ހައިކަލް ހޮސްޕިޓަލްއަށް ވަދެ އައިސިޔޫއާއި ދިމާލަށް މިސްރާބުޖެހިއެވެ. ކުއްލިއަކަށް ހައިކަލްގެ ސަމާލުކަން ހޯދީ ޖީބުން ރިންގް ވާންފެށި ފޯނުގެ އަނޑުންނެވެ. އަވަސް އަވަހަށް ފޯނަށް ޖަވާބުދިނެވެ، ލިބުނު ހަބަރާ ހުރ ހައިކަލްގެ އަތުން ފޯނު ދޫވިއެވެ. ފަޔަށް ލެވުނު ހާ ބާރެއް ލާފައި ދުއްވާއިގަތީ ލައުހާ ކައިރިއަށެވެ. ހައިކަލްއަށް ދެވުނު އިރު ފެންނަމުން ދިޔަ މަަންޒަރުތަކުން ހައިކަލްގެ ދުނިޔެ ހުއްޓުނު ކަހަލައެވެ. ލައުޙާ ކައިރީގައި ނަރުހުންނާއި ޑޮކްޓަރުން ހޭލަމޭލާއި އުޅެނީއެވެ. ލައުހާގެ ފުރާނަ ސަލާމަތް ކުރުމަށް ކުރެވެން […]
“އަޅުގަނޑުގެ ނަމަކީ ނާއިފް….ވަރަށް ބޮޑަށް ޝުކުރިއްޔާ” ނާއިފް ޝާޑްއާއި އަތްގުޅާ ސަލާމްކޮށްލިއެވެ. އެ އޮފީހުން ނުކުމެ ފަޔާޒްއާއި އެކު ކާރަށް އަރަން ދެމީހުން އެކުގައި ހިނގައިގަތެވެ. އަދި ކާރުގެ ސީޓް ބެލްޓް އަޅަމުން ފަޔާޒް ނާއިފްގެ ދަޅު ދިއްކޮށްލިއެވެ. “އެ ދަޅު އެއްކޮށް ދަމާލީތަ؟…. ހެހެހެ… އެތާ ތެރޭ ހުރީ އެއްކަލަ ބޯދިގުކޮށްފަ ހުރި ސޮރު… އެއީ އޮފީހެއް… މަމިއައީ ދޮގެއްހަދާފަ އެ ކުންފުނީގެ ޕޯޓްފޯލިއޯ ހިފައިގެން….” ނާއިފްގެ ވާހަކަ މިހިސާބަށް ދިޔައިރު ފަޔާޒް ކާރު ސްޓާޓް […]
”މިއީތަ ދޭން ބުނި ސަޕްރައިޒަކީ؟؟” އިޒްކާގެ މޫނު ވަނީ މިލާފައެވެ. އިޒްކާގެ މޫނަށް ވެރިވި ކުލަވަރު ފެނި އައިމަން ގެ ގާތަށް ހިނި އައެވެ. ”އަޅެ އިޒޫއަށް ހާދަ ނުވިސްނެޔޭ ދޯ! އަހަރެން މި ބުނީ ދެނެއް އިޒޫ އާ ރައްޓެހި ވެގެން އުޅޭކަށެއް ބޭނުމެއް ނޫނޭ. ބޭނުމީ އިޒޫ އާ މެރީ ކުރަން..” އައިމަން އިޒްކާ އާ ދިމާއަށް ބަލާލިއިރު އިޒްކާގެ މޫނުވަނީ އުޖާލާވެފައެވެ. ނަމަވެސް އެކަމުން ވެސް އައިމަން އަށް އެއްޗެއް ދޭހަ ނުވިކަމަށް […]
އަދި މަޑުމަޑުން އަހަރެންގެ އަތްތިލައިގައި ފިރުމަމުން ގެންދިޔައެވެ.” ނަޔާ ތި ވެގެން އުޅޭގޮތެއް އަހަރެންނަށް ކިޔާދީބަލަ. އޭރުންތާ އަހަރެންނަށް ވެސް ހިޔާލެއް ދެވޭނީ!” ޝާލް އެހެން ބުނީ އޯގާތެރިކަމާއި ލޯތްބާއި އެކުގައެވެ. “ޝާލް…… އަހަރެން މާލެ އައީ އަހަރެންގެ މަންމައާއި ބައްޕަގެ އެދުމުގެ މަތިން ކިޔަވައިގެން މޮޅު މީހަކަށް ވުމަށް. އަހަރެންގެ ބައްޕަ ބޭނުންވީ އަހަރެން ޓީޗިންގެ ރޮނގުން ކުރިޔަށްދާން. އިރާދަ ކުރެއްވީތީ އަހަރެންނަށް މިއަދު މިވަނީ އެރޮނގުން ޑިގްރީ ހާސިލް ކުރެވިފައި. އެމީހުންގެ އުއްމީދުތައް ފުރިހަމަ […]
ކުއްލިއަކަށް އަހަރެންގެ ފޯނަށް އައީ މެސެޖެކެވެ. “ކުޅިދައްކާލާނަން”. އައީ އަހުމާންގެ މެސެޖެކެވެ. “އެއަށްވުރެ ދެގުނަ ހަސްކަ ދައްކާލާނަން. މަމީ ކާކުކަން ނޭނގެނެ އަދިވެސް.. ހުރިހާ އަންހެނުންނެއް ބަލިކަށްޓެއް ނުވާނެ. ކަލޭ ހެދިގޮތެއް ބަލަން ހުންނަން މަމީ ކަލޭގެ އެކްސް އެއް ނޫނޭ..” އަހަރެން ރިޕްލައި ކޮށްލީމެވެ. “އާޗާ.. ތިބުނީ އެއްޗެކޭ އިނގޭ ހަނދާން ބަހައްޓާތި.. މާދަމާ ސުކޫލު ނިންމާފަ ބައްދަލު ކުރާނަން” އަހަރެން ކައިރިއަށް އައި ރުޅީގައި މަންމައަށް ގުޅީމެވެ. އަދި މަންމައަށް ވެސް ރުޅިބޭލުނެވެ. “ދަރިފުޅާ..! […]
