Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެލޯބި ފުރަތަމަބައި

Aishah Level 1
September 7, 2015 4 Mins Read
22 Comments

ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. ގަޑިން ފަސްގަޑި ބައިވަނީއެވެ.ދުވަހަކީ ކުޑަކޮށް އުޑުމަތި ބަނަ ދުވަހެކެވެ. ވުމާއިއެކު ގަޑިންވީ ވަގުތައްވުރެ ގިނައިރު ވެފައިވާހެން ހީވެއެވެ. އަހަރެން އެކަނިމާއެކަނި އިށީންދެލައިގެން އިނީ ހެދިގޮނޑުދޮށުގައި ހުރި ރުކެއްގެ ދަށުގައި ހަދާފައި އިން ބެންޗެއްގައެވެ. ޖެހެމުން ދިޔަ ފިނިފިނި މަޑު ރޯޅިތައް ގައިގައި ބީހިލާ ކޮންމެ ފަހަރަކުވެސް މުޅިގައިން ހީބިހިނަގައިގެން ދެއެވެ. ހަމަ އެއާއި އެކު މުޅިހަށިގަނޑަށް ފިނިކަން އިހުސާސް ކުރެވެއެވެ. ކުޑަކުދިންނާއި ބޮޑެތި މީހުނުން މުޅި މާހައުލުވަނީ ހަލަބޮލިވެފައެވެ. ބޮޑެތި މީހުންނާއި ކުޑަކުދިންތައް މޫދަށްއެރި ފޯރީގައި މަޖާނަގަނީއެވެ. ވެއްޔާކުޅޭ ތުއްތުކުދިންތައް ހީހީފައި އުފަލުން ކުޅެނީއެވެ. މިމަންޒަރުބަލަން ތަންކޮޅެއް ދުރުގައި އެކުދިންގެ ބެލެނިވެރިން ހިނިތުންވެފައި ތިއްބެވެ.މި ހިތްގައިމު މަންޒަރުތައްބަލައި އެއިން ހިތައް ހަމަޖެހުމެއް ހޯދުމަށް އައިސް ތިބި މީހުނުން ހެދިގޮނޑުދޮށު ސަރަހައްދުގައި އިށީންނުމަށް ތައްޔާރުކޮށްފައިވާ ބެންޗްތައް ވަނީ ފުރިފައެވެ. ބައެއް ބެންޗްތަކުގައި އާއިލާތައް ތިބިއިރު އަނެއްބައި ބެންޗްތަކުގައި ތިބީ ލޯބިވެރިން ނޫނީ ރަހްމަތެރިންނެވެ. ގިނަ ބެންޗްތައް ފުރިފައިވަނީ ކައިރިގައުމުތަކުގެ ބިދޭސީ މީހުނުންނެވެ.
ނަމަވެސް މި އެންމެންނާއި އަހަރެންނާއި ވަރަށް ތަފާތެވެ. މިމަންޒަރުތައް ބަލަން އަހަރެން އިނީ ބަލާހިތަކުން ނޫނެވެ.އިތުރު އެހެން ގޮތެއްނެތިގެންނެވެ.ކޮނޑުގައި އޮތް އަތްދަބަސް އުނގުމަތީގައި ބާއްވާލައިގެން ދެއަތުން މަޑުމަޑުން ދަބަހަށް ފިތާލަ ފިތާލާ އިނީ ހީކަރުވާވަރުންނެވެ. އިރުއިރުކޮޅުން އަތުގައި އޮތް ފޯނަށް ބަލައިލެވެއެވެ.