ބަލާލަން…” މިހެން ބުނެފައި އާޔަން ހިނގައިގަތީ އެމީހުނަށް ފުރަގަސްދީގެން ހުރި ދިމްޔާގެ ގާތަށެވެ. އާޔަންގެ ފަހަތުން ދެއަތް ފުރަގަހަށް ލައިގެން ހުރެ އީމަންވެސް ދިޔައެވެ. ކިބާރުމަތީގައި ދަމާފައި އޮތް ފުށްގަނޑު ފެނިފައި އާޔަންގެ އިތުރުން އީމަންވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ކިބާރުމަތީގައި އޮތް ފުށްގަނޑު އޮތީ ބުރުހަމައަށް ވަރަށް އެއްވަރަށް ދަމާލާފައެވެ. އީމަންއާއި އާޔަން އެކަކު އަނެކަކަށް ބަލާލުމަށްފަހު ނިއްއަރުވާލަމުން ދާން ހިނގައިގަތެވެ. “ކީއްވެ ތިދަނީ…؟؟ ތިމީހުން […]