ޔާނާ އީމަން ދެކެ ވާ ލޯތްބަށް އެއްވެސް ނުބައި ނަމެއް ލިބުނަކަ ނުދޭނެއެެވެ. އީމަން އާއެކީ އުޅެން ބޭނުމީ މުޅި އުމުރަށެވެ. އެހެން ކަމަށްވާނަމަ އަދި ޔާނާ ޖެހޭނީ ދުނިޔެއަށް އެކަން ސިއްރުކުރާށެވެ. މައިންބަފައިންގެ ރުހުމާއި މުޖުތަމައުގެ ރުހުމާއި ޤަދަރު ލިބޭ މާތް ގުޅުމަކަށް އެގުޅުން ހެދޭނީ އަދި އެ ގުޅުން ސިއްރު ކުރުމުންނެވެ. ނޫންނަމަ ޅަ ދުވަހުގެ މޮޔަ ލޯބީގެ ނަމުން އެ ގުޅުމަށް ނަންދެވިގެން ހިނގައިދާނެއެވެ. އަދި އޭގެ އިތުރުން ހާމިޒާމެންނަށް މިކަން އެނގިއްޖެނަމަ […]
އަފްރާޒް…..މަންމަ މިހިރީ ކައިގެން. ޝަކިއްތަ ދިޔައީ މަންމައަށް ކާންދީފައި. އާދޭސްކުރަން….އެއްދުވަހު ވިޔަސް ދެކުދިން ޒުވާބުނުކުރޭ.” އާބިދާ އޭނަގެ ފުރަގަސްދީގެން ހުރި އަފްރާޒްގެ އަތުގައި ހިފާލަމުން ރޮވިފައިކަހަލަ ގޮތަކަށް ބުނެލިއެވެ. އަފްރާޒްއާއި ނަޞްރާ ދެންވެސް އެކަކު އަނެކަކަށް ރުޅިވެރިކަމާއެކީ ބަލަހައްޓައިގެން ތިބީއެވެ. އިރުކޮޅެއްފަހުން ނަޞްރާ އަފްރާޒްއަށް ލޯއަޅާފައި މޫނުއަނބުރާލަމުން އެތަނުން ދުރަށް ހިނގައިގަތެވެ އާބިދާ ކިތަންމެ ހިތާމައެއް ކުރިޔަސް އަފްރާޒްއާއި ނަޞްރާގެ ޒުވާބަކަށް ނިމުމެއްނާދެއެވެ. ނަޞްރާ އަފްރާޒްއަށް އަންނަނީ އަމަށަކު ރުޅިއެއްނޫނެވެ. އެންމެ ބޮޑަށް ރުޅި އަންނަނީ […]
އަހަރެން އަހުމާން އާއި ރައްޓެހިވާނީއެވެ. އެނޫން ގޮތެއް ނެތެވެ. އަހުމާން އަށް ބޭރުފުށުން އަނިޔާ ލިބިފައި ހުއްޓަސް އެތެރެ ފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނެތެވެ. އެކަމާ އަހަރެން މާތް ﷲ އަށް ހަމްދު ކުރީމެވެ. ބޮލުގައި ބޮޑު ބެންޑޭޖެއް އޮޅާފައި ހުރި އިރުވެސް އޭނަ މިއަދުވެސް ސުކޫލު ނިމޭ ގަޑިއަށް ސުކޫލް ދޮށަށް އެ އައީއެވެ. އޭނާ ފެނުމާއިއެކު ލޭ ކެކޭ ގޮތް ވިއެވެ. އޭނާ އާއި ހެދި ޝާހާން ނުލިބުނީމައެވެ. އަހަރެން ކިހާ މޮޔަ […]
“ޒުހުރާ.. ކަލޭ..ކަލޭގެ ސަބަބުން އަހަރެންގެ އެ ނާޒުކު ދަރިފުޅު އެއްވެސް ކުށެއްނެތި މި އަނިޔާ ދިނީ.. އަހަރެންގެ ބޮލަށް އެރިގެންއެ ކުއްޖާ ފަކީރަށް އަހަރެންނަށް ނެހެދެނީ ކިހިނެތް..ލޯބިދޭން ޖެހުނު ވަގުތުގައި ދެވުނީ އަނިޔާ.. އަލާލަން ވީ ވަގުތުގައި އެ ދަރިފުޅަށް އިހާނެތިވީ.. އަހަރެންމީ ކިހާ ބަދުނަސީބު ބައްޕައެއް..އަހަރެން އަމިއްލައަށްވެސް އަދަބު ލިބިގަންނާނަން…” އަލިމްނިކު ޒުހުރާގެ މޫނަށް ހޫނު ހަމަލާއެއް ދިނުމަށްފަހު ބުނެލިއެވެ.. ކުއްލިއަކަށް ގޭތެރެއަށް ވަދެގެންއައި ފުލުހުންގެ 4މީހުން ފެނި އެންމެންވެސް ދިޔައީ ސިއްސައިގެންނެވެ.. އެކެއް އަނެކެއްގެ […]