ހަމަ އެއާއިއެކު ރުޅިގަދަވެ ފޯނު ދެއަތްތިލައިގެ ތެރެއަށްލާފައި ފިތާލެވެއެވެ. އަހަރެން ގެންގުޅެނީ އެންމެ އާދައިގެ ނޮކިޔާ ފޯނެކެވެ. ގަޑިންވީ ކިހާއިރެއް ކަމެއް ނޭގޭތީވެ، ދޭތެރެ ދޭތެރެއިން އެތާކައިރިންލާފައި ދާ ކޮންމެވެސް މިހެއްކައިރީގައި ގަޑިންވީ އިރު އަހާލެވެއެވެ. ވާނީވެސް އެހެންތާއެވެ. އެތަނަށް ފަސްގަޑި ފަނަރައިގައި އައިސް ޝާލް އަށް ގުޅާލިތަނުން ފޯނު އޮފްވެއްޖެއެވެ. އަންނަނީއޭ ބުނި މީހާގެ އަދިވެސް ހަބަރެއް ނުވެއެވެ.ޝާލްއަށް ގުޅޭނެ އިތުރު އެއްވެސް ގޮތެއް ނެތެވެ. ކިތައްމެ އިރެއް ވިޔަސް ޝާލްއާއި ބައްދަލު ނުކޮށް ގެއަށް ދާކަށް އަހަރެން ބޭނުމެއްނޫނެވެ. ނުވެސްދާނަމެވެ. ފަހަރެއްގަ މިއީ އަހަރެމެންގެ އެންމެ ފަހުގެ ބައްދަލުވުމަށްވެސް ވެދާނެއެވެ. މިއީ އަހަރެންގެ ހިތް ބުނާގޮތެވެ.
ޝާލް އަކީ އަހަރެންގެ ލޯބިވެރިޔާއެވެ.ޝާލް އާއި އަހަރެންނާއި ދިމާވީ މީގެތިން އަހަރުކުރިންނެވެ. އެއްދުވަހެއްގެ ހަވީރުވަގުތެއްގައި އޭނާއަށް އޮޅިގެން އަހަރެންގެ ނަންބަރަށް ގުޅުނީއެވެ. އަހަރެންގެ އަޑު އޭނާއަށް ރީތިވެގެން ދޭތެރެ ދޭތެރެއިން ގުޅަމުން ގުޅަމުން ގޮސް އަހަރެމެންގެ ގުޅުން ރަހްމަތްތެރިކަމަށް ބަދަލުވިއެވެ. އެންމެ ފަހުން ދެމީހުންނަށް އެކަކު އަނެކަކު ފެނި އެކަކު އަނެކަކު ދެކެ ލޯބިވެވި، އަހަރެމެންގެ ގުޅުމަށް ދެމީހުންވެސް ލޯބީގެ ނަން ދިނީއެވެ.
މިހާރު ހަމަ ރަނގަޅަށްވެސް އަނދިރިވެއްޖެއެވެ. އެހެން ނަމަވެސް މުޅިމާހައުލަށް ވަނީ އޮރެންޖް ކުލައިގެ ރީތި އަލިކަމެއް ގެނެސްދީފައެވެ. ދިއްލާފައިވާ ހޮޅި ދަނޑިތަކުންނެވެ.ނަމަވެސް އަހަރެން އިން ހިސާބު ކުޑަކޮށް އަނދިރިއެވެ.ސަބަބަކީ ވަށައިގެން ހެދިފައިވާގަސްތައް، އަލިތައް އަހަރެންނާއި ހަމައަށް ފޯރުވުމަށް ހުރަސްއަޅާތީއެވެ. އަދިވެސް ޝާލްގެ ހިލަމެއްނުވެއެވެ. ޝާލްއަށް އަނެއްކާ ކަމެއްވީ ހެއްޔެވެ؟ އަހަރެން ހިތާހިތާ ސުވާލު ކޮށްލީމެވެ. ޖާވާބެއް ނުލިބޭނެކަން އެނގިހުރެއެވެ؟ މީގެ ކުރިން ޝާލް އަކީ ދުވަހަކުވެސް ގަޑިޖެހޭ މީހެއް ނޫނެވެ. އެކަނިމާއެކަނި އެހާ ގިނަވަގުތު އެތަނުގައި އިންނަންޖެހުމާއި ޝާލްގެ ވެސް ހަބަރެއް ނުވުމުން އަހަރެން ކަންބޮޑުވާންފެށިއެވެ. ދެރަވެ ހިތްނުތަނަވަސްވާން ފެށިއެވެ. ލޮލުން ކަރުނަ ފާއްދައިލިއެވެ. ލޮލުން ކަރުނަތިއްކެއް ވައްޓާނުލާން އަހަރެން ވަރަށް ހިތްވަރު ކުރީމެވެ. ކެތްކޮށްލެވުނީ މަދު ސިކުންތު ކޮޅެއްވަންދެންނެވެ. އަހަރެންގެ ދެލޮލުން ހޯސްލާފައި ކަރުނަފައިބައިގަތެވެ. އަހަރެންނަށް ދެލޯ މަރާލެވުނެވެ. އަމިއްލަ އިހްތިޔާރުގައެއްނޫނެވެ. ދެލޯމަރާލެވުނުތާ ފަސް ސިކުންތުވެސް ނުވަނީސް ސިއްސައިގެން ގޮސްފައި ކުއްލިއަކަށް އަހަރެންނަށް ދެލޯ ހުޅުވާލެވުނެވެ.
ކޮންމެވެސް މީހަކު ފަހަތުން އައިސް އަހަރެންގެ ދެކޮނޑުގައި އަތްއަޅައި ތަޅުވައިގަތުމުންނެވެ. އަހަރެން ފަހަތައް ބަލައިލީމެވެ.
އެއީ ޝާލްއެވެ.ކައިރީގައި އިންމަ ވެސް ހުރިއެވެ. ޝާލް ހުރީ އަހަރެން ސިއްސުވާލެވުނީމައި ވަރަށް މަޖާވެފައެވެ.ހިނިއައިސްފައެވެ.އެއީ ޝާލްގެ އާދައެވެ. އަބަދުވެސް އުޅޭނީ އެކަހަލަ ސަކަރާތެއް ޖެހޭތޯއެވެ. ވީއުފަލުން އެވަގުތު އަހަރެންނަށް ތެދުވެވެން އުޅުނެވެ. ނަމަވެސް ޝާލް އަހަރެންގެ ކޮނޑުގައި އަތް ބާއްވާލަމުން އަހަރެން ތެދުވަން ފުރުސަތު ނުދީ ބެންޗުގެ ދެފަރާތަށް އޭނާގެ ދެފައިވާ ގޮތަށް އަހަރެންގެ ކައިރީގައި އިށީންނިއެވެ.
އަހަރެން އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ވަގުތު ޝާލް އަވަސްއަވަހަށް އަހަރެންގެ ތުންފަތުގައި އޭނާގެ ޝަހާދަތް އިނގިލި ޖައްސާލިއެވެ. އަދި ވާހަކަ ނުދައްކާށޭ ބުނުމެ ގޮތުން އޭނާގެ ބޯ ދެފަރާތައް ހޫރާލިއެވެ. އެއަށްފަހު އަހަރެންގެ ކޯތާފަތްމަތީ ފައިބަފައި ހުރި ކަރުނަތައް އޯގާތެރިކަމާއިއެކު އޭނާގެ އަތުން ފުހެލަދިނެވެ. ” ވަރަށް ވަރަށް ބޮޑަށް ސޮރީ……. ޕްލީޒް އަހަރެންނަށް މާފުކުރޭ! އަހަރެން ނަޔާއަށް ވަރަށް ގުޅިން. އެކަމަކު ފޯނު…………….” ޝާލް އެހިސާބަށް ބުނުމަށް ފަހު ހުއްޓާލިއެވެ. އަހަރެންގެ ފޯނު އޮފްވިކަން އޭނާއަށް އެނގުނީއެވެ. އެއީ އަބަދުވެސް އަހަރެންގެ ހާލެވެ. އެންމެ މުހިންމު ދަނޑިވަޅުގައި އަބަދުވެސް ފޯނު އޮފްވާނެއެވެ. “އިޓްސް…. އޯކޭ، އެކަމަކު… ކީއްވެ އެހާ ލަސްވީ” އަހަރެން މަޑުމަޑުން އަހާލީމެވެ.”