ޝާލް މަޑުމަޑުން އަހަރެންގެ އަތުގައި ހިފާލިއެވެ. ” ނަޔާ…. ނަޔާ އަދިވެސް އަހަރެން ދެކެ ލޯބިވޭތަ؟ އަހަރެން ހީކުރީ މިހާރު ނަޔާ އަހަރެން މަތިން ކުޑަކޮށްވެސް ހަނދާން ނުކުރާނެކަމަށް” ޝާލް އަހަރެންނާއި ދިމާއަށް ބުންޏެވެ. ” އަބަދުވެސް މިހިތުގައި ވާ ހަމައެކަނި ނަމަކީ ޝާލް، އިތުރު އެހެން އެއްވެސް ނަމެއް ނުވޭ، އެކަމަކު އަހަރެންނަށް ކަންތައްތައް ދިމާވިގޮތުން އަހަރެންނަށް ޝާލްގެ ހަނދާންތަކާއި ދުރައްދާން މަޖުބޫރުވި، އެހެން ނަމަވެސް އަހަރެންގެ ހިތުގައިވާ ލޯތްބަކަށް އެއްވެސް ބަދަލެއް ނާދޭ… ތިނޫން […]
އެ ކޮޓަރިއާއި ދިމާއަށް އަހަރެން ހިނގައިގަތީމެވެ. ތަޅަށް ތަޅުދަނޑި ޖެހުމަށް ފަހު މަޑުމަޑުން ތަޅުދަނޑި އަބުރާލީމެވެ. އެއާއިއެކު ތަޅުހުޅުވުނެވެ. ދޮރު ހުޅުވާލުމަށް އަހަރެން ތަޅުގައި ހިފީމެވެ. ދޮރު ހުޅުވާނީހެއްޔެވެ؟ މި ކުރެވެނީ ރަނގަޅު ކަމެއް ހެއްޔެވެ؟ އެހެން މީހުންގެ ކުރިމަތީގައި ފިރިމީހާ ބޭޒާރު ކުރަންވާނެ ހެއްޔެވެ؟ ފިރިމީހާގެ ސިއްރުތައް ހިފެހެއްޓުމަކީ އަނބިމީހާގެ ޒިންމާއެކެވެ.މިއީ ސިއްރުކުރަން ވާނެ ކަމެއް ހެއްޔެވެ؟ އެންމެންގެ ކުރިމަތީގައި ޝާހީންގެ އަގު ވައްޓާލަންވީހެއްޔެވެ؟ މިހުރިހާ ސުވާލުތަކެއް އަހަރެންގެ ހިތުގައި އުފެދުނެވެ. އަހަރެން ތަޅުން އަތް […]
” ނަޔާ،……. ނަޔާ މެރީކުރަނީ ކާކާތަ؟ އެ ނަސީބުވެރިއަކީ ކާކު؟” ފެންކެޅިވެފައި އިނދެ ޝާހީން އަހަރެންގެ ގާތުގައި އަހާލިއެވެ. އަހަރެން ޝާހީންއަށް ބަލައިލީމެވެ. “ޝާހީން އަހަރެން ޝާހީންއާއި މެރީކުރަން ބޭނުން، ޝާހީން އަހަރެންނާއި މެރީކުރާނަންތަ؟” އަހަރެން ޝާހީންގެ ކުރެން އެހީމެވެ. އެވަގުތު ޝާހީން އަހަރެންނަށް ބަލައިލިއެވެ. “ކީ….ކީކޭ؟” ޝާހީން އަހަރެންގެ ކުރެން އެހިއެވެ. ކަންފަތަށް އިވުނު އަޑު ގަބޫލުކުރަން ދަތިވެގެންނެވެ. “ތިޔަ އިވުނީ ރަނގަޅަށް” އަހަރެން އޭނާއާއި ދިމާއަށް ބޯ ޖަހައިލީމެވެ. ޝާހީން އާނއެކޭ ބުނުމުގެ ގޮތުން […]