އެއީ ކުޑައެއްޗެއް ހިފައިގެން އަންނަންވީމަ ދޯ އިންމާ” އެހެން ބުނުމަށްފަހު ޝާލް އޭނާގެ ކައިރީގައި ހުރި އޭނާގެ އެކުވެރި އިންމައާއި ދިމާލަށް އަތް ދިއްކޮށްލިއެވެ. އެވަގުތު އިންމަ އޭނާގެ ފުރަގަހަށްލާ ފޮރޮވާފައި އޮތް ރަތްކުލައިގެ ފިނިފެންމާ ބޮނޑި ޝާލްގެ އަތަށް ދިއްކޮށްލިއެވެ.” ހޫމް… ދެން އެވާހަކަ ދައްކާނީފަހުން. ވަރަށް ވަރަށް ބޮޑަށް މަރުހަބާ ހޯދިކާމިޔާބީއަށް. މިއީ އަހަރެންގެ ފަރާތުން ނަޔާއަށް ދޭ ހަދިޔާއެއް” ޝާލް މަޑުމަޑުން އަހަރެންގެ އުނގުމަތީގައި މާބޮނޑި ބޭއްވިއެވެ.
އެއީ އަހަރެންނަށް އެންމެ ރީތި މަލެވެ.އަހަރެންނަށް މާބޮޑީގައި ފިރުމާލެވުނެވެ. އަދި ބޭއިހްތިޔާރުގައި މާބޮނޑި ނޭފަތާއި ކައިރިކޮށްލުމަށްފަހު އެތެރެއަށް ފުންނޭވައެއް ދަމާލެވުނެވެ. ” ތި މާބޮނޑިއަށްވުރެ މާ މީރުވަސް ދުވާނެ އަހަރެންގެ ގައިން” ޝާލް އަހަރެންގެ ކަންފަތްދޮށުގައި މަޑުމަޑުން ބުންޏެވެ. އަހަރެނަށް ވަރަށް ސީރިއަސް ކަމާއިއެކު އެވަގުތު ޝާލްގެ މޫނަށް ބަލައިލެވުނެވެ. ” ހަހަހަހާ………..” ޝާލް ލާނެއް ހިނިގަނޑެއްޖަހާލިއެވެ. ވަގުތުގެ ބޭނުންހިފާފައި އަހަރެން ޝާލްގެ ކޮނޑުގައި އަތުން ތަދުވާވަރަށް ޖެހީމެވެ. ” އައްދޯތް……. ކީއްވެ ތި ޖެހީ؟ ހަހަހާ……” އަނެއްކާވެސް ޝާލް ހޭންފެށިއެވެ. ދެވަނަފަހަރަށް އަހަރެން ޝާލްގެ ކޮނޑުގައި ވިކައިގަތީމެވެ. ހަމަ ގަސްދުގައި ތަދުކުރާށެވެ. ” އައްދޯތް މިފަހަރު ކީއްވެ؟ ” ޝާލް ކޮނޑުގައި ފިރުމަމުން ހެމުން ހެމުން އަހާލިއެވެ. އަދިވެސް އޭނަ އުޅެނީ ހިނިގަނޑު ކޮންޓްރޯލް ނުވެގެންނެވެ. ” ފުރަތަމަ އެއީ މާބޮނޑި ދިނީމަ، ދެން އެއީ ހަމަ ……… ނޫޅެން ބުނާކަށް” އަހަރެން ތުންއަނބުރާލީމެވެ. އެވަގުތު ޝާލް ލޯބިން އަހަރެން އޭނާގެ ގަޔާއި ކައިރިކޮށްލިއެވެ. އަހަރެން ދުރަށް ޖެހިލީމެވެ.
” ނަޔާ ވަރަށް ބޮޑަށް މަރުހަބާ. ކާންދޭން ޖެހޭނެ. އެކަމަކު ފަހުން. އަހަރެން ދެން މިވަގުތު ދަނީ. އޯލްދަ ބެސްޓް ފޮ ޔުއަރ ކެރިއަރ” މިހެން ބުނުމަށްފަހު އިންމަ ދާންހިގައިގަތެވެ. އަހަރެން އިންމައާއި ދިމާލަށް ހިނިތުން ވެލީމެވެ. ކޮށްދިން ކަންތައްތަކަށް ޝުކުރުވެރިވުމުގެ ގޮތުންނެވެ.
” ހިނގާ ސަބްމެރިން ކާންދާން! ނަޔާތިޔަ ހޯދި ކާމިޔާބީ އަހަރެން ބޭނުން ފާހަގަ ކުރަން. ހިނގާ ހިނގާ ” ޝާލް މިހެން ބުނަމުން ތެދުވިއެވެ. ” ނޫން ދެން އެހެން ފަހަރަކުން.. ވަރަށް ބޮޑު ………” އަހަރެން ދެއްކި ވާހަކަ ޝާލް އަޑެއް ނޭހިއެވެ. އަހަރެންގެ އަތުހިފައި ދަމަންފެށިއެވެ. “ޝާހިލް! އަހަރެން މި އުޅެނީ ސަބްމެރިން ނުކެވިގެނެއްނޫނޭ ” އަހަރެން ތަންކޮޅެއް ބާރަށް ބުނީމެވެ. ޝާލް ވަގުތުން އަހަރެންގެ އަތުން ދޫކޮށްލިއެވެ. އަދި މަޑުމަޑުން އަހަރެންގެ ކައިރީގައި އިށީނިއެވެ. އަހަރެން އާއްމުކޮށް ޝާލްގެ ނަމުން ގޮވާލަނީ ވަރަށް މަދު ފަހަރެއްގައެވެ. ޝާލް އަކީ ސަކަ މިޒާޖެއްގެ މީހެއްކަމުން އަހަރެން ވަރަށް މުހިންމު ވާހަކައެއް ދައްކަން ބޭނުންވެއްޖެނަމަ އެގޮތައް ކަންތައް ކުރަމެވެ. އެހާހިސާބުން ޝާލް އަހަރެންނަށް ވަގުތުދެއެވެ. އަހަރެންގެ ވާހަކަތައް ކަނުލާ އަޑުއަހައެވެ. އޭނާއަށް ފެންނަ ހިޔާލުތައް ދެއެވެ.
” ކިހިނެއްވީ ނަޔާ؟ ” ޝާލް މަޑުމަޑުން އަހަރެންގެ ގާތުގައި އަހާލިއެވެ. އަހަރެން ވާހަކަދައްކަން އަނގަ ހުޅުވާލީމެވެ. ނަމަވެސް ދައްކަން ބޭނުންވާ ވާހަކައިގެ ބާވަތުން އަހަރެންނަށް ވާހަކަ ދައްކަން ފަށަން ކުޑަކޮށް އުނދަގޫވިއެވެ. އަހަރެން ޝާލްގެ މޫނަށް ބަލަން އިނދެ ހިންދިރުވާލީމެވެ.ޝާލްވެސް އިނީ އަހަރެންނާއި ހަތަރު ކަޅި ހަމަކޮށްގެންނެވެ. ޝާލް އަށް އެކަން އިހުސާސްވީ ކަންނޭގެއެވެ. އޭނާ މަޑުމަޑުން އަހަރެންގެ ކަނާއަތުގައި ހިފާލިއެވެ.އަދި އަހަރެންގެ އަތްތިލަ އޭނާގެ ދެއަތްތިލައިގެ ތެރެއަށްލާ ފޮރުވިއެވެ. އަދި މަޑުމަޑުން އަހަރެންގެ އަތްތިލައިގައި ފިރުމަމުން ގެންދިޔައެވެ.” ނަޔާ ތި ވެގެން އުޅޭގޮތެއް އަހަރެންނަށް ކިޔާދީބަލަ. އޭރުންތާ އަހަރެންނަށް ވެސް ހިޔާލެއް ދެވޭނީ!” ޝާލް އެހެން ބުނީ އޯގާތެރިކަމާއި ލޯތްބާއި އެކުގައެވެ.
ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aishah