މަންމަ ވަޅުލުމުގެ ހުރިހާ ކަމެއް ނިމުމުން އަހަރެން އަވަސްވެގަތީ ބައްޕަ ގޮވައިގެން މާލެދެވޭތޯއެވެ. ” ނަޔާ އަހަރެންނަށް ފެންނަނީ ބައްޕަ ގޮވައިގެން އިންޑިއާ އަށް ދާން.ކޮންމެ ގޮތެއްވިޔަސް މާލެއަށްވުރެ އެތަނުގެ ފަރުވާ މާ ރަނގަޅުވާނެ” ޝާހީން އަހަރެން ކައިރީގައި ބުންޏެވެ.” އާނ! އަހަރެންނަށްވެސް ހީވަނީ އެގޮތްހެން އެންމެ ބުއްދިވެރިވާނީ. ތިކަހަލަ ކަމެއްގައި އަބަދުވެސް ބަލަންވާނީ އޭގެ އެންމެ ރަނގަޅު ފަރުވާއެއް ލިބޭ ހިސާބަކަށް ދެވޭތޯ” ނިހާދު ޝާހީންއާއި ބައިވެރިވިއެވެ. އޭރު އަހަރެމެން ތިބީ މަރުކަޒުގައެވެ. އޭރުވެސް ބައްޕަގެ […]
އަހަރެން ސުކޫލަށްދާއިރު ސުކޫލު ދޮރުމަތިގައި ހުންނަ ފިހާރައެއްގެ ކައިރީގައި ބަހައްޓާފައި ހުންނަ ޖޯލިފައްޗެއްގައި އޮވެއެވެ. އަދި އަހަރެން ނިމޭގަޑިގައިވެސް ހަމަ އެތަނުގައި އޮވެއެވެ. އެއިން ކޮންމެ ފަހަރަކުވެސް އަހަރެންދެކެ ލޯބިވާ ވާހަކަ ބުނެ އަހަރެންގެ ފޮނަށް މެސެޖު ކުރެއެވެ. އެގޮތައް އެކަން ނުކުރުމަށް އަހަރެން ޝާހީންގެ ކިބައިން އެތައްފަހަރަކު އެދުނީމެވެ. ނަމަވެސް އޭނާ އެކަން ހުއްޓާ ނުލުމުން އަހަރެން ފަހުން އެއްވެސް ވަރަކަށް އަޅައެއް ނުލަމެވެ. އޭނާ ފެންނަ ކަމަށްވެސް ނުހަދަމެވެ. އެއްދުވަހެއްގައި ކިޔަވައިދިނުން ނިންމާލުމަށްފަހު އަހަރެމެން […]
އަހަރެންގެ ހިތުގައި އެތައް ސުވާލުތަކެއް އުފެދުނެވެ. “ކީއްވެ މިތަނަށް ތި މަޑުކުރީ” އަހަރެން އިންމައާއި ސުވާލު ކުރީމެވެ. ” އޯކަމޯން ނަޔާ……… ނަޔާއަށް ހަމަރަނގަޅަށް އެނގޭނެ ކީއްވެގެންކަން އަހަރެން މިތަނަށް މި މަޑުކުރީ.އެނގޭ ނަޔާއަށް ވަރަށް ލަސްވެއްޖެކަންވެސް…………. އެކަމަކު އަހަރެންގެ އެއްމެ ސުވާލަކަށް ތަފްސީލު ކޮށް ޖަވާބުދީ” އިންމަ އަހަރެންނާއި ދިމާއަށް ބުންޏެވެ. އޭނާ ހުރީ ހިތްހަމަ ނުޖެހިފައިކަން އަހަރެންނަށް އެނގެއެވެ. އަހަރެން ބޯޖަހާލިމެވެ. އެއްބަސްވުމުގެ ގޮތުންނެވެ. އިތުރުގޮތެއް ނެތީމައެވެ. ” ނަޔާ ކޮބައިތަ މައްސަލައަކީ؟ […]