Level 1

Other Articles

Previous

ނަޖާ (އަށްވަނަ ބައި)

Next

ގިލަން

Next
September 7, 2015

ގިލަން

Previews
September 6, 2015

ނަޖާ (އަށްވަނަ ބައި)

22 Comments!

  1. Mack says:
    September 7, 2015 at 9:56 am

    V habeys.waiting 4 the nxt part.knirakun nxt part…

  2. neha says:
    September 7, 2015 at 10:00 am

    V reethi vaane hen heevany

  3. nukko says:
    September 7, 2015 at 10:14 am

    Daily koh up kurachey hyvany v rythi vaanehen. Fehun hamz habeyxx

  4. Zahuu says:
    September 7, 2015 at 10:16 am

    Anehkkaaa?? Mee kurin genassa in story eh nu??

    1. Huhh says:
      September 7, 2015 at 5:47 pm

      Asluvex dho??? Efaharu vex neyge veegotheh vaahaka vakihisaabakun gehluneee…anekkka mifaru kihineh vaaneba

  5. Ryn says:
    September 7, 2015 at 10:21 am

    vrh reethi feshun.. sifa kurunvx… waiting fr anthr part.. vrh avahah up kohdheythi… cnt wait

  6. aria says:
    September 7, 2015 at 10:32 am

    Hyvany reethi vaanehen mi story..feshun salhi..waiting for the next part

  7. Min Ho says:
    September 7, 2015 at 10:51 am

    Mee kurin ves genesdhyfa in story eh

  8. Thoo says:
    September 7, 2015 at 11:25 am

    V reethi v furihama

  9. gurey says:
    September 7, 2015 at 11:31 am

    Meehun kiyanjehey thin thanehgai typing mistakeh fenun…. liyuntheriyaa ah liyevifa inee meehunu….. anehhhen vaahaga gandu varah salhi…. kuriyah hurobai ge inthizaarugai…. good luck Aishah… ???

  10. Aishah says:
    September 7, 2015 at 11:33 am

    Thnx all

  11. Aishah says:
    September 7, 2015 at 11:41 am

    Thnx a lot. gurey. Ethan rangalhukohlaanan.

  12. maash says:
    September 7, 2015 at 12:24 pm

    Nice but avahah up kohdhehchey

  13. Hi says:
    September 7, 2015 at 1:58 pm

    Shal akee girl ehtha boy ehtha

    1. anju says:
      September 7, 2015 at 10:22 pm

      Shaal is a boy

  14. shx says:
    September 7, 2015 at 2:08 pm

    wowww…v salhi mi part avahah up kohdhehche inge…

  15. fathun says:
    September 7, 2015 at 2:27 pm

    V reethi mivahakaves

  16. aish says:
    September 8, 2015 at 9:55 am

    Kn dhuvas thakeh ga mi story up vaani. . ? ? ?

  17. Rihula says:
    September 8, 2015 at 10:51 am

    Nice story ehh ..waiting for part 2

  18. Emy says:
    September 8, 2015 at 11:30 am

    Nice story eh 🙂

  19. ReNesmee says:
    September 8, 2015 at 2:13 pm

    Varah reethi 🙂

  20. EMA says:
    September 8, 2015 at 4:22 pm

    Vv loabi love story eii??cnt wait for next part

Comments are closed.

Next Episodeއެލޯބި 2ވަނަބައި←


All Right Reserved!