އެވަގުތު ޝާލް އަހަރެންގެ އަތުގައި ހިފަހެއްޓިއެވެ. އޭނާގެ ޖީބުން ވަރަށް ލޯބިލޯބި އަނގޮޓިއެއް ނެގިއެވެ.އޭގައި ވަނީ އަހަރެންނަށް އެންމެ ރީތި ކުލަ ކަމުގައިވާ ރަތްކުލައިގެ އެހެއްޖަހާފައެވެ. ” ނަޔާ އަހަރެންގެ ހުރިހާ އުންމީދުތައް މިރޭ ފުނޑުފުނޑުވެއްޖެ. އެނގޭތަ މި އަނގޮޓިއަކީ އަހަރެން މީގެ އެއްއަހަރު ކުރިން މިދުވަހަށް ތައްޔާރުކޮށްފައި އޮތް އެއްޗެއް….. އަހަރެން ނިންމައިގެން ހުރީ ނަޔާގެ ކޯސް ނިމޭ ދުވަހު ނަޔާއަށް ޕްރޮޕޯސް ކުރަން…….އެހާވަރުން ޗުއްޓީނަގައިގެން އަހަރެން މާލެ މިއައީވެސް ……އަހަރެމެންގެ މިލޯބީގައި ހަޤީޤީ […]
އަދި މަޑުމަޑުން އަހަރެންގެ އަތްތިލައިގައި ފިރުމަމުން ގެންދިޔައެވެ.” ނަޔާ ތި ވެގެން އުޅޭގޮތެއް އަހަރެންނަށް ކިޔާދީބަލަ. އޭރުންތާ އަހަރެންނަށް ވެސް ހިޔާލެއް ދެވޭނީ!” ޝާލް އެހެން ބުނީ އޯގާތެރިކަމާއި ލޯތްބާއި އެކުގައެވެ. “ޝާލް…… އަހަރެން މާލެ އައީ އަހަރެންގެ މަންމައާއި ބައްޕަގެ އެދުމުގެ މަތިން ކިޔަވައިގެން މޮޅު މީހަކަށް ވުމަށް. އަހަރެންގެ ބައްޕަ ބޭނުންވީ އަހަރެން ޓީޗިންގެ ރޮނގުން ކުރިޔަށްދާން. އިރާދަ ކުރެއްވީތީ އަހަރެންނަށް މިއަދު މިވަނީ އެރޮނގުން ޑިގްރީ ހާސިލް ކުރެވިފައި. އެމީހުންގެ އުއްމީދުތައް ފުރިހަމަ […]
ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. ގަޑިން ފަސްގަޑި ބައިވަނީއެވެ.ދުވަހަކީ ކުޑަކޮށް އުޑުމަތި ބަނަ ދުވަހެކެވެ. ވުމާއިއެކު ގަޑިންވީ ވަގުތައްވުރެ ގިނައިރު ވެފައިވާހެން ހީވެއެވެ. އަހަރެން އެކަނިމާއެކަނި އިށީންދެލައިގެން އިނީ ހެދިގޮނޑުދޮށުގައި ހުރި ރުކެއްގެ ދަށުގައި ހަދާފައި އިން ބެންޗެއްގައެވެ. ޖެހެމުން ދިޔަ ފިނިފިނި މަޑު ރޯޅިތައް ގައިގައި ބީހިލާ ކޮންމެ ފަހަރަކުވެސް މުޅިގައިން ހީބިހިނަގައިގެން ދެއެވެ. ހަމަ އެއާއި އެކު މުޅިހަށިގަނޑަށް ފިނިކަން އިހުސާސް ކުރެވެއެވެ. ކުޑަކުދިންނާއި ބޮޑެތި މީހުނުން މުޅި މާހައުލުވަނީ ހަލަބޮލިވެފައެވެ. ބޮޑެތި މީހުންނާއި ކުޑަކުދިންތައް […]